މާލޭ ސިޓީ ކައުންސިލް ބައި-އިލެކްޝަން 2024

  • 3 ޖެހުމާ ހަމައަށް ވޯޓުލީ 12،198 މީހުން
  • މެންދުރުފަހު 1:00ގެ ނިޔަލަށް ވޯޓުލާފައިވަނީ 14.08 އިންސައްތަ މީހުން
  • އެންޑީއެމްއޭއިން އިންތިޚާބަށް ނުފޫޒު ފޯރުވަން އުޅޭ ކަމަށް ތުހުމަތުކޮށް މައްސަލަ ހުށަހަޅައިފި
 
Writer Profile Picture
ޙުސައިން މަޚްތޫމް
3 ޖެހުމާ ހަމައަށް ވޯޓުލީ 12،198 މީހުން

3 ޖެހުމާ ހަމައަށް ވޯޓުލީ 12،198 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރި މައުލޫމާތުތައް ދައްކާގޮތުން، މިހާރު ކުރިއަށްދާ މާލެ ސިޓީ ކައުންސިލްގެ ބައިލް އިލެކްޝަންސްތަކުގައި ވޯޓު ލާފައިވަނީ 12،198 މީހުންނެވެ. މިއީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ 21.78 އިންސައްތައެވެ.

ވޯޓުލާފައިވަނީ 5400 އަންހެނުންނާއި، 6798 ފިރިހެނުންނެވެ.

13 ޖެނުއަރީ 2024 | ހޮނިހިރު 15:57
Writer Profile Picture
އަމްނާ އިމާދު
މެންދުރުފަހު 1:00ގެ ނިޔަލަށް ވޯޓުލާފައިވަނީ 14.08 އިންސައްތަ މީހުން

އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނީ މެންދުރުފަހު 1:00ގެ ނިޔަލަށް ވޯޓުލާފައިވަނީ އަންހެން 3346 މީހުން، ފިރިހެން 4537 މީހުން ކަމަށެވެ. އަދި ޖުމްލަ 7883 މީހުން ވޯޓުލާފައިވާ ކަމަށް އީސީން ބުނެއެވެ.

ވޯޓުލާފައިވާ މީހުންގެ އަދަދުތައް
13 ޖެނުއަރީ 2024 | ހޮނިހިރު 13:58
Writer Profile Picture
އަމްނާ އިމާދު
އެންޑީއެމްއޭއިން އިންތިޚާބަށް ނުފޫޒު ފޯރުވަން އުޅޭ ކަމަށް ތުހުމަތުކޮށް މައްސަލަ ހުށަހަޅައިފި

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މާލޭސިޓީ މޭޔަރު އަދި މާލޭސިޓީ ކައުންސިލަރުންގެ ބައި-އިލެކްޝަންއަށް ނުފޫޒު ފޯރުވަން އުޅޭ ކަމަށް ތުހުމަތުކޮށް އިލެކްޝަން ކޮމިޝަން (އީސީ)އަށް މައްސަލަ ހުށަހަޅައިފިއެވެ.

ރާއްޖެއެމްވީއަށް ވަނީ މައްސަލަ ހުށަހެޅި ފޯމުގެ ކޮޕީއެއް ލިބިފައެވެ.

މައްސަލާގައި ބުނެފައިވަނީ އިއްޔެ މާލެއަށް ކުރި ވިއްސާރައާ ގުޅިގެން ކަމަށް ބުނެ މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައި ސަރުކާރުގެ ފަރާތުން ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އިސްވެ އޮވެ ދުރާލާ ތައްޔާރުވެގެން ސަރުކާރުގެ 5 ކުންފުންޏެއްގެ އޮފިޝަލުން ހިމެނޭ ގޮތަށް ހާލު ބެލުމުގެ ނަމުގައި މާލޭގެ 400 އެއްހާ ގޭގެއަށް ވަދެ ފުޅާ ދާއިރާއެއްގައި ކެންޕޭއިން ހަރަކާތްތެއް ހިންގުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މިއަދުގެ މިހަރަކާތަކީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ރައްޔިތުންނާއި ބައްދަލުކޮށް ތަފާތު ކަންކަން ކޮށްދޭން ވައުދުވެ ހޯދާ ފުރުސަތެއްގެ ގޮތުގައި އަދި ސަރުކާރަށް ތާއީދުކޮށް ވޯލުމަށް މީހުން ނެރުމަށް ހިންގާ ހަރަކާތެއް ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

އެހެންކަމުން މިކަން ހިންގުމުގެކުރިން މިކަން ސަމާލުކަމަށް ގެނައުމަށާއި، މިކަން ފެށިއްޖެނަމަ ހުއްޓުވުމަށާއި، މިމައްސަލަ ބަލައިދިނުމަށް ވަނީ އެދިފައެވެ.

އެންޑީއެމްއޭއިން އިންތިޚާބަށް ނުފޫޒު ފޯރުވަން އުޅޭ ކަމަށް ތުހުމަތުކޮށް މައްސަލަ ހުށަހަޅާފައިވާއިރު، ސޯޝަލް ސެންޓަރގައި ސިޔާސީ ޕާޓީއަކުން ކޯލްސެންޓަރ ހިންގާ ކަމަށް ބުނެ ރަސްމީކޮށް އީސީ އަށް ވަނީ ޝަކުވާ ހުށަހަޅާފައެވެ. އަދި މިހާތަނަށް ބެލި ބެލުމުން އެތަނުގައި ތިބީ އިދާރީ މުވައްޒަފުންތަކެއް ކަމަށް އެނގިފައިވާ ކަމަށް ކޮމިޝަނުން ބުނެއެވެ.

13 ޖެނުއަރީ 2024 | ހޮނިހިރު 13:54
Writer Profile Picture
އަމްނާ އިމާދު
އެންޑީއެމްއޭއިން އިންތިޚާބަށް ނުފޫޒު ފޯރުވަން އުޅޭ ކަމަށް ތުހުމަތުކޮށް މައްސަލަ ހުށަހަޅައިފި

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މާލޭސިޓީ މޭޔަރު އަދި މާލޭސިޓީ ކައުންސިލަރުންގެ ބައި-އިލެކްޝަންއަށް ނުފޫޒު ފޯރުވަން އުޅޭ ކަމަށް ތުހުމަތުކޮށް އިލެކްޝަން ކޮމިޝަން (އީސީ)އަށް މައްސަލަ ހުށަހަޅައިފިއެވެ.

ރާއްޖެއެމްވީއަށް ވަނީ މައްސަލަ ހުށަހެޅި ފޯމުގެ ކޮޕީއެއް ލިބިފައެވެ.

މައްސަލާގައި ބުނެފައިވަނީ އިއްޔެ މާލެއަށް ކުރި ވިއްސާރައާ ގުޅިގެން ކަމަށް ބުނެ މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައި ސަރުކާރުގެ ފަރާތުން ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އިސްވެ އޮވެ ދުރާލާ ތައްޔާރުވެގެން ސަރުކާރުގެ 5 ކުންފުންޏެއްގެ އޮފިޝަލުން ހިމެނޭ ގޮތަށް ހާލު ބެލުމުގެ ނަމުގައި މާލޭގެ 400 އެއްހާ ގޭގެއަށް ވަދެ ފުޅާ ދާއިރާއެއްގައި ކެންޕޭއިން ހަރަކާތްތެއް ހިންގުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މިއަދުގެ މިހަރަކާތަކީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ރައްޔިތުންނާއި ބައްދަލުކޮށް ތަފާތު ކަންކަން ކޮށްދޭން ވައުދުވެ ހޯދާ ފުރުސަތެއްގެ ގޮތުގައި އަދި ސަރުކާރަށް ތާއީދުކޮށް ވޯލުމަށް މީހުން ނެރުމަށް ހިންގާ ހަރަކާތެއް ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

އެހެންކަމުން މިކަން ހިންގުމުގެކުރިން މިކަން ސަމާލުކަމަށް ގެނައުމަށާއި، މިކަން ފެށިއްޖެނަމަ ހުއްޓުވުމަށާއި، މިމައްސަލަ ބަލައިދިނުމަށް ވަނީ އެދިފައެވެ.

އެންޑީއެމްއޭއިން އިންތިޚާބަށް ނުފޫޒު ފޯރުވަން އުޅޭ ކަމަށް ތުހުމަތުކޮށް މައްސަލަ ހުށަހަޅާފައިވާއިރު، ސޯޝަލް ސެންޓަރގައި ސިޔާސީ ޕާޓީއަކުން ކޯލްސެންޓަރ ހިންގާ ކަމަށް ބުނެ ރަސްމީކޮށް އީސީ އަށް ވަނީ ޝަކުވާ ހުށަހަޅާފައެވެ. އަދި މިހާތަނަށް ބެލި ބެލުމުން އެތަނުގައި ތިބީ އިދާރީ މުވައްޒަފުންތަކެއް ކަމަށް އެނގިފައިވާ ކަމަށް ކޮމިޝަނުން ބުނެއެވެ.

13 ޖެނުއަރީ 2024 | ހޮނިހިރު 13:54
Writer Profile Picture
އަމްނާ އިމާދު
މާލޭސިޓީ މޭޔަރު އަދި މާލޭސިޓީ ކައުންސިލަރުންގެ ބައި-އިލެކްޝަންގެ ވޯޓުލުމުގެ ވަގުތު އިތުރުނުކުރާނެ:ހަބީބު

މާލޭސިޓީ މޭޔަރު އަދި މާލޭސިޓީ ކައުންސިލަރުންގެ ބައި-އިލެކްޝަންގެ ވޯޓުލުމުގެ ވަގުތު އިތުރުނުކުރާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނެފިއެވެ.

މާލެސިޓީ ކައުންސިލް ބައި-އިލެކްޝަން 2024އާ ގުޅޭގޮތުން ރާއްޖެޓީވީއަށް ދެއްވި އިންޓަވިޔުއެއްގައި އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ހުކުރު ދުވަހުގެ މޫސުން ވަރަށް ބޮޑަށް ގޯސްވުމާއި ގުޅިގެން މާލެއަށް އަންނަން ޖެހޭ ބައެއް މީހުންނަށް ނާދެވުމާއި ގުޅިގެން ވަރަށް ގިނަބަޔަކު ވޯޓުލާ ވަގުތު އިތުރުކޮށްދިނުމަށް އެދުނު ކަމަށެވެ. އެހެންކަމުން ވޯޓުލެވޭ ވަގުތު ހަވީރު 4:00ށް އޮތް ނަމަވެސް 5:00ށް ބަދަލުކޮށްފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ ހޮނިހިރު ދުވަހުގެ 5:00އާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދާނެ ކަމަށާއި، ވަގުތު އެއަށްވުރެ އިތުރުކުރާނެ ކަމަށް އުންމީދުކޮށްގެން ވެސް ނުވާނެ ކަމަށެވެ.

ވޯޓުލާން އަންނަ މީހުންގެ އަދަދު ވަރަށް މަދުކަން ފާހަގަކުރައްވައި ހަބީބު ވިދާޅުވީ އެއީ ވަރަށް ބޮޑު ދެރައެއް ކަމަށާއި، މެންދުރުފަހުން ގިނަ ބަޔަކު ވޯޓުލުމަށް ނުކުންނާނެ ކަމަށް ބެލެވޭ ކަމަށެވެ. މީހުން ވޯޓުލުމަށް ނެރުމުގެ މަސައްކަތުގައި ކެންޑިޑޭޓުންނާއި ސަޕޯޓަރުން އުޅޭކަން އޭނާ ފާހަގަކުރެއްވިއެވެ.

މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަނުގެ އިތުރުން މ.މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަން ވެސް ވަނީ ފަށާފައެވެ. ހަބީބު ވިދާޅުވީ ވޯޓުލުމުގެ ހުރިހާ ކަމެއް ވަރަށް ސުލްހަމަސަލަސްކަމާއެކު ކުރިއަށްދާ ކަމަށާއި، 8:25 ކުރިން އެންމެ ވޯޓު ފޮއްޓެއް ފިޔަވައި ހުރިހާ ވޯޓު ފޮއްޓެއްގައި ވޯޓުލުން ފެށި ކަމަށެވެ. މުލަކުގެ ރައްޔިތުން ވޯޓުލުމަށް މާލޭގައި ބެހެއްޓި ވޯޓު ފޮއްޓަށް ވޯޓުލުން ފެށިފައިވަނީ 9:50 ގައި ކަމަށެވެ. ދެމީހުން އައިސްގެން ނުނީ ވޯޓުލުން ނުފެށޭއިރު، ދެމީހުން އައީ 9:50 ގައި ކަމަށް ހަބީބު ވިދާޅުވިއެވެ.

މާލޭސިޓީ މޭޔަރު އަދި މާލޭސިޓީ ކައުންސިލަރުންގެ ބައި-އިލެކްޝަންގެ ވޯޓުލުމުގެ ހައްގު ބައިލައްކައަށްވުރެ ގިނަ މީހުންނަށް ލިބެއެވެ. އެންމެފަހުން ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވެސް ވޯޓުލާފައިވަނީ 40 އިންސައްތަ މީހުން ކަމަށް ކޮމިޝަނުން މައުލޫމާތުދެއެވެ.

13 ޖެނުއަރީ 2024 | ހޮނިހިރު 13:52
Writer Profile Picture
ޙުސައިން މަޚްތޫމް
ދުވަސް ދެބައިވިއިރު ވޯޓުލީ 6000 މީހުން

މިހާރު ކުރިއަށްދާ މާލެ ސިޓީ ކައުންސިލްގެ މޭޔަރު، އަދި ތިން ދާއިރާގެ ބައި-އިލެކްޝަންގައި މެންދުރު 12:00 އާއި ހަމައަށް ވޯޓުލީ 6201 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެކޮމިޝަނުން ބުނީ އެއީ ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ 11.07 އިންސައްތައެވެ.

13 ޖެނުއަރީ 2024 | ހޮނިހިރު 12:52
Writer Profile Picture
ނަޒާހަތު އިބްރާހިމް ރަޝީދު
ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވޯޓުލައްވައިފި

ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވޯޓުލައްވައިފިއެވެ.

13 ޖެނުއަރީ 2024 | ހޮނިހިރު 12:19
Writer Profile Picture
ނަޒާހަތު އިބްރާހިމް ރަޝީދު
ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވޯޓުލައްވައިފި

ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވޯޓުލައްވައިފިއެވެ.

13 ޖެނުއަރީ 2024 | ހޮނިހިރު 12:12
Writer Profile Picture
ނަޒާހަތު އިބްރާހިމް ރަޝީދު
11 ޖެހުމާއި ހަމައަށް ވޯޓުލީ 7.56 އިންސައްތަ މީހުން

11 ޖެހުމާއި ހަމައަށް ވޯޓުލީ 7.56 އިންސައްތަ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ. މިހާތަނަށް ވޯޓުލީ މީހުންގެ ޖުމްލަ އަދަދަކީ 4236 މީހުންނެވެ. އެއީ އަންހެން 1704 އަދި ފިރިހެން 2532 މީހުންނެވެ. އަދި ވޯޓު ނުލާ 51766 މީހުން އެބަތިއްބެވެ.

11 އާއި ހަމައަށް ވޯޓުލީ މީހުންގެ ނިސްބަތް
13 ޖެނުއަރީ 2024 | ހޮނިހިރު 12:08
Writer Profile Picture
ނަޒާހަތު އިބްރާހިމް ރަޝީދު
ކުރީގެ ރައީސް އަބްދުﷲ ޔާމީން ވޯޓުލައްވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވޯޓުލައްވައިފިއެވެ. ޔާމީންގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ މޭޔަރގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ހުސައިން ވަހީދު (ސީޕީ ވަހީދު) ވެސް ވަނީ ވޯޓުލައްވާފައެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި ނަމަވެސް ހުސައިން ވަހީދު ވާދަކުރައްވަނީ ރައީސް ޔާމީންގެ ތާއީދާއިއެކުގައެވެ.

ކުރީގެ ރައީސް ޔާމީނާއި އަރިސް ބައެއް ބޭފުޅުން
13 ޖެނުއަރީ 2024 | ހޮނިހިރު 12:03
Writer Profile Picture
ނަޒާހަތު އިބްރާހިމް ރަޝީދު
ސޯޝަލް ސެންޓަރގައި ސިޔާސީ ޕާޓީއަކުން ކޯލްސެންޓަރ ހިންގާ ކަމަށް ބުނެ ރަސްމީކޮށް އީސީ އަށް ޝަކުވާ ހުށަހަޅައިފި

ސޯޝަލް ސެންޓަރގައި ސިޔާސީ ޕާޓީއަކުން ކޯލްސެންޓަރ ހިންގާ ކަމަށް ބުނެ ރަސްމީކޮށް އީސީ އަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ރާއްޖެޓީވީން ގެނެސްދެމުންދާ "ބައި އިލެކްޝަންސް" ކަވަރޭޖަށް އީސީގެ އެސްޖީ  ހަސަން ޒަކަރިއްޔާ ވިދާޅުވީ އެފަދަ ޝަކުވާ އެއް މިހާރު އެ ކޮމިޝަނަށް ރަސްމީކޮށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ސިޔާސީ ޕާޓީއަކުން ސޯޝަލް ސެންޓަރތެރޭގައި ކޯލް ސެންޓަރ ހިންގާކަމަށް ބުނެ ލިބުނު ޝަކުވާތައް ބޮޑުވެ އެތަން ބަލާލަން އީސީން ގޮސްފައިވާ ކަމަށެވެ.

އެގޮތުން ބެލި ބެލުމުން އެތަނަކީ އެއީ ޔޫތް މިނިސްޓްރީގެ މަސައްކަތްތަކެއް ކުރާ ތަނެއް ކަަމަށާއި އެތަނުގައި ތިބީ އިދާރީ މުވައްޒަފުންކަމަށް އީސިީ އަށް އެނގިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެފަދަ މައްސަލަ އެއް ބަލާ އިންތިޚާބު ބާއްވާ ތަނެއްގައި ނުވަތަ އެ ނޫން ތަނެއްގައި ވެސް އުސޫލާއި ޚިލާފަށް އަމަލުކުރާ ނަމަ އެކަން ބަލާނެ ކަމަށާއި ފިޔަވަޅުވެސް އަޅާނެ ކަަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

13 ޖެނުއަރީ 2024 | ހޮނިހިރު 11:56
Writer Profile Picture
ނަޒާހަތު އިބްރާހިމް ރަޝީދު
މެމްބަރު ބިގޭ އާއި އެމްޑީޕީގެ ޗެއަރޕަރސަންގެ ނައިބު އިބުރޭ ވޯޓުލައްވައިފި

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ބިގޭ ވޯޓުލައްވައިފިއެވެ. މީގެ އިތުރުން އެމްޑީޕީގެ ޗެއަރޕަރސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) ވެސް ވަނީ ވޯޓުލައްވާފައެވެ.

13 ޖެނުއަރީ 2024 | ހޮނިހިރު 11:42
Writer Profile Picture
ނަޒާހަތު އިބްރާހިމް ރަޝީދު
10:00 އާއި ހަމައަށް ވޯޓުލީ 4.70% އިންސައްތަ މީހުން

މިއަދު ކުރިއަށްދާ ބައި- އިލެކްޝަނުގައި 10:00 އާއި ހަމައަށް ވޯޓުލީ 4.70% އިންސައްތަ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރ، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، ހެންވޭރު ދެކުނު ދާއިރާ، އަދި މެދު ހެންވޭރު ދާއިރާ އާއި މ.މުލަކު އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަންގެ ވޯޓުލަމުންދާ މީހުންގެ އިންސައްތަ ވަރަށް ދަށްކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން 10:00 އަށް ވޯޓުލާފައިވާ ނިސްބަތަށް ބަލާ އިރު 1007 އަންހެނުން ވަނީ ވޯޓުލާފައެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 1.80% މީހުންނެވެ. އަދި 1626 ފިރިހެނުން ވަނީ ވޯޓުލާފައެވެ. އެއީ އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެތެރެއިން 2.90 % މީހުންނެވެ. އެހެންކަމުން ވޯޓުލީ މީހުންގެ ޖުމްލަ އަަދަދަކީ 2633އެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 4.70%އެވެ.

މިހާތަނަށް އައި އިރު ވޯޓުނުލާ 53369 މީހުން އެބަތިއްބެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 95.3%އެވެ.

13 ޖެނުއަރީ 2024 | ހޮނިހިރު 11:35
Writer Profile Picture
ނަޒާހަތު އިބްރާހިމް ރަޝީދު
ސަރުކާރުން ސޯޝަލް ސެންޓަރގައި އޮފީސް ހަދައިގެން ތިބިކަމުގެ ތުހުމަތު - އީސީ އަށް ނުރަސްމީ ސިފައެއްގައި ޝަކުވާ ލިބިފައިވޭ

ސަރުކާރުން ސޯޝަލް ސެންޓަރގައި އޮފީސް ހަދައިގެން ތިބިކަމުގެ ތުހުމަތުކުރެވެން ފަށައިފިއެވެ. މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އާއި ފޮޓޯ އިން އިން ފެންނަނީ އާއްމު މީހަކު ބަޔަކު ސޯޝަލް ސެންޓަރގެ ޔޫތް ވިންގްބައިގައި ތިބިތަން ވީީޑިއޯ އާއި ފޮޓޯ ނަގާފައިވާ މަންޒަރެވެ. އަދި އެތަނުގައި ކުރަމުން ދަނީ އިންތިޚާބާއި ގުޅުން ހުރި މަސައްކަތްތައް ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވަނީ އޭނާ އަށް ނުރަސްމީ ސިފައެއްގައި ޝަކުވާ ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަމާއި ގުޅޭ ރަސްމީ ޝަކުވާ އެއް އަދި ހުށަހެޅިފައި ނުވާ ކަަމަށާއި ޝަކުވާ ޕޯޓަލް މެދުވެރިކޮށް އެ ޝަކުވާ ހުށަހެޅުން އެދިވަޑައިގަންނަވާ ކަމަށް ފުއާދު ވިދާޅުވިއެވެ.

13 ޖެނުއަރީ 2024 | ހޮނިހިރު 11:15
Writer Profile Picture
ނަޒާހަތު އިބްރާހިމް ރަޝީދު
ވޯޓުލީ މީހުންގެ އިންސައްތަ ދަށް - އެއްގަޑި އިރު ވި އިރު ވޯޓުލީ 2.15% މީހުން

މާލެ ސިޓީ ކައުންސިލްގެ މޭޔަރ، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، ހެންވޭރު ދެކުނު ދާއިރާ، އަދި މެދު ހެންވޭރު ދާއިރާ އާއި މ.މުލަކު އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަންގެ ވޯޓުލަމުންދާ މީހުންގެ އިންސައްތަ ވަރަށް ދަށެވެ. އެގޮތުން 09:00 އައި ހަމައަށް ވޯޓުލާފައި ވަނީ 1204 މީހުންނެވެ. އެއީ 451 އަންހެނުންނާއި 753 ފިރިހެނުންނެވެ.

13 ޖެނުއަރީ 2024 | ހޮނިހިރު 10:17
Writer Profile Picture
ނަޒާހަތު އިބްރާހިމް ރަޝީދު
މޫސުން - "މާލެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ނުބެލެވޭ"

މިއަދު މާލެ ސަރަހައްދަށް ވާރޭ ވެހުނު ނަމަވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ބުނެފިއެވެ. މޫސުމާއި ބެހޭ އިދާރާ އިން ރާއްޖެޓީވީގެ ކަވަރޭޖަށް މައުލޫމާތުދެމުން މޫސުމާއި ބެހޭ އިދާރާއިން ބުނީ މާލެ ސަރަހައްދަށް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންނަމަވެސް މާލެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ނުކުރެވޭ ކަަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

13 ޖެނުއަރީ 2024 | ހޮނިހިރު 10:13
Writer Profile Picture
ނަޒާހަތު އިބްރާހިމް ރަޝީދު
ފައްޔާޒް، މާރިޔާ އަދި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވޯޓުލައްވައިފި

އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛް ފައްޔާޒް އިސްމާއިލް އަދި ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވޯޓުލައްވައިފިއެވެ. މީގެ އިތުރުން ގައުމީ މަޖިލީހުގެ ބައެއް ބޭފުޅުން ވަނީ ވޯޓުލައްވާފައެވެ.

13 ޖެނުއަރީ 2024 | ހޮނިހިރު 10:03
Writer Profile Picture
ނަޒާހަތު އިބްރާހިމް ރަޝީދު
އާޒިމް ވޯޓު ލައްވައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އެމްޓީސީސީގެ ކުރީގެ ސީއީއޯ، އާދަމް އާޒިމް ވޯޓު ލައްވައިފިއެވެ.

ވޯޓު ލުމަށް ފަހު އާޒިމް ވަނީ ވީހާވެސް ގިނަ ބަޔަކު ނުކުމެ ވޯޓު ލުމަށް ބާރު އަޅުއްވާފައެވެ.

13 ޖެނުއަރީ 2024 | ހޮނިހިރު 09:52
Writer Profile Picture
ޙުސައިން މަޚްތޫމް
ވޯޓުލުން ކުރިއަށްދާނީ ހެނދުނު ⁦‪08:00‬⁩ އިން ހަވީރު ⁦‪05:00‬⁩ އަށް

މިއަދު އޮތް ބައި- އިލެކްޝަންތަކުގެ ވޯޓުލުން ފެށިގެން ކުރިއަށްދަނީ. މިއަދުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު ⁦‪08:00‬⁩ އިން ހަވީރު ⁦‪05:00‬⁩ އަށް.

13 ޖެނުއަރީ 2024 | ހޮނިހިރު 08:59
Writer Profile Picture
ޙުސައިން މަޚްތޫމް
ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ހައްޤު އަދާކުރައްވާ - ހަބީބު

މިއަދު ކުރިޔަށްދާ މާލޭސިޓީ މޭޔަރ އަދި ކައުންސިލަރުންގެ ބައި-އިލެކްޝަން ގައި، 54680 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިފައިވޭ.

‏ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ހައްޤު އަދާކުރެއްވުމަށް އީސީގެ ނައިބްްރައީސް ވަނީ އެދިވަޑައިގެންފައި.

13 ޖެނުއަރީ 2024 | ހޮނިހިރު 08:54
Writer Profile Picture
ޙުސައިން މަޚްތޫމް
ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި

މިއަދު ކުރިއަށްދާ ބައި-އިލެކްޝަނަށް ޤާއިމުކޮށްފައިވާ ވޯޓުލާ މަރުކަޒުތަކުގައި ވޯޓުނެގުން ވަނީ ފަށާފައި

13 ޖެނުއަރީ 2024 | ހޮނިހިރު 08:52