ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ހަރަކާތް ރާއްޖޭގެ ދެކުނުގައި ލޯންޗު ކުރުމަށް ބޭއްވި ހާއްސަ ޖަލްސާ ނިންމާލައިފި. ދެން ކުރިއަށް ރޭވިފައިވަނީ މާދަމާ ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ހަރަކާތްތައް. މާދަމާވެސް ދޮރުން ދޮރަށް ހިނގުމާއި، ޕޯސްޓަރު ހިއްޕުމާއި ރައްޔިތުންނާ ބައްދަލު ކުރުމަށް ހިންގާ ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހފަ.
އިމްތިޔާޒު ފަހުމީ: މި ސަރުކާރަކީ އަނިޔާވެރި ސަރުކާރެއް. ރާއްޖޭގެ ރައްޔިތުން ނިކަމެތިކޮށް ރާއްޖޭގެ ރަށްތައް ވިއްކަމުންދާ ސަރުކާރެއް. މިސަރުކާރާ ދެކޮޅަށް ލޯކަލް ކައުންސިލް އިންތުހާބުގައި އެމްޑީޕީއަށް ވޯޓް ދެއްވާ.
މިރާއްޖެ ސަލާމަތްވާން އޮތީ ތިލަފަތަށް ވޯޓް ލައިގެން. އައްޑޫ ސިޓީއަކީ ރައީސް ނަޝީދުގެ ސިޓީއެއް އެކަން. މީގެ ކުރިން ބޭއްވި އިންތިހާބުތަކުން ވެސް އިނގޭ. އެމްޑީީޕީއަކީ ރާއްޖޭގެ ރައްޔިތުންނާ ގަތުން ހިދްމަތް ކުރާ ސިޔާސައެއް ގެންގުޅޭ ޕާޓީއެއް. ރައްޔިތުން ބާރުވެރިކުރުމަށް ތިލަފަތަށް ވޯޓް ދެއްވާ.
އަލީ ނިޒާރު: ރައީސް ނަޝީދަކީ ޑޮމެކްރެސީގެ ޗެމްޕިއަން، އިންސާނީ ހިއުމަން ރައިޓްސްގެ ޗެމްޕިއަން އަދި ދިވެހި ރައްޔިތުންގެ ލޯތްބާއި ތާއީދު ހޯއްދަވާފައިވާ ޗެމްޕިއަން. މިކަން މުޅި ދުނިޔެވެސް ގަބޫކު ކުރޭ. ރައީސް ނަޝީދަކީ ލާމަރުކަޒީގެ ބާނީ އަދި އައްޑޫ ރައްޔިތުންނަށް ތަރައްގީ ގެނެސްދެއްވި ބާނީ.
ލޯކަލް ކައުންސިލް އިންތިހާބުގައި ތިލަފަށް ވޯޓް އަޅުއްވާ. ރާއްޖެ ވިއްކާލުމާ ދެކޮޅަށް ވޯޓް އަޅުއްވާ.
މިރޭ މިއިފްތިތާހް ކުރީ މިއިންތިޚާބުގެ ކެމްޕޭން. އެކުއެކީގައި ކުރިއަށް މިގެންދަނީ އެއްކަމެއްގެ ދެޖަލްސާ.
އެމްޑީޕީގެ ފަލްސަފާ ބިނާކޮށްފައިވާނީ ރައްޔިތުން ބާރުވެރިކުރުމަށް. ޤާނޫން އަސާސީ އެކުލަވާލިއިރު އެމްޑީޕީގެ މެންބަރުން ވަކާލާތު ކުރީ އެކަމަށް. 2008 ގައި އުފެދުނު އެމްޑީޕީގެ ސަރުކާރުންވެސް ކުރީ އެކަން. އަޅުގަނޑުމެން ޤަބޫލުކުރި ޙަޤީގަތަކީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ތަރައްޤީވެ ކުރިއަރައި ދަނީ މިނިޒާމުންކަން. އެހެންވީމާ ރާއްޖޭގެ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ދަރިއެއް. އެމްޑީޕީގެ ބަނޑުން ވިހޭ މިދަރި މަރުވިއަކަ ފަނާވިއަކަ ނުދޭނަން.
ރައްޔިތުން އެދޭގޮތް ވޯޓުން ބުނާނެ އަބަދުވެސް. އަނެއްކާވެސް މިލިބެނީ އެފުރުސަތު. މިސަރުކާރަކީ ރައްޔިތުންނާ އެއްވެސް ގުޅުމެއް އޮތް ސަރުކާރެއް ނޫން. މިސަރުކާރުގެ ހުރިހާވެސް ބޭނުމަކީ ސަރުކާރަށް ވާގިވެރިވާ ފަރާތްތަކުގެ ބޭނުމަށް ރައްޔިތުންނާ ދައުލަތް ހުސްކޮށްލުން. މިކަން ކުރިއަކަ ނުދޭނަން.
ރައްޔިތުންގެ ފަޅުތަކާއި ބިންތައް ވިއްކިއަކަ ނުދޭނަން. އެތަން ނުކުރާށޭ ބުނުން އެއީ ޤާނޫނީ ގޮތުން ކުށެއް ނޫން. އެކަމެއް ނުހުއްޓުވޭނެ. އަޅުގަނޑުމެން މިކަން މިހެން ކުރުން އެއީ ޤައުމީ ސަލާމަތައް ނުރައްކާތެރިކަމެކޭ ބުނާއިރު ބޭރު ޤައުމުތަކަށް ޤައުމު ވިއްކާލުމަކީ ޤައުމީ ސަލާމަތައް ހުރި ނުރައްކަލަކީ.
ކުރިއަށް އޮތްތަނުގައި ޖަލްސާތަކާއި ދޮރުންދޮރަށް ހިނގުމާއި ހަރަކާތްތައް އޮންނާނެ.
މިއިންތިޚާބު އޮންނާނެ. މިއިންތިޚާބެއް ރައީސް ޔާމީނަކަށް ނުހުއްޓުވޭނެ. މިއިންތިޚާބު ކާމިޔާބު ކާމިޔާބުކޮށް އިރާދަކުރެއްވިއްޔާ ރައީސް ޔާމީން 2018 ގެ އިންތިޚާބުގައި ވާދަކުރައްވާ ކާމިޔާބު ކުރައްވާނެ.
އަލީ ޝިޔާމު: ރައްޔިތުން ނިކުމެ ތިލަފަށް ބޯކޮށް ވޯޓް އަޅާ. އެއީ ރާއްޖެ ވިއްކާ ލުމާ ދެކޮޅަށް އެޅޭ ވޯޓެއް. މިސަރުކާރުން ވެރިކަން ކުރަން ބޭނުންވަނީ ރާއްޖެ ވިއްކައިގެން. އެކަން ކުރިޔަ ދީގެން ނުވާނެ. މިސަރުކާރަށް ކުރަން އެނގޭ ކަމަކީ ކޮރަޕްޝަނާ ހިޔާނާތާއި ފަސާދަ ގައުމުގަ ހިންގުން.
ހދ އަތޮޅުން ކާޑުން މަހަކަށް މިލިއަނެއް، ކަރަންޓަށް 3 މިލިއަން އިތުރުވޭ. މުޅި ރާއްޖޭގެ ކަރަންޓަށް މަހަކު 33 މިލިއަން ބޮޑުވޭ. ދިއްދޫއިން އަހަރަކު ކަރަންޓަށް 9 މިލިއަން ޔާމީނަށް ދައްކަން ޖެހޭ.
ރައީސް ޔާމީނަށް ހީފުޅުވަނީ އިސްލާމްދީނަށް ފުރައްސާރަ ކުރަމުންގޮސް އަރައްބެއްގެ ޖުއްބާއަށް ބޯކޮއްޕާލީމާ އީމާން ވެވުނިއްޔޭ. އެހެނެއް ނުވާނެ އެކަމެއް.
މިފެންނަނީ 2018 އަށް ފާތުމަ ދޮންކުރާތަން. ރެހެންދީ ޚަދީޖާ ކަންކުރިގޮތައް ކޮށްފާނެތީ ޔާމީން ބިރުގަނޭ. އެހެންވީމާ ނޫހުގެ ފާނުގެ ވާހަކަ ދައްކާނެ ކަމެއް ނެތް އޮޅުވާލައިގެން
ލަދެއް ހުރިއްޔާ ލާމަރުކަޒީ ނިޒާމް ފުނޑާލި ބަޔަކު އައިސް ވޯޓު ދޭށޭ ބުނާކަށް ނުކެރޭނެ. ބޮޑު މަޝްރޫޢު ގެންނަނިއްޔޭ ބުނާއިރު އެންމެބޮޑު އެއްމަޝްރޫޢަކީ އެމްއެމްޕީއާރުސީގެ ބޮޑު ވައްކަން.
އަިހެވަންއޭ އެއަރޕޯޓޭ ކިޔައިގެން މަޅި ޖައްސަވާނެ ކަމެއް ނެތް. ދެން އެކަމެއް ނުވާނެ.
އިގްތިޞާދަށް މިވާ ކަންކަމާއި ދޭތެރޭ އެބަ ޖެހޭ ވިސްނަން. އިގްތިޞާދަށް ވާ ގޮތަށް ވަރަށް ގާތުން އެބަޖެހޭ ބަލަން. އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓް ދޭން އެބަޖެހޭ. އަޅުގަނޑުމެންގެ ކަންކަން އިސްލާޙް ކުރާނީވެސް އަޅުގަނޑުމެން. ސާބިތު ކަމާއި އެކީ ކަންކަން ކުރަން އެބަޖެހޭ. އެމްޑީޕީން ފަހަތަކަށް ނުޖެހޭނެ. އަޅުގަނޑުމެން ހިތްވަރު އަލާ ކުރަނީ އަލި ރަސްގެންފާނުގެ ހިތްވަރުން.
އެމްޑީޕީން ކަމެއް ކުރަންޏާ ކުރާނީ ނިކަން ފައްކާކޮށް އާ ގޮތްގޮތައް. މިއަދުގެ އިރު ތޮޅުނީންސުރެ މުޅި ރާއްޖޭގައި މިދަނީ އެމްޑީޕީގެ ރަން ރީނދޫ ފަވަމުން
އެމްޑީޕީގެ ސްތައިލްގައި ގަދަކޮށް ފަރިކޮށް ނަލަކޮށް މިފެށީ ސަރުކާރު ބަދަލު ކުރުމުގެ މަސައްކަތް. އިރާދަ ކުރެއްވިއްޔާ މިކަން ކުރާނަން.
ރައްޔިތުންގެ ހާލު އަހުވާލު ބެލުމުގެ ނަމުގައި ބަހަނީ ހުދު ސިޓީއުރަ. ރައްޔިތުން އެގޮތައް ހާލު ބަލާކަށް ބޭނުމެއް ނޫން. ރައްޔިތުން ބުނަމުން ދަނީ ތިންއަހަރާ ބައިބައިވިއްޔޭ. ހެޔޮ ނުވާނެ މިވެރިކަން ބޭނުމެއް ނޫނޭ. ކާޑުގެ އަގު ބޮޑުވީ. ކަރަންތުގެ އަގު ބޮޑުވީ ޑަބަލްވީ. މިހާރު ފަރުދީ ވާޖިބަކާ ހަމައަށް މިކަން ހިނގައްޖެ. އެފަރުދީ ޒިންމާއަކީ ރައީސް ޔާމީނޭ ތިޔަ ކަންކުރާގޮތް ކަމަކު ނުދެއޭ ބުނުން. އޭޕްރީލް 15 ވަނަ ދުވަހު އެލިބެނީ ކަމަކު ނުދެއޭ ބުނުމުގެ ޗާންސް.
އަމިއްލައަށް ސުވާލުކޮށްލާ. ގުދާރު ބިންދައިގެން ހޯދާ ފައިސާގެ ދެބައިކުޅައެއްބައި ގެންދަނީ ކީއްވެތޯ. ބަތްތަށީގެ އެއްބައި ސައިތަށީގެ އެއްބައި ދިއްލާ ދެ ބޮކިން އެއްބޮކި އެނަގަނީ ސަރުކާރަށް. މިކަމާ ދެކޮޅަށް އެއްޗެއް ބުނަން ލިބޭ ދުވަސް އޭޕްރީލް 15 ގައި އެއަންނަނީ.
އަޅުގަނޑަށް އުއްމީދު އެބައޮތް. އެމްޑީޕީގެ ކެންޑިޑޭޓުންގެ ގަދަކަމާ ޒުވާންކަމާ މޮޅުކަން އެކަންކަމާއެކު އަޅުގަނޑު އުއްމީދު އާވެއްޖެ. އިރާދަ ކުރެއްވިއްޔާ ސަރުކާރު ބޮޑުތަނުން ބަދަލުކޮށް ރައީސް ނަޝީދު ގެނެސް ވަޑުވާނަން ވެރިކަމުގައި
ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ވިސްނުން. އެކަމަށް ފުރަތަމަ ފެއްޓެވީ ރައީސް ނަޝީދު. އެއީ ރާއްޖެއަށް ލާމަރުކަޒީ ނިޒާމް ގެންނެވި ބައްޕަ.
ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ރައްޔިތުން ބާރުވެރިކޮށް ތަރައްޤީ ކުރެވުނީކީ ހަންމުށިއަޅައިގެނެއް ނޫން. ލާމަރުކަޒް ކޮށްގެން.
މީގެ 50 އަހަރު ކުރީގަވެސް ނެތް ވެރިއަކު ރާއްޖޭގައި މިވަރަށް ކާޑު އަގުބޮޑު ކޮށްފައެއް. މިޚުދުމުޚްތާރު ެރިޔާ ވަނީ އެކަން ކޮށްފައި. ވޯޓު ހޯދަން ދާއިރު އެކަން ވިސްނާލަން ޖެހޭ.
މިހާރު އޮޑިދޯނި ފަހަރަށް ކުރިން ނެގި ފީ، ވިހި ތިރީސް ރުފިޔާގެ ބަދަލުގައި ހަތަރު ފަސްހާސް ރުފިޔާ ނަގާ.
ރައްޔިތުންނަށް ދަޅަދައްކަން ޑޮލަރުގެ ވާހަކަ ދައްކައިގެން ރައްޔިތުން ގުނބޯ ހައްދަމުން އެދަނީ. ވައްކަންތަކުގެ ވާހަކަ ރައީސް ޔާމީން ދޮގެއް ނުކުރޭ.
އަޅުގަނޑުމެން ވަރަށް ގިނަ ގެތަކަށް ޒިޔާރަތްކޮށްފިން. އިވެނީ އެންމެ އަޑެއް. ކަރަންޓުގެ އަގާއި ކާޑުގެ އަގުބޮޑުވި ވާހަކަ. އާސަންދައަށް ސިޔާސީ ނުފޫޒު ފޯރާފައިވާ ވާހަކަ. ވަޒީފާގެ ބިރަށް ނުކުންނަން ނުކެރެރޭ ވާހަކަ. ރައްޔިތުން އެދެނީ މިކަމުން ސަލާމަތްކޮށްދިނުން. އެކަން ކުރެވޭނީ މިއިންތިޚާބުގައި އެކަން ދައްކައްކައިގެން. އެކަން ދެއްކޭނީ ވޯޓުން. ރައީސް ޔާމީނާ ނުރުހޭ އެންމެން ރައީސް ޔާމީނާ ދެކޮޅަށް ވޯޓު ދިނުމަށް އިލްތިމާސް ކުރަން.
ލޯކަލް ނިޒާމަކީ އެްމޑީޕީން ދެއްކި ވާހަކައެއް. އެމްޑީޕީގެ ވިސްނުމެއް. އެކަން ކުރެވޭނެ ބަޔަކީ އެމްޑީޕީ. އެހެންވީމާ އެމްޔޫއޯއަށް ވޯޓުދޭން ޖެހޭ.
އަޅުގަނޑުމެން ރާއްޖެ ވިއްކާލުމާ ދެކޮޅު. ފ އަތޮޅު ވިއްކާލުމާ ދެކޮޅު. އަޅުގަނޑުމެން އަބަދުވެސް އެކަމާ ދެކޮޅަށް އިހްތިޖާޖް ކުރާނަން.
ވޯޓުފޮށިތައް ދޮށުގައި ވީހާވެސް ގިނަ ބަޔަކު ތިބެން ޖެހޭނެ. ވޯޓު އޮޅުވާލިޔަ ނުދިނުމަށް. 70 އިންސައްތައިގެ ތާއީދެއް ދެއްވައިފިއްޔާ މިސަރުކާރުގެ ކިބައިން ސަލާމަތް ވެވޭނެ.
ޒިފްލީން ހަސަން: ލާމަރުކަޒީ ނިޒާމުގެ ބާނީ އަކީ ރައީސް ނަޝީދު. ރައީސް ނަޝީދަކީ އަވަސް މިނެއްގައި ރާއްޖެއަށް ތަރައްގީ ގެނައުމަށް މަސައްކަތް ކުރެއްވި ރައީސެއް. ރައްޔިތުންނަށް ގާތުން ހިދްމަތް ދިނުމަކީ އެމްޑީޕީގެ އެންމެ މުހިއްމު އެއް އަސާސް. އެއީ ލާމަރުކަޒީ ނިޒާމު.
ރާއްޖޭގެ ރައްޔިތުން ނިކަމެތި ކޮށް، ރާއްޖޭގެ ރަށްތައް ވިއްކާލުމަކީ ރައްޔިތުން އިތުރަށް ނިކަމެތި ކުރުން. ރާއްޖޭގެ ކަނޑުތަކާއި މަސްވެރިކަމަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ފަހުރު، އެތަންތައް ވިއްކާލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން. އެހެންކަމުން ރާއްޖޭގެ ރަށްތައް ވިއްކާލުމާ ދެކޮޅަށް ރައްޔިތުންނަށް ކުރެވޭނެ އެންމެ މުހިއްމު ކަމަކީ އޭޕްރީމް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުން.
އައްޑޫ ސިޓީ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ): ބަޔަކަށް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރު ނުވެވުނަސް އެމްޑީޕީން އޮތީ ފުރިހަމައަށް ތައްޔާރު ވެފަ. ކެންޑިޑޭޓޫންގެ ކެންޑިޑޭޓު ނަމްބަރު އިއުލާނު ކުރީ މިއަދު. އެމްޑީޕީން ހަމަ މިރޭ މިވަނީ ރާއްޖޭގެ އެންމެ ދެކުނާއި އުތުރުގައި ހާއްސަ ޖަލްސާ ބާއްވަމުން. ކެމްޕެއިން ލޯންޗު ކުރަމުން.
އަޅުގަނޑުމެން ބޭނުންވަނީ ލާމަރުކަޒީ ގޮތުން، ރައްޔިތުންނާ ގާތުން ހިދްމަތް ދެވޭގޮތަށް ރާއްޖެ ހިންގަން. އައްޑޫގައި ތަރައްގީގެ ޕްރޮޖެކްޓްތައް ހިންގީ ރައީސް ނަޝީދު. އެންމެ ބޮޑު ޕްރޮޖެކްޓެއް ހިންގީ އައްޑޫގައި ބޭއްވި ސާކް ސަމިޓާ ދިމާކޮށް. އައްޑޫ މަގުތަކުގައި ތާރު އެޅުމުގެ ޕްރޮޖެކްޓް ފެށީވެސް ރައީސް ނަޝީދު. ނަމަވެސް މިހާރު މިވަނީ އެ ޕްރޮޖެކްޓްވެސް ހުއްޓިފަ.
ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗު ކުރުމަށް އައްޑޫގައި ބާއްވާ ޖަލްސާ ކީރިތި ގުރުއާނުގެ ބަރަކާތުން ފަށައިފި. ކީރިތި ގުރްއާން ކިޔަވާވިދާޅުވެދެއްވީ އެމްޑީޕީ ހިތަދޫ މެދުދާއިރަގެ ރައީސް، އަދި ޖަލްސާ ތައާރަފް ކުރުމަށްފަހު، މިހާރު ޖަލްސާގައި ވާހަކަ ދައްކަވަނީ އައްޑޫސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ).
މިޖަލްސާއަށް އައްޑޫގައި ތިބި އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުންނާއި އެޕާޓީއަށް ތާއީދު ކުރާ ގިނަ އަދަދެއްގެ ބަޔަކު ދަނީ ހާޒިރު ވަމުން. އައްޑޫގެ އިތުރުން ރާއްޖޭގެ ދެކުނަށް ނިސްވަތްވާ ރަށްރަށުގެ ކައުންސިލަށް ކުރމަތި ލައްވާފައިވާ ކެންޑިޑޭޓޫންނާއި ސަޕޯޓަރުން އައިސްފައިވޭ.
އައްޑޫ ސިޓީގައި ބާއްވާ ޖަލްސާގައި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ކެންޑިޑޭޓުން ތައްތައް އިއުލާން ކުރުމާއެކު ދަނީ ޖަލްސާގައި އެ ކެންޑީޑޭޓުންނަށް ހާއްސަކުރެވިފައިވާ ގޮނޑިތަކުގައ ި އިނީންނަމުން.
ކުޑަ އިރުކޮޅެއްގެ ތެރޭގައި ޖަލްސާ ފެށޭނެ. މި ޖަލްސާއަށް އައްޑޫ ސިޓޫގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވާކަން ފާހަގަ ކޮށްލެވޭ.
އިލެކްޝަންސް ކޮމިޝަނުން އޭޕްރީލް މަހު 15 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ރަސްމިކޮށް ފެށުމަށް އެމްޔޫއޯއިން ބާއްވާ ހާއްސަ ޖަލްސާ އައްޑޫ ސިޓީ އާއި ދިއްދޫގައި މިރޭ 9:30 ގައި ފަށާނެ.
ކެމްޕެއިން ރަސްމީކޮށް ފެށުމަށްޓަކައި މިއަދު ހަވީރު މާލެ އާއި އައްޑޫ އަދި ދިއްދޫގައި ވެސް ހަރަކާތްތައް ވަނީ ހިންގައިފަ