Raajje.mv

އަފްގާން ތާލިބާނުންގެ ބާރުގެ ދަށަށް

އަފްގާނުގައި ގާއިމްވެގެން ތިބި އެމެރިކާގެ ސިފައިން އެގައުމުން ފައިބަން ފެށުމާއެކު ތާލިބާނުން ވަނީ އެގައުމުގެ ބޮޑެތި ޕްރޮވިންސްތަކާއި ސިޓީތައް އެމީހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. ވެރިރަށް ކާބުލް ތ

15 އޯގަސްޓު 2021
83359
އަފްޣާނިސްތާނުގައި ޙަރަކާތްތެރިވަމުންދާ ޠާލިބާން ހަނގުރާމަވެރިން

އަފްޣާނިސްތާނުގައި ޙަރަކާތްތެރިވަމުންދާ ޠާލިބާން ހަނގުރާމަވެރިން

02 މާރިޗު 2022 | 01:39

ޓެސްޓު

ޓެސްޓު

18 އޯގަސްޓު 2021 | 18:25

ތާލިބާނުންނާ ދެކޮޅަށް ޖަލާލްއާބާދުގެ މަގުތަކުގައި މުޒާހަރާ ކުރަނީ

ތާލިބާނުންނާ ދެކޮޅަށް ޖަލާލްއާބާދުގެ މަގުމަތީގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

ރައްޔިތުން ނުކުމެ މުޒާހަރާ ކުރަން ފަށާފައިވަނީ, އަފްޣާނިސްތާނުގެ ދިދައިގެ ބަދަލުގައި ތާލިބާނުންގެ ދިދަ އެކި ނަގާފައިވާތީއެވެ. ޖަލާލްއާބާދުގެ އިރުމަތީގައި އޮންނަ ސިޓީތަކުގައި ފެށި މި މުޒާހަރާ މިހާރު ދަނީ އެކި ސަރަހައްދުތަކަށް ފެތުރެމުންނެވެ.

މި މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށްދިން ބަޑީގެ ހަމަލާގައި 3 މީހަކު މަރުވެފައިވާކަމަށް އަލްޖަޒީރާގައި ރިޕޯޓު ކޮށްފައިވެއެވެ.

ޖަލާލްއާބާދުގެ މަގުމަތީގައި މުޒާހަރާ ކުރަނީ  - އަލްޖަޒީރާ
ޖަލާލްއާބާދުގެ މަގުމަތީގައި މުޒާހަރާ ކުރަނީ - އަލްޖަޒީރާ
18 އޯގަސްޓު 2021 | 17:22

އަފްޣާންގެ ހެރަތު ޕްރޮވިންސްގެ އަންހެން ކުދިން ސްކޫލަށް ދާން ފަށައިފި

ލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ އަފްޣާނިސްތާނުގެ ހެރަތު ޕްރޮވިންސްގެ އަންހެން ކުދިން ސްކޫލަށް ދާން ފަށައިފިއެވެ.

ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން ހުޅަނގު ހެރަތު ޕްރޮވިންސްގައި އަންހެން ކުދިން ސްކޫލަށް ދާން ފަށާފައިވާއިރު، މިއީ ޠާލިބާނުން މަނާ ކުރާނެ ކަމެއްކަމަށް ކުރިން އޮތީ ބެލެވިފައެވެ. ސަބަބަކީ 1990ގެ އަހަރުތަކުގައި ޠާލިބާނުން އަފްޣާނިސްތާނުގައި ވެރިކަން ކުރިއިރު، އަންހެން ކުދިން ސްކޫލަށް ފޮނުވުމާ ގުޅޭގޮތުން ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވުމެވެ. އޭއެފްޕީ ނިއުސްއާ ހަވާލާދީ ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ހެރަތު ޕްރޮވިންސްގެ ސްކޫލުތަކުގައި އަންހެން ކުދިން ކިޔަވަން ދާން ފަށާފައިވާކަން ވަނީ ކަށަވަރު ކުރެވިފައެވެ.

އެ ޕްރޮވިންސްގެ ދަރިވަރެއްކަމަށްވާ ރުޤިއްޔާއާ ޙަވާލާދީ އޭއެފްޕީގައި ރިޕޯޓު ކޮށްފައިވާ ގޮތުން، ޠާލިބާނުން އަންހެން ދަރިވަރުންނަށްވެސް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ގިނަ ބަޔަކު ކުރާ އުއްމީދެކެވެ. އެގޮތުން ޤައުމުގައި ހަނގުރާމަތަކެއް ކުރިއަށްދާން ބޭނުން ނުވާ ކަމަށާއި، އެހެން ޤައުމުތައް ފަދައިން ކުރިއަރައި، އަމާންކަން ޤާއިމުވާން އެދޭކަމަށް ރުޤިއްޔާ ވަނީ އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނެފައެވެ.

18 އޯގަސްޓު 2021 | 17:21

ޑިމޮކްރަސީއަށް ޖާގައެއް ނެތް، ހިނގާނީ އިސްލާމީ ޝަރީޢަތް: ޠާލިބާން

އަފްޣާނިސްތާނުގައި ހިނގާނީ އިސްލާމީ ޝަރީޢަތްކަމަށް އެ ޤައުމުގެ ކޮންޓްރޯލް ނަގާފައިވާ ޠާލިބާނުން ބުނެފިއެވެ.

ރޮއިޓަރސް އަށް މައުލޫމާތު ދެއްވަމުން ޠާލިބާނުގެ ސިޔާސަތުތައް ނިންމުމާ ގުޅޭ މެމްބަރެއް ކަމަށްވާ ވަޙީދުﷲ ހާޝިމީ ވިދާޅުވީ، ޠާލިބާނުންގެ ވެރިކަމުގައި އަފްޣާނިސްތާނުގައި އޮންނާނީ ޑިމޮކްރަސީއެއް ނޫން ކަމަށެވެ. އެގޮތުން ޑިމޮކްރަސީއަަކަށް އެ ޤައުމުގައި އެއްވެސް ޖާގައެއް ނެތްކަން ފާހަގަ ކުރައްވައި ހާޝިމީ ވިދާޅުވީ، އަފްޣާނިސްތާނުގައި އޮންނާނީ ކޮން ކަހަލަ ސިޔާސީ ނިޒާމެއްތޯ މަޝްވަރާ ނުކުރައްވާނެ ކަމަށެވެ. ސަބަބަކީ އެ ޤައުމުގައި ހިނގާނީ އިސްލާމީ ޝަރީޢަތްކަމާމެދު ޝައްކެއް ނެތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ހާޝިމީ ވިދާޅުވީ، ޠާލިބާނުންގެ ސުޕްރީމް ލީޑަރެއްގެ ގޮތުން ޤައުމު ހިންގުމުގެ ކަންކަމުގައި ޙަރަކާތްތެރިވާނީ މައުލަވީ ހައިބަތުﷲ އަޚުންޒަދާ ކަމަށެވެ.

17 އޯގަސްޓު 2021 | 21:29

އެއްވެސް ގައުމަކަށް އަފްޣާނިސްތާނުގައި ހަނގުރާމަ ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ތާލިބާނުން ބުނެފި

އެއްވެސް ގައުމަކަށް އަފްޣާނިސްތާނުގައި ހަނގުރާމަ ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ތާލިބާނުން ބުނެފިއެވެ.

ކާބުލްގައި ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލު ކުރައްވައި ތާލިބާންގެ ތަރުޖަމާނު ޒައިދުالله‎މުޖާހިދު ވިދާޅުވީ, ގައުމުތަކާއެކު ބޭނުންވަނީ ހަމަޖެހޭ, ސުލްހަވެރި ގުޅުމެއް ގާއިމްކުރުމަށް ކަމަށެވެ.

17 އޯގަސްޓު 2021 | 21:21

އަފްޣާންގެ އެތައްހާސް ބަޔަކު ޗަމަން ބޯޑަރު ހުރަސްކޮށް ޕާކިސްތާނަށް ވަދެއްޖެ

އަފްޣާންގެ އެތައްހާސް ބަޔަކު ޗަމަން ބޯޑަރު ހުރަސްކޮށް ޕާކިސްތާނަށް ވަދެއްޖެއެވެ.

އައިޑީއާއެކު ބޯޑަރު ހުރަސް ކުރަން ބޭނުންވާ އަފްޣާންގެ ރައްޔިތުންނަށް އަންގާރަ ދުވަހު ޗަމަން ބޯޑަރު އޮތީ ހުޅުވާލާފައެވެ.

17 އޯގަސްޓު 2021 | 20:56

އަންހެނުންގެ ހައްގުތަކަށް އިހުތިރާމް ކުރާނެ ކަމަށް ތާލިބާނުން ބުނެފި

އަންހެނުންގެ ހައްގުތަކަށް އިހުތިރާމް ކުރާނެ ކަމަށް ތާލިބާނުން ހާމަކޮށްފިއެވެ.

އަފްޣާނިސްތާނުގެ ސަރުކާރު އެމީހުންގެ ބާރުގެ ދަށަށް ގެނެސް ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތާލިބާންގެ ތަރުޖަމާނު ޒަބިހުއްލާ މުޖާހިދު ވިދާޅުވީ, އަންހެނުންގެ ހައްގުތަކަށް އިހުތިރާމުކުރާނެ ކަމަށެވެ. އަންހެނުން ވަޒީފާއަށް ނުކުތުމާއި, އަންހެންކުދިން ތައުލީމު ހާސިލްކުރުމަށް ސްކޫލްތަކަށް ދިޔުމަށް ހުރަސް ނާޅާނެ ކަމަށްވެސް ތާރުޖަމާނު ވިދާޅުވިއެވެ.

އިސްލާމީ އުސޫލްތަކާ އެއްގޮތަށް ހުރިހާކަމަކަށްވެސް ޖާގަދެވޭނެ ކަމަށާއި, އަންހެނުންނާމެދު އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅޭނެ ކަމަށް ފާހަގަކުރެއްވިއެވެ.

ތަރުޖަމާނު ވިދާޅުވީ, ނޫސްވެރިކަމުގެ މިނިވަންކަމާއި, ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ޖާގަ ދެވޭނެ ކަމަށެވެ. އަފްޣާންގެ ސަގާފަތާއި, އުސޫލުތަކުގެ ތެރެއިން މީޑިއާތަކަށްވެސް ޖާގަ ދެވޭނެ ކަމަށް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ ގެދޮރަށް ވަދެ ކުރީގެ ސަރުކާރަށް ޚިދުމަތްކުރި މީހުންނަށް އެއްވެސް އަދަަބެއްދިނުމުގެ ވިސްނުމެއް ނެތް ކަަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

އަންގާރަ ދުވަހުގެ ވަގުތެއްގައި ތާލިބާނުންގެ އިސް ލީޑަރެއް ކަމަށްވާ މުއްލާ އަބްދުލް ޣަނީ ބަރަދާރ ވަނީ ކަންދަހާރަށް ވަޑައިގެންފައެވެ. އޭނާ އަފްޣާނަށް ވަޑައިގަތުން މިއީ އައި ސަރުކާރު އެކުލަވާލުގެ ސިގްނަލެއް ކަމަށްވަނީ ބެލެވެން ފަށާފައެވެ.

ތާލިބާނުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ތާލިބާނުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
16 އޯގަސްޓު 2021 | 21:52

ކާބުލްގަިއި ތިބި އިނގިރޭސިވިލާތުގެ މީހުން ބޭލުމަށް އިތުރު 200 ސިފައިން ފޮނުވައިފި

ކާބުލްގައި ތިބި އިނގިރޭސިވިލާތުގެ މީހުން ބޭލުމަށް އިތުރު 200 ސިފައިން އެ ގައުމުން ފޮނުވައިފިއެވެ.

އިނގިރޭސިވިލާތުގެ ފޮރިން ސެކެރެޓަރީ، ޑޮމިނިކް ރާބް ވިދާޅުވީ، ހޯމަ ދުވަހު ކާބުލް އެއަރޕޯޓުން ފެނުނު މަންޒަރުގެ ސަބަބުން އެ ގައުމުގެ 900ވަރަކަށް ސިފައިން އެއަރޕޯޓުގެ ސެކިއުރިޓީ ބަލަހައްޓަމުންދާނެ ކަމަށެވެ. އިނގިރޭސިންނާއި އަފްޣާންގެ ރައްޔިތުންވެސް ހިމެނޭ ގޮތަށް، އިނގިރޭސި ސިފައިންނާއެކު މަސައްކަތްކުރި 350ށްވުރެ ގިނަ މީހުން ކާބުލްގައި މިހާރު އެބަތިއްބެވެ.

ރާބް ވިދާޅުވީ، ރެފިއުޖީންގެ ގޮތުގައި ގެންދެވޭނީ ކިހާބައެއްކަން ކަނޑައެޅުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. މިހާރު އެއޮތް ހާލަތު އެއީ އިނގިރޭސި ވިލާތުން ބޭނުންވާ ހާލަތެއް ނޫން ކަމަށެވެ. އެހެންނަމަވެސް މިހާރު ހަގީގަތާ ކުރިމަތިލާން މިހާރު ޖެހިފައިވާ ކަމަށެވެ.

އިނގިރޭސިންނަށް ޚިދުމަތް ކޮށްދިނުމުގައި އަފްޣާންގެ 3،300ށްވުރެ ގިނަ މީހުން މަސައްކަތްކުރި ކަަމަށްވަނީ ބެލެވިފައެވެ.

16 އޯގަސްޓު 2021 | 20:36

އެމެރިކާ ސިފައިން އަފްޣާނުން ބޭލުމަށް ނިންމި ނިންމުން ބައިޑެން ދިފާއު ކުރައްވައިފި

އެމެރިކާ ސިފައިން އަފްޣާނުން ބޭލުމަށް ނިންމި ނިންމުން ބައިޑެން ދިފާއު ކުރައްވައިފިއެވެ. އަފްޣާންގެ މަސްރަހާ ގުޅޭ ގޮތުން ޓީވީ މެދުވެރިކޮށް ދެއްކެވި ވާހަކަފުޅުގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ، އަފްޣާންގެ މަސްރަހު ބަދަލުވެގެންދިޔައި އުންމީދު ކުރިވަރަށްވުރެ އަވަހަށް ކަމަށެވެ.

ބައިޑެން ވިދާޅުވީ، އެމެރިކާ ސިފައިން އަފްޣާނުން ބޭލުމަށް ނިންމި ނިންމުކަކީ ރަނގަޅު ނިންމުމެއް ކަމަށެވެ. އަފްޣާންގެ ސިފައިން އެމީހުންގެ ދިފާއުގައި ހަނގުރާމަ ކުރަން ތައްޔާރަށް ނެތްހާލަތުގައި އެމެރިކާ ސިފައިން ހަނގުރާމައަށް ނުކުމެ އެމެރިކާގެ ސިފައިން މަރުވެގެން ދިޔުމަކީ އެދޭ ކަމެއް ނޫން ކަމަށެވެ.

16 އޯގަސްޓު 2021 | 19:55

އަފްޣާންގެ ރައީސް ހުންނެވީ އޮމާންގައި ކަމަށް ރަޝިއާއިން ތުހުމަތުކޮށްފި

ޠާލިބާނުން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް ހިފަން މަސައްކަތް ކުރަނިކޮށް, ލޭއޮހޮރުވުމަކަށް ނުގޮސް އިންސާނީ ކާރިސާއެއް ހުއްޓުވުމަށް ކަމަށް ވިދާޅުވެ، ގައުމު ދުކުރައްވައި ވަޑައިގެންނެވި އެ ގައުމުގެ ރައީސް އަޝްރަފް ޣަނީ މިހާރު ހުންނެވީ އޮމާގައި ކަމަށް ރަޝިއާއިން ތުހުމަތު ކޮށްފިއެވެ.

ފުރަތަމަ ޚަބަރު ފެތުރުނީ ރައީސް ޣަނީ، ގައުމު ދޫކުރައްވައި ވަޑައިގެންނެވީ ތަޖިކިސްތާނަށް ކަމަށެވެ. ކާބުލްގައި ހުންނަ ރަޝިއާގެ އެމްބަސީން ހޯމަ ދުވަހު ބުނީ، ރައީސް ޣަނީ ގައުމު ދޫކުރައްވައި ވަޑައިގެންނެވީ، ހަތަރު ކާރާއި، ހެލިކޮޕްޓަރު ފުރެންދެން ފައިސާ ހިއްޕަވައިގެން ކަމަށެވެ. އެއަށް ނުލެވުނު ފައިސާ ބެހެއްޓެވީ ކަމަށްވެސް ބުނެފައިވެއެވެ.

އަފްޣާންގެ ރައީސް ހުންނެވީ އޮމާގައި ކަމަށް ރަޝިއާއިން ތުހުމަތު ކުރި ނަމަވެސް އޭނާ ސީދަ ހުންނެވީ ކޮންތަނެއްގައިކަން ޔަގީން ނުވާކަމަށްވެސް ބުނެފައިވެއެވެ. ރަޝިއާގެ އެމްބަސީން ބޮޑަށް ގަބޫލުކުރެވެނީ ކާބުލްއިން ފުރައިގެން އޮމާނަށް ދަތުރު ކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ރައީސް ޣަނީ ދަތުރުކުރެއްވި އެއްވެސް ބޯޓެއް ތަޖިކިސްތާންގެ ވައިގެ ސަރަހައްދަށް ވަދެފައި ނުވާކަމަށް އެ ގައުމުގެ ކަމާ ގުޅުންހުރި ފަރާތްތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ.

އަޝްރަފް ޣަނީ - އަފްޣާނިސްތާންގެ ރައީސް
އަޝްރަފް ޣަނީ - އަފްޣާނިސްތާންގެ ރައީސް
16 އޯގަސްޓު 2021 | 06:19

އަފްގާން ހަނގުރާމަ ނިމިއްޖެ، އެދެނީ ބައިނަލްއަގުވާމީ ސުލްހަވެރި ގުޅުމަކަށް – ތާލިބާން

ތާލިބާނުން ވަނީ އައު ސަރުކާރެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައި - އަލްޖަޒީރާ
ތާލިބާނުން ވަނީ އައު ސަރުކާރެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައި - އަލްޖަޒީރާ

އަފްގާންގައި ކުރަމުން ދިޔަ ހަނގުރާމަ ނިމިއްޖެ ކަމަށާއި، އެދެނީ ބައިނަލް އަގުވާމީ މުޖްތަމައުއިން ސުލްހަވެރި ގުޅުމެއް ބާއްވަން ކަމަށް ތާލިބާނުންގެ ސިޔާސީ އޮފީހުން ބުނެފިއެވެ.

ތާލިބާނުންގެ ސިޔާސީ އޮފީހުގެ ތަރުޖަމާން އަލްޖަޒިރާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އެކަހެރިވެގެން ތިބެން ބޭނުން ނުވާ ކަމަށާއި، އަފްގާންގައި އައު ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ތާލިބާނުންގެ ތަރުޖަމާނު މުހައްމަދު ނައީމް ވަނީ ބައިނަލްއަގުވާމީ ސުލްހައަށް ވެސް ގޮވާލައްވާފައެވެ.

އޭނާ ވިދާޅުވީ ބޭނުންވާ ކަންކަން ހަސިލްވެފައިވާ ކަމަށާއި، އެއީ ގައުމުގެ މިނިވަންކަމާއި ރައްޔިތުންންނަށް މިނިވަންކަން ހޯދައި ދިނުން ކަމަށެވެ. އަދި އަމިއްލަ ބިން ބޭނުންކޮށްގެން ގައުމަށް ހަމަލާދިނުމުގެ ފުރުސަތު ނުދޭނެ ކަމަށާއި، އެއްވެސް މީހަކަށް އަނިޔާވެރިވާން ބޭނުން ނުވާ ކަމަށެވެ.

އަފްގާންގެ ހާލަތާއި ގުޅޭ ގޮތުން އދގެ ސެކިއުރިޓީ ކައުންސިލުން ހޯމަ ދުވަހުގެ ވަގުތެއްގައި މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

16 އޯގަސްޓު 2021 | 04:25

އަފްގާނިސްތާނުގެ ރައީސް އަޝްރަފް ޢަނީޤައުމު ދޫކުރައްވާ ވަޑައިގަންނަވަނީ

އަފްގާނިސްތާނުގެ ރައީސް އަޝްރަފް ޢަނީވެސް ޤައުމު ދޫކުރައްވައި ވަޑައިގަންނަވާ ވީޑިއޯއެއް މިވަނީ އާންމުވެފައެވެ.

15 އޯގަސްޓު 2021 | 20:29

ތާލިބާން ހަނގުރާމަވެރިން ރިޔާސީ ގަނޑުވަރުގެ ތެރެއަށް!

އަޕްޣާނިސްތާނުގެ ހަނގުރާމަވެރިން ރިޔާސީ ގަނޑުވަރު، ކާބުލް ޕެލަސްތެރެއަށް ވަދެއްޖެއެވެ.

އަފްޣާންގެ ދިދައެއް ޕޯޑިއަމުން ނަގާ މަންޒަރު ދައްކައިދޭ ފޮޓޯ - އަލްޖަޒީރާ
އަފްޣާންގެ ދިދައެއް ޕޯޑިއަމުން ނަގާ މަންޒަރު ދައްކައިދޭ ފޮޓޯ - އަލްޖަޒީރާ

ތާލިބާނުން ރިޔާސީ ގަނޑުވަރަށް ވަދެފައި މިވަނީ ރައީސް އަޝްރަފް ޣަނީ ޤައުމު ދޫކޮށް ފިއްލެވިތާ ގަޑިއިރުތަކެއް ފަހުންނެވެ.

ތާލިބާން ހަނގުރާމަވެރިން ދަނީ މިކަމާއި ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. ނޫސްވެރިންގެ ބައްދަލުވުމުގެ ކުރިން އަފްޣާންގެ ދިދައެއް ޕޯޑިއަމުން ނަގާ ފޮޓޮއެއް މިހާރު ވަނީ އާންމުވެފައެވެ.

15 އޯގަސްޓު 2021 | 18:36

އަލްބޭނިއާ އާއި ކޮސޯވޯއިން އަފްގާން ރެފިއުޖީންނަށް ހިމާޔަތް ދެނީ

އަފްގާންގެ ހާލަލު ގޯސްވެ އެތައް ހާސް ބަޔަކު ގައުމު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދިއުމަށް މަސައްކަތް ކުރަމުން އަންނަ އިރު، އަލްބޭނިއާ އާއި ކޮސޯވޯއިން އަފްގާންގެ ރެފިއުޖީންނަށް ހިމާޔަތްދޭނެކަމަށް ބުނެފިއެވެ.

15 އޯގަސްޓު 2021 | 18:29

ތާލިބާނުން އަފްގާނުގެ ސަރުކާރާއި ހަވާލުވުމާއި ބައިނަލްއަގުވާމީ ދުނިޔެ ދެކޮޅު

އަފްގާންގެ ސަރުކާރާއި ތާލިބާނުން ހަވާލުވުމަށް ތައްޔާރުވަމުން އަންނަ އިރު ތާލިބާނުންނަކީ އަފްގާންގެ ސަރުކާރު ކަމަށް ބަލައިގަތުމަށް ބައިނަލްއަގުވާމީ ދުނިޔެ ދަނީ ދެކޮޅު ހަދަމުންނެވެ. އެގޮތުން އަފްގާންގެ ސަރުކާރަކީ ތާލިބާނުން ކަމަށް ދެކެވަޑައި ނުގަތުމަށް އިނގިރޭސީ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ ގޮވާލައްވާފައެވެ.

15 އޯގަސްޓު 2021 | 18:22

ޠާލިބާނުންނަކީ ކޮން ބައެއް؟

15 އޯގަސްޓު 2021 | 18:21

ކާބުލްގައި ތިބި ޔޫކޭ އެމްބަސީގެ މުވައްޒަފުން އަނބުރާ ޤައުމަށް

ޠާލިބާނުން ވެރިވެގަނެފައިވާ ކާބުލްގައި މިހާރު ތިބި ޔޫކޭ އެމްބަސީގެ މުވައްޒަފުން އަނބުރާ ޤައުމަށް ގޮސްފައިވާކަމަށް ބީބީސީން ރިޕޯޓު ކޮށްފި. އެގޮތުން ރޯޔަލް އެއަރޕޯސްއިން މިހާރު ވަނީ އެމްބަސީ މުވައްޒަފުން އަނބުރާ ގެންގޮސްފައި. ނަމަވެސް އެމްބެސެޑަރާއި އިތުރު ބައެއް މުވައްޒަފުން ވަނީ އަފްޣާނިސްތާނުގައި ދިރިއުޅޭ ޔޫކޭ ރައްޔިތުން އަނބުރާ ޤައުމަށް ދިއުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެ ޤައުމުގައި މިވަގުތަށް މަޑު ކުރުމަށް ނިންމާފައި

15 އޯގަސްޓު 2021 | 18:15

ވެރިރަށް ކާބުލް ހިފުމަށް ތާލިބާނުން ތިބީ ތައްޔާރުވެގެން!

15 އޯގަސްޓު 2021 | 18:14

އަފްޣާންގައި ތިބި އެމެރިކާގެ ރައްޔިތުން ވީހާވެސް އަވަހަށް ރައްކާތެރިކަން ހޯދުމަށް އެދިއްޖެ

އެމެރިކާގެ އެމްބަސީން ނެރުނު އެލަރޓަކާއި ޙަވާލާދީ ބީބީސީގައި ރިޕޯޓުކޮށްފައިވާ ގޮތުން ކާބުލް އެއަރޕޯޓުގައި ބަޑީގެ ޙަމަލާތަކެއް ދީފައިވާއިރު، އެކަމާ ގުޅިގެން މިވަގުތު ވަނީ ސެކިއުރިޓީ އެލަރޓެއް ނެރިފައެވެ. އޮފިޝަލުން ވަނީ އެ ޤައުމުގައި ދިރިއުޅޭ އެމެރިކާގެ ރައްޔިތުން ވީހާވެސް އަވަހަށް ރައްކާތެރިކަން ހޯދުމަށް އެދިފައެވެ. އަދި ކާބުލްގެ ސެކިއުރިޓީ ޙާލަތު ކޮންމެ ވަގުތެއްގައިވެސް ބަދަލުވެދާނެ ކަމުގެ އިންޒާރު އެމެރިކާއިން ވަނީ ދީފައެވެ.

15 އޯގަސްޓު 2021 | 18:13

ކާބުލް އެއަރޕޯޓުގައިވެސް ބަޑީގެ ޙަމަލާތަކެއް، ޢަނީވެސް ޤައުމުން ބޭރަށް!

އަފްގާނިސްތާނުގެ ޙާލަތު ގޯސްވެފައިވާއިރު، އެ ޤައުމުގެ ރައީސް އަޝްރަފް ޢަނީވެސް ވަނީ ޤައުމު ދޫކުރައްވައި ވަޑައިގެންފައެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންވެސް ވަނީ ޢަނީއަށް އަމާޒުވެފައެވެ. ރިޕޯޓުތައް ބުނާގޮތުން ޢަނީ ވަޑައިގެންނެވީ ތަޖިކިސްތާނަށެވެ.

ބީބީސީގެ ނޫސްވެރިއެއް ކަމަށްވާ ޔަލްދާ ޙަކީމްއާ ޙަވާލާދީ އެ ނޫހުގެ ލައިވް ބްލޮގްގައި ރިޕޯޓު ކޮށްފައިވާ ގޮތުން ތާލިބާނުންގެ އޮފިޝަލަކު ވަނީ އަފްގާނިސްތާނުގެ ރައްޔިތުންނާއި އެމީހުންގެ މުދަލަށް ގެއްލުމެއް ނުދޭނެކަމަށް ބުނެފައެވެ. އަދި ތާލިބާނުންނަކީ ރައްޔިތުންނަށް ޚިދުމަތް ކޮށްދޭނެ ބައެއްކަމަށް އޭނާ ވަނީ ބުނެފައެވެ.

15 އޯގަސްޓު 2021 | 18:13

އަފްޣާނިސްތާނުގެ ރިޔާސީ ގަނޑުވަރު ޠާލިބާނުންގެ ބާރުގެ ދަށަށް!

ޠާލިބާނުގެ ހަނގުރާމަވެރިން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއަށް އަރައި، ކާބުލްގައި ހުންނަ އެ ޤައުމުގެ ރިޔާސީ ގަނޑުވަރުވެސް އެޖަމާޢަތުގެ ބާރުގެ ދަށަށް ގެންގޮސްފިއެވެ.

ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން އާދީއްތަ ދުވަހުގެ ވަގުތެއްގައި ޠާލިބާނުން ވަނީ އަފްޣާނިސްތާނުގެ މައި ރިޔާސީ ގަނޑުވަރަށް ވަދެ، އެތަން އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އެޤައުމުގެ ރައީސް އަޝްރަފް ޣަނީ ވަނީ އޭގެ ކުރިން އެ ޤައުމު ދޫކުރައްވައި ތަޖިކިސްތާނަށް ވަޑައިގެންފައެވެ.