އެމްޑީޕީގެ އެތެރޭގެ އިންތިޚާބު 2021
ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އެންމެ ބާރުގަދަ ގުނަވަން ކަމުގައިވާ ގައުމީ މަޖިލީހަށް މެމްބަރުން އިންތިޚާބުކުރުމުގެ ވޯޓުލުން ފަށައިފިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ހދ. ކުރިނބީގައި ކުރިއަށްދަނީ
ގައުމީ މަޖިލީހަށް މެމްބަރުން އިންތިޚާބުކުރުމުގެ ވޯޓުލުން ވަރަށް ދޯދިޔާ: އަކްރަމް
ކުރެންދޫ ދާއިރާގެ ވޯޓުލުން ކުރިއަށްދަނީ!

އެމްޑީޕީ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން، ކުރެންދޫ ދާއިރާ - އެމްޑީޕީ
އަރަބިއްޔާ ސްކޫލުގައި ބަހައްޓާފައިވާ 6 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. ހުރިހާ ވޯޓު ފޮއްޓެއްގެ ވެސް ވޯޓުލުން ކުރިއަށްދެއެވެ.
ރ. ދުވާފަރު ދާއިރާގެ ވޯޓުލުން އަދިވެސް ނުފެށޭ
ރ.ދުވާފަރު ދާއިރާގެ ވޯޓުލުން އަދިވެސް ފެށިފައިނުވެއެވެ. އަމީނިއްޔާ ސްކޫލުގައި ބަހައްޓާފައިވާ އެ ވޯޓު ފޮށި ކައިރީގައި އޮފިޝަލެއް ވެސް ނެތެވެ.

އެމްޑީޕީ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ރ. ދުވާފަރު ދާއިރާ - އެމްޑީޕީ
ފުވައްމުލައް ސިޓީގައި ވޯޓުލުން ފަށައިފި

އެމްޑީޕީ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން، ފުވައްމުލަކުގައި ކުރިއަށްދަނީ - އެމްޑީޕީ

އެމްޑީޕީ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން، ފުވައްމުލަކުގައި ކުރިއަށްދަނީ - އެމްޑީޕީ
މައުލޫމާތު ލިބޭ ގޮތުގައި ފުވައްމުލައް ސިޓީގައި ވޯޓުލުން ފަށާފައިވަނީ ހެނދުނު 9:45 ގައެވެ. އަދި ވޯޓުލުމަށް އަންނަ މީހުންގެ އަދަދު ނިސްބަތުން މަދެވެ.
ދ. ކުޑަހުވަދޫ ދާއިރާގެ ވޯޓުލުން ކުރިއަށްދަނީ

އެމްޑީޕީ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ދ. ކުޑަހުވަދޫ ދާއިރާ - ރާއްޖެއެމްވީ
އއ. ބޮޑުފޮޅުދޫގައި ވޯޓުލުން ފަށައިފި

އެމްޑީޕީ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން އއ. ބޮޑުފޮޅުދޫގައި ކުރިއަށްދަނީ - ރާއްޖެއެމްވީ

އެމްޑީޕީ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން އއ. ބޮޑުފޮޅުދޫގައި ކުރިއަށްދަނީ - ރާއްޖެއެމްވީ

އެމްޑީޕީ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން އއ. ބޮޑުފޮޅުދޫގައި ކުރިއަށްދަނީ - ރާއްޖެއެމްވީ
ސޯޝަލް ސެންޓަރުގައި ހުރި ބައެއް ދާއިރާތަކުގެ ވޯޓުލުން އަދިވެސް ނުފެށޭ

އޮފިޝަލުން ނެތުމުން ވޯޓުލުން ކުރިއަށް ނުގެންދެވުން - ރާއްޖެއެމްވީ

އޮފިޝަލުން ނެތުމުން ވޯޓުލުން ކުރިއަށް ނުގެންދެވުން - ރާއްޖެއެމްވީ
އޮފިޝަލުން ނެތް މައްސަލަ ފެންމަތިވެއްޖެ
މައުލޫމާތު ލިބޭ ގޮތުގައި ސޯޝަލް ސެންޓަރު، ކުޅުދުއްފުށި ސިޓީ އަދި ކަނޑިތީމުގައި އޮފިޝަލުން ނެތެވެ. ކުޅުދުއްފުށިން މައުލޫމާތު ދިން މަންދޫބު ވިދާޅުވީ ކުޅުދުއްފުށީގެ އުތުރާއި ދެކުނުގެ ރައީސްގެ ވޯޓު ކަރުދާސް ޕްރިންޓް ކޮށްފައި ނެތް ކަމަށެވެ. އެހެންކަމުން ވޯޓުލުން ނުފެށޭ ކަމަށާއި، ވޯޓު ފޮށި ކެނޑުމައްފަހު އަލުން ބަންދުކޮށްފައިވާ ކަމަށެވެ.