ރިޔާސީ ބަޔާން 2025

  • ރައީސް ޑރ މުއިއްޒަކީ އެއްގޮތަކަށް ވެސް ޑިމޮކްރެޓިކް ހައްގުތައް ގަބޫލުފުޅު ކުރައްވާ ބޭފުޅެއް ނޫން: މާރިޔާ
  • ފުރަތަމަ ރިޔާސީ ވައުދުތައް ފުއްދާފައި ނުވާތީ އެކަމާ އާއްމުން ދަނީ އަޑުއުފުލަމުން
  • ހައްގުތަކުގެ ދިފާއުގައި އެމްޑީޕީން ދަނީ އަޑު އުފުލަމުން
 
Writer Profile Picture
ނާޒުމީ ސައީދު
ރައީސް ޑރ މުއިއްޒަކީ އެއްގޮތަކަށް ވެސް ޑިމޮކްރެޓިކް ހައްގުތައް ގަބޫލުފުޅު ކުރައްވާ ބޭފުޅެއް ނޫން: މާރިޔާ

ރައީސް ޑރ މުއިއްޒަކީ އެއްގޮތަކަށް ވެސް ޑިމޮކްރެޓިކް ހައްގުތައް ގަބޫލުފުޅު ކުރައްވާ ބޭފުޅެއް ނޫން: މާރިޔާ

6 ފެބްރުއަރީ 2025 | ބުރާސްފަތި 09:03
Writer Profile Picture
ނާޒުމީ ސައީދު
ފުރަތަމަ ރިޔާސީ ވައުދުތައް ފުއްދާފައި ނުވާތީ އެކަމާ އާއްމުން ދަނީ އަޑުއުފުލަމުން

އެމްޑީޕީން ކުރަމުންދާ އިހުތިޖާޖްގައި ރައީސް މުއިއްޒު 2024 ގައި އިއްވި ރިޔާސީ ބަޔާނުގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދާފައި ނުވާތީ އެކަމާދަނީ ދެކޮޅަށް އާއްމުން ދަނީ އަޑު އުފުލަމުން

އެމްޑީޕީން ކުރަމުންދާ އިހުތިޖާޖްގެ ތެރެއިން - ރާއްޖެއެމްވީ
6 ފެބްރުއަރީ 2025 | ބުރާސްފަތި 08:57
Writer Profile Picture
ނާޒުމީ ސައީދު
ހައްގުތަކުގެ ދިފާއުގައި އެމްޑީޕީން ދަނީ އަޑު އުފުލަމުން
އެމްޑީޕީން އިހުތިޖާޖް ކުރަނީ - ރާއްޖެއެމްވީ
6 ފެބްރުއަރީ 2025 | ބުރާސްފަތި 08:55
Writer Profile Picture
ނާޒުމީ ސައީދު
ރައީސުލްޖުމްހޫރިއްޔާ މަޖިލިސް ކުރާ ގެއަށް ވަޑައިގެންފި
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޒިޔާދު ޝުޢޫރު ފާޅުކޮށްފައިވާ ބޮޑެއް ހިއްޕަވައިގެން - ރާއްޖެއެމްވީ
6 ފެބްރުއަރީ 2025 | ބުރާސްފަތި 08:52
Writer Profile Picture
ނާޒުމީ ސައީދު
ޝުޢޫރު ފާޅުކޮށްފައިވާ ބޯޑުތަކާއެކު އެމްޑީޕީ އިން ދަނީ މަޖިލިސް ކުރާ ސަރަހައްދުގައި އިހުތިޖާޖު ކުރަމުން

އެމްޑީޕީން ބުނެފައިވަނީ ރައްޔިތުންގެ މަޖިލިސް މި ދައުރަށް ހުޅުވާ ދުވަހު މަޖިލިސް އިމާރާތުގެ ކައިރީގައި އިހްތިޖާޖު ކޮށް އަޑު އުފުލާނެ ކަމަށް

އެމްޑީޕީ އިން އިހުތިޖާޖު ކުރަނީ - ރާއްޖެއެމްވީ
6 ފެބްރުއަރީ 2025 | ބުރާސްފަތި 08:51
Writer Profile Picture
ނާޒުމީ ސައީދު
މަޖިލިސް ކުރާގޭ ސަރަހައްދުގައި އާއްމުން ދަނީ ބޯޑު ހިފައިގެން އަޑު އުފުލަމުން

ގާނޫނު އަސާސީ އަށް ކުއްލި ގޮތަކަށް ސަރުކާރުން ބަދަލުތަކެއް ގެނެސް މެމްބަރުންގެ ބާރު ކަނޑުވާލާ، މަޖިލީހުގެ ހުރިހާ ބާރުތަކެއް ރައީސް މުހައްމަދު މުއިއްޒު ނަންގަވާފައިވާ ކަމަށް އެމްޑީޕީ އިން އަންނަނީ ބުނަމުން.

6 ފެބްރުއަރީ 2025 | ބުރާސްފަތި 08:46
Writer Profile Picture
ނާޒުމީ ސައީދު
ސިޔާސީ މަގާމުތަކަށް މީހުން އައްޔަނު ނުކުރާނަން

2024 ގެ ރިޔާސީ ބަޔާންގެ އުސްއަލިތައް

ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން، އިސްތިސްނާ ހާލަތްތައް ފިޔަވައި، ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް ޢައްޔަން ނުކުރަން އަޅުގަނޑު ނިންމާފައިވާ ވާހަކަ ދަންނަވާލަން.

6 ފެބްރުއަރީ 2025 | ބުރާސްފަތި 08:39
Writer Profile Picture
ނާޒުމީ ސައީދު
ރަސްމާލެ، ގިރާވަރުފަޅު، ގުޅީފަޅު، އަދި ހުޅުމާލެ ތަރައްގީ ކުރުން

2024 ގެ ރިޔާސީ ބަޔާންގެ އުސްއަލިތައް

ރަސްމާލެއާއި، ގުޅީފަޅާއި، ގިރާވަރުފަޅުން އަދި ހުޅުމާލެއިން ހިއްކާ ސަރަހައްދުތަކުގެ މަގުތައް ހަދައި، އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ ފަށާނަން.

6 ފެބްރުއަރީ 2025 | ބުރާސްފަތި 08:27
Writer Profile Picture
ނާޒުމީ ސައީދު
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް 2024ގައި ތަރައްގީކޮށް، ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުން

2024 ގެ ރިޔާސީ ބަޔާންގެ އުސްއަލިތައް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު: ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު މި އަހަރު ނިމި، އައު އެއަރލައިންތަކަށް ރާއްޖެއަށް ދަތުރުތައް ފަށަން ފުރުޞަތު ދެވުމުން، މެދުރާސްތާގައި މި އަދަދު އަހަރަކު އެވުރޭޖުކޮށް 10.3 އިންސައްތައިން ދާނީ ކުރިއަރަމުން ކަމަށް ބެލެވޭ. މުޅި އިޤުތިޞާދު ސިންދަފާތު ކުރުމުގެ މަސައްކަތުގެ މުހިންމު އެއް ބައެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެނީ، ރާއްޖެއަށް އެ ދާއިރާއަކުން އެންމެ ބޮޑު ކޮމްޕެރަޓިވް އެޑްވާންޓޭޖެއް ލިބިފައި މި އޮތް ފަތުރުވެރިކަމުގެ ދާއިރާވެސް ސިންދަފާތު ކުރުން.

6 ފެބްރުއަރީ 2025 | ބުރާސްފަތި 08:24
Writer Profile Picture
ނާޒުމީ ސައީދު
ޓޫރިޒަމްގެ ދާއިރާ އިތުރު ފުރުސަތުތައް ފަހިކޮށްދީ، އައު 20 ރިޒޯޓް 2024 ގައި ހުޅުވުން

2024 ގެ ރިޔާސީ ބަޔާންގެ އުސްއަލިތައް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު: ޓޫރިޒަމްގެ ދާއިރާގައި ސަރުކާރުގެ އަމާޒަކީ، އައު 20 ރިޒޯޓް، މި އަހަރު ހުޅުވައި، 2800 އަށްވުރެ ގިނަ އެނދު އުފެދިގެން ދިޔުން. ނުހެދި ހުރި ރިޒޯޓުތައް ނިންމަން ފުރުޞަތު ފަހިކޮށްދިނުން. ފަތުރުވެރިކަން ތަރައްޤީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި، ބިންބިމާއި، ފަޅުތަކުގެ ތެރެއިން، އެކިއެކި ސަބަބުތަކާ ހެދި މަސައްކަތް ހުއްޓިފައިވާ ތަންތަން ތަރައްޤީކުރުމަށް ހުރި ދަތިތަކާއި، ހުރަސްތައް ބަލައި، އެކަންކަމަށް ހައްލުތައް ދެނެގަތުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި.

6 ފެބްރުއަރީ 2025 | ބުރާސްފަތި 08:22
Writer Profile Picture
ނާޒުމީ ސައީދު
މަޖިލީހަށް ދާން އޮންނަ ސޯސަންމަގާ ހިސާބުން އެ ސަރަހައްދު ވަނީ ބެރިކޭޑް ޖަހާ ބަންދުކޮށްފައި، މީޑިއާތަކަށް ވެސް ނުވަދެވޭ

ބުރާސްފަތި ދުވަހު މަޖިލީސް ހުޅުވާއިރު، އެމްޑީޕީ އިން ގާނޫނު އަސާސީގެ ދިފާއު ގައި އިހުތިޖާޖު ކުރަން ވަނީ ނިންމާފައި.

މަޖިލީހަށް ދާން އޮންނަ ސޯސަންމަގާ ހިސާބުން ބަންދުކޮށްފައި - ރާއްޖެއެމްވީ
6 ފެބްރުއަރީ 2025 | ބުރާސްފަތި 08:19
Writer Profile Picture
ނާޒުމީ ސައީދު
2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 ގައި

މިއީ 2025 ވަނަ އަހަރަށް މަޖިލިސް ހުޅުވާ، ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވާ ޖަލްސާއެވެ.

6 ފެބްރުއަރީ 2025 | ބުރާސްފަތި 08:15