އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ލިސްޓު އާންމުކުރުން

  • ބޮޑު ޚިޔާނާތުގެ ލިސްޓުގައި މިހާރު މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ 4 މެމްބަރުންގެ ނަން
  • ބޮޑު ޚިޔާނާތުގެ ލިސްޓުގައި މިހާރު މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ ހުރިހާ މެމްބަރުންގެ ނަން
  • ލިސްޓުގެ ތަހުގީގު އަދި ނުނިމޭ
 
Writer Profile Picture
އާއިޝަތު ޝިއުރާ
ބޮޑު ޚިޔާނާތުގެ ލިސްޓުގައި މިހާރު މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ 4 މެމްބަރުންގެ ނަން

އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާގައި ޖެހިފައިވާ މީހުންގެ ލިސްޓް އާންމުކޮށްފައިވާއިރު އެލިސްޓްގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ 4 މެމްބަރުންގެ ނަން ވަނީ ހިމެނިފައެވެ.

އޭގެތެރޭގައި ހިމެނެނީ އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރ މެދު ހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމް، މުލަކު ދާއިރާގެ މެމްބަރ އިބްރާހީމް ނަސީރު، މަރަދޫ ދާއިރާގެ މެމްބަރ އިބްރާހީމް ޝަރީފް އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރ އަހުމަދު އީސާ އެވެ.

12 މެއި 2021 | ބުދަ 17:32
Writer Profile Picture
އާއިޝަތު ޝިއުރާ
ބޮޑު ޚިޔާނާތުގެ ލިސްޓުގައި މިހާރު މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ ހުރިހާ މެމްބަރުންގެ ނަން

އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާގައި ޖެހިފައިވާ މީހުންގެ ލިސްޓް އާންމުކޮށްފައިވާއިރު އެލިސްޓްގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ 6 މެމްބަރުންގެ ނަންވެސް ވަނީ ހިމެނިފައެވެ.

އޭގެތެރޭގައި ހިމެނެނީ ޕީޕީއެމްގެ ޕީޖީ ލީޑަރ އަދި އޭދަފުށި ދާއިރާގެ މެމްބަރ އަހުމަދު ސަލީމް، ނައިފަރު ދާއިރާގެ މެމްބަރ އަހުމަދު ޝިޔާމް، ގުރައިދޫ ދާއިރާގެ މެމްބަރ އިބްރާހީމް ރިޒާ، މަހިބަދޫ ދާއިރާގެ މެމްބަރ އަހުމަދު ތާރިގް، ތ ގުރައިދޫ ދާއިރާގެ މެމްބަރ މުހައްމަދު ޣައްސާން މައުމޫން އަދި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރ ހުސައިން މުހައްމަދު ލަތީފެވެ.

12 މެއި 2021 | ބުދަ 17:15
Writer Profile Picture
ޝުރުފާ މުހައްމަދު
ލިސްޓުގެ ތަހުގީގު އަދި ނުނިމޭ

281 މީހަކު ހިމެނޭ ލިސްޓަކީ އަދި ތަހުގީގު ނުނިމޭ ލިސްޓެކެވެ. އޭގެ ތެރޭގައި މިހާރު މައުލޫމާތު އެއްކުރަމުންދާ މީހުންނާއި، ދައުވާކުރުމުގެ މަރުހަލާގައި ތިބި އަދި އިންވެސްޓިގޭޓްކުރާ މީހުން ވެސް ހިމެނެއެވެ. އެކަމަކު ވެސް ހިމެނޭ މީހުންގެ ލިސްޓު އާންމުކޮށްފައި ވަނީ ތަހުގީގަށް ހުރަސް ނޭޅޭނެކަމުގެ ޔަގީންކަން އޮތުމުން ކަމަށް ޖޮއިންޓް ކޮމިޓީން ބުނެފައިވެއެވެ.

12 މެއި 2021 | ބުދަ 16:52
Writer Profile Picture
ޝުރުފާ މުހައްމަދު
ރައީސް މައުމޫންގެ ތިން ބޭފުޅުންގެ ނަންވެސް ލިސްޓުގައި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ބޭފުޅުންގެ ތެރެއިން ޔުމްނާ މައުމޫން ނޫން އެހެން ހުރިހާ ބޭފުޅުންނަށް އެކި ގޮތްގޮތުން ފައިސާ ލިބިފައިވާ ކަމަށް ލިސްޓުގައިވެއެވެ. އެއީ ފާރިސް މައުމޫން އާއި ޣައްސާން މައުމޫންގެ އިތުރަށް ދުންޏާ މައުމޫންނެވެ.

ރައީސް ޔާމިންގެ ދައުރުގައި ގޮނޑި ގެއްލުނު މެމްބަރުންގެ ތެރޭގައި ފާރިސް މައުމޫން ހިމެނިވަޑައިގަންނަވައެވެ.

12 މެއި 2021 | ބުދަ 16:43
Writer Profile Picture
ޝުރުފާ މުހައްމަދު
ވަޒީރުންގެ ތެރެއިން ލިސްޓުގައި އޮތީ މަހުލޫފުގެ ނަން އެކަނި

މި ސަރުކާރުގެ ވަޒީރުންގެ ތެރެއިން ލިސްޓުގައި ހިމެމެނީ ޔޫތު މިނިސްޓަރ، އަހުމަދު މަހްލޫފްގެ ނަން އެކަންޏެވެ. މިނިސްޓަރގެ މައްސަލަ މިހާރު އޮތް މަރުހަލާ ބަޔާންކޮށްފައިވާއިރު އެ މައްސަލަ މިހާރު އޮތީ ދައުވާކުރުމުގެ މަރުހަލާގައި ކަމަށް ވެސް ލިސްޓުގައިވެއެވެ.

12 މެއި 2021 | ބުދަ 16:38
Writer Profile Picture
ޝުރުފާ މުހައްމަދު
ލިސްޓުގައި ޕީޖީ ޝަމީމްގެ ނަމެއް ނެތް

މި ލިސްޓުގެ ވާހަކަދެކެވެން ފެށީންސުރެއް ލިސްޓުގައި ޕީޖީ ޝަމީމްގެ ނަން އޮތް ކަމަށް ބުނެ ވާހަކަތައް ދެކެވުނުނަމަވެސް ލިސްޓުގައި އެމަނިކުފާނުގެ ނަމެއް ނެތެވެ. އެކަމަކު އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތުގެ ނަން ލިސްޓުގައި ހިމެނިފައިވެއެވެ.

12 މެއި 2021 | ބުދަ 16:35
Writer Profile Picture
ޝުރުފާ މުހައްމަދު
ފައިސާގެ މަންފާ ލިބުނު 281 މީހުން ލިސްޓުގައި ހިމެނޭ

ފައިސާގެ މަންފާ ލިބުނު 281 މީހުން ލިސްޓުގައި ހިމެނޭއިރު އޭގެ ތެރޭގައި ކުރިން ތިބި އަދި މިހާރު ވެސް މަގާމުތަކުގައި ތިބި 119 މީހަކު ހިމެނެއެވެ. ލިސްޓުގައި އެމީހަކަށް ލިބުނު ފައިސާގެ އަދަދު އެނގޭނެހެން ނެތް ނަމަވެސް، އެމީހަކު އަދާކުރީ ކޮން ވަޒީފާއެއްކަން ބަޔާންކޮށްފައިވެއެވެ.

12 މެއި 2021 | ބުދަ 16:32
Writer Profile Picture
ޝުރުފާ މުހައްމަދު
ހެކިތައް އެކި ކެޓެގަރީތަކަށް ބަހައި ރިޕޯޓުގައި ވަނީ ޕޮއިންޓު ދީފައި

ހެކިތަކުގެ ތެރެއިން، ފައިސާގެ މެންފާ ލިބިފައިވާ މީހުންގެ މަގާމާއި، އޭރު ހުރި މަގާމާއި މިހާރުގެ މަގާމުގެ އިތުރުން ލިބިފައިވާ ފައިސާގެ އަދަދާއި އެހެނިހެން ކިތާބީ ހެއްކަށް ވަނީ ވަކި ޕޮއިންޓެއް ކަނޑައަޅާފައެވެ.

ޕޮއިންޓް އެންމެ ގިނައިން ދީފައި ވަނީ 10އާ ހަމައަށެވެ.

12 މެއި 2021 | ބުދަ 16:24
Writer Profile Picture
ޝުރުފާ މުހައްމަދު
އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ލިސްޓު އާންމުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއާއި، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ އާންމުކުރި ލިސްޓުގައި ކުރީ ސަރުކާރުގެ އިސްވެރިންނާއި މި ސަރުކާރުގެ ބައެއް ވެރިން ވެސް ހިމެނެއެވެ.

12 މެއި 2021 | ބުދަ 16:13