Raajje.mv

ފަލަސުރުޚީ

08 މާރިޗު 2017
12535
އަބްދުލް ޤަފޫރު މޫސާ

އަބްދުލް ޤަފޫރު މޫސާ

08 މާރިޗު 2017 | 21:59

ވައްކަން ކުރަމުންދާ މަންޒަރު މި ފެންނަނީ

ތެލުގެ އަގު އެކި ރަށްރަށުގައި ވިއްކަމުން ގެންދަނީ އެކި އަގުގައި. މިއީ ވައްކަން ކުރަމުންދާ މަންޒަރު މި ފެންނަނީ. މީގެ ކުރިންވެސް ސައުދީ އަރަބިއްޔާ އޮތް. މިގައުމަށްވީ ކަމެއް ނެތް. ފ. އަތޮޅު ވިއްކާލުމުން އެތަނަށް އައުމުން އެމީހުންނަށް ފާއިދާ ވާނެ. ރާއްޖޭގެ ރައްޔިތުންނަށް ވާނެ ފާއިދާއެއް ނެތް މިކަމުގައި. މިގައުމުގައި އޮތީ ކޮރަޕްޝަނާއި ފަސާދަ. އެއަރޕޯޓްސް ކޮމްފެެނީ އެއޮތީ ދަރާފައި. ސަރުކާރުގެ ހުރިހާ ކުންފުންޏެއްވެސް ވަނީ ދަރާފައި. މުސާރަ ދޭންވީމަ ޓީބިލް ވިއްކަނީ. ސަލާން ޖަހައިގެން ކަންކަން ކުރަމުން ދަނީ.

08 މާރިޗު 2017 | 21:51

މަޖިލީހުގެ ރައީސް އެމަޤާމުން ވަކި ކުރާނަން

މަޖިލީހުގެ ރައީސް އެމަޤާމުން ވަކި ކުރާނަން. ޤާނޫނު އަސާސީގެ އިމުގެ ތެރެއިން އެކަން ކުރާނީ، ޑިމޮކްރަސީގެ އުސޫލުތަކާއި އެއްގޮތަށް ކަންތައް ކުރަމުންދަނީ. އިންސާފްވެރި އިންތިހާބެއް މި ޤައުމުގައި ނުބޭއްވޭނެ. އެހެން ނަމަވެސް އިންތިހާބެއް ބާއްވައިފި ނަމަ އިންތިޚާބު ކާމިޔާބު ކުރާނީ އެމްޑީޕީން

08 މާރިޗު 2017 | 21:45

އަބްދުލް ޢަފޫރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް އިތުރަށް އެގޮނޑީގައި ބައިތިއްބައިގެން ކުރެވޭނެ އިތުރު ކަމެއް ނެތް. މަޖިލީހުގެ ރައީސްގެ ސަބަބުން ކަންތައްތައް ދަނީ ދިމާ އިދިކީލަކޮށް.

08 މާރިޗު 2017 | 21:40

ފަލަސުރުޚީ

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި މިރޭ ބައިވެރިވެވަޑައިގަންނަވަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ