ހޮސްޕިޓަލް އަލުން ޓެންޑާއަށް ހަވާލުކުރީ ކުރިން ހުޅުވާލުމުން ހުށަހެޅި އަގު ބޮޑުވުމުންކަމަށް ވިދާޅުވިއެވެ. ބަލި މީހުން ގެނައުމަށް މަންތާ އެއާއެކު މަސައްކަތްކުރާނެކަމަށް ވިދާޅުވިއެވެ. ފެރީ ނިޒާމު ވަގުތީގޮތުން އެމްޓީސީސީއިން ކުރިއަށްދާއިރު، އިންޓަގްރޭޓެޑް ފެރީ ނިޒާމުން ހައްލު ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ. 500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރެޖް މުލަކުގައި ޤާއިމުކުރުމަށް މަސްވެރިންނަށް ހައްލުތަކެއް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. 69 މިލިއަން ރުފިޔާ ޕީއެސްއައިޕީ މިދެ އަހަރުގެ ތެރޭގައި ދީފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ދ. ހުޅުދެލީ ބަނދަރުގައި ބޮޑު ހިލައިގެ ބަދަލުގައި އިތުރުގޮތްތަކެއް އޮތްތޯ ބައްލަވާނެކަމަށް ވިދާޅުވިއެވެ. 48.5 މިލިއަން ޚަރަދުކޮށްގެން މި ބަނދަރު މިއަހަރު އޮކްޓޯބަރުމަހު ނިންމާނެކަމަށް ވިދާޅުވިއެވެ. އެމްބިއުލަންސްގެ މައްސަލަ ހައްލުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ކުޑަހުވަދޫއަކީ ސަރުކާރުގެ އާބަން ސެންޓަރ ޕްލޭންގެ ދަށުން ތަރައްޤީކުރުމަށް އަމާޒުހިފާފައިވާ ސަރަހައްދެއްކަމަށް ވިދާޅުވިއެވެ. ބޯހިޔާވަހިކަމުގެ މަސއްސލަ ހައްލުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މަގު ހެދުމުގެ މަސައްކަތުގެ ޑިޒައިން އަދި ސަރވޭ މިއަހަރު ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ. އޭޓީއެމް ތަރައްޤީކުރުމަށް މަސައްކަތް ވަރަށް އަވަހަށް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ. އައު ހޮސްޕިޓަލް ރީ ޓެންޑަރ ކުރުމުގެ މަސައްކަތްކުރާއިރު، ވިޔަފާރި ބަނދަރު މިއަހަރު ތިން ވަނަ ކުއާޓާގައި ޓެންޑާކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. 1000 ކިލޯ ވޯޓްގެ ޖެނެރޭޓަރު ސެޓެއް މިދިޔަ ދެ އަހަރުގެ ތެރޭގައި ބަހައްޓާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރަށް ހިއްކުމަށް ބޭނުންވާ އީއައޭގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ. ފުޓްސެލް ދަނޑު ދެވަނަ ކުއާޓާގައި ފަށާނެކަމަށް ވިދާޅުވިއެވެ. މޯބައިލް ލެބޯޓްރީ މިއަހަރު ފަށާނެކަމަށް ވިދާޅުވިއެވެ. އޭޓީއެމްގެ މަސައްކަތް ކުރާނެކަމަށް ވިދާޅުވިއެވެ. 25 ފެބްރުއަރީގައި 16.4 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާއިރު، މިހާރު ދަނީ ޑިޒައިން މަސައްކަތްކަމަށް ރައީސް ވިދާޅުވިއެވެ.
3.6 މިލިއަން މިދިޔަ ދެ އަހަރު އެކަނި މާ އެނބޫދޫއަށް ވަނީ ޚަރަދުކޮށްފައިއެވެ. 145.5 ކިލޯވޯޓް ސޯލާއަށް މިއަހަރު ބަދަލުކުރާނެކަމަށް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުން ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލަށް ލިބުމުން އެ މަސައްކަތްކުރުމަށް ރައީސް ގޮވާލެއްވިއެވެ. ކައުންސިލްގެ މުއައްޒަފުންގެ ދަތިކަން ޖޫންގެ ފަހުން ހައްލުކުރައްވާނެކަމަށް ވިދާޅުވިއެވެ. ސިއްޙީ މަރުކަޒަށް ބޭނުންވާ އެމްބިއުލަންސް މިއަހަރު މެދުތެރޭގައި ލިބޭނެކަމަށް ވިދާޅުވިއެވެ.
ދ. ރިނބިދޫ ސްކޫލް ޕްރިންސިލޕަލް ސިޔާސީ ހަރަކާތް ހިންގިޔަ ނުދޭނެކަމަށް ވިދާޅުވިއެވެ. ބަނދަރު އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރައްވަން ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ފަތުރުވެރިކަމުގެ ވިޔަފާރިއަށް ބިން ދޫކުރުން ކައުންސިލަށް ބާރު ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ. ފުޓްސަލް ދަނޑުގެ މަސައްކަތާއި، ފެނާއި ނަރުދަމާގެ މަސައްކަތް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
އައިސް ލިބުމުގެ ދަތިކަން ހައްލުކުރުމަށް މަސައްކަތްތަކެއް ކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. ފެނާއި ނަރުދަމާގެ ނިޒާމު 17 މާރްޗްގައި 51.8 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާއިރު، ދެ އަހަރުތެރޭ ހައްލުވާނެކަމަށް ވިދާޅުވިއެވެ. އި ންޖީނުގެ ބަދަލުކުރުން މިއަހަރުގެ ދެވަނަ ކުއާޓާގައި ބަދަލުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. އިޖުތިމާޢީ މަރުކަޒުވެސް ދެވަނަ ކުއާޓާގައި ބަދަލުކުރާނެކަމަށް ވިދާޅުވިއެވެ.
މިދިޔަ ދެ އަހަރުގެ ތެރޭގައި 350 ކިލޯވޯޓްގެ ޖެނެރޭޓަރު ސެޓެއް ބަހައްޓާ، 150 ޓަނުގެ ވާރޭ ފެން ރައްކާކުރެވޭނެ ކެޕޭސިޓީވަނީ ތަރައްޤީކޮށްފައެވެ. 38 ދަރިވަރަކު ހިލޭ ފުރަތަމަ ޑިގްރީ ހާސިލްކުރާއިރު، އިންކަމް ސަޕޯޓް 15 ފަރާތަކަށް ދޫކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ގޯތި ދޫކުރުން ކައުންސިލަށް ލާމަރުކަޒީ ނިޒާމުގެ ދަށުން ލިބޭނެކަމަށް ރައީސް ވިދާޅުވިއެެވެ. އިތުރު ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެކަމަށް ވިދާޅުވިއެވެ. މަސްވެރިކަމުގެ ބޮޑުރަށެއްކަމުގައިވާއިރު، އޭޓީއެމްގެ މަސައްކަތް ފަށާނެކަމަށް ވިދާޅުވިއެވެ. 34 މިލިއަން ރުފިޔާގެ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ދެ މަސްތެރޭގައި ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ. 36.8 މިލިއަންގެ ބަނދަރުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ. އާންމުން މޫދަށް އެރޭ ބީޗްއެއް ބަނދަރާއެކު ތަރައްޤީކުރުމަށް ޚިޔާލުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.
މިދިޔަ ދެއަހަރުގެ ތެރޭގައި 150 ޓަނުގެ ވާރޭ ފެން ރައްކާކުރެވޭ ކެޕޭސިޓީ ތަރައްޤީކުރެވިފައިވާކަމަށް ވިދާޅުވިއެވެ. 28 ދަރިވަރަކު ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާކަމަށް ވިދާޅުވިއެވެ.
އެއާޕޯޓްގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމަށް ދެ ރަށެއް ހުޅުވާލާނެކަމަށް ރައީސް ވިދަޅުވިއެވެ. ކުުރީ ސަރުކާރުން ހުޅުވާލި ތިން ރަށެއް ފަތުރުވެރިކަމަށް ދޫކޮށްފައިވީނަމަވެސް، މަސައްކަތް އަމަލީގޮތުން ފެށުމަށް މަސައްކަތް ކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.
ދަރަބޫދޫ އައުޓްޑޯ ޖިމްގެ މަސައްކަތް ރައީސް ވިދާޅުވިއެވެ. އެމްޓީސީސީއިން ބަނދަރުގެ 60 އިންސަތައްއަށްވުރެ ބޮޑު މަސައްކަތަކެއް ނިންމާލާފައިވާކަމަށް ވިދާޅުވިއެވެ. އިންކަމް ސަޕޯޓް 112 ފަރާތަކަށް ދޫކޮށްފައިވާއިރު، ކަރަންޓު ސަބްުސިޑީ 1.7 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައިއެވެ. މެއި މަހު ސޯލާ ޓެންޑަރ ކުރެވޭނެކަމަށް ވިދާޅުވިއެވެ.
ރައީސް ވަނީ ފ. ނިލަންދޫ އެއަރޕޯޓްގެ ކަންކަން އަދި ސާފުނުވާކަމަށް ވިދާޅުވިއެވެ. އެގޮތުން މަސައްކަތް ހަވާލުކުރި މެލޭޝިއާ ކުންފުންޏާއެކު ބައްދަލުވުން ބޭއްވިފައި ނުވާކަމަށް ވިދާޅުވިއެވެ. ފ. ނިލަންދޫ މަގުތަކަށް ރަނގަޅު ބަދަލެއް ގެންނަވާނެކަމަށް ވިދާޅުވުއެވެ.
މިދިޔަ ދެއަހަރު 27.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ސްކޫލްގެ ތަރައްޤީއަށް 16 މިލިއަން ރުފިޔާވަނީ ޚަރަދުކޮށްފައެވެ. ކަރަންޓުގެ ނިޒާމު ވަރުގަދަކޮށްފައިވާއިރު، ފެނުގެ ނިޒާމު ތަރައްޤީކުރުމަށް 42 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް މިހާރު ދަނީ ކުރަމުންނެވެ. އިންކަމް ސަޕޯޓް އެލަވެސް 62 މީހަކަށް ދީފައިވާއިރު، ކަރަންޓް ސަބްސިޓީގެ ގޮތުގައި 19 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.
2019 ވަނަ އަހަރު ޑެންޓަލް ޚިދުމަތް ފަށާފައިވާއިރު، އަލްޓްރާ ސައުންޑްގެ ޚިދުމަތް ވަނީ ދޭން ފަށާފައެވެ.
ބިން ހިއްކުން ޕްރައިއޯރިޓީ ލިސްޓްގައި ފީއަލި ހިމެނިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ކޮންސެޕްޓް ޑިޒައިންކޮށް އީއައިއޭގެ މަސައްކަތް ނިމިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ސިއްހީ މަރުކަޒުގެ އައު އިމާރާތް އެޅުމަށް ބަޔަކާއި މި މަހު ކޮޅު ހަވާލުކުރާނެކަމަށް ވިދާޅުވެފައެވެ. 24 ގަޑިއިރަށް ހޮސްޕިޓަލްގެ އޮޕަރޭޝަން ބަދަލުކުރެވިފައިވާއިރު، ޑޮކްޓަރުންގެ މައްސަލަ އަހަރުގެ މެދުތެރޭގައި ހައްލުކުރެވޭނެކަމަށް ވިދާޅުވިއެވެ. އަދި އެމްބިއުލަންސް އަހަރު މެދުތެރޭގައި ދެވޭނެކަމަށް ވިދާޅުވިއެވެ. ލޭއަޅާ ކުދިންނަށް ރަށުގެ ތިބގެން ލޭއެޅުމުގެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ވިދާޅުވިއެވެ. މި މަހުގެ ފަހު ހަފްތާގައި އިންޑޯ ވޮލޯކޯޓް ބިޑަށް ހުށަހެޅޭނެކަމަށް ވިދާޅުވިއެވެ. ރައީސް ވަނީ 25.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ފެނުގެ ނިޒާމު ތަރައްޤީކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އަތޮޅުވެރިކަން މަގޫދޫއިން ބަދަލުކުރުމުން ގިނަ ގެއްލުންތަކެއް ލިބިފައިވާކަމަށް ވިދާޅުވިއެެވެ. ހެލްތް ސެންޓަރ 24 ގަޑިއިރަށް ބަދަލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ވިދާޅުވިއެވެ. މަގޫދޫއަކީ ބިން ހައްކުމުގައި އިސްކަންދޭ ރަށެއްކަމަށް ވިދަޅުވެ ރައީސް ވަނީ ބިން ހިއްކުމުގެ މަސައްކަތްތުގެ ދަށުން ކޮންސެޕްޓް ޑިޒައިންކޮށް ނިންމާ އީއައިއޭ ނިމިފައިވާކަމަށް ވިދާޅުވިއެވެ. ބަޖެޓްގައި ދިމާވި ދަތިކަމަށް ހައްލު ހޯދުމަށް ވަނީ ގިނަ މަސައްކަތްތަކެއް ކުރެވިފައެވެ. އެގޮތުން 8 ލައްކަ ޕެންޑިންގް ބިލްތައް ހައްލުކޮށްދީފައިވާއިރު އިތުރު ފައިސާގެ މައްސަލައަށް ހައްލެއް ހޯއްދަވާދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މަގޫދޫގެ ފެނާއި ނަރުދަމާ އަދި ކަރަންޓް އަޕްގްރޭޑްކުރުމުގެ މަސައްކަތްކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. ސޯލާ ޕެނަލް މޭމަހުގައި ޓެންޑަރ ކުރެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކައުންސިލް އިދާރާގެ އިމާރާތް ޓެންޑަރއަށް ތިންވަނަ ކުއާޓާގައި އުލާން ކުރާނެކަމަށާއި މި މަސައްކަތް ކުރާނީ ކައުންސިލުންކަމަށެވެ. އެމްބިއުލަންސްގެ މައްސަލަ ހައްލުކުރުމަށް އެމްބިއުލަންސް އަހަރު މެދުތެރޭގައި ގެނެވޭނެކަމަށް ވިދާޅުވިއެވެ. އަދި 24 ގަޑިއިރު ސިއްޙީ މަރުކަޒު ގެނައުމުގެ މަސައްކަތްވެދް ކުރައްވަމުންދާކަމަށާއި، ބޭހުގެ މައްސަލަ ހައްލުކުރުމަށް އެސްޓީއޯއާއެކު މަސައްކަތްކުރާނެކަމަށް ވިދާޅުވިއެވެ.
ބިލެއްދޫ ސްކޫލް މަލްޓި ޕާޕަސް ހޯލްގެ ކޮންޓްރެކްޓް އަންނަ ހަފްތާގައި ސޮއިކުރުމަށް ހަމަޖެހިފައިވާއިރު، އޭޓީއެމް މަސައްކަތް އަންނަ އަހަރު ހިމަނާނެކަމަށް ވިދާޅުވިއެވެ. ބިލެއްދޫގެ ބިން ހިއްކުން އީއައޭ ސަރވޭ ވަރަށް އަވަހަށް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ވޭތިވެ ދިޔަ ދެ އަހަރުގެ ތެރޭގައި ބިލެއްދޫގައި އެކި ޕްރޮޖެކްޓްތަކަށް 51 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ވިދާޅުވެފައެވެ.