ފަލަސުރުހީ

  • ފެނަކައިން ރަށްރަށް އަޅާ ތެޔޮ އެބަތިބޭ ބައެއް މެމްބަރުންނަށް ދީފަ: އާޒިމް
  • މަޖިލީސް ރައީސް ބޭރުކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް ބޭރުކުރަންޖެހޭ: އާޒިމް
  • ބިރުގަނެ ވޯޓުދޭ މެމްބަރަކީ އެންމެ ބާރުގަދަ މެމްބަރު: އާޒިމް
 
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ފެނަކައިން ރަށްރަށް އަޅާ ތެޔޮ އެބަތިބޭ ބައެއް މެމްބަރުންނަށް ދީފަ: އާޒިމް

ފެނަކައިން ބައެއް މެމްބަރުން އަތުން ތެޔޮ އެބަގަނޭ އެސްޓީއޯއަށްވުރެ ބޮޑު އަގުގައި. އެފަދަ މެމްބަރުން ފިތިފަ ތިބެނެ. ނަމަވެސް ގިނަ މެމްބަރުން ތިބީ ރައްޔިތުންނާއެކުގައި. ރައްޔިތުންގެ ހައްޤުގައި ތިބި މެމްބަރުންގެ އަދަދު ވަރަށް ބޮޑު. އެ މެމްބަރުންގެ ތާއީދާއެކު މިކަން ކުރެވެނެ. މަދު މެމްބަރަކު ތިބީ އެ ލިބޭ ނުރަނގަޅު އިނާޔަތްތައް ލިބޭ. ދެންތިބި ގިނަ މެމްބަރުންނަށް އިނާޔަތްތަކެއް ނުލިބޭ.

16 މާރޗް 2017 | ބުރާސްފަތި 03:12
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
މަޖިލީސް ރައީސް ބޭރުކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް ބޭރުކުރަންޖެހޭ: އާޒިމް

 

16 މާރޗް 2017 | ބުރާސްފަތި 03:06
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ބިރުގަނެ ވޯޓުދޭ މެމްބަރަކީ އެންމެ ބާރުގަދަ މެމްބަރު: އާޒިމް

ބިރުނުގަނެ ފާޅުގައި ވޯޓުދޭ މެމްބަރުންނަކީ އެންމެ ބާރުގަދަ މެމްބަރު. ރައްޔިތުންގެ ބަރުވެރިކަން ހޯދުމަށް މަސައްކަތްކުރާ މެމްބަރު. ރައްޔިތުންގެ ހައްޤުގައި ތެދު ބަސްބުނާ މެމްބަރު. އެފަދަ މެމްބަރެއްދެކެ ރައްޔިތުން ލޯބިވެސް ވާނެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބިރުގަންނާކަށް ނުޖެހޭ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެބަޖެހޭ މި ވޯޓުގައި ބައިވެރިވެ ވޯޓުދޭން.

16 މާރޗް 2017 | ބުރާސްފަތި 03:04
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
މަޖިލީހުގެ މެމްބަރުން ބިރުގަންނާނީ އަމިއްލައަށް ގޯސްކަމެއް ކުރެވިފައިއޮތީމަ: އާޒިމް

އަޅުގަނޑާއި ބައްދަލުވި ބައެއް މެމްބަރުން އެބަ ބުނޭ، ތިމަންނަ މިވެނިގޮތަކަށް ވޯޓުލެވޭކަން ނެތޭ. ރައީސް ތިމަންނަގެ ބިޔަފާރި ހަލާކުކޮށްލާނެއޭ. ތިމަންނަ ހައްޔަރުކުރާނޭ. ނަމަވެސް އަޅުގަނޑު އެ މެމްބަރުންނަށް ދަންނަވަން، ރައްޔިތުންގެ މަޖިލީހަކީ މާ ބާރުގަދަ ތަނެކޭ. ރައީސްވެސް ވަކިކުރެވޭނެއޭ. ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ރައީސްދެކެ ބިރުގަންނަ ނަމަ ކޮންމެވެސް ކަމެއް ގޯސްކޮށް ކުރެވިފައި އެ އޮތީ.

16 މާރޗް 2017 | ބުރާސްފަތި 03:02
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތައްވެސް ހިނގަނީ ރަނގަޅަކަށް ނޫން: އާޒިމް

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކުން ބޮޑެތި ރިޕޯޓްތައް އެބަ ނިންމާލާ ތިން ވަރަކަށް މިނެޓުގެ ތެރޭގައި. އެކަން އެގޮތަށް ކުރެވޭނެކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. މިސާލަކަށް 70 ސަފުހާގެ ރިޕޯޓެއް ތިން މިނެޓުން ކިޔެދާނެތޯ. ނަމަވެސް ތިން މިނެޓްގެ ތެރޭގައި އެކަން ކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރަން. އޭގެއިތުރުންވެސް ބޮޑެތި މައްސަލަތައް އެބަހުރި. ބައެއް ޖަމިއްޔާތަކުގައި ބައިވެރިވުމާއި ބައެއް މުއާހަދާތަކުގައި ބައިވެރިވުމުގެ މައްސަލަވެސް އެގޮތަށް އެބަ ނިންމާ.

16 މާރޗް 2017 | ބުރާސްފަތި 02:52
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ރައްޔިތުންނާއި ދެކޮޅަށް ސަރުކާރުން ކަމެއްކުރާނަމަ ބަސްބުނަންތިބެނީ މަޖިލީހުގެ މެމްބަރުން: އާޒިމް

ރައްޔިތުންނާއި ދެކޮޅަށް ސަރުކަރުން ކުރާ ކަންކަން ހުއްޓުވުމަށް ތިބި ބަޔަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން. އެކަންކަމާއި ދެކޮޅަށް އަޑުއުފުލަން ތިބޭ ބަޔެކީވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން. ނަމަވެސް އެކަންކަންވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ނުކުރެވޭ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސަރުކާރާއި ހިޔާލު ތަފަތުވުންތައް ހުރޭ. އެއީ އަބަދުވެސް ކަންތައްތައްވާގޮތް. އެއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުންގެ ހައޤުގައި ބަސް ބުނަންތިބޭ ބަޔަކަށްވާތީ. މިސާލަކަށް ސަރުކާރުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރާއިރު، އެކަން ރައްޔިތުންނަށް މަގުފަހިކޮށްދޭން ތިބޭ ބަޔަކީވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން. ނަމަވެސް އެ ހުރިހާ ކަމަށް ހުރަސްއަޅާ ބޭފުޅަކަށް މި ހުންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް. އެ ސަބަބަށްޓަކައިވެސް މަސީހު އެބަ އެއްފަރާތްކުރަންޖެހޭ.

16 މާރޗް 2017 | ބުރާސްފަތި 02:45
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ސަރުކާރު ޒިންމާދާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން މި ގެންދަނީ: އާޒިމް

މި ސަރުކާރުގެ ވައްކަންތަކާއި، ހިޔާނަތުގެ މައްސަލަ އާއި އެފަދަ ގިނަ ކަންތައްތައް އިންތިހައަށް އިތުރުކޮށް އޮތީ. އެ ކަންތައްތަކުގައި ސަރުކާރު ޖަވާބުދާކުރުވަންތިބި ބަޔަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން. ނަމަވެސް އެކަން ކުރުމަށް ފުރުސަތު ނެތްކަމަށް މި ފާހަގަކުރެވެނީ. ވަޒީރުންނާއި ސުވާލުކުރުމަށް އިންތިހާއަށް އުދަނގޫތައް އެބަ ކުރިމަތިވޭ. އަޅުގަނޑުމެން ވަޒީރުންނާއި ސުވާލުކުރުމަށް ފޮނުވުމުން އެ ސުވާލުތައް ކުރުމުގެ ބަދަލުގައި ހުރިހާ އެއްޗެއް ޑަސްބިނަށްލަނީ.

16 މާރޗް 2017 | ބުރާސްފަތި 02:41
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
މަޖިލީހުގެ ރައީސަކީ، އެއްވެސް މީހެއްގެ ދަށުވެފައި ހުންނަ މީހަކަށްވެގެން ނުވާނެ: އާޒިމް

މަސީހުގެ މައްސަލައަކީ، މަސީހުގެ މާބޮޑު ބާރެއް ނެތުން. މަސީހުއަށް އަމިއްލައަށް ކަންކަން ނިންމާތަނެއް ނުފެނޭ. މަސީހުގެ މައްޗަށް އިތުރު މީހަކު ކޮންޓްރޯލް ކުރާކަން ހާމަވޭ. އެހެންކަމުން މަސީހުއަށް މަސީހުގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭކަމަކަށް ނުފެނޭ. މި ވޯޓަކީ މާ އުދަނގޫ ވޯޓެއް ނޫން.

16 މާރޗް 2017 | ބުރާސްފަތި 02:37
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ފަލަސުރުހީ

މިރޭގެ ފަލަސުރުހީ ޕްރޮގްރާމްގެ މެހުމާނަކީ، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ. މިރޭގެ ޕްރޮގްރާމްގެ މައުޟޫއަކީ، ފ. އަތޮޅު ވިއްކާލުމެވެ.

16 މާރޗް 2017 | ބުރާސްފަތި 02:32