Raajje.mv

އެމްޑީޕީން ހދ. ވައިކަރަދޫގައި ބާއްވާ ހާއްސަ ޖަލްސާ

30 މާރިޗު 2017
7835
އެމްޑީޕީގެ ކެމްޕެއިން ޓީމްގެ ބޭފުޅުންނަށް ވައިކަރަދޫއިން މަރުހަބާ ކިޔަނީ

އެމްޑީޕީގެ ކެމްޕެއިން ޓީމްގެ ބޭފުޅުންނަށް ވައިކަރަދޫއިން މަރުހަބާ ކިޔަނީ

30 މާރިޗު 2017 | 23:02

ޖަލްސާ ނިންމާލުން

އެމްޑީޕީން ވައިކަރަދޫގައި މިރޭ ބާއްވާ މި ޖަލްސާ މިވަނީ ޝާހިދުގެ ވާހަކަފުޅަށްފަހު ނިންމާލާފަ.

އެމްޑީޕީގެ މިކެމްޕެއިންގެ ހަރަކާތްތަކުގެ ތެރެއިން މާދަމާވެސް ހަރަާތްތަކެއް ކުރިއަށް ދާނެ. އެގޮތުން މާދަމާ ރޭ ކުޅުދުއްފުށީގައި ހާއްސަ ޖަލްސާއެއް އޮންނާނެ.

30 މާރިޗު 2017 | 22:59

ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު

ރައީސްނަޝީދު ޖަލު ގޮޅިއަށްލި ވާހަކަ ދައްކަންޖެހޭ ސަރުކާރެއް ނޯންނާނެ. އަޅުގަނޑުމެން އެއްލި ބުޅި މިސަރުކާރު އެއޮތީ ކާލައި ކަރުބުޑަށްލައިގެން. ދެން މިހާރު އެއޮތީ ނޭވާ ހޮޅިއަށް އެޅިފަ.

މިސަރުކާރުން އަޅުގަނޑުމެން ބަލިކުރާނަން ބަދަލުކުރާނަން. މިސަރުކާރުން އިމާރާތެއް ކުރިޔަސް ދަނީ ބިމު އަޑިއަށް. އެހެންވެ ނުފެންނަނީ. މިސަރުކާރުން ކަންކަން ކުރަމުންދަނީ އެގޮތަށް. އެއްވެސް ރަށެއް ތަރައްގީ ކުރާކަން މިސަރުކާރުން ބޭނުމެއް ނުވޭ.

މި އިންތިހާބު ކާމިޔާބުކޮށްގެން ލޯކަލް ކައުންސިލްތައް އަޅުގަނޑުމެން ބާރުވެރި ކުރާނަން.

މިވޭތުވެދިޔަ ތިން އަހަރުފަހުން ރައްޔިތުންގެ އަތަށް ވޯޓް ކަރުދާސްކޮޅެއް މިއަރަނީ. މިސަރުކާރުގެ ކޮރަޕްޝަނާއި ހިޔާނާތައް ނޫނެކޭ ބުނުމުގެ ގޮތުން މި ވޯޓުގައި ނޫނެކޭ ބުނަންޖެހޭ. ސަރުކާރު ކެންޑިޑޭޓުންނަށް އާއެކޭ ބުނާނަމަ އެބުނަކީ ސަރުކާރުން ކުރާކަންކަމަށް އާއެކޭ ބުނުން. ކޮރަޕްޝަނަށް އާއެކޭ، ހިޔާނާތަށް އާއެކޭ އެބުނެވެނީ. ކާޑުގެ އަގު ބޮޑުކޮށް ކަރަންޓްގެ އަގު ބޮޑު ކުރިޔަސް އެންމެ ރަނގަޅޭ އެބުނެވެނީ. އެހެންކަމުން ސަރުކާރު ކެންޑިޑޭޓުންނަށް ނޫނެކޭ ބުނެ، އެމްޔޫއޯގެ ކެންޑިޑޭޓުންނަށް އާއެކޭ ބުނޭ.

ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު

30 މާރިޗު 2017 | 22:40

ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް

މި އިންތިހާބު އެމްޔޫއޯގެ ކެންޑިޑޭޓުން ކާމިޔާބު ކުރަންޖެހޭ. ސަބަބުތައްވެސް ބައިވަރު. މިސަރުކާރުން ކަސްޓަމްސް ޑިއުޓީ ބޮޑުކޮށްފި. ކޮރަޕްޝަން އިންތުހާއަށް ހިންގަނީ. މީގެިއތުރުންވެސް ގިނަ ޖަރިމާތައްވެސް ދަނީ ހިންގަމުން. އެހެންވެ އެކަންކަން ހައްލުކުރުމަށް އެމްޔޫއޯގެ ކެނޑިޑޭޓުން އިންތިހާބުކޮށް، އަންނަ ރިޔާސީ އިންތިހާބުގައި މިސަރުކާރަށް ނޫނެކޭ ބުނަންޖެހޭ.

ހދ. އަތޮޅުން ދައުލަތަށް ވަރަށް ގިނަ ފައިސާ ލިބޭނެ. އެކަމަކު ސަރުކާރުން ހދ އަތޮޅަށް ކޮށްދޭ އެއްވެސް ކަމެއްނެތް. ތަރައްގީގެ އެއްވެސް މަޝްރޫއުއެއް ނުހިންގާ. އެކަމަކު ދައުކަތުގެ ފައިސާއިން ބޮޑެތި އަަދަދުތަކުން ސަރުކާތުގެ އިސްވެރިން ދަނީ ހިޔާނަތްތެރިވަުން. ސަރުކާރުގެ ކުންފުނިތަކުންވެސް އިންތިހާއަށް ކޮރަޕްޝަނާއި ހިޔާނާތް ހިންގަމުން ދަނީ.

ހުޅުމާލެއިންވެސް ބިންހިއްކުމަށްފަހު، ބޮޑު އަގުގައި ރައްޔިތުންނަށް ވިއްކަމުން އެދަނީ. އެއީ ބިންހިއްކަންދާ ޚަރަދަށްވުރެ، މާބޮޑު ފައިދާއެއްލާފަ މިސަރުކާރުން އެދަނީ ވިއްކަމުން.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުން ދަނީ މެޑަމް ފާތުމައަށް ހިދްމަތްކުރުމުގަ. މިއީ ސަރުކާރަށް ނިސްބަތް ކުރައްވާ މަޖިލީހުގެ ބައެއް މެމްބަރުންގެ ހާލަތު.

ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް

30 މާރިޗު 2017 | 22:24

ކުޅުދުއްފުށި ދެކުނު ދާއިރާގެ އަތޮޅު ކައުންސިލް ކެންޑިޑޭޓް އަހުމަދު އާތިފް

ސަރުކާރުން ބުނި ނަމަވެސް، ހދ އަތޮޅުގެ އެއްވެސް ރަށެއްގައި އެއްވެސް ބޮޑު ޕްރޮޖެކްޓެއް ނުހިނގާ. ސަރުކާރުން ހަދަނީ ހުސްދޮގު. ކުޅުދުއްފުށި އެއާރޕޯޓާ ގުޅިގެންވެސް ހަދަނީ ދޮގު. ކުދި ވިޔަފާރިތައް ދަނީ ނެތެމުން. އެހެންކަމުން އެކަންކަން ރަނގަޅު ކުރުމަށް އެމްޔޫއޯގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުން އެދެން.

އެމްޑީޕީއަށް ރާއްޖެ ތަރައްގީ ކުރެވޭނީ. މިސަރުކާރަށް އެކަމެއް ނުވާނެ. ދުބިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑެއް ނުވޭ، އެކަމަކު ރާއްޖޭގައި ތެލުގެ އަގު އޮތީ އިންތިހާއަށް ބޮޑުވެފަ.

ކުޅުދުއްފުށި ދެކުނު ދާއިރާގެ އަތޮޅު ކައުންސިލް ކެނޑިޑޭޓް އަހުމަދު އާތިފް

30 މާރިޗު 2017 | 22:15

ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވާ ވީޑިއޯ އިންޓަވިއު

އަޅުގަނޑުމެންނަށް މިވަނީ އަލުން ލާމަރުކަޒީ ނިޒާމު ތަރައްގީ ކުރަންޖެހިފަ. އަލުގަނޑުމެންގެ ޖަޒީރާ ވަންތަކަން ދަމަހައްޓަންޖެހޭ. ލާމަރުކަޒީ ނިޒާމު ނަގަހައްޓަންޖެހޭ. އެކަންކުރުމަކީ މި ޖަޒީރާ ވަންތަކަން ދެމެހެއްޓުމަށް އެންމެ މުހިއްމު އެއް މަސައްކަތް. ވައިކަރަދޫ ހުރިހާ ރައްޔިތުންނާއި ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވަރަށް ވެދުން.

30 މާރިޗު 2017 | 22:11

ހިތަދޫ ދެކުނު ދާއިރަގެ މެމްބަރު އަލީ ނިޒާރު

މާލޭގައި ހުންނަ އޮފީހަކުން 200 ވަރަކަށް ރަށެއްގެ ކަންކަމެއް ނުކުރެވޭނެ. ރަށްރަށް ތަރައްގީ ކުރެވޭނީ ރަށު ކައުންސިލްތައް ބާރުވެރިކޮށްގެން. ރައްޔިތުންގެ ހިޔާލާއި ރައްޔިތުންގެ ބައިވެރިވުން އޮވެގެން ނޫނީ ރަށްރަށް ތަރައްގީއެއް ނުގެނެވޭނެ.

ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ރަނގަޅު ގޮތުގައި ބޭނުންކުރާނަމަ ރާއްޖޭގެ ރައްޔިތުންނަށްވުރެ ހަމަޖެހޭ ހިތްގައިމު ދިރިއުޅުމެއް އުޅެވޭނެ އެހެންބަޔަކު ނޫޅޭނެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ރީތި ރަށްރަށް އެބަހުރި ރީތި ފަޅުތައް އެބައޮތް، ލޯކަލް ޓޫރިޒަމަކީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ އެއްދާއިރާ. އެކަން ރަނގަޅު ގޮތުގައި ކުރެވިއްޖެނަމަ އޭގެ ނަފާ ރަށްރަށުގެ ރައްޔިތުންނަށް މާފަސޭއިން ކުރާނެ.

ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު

30 މާރިޗު 2017 | 21:59

ހދ. އަތޮޅު މަކުނުދޫ ދާއިރާއިން އަތޮޅު ކައުންސިލް ކެނޑިޑޭޓް އިބްރާހީމް އަލީ

މިސަރުކާރުގެ ވެރިޔާއަށްވުރެ މެޑަމް ކަންތައް ބޮޑު. މިސަރުކާރު ވަނީ ފެއިލް ވެފަ. މިސަރުކާރުން ދަނީ ތަރައްގީ ކުރުމުގެ ބަދަލުގައި ކޮރަޕްޝަން ހިންގަމުން.

މީގެކުރިން އަޅުގަނޑަކީ އެމްޑީޕީއާ އިދިކޮޅު މީހެއް. އެކަމަކު މިހާރު މިއީ އެމްޑީޕީގެ މެމްބަރެއް. އެމްޑީޕީގެ މެމްބަރަކަށްވީ އެމްޑީޕީ ސަރުކާރުގެ ވައުދުތައް ފުއްދާ ފައިވާތީ. އާސަންދަ، ދަތުރުފަތުރުން ރަށްރަށް ގުޅާލުން އެއީ ވާނެ ކަމަކަށް ކުރިން ގަބޫލެއް ނުކުރަން.

އެކަމަކު އެމްޑީޕީން ވަނީ އެކަންކަން ކޮށްފަ. އެކަމަށް އެމްޑީޕީއަށާއި ރައީސް ނަޝީދަށް ޝުކުރު ދަންނަވަން.

އަތޮޅު ކައުންސިލް ކެންޑިޑޭޓް އިބްރާހީމް އަލީ

30 މާރިޗު 2017 | 21:48

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްްމަދު އަބްދުލްކަރީމް

އަޅުގަނޑަކީ ކުރިން ކައުންސިލްކަން ކޮށްފައިވާ ފަރާތެއް. ކައުންސިލަރެއްގެ ގައިގާ ހުންނަންޖެހޭ ކަމަށް އަޅުގަނޑު ގަބޫލުްކުރާ މައިގަނޑު ކަންކަމަކީ ރައްޔިތުންނާއެކު މަސައްކަތް ކުރަން އެނގުން. ގުޅިގެން މަސައްކަތް ކުރަން އެނގުން.

މި ކެމްޕެއިންގަ އެންމެ ފާހަގަކޮށްލެވޭ ކަމަކަށް ފާހަގަވަނީ ރައްޔިތުންނާ ބައްދަލުކުރުމުން ރައްޔިތުން ދައްކަމުންދާ ވާހަކަ، އެގޮތުން މިސަރުކާރު ފެއިލްވެފައިވާ ކަން ފާހަގަކުރެވޭ. މިސަރުކާރާމެދު ހިތްހަމައެއް ނުޖެހޭ.

ހދ އަތޮޅުގެ ރައްޔިތުން ދައުލަތުން ދައްކާ ފައިސާއިން ހދ އަތޮޅަށްވި ފައިދާއެއް ތަރައްގިއެއް އެބައޮތްތޯ. ނެތް. ސަރުކާރަުން ވަނީ ރައްޔިތުން ބޭނުންކުރާ ހަނޑޫ ހަކުރު އަދި ފުށުން ވަނީ އަގުބޮޑު ކޮށްފަ. ކަރަންޓް ބިލް ވެސް ވަނީ ބޮޑުވެފަ. މިސަރުކާރުން ދިވެހި ރައްޔިތުން ނިކަމެތި ކޮށްފި.

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް

30 މާރިޗު 2017 | 21:38

ވައިކަރަދޫ ކައުންސިލްގެ ކުރީގެ ނައިބު ރައީސް އަބްދުﷲ ޝަރީފް

ސަރުކާރުން ވަނީ ކައުންސިލްތަކުގެ ބާރު ކަނޑާލާފަ. މިސަރުކަރު އޮތްހާ ހިނދަކު ރަށްރަށަކަށް ތަރައްގީއެއް ނާންނާނެ. ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް ވަނީ މިސަރުކާރުން ނިގުޅައިގަނެފަ. މިއީ ކުރީގެ ރައިސް ވަހީދަށްވުރެ ނުބައި ސަރުކާރެއް. ވަހީދުވެސް ކައުންސިލްތަކާ އެހާވަރަކަށް ނުބެހޭ. ބާރު ކަނޑާލާފައެއް ނުވޭ.

މިސަރުކާރުން ދަނީ ރައްޔިތުން އަތުންގެ އަތުން އެތައް ފައިސާއެއް ނަގަމުން، ޓެކްސްގެ ގޮތުންނާއި ފީ ގެ ގޮތުގައި.

ލާމަރުކަޒީ ނިޒާމު ހިންގޭނީ ރައީސް ޔާމީން މަގާމުން ދުރުކުރި ދުވަހަކުން. ރަށްތަރަށްގީ ކުރެވޭނީ ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކޮށްގެން.

ވައިކަރުދޫ ކައުންސިލްގެ ކުރީގެ ނައިބު ރައީސް އަބްދުﷲ ޝަރީފް

30 މާރިޗު 2017 | 21:29

ކީރިތި ޤުރްއާނުގެ ބަރަކާތުން ޖަލްސާ ފެށުން

ކީރިތި ޤްރްއާން ކިޔަވާދެއްވީ އަހުމަދު ނަޝާތު. އެއަށްފަހު ޖަލްސާ ތައާރަފް ކޮށްދެއްވީ ހުދާ މުހައްމަދު .

މިޖަލްސާއަށް އެމްޑީޕީގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުންނާއި ވައިކަރަދޫގެ ގިނަ އަދަދެއްގެ ބަޔަކު ވައިވެރިވެވަޑައިގަންނަވަ އެވެ.

30 މާރިޗު 2017 | 20:50

އެމްޑީޕީން ހދ. ވައިކަރަދޫގައި ބާއްވާ ހާއްސަ ޖަލްސާ

އެމްޑީޕީން ވައިކަރަދޫގަައި ބާއްވާ މި ހާއްސަ ޖަލްސާއަކީ އިލެކްޝަންސް ކޮމިޝަނުން މެއި މަހުގެ ހަ ވަނަ ދުވަހު ބޭއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރއިން ބާއްވާ ހާއްސަ ޖަލްސާއެއް.

އެމްޑީޕީގެ ލީދަރޝިޕްގެ ގިނަ ބޭފުޅުން ބައިވެރިވާ މިޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 21:15 ގަ އެވެ.

އެމްޑީޕީން ހދ އަތޮޅަށް ކުރާ މިދަތުރު ފަށާފައިވަނީ ބުރާސަފަތި ދުވަހުގެ ހެންދުނު އެވެ. ކެމްޕެއިން ހަރަކާތްތައް ފަށާފައިވަނީ ނޮޅިވަރަންފަރުން ނެވެ. އޭގެ ފަހުން ފިނޭ އަށް އަދި ބުރާސްފަތި ދުވަހުގެ ހަވީރު ވަނީ ވައިކަރަދޫއަށް ޥަޑައިގަންނަވާފަ އެވެ.