ފަލަސުރުޚީ
މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަ ޝިފާ މުހައްމަދު
ޕީޕީއެމްއަށް މެޖޯރިޓީ ދިނުމުގެ އެއްވެސް ބޭނުމެއް ނެތް
މިސަރުކާރަށް މެޖޯރިޓީ ދޭން މިސަރުކާރުން މިކިޔަނީ ކީއްވެންތޯ. މި މާލެއަކަށްވެސް އެއްވެސް ޕްލޭންއެއްނެތް. ފ.އަތޮޅުވެސް ވިއްކާލަނީ. މިސަރުކާރުން ކުރާ ކޮންމެ ކަމެއް ދެތިން ފަހަރު ކުރަން ޖެހޭ. މާލޭގެ މަގުތައް އޮތް ހާލަތާއި ބެހޭ ގޮތާއި މެދު ދެރަވަނީ ކޮން މިނިސްޓަރެއްތޯ. މާލޭގެ ހާލަތު މިހެން އޮތްވާ ޕީޕީއެމްއަށް މެޖޯރިޓީ ދިނުމުގެ އެއްވެސް ބޭނުމެއް ނެތް.
އިންތިޚާބަށް ނުފޫޒު ފޯރުވަމުން މިދަނީ
ޕީޕީއެމްއަށް އެބަޖެހޭ ނޫނެކޭ ބުނަން. އިންތިޚާބަށް ނުފޫޒު ފޯރުވަމުން މިދަނީ. ކުންފުނިތަކުގެ އިސްވެރިން މިދަނީ މުއައްޒަފުންނަށް ނުފޫޒު ފޯރުވަމުން.
ޝިފާ މުހައްމަދު
ހުރިހާ ކަމެއްވެސް ކުރަމުން މިދަނީ ސިއްރިޔާތުގައި. ޕީޕީއެމްއަށް ވަގުތު ދިނުމަށްޓަކައި އިންތިހާބު ފަސްކުރަމުން މިދަނީ. ކެންޑިޑޭޓުންނަށް އެތައް އުނދަގޫ ތަކެއް ކުރިމަތި ކުރުވަމުން. އިލެކްޝަންސް ފަސްކުރާ ކޮންމެ ފަހަރަކީ ދެވޭ ވަރަށް ބޮޑު އަނިޔާއެއް. ކައުންސިލަރުންގެ ދައުރު ހަމަވެގެންދާއިރުވެސް އިންތިހާބެއް ނުބޭއްވޭ.
ފިސާރި އަންހެނުންގެ ރެލީއެއް ބާއްވަން ވަނީ ނިންމާފައި
އަންހެނުންގެ ދުވަހާއި ގުޅިގެން ވަރަށް ހާއްސަ ޖަލްސާއެއް މާދަމާރޭ އޮންނާނެ. އަންހެނުން ބާރުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން މިދަނީ. އެގޮތުން ކެމްޕެއިން ކުރުމަށް ސިޔާސީ މަޤާމްތަކަށް އަންހެން ކަނބަލުން ކުރިމަތި ލުމުގައި ހުރި ފުރުޞަތު ތަކާއި އަދި އެމްޑީޕީން ތާއީދު ކުރާނެ.
ޝިފާ މުހައްަމަދު
އެމްޔޫއޯ އުފެދުނީއްސުރެ ޝެޑޯ ކެބިނެޓްގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވާ. ލޯކަލް ކައުންސިލް އިންތިހާބަކާއި ހަމައަށް އާދެވުނު އިރު އެމްޑީޕީއަށް ވަރަށް ތާއިދު އެބައޮތް. ވަރަށް ސާފްކޮށް ރާއްޖޭގެ ރައްޔިތުންނަށް ފެނިގެންދާނެ ކުރަމުންދާ ވައްކަންތަކާއި ކޮރަޕްޝަންތަކުގެ ވާހަކަ ދެއްކުމަކީ މިއަދު އެމްޑީޕީގެ ޒިންމާއެއް. މިއަދު މި ފާހަގަ ކުރަނީ ޑިކޮމްކްރަޓިކަލީ ގައުމެއް ނޫން.
ރައީސް ޔާމިންގެ އެއްވެސް ހައިސިއްޔަތެއް ނެތް
ރައީސް ޔާމިން ވަރަށް ކަންބޮޑުވޭ. ވެރިކަމުގައި ހުންނެވުމަށްޓަކައި ގިނަ މަސައްކަތެއް އެބަކުރޭ. އެމްޔޫއޯގައި ތިބި ކޮންމެ މީހަކުވެސް މަސައްކަތް ކުރަމުންދާނެ. އެމްޔޫއޯގެ ކަންތައްތަކާއި ބެހޭގޮތުން ވާހަކަދެއްކެވުމަށް ރައީސް ޔާމިންގެ އެއްވެސް ހައިސިއްޔަތެއް ނެތް. އެމަނިކުފާނަކީ އެމްޔޫއޯ ބަލައިގަންނަ ބޭފުޅެއް ނޫން. ސިޔާސީ ވެރިންގެ ބޮލުގައި އިލްޒާމްތައް އަޅުވާ. ނުހައްގުން ޝަރީއަތް ކުރަން ފެށުމުން އިދިކޮޅު މީހުން އެއްގަލަކަށް އެރީ. އެމްޔޫއޯގެ މަސައްކަތް ފެނިފައި ރައީސް ޔާމިން ހުންނެވީ އެކަހެރިވެފައި.
ފަލަސުރުޚީ
މިރޭގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވަނީ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަ ޝިފާ މުހައްމަދު