ރަށްވެހި ފަތިސް - ކެނޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާއެކު ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުން

  • ރައީސްގެ ވައުދު ހދ އަތޮޅަށް: ކަންބޮޑުވުންތައް ޙައްލު ކޮށްދެއްވާނަން!
  • ހދ ފިނޭގެ ވޮލީ ކޯޓުގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ފަށަނީ
  • ހަނިމާދޫގެ މަލްޓިޕާރޕޯސް ހޯލްވެސް އޭޕްރީލް މަސްތެރޭ ނިންމާލެވޭނެ: އެޑިއުކޭޝަން މިނިސްޓަރ
 
Writer Profile Picture
ލައިޝާ އަހްމަދު
ރައީސްގެ ވައުދު ހދ އަތޮޅަށް: ކަންބޮޑުވުންތައް ޙައްލު ކޮށްދެއްވާނަން!

ކެމްޕެއިން ޙަރަކާތް ނިންމަވާލައްވަމުން ރައީސް ވިދާޅުވީ، ދާއިރާގައި ހުރި ކަންބޮޑުވުންތައް ޙައްލު ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް، އަދި މި ކުރައްވާ މަސައްކަތްތަކުގެ ފޮނި ނަތީޖާ ފެންނާނެކަން ރައީސް އުފަލާއެކު ފާހަގަ ކުރެއްވި

އެމްޑީޕީ ރަށްވެހި ފަތިސް ކެމްޕެއިނުގައި ރައީސް ބައިވެރިވެ ވަޑައިގަތުން - ރާއްޖެއެމްވީ
23 ފެބްރުއަރީ 2021 | އަންގާރަ 22:16
Writer Profile Picture
ލައިޝާ އަހްމަދު
ހދ ފިނޭގެ ވޮލީ ކޯޓުގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ފަށަނީ

ޔޫތު މިނިސްޓަރ މަޙުލޫފުވެސް ވަނީ ހދ އަތޮޅުގައި ކުރެވެމުންދާ މަސައްކަތްތަކާއި، ކުރިއަށް ރާވާފައިވާ ބައެއް ކަންކަން ހިއްސާ ކުރައްވާފައި

މިނިސްޓަރ ވިދާޅުވީ، ހދ ފިނޭގެ ވޮލީ ކޯޓުގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް

އަދި ހދ ވައިކަރަދޫ ފުޓްސެލް ދަނޑުގެ މަސައްކަތް ހަފްތާއެއްގެ ތެރޭގައި ފެށިގެންދާނެކަން ފާހަގަ ކުރެއްވި. ހަމައެއާއެކު، ހދ ކުމުންދޫ ވޮލީ ކޯޓުގެ މަސައްކަތް އަންނަ މަސް ތެރޭގައި ފައްޓަވައި ދެއްވާނެކަން މިނިސްޓަރ ފާހަގަ ކުރެއްވި

ހދ ނެއްލައިދޫ ދަނޑުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށާނެކަމަށް ވިދާޅުވި، އަދި ހދ ކުރިނބީގައި ނެޓްބޯޅަ ކޯޓެއް އެޅުމުގެ މަސައްކަތް ރާވަމުންދާކަން މިނިސްޓަރ ފާހަގަ ކުރެއްވި

23 ފެބްރުއަރީ 2021 | އަންގާރަ 22:14
Writer Profile Picture
ލައިޝާ އަހްމަދު
ހަނިމާދޫގެ މަލްޓިޕާރޕޯސް ހޯލްވެސް އޭޕްރީލް މަސްތެރޭ ނިންމާލެވޭނެ: އެޑިއުކޭޝަން މިނިސްޓަރ

އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު އަލީ:

މިނިސްޓަރ ވިދާޅުވީ، ނާވައިދޫއާއި ނޭކުރެންދޫގެ ވަށާފާރުގެ މަސައްކަތް ވަރަށް އަވަހަށް ނިންމަވާލައްވާނެ ކަމަށް

ހަނިމާދޫގެ މަލްޓިޕާރޕޯސް ހޯލްވެސް އޭޕްރީލް މަސްތެރޭ ނިންމާލެވޭނެކަން މިނިސްޓަރ ފާހަގަ ކުރެއްވި.

23 ފެބްރުއަރީ 2021 | އަންގާރަ 22:10
Writer Profile Picture
ލައިޝާ އަހްމަދު
ޖޮބް ސެންޓަރުގެ މަސައްކަތް ހުއްޓުމެއް ނެތި ބާރަށް ކުރިއަށްދޭ: މިނިސްޓަރ ފައްޔާޒް

އިކޮނޮމިކް މިނިސްޓްރީގައި ޤާއިމު ކޮށްފައިވާ ޖޮބް ސެންޓަރާ ގުޅިގެން މިނިސްޓަރ ފައްޔާޒް ވިދާޅުވީ، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއި ވާރލްޑް ބޭންކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް، އަދި މިހާރުވެސް ރަޖިސްޓަރ ވެވޭނެކަން މިނިސްޓަރ ފާހަގަ ކުރެއްވި

އޭގެ އިތުރުން، ވަޒީފާ ނެތިގެން ހުރި މީހެއްކަމަށް ބަލާނީވެސް ޖޮބް ސެންޓަރުގައި ރަޖިސްޓްރީވެފައިވާނަމަ ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވި

23 ފެބްރުއަރީ 2021 | އަންގާރަ 22:08
Writer Profile Picture
ލައިޝާ އަހްމަދު
ކޮވިޑުގެ ޙާލަތު ރަނގަޅުވާއިރަށް ބިދޭސީން އަނބުރާ ފޮނުވާލުމުގެ މަސައްކަތް ފަށަނީ

ބިދޭސީންގެ މައްސަލައާ ގުޅިގެން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް ވިދާޅުވީ، ކޮވިޑުގެ ޙާލަތު ރަނގަޅުވާއިރަށް ބިދޭސީން އަނބުރާ ފޮނުވާލުމުގެ މަސައްކަތް އަލުން ފައްޓަވާނެ ކަމަށް، އަަދި ރަށްރަށުގައިވެސް ރެގިއުލަރައިޒޭޝަން މަޝްރޫއުތައް އެހިސާބުން ކުރިއަށް ގެންދަވާނެކަން މިނިސްޓަރ ފާހަގަ ކުރެއްވި

23 ފެބްރުއަރީ 2021 | އަންގާރަ 22:05
Writer Profile Picture
ލައިޝާ އަހްމަދު
ކުޅުދުއްފުށީ މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ޙަވާލު ކުރަނީ

ކުޅުދުއްފުށީ މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ޙަވާލު ކުރުމަށް ޓެންޑަރ ބޯޑުން ނިންމާފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ހައުސިންގ މިނިސްޓަރ އަސްލަމް ވިދާޅުވި،

އޭގެ އިތުރުން، ހދ ކުރިނބީ ބަނދަރުގައި މޫދަށް އެރި އުޅޭނެ ސަރަޙައްދެއް ޤާއިމު ކުރުމަށް ބޭނުންވާ ފަންނީ ލަފާ ހޯއްދަވައި، އެކަން ބައްލަވާނެ ކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވި،

23 ފެބްރުއަރީ 2021 | އަންގާރަ 22:01
Writer Profile Picture
ލައިޝާ އަހްމަދު
ކުޅުދުއްފުށީގައި ދަމަނަވެއްޓެއް ޤާއިމު ކުރަނީ

ކުޅުދުއްފުށީގައި ދަމަނަވެއްޓެއް ޤާއިމު ކުރައްވާނެކަމަށް ސިއްޙަތާބެހޭ ވަޒީރު ވިދާޅުވި، ރަށްވެހި ފަތިސް ކެމްޕެއިންގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ އެކަން ކަށަވަރު ކޮށްދެއްވާފައި

23 ފެބްރުއަރީ 2021 | އަންގާރަ 21:58
Writer Profile Picture
ލައިޝާ އަހްމަދު
ސަރުކާރުން ގެނައި ބަދަލުތަކާއެކު، ރާއްޖޭގެ 184 ރަށެއްގެ މީހުން ކުޅުދުއްފުށިން ސިއްހީ ޚިދުމަތް ހޯދާފައިވޭ: ރައީސް

ރައީސް ވިދާޅުވީ، ސަރުކާރުން ގެނައި އައު ބަދަލުތަކާއެކު ރާއްޖޭގެ 184 ރަށެއްގެ މީހުން ކުޅުދުއްފުށިން ޚިދުމަތް ހޯދާފައިވާކަމަށް، އަދި އައު ހޮސްޕިޓަލު އެޅުމާއެކު، އިތުރަށް ޚިދުމަތްތައް ފުޅާވެގެންދާނެކަމަށް ރައީސް ވިދާޅުވި

އޭގެ އިތުރުން، މާރޗް މަސް ތެރޭގައި އެމްއާރްއައިގެ މަސައްކަތް ފެށުމުގެ މަސައްކަތް ކުރައްވާނެކަން ފާހަގަ ކުރެއްވި

ކުޅުދުއްފުށީގެ 247 ކުއްޖަކު ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާއިރު، ކަރަންޓް ސަބްސިޑީވެސް 51 މީހަކަށް ދީފައިވޭ

23 ފެބްރުއަރީ 2021 | އަންގާރަ 21:55
Writer Profile Picture
ލައިޝާ އަހްމަދު
ކުޅުދުއްފުށީ އެއަރޕޯޓުގައި ލައިޓިންގ ހަރުކުރުމުގެ މަސައްކަތް ދެމަހެއްހާ ދުވަސްތެރޭ ނިމެނޭ: ރައީސް

ހދ ކުޅުދުއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރު ގެންދަވަނީ ވާހަކަ ދައްކަވަމުން، އަދި އަންހެނުން ބާރުވެރި ކުރުވުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތް އެ ސިޓީގެ ކަނބަލުން ފާހަގަ ކުރެއްވި

ކުޅުދުއްފުއްޓާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެރަށު އެއަރޕޯޓުގައި ލައިޓިންގ ހަރުކުރުމުގެ މަސައްކަތް ޓެންޑަރ ކުރެވިފައިވާ ކަމަށް، އަދި ދެމަހެއްހާ ދުވަސް ތެރޭގައި އެކަން ޙައްލު ކުރެވިގެންދާނެކަން ރައީސް ފާހަގަ ކުރެއްވި

ކުޅުދުއްފުށީގައި 2010ގެ ފަހުން އެއްވެސް ބޯހިޔަވަހިކަމުގެ މަޝްރޫއެއް ހިންގާފައި ނުވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިހާރު ހުރި މަސައްކަތްތައް ބިޑު ކޮށްފައިވާ ކަމަށާއި މާޗު މަހު ތެރޭގައި ބަޔަކާ ހަވާލު ކުރާނެ ކަމަށް.

މަގުތައް ހެދުމުގެ މަސައްކަތް ވެސް އާރްޑިސީއާ ހަވާލުކޮށްފައިވާ ކަމަށާއި ވަރަށް އަވަހަށް ފަށާނެ ކަމަށް ވިދާޅުވި،

ރައީސް އިތުރަށް ވިދާޅުވީ ކުޅުދުއްފުށީގެ ސިއްހީ ދާއިރާ ތަރައްގީކުރަން ކުވައިތު ފަންޑުގެ އެހީގައި އައު ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ކުވައިތު ފަންޑުގެ އެހީގައި ތިނަދޫގައި ވެސް ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

ކުޅުދުއްފުށީ ބަނދަރާ ގުޅިގެން ރައީސް ވިދާޅުވީ ބަނދަރު ބޭނުން ނުކުރެވޭ މައްސަލަ ވަރަށް ބޮޑުކަމަށައި، ބަނދަރު އަލުން ޑިޒައިންކުރުމުގެ މަސައްކަތް ކުރާ ކަމަށެވެ. އެކަމަކު އެ ބަނދަރަކީ މިހާރު ލޯން ލިބިފައިވާ ބަނދަރެއް ކަމުން ބަދަލުތައް ގެނައުމުގައި ދަތިތައް ހުރިކަން ވެސް ފާހަގަކުރެއްވިއެވެ.

23 ފެބްރުއަރީ 2021 | އަންގާރަ 21:53
Writer Profile Picture
ލައިޝާ އަހްމަދު
ބޮޑުތިލަދުންމައްޗާ ގުޅޭގޮތުން އިޤްތިސާދީ ބޮޑު ތަސައްވުރެއް ގެންގުޅެން: ރައީސް

ރައީސް ވިދާޅުވީ، ބޮޑުތިލަދުންމައްޗާ ގުޅޭގޮތުން އިޤްތިސާދީ ބޮޑު ތަސައްވުރެއް ގެންގުޅުއްވާ ކަމަށް، އެގޮތުން ހަނިމާދޫ އެއަރޕޯޓާއެކު، ކައިރި ރަށްރަށުގެ ގެސްޓްހައުސް ވިޔަފާރި ފުޅާ ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަން ރައީސް ފާހަގަ ކުރެއްވި، އަދި އެކަމަށް ޚާއްސަ ލޯނުތަކެއް ކަނޑައަޅައި، އެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަން ރައީސް ފާހަގަ ކުރެއްވި.

ރައީސް ވިދާޅުވީ، ހަނިމާދޫ އެއަރޕޯޓާއެކު، އެ ސަރަޙައްދަށް ވަޒީފާގެ އިތުރު ފުރުސަތުތައްވެސް ފަހިވެގެންދާނެ ކަމަށް

ރަށްވެހި ފަތިސް ކެމްޕެއިންގައި ރައީސް ސޯލިޙު ބައިވެރިވެވަޑައިގަންނަވަނީ- ރާއްޖެއެމްވީ
23 ފެބްރުއަރީ 2021 | އަންގާރަ 21:34
Writer Profile Picture
ލައިޝާ އަހްމަދު
ހދ ކުރިނބީ ކެނޑިޑޭޓުގެ ކަންބޮޑުވުންތައް މިވަގުތު ގެންދަވަނީ ހިއްސާ ކުރައްވަމުން

ހދ ކުރިނބީ ކެނޑިޑޭޓުގެ ކަންބޮޑުވުންތައް މިވަގުތު ގެންދަވަނީ ހިއްސާ ކުރައްވަމުން، އަދި ރަށުގައި މި ސަރުކާރުން ހިންގަމުން ގެންދާ ތަރައްޤީގެ މަޝްރޫއުތަކުގެ ވާހަކަ ފާހަގަ ކުރައްވައި ކެނޑިޑޭޓު ވަނީ އެކަމަށް ޝުކުރު އަދާ ކުރައްވާފައި.

ކުރިނބީއާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެރަށު ބަނދަރު ސަރަޙައްދުގެ މަސައްކަތް ކުރައްވާއިރު، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރައްވާނެ ކަމަށް

23 ފެބްރުއަރީ 2021 | އަންގާރަ 21:30
Writer Profile Picture
ލައިޝާ އަހްމަދު
ނޮޅިވަރަން ދަނޑުވެރިންނަށް ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންވާ ޑިސްޓްރިބިއުޝަން ބޯޑު ހޯދުމުގެ މަސައްކަތް ކުރިއަށް!

ހދ ނޮޅިވަރަން ކެނޑިޑޭޓުގެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ފާހަގަ ކުރެއްވި ބައެއް ކަންކަން:

ރައީސް ވިދާޅުވީ، ނޮޅިވަރަން ދަނޑުވެރިންނަށް ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންވާ ޑިސްޓްރިބިއުޝަން ބޯޑު ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް، އަދި އެރަށުން ފާހަގަ ކޮށްފައިވާ ކަންކަމަށް ޙައްލު ހޯދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި

23 ފެބްރުއަރީ 2021 | އަންގާރަ 21:25
Writer Profile Picture
ލައިޝާ އަހްމަދު
ނެއްލައިދޫ ސުކޫލުގެ މަސައްކަތް ކުރިއަށް ނުދާތީ ޓެންޑަރ ބާތިލުކޮށް އެހެން ބަޔަކާ ޙަވާލު ކުރަނީ

ހދ ނެއްލައިދޫ ކެނޑިޑޭޓުގެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ވިދާޅުވީ، ނެއްލައިދޫ ސުކޫލުގެ މަސައްކަތް ކުރިއަށް ނުދާތީ ޓެންޑަރ ބާތިލު ކޮށްފައިވާ ކަމަށް، އަދި އެހެން ބަޔަކާ ޙަވާލު ކޮށްގެން އެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި

އޭގެ އިތުރުން، ފެނާއި ނަރުދަމާގެ މަސައްކަތް ޓެންޑަރ ބޯޑުން އިވެލުއޭޓް ކުރަމުންދާކަން ރައީސް ފާހަގަ ކުރެއްވި

23 ފެބްރުއަރީ 2021 | އަންގާރަ 21:20
Writer Profile Picture
ލައިޝާ އަހްމަދު
ނޮޅިވަރަންފަރު ސިޓީ ހޮޓާ އަލުން ބިޑަށް ހުޅުވާލާނަން: ރައީސް ސޯލިޙު

ހދ ނޮޅިވަރަންފަރު ކެންޑިޑޭޓު ވިދާޅުވީ، އެރަށު ދެކުނުކޮޅުގައި ސިޓީ ހޮޓަލެއް އެޅުމަކީ ރައްޔިތުން ވަރަށް ބޭނުންވާ ކަމެއް ކަމަށް، އަދި ސުކޫލުގެ ޖާގައިގެ ދަތިކަމާއި، ފެނުގެ މައްސަލަވެސް ފާހަގަ ކުރެއްވި.

އޭގެ އިތުރުން، ހައުސިންގ ޔުނިޓުތަކުގެ ބޭނުން ހިފޭނެ ގޮތެއް ހެދުމާއި، ރަށުގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމަށް ބޭނުންވާކަންވެސް ފާހަގަ ކުރެއްވި

އެކަންކަމާއި ގުޅިގެން ރައީސް ވިދާޅުވީ، އެރަށު 100 ހައުސިންގ ޔުނިޓުގެ މަސައްކަތުގެ ބިޑް ކްލޯސިންގ މާރޗް މަހު އޮންނާނެ ކަމަށް، އަދި އެއަށްފަހު، އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވި

ރައީސް ވިދާޅުވީ، އެރަށު ލެބޯޓަރީގެ މަސައްކަތް ކުރައްވާނެ ކަމަށް، މިހާރުވެސް ލެބޯޓަރީއަށް ބޭނުންވާ ބައެއް ސާމާނު ލިބިފައިވާކަން ރައީސް ފާހަގަ ކުރެއްވި

ސިޓީ ހޮޓަލާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ، އެރަށު ސިޓީ ހޮޓާ އަލުން ބިޑަށް ހުޅުވާލައްވާނެ ކަމަށް، އެކަމަށް ބައެއް ފަރާތްތަކުން މިހާރުވެސް ޝައުޤުވެރިކަން ފާޅު ކޮށްފައިވާކަމަށް ރައީސް ވިދާޅުވި

ނޮޅިވަރަންފަރުގެ 38 ކުއްޖަކު ހިލޭ ޑިގްރީއަށް ކިޔަވަމުންދާއިރު، ޕީއެސްއައިޕީގައި މިދިޔަ 2 އަހަރު 92 މިލިއަން ރުފިޔާ އެރަށަށް ޚަރަދު ކޮށްފައިވޭ

އެމްޑީޕީ ރަށްވެހި ފަތިސް ކެމްޕެއިނުގައި ރައީސް ބައިވެރިވެ ވަޑައިގަތުން - ރާއްޖެއެމްވީ
23 ފެބްރުއަރީ 2021 | އަންގާރަ 21:16
Writer Profile Picture
ލައިޝާ އަހްމަދު
މި ސަރުކާރުން ކުދި ރަށްތައް ބާކީ ނުކުރާނެ ކަމުގެ ޔަޤީންކަން އެބައޮތް: ހިރިމަރަދޫ ކެންޑިޑޭޓް

ހދ ހިރިމަރަދޫ ކެންޑިޑޭޓު ވިދާޅުވީ، މި ސަރުކާރުން ކުދި ރަށްތައް ބާކީ ނުކުރާނެ ކަމުގެ ޔަޤީންކަން ލިބިފައިވާ ކަމަށް، އެގޮތުން ކޮވިޑުގެ ދަތިކަމުގެ ތެރޭގައިވެސް އެކަންކަން ފެނިގެން ގޮސްފައިވާކަމަށް ކެންޑިޑޭޓް ވިދާޅުވި

ރައީސް ވިދާޅުވީ، ހދ ހިރިމަރަދޫ ފުޓުބޯޅަ ދަނޑުގައި ޗޭންޖިންގ ރޫމްތަކެއް ޤާއިމު ކުރައްވާނެ ކަމަށް، އަދި އެރަށު ވޮލީ ކޯޓުގައި ލައިޓިންގ ހަރު ކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވި،

23 ފެބްރުއަރީ 2021 | އަންގާރަ 21:10
Writer Profile Picture
ލައިޝާ އަހްމަދު
އޭޕްރީލް މަސް ނިމުމުގެ ކުރިން 80 ވަރަކަށް އެމްބިއުލާންސް ލިބޭނެ: ރައީސް

ހދ ނާވައިދޫގެ ކެނޑިޑޭޓު ގެންދަވަނީ ވާހަކަ ދައްކަވަމުން، އަދި މިވަގުތަށް ބޭނުންވާ މުހިއްމު ކަންކަމާއި ގުޅޭގޮތުން ގެންދަވަނީ މަޝްވަރާ ކުރައްވަމުން. އަދި މިވަގުތުވެސް އެރަށުގައި އައު ސަރުކާރުން ގިނަ މަޝްރޫއުތަކެއް ހިންގަމުންދާތީ އެކަމަށް ކެންޑިޑޭޓު ވަނީ ޝުކުރު އަދާ ކުރައްވާފައި.

ނާވައިދޫގެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ވިދާޅުވީ، ނާވައިދޫގެ ނަރުދަމާގެ މަސައްކަތް ވަަރަށް އަވަހަށް ފެށިގެންދާނެ ކަމަށް، އަދި ކަރަންޓު ނެޓްވޯރކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ވިދާޅުވި

ރައީސް ވިދާޅުވީ، އޭޕްރީލް މަސް ނިމުމުގެ ކުރިން 80 ވަރަކަށް އެމްބިއުލާންސް ލިބޭނެ ކަމަށް އަދި އޭގެ ތެރެއިން ނާވައިދޫ ސިއްޙީ މަރުކަޒަށްވެސް އެމްބިއުލާންސްއެއް ފޯރުކޮށްދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް

އެމްޑީޕީ ރަށްވެހި ފަތިސް ކެމްޕެއިނުގައި ރައީސް ސޯލިހާއި، ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަތުން - ރާއްޖެއެމްވީ
23 ފެބްރުއަރީ 2021 | އަންގާރަ 21:07
Writer Profile Picture
ލައިޝާ އަހްމަދު
ހދ ފިނޭ ސުކޫލުގެ އައު އިމާރަތް އޭޕްރީލް މަހު ޓެންޑަރ ކުރެވޭނެ: ރައީސް

ފިނޭގެ ކެނޑިޑޭޓު މިވަގުތު ގެންދަނީ އެރަށު ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ސަރުކާރު އައި ފަހުން ކޮށްދެއްވާފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން،

ފިނޭއިން ފާހަގަކުރި ކަންކަމާ ގުޅިގެން ރައީސް ވިދާޅުވީ، އެރަށު ސުކޫލުގެ އައު އިމާރަތް އޭޕްރީލް މަހު ޓެންޑަރ ކުރެވޭނެ ކަމަށް،

އޭގެ އިތުރުން، ރައީސް ނަޝީދުވެސް ވާހަކަ ދައްކަވާފައިވާއިރު، އެރަށު 6 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ދެވިފައިވާކަން ރައީސް ނަޝީދު ފާހަގަ ކުރެއްވި. އަދި ޖުމުލަކޮށް ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް މި އެހީތައް ދެވިފައިވާކަން ރައީސް ނަޝީދު ފާހަގަ ކުރެއްވި

23 ފެބްރުއަރީ 2021 | އަންގާރަ 21:01
Writer Profile Picture
ލައިޝާ އަހްމަދު
ހއ އަދި ހދ އަތޮޅު ސްޕީޑް ފެރީ އަހަރުގެ ފަހު ކުއާޓަރ ގައި ފެށުމަށް އަމާޒު ހިފާފައި!

މިވަގުތު ހދ މަކުނުދޫގެ ކެނޑިޑޭޓު ގެންދަނީ ވާހަކަ ދައްކަމުން، އެގޮތުން ކެނޑިޑޭޓު ގެންދަވަނީ މަކުނުދޫ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހިއްސާ ކުރައްވަމުން، އެގޮތުން ދަތުރުފަތުރުގެ ދަތިކަމަކީ އެރަށުގެ އިޤްތިސާދަށް އޮތް އެންމެ ބޮޑު ގޮންޖެހުންކަން ކެނޑިޑޭޓް ފާހަގަކުރެއްވި،

އެކަމާ ގުޅިގެން ރައީސް ވިދާޅުވީ، އެއަރޕޯޓާއި ސްޕީޑް ފެރީގެ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް، ސްޕީޑު ފެރީތައް ފަހު ކުއާޓަރ ގައި އަމަލީ ގޮތުން ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި

ރައީސް ނަޝީދުވެސް ވާހަކަ ދައްކަވާފައިވާއިރު، އެމަނިކުފާނު ވިދާޅުވީ، ވެރިކަމުގެ 5 އަހަރު ނިމިގެންދާއިރު، މަކުނުދޫއަކީ އެކަހެރި ރަށެއްގައި އޮތް އޮތުން ބަދަލުވެގެންދާނެ ކަމަށް

23 ފެބްރުއަރީ 2021 | އަންގާރަ 20:55
Writer Profile Picture
ލައިޝާ އަހްމަދު
މި މަސް ތެރޭގައި 34 ރަށެއްގެ ފެނާއި ނަރުދަމާ މަޝްރޫއުގައި ސޮއި ކުރަނީ

ރައީސް ވިދާޅުވީ، މި މަހުގެ ތެރޭގައި ސޮއި ކުރުމަށް ހަމަޖެހިފައިވާ 34 ރަށެއްގެ ފެނާއި ނަރުދަމާ މަޝްރޫއުތަކުގެ ތެރޭގައި ހދ ވައިކަރަދޫ ހިމެނޭ ކަމަށް.

23 ފެބްރުއަރީ 2021 | އަންގާރަ 20:50
Writer Profile Picture
ލައިޝާ އަހްމަދު
ކިރިޔާ ވަޑައިގަނެވޭ ގޮތެއް ވާ ނަމަވެސް ކުމުންދޫއަށް ވަޑައިގަންނަވަން ބޭނުންފުޅު ކަމަށް ރައީސް ވިދާޅުވެއްޖެ

ކުމުންދޫ ކެނޑިޑޭޓުގެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ވިދާޅުވީ، ކުމުންދޫގެ މެމްބަރުގެވެސް މަސައްކަތާއެކު، ގިނަ މަސައްކަތްތަކެއް އެރަށުގައި ކުރެވިފައިވާ ކަމަށް، އެގޮތުން ގިނަ މަޝްރޫއުތަކެއް ފެށިފައިވާކަން ރައީސް ފާހަގަ ކުރެއްވި.

ރައީސް ވިދާޅުވީ، އެންމެ އިސްކަންދީގެން އެރަށު ބަނދަރު ޙަވާލު ކުރުމުގެ މަސައްކަތް ފުރަތަމަ ކުއާޓަރ ގައި ކުރެވެމުންދާ ކަމަށް

އޭގެ އިތުރުން، ސުކޫލުގެ 12 ކްލާސް ރޫމްގެ ޑިޒަައިނިންގ ކުރިއަށްދާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މާރޗު މަހުގެ ތެރޭގައި ޓެންޑަރ ކުރެވޭނެ ކަމަށް ބެލެވޭ ކަމަށް،

އަދި ކުމުންދޫއަށް ވަޑައިގަންނަވަން ބޭނުންފުޅުވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ކިރިޔާ ވަޑައިގަނެވޭ ގޮތެއް ވާ ނަމަވެސް އެރަށަށް ވަޑައިގަންނަވާނެ ކަމަށް

23 ފެބްރުއަރީ 2021 | އަންގާރަ 20:46
Writer Profile Picture
ލައިޝާ އަހްމަދު
މި ސަރުކާރުން ރައްޔިތުންގެ އަސާސީ ޙައްޤުތައް ކަށަވަރު ކޮށްދޭނެ ކަމުގެ ޔަޤީންކަން ލިބިއްޖެ: ކުމުންދޫ ކެނޑިޑޭޓް

ހދ ކުމުންދޫގެ ކެނޑިޑޭޓު ވަނީ ރަށުގެ ބައެއް ކަންބޮޑުވުންތައް ހިއްސާ ކުރައްވާފައި، އެގޮތުން މި ސަރުކާރުން ރައްޔިތުންގެ އަސާސީ ޙައްޤުތައް ކަށަވަރު ކޮށްދޭނެ ކަމުގެ ޔަޤީންކަން ލިބިފައިވާކަން ކެނޑިޑޭޓުން ފާހަގަކުރި، އެގޮތުން ފެނާއި ނަރުދަމާގެ އިތުރުން، ލަފާ ފުރުމުގެ ދަތިތައް ޙައްލު ކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ކެނޑިޑޭޓު ވަނީ ޝުކުރު އަދާ ކުރައްވާފައި

23 ފެބްރުއަރީ 2021 | އަންގާރަ 20:41
Writer Profile Picture
ލައިޝާ އަހްމަދު
ހަނިމާދޫގައި ނުނިމިހުރި 100 ހައުސިންގ ޔުނިޓުގެ މަސައްކަތް ވަނީ ޓެންޑަރ ކުރެވިފައި

ރައީސް ވިދާޅުވީ، ހަނިމާދޫގައި ނުނިމިހުރި 100 ހައުސިންގ ޔުނިޓުގެ މަސައްކަތް ޓެންޑަރ ކުރެވިފައިވާ ކަމަށް،

23 ފެބްރުއަރީ 2021 | އަންގާރަ 20:39
Writer Profile Picture
ލައިޝާ އަހްމަދު
މިވަގުތު ރައީސް ގެންދަވަނީ ހދ ހަނިމާދޫ ކެނޑިޑޭޓުންނާ ވާހަކަ ދައްކަވަމުން

ރައީސް ވިދާޅުވީ، ހަނިމާދޫ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް އޮތް އަހަރުތަކުގައި ކުރައްވާނެ ކަމަށް އަދި އެއަރޕޯޓުގެ މަސައްކަތް އަންނަ ޖުލައި މަސް ތެރޭގައި ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި.

ރައީސް ވިދާޅުވީ، މަގު ހެދުމުގެ މަސައްކަތް ބަދަލުތަކަކާއެކު ކުރިއަށް ގެންދަވާނެ ކަމަށް

23 ފެބްރުއަރީ 2021 | އަންގާރަ 20:37