ރައީސް ވިދާޅުވީ އދ. އަތޮޅުގައި ވެސް 265 ދަރިވަރުން ހިލޭ މަތީތައުލީމް ހާސިލްކުރަމުން އަންނަ ކަމަށާއި 891 ފަރާތަކަށް 14.8 މިލިއަން ރުފިޔާ އިންކަމް ސަޕޯޓްގެ ގޮތުގައި ދޫކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެސްއެމްއީ ލޯން 17 ފަރާތަކަށް 32.5 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އޮމަދޫ ގައި އިންޖީނުގެ ތަރައްގީކޮށްފައިވާ ކަމަށާއި، އައު އިންޖީނުގެއެއް އެޅުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފެނުގެ ނިޒާމުގެ މަސައްކަތް ވެސް ޓެންޑާކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ރަށް ގިރުމުގެ މައްސަލައިގައި އީއައިއޭ ހަދަމުން އަންނަ ކަމަށޢި ހަތަރު ވަނަ ކުއަރޓަރުގައި އެ މަސައްކަތް ފަށާނެ ކަމަށް ވެސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ބަނދަރު ހަދައި، ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށެވެ.
މިދިޔަ ދެ އަހަރު ތެރޭގައި 23.4 މިލިއަން ރުފިޔާގެ ޕީއެސްއައިޕީ މަޝްރޫތައް ހިންގާފައިވާ ކަމަށް ވިދާޅުވިއެވެ.
ދިގުރަށަކީ ލޯކަލް ޓޫރިޒަމް އެންމެ ފުޅާ އެއް ރަށަށްވާއިރު އެރަށުގައި ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމްކޮށްފައި ނުވާކަން ފާހަގަކުރެއްވުމުން ރައީސް ސޯލިހު ވިދާޅުވީ އެ މަޝްރޫ މި މަހުގެ 16ގެ ކުރިން ބަޔަކާ ހަވާލުކޮށް ސޮއުކުރާނެ ކަމަށެވެ.
ދިގުރަށުން ގޯތިދޫކުރުމުގެ ކަންކަން ޕްލޭނުން މިނިސްޓްރީން އެޕްރޫވްކޮށްފައިވާ ކަމަށާއި ކައުންސިލްއަށް އެކަން ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. ރަށްގިރުމުގެ މައްސަލައިގެ ސަރވޭ ދެވަނަ ކުއަރޓަރުގައި ފަށާނެ ކަމަށް ވިދާޅުވިއެވެ. މިސްކިތް އެޅުމުގެ މަސައްކަތް ވެސް އޮތީ ޓެންޑާ މަރުހަލާގައި ކަމަށް ވިދާޅުވިއެވެ.
ދިގުރަށުގެ އެއްވެސް ކަމެއް ނުވެ ނުދާނެ ކަމަށާއި، ހުރިހާ ވައުދެއްވެސް ފުއްދަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި 17 މިލިއަން ރުފިޔާ މިދިޔަ އަހަރު ހަރަދުކޮށްފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދަނގެތި ނަރުދަމާގެ މަސަައްކަތް މި މަހު 16ގެ ކުރިން ހަވާލުކުރާނެ ކަމަށާއި ފެނުގެ ނިޒާމް ގާއިމްކޮށްފައިވީ ނަމަވެސް އެކަމުގައި މައްސަލަތަކެއް އުޅޭ ކަމަށް ވިދާޅުވިއެވެ. އަދި އެކަން ވީ އެންމެ އަވަހަކަށް ހައްލުކޮށް ކުރިއަށްގެންދާނެ ކަމަށް ވިދާޅުވިއެވެ.
ސިއްހީ ނިޒާމު ހަރުދަނާކުރުމަށް މި ހަފްތާ ބަންދުގައި ސަރވޭ ޓީމެއް ގޮސް ބެލުމަށް ފަހު ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ. އަދި ބޭސް ލިބުމުގައި ހުރި ދަތިތައް ވެސް އަންނަ ހަފްތާގެ ފަހުން ލިބޭނެ މަގު ހަމަޖައްސާނެ ކަމަށް ވިދާޅުވިއެވެ.
ސްކޫލުން ބޭނުންވާ ކަންކަމާއި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއްގެ އިތުރަށް ޔޫތު ސެންޓަރެއް އެޅުން މި އަހަރުގެ ބަޖެޓުގައި ނެތް ކަމަށް ވިދާޅުވިއެވެ. އަދި ރަށްގިރުމާއި ބަނދަރާއި ޖެޓީގެ ކަންކަން ވެސް ބައްލަވާނެ ކަމަށް ވިދާޅުވިއެވެ.
މަންދޫގައި އަރާފައިބާނެ ގޮތެއް ނެތި 10 އަހަރުވެފައިވާ މައްސަލަ ކައުންސިލް އިންތިހާބުގެ ކުރިން އެކަން ހައްލުކޮށްދެއްވުމަށް އެރަށު ކެންޑިޑޭޓް އެދިވަޑައިގަތުމުން ރައީސް ވިދާޅުވީ އެކަން އެމްޓީސީސީއާ ކޮންޓްރެކްޓް ކުރެވި އީއައިއޭ ކުރިއަށްދާ ކަމަށެވެ. އެކަން ނިމުމާ އެކު އަމަލީ މަސައްކަތް ފަށަނެ ކަމަށް ވިދާޅުވިއެވެ.
ސްކޫލްގައި ދެބުރި އިމާރާތެއް އެޅުމުގެ މަސައްކަތާއި ފުޓުބޯޑަ ދަނޑުގެ މަސައްކަތް ވެސް އަންނަ އަހަރުގެ ބަޖެޓަށް އިތުރުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރަށު ކައުންސިލަށް މުވައްޒަފުން ނެގުމުގެ މަސައްކަތް ވެސް މިއަހަރު ތެރޭގައި ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ރަށުގެ ސިއްހީ މަރުކަޒުން ލެބޯޓްރީގެ ހިދުމަތް ލިބޭނެ މަގު ވެސް ފަހިކޮށްދެއްވާނެ ކަމަށާއި، އިތުރު ވަގުތަށް ހިދުމަތް ދެވޭނެ ގޮތް ހެލްތު މިނިސްޓްރީން ބަލާނެ ކަމަށް ވިދާޅުވިއެވެ. އަދި ސިއްހީ މަރުކަޒު ހެދުމުގެ މަސައްކަތް ޓެންޑާކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
މަހިބަދޫގެ ބޯހިޔާވަހިކަމަށް ބިން ދޫނުކޮށް 30 އަހަރުވެފައިވާކަން ކެންޑިޑޭޓް ފާހަގަކުރެއްވުމުން ރައީސް ވިދާޅުވީ މި އަހަރު ތެރޭގައި މުޅި ރާއްޖޭގެ އެކި ހިސާބުން ބިން ދޫކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
މަހިބަދޫ މަގު ހެދުމުގެ ފޭސް 2 ގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށާއި، އަމަލީ މަސައްކަތް މި އަންނަ އަހަރު ފަށާނެ ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ ޓެންޑާ ޑޮކިއުމަންޓް ތައްޔާރުކޮށް އަންނަ މަހު ހުޅުވާލާނެ ކަމަށެވެ. އަދި ޑޮކްޓަރުން ވެސް އިތުރުކުރާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރަށް މެރިކަލްޗާ ތަރައްގީކުރަން މަހިބަދޫގެ މަސައްކަތްތައް 7 ފަރާތަކަށް ހަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން މަހިބަދޫ ކޮށިތަކުގައި 4،000ށް ވުރެ ގިނަ ފާނަ ބޮޑުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
34 މިލިއަން ރުފިޔާގެ ޕީއެސްއައިޕީ ހިންގާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ކުނބުރުދޫ ގައި ފެނާއި ނަރުދަމާގެ މަސައްކަތް މިހާރު ވަނީ ކޮންޓްރެކްޓްކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބަނދަރާއި ސްކޫލް އަދި ކައުންސިލް އިދާރާގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށެވެ.
އެރަށުގައި މާބޮޑު މަސައްކަތްތަކެއް ކުރެވިފައިނުވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ 3 މިލިއަން ރުފިޔާގެ ޕީއެސްއައިޕީ ޕްރޮޖެކްޓު ހިންގިފައިވާ ކަމަށެވެ.
މާމިގިލި ސިއްހީ މަރުކަޒަށް ރަނގަޅު އަޕްގްރޭޑެއް ގެނައުމުގެ މަސައްކަތްކުރާ ކަމަށާއި މާމިގިލީ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ ބިޑް އަލުން ހުޅުވާލަނީ ކުރިން ލިބުނު އަގު ބޮޑުވެގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ސްކޫލްގެ ޑިޒައިން ނިންމައި މި މަހުގެ ފަހުކޮޅު ޓެންޑާކޮށްފައިވާ ކަމަށް ވިދާޅުވިއެެވެ. އެގޮތުން އޭވީ ރޫމާއި ހޯލު ފަދަ ތަންތަން ހުންނާނެ ކަމަށް ވިދާޅުވިއެވެ.
އަދި އެރަށުގައި ވެސް ހުރި 12،000 ޓަނުގެ ކުނި ކުރިއަށް އޮތް ހަތް މަސްުދުހުގެ ތެރޭގައި ވެމްކޯއިން ނިންމާނެ ކަމަށާއި، ކުނި މެނޭޖްކުރާ މަރުކަޒުގެ މަސައްކަތް ދެވަނަ ކުއަރޓަރުގައި ފަށާނެ ކަމަށް ވިދާޅުވިއެވެ.
ރަށު މަގު ހެދުމުގެ މަސައްކަތް މިދިޔަ އަހަރު ހަވާލުކޮށްފައިވާ ކަމަށާއި ވަރަށް އަވަހަށް ނިމެނެ ކަމަށް ވިދާޅުވިއެވެ. މިދިޔަ ދެ އަހަރު 21 މިލިއަން ރުފިޔާގެ ޕީއެސްއައިޕީ މަސައްކަތްތައް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.
ހަންޏާމީދޫ ބަނދަރުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި ފެނުގެ ނިޒާމުގެ މަސައްކަތް ކޮންޓްރެކްޓްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބޮޑު ކާށި ހުރަޔާ ދިއްގިރި ކައުންސިލްގެ ދަށަށް ބަދަލުކޮށް ރަށު ރައްޔިތުންނަށް އާމްދަނީ ހޯދޭނެ ގޮތެއްވޭތޯ ބަލާއިރު ދިއްގިރި އަކީ އެ އަތޮޅު ކައުންސިލް އަށް ވަރުވާއަށް ދޫކޮށްފައިވާ ރަށެއް ކަމަށް ވިދާޅުވިއެވެ. އަދި ބޮޑު ކާށިހުރާ އަކީ ޓޫރިޒަމް މިނިސްޓްރީގެ ރަށެއް ކަމަށާއި ބަޔަކަށް ދޫނުކުރާ ނަމަ ހެދޭނެ ގޮތެއް ބައްލަވާނެ ކަމަށް ވިދާޅުވިއެވެ.
ސްކޫލަށް ކްލާސް އިތުރުކުރުން މި އަހަރުގެ ބަޖެޓުގައި ނެތް ކަމަށާއި އެއަށް ގޮތެއް ހެދޭތޯ ބައްލަވާނެ ކަމަށް ވިދާޅުވިއެވެ. ޒުވާނުންނަށް އިޖުތިމާއި މަރުކަޒު ވެސް މިއަހަރުގެ ބަޖެޓުގައި ނެތް ކަމަށް ވިދާޅުވިއެވެ. އަދި ހެލްތު ސެންޓަރުގެ އިމާރާތްވެސް ބަޖެޓުގައި ނެތް ކަމަށް ވިދާޅުވިއެވެ.
މިދިޔަ ދެ އަހަރު 8.3 މިލިަން ރުފިޔާގެ ޕީއެސްއައިޕީ މަޝްރޫތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މުޅި އަތޮޅަށް 62 ޕްރޮޖެކްޓު ޕްލޭންކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ހުރިހާ މަޝްރޫއެއްގެ ވެސް މަސައްކަތްތައް އެކި ސްޓޭޖްތަކުގައި ފަށާފައިވާއިރު އެއްބައި ނިމިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 200 ދަރިވަރުންނަށް އެ އަތޮޅުން ހިލޭ ފަސްޓު ޑިގްރީ ފަށާފައިވާ ކަމަށާއި، އިންކަޕް ސަޕޯޓަށް 1،265 މީހަކަށް 22.6 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި، އެސްއެމްއީ ލޯނު 25 މީހަކަށް 36 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
އއ. އަތޮޅުގައި ހިންގަން ހުރި ބައިވަރު މަޝްރޫތަކުގައި ސޮއިކޮށްފައިވާ ކަމަށާއި މި މަހު ތެރޭގައި އަދިވެސް ސޮއިކުރައްވާނެ ކަމަށް ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ހުރިހާ ރަށެއްގައި ވެސް މަސައްކަތްތައް ވީހާ ވެސް އަވަހަކަށް ނިންމާތޯ ބަލައި މަސައްކަތުގެ ސްޕީޑް ރަނގަޅުކުރައްވާނެ ކަމަށެވެ. އަދި އެމްޓީސީސީއާ ހަވާލުކޮށްފައި ހުރި ބިން ހިއްކުމުގެ މަސައްކަތްތައް ކުރިއަށް އޮތް ދެ އަހަރުވެސް ހުސްނުވާ ވަރަށް ހުންނާނެ ކަމަށާއި، އެކަން ވެސް ވަރަށް އަވަހަށް ނިންމޭތޯ މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ވަކިން ހާއްސަކޮށް މާޅޮހުގައި މަސައްކަތްތައް މަދުކަން ފާހަގަކުރައްވާފައިވާތީ މިނިސްޓަރ ވިދާޅުވީ އެރަށު ބަދަރުގެ މަސައްކަތް މި މަހުގެ ތެރޭގައި ވެސް ފެށޭތޯ ބައްލަވާނެ ކަމަށެވެ. ފެނާއި ނަރުދަމާގެ މަސައްކަތް ވެސް މި މަހު ފަށާނެ ކަމަށް ވިދާޅުވިއެވެ.
ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވީ އއ. އަތޮޅުގެ ގިނަ ރަށްރަށުގައި ހެލްތު ސެންޓަރުތަކަށް ވަރަށް ގިނަ މަސައްކަތް ކުރަން އެބަހުރި ކަމަށެވެ. އެގޮތުން ހުރިހާ ރަށްރަށެއްގެ ސިއްހީ މަރުކަޒު ބޮޑުކޮށް ހިދުމަތް ފުޅާކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
މުޅި އަތޮޅުގައި ވެސް މޮބައިލް ލެބޯޓްރީ ހިދުމަތް ފަށާނެ ކަމަށާއި، އެކަހެރިވެފައިވާ ރަށްރަށުގައި ވަކި ލެބެއް ހެދުމުގެ މަސައްކަތް ކުރާ ކަމަށް ވިދާޅުވިއެވެ.
އއ. އަތޮޅުގެ ހޮސްޕިޓަލް އެއް ހެދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށާއި، ޕްރައިމަރީ ހެލްތު ކެއާގެ މަސައްކަތް އެ އަތޮޅުގައި މި މަހު 15 ގަައި ފަށާނެ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ހުރިހާ ރަށަކަށް ވެސް އައު އެމްބިއުލާންސް ފޯރުކޮށްދޭން މަސައްކަތް ކުރާ ކަމަށާއި، މާ ބޮޑަށް ދަތިވާ ނަމަ ކުރިން ބޭނުންކުރި އެއްޗެއް މަރާމާތުކޮށްފައި ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
މާޅޮހުގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް މިދިޔަ ދެ އަހަރު ތެރޭގައި ކޮށްފައި ނުވާ ކަމަށް އެރަށު ކެންޑިޑޭޓުން ފާހަގަކުރެއްވިއެވެ.
ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށާއި އޭޕްރިލް މަހު އަމަލީ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ނަރުދަމާގެ މަސައްކަތް މާޗު 16ގައި ބަޔަކާ ހަވާލުކޮށްލާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެ އަހަރު މާ ބޮޑު ކަމެއް ނުވިޔަސް ހުރިހާ ވައުދެއް ވެސް ފުއްދާނެ ކަމަށާއި، މަސް ފެކްޓްރީއެއް ހަދަން އެހީވުމަށް އެދިފައިވުމުން އެކަމާ ގުޅިގެން މަޝްވަރާކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސްކޫލްގެ މަސައްކަތް ވެސް މި މަސް ނިމެންވާއިރަށް ޓެންޑާ އަށް ހުޅުވާނެ ކަމަށެވެ. މިދިޔަ ދެ އަހަރު ތެރޭގައި ރަށުގައި ކުރެވުނީ 3.3 މިލިއަން ރުފިޔާގެ ޕީއެސްއައިޕީ މަޝްރޫތައް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މާޅޮހުގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް މިދިޔަ ދެ އަހަރު ތެރޭގައި ކޮށްފައި ނުވާ ކަމަށް އެރަށު ކެންޑިޑޭޓުން ފާހަގަކުރެއްވިއެވެ.
ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށާއި އޭޕްރިލް މަހު އަމަލީ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ނަރުދަމާގެ މަސައްކަތް މާޗު 16ގައި ބަޔަކާ ހަވާލުކޮށްލާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެ އަހަރު މާ ބޮޑު ކަމެއް ނުވިޔަސް ހުރިހާ ވައުދެއް ވެސް ފުއްދާނެ ކަމަށާއި، މަސް ފެކްޓްރީއެއް ހަދަން އެހީވުމަށް އެދިފައިވުމުން އެކަމާ ގުޅިގެން މަޝްވަރާކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސްކޫލްގެ މަސައްކަތް ވެސް މި މަސް ނިމެންވާއިރަށް ޓެންޑާ އަށް ހުޅުވާނެ ކަމަށެވެ. މިދިޔަ ދެ އަހަރު ތެރޭގައި ރަށުގައި ކުރެވުނީ 3.3 މިލިއަން ރުފިޔާގެ ޕީއެސްއައިޕީ މަޝްރޫތައް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ހިމަންދޫއާ ގުޅިގެން ރައީސް ވިދާޅުވީ ފެނާއި ނަރުދަމާ ގާއިމްކުރުމުގެ އަމަލީ މަސައްކަތް މި މަހު ފަހުކޮޅު ފެށޭނެކަމަށެވެ.
ފުޓުބޯޅަ ދަނޑު މި މަހު ފަހުކޮޅު ޓެންޑާ ޒުވާނުންގެ މަރުކަޒު ދެވަނަ ކުއަރޓަރުގައި ޓެންޑާ ކުރާނެ ކަމަށާއި ސްކޫލުގެ ތަރައްގީ ޑިޒައިންކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް ކަމަށް ވިދާޅުވިއެވެ. އަދި މި މަހު ޓެންޑާ ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ފެރީގެ ނިޒާމް ހަރުދަނާކޮށް ހައި ސްޕީޑް ފެރީއަކަށް އެދި އެމްޓީސީސީއާ މަޝްވަރާކުރާނަން، މުޅި ރާއްޖޭގައި ވެސް މި މަޝްރޫ މި އަހަރު ފަށާއިރު ފަށަނީ ބޮޑު ތިލަދުންމަތި އަދި ދެވަނައަށް ހުވަދޫ އަތޮޅުން ކަމަށް ރައީސް ވިދާޅުވިއެވެ.
ހިމަންދޫގެ ބަނދަރުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި 47 މިލިއަން ރުފިޔާ ޕީއެސްއައިޕީއަށް ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ބޮޑުފުޅަދޫގައި ފުޓުބޯޅަ ދަނޑުގެ އަހަރުގެ ތިން ވަނަ ކުއަރޓަރުގައި އިއުލާންކުރާނެ ކަމަށާއި މި އަހަރު ތެރޭގައި ޓަރފް ދަނޑެއް އަޅާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުޑަކުދިންގެ ޕާކުގެ މަސައްކަތް ވެސް ކުރިއަށްގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރަށުގެ ބިން ހުކުއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް އީއައިއޭ ހަދަމުންދާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބޯހިޔާވަހިކަން ބޭނުންވާ ރަށްރަށަށް ލޯނު ސްކީމެއް ހުޅުވާލާ ކަމަށާއި، ބޮޑުފުޅަދޫއަށް އެ އެހީ ލިބޭނެ ކަމަށެވެ.
ފެނާއި ނަރުދަމާ ވެސް ބަޔަކާ ހަވާލުކޮށް ދެވަނަ ކުއަރޓަރުގައި އެކަން ނިމޭނެ ކަމަށް ވެސް ވިދާޅުވިއެވެ. ރަށުގައި ވާރޭ ފެން ރައްކާކުރާ ނިޒާމެއް ގާއިމްކޮށްފައިވާ ކަމަށާއި މިސްކިތުގެ މަސައްކަތް އަދި ކަރަންޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ޕީއެސްއައިޕީ ޕްރޮޖްކްޓުތަކަށް 5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
މަތިވެރި ސިއްހީ މަރުކަޒު 16 ގަޑިއިރަށް ބަދަލުކުރީމަ ދިމާވާ ދަތިތައް ހެލްތު މިނިސްޓްރީން މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުރިހަމަވާނެ، އަދި އެމްބިއުލާންސް ވެސް އޭޕްރިލް މަހު ތެރޭގައި ލިބެން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިއްހީ މަރުކަޒުގައި ވޯޑުގައި ކެޕޭސިޓީ އިތުރުކުރުން ބަޖެޓުގައި ނެތް ކަމަށެވެ. އެކަމަކު އެކަމަށް ގޮތެއް ހޯއްދަވާނެ ކަމަށް ވިދާޅުވިއެވެ.
ސްކޫލްގެ މަސައްކަތް މިހާރު ޑިޒައިންކުރާ ކަމަށާއި އޭޕްރިލް މަހު ޓެންޑާކުރާނެ ކަމަށް ވިދާޅުވިއެވެ. މަތިވެރިއަށް އޭޓީއެމް އެއްވެސް ވަރަށް އަވަހަށް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.
މިއަހަރު ތިން ވަނަ ކުއާޓަރގައި ރަށް ގިރުމުގެ މައްސަލައަށް ވެސް ހައްލު ހޯއްދަވާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރަށް ފިނޮޅަކީ އެމްއެމްޕީއާރްސީން ކުއްޔަށް ދޫކޮށްފައިވާތަނެއް ކަމަށާއި އެތަނަށް ހެދޭނެ އިތުރު ގޮތެއް އޮތްތޯ ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް ބަލާނެ ކަމަށެވެ.
އުކުޅަހުގެ ބަނދަރުގެ ފެރީ ޓާމިނަލްގެ ތޮށި ހެދުން އެމްޓީސީސީއާ ހަވާލުކޮށް ފުންކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. ފުޓުބޯޅަ ދަނޑުގެ މަސައްކަތް މި މަހަށް ބަޖެޓުކޮށްފައިނުވާ ކަމަށާއި ޒުވާނުންގެ މަރުކަޒު މި އަހަރުގެ ތިންވަނަ ކުއާޓަރގައި ޓެންޑާކުރާނެ ކަމަށް ވިދާޅުވިއެވެ.
ސްކޫލްގެ 12 ކްލާސްރޫމްގެ މަސައްކަތް މި މަހު ޓެންޑާ ކުރާނެ ކަމަށާއި، ބިން ހިއްކުމުގެ މަސައްކަތް ވެސް އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށާއި ފަށާނެ ދުވަހެއް އަދި ޔަގީން ނޫން ކަމަށް ވިދާޅުވިއެވެ. އެކަމަކު އީއައިއޭ ގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
ސިއްހީ މަރުކަޒުގެ މަޝްރޫ މި އަހަރުގެ ހަތަރުވަނަ ކުއާޓަރގައި ޓެންޑާއަށް ހުޅުވާނެ ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އުކުޅަހު މަގު ހެދުމުގެ މަސައްކަތް މި މަހު ނުފެށޭނެ ކަމަށެވެ.
ރަސްދޫ ސްކޫލްގެ ޑިޒައިންގެ މަސައްކަތް މިހާރު ދަނީ ކުރިއަށް އޭޕްރިލް މަހު ތެރޭގައި ޓެންޑާ ކުރާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހޮސްޕިޓަލްގެ މަސައްކަތް ވެސް މި މަހު ޓެންޑާއަށް ހުޅުވާލާނެ ކަމަށާއި، ފެނުގެ މައްސަލަ ވެސް ހައްލުކުރުމަށް އާރްއޯ ޕްލާންޓުގެ މަސައްކަތްކުރާ ކަމަށެވެ. އަދި މީގެ އިތުރަށް އައު އުންޖީނުގެ އެއް އެޅުމުގެ މަސައްކަތް ސްޓެލްކޯއިން ކުރާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފުޓުބޯޅަ ދަނޑު އެޅުން ލަސްވަނީ ވެލި ލިބުމުގެ ދަތިތަކެއް ހުރީމަ ކަމަށެވެ. އަދި ޕީސީއާރް ޓެސްޓު ހެދުން ލަސްވާ ސަބަބު ހެލްތު މިނިސްޓްރީ މެދުވެރިކޮށް ބަލާނެ ކަމަށް ވިދާޅުވިއެވެ.
އައިސް ޕްލާންޓު އެޅުމުގެ މަސައްކަތް ވެސް ފަންޑު އެޕްރޫވްވުމާ އެކު ފަށާނެ ކަމަށް ވިދާޅުވިއެވެ.
ރަށުގެ ނަރުދަމާ މަސައްކަތް ވެސް ނިމިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރަސްދޫގައި ވެސް 50% ސޯލާ ކަރަންޓަށް ބަދަލުކުރުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އއ. ތޮއްޑޫގެ ބަނދަރު ހެދުމުގެ މަޝްރޫ މިދިޔަ މަހުގެ ޓެންޑާ ކޮށްފައިވާ ކަމަށާއި، މި މަހު 16 ގައި ބިޑަށް ހުޅުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތަރައްގީގެ މަޝްރޫތަކުގައި ތޮއްޑޫ ފަހަތަށް ލައި ބާކީކޮށްފައި ނުވާނެ ކަމަށެވެ. އެގޮތުން ސިއްހީ މަރުކަޒު އިމާރާތްކުރާނެ ބަޔަކު ހޯދަން މިދިޔަ މަހު 11ގައި ޓެންޑާ ކޮށްފައިވާ ކަމަށާއި މި މަހު 11 ގައި ބިޑަށް ހުޅުވާނެ ކަމަށް ވިދާޅުވި އެވެ، އެގޮތުން 163 ޑޮކްޓަރުން މި ޖޫން އަށް ހަމަވާނެ ކަމަށް ވިދާޅުވިއެވެ.
ރަށުގައި 12 ކްލާސްރޫމް ހަދައި އައުޓްޑޯ ޖިމްއެއްވެސް ހަދާފައިވާ ކަމަށާއި ނަރުދަމާގެ މަސައްކަތް ވެސް މި މަހު 16 ގެ ކުރިން ހަވާލުކުރާނެ ކަމަށް ވިދާޅުވިއެވެ. ރަށުގެ ކަރަންޓުގެ 50% ސޯލާ ކުރުމަށް މި އަހަރު ތެރޭގައި މަޝްރޫ ނިމޭނެ ކަމަށް ވެސް ވިދާޅުވިއެވެ.