އެމްޑީޕީ ޗެއަރޕަރސަން އިންތިޚާބު
އެމްޑީޕީ ޗެއަރޕާސަން އާއި ޒުވާނުންގެ ހިތްވަރު އަދި އަންހެނުންގެ ރޫހުގެ ރައީސާ ހޮވުމަށް ބާއްވާ އިންތިޚާބު މިއަދު ކުރިއަށްއެބަދޭ. މި މަގާމުތަކަށް އިންތިޚާބުކުރާ ބޭފުޅުން އިންތިޚާބުކުރަނީ ފަސް އަހަރުގެ މ

އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ނިކުންނަވާ ދެ ބޭފުޅުން
ގައްދޫ ދާއިރާގެ މާލެ ފޮށި އަލުން ގުނަނީ
ގައްދޫ ދާއިރާގެ މާލެ ފޮށި، ކެންޑިޑޭޓުންގެ މަންދޫބުންގެ ޙާޟިރުގައި ގުނަން ފެއްޓިއިރު މައްސަލަތަކެއް ދިމާވުމާއި ގުޅިގެން އިސްތިއުނާފު ފަނޑިޔާރު މަޖިލިސްގެ ރައީސާއި އިންތިޚާބާއިބެހޭ ކޮމެޓީގެ ރައީސްގެ ބެއްލެވުމުގެ ދަށުން އަލުން ގުނުން ގަލޮޅު މަދުރަސާގައި ކުރިއަށް ގެންދަނީ

އައްޑޫ މީދޫ - މާލެ ފޮށި ވަގުތީ ނަތީޖާ
އިމްތިޔާޒު ފަހުމީ - 53
ފައްޔާޒު އިސްމާއިލް - 118

ހިތަދޫ އުތުރު - މާލެ ވޯޓުފޮށި ވަގުތީ ނަތީޖާ
އިމްތިޔާޒު ފަހުމީ - 70
ފައްޔާޒު އިސްމާއިލް - 81
ބަތިލް - 1

ވިލިފުށި - މާލެ ވޮޓު ފޮށި ވަގުތީ ނަތީޖާ
އިމްތިޔާޒު ފަހުމީ - 82
ފައްޔާޒު އިސްމާއިލް - 43

ހިތަދޫ މެދު ދާއިރާ - މާލެ ފޮށި ވަގުތީ ނަތީޖާ
އިމްތިޔާޒު ފަހުމީ - 63
ފައްޔާޒު އިސްމާއިލް - 36

އެރި އިދާރީ އޮޅުމެއްގެ ސަބަބުން ހުރަވީ ސްކޫލަށް ވޯޓުފޮށި ބަދަލުކޮށް ވޯޓުލުން ކުރިއަށް
މިހާރު ކުރިއަށްދާ އެމްޑީޕީ އެތެރޭގެ އިންތިޚާބުގައި ހުޅުމާލޭގައި ވޯޓުފޮށި ބަހާއްޓަން އެންމެ ފުރަތަމަ ނިންމާފައިވަނީ ހުޅުމާލެ ޣާޒީ ސްކޫލުގައެވެ. އެހެންނަމަވެސް އެރި އިދާރީ އޮޅުމެއްގެ ސަބަބުން އެ ވޯޓުފޮށި ހުޅުމާލެ ހުރަވީ ސްކޫލަށް ވަނީ ބަދަލުކޮށްފައެވެ.
މި ވޯޓުފޮށި ބަދަލުކޮށްފައިވަނީ ޗެއަރޕަރސަންގެ މަގާމަށް ކުރިމަތިލައްވާ ކެންޑިޑޭޓުންގެ މަންދޫބުންނާ މަޝަވަރާކުރުމަށްފަހުގައެވެ.
ޗެއަރޕަރސަންގެ މަގާމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުން ވޯޓުލައްވައިފި
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޗެއަރޕަރސަންގެ މަގާމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކަމަށްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވޯޓު ލައްވައިފިއެވެ.
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވޯޓު ލައްވާފައިވަނީ ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށެވެ.
އިމްތިޔާޒް ފަހުމީ ވޯޓު ލައްވާފައިވަނީ ހިރިޔާ ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށެވެ.
މި އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 09:00 ގައެވެ. މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 16:00 ގެ ނިޔަލަށެވެ.


އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާއާއި މަޖިލީހުގެ ރައީސް ވޯޓު ލައްވައިފި
މިހާރު ކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވޯޓު ލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވޯޓު ލައްވާފައިވަނީ ދަރުމަވަންތަ ސްކޫލްގައި ބަހައްޓާފައިހުރި ޅ. ހިންނަވަރު ދާއިރާގެ ވޯޓު ފޮއްޓަށެވެ. އެމަނިކުފާނު ވޯޓު ލެއްވީ 10:27 ގައެވެ.
ރައީސް ނަޝީދު ވޯޓު ލައްވާފައިވަނީ ޖަމާލުއްދީން ސުކޫލުގައި ބެހެއްޓިފައިވާ ވޯޓު ފޮއްޓަކަށެވެ. އެމަނިކުފާނު ވޯޓު ލެއްވީ ހޮނިހިރު ދުވަހުގެ ހެނދުނު 10:17 ގައެވެ.

އެމްޑީޕީ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
އެމްޑީޕީ ޗެއަރޕަރސަންއާއި ޒުވާނުންގެ ހިތްވަރު އަދި އަންހެނުންގެ ރޫހުގެ ރައީސާ ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ. މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 16:00 ގެ ނިޔަލަށެވެ.
