ތ މަޑިފުއްޓާއި ގުޅޭގޮތުން ރައީސް ފާހަގަ ކުރެއްވި ބައެއް ކަންކަން:
ރައީސް ވިދާޅުވީ، މަޑިފުށީ އިންޖީނުގެ ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް، އަދި ފެނަކައިގެ އައު އިމާރާތަށް ބިން ހޯދުމަށް ކައުންސިލުގައި އެދިފައިވާކަން ރައީސް ފާހަގަ ކުރެއްވި
ރައީސް ވިދާޅުވީ، އެރަށު ފުޓްބޯޅަ ދަނޑުގެ މަސައްކަތްވެސް ކުރިއަށް ގެންދަވާނެ ކަމަށް
ތ ގާދިއްފުއްޓާ ގުޅޭގޮތުން ރައީސް ފާހަގަ ކުރެއްވި ބައެއް ކަންކަން:
ރައީސް ވިދާޅުވީ، އެރަށު ގިރާ ސަރަޙައްދުގެ ސަރވޭ އަދި ޑިޒައިނިންގ މި މަސް ތެރޭގައި ފެށޭނެކަމަށް، އަދި އެރަށު ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ޙަވާލު ކުރެވިފައިވާއިރު، ފެން ރައްކާކުރާ ނިޒާމުގެ މަސައްކަތް ނިމިފައިވާކަމަށް ރައީސް ވިދާޅުވި
އެރަށަށް ޕީއެސްއައިޕީ ގޮތުގައި 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދު ކޮށްފައި، އަދި 11 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައިވޭ
ތ ވަންދޫއާ ގުޅޭގޮތުން ރައީސް ފާހަގަ ކުރެއްވި ބައެއް ކަންކަން:
ރައީސް ވިދާޅުވީ، ވަންދޫ ސިއްޙީ މަރުކަަޒަށް ބޭނުންވާ އެމްބިއުލާންސް ފޯރުކޮށްދެއްވާނެ ކަމަށް، އަދި ވޭސްޓް މެނޭޖްމަންޓު ސެންޓަރުގެ މަަސައްކަތް އޭޕްރީލް މަހު ޓެންޑަރ އަށް ހުޅުވާލެވޭނެކަން ރައީސް ފާހަގަ ކުރެއްވި
ތ ކަނޑޫދޫއާ ގުޅޭގޮތުން ރައީސް ފާހަގަ ކުރެއްވި ބައެއް ކަންކަން:
ރައީސް ވިދާޅުވީ، ތ ކަނޑޫދޫ ސިއްޙީ މަރުކަޒުގެ މަސައްކަތް ބަޔަކާ ކޮންޓްރެކްޓް ކުރެވިފައިވާކަމަށް، އަދި މެއި މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށިގެންދާނެކަން ރައީސް ފާހަގަ ކުރެއްވި
ރައީސް އިތުރަށް ވިދާޅުވީ، ފުޓްބޯޅަ ދަނޑުގެ މަސައްކަތްވެސް ދެވަނަ ކުއާޓަރގައި ޓެންޑަރ ކުރެވޭނެކަަމަށް
ކަނޑޫދޫއަށް މިހާތަނަށް 12.2 މިލިއަން ރުފިޔާ ޕީއެސްއައިޕީ ގޮތުގައި ޚަރަދު ކުރެވިފައިވާއިރު، 34 ދަރިވަރުން ދަނީ ހިލޭ ޑިގްރީއަށް ކިޔަވަމުން
ތ ގުރައިދޫއާގުޅޭގޮތުން ރައީސް ފާހަގަ ކުރެއްވި ބައެއް ކަންކަން:
ރައީސް ވިދާޅުވީ، ގުރައިދޫ މަގު ހެދުމުގެ ސަރވޭ މަސައްކަތް ނިމި މިހާރު ކުރިއަށްދަނީ ޑިޒައިނިންގ މަސައްކަތްކަމަށް
ރައީސް ވިދާޅުވީ، ފެނަކަ އޮފީސް އެކްސްޓެންޝަން މަސައްކަތް ކުރިއަށްދާކަމަށް، އަދި އެރަށު 69 ދަރިވަރުން ހިލޭ ޑިގްރީއަށް ކިޔަވަމުންދާއިރު، 8.6 މިލިއަން ރުފިޔާ ކަރަންޓް ސަބްސިޑީގެ ގޮތުގައި ދެވިފައިވާކަމަށް ރައީސް ވިދާޅުވި
ތ ދިޔަމިގިލިއްޔާ ގުޅޭގޮތުން ރައީސް ފާހަގަ ކުރެއްވި ބައެއް ކަންކަން:
ރައީސް ވިދާޅުވީ، ދިޔަމިގިލީގައި ފެނުގެ ނިޒާމު ޤާއިމު ކުރުމަށް ރީ ޓެންޑަރ ކުރެވިފައިވާކަމަށް. އަދި ރަށުގެ ސުކޫލުގެ ޖާގައިގެ ދަތިކަން ޙައްލު ކޮށްދިނުމުގެ މަސައްކަތްވެސް ރައީސް ފާހަގަ ކުރެއްވި
ރައީސް ވިދާޅުވީ، ދިޔަމިގިލީގައި ފުޓްސެލް ދަނޑު ޤާއިމުކޮށް ނިމިފައިވާކަމަށް، އަދި ކަރަންޓު ޑިސްޓްރިބިއުޝަން ނިޒާމުގެ މަސައްކަތް ކުރިއަށްދާއިރު، 160 ކިލޯވޯޓުގެ ސޯލަރ ބެހެއްޓޭނެކަން ރައީސް ފާހަގަ ކުރެއްވި
ދިޔަމިގިލިން 22 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައިވާއިރު، ކަރަންޓް ސަބްސިޑީގެ ގޮތުގައި 3 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައި
ތ ވިލުފުއްޓާއި ގުޅޭގޮތުން ރައީސް ފާހަގަ ކުރެއްވި ބައެއް ކަންކަން:
ބޯހިޔާވަހިކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ތިލަފުށީގައި މީގެ ކުރިން ނޫމަޑިއާ ޙަވާލު ކުރެވުނު ހައުސިންގ ޔުނިޓުތައް އަލުން ޓެންޑަރިންގ އަށް ހުޅުވާލައި، ޓެންޑަރ މަރުޙަލާ ނިމިފައިވާކަމަށް، އަދި ވަރަށް އަވަހަށް އެއްބަސްވުމުގައި ސޮއި ކުރައްވާނެކަން ރައީސް ފާހަގަކުރެއްވި
ރައީސް ވިދާޅުވީ، އެއަރޕޯޓް ހުޅުވުމަށް އީއައިއޯއަށް ހުޅުވާލުމުން 6 މީހަކު ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށް، އަދި މިވަގުތު އެމީހުން ޝޯރޓްލިސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާކަންވެސް ރައީސް ފާހަގަ ކުރެއްވި
ތ އޮމަދޫއާ ގުޅޭގޮތުން ރައީސް ފާހަގަ ކުރެއްވި ބައެއް ކަންކަން:
ރައީސް ވިދާޅުވީ، އޮމަދޫ ބަނދަރުގެ މަސައްކަތް މި މަސް ތެރޭގައި އެއްކޮށް ނިންމާލެވޭނެކަމަށް، އަދި ސުކޫލުގެ މަސައްކަތް އޭޕްރީލް މަހު ޓެންޑަރއަށް ހުޅުވާލެވޭނެކަމަށް
އޭގެ އިތުރުން، އޮމަދޫއަށް ޕީއެސްއައިޕީގެ 34 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އިންކަމް ސަޕޯޓް އެލަވަންސްވެސް 11 މީހަކަށް ދޫކުރެވިފައިވާކަމަށް، އަދި 17 ދަރިވަރަކު ހިލޭ ޑިގްރީއަށް ކިޔަވަމުންދާކަން ރައީސް ފާހަގަ ކުރެއްވި
ތ ކިނބިދޫއާ ގުޅޭގޮތުން ރައީސް ފާހަގަ ކުރެއްވި ބައެއް ކަންކަން:
ރައީސް ވިދާޅުވީ، ތ އަތޮޅުގައި ފަތުރުވެރިކަމަށް ދޫކޮށްފައިވާ 5 ރަށެއްގެ މަސައްކަތް ނުފެށި 10 ވަރަކަށް އަހަރުވެފައިވާއިރު، ސަރުކާރުން އިތުރު ވިސްނުންތަކެއް މިހާރު ގެންގުޅުއްވާކަމަށް
އޭގެ އިތުރުން، ޕީއެސްއައިޕީގެ ދަށުން ނިމިދިޔަ 2 އަހަރު 19 މިލިއަނަށްވުރެ ގިނަ ރުފިޔާ ކިނބިދޫއަށް ޚަރަދު ކުރެވިފައިވާކަމަށްވެސް ރައީސް ވިދާޅުވި، އަދި 51 ދަރިވަރަކު ހިލޭ ޑިގްރީއަށް ކިޔަވަމުންދާއިރު، 55 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ވަނީ ދޫކުރެވިފައި
ތ ވޭމަންޑޫއާ ގުޅޭގޮތުން ރައީސް ފާހަގަ ކުރެއްވި ބައެއް ކަންކަން:
ރައީސް ވިދާޅުވީ، ވޭމަންޑޫ ސުކޫލުގެ 3 ކްލާސްރޫމުގެ އިމާރަތުގެ މަސައްކަތް ޓެންޑަރ ކުރެވިފައިވާކަމަށް، އަދި ޒުވާނުންގެ މަރުކަޒުގެ ކޮންސެޕްޓް ފައިނަލް ކުރަމުންދާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ދެވަނަ ކުއާޓަރ ތެރޭގައި ބިޑަށް ހުޅުވާލާނެ ކަމަށް
އޭގެ އިތުރުން، ވޭމަންޑޫގައި އިންޖީނުގޭގައި ހިނގާދިޔަ އަލިފާނުގެ ޙާދިސާއަށް އަލިއަޅުވާލައްވައި ރައީސް ވަނީ ފެނަކައިން ކުރި މަސައްކަތާއި ރައްޔިތުން ދިން އެއްބާރުލެއްވުމަށް ޝުކުރު އަދާ ކުރައްވާފައި
ރައީސް އިތުރަށް ވިދާޅުވީ، ވޭމަންޑޫގައި ނަރުދަމާގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މި މަސް ނިމުމުގެ ކުރިން މުޅިން މަސައްކަތް ނިންމާލެވޭނެކަމަށް ބެލެވޭކަމަށް
ވޭމަންޑޫ ހޮސްޕިޓަލުގައި 2019 ވަނަ އަހަރު ވަނީ ޑެންޓަލް ޚިދުމަތް އަލަށް ފަށާފައި. އަދި 14 ފަރާތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދޫކުރެވިފައިވޭ
ތ ތިމަރަފުއްޓާ ގުޅޭގޮތުން ރައީސް ފާހަގަ ކުރެއްވި ބައެއް ކަންކަން:
ރައީސް ވިދާޅުވީ، ތިމަރަފުށީ މަގު ހެދުމުގެ މަސައްކަތް މޮބިލައިޒް ކުރެވިގެން ކުރިއަށްދާ ކަމަށް، އަދި ކަނިމީދޫ ޓޫރިސްޓް ރިސޯޓަކަށް ބަދަލު ކުރުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެރަށާ ގުޅޭ ގިނަ ޕްރޮޕޯސަލްތަކެއް މިހާރުވެސް ލިބިފައިވާކަމަށް، އަދި ކުރިއަށް އޮތް ތަނުގައި އެ ހުށައެޅުއްވި ޙިޔާލާ ގުޅޭގޮތުންވެސް ވިސްނަވާނެކަން ފާހަގަ ކުރެއްވި، ރައީސް ވިދާޅުވީ، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ނިންމެވުންތައް ނިންމަވާނެ ކަމަށް
ރައީސް ވިދާޅުވީ، ތިމަރަފުށީގައި 100 ހައުސިންގ ޔުނިޓު އެޅުމުގެ އަމަލީ މަސައްކަތާއި އިތުރު މަޝްރޫއުތައް މިހާރުވެސް ކުރިއަށްދާއިރު، އުއްމީދަކީ ރަށުގެ ހުރިހާ ގޮނޑިވެސް އެމްޑީޕީން ކާމިޔާބު ކުރުން ކަމަށް
ތިމަރަފުށީގެ 64 ދަރިވަރަކު ހިލޭ ޑިގްރީއަށް ކިޔަވަމުންދާއިރު، 6.2 މިލިއަން ރުފިޔާ ކަރަންޓް ސަބްސިޑީ ގޮތުގައި ދެވިފައިވޭ
ތ ބުރުނީއާ ގުޅޭގޮތުން ރައީސް ފާހަގަ ކުރެއްވި ބައެއް ކަންކަން:
ބުރުނިއާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ބުރުނީ ގިރާ ސަރަޙައްދު ސަލާމަތް ކުރުމަށް ބޭނުންވާ އީއައިއޭގެ މަސައްކަތް ކުރަމުންދާ ކަމަށް، އަދި ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް 3 ވަނަ ކުއާޓަރ ގައި ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވި، އޭގެ އިތުރުން، އެރަށު 6 ކްލާސްރޫމުގެ މަސައްކަތުގެ ބިޑް އިވެލުއޭޝަންވެސް ކުރިއަށްދާކަން ރައީސް ފާހަގަ ކުރެއްވި
ރައީސް ވިދާޅުވީ، އެރަށުގެ ވޭސްޓް މެނޭޖްމަންޓު ޤާއިމު ކުރުމަށް 25 ފެބްރުއަރީގައި ޓެންޑަރ ކުރެވިފައިވާ ކަމަށް
މި ސަރުކާރުން ވަނީ ބުރުނީގެ 30 ދަރިވަރަކަށް ހިލޭ ޑިގްރީ ފުރުސަތު ދީފައި، އަދި 250،000 ރުފިޔާ އެސްއެމްއީ ލޯނުގެ ގޮތުގައި ވަނީ ދީފައި