ރިޔާސީ ރޭސް 2023
ރިޔާސީ ރޭސް 2023

ރިޔާސީ ރޭސް 2023
މި އިންތިޚާބުގައި 86 އިންސައްތައަށްވުރެ ގިނަ މީހުން ވޯޓުލާފައިވޭ: އީސީ
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ޙައްގު ލިބިގެންވާ މީހުންގެ ތެރެއިން 86 އިންސައްތައަށްވުރެ ގިނަ މީހުން ވޯޓު ލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ޑރ. މުއިއްޒު ރިޔާސީ އިންތިޚާބު 2023 ކާމިޔާބު ކުރައްވައިފި
ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު، މާލެ ސިޓީގެ މޭޔަރު އަދި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ކާމިޔާބު ކުރައްވައިފިއެވެ.

19 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު، 18 މީހުން ދޫކޮށްލައިފި
ޑިމޮކްރެސީގެ އުސޫލުތަކަށް ތަބާވެ ސުލްހަމަސަލަސްކަން ނެގެހެއްޓުމަށް އެޗްއާރްސީއެމުން އިލްތިމާސްކޮށްފި
އިންތިޚާބާ ގުޅުންހުރި ކަންކަމާ ގުޅިގެން މިހާތަނަށް 14 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް
ވޯޓް ކަރުދާސް ދެއްކުމާއި ފޮޓޯ ނެގުމާ ގުޅިގެން މިއަދު މިހާތަނަށް 14 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ އިދާރާއިން ބުނެފި
އޮޕަރޭޝަން ބްލޫ ވޭވް އަޕްޑޭޓް: ގދ. ވާދޫގައި ވޯޓް ފޮށި ފަޅާލި މީހާ ހައްޔަރުކޮށްފި
އޮޕަރޭޝަން ބްލޫ ވޭވް އަޕްޑޭޓް: ގދ. ވާދޫ ގައި ވޯޓުލާން ދިޔަ މީހަކު ވޯޓް ފޮށި ފަޅާލާފައިވާ މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން ފުލުހުންދަނީ ހަރަކާތްތެރިވަމުން. މިމައްސަލައާ ގުޅިގެން އެމީހާވަނީ ހައްޔަރުކޮށްފައި
އެންމެހާ ރައްޔިތުންވެސް ޑިމޮކްރެސީގެ ރީތި އުސޫލުތަކަށް ތަބާވެ ސުލްހަމަސަލަސްކަން ނެގެހެއްޓުމަށް އިސްކަންދެއްވާ
އެންމެހާ ރައްޔިތުންވެސް ޑިމޮކްރެސީގެ ރީތި އުސޫލުތަކަށް ތަބާވެ ސުލްހަމަސަލަސްކަން ނެގެހެއްޓުމަށް އިސްކަންދެއްވާ
ގދ.ވާދޫ ގައި ބަހައްޓާފައިވާ ވޯޓު ފޮށްޓެއް ފަޅާލައިފި.
ގދ.ވާދޫ ގައި ބަހައްޓާފައިވާ ވޯޓު ފޮށްޓެއް ފަޅާލައިފި. މި ފޮށި ފަޅާލައިފިވަނީ ވޯޓު ފޮށި ބަންދުކޮށްފައިވަނިކޮށް. ވޯޓު ފޮށި ބަންދުކޮށްފައިވަނީ 17:00 ގައި.

މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބު 2023ގެ ދެވަނަ ބުރުގައި 16:00އާ ހަމައަށް ވޯޓުލާފައިވާ ނިސްބަތް
މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބު 2023ގެ ދެވަނަ ބުރުގައި 16:00އާ ހަމައަށް ވޯޓުލާފައިވާ ނިސްބަތް

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފާއި، ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދަށް ބަޔަކު ހަމަލާދީ އަދިި މި ދެ ހާދިސާ ހިނގި ތަނުގައި ތިބި އާންމު ރައްޔިތުންނަށްވެސް އެކިވަރުގެ ހަމަލާ ދީފައިވާ މައްސަލަ ހިއުމަންރައިޓްސް ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި.
އެ ކޮމިޝަނުން ބުނީ ސިޔާސީ ދެބަސްވުންތަކުގައްޔާއި ފިކުރު ތަފާތުވާ ހާލަތްތަކުގައިވެސްް އެކަކު އަނެކަކަށް ޖިސްމާނީ އަނިޔާ ދިނުމާއި، އަބުރަށް އަރައިގަތުމާއި، ނަފްރަތުގެ އަމަލުތައް އިސްކުރުމަކީ ކޮމިޝަނުން ކަންބޮޑުވާކަމެއް. މި އަމަލުތަކަކީ ގާނޫނީ ގޮތުންވެސް ޖިނާއީ ކުށްތަކެއްކަން ހަނދުމަކޮށްދެން. މިފަދަ މައްސަލަތައް ކަމާގުޅުންހުރި އިދާރާތަކުން ވީހާވެސް އަވަހަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ގޮވާލަން.

އިންތިހާބާއި ދިމާކޮށް ކަރަންޓް ކަނޑާލަން އުޅޭ ވާހަކަ ސްޓެލްކޯއިން ދޮގުކޮށްފި
ސްޓެލްކޯއިން ހިޔާ ޓަވަރުތަކުން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލަން އުޅޭ ކަމަށްބުނެ ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގައި ފެތުރިފަދަ ބުހުތާނު ދޮގު ވާހަކަތައް ސިޔާސީ ވަކި މަގުސަދެއް ހާސިލް ކުރުމަށް އިންތިޚާބުގެ ދެވަނަ ބުރާއި ގުޅުވައިގެންވެސް ގެންދަނީ ފަތުރަމުން. މި ދެންނެވި ވާހަކަތަކަކީ، އެއްވެސް ކަހަލަ އަސާސެއްގެ މައްޗަށް ބިނާކޮށް ފަތުރަމުންދާ ވާހަކަތަކެއް ނޫން ކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އަރުވަން.

ވޯޓުފޮށި ބަންދުކުރަން 1 ގަޑި އިރު
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބަންދުވާން 1 ގަޑި އިރަށްވެއްޖެއެވެ.

ވޯޓުލުމުގެ ފަރުދީ ޒިންމާ ހުރިހާ ފަރާތްތަކުންވެސް އަދާކުރައްވާ
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ކިޔޫ ބަންދުކުރުމުގެ ސުންގަޑިއަކީ މިއަދު ހަވީރު 5:00ށް. މި ފުރުސަތުގެ ބޭނުން ހިފައި، ވޯޓުލުމުގެ ފަރުދީ ޒިންމާ ހުރިހާ ފަރާތްތަކުންވެސް އަދާކުރައްވާ.

3:00 އާ ހަމައަށް 70 އިންސައްތަ މީހުން ވޯޓުލައިފި
މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބު 2023ގެ ދެވަނަ ބުރުގައި 15:00އާ ހަމައަށް ވޯޓުލާފައިވާ ނިސްބަތް

ޖިނާއީ ކުށްތަކަށް އަރައިގަންނަ ގުރޫޕްތަކުގެ ހަރަކާތްތައް މާލެތެރޭގައި އިތުރުވަމުންދޭ - ފުލުހުން
ޖިނާއީ ކުށްތަކަށް އަރައިގަންނަ ގުރޫޕްތަކުގެ ހަރަކާތްތައް މާލެތެރޭގައި އިތުރުވަމުންދާކަމަށް ފާހަގަ ކުރެވުމާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަންފަށައިފިއެވެ.

ލ. ފޮނަދޫ 3 ނަންބަރު ވޯޓުފޮށީގެ މައްސަލަ ހައްލުކޮށް ވޯޓުލާން ފަށައިފި
ލ. ފޮނަދޫ 3 ނަންބަރު ވޯޓުފޮށީގައި ދިމާވި ވޯޓުކަރުދާހުގައި މާކެއް ހުރި މައްސަލަ ކޮމިޝަނުގެ ސަމާލު ކަމަށް އައުމުން، އެކަމުގައި އަމަލުކުރަންވީގޮތުގެ އިރުޝާދު ވޯޓުލާ މަރުކަޒުގެ ވެރިޔާ އަށް ދިނުމަށްފަހު، މިހާރު ވަނީ އެފޮށީގެ ވޯޓުލުން ފެށިފައި.
ވޯޓު ކަރުދާސް ދޫކުރާ އޮފިޝަލް އަތުގައި ގަލަމެއް ނޯންނާނެ. އަދި ވޯޓުކަރުދާސް ދޫކުރާ މޭޒުން ވޯޓުކަރުދާހާއި ކުރެހުމުގެ ފުރުސަތެއްވެސް ނޯންނާނެ. ވޯޓުލުމުގެ އެންމެހައި ކަންތައްތައް ހިނގަމުންދާނީ އޮބްޒާވަރުންނާއި މޮނިޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުންގެ ކުރިމަތީގައި.
މިހާތަނަށް އެއްލައްކަ ސާޅީސް އެއް ހާސް މީހުން ވޯޓުދިނުމުގެ ޙައްޤު އަދާކުަރައްވައިފި. އެއީ ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ %50 އިންސައްތަ. ވޯޓުލުން ހިނގަމުންދަނީ އަމާންކަމާއި އޮމާންކަމާއެކު.

ރިޔާސީ އިންތިޚާބު 2023ގެ ދެވެނަ ބުރުގައި ކާމިލްދީދީ ޕްރައިމަރީ ސްކޫލްގައި ޤާއިމް ކޮށްފައިވާ ވޯޓުލާ މަރުކަޒުތަކުގެ ވޯޓުލުމުގެ ތެރެއިން

ދެވަނަ ބުރުގައި 14:00އާ ހަމައަށް ވޯޓުލާފައިވާ ނިސްބަތް
ދެވަނަ ބުރުގައި 14:00އާ ހަމައަށް ވޯޓުލާފައިވަނީ 171،954 މީހުންނެވެ.

ދެވަނަ ބުރުގައި 13:00އާ ހަމައަށް ވޯޓުލާފައިވާ ނިސްބަތް
ދެވަނަ ބުރުގައި 13:00އާ ހަމައަށް ވޯޓުލާފައިވާ ނިސްބަތް

ޖުމްލަ 203 މަރުކަޒެއްގައި ބަހައްޓާފައިވާ ވޯޓްފޮށިތައް އެޗްއާރްސީއެމުން އޮބްޒަރވް ކުރަމުންދާނެ
ލ. ފޮނަދޫ ފޮށީގެ ވޯޓްލުން އަލުން ފަށައިފި
ވޯޓު ކަރުދާހުގައި ކުރެހި ކަމަށް ބުނެ ލ. ފޮނަދޫ ފޮއްޓެއްގެ ވޯޓުލުން މެދުކަނޑާލާފައިވާއިރު މިހާރު އެ ފޮށީގެ ވޯޓްލުން ފެށިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެ. ފޮނަދޫގައި ވޯޓްލުން މެދުކަނޑާލީ ވޯޓު ކަރުދާހުގައި ކުރެހި މައްސަލައެއްގައި.
12:00 ޖެހުމާ ހަމައަށް ވޯޓުލާފައިވާ ނިސްބަތް
12:00 ޖެހުމާ ހަމައަށް ވޯޓުލާފައިވާ ނިސްބަތް

ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާސް ފޮޓޯ ނެގުން
ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާސް ފޮޓޯ ނެގުމާ ގުޅިގެން މިހާތަނަށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ. އެމީހުންގެ ތެރެއިން 7 މީހަކު ވަނީ ދޫކޮށްލާފައި.
އޮޕަރޭޝަން ބްލޫ ވޭވް އަޕްޑޭޓް: ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާސް ފޮޓޯ ނެގުމާ ގުޅިގެން މިހާތަނަށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ.
އޮޕަރޭޝަން ބްލޫ ވޭވް އަޕްޑޭޓް:
ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާސް ފޮޓޯ ނެގުމާ ގުޅިގެން މިހާތަނަށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ. އެމީހުންގެ ތެރެއިން 7 މީހަކު ވަނީ ދޫކޮށްލާފައި.

ވޯޓު ކަރުދާހުގައި ކުރެހިކަމަށް ބުނެ ފޮނަދޫ ފޮއްޓެއްގެ ވޯޓުލުން މެދުކަނޑާލައިފި
ވޯޓު ކަރުދާހުގައި ކުރެހިކަމަށް ބުނެ ފޮނަދޫ ފޮއްޓެއްގެ ވޯޓުލުން މެދުކަނޑާލައިފި. އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ފޮނަދޫގައި ވޯޓު ކަރުދާހުގައި ކުރެހި މައްސަލައެއްގައި ވަގުތީގޮތުން ވޯޓުލުން ހުއްޓާލާފައިވާ ކަމަށް. އެ ރަށުގެ ވެރިޔާ އަށް އިރުޝާދު ދީފައި އޮތީ އައު ފޮއްޓެއްގައި ވޯޓްލުން ދެން ފެށުމަށް.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވޯޓުލައްވައިފި
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވޯޓުލައްވައިފި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް މުހައްމަދު އަސްލަމް ވޯޓުލައްވައިފި
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް މުހައްމަދު އަސްލަމް ވޯޓުލައްވައިފި

ނައިބު ރައީސް ފައިސަލް ނަސީމް ވޯޓުލައްވައިފި
ނައިބު ރައީސް ފައިސަލް ނަސީމް ވޯޓުލައްވައިފި

މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބު 2023ގެ ދެވަނަ ބުރުގައި 11:00އާ ހަމައަށް ވޯޓުލާފައިވާ ނިސްބަތް
މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބު 2023ގެ ދެވަނަ ބުރުގައި 11:00އާ ހަމައަށް ވޯޓުލާފައިވާ ނިސްބަތް

އޮޕަރޭޝަން ބްލޫ ވޭވް އަޕްޑޭޓް: ލ. ފޮނަދޫގައި ވޯޓުލާ މަރުކަޒުގެ އޮފިޝަލަކު ވޯޓު ކަރުދާހުގައި ކުރަހާފައި ދޭކަމުގެ ޝަކުވާ ފުލުހުންނަށް ހުށަހަޅާފައިވޭ.
އޮޕަރޭޝަން ބްލޫ ވޭވް އަޕްޑޭޓް:
ލ. ފޮނަދޫގައި ވޯޓުލާ މަރުކަޒުގެ އޮފިޝަލަކު ވޯޓު ކަރުދާހުގައި ކުރަހާފައި ދޭކަމުގެ ޝަކުވާ ފުލުހުންނަށް ހުށަހަޅާފައިވޭ. މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވޯޓުލައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވޯޓުލައްވައިފި

އިންތިޚާބާ ގުޅުންހުރި ކަންކަމާ ގުޅިގެން މިހާތަނަށް 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ. އޭގެ ތެރެއިން އެކަކު މިހާރު ވަނީ ދޫކޮށްލާފައި
އިންތިޚާބާ ގުޅުންހުރި ކަންކަމާ ގުޅިގެން މިހާތަނަށް 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ. އޭގެ ތެރެއިން އެކަކު މިހާރު ވަނީ ދޫކޮށްލާފައި

މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބު 2023ގެ ދެވަނަ ބުރުގައި 10:00އާ ހަމައަށް ވޯޓުލާފައިވާ ނިސްބަތް
މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބު 2023ގެ ދެވަނަ ބުރުގައި 10:00އާ ހަމައަށް ވޯޓުލާފައިވާ ނިސްބަތް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވޯޓުލައްވައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން ވޯޓުލައްވައިފި

ފުވައްމުލަކުގައި ވޯޓު ކަރުދާސް ފޮޓޯ ނެގިކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މައުލޫމާތު ސާފުކުރުމަށްފަހު މިހާރުވަނީ ދޫކޮށްލާފައި
ފުވައްމުލަކުގައި ވޯޓު ކަރުދާސް ފޮޓޯ ނެގިކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މައުލޫމާތު ސާފުކުރުމަށްފަހު މިހާރުވަނީ ދޫކޮށްލާފައި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވޯޓުލައްވައިފި
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވޯޓުލައްވައިފި

ފަސްޓްލޭޑީ ފަޒްނާ އަހުމަދު ވޯޓުލައްވައިިފި
ފަސްޓްލޭޑީ ފަޒްނާ އަހުމަދު ވޯޓުލައްވައިިފި

ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް ވޯޓުލައްވައިިފި
ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް ވޯޓުލައްވައިިފި

މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބު 2023ގެ ދެވަނަ ބުރުގައި 09:00އާ ހަމައަށް ވޯޓުލާފައިވާ ނިސްބަތް
މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބު 2023ގެ ދެވަނަ ބުރުގައި 09:00އާ ހަމައަށް ވޯޓުލާފައިވާ ނިސްބަތް

