ވަކި ގައުމެއްގެ ސަރުކާރެއް ނޫން މިއީ. މިރާއްޖޭގައި ރިސޯޓްތައް ތަރައްޤީ ކުރަންވީ ހަމަ. މިނިވަންކަން ގެއްލޭ އެއްވެސް ކަމެއް ކޮއްގެން ނުވާނެ. އިންވެސްޓްމަންޓް ގެންނަން ޖެހޭނީ އިންވެސްޓްމަންޓްގެ ގޮތުގައި. ޖީއެމްއާރް ޓާޓާ ފްލެޓްސް. ޗައިނާ ފްލެޓްސް މިއީ އިންވެސްޓްމަންތައް. މިސަރުކާރުން މުޅިންވެސް ކަންތައް ކުރަމުންދަނީ ދަރަނިވެރިވެގެން.
ރާއްޖެ ރާއްޖެއަކަށް މިވާ ރަށްތައް ވިއްކާލައިގެން ނުވާނެ. އިންވެސްޓްމަންޓެއް ރާއްޖެއަށް ގެންނާތީ ހަޖަމް ނުވެގެން ނޫޅެން. ސްޓޭޓް އޮފް އިމެޖެންސީ މިގައުމުގައި އިއުލާން ކުރީ މިސަރުކާރުން. މިސަރުކާރުގެ އިމޭޖް ރަނގަޅު ކުރުމަށްޓަކައި މިލިއަން ޑޮލަރުވަނީ ހަރަދުކޮށްގައި. އެއްލިމިއަން މީހުން ގެންނަ ވަރަށް ފ.އަތޮޅު ތަރައްޤީ ކުރާނަމޭ ބުނާއިރު 10 މިލިއަން ޑޮރަލުވެސް އެތަނަށް ޚަރަދުކޮށްފާނެ ކަމަށް.
މިނިވަން ކަމާއި ސިޔާދަތަށް ބިރުވެރިކަމެއް ނެތް ކަމަށްވާ ނަމަ ސަރުކާރުން ބިރު ގަންނަނީ ކީއްވެގެންތޯ، މިއަދު ފ. އަތޮޅު ވެއްޖެ ނަމަ މާދަމާ އަނެއް އަތޮޅު. ގައުމެއް ނުވަތަ ސްޓޭޓެއް ފެއިލް ވުމުގެ އެންމެ މުހިއްމު ބައެއް އަދާ ކުރާ ބަޔަކީ ފުލުހުންނާއި ސިފައިން ނަގާ ޑިސިޝަން ތަކުގެ ސަބަބުން. އެޒިންމާ އަދާ ކުރާ ނަމަ ފުލުހުން އަދާ ނުކުރޭ.
ތަރައްޤީ ހޯދުމަށް ކަމަށްބުނެ ރާއްޖޭގެ އެއްވެސް ރަށެއް ވިއްކާލުމަށް ބޭނުމެއް ނޫން. މިތަން ވިއްކައިގެން ތަރައްޤީ ކުރާ ތަންތަނުގެ ސަބަބުން ފްރެންޗް ރިވާރިއާއެއް ހެދި ކެސީނޯތަކާއި ސައްތައިން ސައްތަ މުސްލިމު ގަމުއެއް ނޯންނާނެ. ދުބާއީ ދުބާއީ އަކަށްވީ އެ ބިން އެހެން ގައުމަކަށް ވިއްކައިގެނެއް ނޫން. ދުބާއީ ތަރައްޤީވީ އެތަނުގެ އަމިއްލަ މަސައްކަތުން
ސަރުކާރުން ހާސިލް ކުރަން ބޭނުންވާ ކަމެއް ވެއްޖެ ނަމަ އެކަން ކުރާނެ، އެގޮތުން އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލަ އަކީ މިކަމުގެ ހެއްކެތް. މާލިޔަތު ހުރި ތަނުގައި ހުންނާނީ ވަޅު ގަނޑެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރ ވެސް ވަނީ އެހެން ވިދާޅުވެފައި. ކޮންމެ މީހަކުވެސް ސަރުކާރު ބޭނުންކޮށްގެން އަމިއްލަ މުއްސަނދިކަން ހޯދަން. ޕީޕީއެމްގެ މެނިފެސްޓޯ އޮތް ތާނގައި. މުޅިން އެހެން ކަމެއް މިފެނިގެން ދަނޫ. ރައްޔިތުން ހަމަ ހަމައިގު ވެސް ފ.އަތޮޅު ވިއްކާލުމަށް ވޯޓެއް ނުދޭނެ. ޤާނޫނު އަސާސީއަށް ބަދަލު ގެނެސްގެން ކަންކަން ކުރަމުންދަނީ.
މިހާހިސާބަށް އައި އިރު މިފެންނަނީ ރާއްޖޭގެ ރަށްތައް ވިއްކާލުމަށްފަހު ފާއިސާ ހޯދަމުންދާތަން. އެއްވެސް ވަރަކަށް ދެ ފުށް ފެންނަ ގޮތަކަށް އެއްވެސް ކަމެއް ނުކުރޭ. ވުޒާރާތަކުގެ އިސްވެރިންވެސް ވާހަކަދައްކަވަނީ އެކި ގޮތް ގޮތަށް. އެއް ކަންބޮޑުވުމަކީ ރާއްޖޭގެ ވެލި ފުކެއްވެސް އެއް ފަރާތަކަށް ވިއްކާލުމަށް މަސައްކަތް ކުރަމުންދަނީ. އެއްވެސް ޓްރާންސްޕޭރެންޓް ވުމެއް ނެތި. މިހަޤީޤަތުގައި ދިވެހި މިނިވަންކަމަށް ލޮޅުން އަރާނެ ކަމެއް އިތުރަކަށް ނުވާނެ. ރަށްތަކާއި ފަޅުތައް އެހެން ބަޔަކަށް ވިއްކައިގެނެއް ނޫން ތަރައްޤީ ހޯދާނީ.