raajjemv logo

ރަށްވެހި ފަތިސް - ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާއެކު ބާއްވާ ސިލްސިލާ ބައްދަލުވުންތައް

801
  • ބ އަތޮޅަށް ރައީސްގެ ގިނަ ވައުދުފުޅުތަކެއް- މިހާރުވެސް 173 މިލިއަން ރުފިޔާ ޕީއެސްއައިޕީއަށް ޚަރަދު ކުރެވިފައިިވޭ
  • މިސަރުކާރުން ގޮއިދޫއަށް ޕީއެސްއައިޕީ ގޮތުގައި 10 މިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވޭ
  • ފެހެންދޫ ފެނާއި ނަރުދަމާ އޭޕްރީލް/މެއި ގައި ޙަވާލު ކުރެވިގެންދާނެ: ރައީސް
ލައިޝާ އަހްމަދު
 
ބ އަތޮޅަށް ރައީސްގެ ގިނަ ވައުދުފުޅުތަކެއް- މިހާރުވެސް 173 މިލިއަން ރުފިޔާ ޕީއެސްއައިޕީއަށް ޚަރަދު ކުރެވިފައިިވޭ

ބ އަތޮޅު ކައުންސިލު ކެނޑިޑޭޓު ފާހަގަކުރި ކަންކަން:

ސްޕީޑް ފެރީގެ ނިޒާމެއް ޤާއިމު ކުރުން އަދި ކެނޑިޑޭޓުން ފާހަގަކުރި ކަންކަން އަވަސް ކޮށްދިނުން

ރައީސް ސޯލިޙު ފާހަގަ ކުރެއްވި ކަންކަން:

- ސްޕީޑް ފެރީއަށް ބަދަލު ކުރުމަށް މިހާރު ހއ ހދ ގައި ޕައިލެޓް ޕްރޮގްރާމް ކުރިއަށްދާއިރު، 4 ބަޔަކަށް ބަހާލައިގެން އެހެން އަތޮޅުތަކަށްވެސް އެކަންކަން ކުރިއަށް ގެންދެވޭނެ،

ޖުމުލަކޮށް 173 މިލިއަން ރުފިޔާ ބ އަތޮޅަށް ޕީއެސްއައިޕީއަށް ޚަރަދު ކުރެވިފައިވޭ، 432 ކުދިން ހިލޭ ޑިގްރީއަށް ކިޔަވަމުންދޭ، އެސްއެމްއީ ލޯނުގެ ގޮތުގައި 19 މިލިއަން ރުފިޔާ ދޫކުރެވިފައިވޭ،

27 ފެބްރުއަރީ 2021 | ހޮނިހިރު 22:06
ލައިޝާ އަހްމަދު
 
މިސަރުކާރުން ގޮއިދޫއަށް ޕީއެސްއައިޕީ ގޮތުގައި 10 މިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވޭ

ބ ގޮއިދޫއިން ފާހަގަކުރި ކަންކަން:

- ގެވަޅު ދޫކުރުމުގެ މައްސަލަ، ހެލްތް ސެންޓަރ އަޕްގްރޭޑް ކުރުން، އިންޖީނުގެ ރިލޮކޭޓް ކުރުމަށް ކުރަންޖެހޭ ކަންކަން،

ގޮއިދޫއިން ފާހަގަކުރި ކަންކަމާ ގުޅިގެން ރައީސް ވިދާޅުވި ވާހަކަތައް:

- ގޮއިދޫ ފެނާއި ނަރުދަމާ މަސައްކަތް ކުރިއަށްދޭ

- ފެނަކައިން 3 ރަށެއް އެއްކޮށް ކަރަންޓު ޚިދުމަތް ގުޅާލުމުގެ މަސައްކަތް ދަނީ ކުރަމުން، އެކަން އަވަސް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން

- ބަނދަރުގެ ފީސިބްލިޓީ ސްޓަޑީއެއް މިއަހަރުގެ ތެރޭގައި ހަދާނެ

ގޮއިދޫއަށް ޕީއެސްއައިޕީ ގޮތުގައި 10 މިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވޭ، އަދި 38 ދަރިވަރަކު ހިލޭ ޑިގްރީއަށް ކިޔަވަމުންދާއިރު، 24 މީހަކަށް އިންކަމް ސަޕޯޓު އެލަވަންސް ދޫކުރެވިފައިވޭ

27 ފެބްރުއަރީ 2021 | ހޮނިހިރު 21:56
ލައިޝާ އަހްމަދު
 
ފެހެންދޫ ފެނާއި ނަރުދަމާ އޭޕްރީލް/މެއި ގައި ޙަވާލު ކުރެވިގެންދާނެ: ރައީސް

ބ ފެހެންދޫއިން ފާހަގަކުރި ކަންކަން:

- އައު ސަރުކާރު އައުމަށްފަހު، ފެހެންދޫގައި ހިންގަމުންދާ މަޝްރޫއުތަކަަށް ޝުކުރު އަދާ ކުރެއްވި، ފެހެންދޫއިން ވަނީ އެރަށުގައި މިވަގުތު ހުރި ކަންބޮޑުވުންތައްވެސް ހިއްސާ ކުރައްވާފައި، އެގޮތުން ފެހެންދޫ ކޯޒްވޭއާއި، މިސްކިތުގެ މައްސަލަ ފާހަގަ ކުރެއްވި، އޭގެ އިތުރުންވެސް ގިނަ ކަންކަން ފާހަގަ ކުރެއްވި

ފެހެންދޫއާ ގުޅިގެން ރައީސް ސޯލިޙު ފާހަގަ ކުރެއްވި ކަންކަން:

- މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތް ކުރައްވާނެ

- ކޯޒްވޭއަކުން ފެހެންދޫއާ ގޮއިދޫ ގުޅާލުމަށް ކުރަންޖެހޭ މަޝްވަރާތައް ވަނީ ފެށިފައި، ރައްޔިތުންނާއެކު އިތުރަށް މަޝްވަރާ ކުރައްވާނެ

- ބަނދަރު ހެދުމަށް 90 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދު ކުރެވިފައި

- ފެނާއި ނަރުދަމާ ވަނީ ޓެންޑަރ ކުރެވިފައި، އޭޕްރީލް/މެއި ގައި މަސައްކަތް ޙަވާލު ކުރެވިގެންދާނެ

- ސިއްޙީ މަރުކަޒު އިމާރަތް ކުރުން ވަނީ ނިމިފައި

އެރަށުން 16 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ދޫކުރެވިފައިވޭ.

27 ފެބްރުއަރީ 2021 | ހޮނިހިރު 21:51
ލައިޝާ އަހްމަދު
 
ޖީލެއްގެ އިންތިޒާރަކަށް ފަހު، ބަނދަރެއް ތަރައްޤީވެގެންދާތީ ފުޅަދޫ ރައްޔިތުން ޝުކުރު ރައީސަށް!

ބ ފުޅަދޫއިން ފާހަގަކުރި ކަންކަން

- ޖީލެއްގެ އިންތިޒާރަކަށް ފަހު، ބަނދަރެއް ތަރައްޤީވެގެންދާތީ ފުޅަދޫ ރައްޔިތުން ޝުކުރު އަދާ ކުރާކަމަށް ވިދާޅުވި، އޭގެ އިތުރުން، ފުޅަދޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައްވެސް ހިއްސާ ކުރެއްވި

- ފުޅަދޫއާ ގުޅޭގޮތުން ރައީސް ފާހަގަކުރެއްވި ކަންކަން:

- ކައުންސިލް އިމާރާތުގެ މަސައްކަތް ކުރައްވާނެ، ދެވަނަ ކުއާޓަރގައި ޓެންޑަރ ކުރެވޭނެ

- މޯބައިލް ލެބޯޓަރީ ޚިދުމަތް ރަށްރަށަށް ފޯރުކޮށްދިނުން ކުރިއަށްދޭ

- ފެނާއި ނަރުދަމާ 16 ފެބްރުއަރީގައި ވަނީ އިއުލާނު ކުރެވިފައި، މާރޗު މަހު ބީލަމަށް ހުޅުވާލެވޭނެ

އާބާދީގެ 369 ހިމެނޭ ފުޅަދޫއަށް މި ސަރުކާރުން ޕީއެސްއައިޕީ ގޮތުގައި 18 މިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވޭ

27 ފެބްރުއަރީ 2021 | ހޮނިހިރު 21:44
ލައިޝާ އަހްމަދު
 
ބ ހިތާދޫ އައު އިންޖީނުގޭގެ 60 އިންސައްތަ ވަނީ ނިމިފައި: ރައީސް

ބ ހިތާދޫއިން ފާހަގަކުރި ކަންކަން:

- ވީހާވެސް އަވަހަށް ބަނދަރުގެ އަމަލީ މަސައްކަތް ފެށުން، ރަށް ގިރުމުގެ މައްސަލަ ޙައްލު ކުރުން، ކުޑަކުދިންގެ ޕާރކް މަރާމާތު ކުރުން، ސިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލު ކޮށްދިނުން، ޑޮކްޓަރުންގެ ޚިދުމަތް ފުޅާ ކުރުން، 3 ކްލާސްރޫމް އިތުރަށް ބޭނުންވާކަން، އަދިވެސް ގިނަ ކަންކަން ފާހަގަ ކުރެއްވި

ބ ހިތާދޫއާ ގުޅޭގޮތުން ރައީސް ސޯލިޙު ފާހަގަ ކުރެއްވި ކަންކަން:

- އައު އިންޖީނުގޭގެ 60 އިންސައްތަ ވަނީ ނިމިފައި، އެއަށްފަހު 400 ކިލޯވޯޓުގެ ޖެނެރޭޓަރެއް ޤާއިމު ކުރެވޭނެ

- ބަނދަރުގެ މަސައްކަތް އޮތީ ބިޑިންގ މަރުޙަލާގައި

- ޑޮކްޓަރުން ހޯދުމުގެ މަސައްކަތް ކުރިއަށްދޭ، ޖޫން މަހުގެ ނިޔަލަށް ޑޮކްޓަރުން މާލެ ގެނެވުމާއެކު، ހިތާދޫއަށްވެސް ޑޮކްޓަރެއް ހަމަޖެހިގެންދާނެ

ހިތާދޫ 36 ދަރިވަރުން ހިލޭ ޑިގްރީއަށް ކިޔަވަމުންދާއިރު، 37 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ދޫކުރެވިފައިވޭ

27 ފެބްރުއަރީ 2021 | ހޮނިހިރު 21:37
ލައިޝާ އަހްމަދު
 
މި އަހަރުގެ ތެރޭގައި ތުޅާދޫގައި 100 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރެވިގެންދާނެ: ރައީސް

ބ ތުޅާދޫއިން ފާހަގަކުރި ކަންކަން:

- ތުޅާދޫ ޒުވާނުންނަށް ދަނޑެއްގެ އިންތިޒާމެއް ހަމަޖައްސައިދިނުން، އެއަރޕޯޓުގެ އަމަލީ މަސައްކަތް އޮތީ ކިހާ ހިސާބެއްގައިކަން ސާފު ކުރުން، ގިރާ ސަރަޙައްދު ހިމާޔަތް ކުރުން، ސުކޫލު މަލްޓި ޕަރޕޯސް ހޯލުގެ މަސައްކަތް ފެށޭނެ އިރެއް ސާފު ކުރުން، މަސްވެރިންނަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލު ކުރުމަށް އައިސް ޕްލާންޓެއް ޤާއިމު ކުރުން،

ބ ތުޅާދޫއާ ގުޅޭގޮތުން ރައީސް ސޯލިޙު ފާހަގަ ކުރެއްވި ކަންކަން:

- ބަނދަރު ހަދަމުންދާއިރު، ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ ކަންކަން ކުރިއަށްދާނެ

- ތުޅާދޫ ހައުސިންގ ޔުނިޓުތަކުގެ ތެރެއިން 92 ހައުސިންގ ޔުނިޓުގެ ފައުންޑޭޝަން ވަނީ އެޅިފައި، މި އަހަރުގެ ތެރޭގައި 100 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރެވިގެންދާނެ

- އެރަށުގައި ބޮޑު ފުޓުބޯޅަ ދަނޑެއް އެޅުމަށް ފުރަތަމަ ކުއާޓަރ ގައި ޓެންޑަރ ކުރެވޭނެ

ތުޅާދޫގައި ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް 39 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވޭ، 109 ދަރިވަރަކު ހިލޭ ޑިގްރީއަށް ކިޔަވަމުންދާއިރު، 2.8 މިލިއަން ރުފިޔާ އިންކަމް ސަޕޯޓު ގޮތުގައި ދޫކުރެވިފައިވޭ

ރަށްވެހި ފަތިސް- ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާއެކު ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން - ރާއްޖެއެމްވީ
27 ފެބްރުއަރީ 2021 | ހޮނިހިރު 21:31
ލައިޝާ އަހްމަދު
 
އޭދަފުށީ ހޮސްޕިޓަލް ތަރައްގީކުރުމުގެ މަސައްކަތުގެ ޓެންޑަރ މަރޗް މަހު އަލުން ހުޅުވާލާނެ: ރައީސް

އޭދަފުށިން ފާހަގަކުރި ކަންކަން

- ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ބޭނުންވާކަން، ސިއްޙީ ޚިދުމަތް މިހާރަށްވުރެ ފުޅާކުރުން، އަދިވެސް ގިނަ ކަންކަން ފާހަގަ ކުރެއްވި

ރައީސް ފާހަގަ ކުރެއްވި ކަންކަން:

- ބަނދަރު ބޮޑުކޮށް ތަރައްގީކުރުމަށް ފީޒިބިލިޓީ ސްޓަޑީއެއް ހަދާނެ ދެވަނަ ކުއާޓަރގައި

- ހޮސްޕިޓަލް ތަރައްގީކުރުމުގެ މަސައްކަތުގެ ޓެންޑަރ މަރޗް މަހު އަލުން ހުޅުވާލާނެ

- ފެން ހިއްކޭނެ ގޮތަށް މަގުތައް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ދާނެ

- ލޭންޑް ޔޫޒް ޕްލޭނާއި އެއްގޮތަށް ކައުންސިލުން ބޯހިޔާވަހިކަމުގެ ކަންކަން ހައްލުކުރުމުގެ ކަންތަައްތައް ކުރިއަށް ދާނެ

- މާންޑޫ އޭދަފުށީގެ ބައެއްގެ ގޮތުގައި ހެދުމުގެ ވިސްނުންތައް ކުރިއަށް ގެންދާނެ

- ބ. އަތޮޅުގެ ކުނީގެ މައްސަލަ ހައްލުކުރުމުގެ މަޝްރޫއުގެ ދަށުން އޭދަފުއްޓަށްވެސް ހައްލެއް ލިބިގެންދާނެ

27 ފެބްރުއަރީ 2021 | ހޮނިހިރު 21:23
ލައިޝާ އަހްމަދު
 
މާޅޮހު 16 ކުއްޖަކު ހިލޭ ޑިގްރީއަށް ކިޔަވަމުންދާއިރު، 4 ލައްކަ ރުފިޔާ އިންކަމް ސަޕޯޓު ގޮތުގައި ދޫކުރެވިފައިވޭ

ބ މާޅޮހުން ފާހަގަކުރި ކަންކަން:

- ބ އަތޮޅު ހޮސްޕިޓަލުގައި ޑައިލިސިސް ހެދޭނެ ގޮތެއް ހެދުން (ހަމައެކަނި މާޅޮހުގައިވެސް 5 މީހުން އެބަތިބި ކަމަށް ޑައިލިސިސް ހަދަންޖެހޭ) ، މާޅޮހު ބަނދަރު ބޮޑު ކުރުމާއި، މަރާމާތު ކުރުމުގެ މަސައްކަތް، މާޅޮހުގެ ގިރާ ސަރަޙައްދުގެ މައްސަލައަށް އަވަސް ޙައްލެއް ގެނައުން، އެރަށުގެ ފެންބޮޑުވާ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށް މަސައްކަތް ކޮށްދިނުމުގެ އިތުރުން، އިންޖީނުގެ ރީލޮކޭޓް ކުރުމުގެ މަސައްކަތްވެސް ފާހަގަ ކުރެއްވި

ބ މާޅޮހާއި ގުޅޭގޮތުން ރައީސް ފާހަގަކުރެއްވި ކަންކަން:

- ފެނާއި ނަރުދަމާގެ މަސައްކަތް އޮތީ މޮބިލައިޒް ކުރުމުގެ މަރުޙަލާގައި

- ގިރާ ސަރަޙައްދު ހިމާޔަތް ކުރުން 3 ވަނަ ކުއާޓަރ ގައި ޓެންޑަރ ކުރެވޭނެ

- އިންޖީނުގެ ބަދަލު ކުރަން އެދުނު އެދުމަށް ރިއާޔަތް ކުރައްވާނެކަމަށް ވިދާޅުވި

- ޑައިލިސިސް ހެދޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެ

މާޅޮހު 16 ކުއްޖަކު ހިލޭ ޑިގްރީއަށް ކިޔަވަމުންދާއިރު، 4 ލައްކަ ރުފިޔާ އިންކަމް ސަޕޯޓު ގޮތުގައި ދޫކުރެވިފައިވޭ

ރަށްވެހި ފަތިސް ކެމްޕެއިން ހަރަކާތުގެ ތެރެއިން ރައީސް ޞާލިޙް އަދި ރައީސް ނަޝީދު - ރާއްޖެއެމްވީ
27 ފެބްރުއަރީ 2021 | ހޮނިހިރު 21:18
ލައިޝާ އަހްމަދު
 
ދަރަވަންދޫ ކަރަންޓު މައްސަލަ ޙައްލު ކުރުމަށް މިއަހަރު 400 ކިލޯވޯޓުގެ ޖަނަރޭޓަރެއް!

ދަރަވަންދޫއިން ފާހަގަކުރި ކަންކަން:

- ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ ކަންކަން އަވަސް ކޮށްދިނުން، ބަނދަރުގެ ދަތިކަން ޙައްލު ކޮށްދިނުން، އިންޖީނުގޭގެ ކަރަންޓުގެ ޚިދުމަތް އަޕްގްރޭޑް ކުރުން، ނަރުދަމާގެ މަސައްކަތް މިހާރަށްވުރެ އަވަސް ކޮށްދިނުން، ދަނޑުގެ މަސައްކަތް އިއުލާނު ކޮށްދެއްވުން، އިންޑޯރ ޖިމަކާއި، އައުޓްޑޯރ ވޮލީ ކޯޓުގެ މަސައްކަތުގެ އަޕްޑޭޓެއްގެ އިތުރުންވެސް ގިނަ ކަންކަން ފާހަގަ ކުރެއްވި

ދަރަވަންދޫއާ ގުޅޭގޮތުން ރައީސް ފާހަގަކުރެއްވި ކަންކަން:

- ރަށް ގިރުމުގެ މައްސަލަ ޙައްލު ކުރުމަށް ދެވަނަ ކުއާޓަރގައި ބިޑް ކުރެވޭނެ

- ފެނާއި ނަރުދަމާ މިހާރު އޮތީ ޑިޒައިނިންގ ސްޓޭޖުގައި

- ފުޓްބޯޅަ ދަނޑު ސައިޓް ސަރވޭ ކުރެވިފައިވޭ، މި ކުއާޓަރ ނިމުމުގެ ކުރިން އިއުލާނު ކުރެވޭނެ

- ކަރަންޓު މައްސަލަ ޙައްލު ކުރުމަށް މިއަހަރު 400 ކިލޯވޯޓުގެ ޖަނަރޭޓަރެއް ބަހައްޓާނެ

- އެއަރޕޯޓުގައި ހުރި ދަތިތައް ޙައްލު ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ސޯލިޙު ދެއްވި

- ކުނި ނައްތާލުމުގެ މަސައްކަތް ވެމްކޯގެ އެހީއާއެކު ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ކަންކަން ކުރައްވާނެ

މިދިޔަ 2 އަހަރު އެރަށު 800 ކިލޯވޯޓުގެ ޖެންސެޓެއް ބަހައްޓައިފި، 29 ދަރިވަރެއް ހިލޭ ޑިގްރީއަށް ކިޔަވަމުންދާއިރު، މިލިއަން ރުފިޔާ އިންކަމް ސަޕޯޓު ގޮތުގައި އެރަށު ރައްޔިތުންނަށް ފޯރުކޮށްދީފައިވޭ

27 ފެބްރުއަރީ 2021 | ހޮނިހިރު 21:12
ލައިޝާ އަހްމަދު
 
ދޮންފަނު ބަނދަރު ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި: ރައީސް

ބ ދޮންފަނުން ފާހަގަކުރި ކަންކަން:

- ސުކޫލުގެ ވަށާފާރު މަރާމާތު ކުރުން، ސުކޫލުގެ 3 ކްލާސްރޫމެއްގެ ދޮރު ހަދައިދިނުން، ރަނގަޅު ފުޓްބޯޅަ ދަނޑެއް ހަދައިދިނުން، ދަނޑު ސަރަޙައްދުން ރަށް ގިރާ މައްސަލަ ޙައްލު ކޮށްދިނުން، ފާމަސީއިން ރަނގަޅު އިންތިޒާމެއްގެ ތެރެއިން ބޭސް ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުން،

ދޮންފަނާއި ގުޅޭގޮތުން ރައީސް ފާހަގަކުރެއްވި ކަންކަން:

- ސުކޫލުގައި ކުރަންހުރި މަރާމާތުތައް ކުރުމުގެ ކަންކަން އެޑިއުކޭޝަން މިނިސްޓަރ ބައްލަވާނެކަމަށް ރައީސް ވިދާޅުވި

- ރަނގަޅު ފުޓުބޯޅަ ދަނޑެއް ޤާއިމު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރައްވާނެ

- ބޭސް ނުލިބުމުގެ މައްސަލަ އިތުރަށް ބައްލަވާނެކަމަށް ވިދާޅުވި،

- ބަނދަރު ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި

ދޮންފަނުގެ ރައްޔިތުންނަށް އިންކަމް ސަޕޯޓު އެލަވަންސް ގޮތުގައި 6 ލައްކައެއްހާ ރުފިޔާ ދެވިފައިވޭ

ރަށްވެހި ފަތިސް ކެމްޕެއިން ހަރަކާތުގެ ތެރެއިން - ރާއްޖެއެމްވީ
27 ފެބްރުއަރީ 2021 | ހޮނިހިރު 21:06
ލައިޝާ އަހްމަދު
 
ޒަމާންތަކެއް ނުހެދި އޮތް ބަނދަރު މި ސަރުކާރުން ހަދަމުންދާތީ ކިހާދޫ ރައްޔިތުންގެ ޚާއްސަ ޝުކުރެއް!

ބ ކިހާދޫއިން ފާހަގަކުރި ކަންކަން:

- ޒަމާންތަކެއް ނުހެދި އޮތް ބަނދަރު މި ސަރުކާރުން ހަދަމުންދާތީ އެކަމަށް ޚާއްސަ ޝުކުރެއް އަދާކުރާ ކަމަށް ވިދާޅުވި، އޭގެ އިތުރުން، ކިހާދޫ ސުކޫލުގެ އަމަލީ މަސައްކަތް ފެށޭނެ އިރެއްގެ އަޕްޑޭޓެއް ހޯދުން، ކިހާދޫ ސުކޫލުގައި ސައިންސް ލެބޯޓަރީއެއް ޤާއިމު ކޮށްދިނުން، ރަށު ފުޓްބޯޅަ ދަނޑުގެ ޓަރފް އެޅޭނެ އިންތިޒާމެއް ހަމަޖައްސައިދިނުން، ކަރަންޓު ނެޓްވޯރކް ދަށްކަމުގެ ކަންބޮޑުވުން، ކިހާދޫ ކައިރިން ފަޅު ރަށެއް ކައިރި ރަށްރަށުން ޕިކްނިކަށް ދާ ރަށެއްގެ ގޮތުގައި ތަރައްޤީ ކުރުން،

ކިހާދޫއާ ގުޅޭ ގޮތުން ރައީސް ފާހަގަ ކުރެއްވި ކަންކަން:

- ސުކޫލުގެ 2 ކްލާސްރޫމްގެ މަސައްކަތް އޭޕްރީލް މަހު ބިޑަށް ލެވޭނެ

- ކައުންސިލުން ބިން ހަމަޖެހުނުހާ އަވަހަށް ފެނަކައިން އައު އިންޖީނުގޭގެ މަސައްކަތް ފަށާނެ

- ކައިރީގައި އޮތް ފަޅުރަށް ޕިކްނިކް ރަށެއްގެ ގޮތުގައި ހުސްކޮށް ބޭއްވުމަށް ބަލަންޖެހޭ ކަންކަން އިތުރަށް ބައްލަވާނެ

ކިހާދޫގެ އާބާދީގެ 40 މީހަކަށް 7 ލައްކަ ރުފިޔާ އިންކަމް ސަޕޯޓް ގޮތުގައި ދެވިފައިވޭ، 22 ކުއްޖަކު ހިލޭ ޑިގްރީއަށް ކިޔަވަމުންދޭ،

ރަށްވެހި ފަތިސް ކެމްޕެއިން ހަރަކާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް - ރާއްޖެއެމްވީ
27 ފެބްރުއަރީ 2021 | ހޮނިހިރު 21:00
ލައިޝާ އަހްމަދު
 
ކެންދޫ ސުކޫލު އަޕްގްރޭޑް ކުރުން މާރޗް މަހުގެ ތެރޭގައި ބިޑަށް ހުޅުވާލެވެނޭ: ރައީސް

ބ ކެންދޫއިން ފާހަގަކުރި ކަންކަން:

- މަސްވެރިންނަށް ހިކި ކަނޑުމަސް ވިއްކޭނެ ގޮތެއް ނެތުން، މަސްވެރިންނަށް މިފްކޯ މެދުވެރިކޮށް ބައެއް ބާވަތްތަކުގެ މަސް ގަނެވޭނެ އިންތިޒާމެއް ހަމަޖެއްސުން، ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް އަވަހަށް ފެށުން، ކެންދޫ ޓާރފް ދަނޑެއްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެދޭކަން، ރަށް ގިރުމުގެ މައްސަލަ ކުރިއަށް ދިޔަ ނުދިޔަ ގޮތެއް ސާފުކޮށްދިނުން، ކެންދޫ ސުކޫލު އިމާރާތުގެ ޖާގައިގެ ދަތިކަން ޙައްލު ކުރުން އަދި މީގެ އިތުރުންވެސް ގިނަ ކަންކަން ފާހަގަ ކުރެއްވި

ކެންދޫއާ ގުޅޭގޮތުން ރައީސް ސޯލިޙު ފާހަގަ ކުރެއްވި ކަންކަން:

- ފެނާއި ނަރުދަމާގެ ލޭންޑް އެލޮކޭޝަން ކުރިއަށްދޭ، ދެވަނަ ކުއާޓަރ އާ ހިސާބުގައި މަސައްކަތް ފެށޭނެކަމަށް ބެލެވޭ

- ސުކޫލު އަޕްގްރޭޑް ކުރުން މާރޗް މަހުގެ ތެރޭގައި ބިޑަށް ހުޅުވާލެވެނޭ

- ފުޓްބޯޅަ ބޮޑު ދަނޑެއް އެޅުމުގެ މަސައްކަތް އޭޕްރީލް މަހުގެ ތެރޭގައި އިއުލާނު ކުރެވޭނެ

- ރަށް ގިރުމުގެ މައްސަލަ 3 ވަނަ ކުއާޓަރގައި ބަޖެޓް ކުރެވިފައި

- އޭޕްރީލް ތެރޭގައި ކެންދޫއަށްވެސް އެމްބިއުލާންސް ލިބޭނެ

ކެންދޫއަށް ގާތްގަނޑަކަށް 9.9 މިލިއަން ރުފިޔާ ޕީއެސްއައިޕީ ގޮތުގައި ފާއިތުވި 2 އަހަރު ޚަރަދު ކުރެވުނު، ކަރަންޓް ސަބްސިޑީ ގޮތުގައި 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ކަނޑާދެވިފައިވޭ

27 ފެބްރުއަރީ 2021 | ހޮނިހިރު 20:52
ލައިޝާ އަހްމަދު
 
މާރޗު މަހުގެ މެދު ތެރޭގައި ކަމަދޫ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފަށަނީ

ބ ކަމަދޫއަށް ކުރިމަތިވެފައިވާ ދަތިތަކުގެ ތެރެއިން އެރަށުން ފާހަގަކުރި އެއް ކަމަކީ ބަނދަރުގެ މައްސަލައާއި، ރަށް ގިރުމުގެ މައްސަލަ. އަދި ފެނާއި ނަރުދަމާގެ މަސައްކަތް ޙަވާލު ކުރެވިފައިވީނަމަވެސް، އަމަލީ މަސައްކަތް ފެށިފައި ނުވުމާއި، ފުޓްސެލް ދަނޑުގެ މަސައްކަތްވެސް ކުރިއަށްނުދާކަން ފާހަގަ ކުރެއްވި. އޭގެ އިތުރުން، ދުވަހަކުވެސް އެރަށުގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީ ކުރެވިފައިނުވާކަންވެސް އެރަށުން ފާހަގަ ކޮށްފައިވޭ. މީގެ އިތުރުންވެސް ގިނަ ކަންކަން އެރަށުން ފާހަގަ ކޮށްފައިވޭ

އެކަންކަމާ ގުޅިގެން ރައީސް ސޯލިޙު ފާހަގަ ކުރެއްވި ކަންކަން:

- ބަނދަރުގެ އީއައިގެ މަސައްކަތް ކުރިއަށްދޭ، މިއަހަރުގެ ދެވަނަ ކުއާޓަރގައި ޓެންޑަރ އަށް ހުޅުވާލެވޭނެ

- ސިއްޙީ މަރުކަޒު 8 ގަޑިއިރުން 16 ގަޑިއިރަށް ބަދަލު ކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ

- މާރޗު މަހުގެ މެދު ތެރޭގައި ކަމަދޫ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފައްޓަވާނެ

- ފުލުހުންގެ ޚިދުމަތް ރަށްރަށުގައި ފެށުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން 52 ޕޮލިސް ސްޓޭޝަން ހެދުމުގެ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުން، އޭގެ ތެރޭގައި ހިމެނުމުގެ ކުޑަވެސް ފުރުސަތެއް އޮތްނަމަ، ފުރަތަމަ ފިޔަވަހީގައި ކަމަދޫއަށް ފުރުސަތެއް ދެއްވާނެކަން ރައީސް ފާހަގަ ކުރެއްވި

27 ފެބްރުއަރީ 2021 | ހޮނިހިރު 20:44
ލައިޝާ އަހްމަދު
 
އޭޕްރީލް މަސް ނިމުމުގެ ކުރިން ކުޑަރިކިލަށް އެމްބިއުލާންސް ލިބޭނެ: ރައީސް

ބ އަތޮޅުގެ ކެނޑިޑޭޓުންގެ ތެރެއިން މިވަގުތު ވާހަކަ ދައްކަވަމުން ގެންދަނީ ބ ކުޑަރިކިލު ކެނޑިޑޭޓު، އެގޮތުން ސިއްޙީ މަރުކަޒުގެ އެމްބިއުލާންސް ބޭނުން ނުކުރެވޭ ޙާލަތުގައި ހުރި ކަމަށާއި، ފުޓުބޯޅަ ދަނޑުގެ މަސައްކަތްތަކެއް ހުރިކަން ފާހަގަ ކުރެއްވި، ކެނޑިޑޭޓު ގެންދަވަނީ ރަށުގެ ހުރި ކަންބޮޑުވުންތައް ހިއްސާ ކުރައްވަމުން، އަދި ސުކޫލަށް މަލްޓި ޕަރޕޯސް ހޯލްއެއް ބޭނުންވާކަންވެސް ފާހަގަ ކުރެއްވި

އެކަންކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ލަސްތަކެއް ނުވެ، އެރަށު ބަނދަރުގެ މަސައްކަތްތައް ފެށިގެންދާނެ ކަމަށް އަދި ރަށް ގިރުމުގެ މައްސަލަ ޙައްލު ކުރުމަށްވެސް މަސައްކަތްތަކެއް ކުރައްވާނެ ކަމަށް، ރައީސް ވިދާޅުވީ، ރަށް ގިރުމުގެ މައްސަލަ ތިމާވެއްޓާ ރަށްޓެހި ގޮތަކަށް ކުރައްވާނެ ކަމަށް

އޭގެ އިތުރުން، ސިއްޙީ މަރުކަޒުގެ އެމްބިއުލާންސް އޭޕްރީލް މަސް ނިމުމުގެ ކުރިން ލިބިގެންދާނެކަން ރައީސް ފާހަގަ ކުރެއްވި.

ކުޑަރިކިލުގެ 27 ކުދިން ހިލޭ ޑިގްރިއަށް ކިޔަވަމުންދާއިރު، ކަރަންޓް ސަބްސިޑީ ގޮތުގައި 2.4 މިލިއަން ރުފިޔާ އެރަށަށް ހޭދަ ކުރެވިފައިވޭ

27 ފެބްރުއަރީ 2021 | ހޮނިހިރު 20:38