އުރީދޫ ސާފް ޗެމްޕިއަންޝިޕް – ރާއްޖެ 1-0 ލަންކާ
މި ފަހަރުގެ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި ލަންކާއާ ދެކޮޅަސް ރާއްޖެ ނުކުންނައިރު، އެންމެ ފަހުން ކުޅުނު މެޗުން ރާއްޖެ ވަނީ ބަންގްލަދޭޝް އަތުން މޮޅުވެފައެވެ.

ރާއްޖެ އާއި ލަންކާ ބައްދަލުކުރާ މެޗުގެ ތެރެއިން
ފުރިހަމަ ވަގުތު: ރާއްޖެ 1-0 ލަންކާ
މި މެޗުގެ ދެވަނަ ހާފުގައި ލަންކާއިން ކުޅުން ރަނގަޅުކުރިއިރު، މި ހާފުގައި އެ ޓީމުގެ ޑިލޯން ޑި ސިލްވާއަށް ވަނީ ލަނޑެއް ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މި ހާފުގައި ރާއްޖެއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވި ނަމަވެސް، ރާއްޖޭން ވަނީ ރަނގަޅަށް ޑިފެންސްކޮށް، ލަންކާ ހުއްޓުވާފައެވެ.

ފުރަތަމަ ހާފު: ރާއްޖެ 1-0 ލަންކާ
މި މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި ލަންކާގެ ޗަލަނަ ޗަމީރާ ބޮލުން ލަނޑެއް ޖެހި ނަމަވެސް، އޭނާ އޮފްސައިޑުގައި ހުރުމުން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ. އެކަމަކު އޭގެ މިނެޓެއް ފަހުން ރާއްޖޭން ވަނީ ލީޑު ނަގާފައެވެ. ހައިޝަމް ހަސަން ނަގައިދިން ހުރަހަކުން މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ އަލީ އަޝްފާގު (ދަގަނޑޭ) އެވެ.
އަދި އޭގެ ފަހުން މެޗުގެ 14 ވަނަ މިނެޓުގައި އޭރިއާ ތެރެއިން އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ހަމަލާއެއް ވަނީ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ ގޯލްކީޕަރު މުޙައްމަދު ފައިސަލަށް އަނިޔާވުމުން ވަނީ ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ކުޅެން އަރާފައިވަނީ މުޙައްމަދު ޝަފީއު (ޗެކް) އެވެ. މިއީ ޗެކް ގައުމީ ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ.

ރާއްޖެ 1-0 ލަންކާ
މެޗު ފަށައިގެން ހަވަނަ މިނެޓުގައި ހައިޝަމް ހަސަން ނަގައިދިން ހުރަހަކުން އަލީ އަޝްފާގު (ދަގަނޑޭ) ރާއްޖެއަށް ލީޑު ނަގައިދީފިއެވެ.
ލަންކާގެ ފުރަތަމަ އެގާރަ
ސުޖަން ޕެރޭރާ (ގޯލްކީޕަރު، ކެޕްޓަން)، ކުރުކުލަސުރިޔާ ނިކޯލަސް، ޑަކްސަން ޕަސްލަސް، ޗަމޯދު ދިލްޝަން، ޗަރިތަ ބަންޑާރަ، ކަވިންދު އިޝާން، ޑިލޯން ޑި ސިލްވާ، ޗަލަނަ ޗަމީރާ، އަޙްމަދު ވަސީމް ރަޒީކް، މާވިން ހަމިލްޓަން، ޖޫޑް ސުޕަން
ރާއްޖޭގެ ފުރަތަމަ އެގާރަ
މުޙައްމަދު ފައިސަލް (ގޯލްކީޕަރު)، އަކުރަމް އަބްދުލް ޣަނީ (ކެޕްޓަން)، ސަމޫހް އަލީ، ހުސެއިން ސިފާއު ޔޫސުފް، އަލީ އަޝްފާގު، ހަމްޒާ މުޙައްމަދު، އަލީ ފާސިރު، އިބްރާހީމް އައިސަމް، ހައިޝަމް ހަސަން، އިބްރާހީމް މަހުދީ ހުސެއިން، ހުސެއިން ނިހާން