އާދީއްތަ 08 ޑިސެންބަރު 2019
12 ދޮށަ
1441 ރަބީޢުލްއާޚިރު 11
ފަތިސް 04:42
އިރުއަރާ 05:59
މެންދުރު 12:02
އަސްރު 15:22
މަޣްރިބް 17:56
އިޝާ 19:13
ވަގުތުން

ފަލަސުރުހީ

ޚުލާސާ
  • މެމްބަރުންގެ އަތް މަތީގައި މި އޮތީ ރައްޔިތުންގެ މުސްތަޤުބަލް: ފާރިސް
  • ރައްޔިތުންގެ ހިތުގެ އުފެދޭ ސުވާލެއް ކޮށްލުމުގެ ފުރުޞަތު ހުޅުވިގެންދާނެ: އަލީ ހުސެެއިން
  • ކޮންމެ ބަޔަކަށްވެސް ސަރުކާރުން ކުރާ ނުރަނގަޅު ކަންތައްތަކުގެ އަސަރުކޮށްފައިވޭ: ފާރިސް

12 މާރޗް 2017 | އާދީއްތަ 02:33

03:17

އަބުދުﷲ ނަސީރު އިބްރާހިމް

މެމްބަރުންގެ އަތް މަތީގައި މި އޮތީ ރައްޔިތުންގެ މުސްތަޤުބަލް: ފާރިސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަތް މަތީގައި މި އޮތީ ރައްޔިތުންގެ މުސްތަޤުބަލު. އެހެންކަމުން އަޅުގަނޑު އުއްމީދުކުރަނީ ރައްޔިތުންގެ މުސްތަޤުބަލަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނޫނެކޭ ނުބުނާނެ ކަމަށް. މިއީ ވަރަށް މުހިންމު ވޯޓެއް. މި ވޯޓުގައި މަޖިލީހުގެ މެމްބަރުންގެ ބައިވެރިވުން ވަރަށް ބޭނުން. އެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑުމެން އުއްމީދުކުރަނީ

11 މާރޗް 2017 | ހޮނިހިރު 22:18

03:15

ރިޒުނާ ޒަރީރު

ރައްޔިތުންގެ ހިތުގެ އުފެދޭ ސުވާލެއް ކޮށްލުމުގެ ފުރުޞަތު ހުޅުވިގެންދާނެ: އަލީ ހުސެެއިން

މިކަން ކާމިޔބުވެއްޖެ ނަމަ ސަރުކާރުގެ ވައުދުތަކާއި ގުޅިގެން މިނިސްޓަރުންތައް ހާޒިރުކޮށް ސުވާލު ކުރެވޭނެ. ރައްޔިތުންގެ ހައްގުތައް ހޯދޭނެ. ރައްޔިތުންގެ ހިތުގެ އުފެދޭ ސުވާލެއް ކޮށްލުމުގެ ފުރުޞަތު ހުޅުވިގެންދާނެ. މިވޯޓް ލިބިއްޖެ ނަމަ ދާއިރާގެ ކޮންމެ ރައްޔިތަކަށްވެސް ވަޒީރުންނާއި ސުވާލުކުރެވޭނެ.

11 މާރޗް 2017 | ހޮނިހިރު 22:40

03:12

އަބުދުﷲ ނަސީރު އިބްރާހިމް

ކޮންމެ ބަޔަކަށްވެސް ސަރުކާރުން ކުރާ ނުރަނގަޅު ކަންތައްތަކުގެ އަސަރުކޮށްފައިވޭ: ފާރިސް

މި ސަރުކާރުގެ ކަންކަން ހުރި ގޮތުގެ ސަބަބުން ހުރިހާ ދާއިރާއެއްގައިވެސް މަސައްކަތްކުރާ ފަރާތްތަކަށް އަސަރުކުރޭ އެބަ. އެހެން އެގޮތަށްވާއިރު، ކަންކަން ރަނގަޅުކުރުމަށް އޮތް ރައްޔިތުންގެ މަޖިލީހުން އެ މަސައްކަތެއް ކުރާ މަންޒަރެއް އަޅުގަނޑުމެންނަކަށް ނުފެނޭ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ބަދަލުކޮށްފަ އިސްލާހުކުރަންޖެހޭ ކަންތައްތައް ވަރަށް ބައިވަރު. އެކަންތައްތައް އަޅުގަނޑުމެން ކުރާނަން. އެކަންތައްތައްކޮށް ހުރިހާ ކަމެއް އިސްލާހުކުރުމަށް އަޅުގަނޑުމެން މި ނިކުތީ.

11 މާރޗް 2017 | ހޮނިހިރު 22:18

03:10

ރިޒުނާ ޒަރީރު

ޖަލްސާ އެޖެންޑާ ކުރާނެ ކަމަށް އުއްމީދު ކުރައްވަން: އަލީ ހުސެއިން

ޖަލްސާ އެޖެންޑާ ކުރާނެ ކަމަށް އުއްމީދު ކުރައްވަން. މިފަހަރު އޮތް އެންމެ ބޮޑު ޔަޤީން ކަމަކީ ޕީޕީއެމްއަށް ނިސްބަތްވާ މެމްބަރުން މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓް ފުރިހަމަ އަޤްލަބިއްޔަތުން ވަކި ކުރެވޭނެ ކަމަށާއި. ރައްޔިތުން ބޭނުން ނުވާ ގޮތަށް މިސަރުކާރުން ކުރަމުން އެބަދޭ. ކޮންމެ ފަސް އަހަރަކުން ލަމުން އަންނަ ވޯޓް ލިބޭނެ ކަމުގެ ޔަޤީން ކަމެއްވެސް ނެތް މަޖިލީހުގެ މަސައްކަތް މިހާރު އޮތް ގޮތަށް ކަންތައް ވަމުންދާ ނަމަ. ކޮންމެ ރައްޔިތަކުވެސް އެ ރައްޔިތެއްގެ މެމްބަރަކަށް މެސެޖް ކުރައްވާ، ވިދާޅުވާންވީ ރައްޔިތުން ބޭނުންވާ ގޮތަކީ ކޮބައިކަން.

11 މާރޗް 2017 | ހޮނިހިރު 22:11

03:06

އަބުދުﷲ ނަސީރު އިބްރާހިމް

ޖަލަށްލިކަމުގައިވިނަމަވެސް މި މަސައްކަތް ކުރާނަން: ފާރިސް

ޖަލަށްލިކަމުގައިވިނަމަވެސް މި މަސައްކަތުގައި އަޅުގަނޑު ހުންނާން. ރައީސް މައުމޫނުވެސް ލައްކަ ދުވަހު ޖަލުގައި އޮންނެވި. އަޅުގަނޑު ޖަލަށްދާންޖެހުނު ނަމަވެސް މަސައްކަތް ދޫކޮށްލާކަށްނޫން މި ހުރީ. ޖަލަށްދާންޖެހޭނަމަ އެކަމަށްވެސް ތައްޔާރު. ނަމަވެސް ސަރުކާރު ޖަވާބުދާރިކުރުވާނަން.

11 މާރޗް 2017 | ހޮނިހިރު 22:06

03:05

އަބުދުﷲ ނަސީރު އިބްރާހިމް

ރައީސް މައުމޫނު ހުންނެވީ މި މަސައްކަތުގައި: ފާރިސް

ރައީސް މައުމޫނުގެ ތާއީދު މި މަސައްކަތަށް ލިބޭ. ރައީސް މައުމޫނުވެސް ހުންނެވީ މި މަސައްކަތުގައި. ތި ދެއްނެވީ އަޅުގަނޑު މި މަސައްކަތުގައި އިސްކޮށް އުޅޭ ސަބަބު. އަޅުގަނޑުމެން ގެނައި  ސަރުކާރެއް މިއީ. އަޅުގަނޑު ނުދަންނަ އެތަށް ބަޔެއް ކައިރީގައިވެސް ރައީސް ޔާމީނަށް ވޯޓު ދިނުމަށް އެދުނިން. ގިނަ މަސައްކަތްތަކެއް ކުރިން. ނަމަވެސް ކަންތައްތައް ގޯސަވެގެން މިދޔައީ. އެހެންކަމުން ސަރުކާރު ޒިންމާދާރުކުރުމަކީ އަޅުގަނޑުގެ ޒިންމާއެއް ކަމަށް ގަބޫލުކޮށްގެން މި މަސައްކަތްކުރަނީ.

11 މާރޗް 2017 | ހޮނިހިރު 22:07

03:02

ރިޒުނާ ޒަރީރު

މަޖިލީހުގެ މެޖޯރި އޮތުމުން ނާޖާއިޒު ފާއިދާ ނަގަމުން މިދަނީ: އަލީ ހުސެއިން

މަޖިލީހުގެ ކޮންމެ މެމްބަރުވެސް ވިސްނަވާނެ ކުރިއަށް ކަންކަން ކޮށްދޭނެ ކަންތައްތަކަކީ ކޮބައިތޯ؟ ޒިންމާދާރު ކަންމަތީ ކަންކަން ކުރަން. މިއަދު އިންސާފްވެރިކަމާއި އެކީ ނުހިނގާ. ސަރުކާރާއި އެހެނިހެން މުއައްސަސާތަކުން އެތަރަހައިގެ ތެރޭގައި ކަންކަން ނުހިނގާ. ގިނަ ބިލްތައް އެއްވެސް ވަގުތެއް ނުދީ އެބަ ކޮމިޓީންވެސް ފާސްކުރޭ. ބިލްތައް އަވަސް ކުރުމަށް މަޖިލީހުގެ ރައީސް ވިދާޅުވާ ކަމަށް މެމްބަރުން އެބަ ވިދާޅުވޭ. މަޖިލީހުގެ މެޖޯރި އޮތުމުން ނާޖާއިޒު ފާއިދާ ނަގަމުން މިދަނީ. ޤާނޫނީ ތަރަހައިގެ ތެރޭގައި ކަންކަން ނިންމުމުގެ ޖާގަ އެބަ އޮތް.

11 މާރޗް 2017 | ހޮނިހިރު 22:03

03:01

އަބުދުﷲ ނަސީރު އިބްރާހިމް

މެމްބަރުން ކާމިޔާބު ހޯދާނެ، މިއީ ރައްޔިތުންނަށް ހިދުމަތްކުރުމަށް މެމްބަރުންނަށް ލިބޭ ފުރުސަތެއް: ފާރިސް

 

11 މާރޗް 2017 | ހޮނިހިރު 22:03

02:59

އަބުދުﷲ ނަސީރު އިބްރާހިމް

އަޅުގަނޑުމެން މި ނިކުންނަނީ މި ވޯޓު ކާމިޔާބުކުރަން: ފާރިސް

 

11 މާރޗް 2017 | ހޮނިހިރު 21:59

02:57

އަބުދުﷲ ނަސީރު އިބްރާހިމް

ސަރުކާރުން މަސައްކަތްކުރަނީ ޤާނޫނީ އިމުގެ ތެރެއަކުން ނޫން: ފާރިސް

އަޅުގަނޑުމެން މިދެނީ އިންޒާރެއް ނޫން. އަޅުގަނޑުމެން މި މަސައްކަތްކުރަނީ ސަރުކަރު ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް. މިހާރު ސަރުކާރު ހިނގަމުންދަނީ ޤާނޫނީ އިމުގެ ތެރެއިންކަމަށް ގަބޫލެއް ނުކުރަން.

11 މާރޗް 2017 | ހޮނިހިރު 21:59

02:56

އަބުދުﷲ ނަސީރު އިބްރާހިމް

މެމްބަރުންނަށް ބިރުދެއްކުންވެސް އަންނާނެ: ފާރިސް

މި ވޯޓާއެކުގައި މެމްބަރުންނަށް ބިރުދެއްކުން އަންނާނެ. ނަމަވެސް ހިތްވަރާއެކުގައި ތިއްބަވަންވީ. މިހާރުވެސް އަޅުގަނޑުމެންނާއެކު ތިއްބެވި ގިނަ މެމްބަރުންތަކެއްގެ ކިބައިން ހިތްވަރު ލިބިގެން ތިބެންވީ. ހުސެއިން އަރީފާއި، މުސްތަފާއާއި، ވައްޑެ ކުރާ މަސައްކަތުން ހިތްވަރު ހޯދަންވީ. ބިޔަފަރިވެރިންވެސް އަޅުގަނޑުމެންނަށް އެއްބާރުލުންދީ، ޓިމް ބޮޑުކުރަންވީ. ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ވަރަށް މުހިންމު.

11 މާރޗް 2017 | ހޮނިހިރު 22:00

02:54

އަބުދުﷲ ނަސީރު އިބްރާހިމް

ޕީޕީއެމްގެ ގިނަ މެމްބަރުންތަކެއް ވޯޓުދޭނެ: ފާރިސް

އަޅުގަނޑުމެންނަށް ކުރެވޭނީ މަސައްކަތް. ކާމިޔާބު ދެއްވާނީ އެހެން ފަރާތެއް. އަޅުގަނޑުމެން މިކަން ކާމިޔާބުކުރުމަށް މަސައްކަތް ކުރާނަން. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މި ވޯޓާއިމެދު ވިސްނާލަންޖެހޭ. މި ވޯޓު ކާމިޔާބުވެއްޖެނަމަ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން ތަމްސީލްކުރާ ތަނަކަށް ބަދަލުވެގެންދާނެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެދޭކަންތައްތައް ކޮށްދިނުމަށް ސަރުކާރަށްވެސް މަޖުބޫރުވާނެ. އެހެންކަމުން މި ވޯޓު ކާމިޔާބުވެއްޖެނަމަ ރައްޔިތުންނަށް ހިދުމަތްކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ. މި ވޯޓަށް ޕީޕީއެމްގެ ތެރެއިން ގިނަ މެމްބަރުން ވޯޓުދޭނެކަމަށް އަޅުގަނޑު ގަބޫލުކުރަން. އަޅުގަނޑުމެންނަށް 42 ވޯޓު ބޭނުންވަނީ. އަޅުގަނޑުމެންނަށް މިހަރު ކަށަވަރުވެފައިވަނީ 42 ވޯޓަށްވުރެ ގިނަ ވޯޓު ލިބޭނެ ކަމަށް.

11 މާރޗް 2017 | ހޮނިހިރު 21:54

02:49

އަބުދުﷲ ނަސީރު އިބްރާހިމް

މެމްބަރުން އެއްބަސްވިގޮތަށް ވޯޓުލާނެކަމަށް އުއްމީދުކުރަން: އަލީ ހުސެއިން

 

11 މާރޗް 2017 | ހޮނިހިރު 21:54

02:48

އަބުދުﷲ ނަސީރު އިބްރާހިމް

މަސީހު ބޭރުކުރެވުމުން ހުރިހާކަމެއް ރަނގަޅުކުރެވޭނެ ކަމަށް ގަބޫލުކުރަން: ފާރިޝް

އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ ރައްޔިތުންގެ މަޖިލީހުގެ އަޤުލަބިއްޔަތު ނެތި ސަރުކާރެއް ހިންގި މަންޒަރުވެސް. އެ ސަރުކާރު ހިންގީ ދަތިތަކައެކު. ނަމަވެސް ޑިމޮކްރަސީގެ އުސޫލުތައް ހިފެއްޓުނު. އަޅުގަނޑުމެން އިރާދަކުރެއްވިއްޏާ މި ވޯޓު ކާމިޔާބުކުރާނަން. އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް ގާބިލް ބޭފުޅަކު އިންތިހާބު ކުރާނަން. އެއަށްފަހު ހުރިހާ ކަމެއްވެސް ރަނގަޅު ކުރާނަން. އޭރުން މިނިވަން އިންސާފުވެރި އިންތިހާބުތައްވެސް ލިބޭނެ. އިންސާފު ޤާއިމްކޮށް، ޖުޑީޝަރީވެސް ރަނގަޅުކުރެވޭނެ ކަމަށް ގަބޫލުކުރަން. ޖުޑީޝަރީގައި ހުރި މައްސަލަތައް ހައްލުކުރެވޭނެކަމަށްވެސް ގަބޫލުކުރަން.

11 މާރޗް 2017 | ހޮނިހިރު 21:55

02:45

ރިޒުނާ ޒަރީރު

މަޖިލީހުގެ ޒިންމާއަކީ ޒިންމާދާރުކުރުވުން: އަލީ ހުސެއިން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އެންމެ މުހިއްމު ޒިންމާއަކީ މިނިވަން މުއައްސަސާތަށް ޒިންމާދާރު ކުރުވުން. ރައީސުލްޖުމްހޫރިއްޔާއާއި ޖުޑީޝިއަލް ސަރވިސް ޒިންމާދާރު ކުރުވުން. މެމްބަރުން ކަންކަން ނިންމަނީ މަޖުބޫރުވެގެން. ގިނަ މެމްބަރުން އެބަ ވިދާޅުވޭ ބިލްތަކަށް ވޯޓް ދެނީ ސަރުކާރުން ބޭނުންވާ ގޮތަށް ވޯޓް ލުމުން ކަމަށް އެދާއިރާއަކަށް ތަރައްޤީ އަންނަނީ.

11 މާރޗް 2017 | ހޮނިހިރު 21:55

02:44

އަބުދުﷲ ނަސީރު އިބްރާހިމް

ސަރުކާރުން ބުނާގޮތަށް ކަންތައްކުރަނީ ހިތްހަމަޖެހިގެނެއް ނޫން: އަލީ ހުސެއިން

 

11 މާރޗް 2017 | ހޮނިހިރު 21:55

02:41

އަބުދުﷲ ނަސީރު އިބްރާހިމް

މަސީހުގެ އިތުބާރު ނެތްކަމަށް ހުށައެޅީ ކާމިޔާބުވާނެކަމުގެ އުއްމީދެއް އޮތީމަ: ފާރިޝް

މަޖިލީސް މެމްބަރުން ޒިންމާ އަދާނުކުރާކަމަށް ނުދަންނަވާނަން. އަޅުގަނޑުމެންނަށް ޑިމޮކްރަސީގައި ފެނިގެން ނުވާނެ މަންޒަރެއް މި ފެނިގެންދަނީ. މެމްބަރުންނަށް އެކިގޮތްގޮތުން ފިއްތުންތައް ކުރިމަތިވޭ. މިސާލަކަށް މެމްބަރުންނަށް އެބައާދޭ މެސެޖެއް ސަރުކާރަށް ތާއީދުނުކުރާނަމަ ދާއިރާގެ ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ނުގެންދާނެކަމަށް. މަޖިލީހުގެ ބޭރުން މަންޒަރު ބަލާނަމް ފެންނާނީ ތަފާތު މަންޒަރެއް. އަޅުގަނޑަށް އެ މެމްބަރުންގެ ހާލު ފެނި ހަމްދަރުދީވޭ. ކޮންމެ ވޯޓަކައި ދިމާކޮށް ދާއިރާގެ ތަރައްޤީގެ މައްސަލަތައް ފެންމަތިކޮށްލާ. އަޅުގަނޑުމެން މި ހިސާބަށް މިއައީ ކާމިޔާބުވާނެކަމުގެ އުއްމީދު އޮތީމަ. އެކަން އެގޮތަށް ގަބޫލުކޮށްގެން މި މައްސަލަވެއްދީ. ގިނަ މެމްބަރުންވެސް މަޖިލީހުގެ ތެރޭގައި ކަންކަން ހިނގާގޮތައިމެދު ހިތްހަމައެއްނުޖެހޭ.  

11 މާރޗް 2017 | ހޮނިހިރު 21:55

02:38

ރިޒުނާ ޒަރީރު

އަލީ ހުސެއިން

ފެނިގެންދިޔަ ޤާނޫނު އަސާސީއާއި ޚިލާފަށް ވަކި މުއްދަތެއް ނެތް ގޮތެއްގައި ކަންކަން ނިންމަމުންދާ މަންޒަރު. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ބޭނުންވާ ކަންތައްތައް ބޭނުންވާ ގޮތަށް މިދަނި ކުރަމުން. އަމިއްލަ މެމްބަރަކަށްވެސް ބިލެއްވެސް އިސްލާހެއްވެސް ހުށައެއް ނޭޅޭ. މަޖިލިސް މެމްބަރުންނަށް މަސައްކަތް ނުކުރެވޭ ވަރަށް ކަންތައް މި އޮތީ ގޮސްފައި.
 

11 މާރޗް 2017 | ހޮނިހިރު 21:41

02:38

އަބުދުﷲ ނަސީރު އިބްރާހިމް

މަސީހު ބޭރުކުރުމަކީ ވަރަށް މުހިންމު ކަމެއް: ފާރިޝް

 

11 މާރޗް 2017 | ހޮނިހިރު 21:41

02:33

އަބުދުﷲ ނަސީރު އިބްރާހިމް

ފަލަސުރުހީ

 

ފަލަސުރުހީ ޕްރޮގްރާމްގެ މިރޭގެ މެހުމާނުންނަކީ، މެމްބަރު އަހުމަދު ފާރިޝް މައުމޫނާއި، މެމްބަރު އަލީ ހުސެއިން އެވެ. މިރޭގެ ޕްރޮގްރާމްގެ މައުޟޫއަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބަރު ނެތްކަމުގެ މައްސަލައެވެ.

11 މާރޗް 2017 | ހޮނިހިރު 21:34

ރިޒުނާ ޒަރީރު

RiznaZareer

އަބުދުﷲ ނަސީރު އިބްރާހިމް

DeNaseer

989
03:17
މެމްބަރުންގެ އަތް މަތީގައި މި އޮތީ ރައްޔިތުންގެ މުސްތަޤުބަލް: ފާރިސް
03:15
ރައްޔިތުންގެ ހިތުގެ އުފެދޭ ސުވާލެއް ކޮށްލުމުގެ ފުރުޞަތު ހުޅުވިގެންދާނެ: އަލީ ހުސެެއިން
03:12
ކޮންމެ ބަޔަކަށްވެސް ސަރުކާރުން ކުރާ ނުރަނގަޅު ކަންތައްތަކުގެ އަސަރުކޮށްފައިވޭ: ފާރިސް
03:10
ޖަލްސާ އެޖެންޑާ ކުރާނެ ކަމަށް އުއްމީދު ކުރައްވަން: އަލީ ހުސެއިން
03:06
ޖަލަށްލިކަމުގައިވިނަމަވެސް މި މަސައްކަތް ކުރާނަން: ފާރިސް
03:05
ރައީސް މައުމޫނު ހުންނެވީ މި މަސައްކަތުގައި: ފާރިސް
03:02
މަޖިލީހުގެ މެޖޯރި އޮތުމުން ނާޖާއިޒު ފާއިދާ ނަގަމުން މިދަނީ: އަލީ ހުސެއިން
03:01
މެމްބަރުން ކާމިޔާބު ހޯދާނެ، މިއީ ރައްޔިތުންނަށް ހިދުމަތްކުރުމަށް މެމްބަރުންނަށް ލިބޭ ފުރުސަތެއް: ފާރިސް
02:59
އަޅުގަނޑުމެން މި ނިކުންނަނީ މި ވޯޓު ކާމިޔާބުކުރަން: ފާރިސް
02:57
ސަރުކާރުން މަސައްކަތްކުރަނީ ޤާނޫނީ އިމުގެ ތެރެއަކުން ނޫން: ފާރިސް
02:56
މެމްބަރުންނަށް ބިރުދެއްކުންވެސް އަންނާނެ: ފާރިސް
02:54
ޕީޕީއެމްގެ ގިނަ މެމްބަރުންތަކެއް ވޯޓުދޭނެ: ފާރިސް
02:49
މެމްބަރުން އެއްބަސްވިގޮތަށް ވޯޓުލާނެކަމަށް އުއްމީދުކުރަން: އަލީ ހުސެއިން
02:48
މަސީހު ބޭރުކުރެވުމުން ހުރިހާކަމެއް ރަނގަޅުކުރެވޭނެ ކަމަށް ގަބޫލުކުރަން: ފާރިޝް
02:45
މަޖިލީހުގެ ޒިންމާއަކީ ޒިންމާދާރުކުރުވުން: އަލީ ހުސެއިން
02:44
ސަރުކާރުން ބުނާގޮތަށް ކަންތައްކުރަނީ ހިތްހަމަޖެހިގެނެއް ނޫން: އަލީ ހުސެއިން
02:41
މަސީހުގެ އިތުބާރު ނެތްކަމަށް ހުށައެޅީ ކާމިޔާބުވާނެކަމުގެ އުއްމީދެއް އޮތީމަ: ފާރިޝް
02:38
އަލީ ހުސެއިން
02:38
މަސީހު ބޭރުކުރުމަކީ ވަރަށް މުހިންމު ކަމެއް: ފާރިޝް
02:33
ފަލަސުރުހީ