ރަށްވެހި ފަތިސް - ކެނޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާއެކު ބާއްވާ ސިލްސިލާ ބައްދަލުވުން

  • ނ ލަންދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް އަންނަ އަހަރު ބަޖެޓުގައި ހިމެނުމަށް ދަނީ މަސައްކަތް ކުރަމުން: މިނިސްޓަރ
  • މާފަރު ސުކޫލުގެ ޕްރޮޖެކްޓް ދެވަނަ ކުއާޓަރ ގައި ޓެންޑަރ ކުރެވޭނެ: މިނިސްޓަރ
  • އިންޓަރނޭޝަަނަލް އެއަރޕޯޓު ހުރި ތަންތަނުގައި އިންޓަގްރޭޓަޑް ޓޫރިޒަމް ފުޅާ ކުރުމަށް މަޝްވަރާ ކުރަނީ
 
Writer Profile Picture
ލައިޝާ އަހްމަދު
ނ ލަންދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް އަންނަ އަހަރު ބަޖެޓުގައި ހިމެނުމަށް ދަނީ މަސައްކަތް ކުރަމުން: މިނިސްޓަރ

ޔޫތު މިނިސްޓަރ އަޙުމަދު މަޙްލޫފު:

ނ ހޮޅުދޫގައި ބެޑްމިންޓަން ކޯޓެއް އެޅުމުގެ މަސައްކަތް ދަނީ ކުރަމުން، ނ މަނަދޫގަައި ސަބް ބޭސް މަސައްކަތް ކުރިއަށްދޭ، ޓަރފް އެޅުމަށް ވަނީ އިއުލާނު ކުރެވިފައި، ނ މިލަދޫގައި ފުޓްސެލް ދަނޑު ވަނީ ނިމިފައި، ނ މާފަރުގެ ސަބްބޭސް މަސައްކަތް ކުރިއަށްދޭ، ނ ލަންދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް އަންނަ އަހަރު ބަޖެޓުގައި ހިމެނުމަށް ދަނީ މަސައްކަތް ކުރަމުން

ނ ކުޑަފަރީގެ ސަބްބޭސް މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފައި ނަމަވެސް ބައެއް އިސްލާޙުތައް ގެންނަންޖެހޭ،

28 ފެބްރުއަރީ 2021 | އާދީއްތަ 22:18
Writer Profile Picture
ލައިޝާ އަހްމަދު
މާފަރު ސުކޫލުގެ ޕްރޮޖެކްޓް ދެވަނަ ކުއާޓަރ ގައި ޓެންޑަރ ކުރެވޭނެ: މިނިސްޓަރ

އެޑިއުކޭޝަން މިނިސްޓަރ ޑރ އާއިޝަތު އަލީ:

މާފަރު ސުކޫލުގެ ޕްރޮޖެކްޓް ދެވަނަ ކުއާޓަރ ގައި ޓެންޑަރ ކުރެވޭނެ، ޅޮހީގެ 6 ކްލާސްރޫމުގެ މަސައްކަތް ވަރަށް އަވަހަށް ނިމިގެންދާނެ، މަގޫދޫއަށް މުދައްރިސުން ހަމަޖެއްސުމަށް 2 މަޤާމަކަށް އެޕްރޫވަލް ވަނީ ލިބިފައި، ކުރިއަށް އޮތް ތަނުގައި އެ މަޤާމުތަކަށް އިއުލާނު ކުރެވޭނެ

ހޮޅުދޫގައި 2 ކެމްޕަހެއްގައި ސުކޫލު ހިންގާތީ އެކަމަށް އެދެވޭ ޙައްލެއް ގެނައުމަށް އަންނަ އަހަރު މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި

28 ފެބްރުއަރީ 2021 | އާދީއްތަ 22:16
Writer Profile Picture
ލައިޝާ އަހްމަދު
އިންޓަރނޭޝަަނަލް އެއަރޕޯޓު ހުރި ތަންތަނުގައި އިންޓަގްރޭޓަޑް ޓޫރިޒަމް ފުޅާ ކުރުމަށް މަޝްވަރާ ކުރަނީ

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް:

ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށްވެސް ޚިދުމަތްތައް ބައްޓަން ކުރުމުގެ މަސައްކަތް ކުރައްވަމުންދާކަން ފާހަގަ ކުރެއްވި، އެކަމަށްޓަކައި ސިވިލް ސަރވިސް ކޮމިޝަނާއި، ރައީސް އޮފީހާއި މަޝްވަރާ ކުރެވެމުންދާކަމަށް ވިދާޅުވި

އޭގެ އިތުރުން، އެސްއެމްއީ ލޯނުތަކުގައި ފަރުދުންގެ ޕްރައިވެޓް ޙައްޤުތަކެެއް ހިމެނޭކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، އެސްއެމްއީ ލޯނާއި ގުޅިގެން ހާމަ ކުރެވެން ހުރި ކަންކަން ހާމަ ކުރައްވާނެ ކަމަށް

2 ހަފްތާއެއްހާ ދުވަސް ތެރޭގައި އިންކަމް ސަޕޯޓު ދޫކުރުމަށް މިހާރު ހުރި އެޕްލިކޭޝަންތަކުގެ މަސައްކަތް ކުރެވޭނެކަން ފާހަގަ ކުރެއްވި

އޭގެ އިތުރުން، އިންޓަރނޭޝަަނަލް އެއަރޕޯޓު ހުރި ތަންތަނުގައި އިންޓަގްރޭޓަޑް ޓުރިޒަމް ފުޅާ ކުރުމަށް މަޝްވަރާ ކުރަމުންދާކަން ފާހަގަ ކުރެއްވި

28 ފެބްރުއަރީ 2021 | އާދީއްތަ 22:14
Writer Profile Picture
ލައިޝާ އަހްމަދު
2022 ވަނަ އަހަރު އަތޮޅު ތެރެއަށް ޚާއްސަކޮށްގެން 1.5 ބިލިއަން ރުފިޔާގެ ހައުސިންގ ޕްރޮގްރާމްތަކެއް!

ޕްލޭނިންގ މިނިސްޓަރ އަސްލަމް:

ރަށް ގިރުމުގެ މައްސަލައިގައި ނ އަތޮޅުގެ 3 ރަށަކުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވާނެ، އަދި ގެދޮރުގެ ކަންކަމުގައި ފިނޭންސް މިނިސްޓަރާ މަޝްވަރާ ކުރެވެމުންދާކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، 2022 ވަނަ އަހަރު އަތޮޅު ތެރެއަށް ޚާއްސަކޮށްގެން 1.5 ބިލިއަން ރުފިޔާގެ ހައުސިންގ ޕްރޮގްރާމްތަކެއް ހިންގަވާނެ ކަމަށް، އަދި މިއަހަރުގެ ދެވަނަ ކުއާޓަރ ގައި ވެސް އެކަަމަށްޓަކައި ލޯނު ދޫކުރުމުގެ ބައެއް މަސައްކަތް ކުރިއަށްދާނެކަން ފާހަގަ ކުރެއްވި

ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އިތުރު 30 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތްވެސް ކުރައްވާނެ ކަމަށް ވިދާޅުވި

28 ފެބްރުއަރީ 2021 | އާދީއްތަ 22:09
Writer Profile Picture
ލައިޝާ އަހްމަދު
ޖޫން މަހުގެ ނިޔަލަށް ހެލްތް ސެންޓަރުތަކަށް ބޭނުންވާ ނަރުހުންނާއި ޑޮކްޓަރުން ހޯދުމުގެ މައްސަލަ ޙައްލުވާނެ

ހެލްތް މިނިސްޓަރ އަހުމަދު ނަސީމް:

- އޭޕްރީލް މަހުގެ ނިޔަލަށް އައު އެމްބިއުލާންސްތައް ލިބޭނެ، އަދި ޖޫން މަހުގެ ނިޔަލަށް ހެލްތް ސެންޓަރުތަކަށް ބޭނުންވާ ނަރުހުންނާއި ޑޮކްޓަރުން ހޯދުމުގެ މައްސަލަ ޙައްލުވާނެ، ނ އަތޮޅާއި ބ އަތޮޅު ސިއްޙީ ނިޒާމަށް ބޭނުންވާ ތަކެތި ހޯދުމަށް 6 މިލިއަން ރުފިޔާ ވަނީ ޚަރަދު ކުރެވިފައި

28 ފެބްރުއަރީ 2021 | އާދީއްތަ 22:04
Writer Profile Picture
ލައިޝާ އަހްމަދު
ނ އަތޮޅުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

ނ އަތޮޅުން ޖުމުލަކޮށް އިތުރަށް ފާހަގަކުރި ކަންކަން:

ދަނޑުވެރިކަމަށް ރަށްރަށް ދޫކުރުމުގެ ކަންކަން ކައުންސިލުތަކާ މަޝްވަރާ ކޮށްގެން މުރާޖައާ ކުރުމާއި، ސިއްޙީ ޚިދުމަތަށް ދައުލަތުން ކުރާ ޚަރަދުވެސް މިއަށްވުރެ ހަރުދަނާކޮށް އަތޮޅުތަކުން ކުރެވޭނެ ގޮތް ހެދުމާއި، ލާމަރުކަޒީ ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް ސިވިލް ސަރވިސް ވަޒީފާތަކަށް އަތޮޅުގައި ވަޒީފާތަކުގައި އުޅެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުން ފަދަ ކަންކަން ފާހަގަ ކުރެއްވި.

ނ އަތޮޅާ ގުޅޭގޮތުން ރައީސް ފާހަގަ ކުރެއްވި ކަންކަން:

- ނ އަތޮޅުގެ ކުނި މެނޭޖް ކުރުމުގެ ކަންކަން ރިސޯޓުތަކާ ގުޅިގެން ކުރެވޭނެ ގޮތެއް ހައްދަވައިދެއްވާނެ

- ފަޅުރަށްތައް ދޫކުރާނީ އަތޮޅު ކައުންސިލުގެ މަޝްވަރާއާ އެކުގައި ކަމަށް ރައީސް ވިދާޅުވި، ރައީސް ވިދާޅުވީ، މީގެ ކުރިން ރަށްތަށް ދޫކުރެވިފައި ހުރީ އުސޫލުތަކާއި ޚިލާފަށްކަމަށް އަދި އެކަމުގެ ސަބަބުން މިހާރުވެސް ދަތިތައް ކުރިމަތިވަމުންދާކަން ފާހަގަ ކުރެއްވި

- މުޅި ނ އަތޮޅަށް އިންކަމް ސަޕޯޓު އެލަވަންސް ގޮތުގައި 1363 މީހަކަށް 20 މިލިއަން ރުފިޔާ ދެވިފައިވޭ ، ހިލޭ ޑިގްރީއަށް 457 ދަރިވަރުން ކިޔަވަމުންދޭ، އެސްއެމްއީ ލޯނު 21 މީހަކަށް ދެވިފައިވޭ އެއީ 28 މިލިއަން ރުފިޔާ

28 ފެބްރުއަރީ 2021 | އާދީއްތަ 22:00
Writer Profile Picture
ލައިޝާ އަހްމަދު
ވެލިދޫ ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަންނަ ހަފްތާ ތެރޭގައި ޓެންޑަރ އަށް ހުޅުވާލަނީ!

ނ ވެލިދޫއިން ފާހަގަކުރި ކަންކަން:

ވެލިދޫ ސިއްޙީ މަރުކަޒުގެ މަސައްކަތާއި، ޓަރފް ދަނޑުގެ މަސައްކަތް އަވަހަށް ނިންމުމަށް ރައްޔިތުން ބޭނުންވާކަން ފާހަގަ ކުރެއްވި، އަދި ސިއްޙީ މަރުކަޒުގެ ޑޮކްޓަރުން ނެތުމާއި، ސިއްޙީ ކަންކަމަށް އެހެން ރަށްރަށަށް ދަތުރު ކުރުމުގައި ދަތިތަކެއް ހުރިކަމަށް ފާހަގަ ކުރެއްވި. އަދި ސުކޫލުގެ ކަންބޮޑުވުންތަކާއި ރަށާގުޅޭ އިތުރު ކަންބޮޑުވުންތައް ފާހަގަ ކުރެއްވި

ނ ވެލިދޫއާ ގުޅޭގޮތުން ރައީސް ސޯލިޙު ފާހަގަ ކުރެއްވި ކަންކަން:

- ވެލިދޫއަކީ އާބާދީ ބޮޑު ރަށެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަންނަ ހަފްތާ ތެރޭގައި ޓެންޑަރ އަށް ހުޅުވާލެވޭނެ ކަމަށް ރައީސް ވިދާޅުވި، ރައީސް ވިދާޅުވީ، ހޮސްޕިޓަލެއްގެ ފެންވަރަށް ހެލްތް ސެންޓަރ ތަރައްޤީ ކުރައްވާނެ ކަމަށް

- މަގު ހެދުމުގެ މަސައްކަތް ކުއާޓަރ 2 ގައި ކުރިއަށްދާނެ، މިހާރު އޮތީ ޑިޒައިނިންގ މަރުޙަލާގައި

- ކުނި ނައްތާލުމާ ގުޅޭ އެމްއޯޔޫގައި މާރޗް މަސް ތެރޭގައި ސޮއި ކުރެވޭނެ

ވެލިދޫއަށް މިދިޔަ 2 އަހަރު 12.7 މިލިއަން ރުފިޔާ މި ސަރުކާރުން ޚަރަދު ކޮށްފައިވޭ، އޭގެ އިތުރުން، 77 ދަރިވަރުން ހިލޭ ޑިގްރީއަށް ކިޔަވަމުންދޭ

28 ފެބްރުއަރީ 2021 | އާދީއްތަ 21:49
Writer Profile Picture
ލައިޝާ އަހްމަދު
ނ ފޮއްދޫ ފާލަމުގެ މަސައްކަތުގެ އަމަލީ މަސައްކަތް 4 ވަނަ ކުއާޓަރ ގައި ފެށޭނެ

ނ ފޮއްދޫއިން ފާހަގަކުރި ކަންކަން:

ކުރީގެ ސަރުކާރުން ރައްޔިތުންގެ ޙިޔާލު ބޭނުން ކުރުމެއް ނެތި، ރައްޔިތުންގެ ބަޖެޓުން ހަދާފައިވާ ޖެޓީގެ ބޭނުން ނުކުރެވި ދާކަން ފާހަގަ ކުރެއްވި. އަދި ރަށާ ގުޅޭ ކަންބޮޑުވުންތައް ހިއްސާ ކުރެއްވި

ނ ފޮއްދޫއާ ގުޅޭގޮތުން ރައީސް ސޯލިޙު ފާހަގަ ކުރެއްވި ކަންކަން:

- ނ ފޮއްދޫ ފާލަމުގެ މަސައްކަތުގެ އަމަލީ މަސައްކަތް 4 ވަނަ ކުއާޓަރ ގައި ފެށޭނެ

- ސުކޫލުގެ 2 ކްލާސްރޫމްގެ މަސައްކަތް އޭޕްރީލް މަސް ތެރޭގައި ޓެންޑަރ ކުރެވޭނެ

- ކަރަންޓް ޑިސްޓްރިބިއުޝަންގެ މަސައްކަތް މިއަހަރުގެ ފަހުކޮޅަށް ވަނީ ޕްލޭން ކުރެވިފައި

ޕީއެސްއައިޕީއަށް 10 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވޭ، ހިލޭ ޑިގްރީއަށް 12 ކުދިން ކިޔަވަމުންދާއިރު، 13 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ދޫކުރެވިފައިވޭ

28 ފެބްރުއަރީ 2021 | އާދީއްތަ 21:44
Writer Profile Picture
ލައިޝާ އަހްމަދު
ލަންދޫ ސުކޫލުގެ މަސައްކަތް އޮތީ ޑިޒައިނިންގ މަރުޙަލާގައި، ދެވަނަ ކުއާޓަރ ގައި ބިޑަށް ހުޅުވާލެވޭނެ

ނ ލަންދޫއިން ފާހަގަކުރި ކަންކަން:

ލަންދޫގެ ފެނާއި ނަރުދަމާގެ މައްސަލަ، ސުކޫލުގެ ޖާގައިގެ ދަތިކަމުގެ މައްސަލަ، ފުޓްބޯޅަ ކުޅޭނެ ޒަމާނީ ފެންވަރުގެ ޓަރފް ދަނޑެއް ނެތުން، އަދި ދަނޑުވެރިކަމަށް ބިން ދޫކުރުން ފަދަ ކަންކަން ފާހަގަ ކުރެއްވި

ނ ލަންދޫއާ ގުޅޭގޮތުން ރައީސް ސޯލިޙު ފާހަގަ ކުރެއްވި ކަންކަން:

- ސުކޫލުގެ 4 ކްލާސް ރޫމާއި މަލްޓި ޕަރޕޯސް ހޯލުގެ މަސައްކަތް އޮތީ ޑިޒައިނިންގ މަރުޙަލާގައި، ދެވަނަ ކުއާޓަރ ގައި ބިޑަށް ހުޅުވާލެވޭނެ

- ފެނާއި ނަރުދަމާގެ މަސައްކަތަށް އަވަސް ޙައްލެއް ގެންނަވާނެ

- ރޯދައިގެ ކުރިން ކަރަންޓް ނެޓްވޯރކުގެ މަސައްކަތް ކުރިއަށް ގެންދަވާނެ

- އާސާރީ ތަންތަން ހިމާޔަތް ކުރުމާ ގުޅޭ ކޮންސެޕްޓް އެކުލަވާލައި، ކައުންސިލާ ގުޅިގެން އެ މަސައްކަތް ކުރައްވާނެ

ލަންދޫއިން 27.6 މިލިއަން ރުފިޔާ ޕީއެސްއައިޕީ ގޮތުގައި ޚަރަދު ކޮށްފައިވާއިރު، އިންކަމް ސަޕޯޓު އެލަވަންސް 172 މީހަކަށް ދޫކޮށްފައިވޭ، ކަރަންޓް ސަބްސިޑީޒްއަށް 3.9 މިލިއަން ރުފިޔާ ދޫކޮށްފައިވޭ

އެމްޑީޕީ ރަށްވެހި ފަތިސް ނޫނު އަތޮޅުގެ ބައްދަލުވުމުގެ ތެރެއިން - ރާއްޖެއެމްވީ
28 ފެބްރުއަރީ 2021 | އާދީއްތަ 21:39
Writer Profile Picture
ލައިޝާ އަހްމަދު

ނ ހޮޅުދޫއިން ފާހަގަކުރި ކަންކަން:

އައު ސަރުކާރުން ހޮޅުދޫގައި ފެން ހިންދާ ނިޒާމެއް ޤާއިމު ކޮށްފައިވާއިރު، ޓާރފް ދަނޑުވެސް އަޅާފައިވާކަން ފާހަގަ ކުރެއްވި، އަދި ރަށުގެ މަގުތަކުގެ މަސައްކަތްތަކާއި، އިންޖީން ރޫމުގެ ޖާގައިގެ ދަތިތައް ޙައްލު ކުރުމާއި، ރަނގަޅު ސިއްޙީ ނިޒާމެއްގެ ބޭނުންތެރިކަން ފާހަގަ ކުރެއްވިި، އޭގެ އިތުރުންވެސް ގިނަ ކަންބޮޑުވުންތަކެއް ވަނީ ފާހަގަ ކޮށްފައި

ނ ހޮޅުދޫއާ ގުޅޭގޮތުން ރައީސް ސޯލިޙު ފާހަގަ ކުރެއްވި ކަންކަން:

- ފެން ހިންދުމުގެ ނިޒާމަށް ދާއިމީ ޙައްލެއް ގެނައުމަށް މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި

- ސިއްޙީ މަރުކަޒު އައު އިމާރާތް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވި

- މިއަހަރުގެ ތެރޭގައި ދެ ސުކޫލު އެއްކޮށްލުމަށް ބަޖެޓު ކުރެވިފައި ނެތް ނަމަވެސް، އަންނަ އަހަރަށް އެކަން ކުރުން ރަނގަޅުކަމަށް ރައީސް ވިދާޅުވި

ނ ހޮޅުދޫގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 21 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާއިރު، 55 ދަރިވަރަކު ހިލޭ ޑިގްރީއަށް ދަނީ ކިޔަވަމުން، ކަރަންޓް ސަބްސިޑީޒް ގޮތުގައި 8.7 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވޭ

28 ފެބްރުއަރީ 2021 | އާދީއްތަ 21:33
Writer Profile Picture
ލައިޝާ އަހްމަދު
ނ މަނަދޫގައި 700 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަނީ!

ނ މަނަދޫއިން ފާހަގަކުރި ކަންކަން:

- މަނަދޫ ހުކުރު މިސްކިތް މަރާމާތު ކުރަން ބޭނުންވާކަން ފާހަގަ ކުރެއްވި، އަދި ދިރިއުޅޭ އާބާދީއާ އެކަށީގެންވާ މިސްކިތެއް އެޅުމާއި، ޒުވާނުންގެ މަރުކަޒެއް އެޅުމުގެ އިތުރުންވެސް ރަށާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް ހިއްސާ ކުރައްވާފައިވޭ

ނ މަނަދޫއާ ގުޅޭގޮތުން ރައީސް ސޯލިޙު ފާހަގަ ކުރެއްވި ކަންކަން:

- މަނަދޫ ސުކޫލުގެ މަލްޓި ޕަރޕޯސް ހޯލުގެ މަސައްކަތުގެ ބީއޯކިއުގެ މަސައްކަތް ކުރިއަށްދޭ، މާރޗު މަހު ޓެންޑަރ ކުރެވޭނެ،

- ބަނދަރުގެ މަސައްކަތް މާރޗް މަހު ބިޑް ކުރެވި، މަސައްކަތް ފެށިގެންދާނެ

- 700 މީހުންގެ ޖާގައިގެ މިސްކިތެއްގެ ހެދުމަށް ކޮންސެޕްޓް އެޕްރޫވް ކުރެވި، ބީއޯކިއު ތައްޔާރު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން،

މަނަދޫގައި މިއަހަރު ތެރޭގައި ޕީއެސްއައިޕީގެ ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ، މަނަދޫގެ 44 ދަރިވަރަކު ހިލޭ ޑިގްރީއަށް ކިޔަވަމުންދާއިރު، 115 މީހަކަށް އިންކަމް ސަޕޯޓު އެލަވަންސް ވަނީ ދޫކުރެވިފައި

ފަތުރުވެރިކަމަށް މަނަދޫގެ ވަކި ސަރަޙައްދެއް ދޫކުރުމަށް ބިން ޕްލޭން ކުރުމުގެ މަސައްކަތް ވަނީ ކުރެވިފައި

28 ފެބްރުއަރީ 2021 | އާދީއްތަ 21:28
Writer Profile Picture
ލައިޝާ އަހްމަދު
ނ މަގޫދޫ ފެނާއި ނަރުދަމާ މާރޗް މަހުގެ ތެރޭގައި ޓެންޑަރ އަށް ހުޅުވާލެވޭނެ: ރައީސް

ނ މަގޫދޫ ޓީމުން ފާހަގަކުރި ކަންކަން:

އިންޖީނުގެ ރީލޮކޭޓް ކުރުމުގެ މަސައްކަތް ފާހަގަ ކުރެއްވި، އަދި ރަށުގައި ހުރި ބައެއް ކަންބޮޑުވުންތައް ރައީސް ސޯލިޙާ ހިއްސާ ކުރައްވާފައިވޭ

ނ މަގޫދޫއާ ގުޅޭގޮތުން ރައީސް ސޯލިޙު ފާހަގަ ކުރެއްވި ކަންކަން:

- ފެނާއި ނަރުދަމާ މާރޗް މަހުގެ ތެރޭގައި ޓެންޑަރ އަށް ހުޅުވާލެވޭނެ، މެއި މަސް ފެށެންވާއިރަށް ބަޔަކާ ޙަވާލު ކުރެވޭނެ

މަގޫދޫއަށް 10.8 މިލިއަން ރުފިޔާ ޕީއެސްއައިޕީ ގޮތުގައި ޚަރަދު ކޮށްފައިވޭ، 16 ދަރިވަރުން ހިލޭ ޑިގްރީއަށް ކިޔަވަމުންދޭ

28 ފެބްރުއަރީ 2021 | އާދީއްތަ 21:22
Writer Profile Picture
ލައިޝާ އަހްމަދު
މިލަދޫގައި ކައުންސިލް އިމާރާތެއް ނެތި 10 އަހަރު، މި ސަރުކާރުން އިސްކަންދޭ ތަރުތީބަށް އެރަށުގެ ނަން!

ނ މިލަދޫއިން ފާހަގަކުރި ކަންކަން:

- ސުކޫލުގެ މަސައްކަތާއި، އައު ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެދޭކަމަށް ފާހަގަކުރެއްވި، އަދި ކައުންސިލް އިމާރާތެއް ނެތްތާ 10 އަހަރު ވެފައިވާ ކަމަށްވެސް ވިދާޅުވި، އޭގެ އިތުރުންވެސް ރަށާ ގުޅޭ ކަންބޮޑުވުންތައް ވަނީ ހިއްސާ ކުރައްވާފައި

ނ މިލަދޫއާ ގުޅޭގޮތުން ރައީސް ސޯލިޙު ފާހަގަ ކުރެއްވި ކަންކަން:

- ސާރވޭ ކުރިއަށް ގެންދިއުމަށްފަހު މިލަދޫ ގިރާ ސަރަޙައްދުގެ މައްސަލައަށް ޙައްލު ހޯއްދަވައިދެއްވާނެ

- ފެނާއި ނަރުދަމާ މަސައްކަތް އޭޕްރީލް މަހު ތެރޭގައި ފެށިގެންދާނެ

- ކައުންސިލް އިމާރަތް ހެދުމަށް އިސްކަންދޭ ތަރުތީބުގެ ލިސްޓު އެކުލަވާލިއިރު، ނ މިލަދޫ ހިމެނިފައިވާކަން ރައީސް ފާހަގަ ކުރެއްވި

މިލަދޫގައި ޕީއެސްއައިޕީ ގޮތުގައި 13.2 މިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވޭ، 41 ދަރިވަރަކު ހިލޭ ޑިގްރީއަށް ކިޔަވަމުންދާއިރު، 98 މީހަކަށް އިންކަމް ސަޕޯޓު އެލަވަންސް ދޫކުރެވިފައިވޭ

28 ފެބްރުއަރީ 2021 | އާދީއްތަ 21:16
Writer Profile Picture
ލައިޝާ އަހްމަދު
ނ ޅޮހީ ބަނދަރުގެ ޕްރިލިމިނަރީ ކޮންސެޕްޓް ވަނީ ނިމިފައި، 3 ވަނަ ކުއާޓަރ ގައި ޓެންޑަރ ކުރެވޭނެ: ރައީސް

ނ ޅޮހި ޓީމުން ފާހަގަކުރި ކަންކަން:

ސުކޫލުގެ އައު އިމާރާތުގެ މަސައްކަތާއި، ފެނާއި ނަރުދަމާގެ މަސައްކަތް މި ސަރުކާރުން ކުރަމުންދާކަން ފާހަގަ ކުރެއްވި، އޭގެ އިތުރުން، ފުޓުބޯޅަ ދަނޑުގައި ޓާރފް އަޅަން ބޭނުންވާކަން ފާހަގަ ކުރެއްވި، އަދި ޒަމާނީ ފުޓުބޯޅަ ދަނޑެއް ތަރައްޤީ ކުރުމާއި، އެނޫންވެސް ރަށާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް ފާހަގަ ކުރައްވާފައިވޭ

ނ ޅޮއްސާ ގުޅޭގޮތުން ރައީސް ސޯލިޙު ފާހަގަ ކުރެއްވި ކަންކަން:

- ނ ޅޮހީ ބަނދަރުގެ ޕްރިލިމިނަރީ ކޮންސެޕްޓް ވަނީ ނިމިފައި، 3 ވަނަ ކުއާޓަރ ގައި ޓެންޑަރ ކުރެވޭނެ

- ސާރފް ޕޮއިންޓުގައި ޝެޑްއެއް އެޅުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރިއަށްދާނެ

ޅޮހީގައި މިދިޔަ 2 އަހަރު 10 މިލިއަން ރުފިޔާ ޕީއެސްއައިޕީއަށް ޚަރަދު ކުރެވިފައިވޭ، 28 ދަރިވަރަކު ހިލޭ ޑިގްރީއަށް ކިޔަވަމުންދާއިރު، މަސައްކަތް ކުރާ އާބާދީގެ 20 އިންސައްތައަށް އިންކަމް ސަޕޯޓު އެލަވަންސް ދޫކުރެވިފައިވޭ، ޕީކް ގަޑީގައި 45 އިންސައްތަ ރިނިއުބަލް އެނަރޖީއަށްވެސް ވަނީ ބަދަލު ކުރެވިފައި

އެމްޑީޕީ ރަށްވެހި ފަތިސް ނޫނު އަތޮޅުގެ ބައްދަލުވުމުގެ ތެރެއިން - ރާއްޖެ އޮންލައިން
28 ފެބްރުއަރީ 2021 | އާދީއްތަ 21:11
Writer Profile Picture
ލައިޝާ އަހްމަދު
ނ މާފަރު އެއަރޕޯޓު ތަރައްޤީ ކުރުމުގެ ބޮޑެތި މަޝްރޫއުތަކެއް ފަށަނީ!

ނ މާފަރު ޓީމުން ފާހަގަކުރި ކަންކަން:

- ރައްޔިތުންގެ ގިނަ ކަންބޮޑުވުންތައް ހުރިކަން ފާހަގަކުރެއްވި، އެގޮތުން މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ވަޒީފާތަކަށް މުވައްޒަފުން ހަމަޖެހިފައި ނުވުމާއި، އެއަރޕޯޓު ދެވަނަ ފިޔަވަހީގެ މަސައްކަތް ނުފެށި ލަސްވުމާއި، މާފަރު ސުކޫލު އެކްސްޓެންޝަނާއި މަލްޓި ޕަރޕޯސް ހޯލްގެ އިތުރުންވެސް ރަށަށް ބޭނުންވާ ގިނަ ކަންކަން ހިއްސާ ކުރައްވާފައިވޭ،

ނ މާފަރާ ގުޅޭގޮތުން ރައީސް ފާހަގަ ކުރެއްވި ކަންކަން:

- ނ މާފަރު އެއަރޕޯޓަކީ މުހިއްމު އެއަރޕޯޓެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، 2019 ވަނަ އަހަރު އެކަނިވެސް އިންޓަރނޭޝަނަލް 229 ފްލައިޓް ޖައްސާފައިވާ ކަމަށް، އަދި މި އަހަރު 2 މަސް ދުވަހުގެ ތެރޭގައި ގިނަ ޕްރައިވެޓް ޖެޓުތަކެއް ޖައްސާފައިވާކަން ފާހަގަ ކުރެއްވި، ރައީސް ވިދާޅުވީ، އަބޫދާބީ ފަންޑުން އެޕްރޫވަލް ލިބި، މިއަދު (އާދިއްތަ ދުވަހު) ޓެންޑަރިންގ އަށް ހުޅުވާލެވިފައިވާ ކަމަށް، އެއާއެކު، އެއަރޕޯޓުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ވިދާޅުވި

- ސުކޫލުގެ މަލްޓި ޕަރޕޯސް ހޯލް ދެވަނަ ކުއާޓަރ ގައި ޓެންޑަރ ކުރެވޭނެ

- މިއަހަރު ތެރޭގައި މާފަރުގައި އޭޓީއެމް ބެހެއްޓޭނެ

މާފަރު 43 ދަރިވަރުން ހިލޭ ޑިގްރީއަށް ކިޔަވަމުންދާއިރު އިންކަމް ސަޕޯޓް އެލަވަންސް 204 މީހަކަށް ދެވިފައިވޭ، ކަރަންޓް ސަބްސިޑީ ގޮތުގައި 3.8 މިލިއަން ރުފިޔާ ދެވިފައިވޭ

28 ފެބްރުއަރީ 2021 | އާދީއްތަ 21:04
Writer Profile Picture
ލައިޝާ އަހްމަދު
މާރޗް މަހުގެ ތެރޭގައި ހެނބަދޫގެ ސުކޫލުގެ މަސައްކަތް ޓެންޑަރިންގ އަށް ހުޅުވާލެވޭނެ: ރައީސް

ނ ހެނބަދޫއިން ފާހަގަކުރި ކަންކަން:

ހެނބަދޫގައި ބަނދަރު ތަރައްޤީ ކުރެވިފައިވާތީ އެކަމަށް ޝުކުރު އަދާ ކުރެއްވި، ރަށުގެ ސުކޫލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންނެވި، އަދި ހެނބަދޫ ސިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަން ޙައްލު ކޮށްދެއްވުމަށް އެދިފައިވޭ. އޭގެ އިތުރުން ރަށުގެ ގިރާ ސަރަޙައްދުގެ މައްސަލަ ޙައްލު ކުރުމާއި، ރަށުގެ އިތުރު ކަންބޮޑުވުންތައް ހިއްސާ ކުރެއްވި

ނ ހެނބަދޫއާ ގުޅޭގޮތުން ރައީސް ސޯލިޙު ފާހަގަ ކުރެއްވި ކަންކަން:

- ހެނބަދޫ ގިރާ ސަރަޙައްދުގެ އީއައިއޭ ހެދުމުގެ މަސައްކަތް ދަނީ ކުރިއަށް، އީއައިއޭ ނިމުމާއެކު އެ މަސައްކަތް ފެށިގެންދާނެ

- މާރޗް މަހުގެ ތެރޭގައި ހެނބަދޫގެ ސުކޫލުގެ މަސައްކަތް ޓެންޑަރިންގ އަށް ހުޅުވާލެވޭނެކަމަށް ރައީސް ވިދާޅުވި

- ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން މަސައްކަތް ނޯޓު ކުރައްވައި އެކަމަށް ރިއާޔަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވި

30.5 މިލިއަން ރުފިޔާ އައު ސަރުކާރުން ހެނބަދޫއަށް ޚަރަދު ކޮށްފައިވޭ، އިންކަމް ސަޕޯޓު އެލަވަންސް 19 މީހަކަށް ދޫކުރެވިފައިވޭ

28 ފެބްރުއަރީ 2021 | އާދީއްތަ 20:58
Writer Profile Picture
ލައިޝާ އަހްމަދު
ކުޑަފަރި މަލްޓި ޕަރޕޯސް ހޯލް މާރޗް މަހު ޓެންޑަރ އަށް ހުޅުވާލެވޭނެ: ރައީސް

ނ ކުޑަފަރި ޓީމުން ފާހަގަކުރި ކަންކަން:

ރަށުގައި ހައުސިންގ މިނިސްޓްރީން ހިންގި ސާރވޭގެ ދަށުން ބޯހިޔާވަހިކަމަށް ބޭނުންވާ މީހުން ގިނަކަން ފާހަގަކުރޭވެކަމަށް ވިދާޅުވި، އަދި ސަރުކާރާއެކު ގުޅިގެން ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގުމާއި، ފުޓުބޯޅައިގެ އިތުރުން، ޒުވާނުން ކުޅޭ އިތުރު ކުޅިވަރުތަކަށް ފުރުސަތު ފަހިކޮށްދެވޭނެ ގޮތްތަކެއް ހޯދުމާ ގުޅޭގޮތުން ވާހަކަ ދައްކާފައިވޭ، އަދި ހަރުކަށި ފިކުރާ ޒުވާނުން ދުރު ކުރުމަށް، ޚާއްސަ ލައިބްރަރީއެއް ބިނާ ކުރުމަށް އެދިފައިވޭ، އޭގެ އިތުރުންވެސް ރަށާގުޅޭ ގިނަ ކަންބޮޑުވުންތަކެއް ހިއްސާ ކޮށްފައިވޭ

ނ ކުޑަފަރިއާ ގުޅޭގޮތުން ރައީސް ސޯލިޙު ފާހަގަ ކުރެއްވި ކަންކަން:

- ފުޓްބޯޅަ ދަނޑުގެ މަސައްކަތް ވަނީ 1.4 މިލިއަން ރުފިޔާއަށް ކޮންޓްރެކްޓް ކުރެވިފައި، މިވަގުތު ޓަރފްއަށް ބޭނުންވާ ސާމާނު ރަށަށް ގެންދިއުމުގެ ކަންކަން ދަނީ ކުރިއަށް

- ސްމާރޓް ކްލާސް ރޫމު (4 ކްލާސް ރޫމް) ގެ މަސައްކަތް ވަނީ ނިމިފައި، މަލްޓި ޕަރޕޯސް ހޯލް މާރޗް މަހު ޓެންޑަރ އަށް ހުޅުވާލެވޭނެ

- ޕަބްލިކް ލައިބްރަރީއެއްގެ ކަންކަން ނޯޓު ކުރައްވައި، އެކަމަށްޓަކައި މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ސޯލިޙު ދެއްވާފައިވޭ

ކުޑަފަރި 3 މީހަކަށް އެސްއެމްއީ ލޯނު ދެވިފައިވޭ، ޕީއެސްއައިޕީއަށް 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފައިވޭ

28 ފެބްރުއަރީ 2021 | އާދީއްތަ 20:52
Writer Profile Picture
ލައިޝާ އަހްމަދު
ނ މާޅެންދޫގެ ކަރަންޓު 44 އިންސައްތަ ސޯލަރ ހަކަތައަށް ބަދަލު ކުރަނީ

ނ މާޅެންދޫ ޓީމުން ފާހަގަކުރި ކަންކަން:

މާޅެންދޫގެ ހުޅަނގު ފަރާތުގައި ލަފާފުރޭ ބަނދަރެއް ހެދުމާ ގުޅޭގޮތުން އަޕްޑޭޓެއް ބެލުމާއި، ރަށުގެ އިތުރު ކަންބޮޑުވުންތައް ހިއްސާ ކުރައްވާފައިވޭ

ނ މާޅެންދޫއާ ގުޅޭގޮތުން ރައީސް ސޯލިޙު ފާހަގަ ކުރެއްވި ކަންކަން:

- މާޅެންދޫގެ ކަރަންޓު 44 އިންސައްތަ ސޯލަރ ހަކަތައަށް ބަދަލު ކުރައްވާނެ

- ބަނދަރުގެ މަސައްކަތް އަންނަ އަހަރު ކުރިއަށް ގެންދާނެ

- ސުކޫލުގެ މަސައްކަތް މެއި.ޖޫންގައި ޓެންޑަރ އަށް ހުޅުވާލެވޭނެ

- ގިރާ ސަރަޙައްދު ހިމާޔަތް ކުރުން 3 ވަނަ ކުއާޓަރ ގައި ޓެންޑަރ އަށް ހުޅުވާލެވޭނެ

މާޅެންދޫގެ 20 ދަރިވަރުން ހިލޭ ޑިގްރީއަށް ކިޔަވަމުންދާއިރު، އެރަށު 113 މީހަކަށް އިންކަމް ސަޕޯޓު އެލަވަންސް ދެވިފައިވޭ

28 ފެބްރުއަރީ 2021 | އާދީއްތަ 20:44
Writer Profile Picture
ލައިޝާ އަހްމަދު
ކެނދިކުޅުދޫގައި ވައުދާ އެއްގޮތަށް ބޯހިޔާވަހިކަން ކުރިއަށް ގެންދާނަން: ރައީސް

ނ ކެނދިކުޅުދޫއިން ފާހަގަކުރި ކަންކަން:

ކޮވިޑުގެ މި ޙާލަތުގައިވެސް ނ އަތޮޅަށް މި ސަރުކާރުން ގެނެސްދީފައިވާ ސަމާލުކަން ފާހަގަކޮށް ޓީމުން ވަނީ އެކަމަށް ޝުކުރު އަދާ ކޮށްފައި، އަދި ރަށުގެ ކަންބޮޑުވުންތައް ވަނީ ހިއްސާ ކޮށްފައި

ރައީސް ސޯލިޙު ފާހަގަ ކުރެއްވި ކަންކަން:

- ރަށުގައި ގޯތި އެޅުމާ ގުޅޭގޮތުން ޕްލޭނެއް ގެންގުޅުއްވާކަމަށް ވިދާޅުވި، އަދި ވައުދާ އެއްގޮތަށް ބޯހިޔާވަހިކަން ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވި،

- މަޤާމުތަކަށް މީހުން އައްޔަނު ކުރުން ލަސްވުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ބަޖެޓުގެ ދަތިކަމުގެ ސަބަބުން އެކަން މަޑުޖައްސާލާފައިވާ ކަމަށް،

އެސްއެމްއީ ލޯނުގެ ގޮތުގައި 6 މިލިއަނަށްވުރެ ގިނަ ރުފިޔާ އެރަށު ރައްޔިތުންނަށް ފޯރުކޮށްދީފައިވާކަންވެސް ރައީސް ވިދާޅުވި

28 ފެބްރުއަރީ 2021 | އާދީއްތަ 20:38