Raajje.mv

ރައްޔިތުންގެ މަޖިލިސް ހިސޯރު ކުރުން

ރައްޔިތުންގެ މަޖިލިސް ހިސޯރު ކުރުން

13 ނޮވެމްބަރު 2023
37362
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް

13 ނޮވެމްބަރު 2023 | 11:09

މަޖިލީހުގެ ރައީސް ކަމުން ނަޝީދު އިސްތިއުފާދެއްވައިފި

މަޖިލީހުގެ ރައީސް ކަމުން ނަޝީދު އިސްތިއުފާދެއްވައިފި އެވެ. އިސްތިއުފާ ދެއްވިކަން މަޖިލީހަށް އެންގެވީ މިއަދު އެވެ.

13 ނޮވެމްބަރު 2023 | 09:49

މަޖިލީހުގެ ޖަލްސާއެއް އަނެއްކާ މިއަދު 04:00 ޖަހާއިރަށް

މަޖިލީހުގެ ޖަލްސާއެއް އަނެއްކާ މިއަދު 04:00 ޖަހާއިރަށް ތާވަލުކޮށްފި.

13 ނޮވެމްބަރު 2023 | 09:32

ވަގުތު ހަމަވިކަމަށް ނިންމާ ޖަލްސާ ނިންމާލައިފި

ވަގުތު ހަމަވިކަމަށް ނިންމާ މަޖިލީހުގެ ރިޔާސަތުން ޖަލްސާ ނިންމާލައިފި. ބަޖެޓްގެ މައްސަލަ އާއި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާ ވެސް ކުރިއަށް ގެންދަވާނެ ކަމަށް އީވާ ވިދާޅުވި.

13 ނޮވެމްބަރު 2023 | 09:29

މަޖިލިސް ޖަލްސާ އަލުން ފަށައިފި

މަޖިލިސް ޖަލްސާ އަލުން ފަށައިފި. ރިޔާސަތުން ވިދާޅުވަނީ މަޖިލީހުގެ ނިޒާމަށް މެމްބަރުން ހުރުމަތްތެރިކޮށް ހިތްތެވުމަށް

13 ނޮވެމްބަރު 2023 | 08:50

މަޖިލީހުގެ ނާއިބުރައީސްގެ މަގާމުން އީވާ ވަކިކުރަން އެމްޑީޕީން ޤަރާރެއް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ ޤަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި. ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސްގެ މަގާމުން އީވާ ވަކިކުރަން، އެމްޑީޕީން ހުށަހަޅާފައިވަނީ 50 މެމްބަރުންގެ ސޮޔާއެކު.

13 ނޮވެމްބަރު 2023 | 08:44

ބައެއް މެމްބަރުން މާރާމާރި ހިންގާކަމަށް ވިދާޅުވެ ޖަލްސާ މެދުކަނޑާލައިފި

ބައެއް މެމްބަރުން މާރާމާރި ހިންގާކަމަށް ވިދާޅުވެ މަޖިލީހުގެ ނައިބުރައީސް އީވާ އަނެއްކާވެސް ޖަލްސާ މެދުކަނޑުއްވާލައްވައިފި

މަޖިލިސް ޖަލްސާގެ ތެރެއިން  - ރާއްޖެއެމްވީ
މަޖިލިސް ޖަލްސާގެ ތެރެއިން - ރާއްޖެއެމްވީ
13 ނޮވެމްބަރު 2023 | 08:42

އެމްޑީޕީއާއި ޑިމޮކްރެޓްސް ޖަލްސާއަށް ހުރަސް އަޅާ ކަމުގެ ތުހުމަތު

އީވާ އަދިވެސް ރިޔާސަތުގައި، ވިދާޅުވީ އެމްޑީޕީއާއި ޑިމޮކްރެޓްސް ޖަލްސާއަށް ހުރަސް އަޅާ ކަމަށް

13 ނޮވެމްބަރު 2023 | 08:39

ހުޅުދޫ ދާއިރާގެ މެމްބަރުންގެ ނަން އިއްވައިފި، މާލަން ދޫކުރައްވާ ވަޑައިގަތުމަށް އެދިއްޖެ

ހުޅުދޫ ދާއިރާގެ މެމްބަރުންގެ ނަން އިއްވައިފި، މާލަން ދޫކުރައްވާ ވަޑައިގަތުމަށް އެދިއްޖެ