Raajje.mv

ރަށްވެހި ފަތިސް - ކެނޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާއެކު ބާއްވާ ސިލްސިލާ ބައްދަލުވުން

ރަށްވެހި ފަތިސް - ކެނޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާއެކު ބާއްވާ ސިލްސިލާ ބައްދަލުވުން (ށ.އަތޮޅު)

30 މާރިޗު 2021
157497
ރަށްވެހި ފަތިސް ކެމްޕެއިންގެ ތެރެއިން،

ރަށްވެހި ފަތިސް ކެމްޕެއިންގެ ތެރެއިން،

30 މާރިޗު 2021 | 17:52

ރައްޔިތުންގެ ދިިރިއުޅުމުގެ ހާލަތު ރަނަގަޅު ކުރަން އަބަދުވެސް މަސައްކަތް ކުރާނަން- ރައީސް

ކޮވިޑްގެ މިހާލަތުގައިވެސް ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ބޮޑު ޚަރަދެއް ކޮށްފައިވާ ކަމަށާއި، ކުރިއަށް އޮތް އިންތިޚާބަކީ އެމްޑީޕީއަށް ކާމިޔާބު އިންތިޚާބަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ބައްދަލުވުން ނިންމާލާފައިވަނީ އެމްޑީޕީގެ ކެމްޕެއިން ލަވަ ލޯންޗް ކުރުމާއެކުގައެވެ.

30 މާރިޗު 2021 | 17:28

ކޮމަންޑޫ ނަރުދަމާ ހުއްޓިފައި އޮތީ ކޮވިޑްގެ ހާލަތާހެދި

ކޮމަންޑޫ ނަރުދަމާގެ މަސައްކަތް ފެށުމަށް ބޭނުންވާ ތަކެތި އަންނަ ހަފްތާގެ ތެރޭގައި އެރަށަށް ގެންދާނެ ކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

30 މާރިޗު 2021 | 17:25

ޑޮކްޓަރުންނާއި ނަރުހުން އަހަރުގެ މެދުތެރޭގައި ފޯރުކޮށްދޭނެ

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރ ވިދާޅުވީ، ޑޮކްޓަރުންނާއި ނަރުހުން މަދު ރަށްރަށަށް މިއަހަރުގެ މެދުތެރޭގައި ޑޮކްޓަރުންނާއި ނަރުހުން ފޯރުކޮށްދޭނެ ކަމަށެވެ.

30 މާރިޗު 2021 | 17:22

304 މިލިއަން ރުފިޔާ ދައުލަތުން ށ އަތޮޅަށް ޚަރަދުކޮށްފައިވޭ

ރައީސް ވިދާޅުވީ އަތޮޅުތަކުގެ ތެރއިން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ށ އަތޮޅަށް ކަމަށާއި މުޅިއެކު 304 މިލިއަން ރުފިޔާ ދައުލަތުން ޚަރަދު ކޮށްފައިވާ ކަމަށެވެ. އެގޮތުން 512 ދަރިވަރުން ޑިގްރީ ޕްރޮގްރާމްގައި ކިޔަވަމުންދާ ކަމަށާއި، 1502 މީހަކަށް 23.1 މިލިއަން ރުފިޔާ އިންކަން އެލަވަނސްގެ ގޮތުގައި ދޫކޮސްފައިވާ ކަމަށާއި، އެސްއެމްއީ ލޯންގެ ގޮތުގައި 9.6 މިލިއަން ރުފިޔާ ށ އަތޮޅުގެ އެކި ރަށްރަށަށް ދޫކޮށްފައިވާކަށް ރައީސް ވިދާޅުވިއެވެ. އަދި ހަމައެއާއެކު ކަރަންޓް ސަބްސިޑީގެ ގޮތުގައި 53 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

30 މާރިޗު 2021 | 17:19

މަރޮއްޓަށް ދިމާވެފައިވާ ދަތުރުފަތުރުގެ ދަތިތައް ރަށުފެރީ ނިޒާމާއެކު ހައްލުވާނެ

މަރޮށީގައި، 10.8 ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްފައިވާކަމަށާއި، ފެނާއި ނަރުދަމާގެ 35 މިލިއަން ރުފިޔާގެ މަޝްރޫއު ފެށިގެން މިހާރު ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.

30 މާރިޗު 2021 | 17:16

8.8 މިލިއަން ރުފިޔާ ނަރުދޫއަށް ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްފައިވާ

ނަރުދޫގެ ފުޓްސްލް ދަނޑު ލެވެލް ކުރުމާއި ޓާރފް ފިޔަވައި އެހެން ކަންކަން ނިމިފައިވާ ކަމަށާއި، ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް 600 ކިލޯވޮޓްގެ ޖަނަރޭޓަރ ބެހެއްޓިފައި، އިތުރަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ފެނަކައާއި ވާހަކަ ދައްކަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިދިޔަ ދެ އަހަރު 8.8 މިލިއަން ރުފިޔާ ނަރުދޫއަށް ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.

ނަރުދޫގެ 21 ފަރާތަކަށް އިންކަން ސަޕޯޓް އެލަވަންސް ދޫކޮށްފައިވެއެވެ.

30 މާރިޗު 2021 | 17:00

އަސާސީ މަސައްކަތްތައް ފެށިގެން ކުރިއަށްދަނީ

ބަނދަރު ރިކޮންސްޓްރަކްޝަން މަސައްކަތް ކުރިއަށްދާ ކަމަށާއި، ފެނާއި ނަރުދަމާގެ މަސައްކަތް ވެސް ފެށިގެން ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ. ކުނި މެނޭޖް ކުރުން އޮފިޑްގެ ދަށުން ކުރިއަށް ގެންދަން ރާވާފައިވާކަމަށް ވިދާޅުވިއެވެ. ފުޓުބޯޅަ ދަނޑުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް ވިދާޅުވިއެވެ.

ފޭދޫގައި ބަނދަރު އަޕްގްރޭޑް ކުރުން މި އަހަރަށް ރޭވިފައި އޮތްކަމަށް ރައީސް ވިދާޅުވިއެވެ. ފެނާއި ނަރުދަމާ އެޕްރީލް މަހު ޓެންޑަރ ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި މީގެ އިތުރުންވެސް ޓެންޑަ މަރުހަލާގައި ބައެއް މަޝްރޫއުތައް ހުރިކަން ފާހަގަކުރެއްވިއެވެ. ފުލުހުންގެ ޚިދުމަތް ރަށަށް ލިބިގެން ދާނެ ކަމަށް ވިދާޅުވިއެވެ.

30 މާރިޗު 2021 | 16:53

ބިލެތްފަހީގައި އެއަރޕޯޓް އަޅާނެ

ބިލެތްފައި އެއަރޕޯޓް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށާއި، ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ވިދާޅުވިއެވެ.

30 މާރިޗު 2021 | 16:52

ފުނަދޫގައި ފެނުގެ ނިޒާމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ

ފެނުގެ ނިޒާމުގެ މަސައްކަތް ކޮންޓްރެކްޓް ކޮށްފައިވާ ކަމަށާއި، 44.5 މިލިއަން ރުފިޔާގެ މަޝްރޫއުގެ މި މަސައްކަތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑްކުރުން ޓެންޑަރ ކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

30 މާރިޗު 2021 | 16:48

މިލަންދޫ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ކުރެހުން ނިމި، އެޕްރީލްގައި ޓެންޑަރ ކުރެވޭނެ

މިލަންދޫގައި 38 މިލިއަން ރުފިޔާގެ ޕީއެސްއައިޕީ މަސައްކަަށް މިހާތަކަށް ކޮށްފައިވާކަމަށާއި، 800 ކިލޯވޮޓް ޖަނަރޭޓަރ ސެޓް ބަހައްޓާ ނިމިފައިވާ ކަމަށާއި، 700 ކިލޯވޮޓްގެ ޖަނަރޭޓަރ ސެޓެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.

މިލަންދޫ މަގު ހެދުމުގެ މަސައްކަތް މިހާރު އާރްޑީސީން ކުރިއަށް އެބަގެންދާ ކަމަށް ވިދާޅުވިއެވެ.

ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ކުރެހުން ނިމި، އެޕްރީލްގައި ޓެންޑަރ ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ނަލަންދޫގައި އެހެން ފަރާތަކުން މަސައްކަތްތަކެއް ކޮށްފައިވާތީވެ އެކަމަށް ބަދަލު ދޭން ޖެހޭ ކަމަށާއި، އެކަމާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

30 މާރިޗު 2021 | 16:43

1 މަސް ފަހުން ނޫމަރާއަށް ސޯލަރ އިން ކަރަންޓް ދެވޭނެ

ރައީސް ވިދާޅުވީ، ނޫމަރާގައި 14 މިލިއަން ރުފިޔާގެ ޕީއެސްއައިޕީ މަސައްކަތް ކުރެވިފައިވާ ކަމަށެވެ.

ސޯލަރ ސިސްޓަމް ބޭނުންކޮށްގެން ކަރަންޓް ފޯރުކޮށްދިނުމަށް 69 ކިލޯވޮޓްގެ ސޯލަރ ޖަހާ ނިމިފައިވާ ކަމަށާއި، 1 މަސް ފަހުން މުޅި ރަށަށް ސޯލަރ އިން ކަރަންޓް ދެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

4 ދަރިވަރަކު ޑިގްރީ ޕްރޮގްރާމްގައި ކިޔަވަމުން އަންނަ ކަމަށާއި، ފެނާ ނަރުދަމާ ޓެންޑަރކޮށްފައިވާކަން ފާހަގަ ކުރެއްވިއެވެ. 12 ފަރާތަކަށް އެއްލައްކަ ސާދަ ހާސް ރުފިޔާ އިންކަމް ސަބްސިޑީގެ ގޮތުގައި ދޫކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

30 މާރިޗު 2021 | 16:39

ގޮއިދޫގައި 86 މިލިއަން ރުފިޔާގެ ޕްރޮޖެކްޓް ޕީއެސްއައިޕީ ބަޖެޓްގެ ތެރެއިން ކުރިއަށް ގެންގޮސްފައިވާ ކަަމަށް ރައީސް ވިދާޅުވިއެވެ.

23 ދަރިވަރަކު ޑިގްރީއަށް ކިޔަވަމުންދާ ކަމަށާއި، އިންކަން ސަބްސިޑީގެ ގޮތުގައި 2.7 މިލިއަން ރުފިޔާ ގޮއިދޫއަށް ދޫކޮށްފައިވާކަމަށް ވިދާޅުވިއެވެ.

ގޮއިދޫ ސްކޫލްގެ 8 ކްލާސްރޫމްގެ މަސައްކަތް މެއި ނުވަތަ ޖޫންގައި ޓެންޑަރ ކުރެވޭނެކަން ފާހަގަ ކުރެއްވިއެވެ.

30 މާރިޗު 2021 | 16:18

ކޮމަންޑޫއަށް ދިމާވެފައިވާ ދަތުރުފަތުރުކުމުގެ ދަތިކަމަށް ހައްލު ހޯދައިދޭނަން: ރައީސް

ރިޔާސީ އިންތިޚާބުގައި ވެފައިވާ ވައުދަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ މިސަރަހައްދަށް ދިމާވެފައިވާ ދަތުރުފަތުރުގެ މައްސަލައަށް ހައްލު ހޯދައިދޭނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި އެއަރޕޯޓު އެޅުމަށް އެންމެ އެކަށީގެންވާ ރަށަކާއި ކޮބައިތޯ ބަލާނެ ކަމަށެވެ. އަދި ވިދާޅުވީ ދަތުރުފަތުރަށް ދިމާވެފައިވާ މައްސަލައަށް ހައްލު ގެންނާނެ ކަމަށެވެ.

ކޮމަންޑޫއިން ގޯތިދޫނުކުރާތާ 30 އަހަރުވެފައިވާކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދޭނެ ކަމަށެވެ. އަދި މަތިކޮމަންޑޫއާ ކޯސްވޭއަކުން ގުޅާލުމާއި ބެހޭ ގޮތުން ޕްލޭނިން މިނިސްޓްރީއާއެކު މަޝްވަރާކުރާނެ ކަމަށެވެ. އަދި ނަރުދަމާ ނިޒާމު މަސައްކަތްތައް ވެސް ކުރިއަށް އޮތްތަނުގައި ބާރް ސްޕީޑްގައި ކުރިއަށްދާނެކަމުގެ އުންމީދު އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސްވެރިންނަށް ދިމާވެފައިވާ މައްސަލައަށް ހައްލު ހޯދައިނުމަށް މަސައްކަތްތައް ކުރެވޭނެ ކަމަށާއި، އައިސްޕްލާންޓް ގާއިމް ކުރާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ވަނީ ޅައިމަގުގެ ރައްޔިތުންނަށް ވެސް އުންމީދީ މެސެޖްތަކެއް ދެއްވާފައެވެ. އެގޮތުން ސިއްހީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިތަކަށް ހައްލު ހޯދައިދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

30 މާރިޗު 2021 | 16:11

މާއުނގޫދޫ ބަނދަރުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ ފެށޭނެ: ރައީސް ސޯލިހު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މާއުނގޫދޫގައި ތަރައްގީގެ ގިނަ މަޝްރޫއުތައް މިހާރު ކުރިއަށްދާ ކަމަށެވެ. ރައީސް ވިދާޅުވީ ސޯލަރ ޕެނަލް ގާއިމް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. ފެނާއި ނަރުދަމާ ނިޒާމު ގާއިމް ކުރުމަށް ކޮންޓެކްޓް ކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ މާއުނގޫދޫއަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަމުގެ މައްސަލައަށް ހައްލު ހޯދައިދޭނެ ކަމަށެވެ. އެގޮތުން އަންނަ އަހަރު އަހަރު އަމަލީ މަސައްކަތް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.