Raajje.mv

އެމްޑީޕީ ހަރުގެއަށް ފުލުހުން ވަނުން

07 މާރިޗު 2017
13332
އެމްޑީޕީ ހަރުގެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ

އެމްޑީޕީ ހަރުގެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ

07 މާރިޗު 2017 | 18:33

ބަލާ ފާސްކުރުމަށްފަހު، ފުލުހުން ސަރަހައްދު ދޫކޮށް ހިނގައްޖެ

އެމްޑީޕީ ހަރުގެ ބަލާ ފާސްކޮށް، ގިނަ އަދަދެއްގެ ބެނާތަކާއި، އިތުރު ތަކެއްޗާއެކު ފުލުހުން ސަރަހައްދު ދޫކޮށް ހިނގައްޖެ އެވެ. ގެންދިޔަ އެއްޗެހީގެ ތަފްސީލްތައް ނުލިބުނު ނަމަވެސް، ބައެއް ބެނާތައް ގެންދިޔަ މަންޒަރު ނޫސްވެރިންނަށް ފެނިފައިވެ އެވެ.

07 މާރިޗު 2017 | 18:29

އެއްވެސް ބެނާއެއްގައި ފ. އަތޮޅުގެ ވާހަކައެއް ނުވާނެ: ނާޒިމް

އެމްޑީޕީ ހަރުގެ ތެރޭގައި ހުރި އެއްވެސް ބެނާއެއްގައި ފ. އަތޮޅު ވާހަކައެއް ނުވާނެ އެވެ. އަދި އެއްވެސް އެއްޗެއް ނުލިޔެ ހުރި ފޮތިތައްވެސް ވަނީ ފުލުހުންގެ ވެހިކަލަށް އަރުވާފަ. އެކަން އެގޮތަށް ނުކުރެވޭނެކަމަށް އަޅުގަނޑުމެން ބުނިން

07 މާރިޗު 2017 | 18:27

ހަރުގޭގައި ހުރި ގިނަ އަދަދެއްގެ ފޮތިތަކެއް ވަނީ ފުލުހުންގެ ވެހިކަލަށް އަރުވާފަ

ފުލުހުން އެމްޑީޕީ ހަރުގެ ބަލާ ފާސްކުރަމުންދާއިރު، ގިނަ އަދަދެއްގެ ފޮތިތަކެއް ވަނީ ފުލުހުންގެ ވެހިކަލަށް އަރުވާފަ އެވެ. އޭގެތެރޭގައި ކެމްޕޭން ހަރަކާތްތަކަށް ބޭނުންކުރާ ބެނާތައްވެސް ހިމެނެ އެވެ.

07 މާރިޗު 2017 | 18:25

އެމްޑީޕީ ލީޑަރޝިޕްގެ މީހުން އަންނަނީ ހަރުގޭގައި ހަރަކާތްތެރިވަމުން

07 މާރިޗު 2017 | 18:24

އެމްޑީޕީ ހަރުގެ ސަރަހައްދަށް ގިނަ އަދަދެއްގެ އާންމުންވަނީ އެއްވެފަ

ފުލުހުން ކޯޓު އަމުރަކާއެކު، އެމްޑީޕީ ހަރުގެ ބަލާ ފާސްކުރަމުންގެންދާއިރު، އެ ސަރަހައްދަށް ގިނަ އަދަދެއްގެ އާންމު ވަނީ އެއްވެފަ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުންވެސް ހިމެނެ އެވެ.

07 މާރިޗު 2017 | 18:22

ފުލުހުން ބޮޑުތަކުރުފާނު މަގު ބަންދުކޮށްފައިވަނީ ވެހިކަލްތަކަށްވެސް ނުވަދެވޭގޮތަށް

ފުލުހުން އެމްޑީޕީ ހަރުގެ ސަރަހައްދު ބަލާ ފާސްކުރަމުންގެންދާއިރު، ފުލުހުން ވަނީ ބޮޑުތަކުރުފާނު މަގު، ބީއެމްއެލްއާއި ހިސާބުން ބަންދުކޮށްފަ އެވެ. އަދި ބޮޑުތަކުރުފާނު މަގު، މަޖީދީމަގު ޖަންގުޝަންވި ހިސާބުންވެސް ވަނީ ބަންދުކޮށްފަ އެވެ.

07 މާރިޗު 2017 | 18:15

ބައެއް ކޮތަޅުތަކެއް ވަނީ ފުލުހުންގެ ވެހިކަލަށް އަރުވާފަ

ބަލާ ފާސްކުރުމަށް ފުލުހުން ހަރަކާތްތެރިވާއިރު، ބަލާ ފާސްކުރުމަށްފަހު ފުލުހުން ވަނީ ކަޅު ކޮތަޅުތަކެއް ފުލުހުންގެ ވެހިކަލަށް އަރުވާފަ އެވެ. ނަމަވެސް ކޮތަޅުގައިވަނީ ކޯޗެއްކަމެއް ސާފެއް ނުވެ އެވެ.

07 މާރިޗު 2017 | 18:14

ހަރުގެ ބަލާ ފާސްކުުރުމަށް ނެރިފައިވާ ކޯޓު އަމުރުގައި ބުނެފައިވަނީ ބޭރުގެ ފަރާތްތަކާއި ގުޅެގޮތުން ލިޔުންތަކެއް ގެންގުޅޭ ކަމަށް

ބޭރުގެ އެކި ޤައުމުތަކުގެ ވެރިންނާއި، އިއްޒަތްތެރިން ދިވެހިރާއްޖެއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާތީ، ޝަރަފާއި ގަދަރާއި އިއްޒަތަށް އުނިކަން ލިބޭގޮތަށް އަމަލުތަކެއް ހިންގުމަށް ރާވާ ހަދާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އެމްޑީޕީ ހަރުގެ ހިމެނޭ ގެ ބަލާ ފާސްކުރުމަށް އަމުރުދޭކަމަށް.

07 މާރިޗު 2017 | 18:06

ހަރުގެ ސަރަހައްދު ވަނީ އެއްކޮށް ބަންދުކޮށްފައި

ފުލުހުން ވަނީ އެމްޑީޕީ ހަރުގެ ހިމެނޭ ސަރަހައްދު އެއްކޮށް ބަންދުކޮށްފަ އެވެ. އެ ސަރަހައްދުގެ ބޮޑު ބައެއް ބަންދުކޮށް، އެސްއޯ ފުލުހުންވެސް އަންނަނީ އެމްޑީޕީ ހަރުގޭގައި ހަރަކާތްތެރިވަމުންނެވެ.

07 މާރިޗު 2017 | 18:03

އެމްޑީޕީ ހަރުގެއަށް ފުލުހުން ވަނުން

ކޯޓު އަމުރަކާއެކު، ބަލަ ފާސްކުރުމަށް ފުލުހުން އެމްޑީޕީ ހަރުގެއަށް ވަދެއްޖެ އެވެ.