ރަށްވެހި ފަތިސް - ކެނޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާއެކު ބާއްވާ ސިލްސިލާ ބައްދަލުވުން

  • އައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫތައް ނިމޭނެ: ރައީސް
  • އައްޑޫގައި ޕްރައިމަރީ ހެލްތު ކެއާ ފަށަން ގާނޫނީ ބަދަލު ބޭނުންވޭ
  • ފޭދޫގެ ޓޫރިޒަމް ޒޯން މިހާރު ވަނީ އިއުލާންކޮށްފައި
 
Writer Profile Picture
ޝުރުފާ މުހައްމަދު
އައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫތައް ނިމޭނެ: ރައީސް

ރައީސް ވިދާޅުވީ މދިޔަ ދެ އަހަރުގެ ތެރޭގައި އައްޑޫގެ ތަރައްގީއަށް ބޭނުންވާ ގާތްގަނޑަކަށް ހުރިހާ މަޝްރޫއެއް ފަށާފައިވާ ކަމަށެވެ. އަދި ބާކީ ހުރި ހުރިހާ މަޝްރޫއެއް ކުރިއަށް އޮތް ދެތިން މަސް ތެރޭ ފަށާނެ ކަމަށާއި ސަރުކާރުގެ މި ދައުރު ނިމުމުގެ ކުރިޖން އައްޑޫ ތަރައްގީގެ މަސައްކަތްތައް ނިމޭނެ ކަމަށެވެ.

21 މާރޗް 2021 | އާދީއްތަ 22:45
Writer Profile Picture
ޝުރުފާ މުހައްމަދު
އައްޑޫގައި ޕްރައިމަރީ ހެލްތު ކެއާ ފަށަން ގާނޫނީ ބަދަލު ބޭނުންވޭ

އައްޑޫ ސިޓީގެ މައިގަނޑު ކަންކަން ހިނގަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ދަށުން ކަމަށާއި، ޕްރައިމަރީ ހެލްރތު ކެއާގެ ކަންކަން އެ ސިޓީގައި ކުރިއަށް ގެންދެވޭނީ ގާނޫނީ ބަދަލުތަކެއް ގެނެސްގެން ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އެ ބަދަލުތައް ގެންނަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ހުޅުމީދޫގެ ހެލްތު ސެންޓަރ ތަރައްގީކޮށް އެތަނުގައި ޕްރައިމަރީ ހެލްތު ކެއާގެ ހިދުމަތް ފެށިދާނެ ކަމަށެވެ.

21 މާރޗް 2021 | އާދީއްތަ 22:20
Writer Profile Picture
ޝުރުފާ މުހައްމަދު
ފޭދޫގެ ޓޫރިޒަމް ޒޯން މިހާރު ވަނީ އިއުލާންކޮށްފައި

ގެސްޓު ހައުސް އަށް ބިން ދޫކޮށްފައިވާއިރު، ފަސޭހައިން ފައިނޭންސް ހޯދޭނެ ގޮތެއް ހެދުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އައްޑޫގައި ކަރަންޓު ބިލު ބޮޑުވާ މައްސަލައާ ގުލިގެން ވިދާޅުވީ އެކަން ދިމާވަނީ ކީއްވެކަން ބައްލަވާނެ ކަމަށެވެ. އަދި ނެޓްވޯކް ބަދަލުވުމުން އެކަން ހައްލުވާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވިއެވެ.

ރަށުގެ ނަރުދަމާގެ މަސައްކަތް މިހާރު، ޑިޒައިންކޮށް ފެނަކައަށް ހަވާލުކޮށްފައިވާ ކަމަށާއި، ސްކޫލްގެ ތަރައްގީގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއާޕޯޓްގެ ތަރައްގީގެ މަސައްކަތް ކުރަން ވެސް މިހާރު ހުރި މައްސަލަތައް ހައްލުކުރަން މަސައްކަތްކުރައްވާ ކަމަށެވެ.

21 މާރޗް 2021 | އާދީއްތަ 22:00
Writer Profile Picture
ޝުރުފާ މުހައްމަދު
ރަށުގެ ނަދަރުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް

މަރަދޫ ފޭދޫ ސްކޫލްގެ މައްސަލަ ރަށުގެ ރައްޔިތުން އެދޭގޮތަށް ހައްލުކޮށްދެވޭތޯ ބައްލަވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަރަދޫ ފޭދޫގެ މަގުހެދުމުގެ މަސައްކަތް ވެސް ކޮންޓްރެކްޓްކޮށްފައިވާ ކަމަށާއި، މިދިޔަ ދެއަހަރު ތެރޭގައި 48 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ރަށުގެ ނަދަރުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެއީ 31 މިލިއަން ރުފިޔާގެ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މަގު ހެދުމުގެ މަސައްކަތް އެގްޒިމް ބެންކާއި ސަރުކާރު ބަޖެޓުން ވެސް ކުރިއަށް ގެންދާނެ ކަމަށެވެ

21 މާރޗް 2021 | އާދީއްތަ 21:49
Writer Profile Picture
ޝުރުފާ މުހައްމަދު
މަރަދޫ އަށް 52 މިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ

މަރަދޫގެ ފެން ހިންދުމުގެ ނިޒާމު އައްޑޫގެ ތަރައްގީ ޕްރޮޖެކްޓުގެ ތެރެއިން ނިމޭނެ ކަމަށް ވިދާޅުވިއެވެ. ރަށް ގިރުމުގެ މައްސަލަ ވެސް ހަމަ އެ މަސައްކަތުގެ ތެރެއިން ނިމޭނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ ފަންޑުގެ ކަންކަން ކުރިއަށްދާ ކަމަށެވެ. މަރަދޫ ސްކޫލްގެ 12 ކްލާސްރޫމް މި ސެޕްޓެމްބަރަށް ނިމޭނެ ކަމަށާއި މަލްޓިޕަރޕަސް ހޯލްގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އައު ގާނޫނާއި އެކު ފުލުހުންގެ ހިދުމަތް ރަނގަޅުކުރުމަށް މަސައްކަތްކުރަމުން އަންނައިރު، އައްޑޫގައި ވެސް ހިދުމަތް ރަނގަޅުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަރަދޫ އަށް 52 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އެގޮތުން ބަނދަރުގެ މަސައްކަތާއި ސްކޫލްގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށް ވިދާޅުވިއެވެ. މަރަދޫގް ޓޫރިޒަމް ޒޯން އިއުލާންކޮށް މަސައްކަތްކުރާ ކަމަށާއި، ގޭދޮށު މަސް ފެކްޓްރީގެ މަސައްކަތް މިހާރު އޮތީ ކައުންސިލްއާ ހަވާލުވެފައި ކަމަށް ވިދާޅުވިއެވެ.

ބިން ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ޓެންޑަރ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

21 މާރޗް 2021 | އާދީއްތަ 21:43
Writer Profile Picture
ޝުރުފާ މުހައްމަދު
އައްޑޫ ސިޓީއަށް ވީ ވައުދުތައް ފުރިހަމަކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވައިފި

ރައީސް ވިދާޅުވީ ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ބަޖެޓެއް ހޭދަކުރި އެއް ތަނަކީ އައްޑޫ ކަމަށެވެ. އެގޮތުން ޕިއެސްއައިޕީ އަށް އެކަނި 535 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މަދިރީގެ މައްސަލަ ހައްލުކުރުމަށް ސިޓީ އަދި ކައުންސިލްގެ ޒިންމާއެއް ކަމަށާއި، އެކަން އިންތިޒާމުކުރުމުން އެކަމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުމާއި އެހީ ފޯރުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވައްކަމުގެ މައްސަލަ ހައްލުކުރަން ސިޓީގައި ފުލުހުންގެ އަދަދު އިތުރު ކުރުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. މީގެ އިތުރަށް ނަފްސާނީ ބަލިތަކުގެ ސެންޓަރާ ގުޅިގެން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ސެންޓަރުތައް ގާއިމްކުރަން މަސައްކަތް ކުރާއިރު އައްޑޫ ސިޓީ އެކަމުގައި ހިމެނޭ ކަމަށް ވިދާޅުވިއެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުޑަކުދިންގެ މައްސަލައާ ގުޅުގެން ރައީސް ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ރިހެބިލިޓޭޝަން ފަރުވާ އަދި ތެރަޕީ ދެވޭނެ ސެންޓަރެއް މަރަދޫ ފޭދޫގައި އަޅަން އެޕްރޫވްކޮށްފައިވާ ކަމަށެވެ. އަދި އެކަން ކުރިއަށް ދާނީ އޭއީއެޗްގެ ބެލުމުގެ ދަށުން ކަމަށް ވެސް ވިދާޅުވިއެވެ.

ހިތަދޫ ގިރާ ސަރައްދުގެ މައްސަލަ ބިން ހިއްކުމުގެ ތެރެއިން ހައްލުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ޝަންގްރިއްލާއާއި ހެރެތެރެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ދެރަށަށް ދަތުރުކުރުމުގެ އަގު ބޮޑުވުން ކަމަށެވެ. މިހާރު އެތަނުގެ ކުލި ކުޑަކޮށްފައިވާ ކަމަށާއި ވީހާވެސް އަވަހަށް އެތަން ހުޅުވަން މަސައްކަތްކުރާއިރު މިހާރު ހުރި މައްސަލަތައް ހައްލުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ޓޫރިޒަމް އަށް 4،000 އެނދަށް ބޭނުންވާ ބިން ދޫކުރުމުގެ މަސައްކަތްކުރާ ކަމަށެވެ. އެގޮތުން 61 ބިން އިއުލާންކޮށް އެއްބައި ހަވާލު ވެސް ކޮށްފައިވާ ކަމަށެވެ. އަދި އެކަމަށް ފަސޭހައިން ލޯން ލިބޭނެ މަގުފަހިކުރުމަށް ވެސް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިންތެޓިކް ޓަރފް ޓްރެކެއް މި އަހަރު އައްޑޫ ސިޓީގައި އަޅާނެ ކަމަށެވެ. ރަށު ހޮސްޕިޓަލުގައި ސްޕެޝަލިސްޓުންގެ ކިއު ދިގުވުމުގެ މައްސަލައާ ގުޅިގެން ރައީސް ވިދާޅުވީ މިހާރު ވެސް 18 ޑޮކްޓަރުން އިތުރުކޮށްފައިވާ ކަމަށެވެ. އަދިވެސް ޑޮކްޓަރުން އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހިތަދޫ ބަނދަރުގެ މަސައްކަތް އައްޑޫ ތަރައްގީގެ ބޮޑު މަޝްރޫ ތެރޭގައި ހިމަނައިގެން ކުރިއަށްދާ ކަމަށެވެ. އަދި ކޮމަރޝަލް ޕޯޓް ތަރައްގީކުރުމާއި، ކުދި ވިޔަފާރިއަށް ބޭނުންވާ ލޯނުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރަށް ވަޒީފާ ލިބުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ސަރުކާރު ކުންފުނިތަކުން ހިންގާ މަޝްރޫތަކުގައި ރަށުން މުވައްޒަފުން ނަގައިގެން ކުރާ ކަމަށް ވިދާޅުވިއެވެ. އަދި އެއާޕޯޓުންނާއި ޓޫރިޒަމް ދާއިރާ ހިނގައިގަތީމަ ވަޒީފާގެ ފުރުސަތު ރަނގަޅުވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އައްޑޫގައި ފްލެޓު އެޅޭނެ ގޮތްތަކާއި ބިން ހިއްކައި ގޯތި ލިބޭނެ މަގުވެސް ފަހިކުރާނެ ކަމަށެވެ.

21 މާރޗް 2021 | އާދީއްތަ 21:28
Writer Profile Picture
ޝުރުފާ މުހައްމަދު
މިރޭގެ ބައްދަލުވުން އޮތީ އައްޑޫ އަތޮޅުން ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާ އެކު

ބައްދަލުވުން ފަށައިފި...

21 މާރޗް 2021 | އާދީއްތަ 20:49