އެމްޑީޕީ ޤައުމީ މަޖިލީހުގެ 172 ވަނަ ބައްދަލުވުން

  • ހައެއްކަ މީހުން މަގުމައްޗަށް ނުކުމެ ލައިހޫރުން އެއީ މުޒާހަރާއެއް ނޫން: ނަޝީދު
  • އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު މިވަގުތު ގެންދަވަނީ ވާހަކަ ދައްކަވަމުން
  • ދިވެހިން ތިބީ "ޖަމްޕެއް ޖަހަން" އެދިއެދި: ރައީސް ނަޝީދު
 
Writer Profile Picture
ލައިޝާ އަހްމަދު
ހައެއްކަ މީހުން މަގުމައްޗަށް ނުކުމެ ލައިހޫރުން އެއީ މުޒާހަރާއެއް ނޫން: ނަޝީދު

އިދިކޮޅުން ކުރިއަށް ގެންދާ އެއްވުންތަކާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ، ހައެއްކަ މީހުން މަގުމައްޗަށް ނުކުމެ ލައިހޫރުން އެއީ މުޒާހަރާއެއް ނޫން ކަމަށް. އަދި އެއީ އެތައް ފުލުހުންނެއްގެ ވަގުތު ބޭކާރު ކުރުންކަން ރައީސް ނަޝީދު ފާހަގަ ކުރެއްވި

އޭގެ އިތުރުން، ރައީސް ސޯލިޙު މިހާރު ބޯހިޔާވަހިކަމަށް ގެންގުޅުއްވާ ފުޅާ ސިޔާސަތަށް ރައީސް ނަޝީދު ގެންދަވަނީ ތައުރީފު ކުރައްވަމުން، އަދި ހައުސިންގ މިނިސްޓަރ އަސްލަމްވެސް އެމްޑީޕީގެ ކެމްޕެއިންގައި ޙަރަކާތްތެރިވާނެކަން ރައީސް ނަޝީދު ވިދާޅުވި

ރައސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ސަފުތައް ނުގުޑާނެ ކަމަށް.

14 ފެބްރުއަރީ 2021 | އާދީއްތަ 21:17
Writer Profile Picture
ލައިޝާ އަހްމަދު
އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު މިވަގުތު ގެންދަވަނީ ވާހަކަ ދައްކަވަމުން
އެމްޑީޕީގެ ރައީސް ރައީސް މުޙައްމަދު ނަޝީދު
14 ފެބްރުއަރީ 2021 | އާދީއްތަ 21:13
Writer Profile Picture
ލައިޝާ އަހްމަދު
ދިވެހިން ތިބީ "ޖަމްޕެއް ޖަހަން" އެދިއެދި: ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ، ދިވެހިން މިއަދު އެދެނީ "ޖަމްޕެއް ޖަހަން" ކަމަށް ، އެގޮތުން މިހާރު ތިބި ޙާލަތަށްވުރެ ރަނގަޅު ޙާލަތަކަށް ކުރު މުއްދަތެއްގެ ތެރޭގައި ދާން ދިވެހިން މިއަދު ބޭނުންޖެހިފައިވާކަން ރައީސް ނަޝީދު ފާހަގަ ކުރެއްވި.

ރައީސް ނަޝީދު ވިދާޅުވީ، ދިުވެހިން ބޭނުންވާ ކަންކަން ޙާސިލު ކޮށްދީ، އެ ވިސްނުންތައް ތަންފީޒު ކުރުމުގެ ވިސްނުން އެމްޑީޕީގެ އެބަ ހުރި ކަމަށް. އަދި ރައީސް ސޯލިޙަކީ އެކަމަށް ކުޅަދާނަ ބޭފުޅެއްކަން ރައީސް ނަޝީދު ފާހަގަ ކުރެއްވި.

ރައީސް ނަޝީދު ވިދާޅުވީ، ދިވެހިން ބޭނުންވާ ތަރައްޤީ ޤައުމަށް ގެނައުމާއި، ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ "ޖަމްޕް ޖެހުމަށް" ދިވެހިން އިތުބާރު ކުރަނީ ރައީސް ސޯލިޙާއި، އެމަނިކުފާނުގެ ސަރުކާރު އަދި އެމްޑީޕީގެ މައްޗަށް ކަމަށް.

އޭގެ އިތުރުން، މިކަންކަން ޙާސިލު ކުރުމަށްޓަކައި ބޭރު ޤައުމުތަކާ ގުޅުން ބަދަހިކުރަން ޖެހޭކަންވެސް ރައީސް ނަޝީދު ވިދާޅުވި،.

ނޭފަތު ކުރިއާ ހަމައިންވެސް، އަދި ރަން ގޮނޑުދޮށާ ހަމައިންވެސް މި ޕާޓީގެ ވިސްނުން ނުނިމޭ
އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު
14 ފެބްރުއަރީ 2021 | އާދީއްތަ 21:12
Writer Profile Picture
ލައިޝާ އަހްމަދު
ރާއްޖޭގެ އިޤްތިސާދު އާރޯ ކުރުމަށް ރައީސް ސޯލިޙު އެޅުއްވި ފިޔަވަޅުތަކަށް ޝުކުރު ޙައްޤު: ރައީސް ނަޝީދު

މިވަގުތު ވާހަކަ ދައްކަވަމުން ގެންދަވަނީ ރައީސް ނަޝީދު، ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ އިޤްތިސާދު އާރޯ ކުރުމަށް ރައީސް ސޯލިޙު އެޅުއްވި ފިޔަވަޅުތަކަށް ޝުކުރު އަދާ ކުރައްވާ ކަމަށް، އަދި ރާއްޖޭގެ ރައްޔިތުންވެސް ހިތުގެ އަޑިން އެކަން ބަލައިގަންނަކަން ރައީސް ނަޝީދު ފާހަގަ ކުރެއްވި.

އޭގެ އިތުރުން، ކުރީބައިގައި ވެކްސިން ޖަހަން ފަށާ އެއް ޤައުމަކަށް ރާއްޖެ ވެގެން ދިއުމަކީ އުފާ ކުރައްވާ ކަމެއްކަންވެސް ރައީސް ނަޝީދު ފާހަގަ ކުރެއްވި

އެމްޑީޕީ ޤައުމީ މަޖިޅީހުގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވާހަކަ ދައްކަވަނީ
14 ފެބްރުއަރީ 2021 | އާދީއްތަ 21:06
Writer Profile Picture
ލައިޝާ އަހްމަދު
އެމްޑީޕީ ޤައުމީ މަޖިލީހުގެ 172 ވަނަ ބައްދަލުވުމުގައި ރައީސް ސޯލިޙު ވާހަކަ ދައްކަވަނީ
އެމްޑީޕީ ޤައުމީ މަޖިލީހުގެ 172 ވަނަ ބައްދަލުވުމުގައި ރައީސް ސޯލިޙު ވާހަކަ ދައްކަވަނީ
14 ފެބްރުއަރީ 2021 | އާދީއްތަ 21:03
Writer Profile Picture
ލައިޝާ އަހްމަދު
ލާމަރުކަޒީ ނިޒާމު ފުރިހަމައަށް ހިނގައިގަތުމަށް، ފުރަތަމަ މަރުޙަލާގައި އެކަން ދަންނަ ބަޔަކު ޙަވާލުވާން ޖެހޭ: ރައީސް

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 172 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ލާމަރުކަޒީ ނިޒާމު އިސްލާޙު ކުރުމަށް، މި އިންތިޚާބު ކާމިޔާބު ކުރަންޖެހޭ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމު ފުރިހަމައަށް ހިނގައިގަތުމަށް، ފުރަތަމަ މަރުޙަލާގައި އެކަން ދަންނަ ބަޔަކު ޙަވާލުވާން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ކައުންސިލް އިންތިޚާބުގެ ބޮޑު އިންސައްތައެއް އެމްޑީޕީއަށް ކާމިޔާބުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލާފައިވަނީ ޅެންބައިތަކުންނެވެ.

14 ފެބްރުއަރީ 2021 | އާދީއްތަ 21:01
Writer Profile Picture
ލައިޝާ އަހްމަދު
ހިޔާ މަޝްރޫއުގެ ތެރެއިން އިއުލާނު ކުރި ދާއިމީ ލިސްޓުތަކުގައި މައްސަލަ އުޅޭނަމަ އެކަންކަން އިތުރަށް ބަލާނަން: ރައީސް

ރައީސް ވިދާޅުވީ، އެކި ދާއިރާތަކުގައި ތަފާތު އެކި މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް. އެގޮތުން މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން އެނގިވަޑައިގަންނަވާ ކަމަށް. އެގޮތުން ހިޔާ މަޝްރޫއުގެ ތެރެއިން އިއުލާނު ކުރި ދާއިމީ ލިސްޓުތަކުގައި މައްސަލަ އުޅޭނަމަ އެކަންކަން އިތުރަށް ބައްލަވާނެކަން ރައީސް ފާހަގަ ކުރެއްވި.

ރައީސް ވިދާޅުވީ، ސަރުކާރުން ކަނޑައަޅާފައިވާ މަޝްރޫއުތައް ނިމުމުން، ބޯހިޔާވަހިކަމުގެ މައްސަލައަށް އެކަށީގެންވާ ޙައްލެއް އަންނާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް.

14 ފެބްރުއަރީ 2021 | އާދީއްތަ 20:58
Writer Profile Picture
ލައިޝާ އަހްމަދު
އެމްޑީޕީ އަބަދުވެސް އޮންނާނީ އިންތިޚާބުތަކަށް ތައްޔާރަށް: ރައީސް

އެމްޑީޕީ ޤައުމީ މަޖިލީހުގެ 172 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ވިދާޅުވީ، މީގެ ކުރިން ބައިވެރިވެވަޑައިގަތް ބައްދަލުވުމުގައި ތައްޔާރުވަމުން ގެންދިޔައީ އެލްސީއީ އަދި ޑަބްލިއުޑީސީ އިންތިޚާބަށް ކަމަށް، އެހެން ނަމަވެސް، ކޮވިޑުގެ ޙާލަތުގެ ސަބަބުން ގިނަ މަސައްކަތްތަކެއް ހުއްޓިގެން ދިޔަކަން ރައީސް ސޯލިޙު ފާހަގަ ކުރެއްވި

ރައީސް ވިދާޅުވީ، އެމްޑީޕީ އަބަދުވެސް އޮންނާނީ އިންތިޚާބުތަކަށް ތައްޔާރަށް ކަމަށް، އަދި މި ޕާޓީއަކީ ކެމްޕެއިން ކުރުމާއި، އިންތިޚާބުތަކަށް ފަރިތަ ޕާޓީއެއްކަން ރައީސް ސޯލިޙު ފާހަގަ ކުރެއްވި

ރައީސް ވިދާޅުވީ، ވެރިކަމުގައި ތިބެ ކެމްޕެއިން ކުރަންޖެހޭ ގޮތާއި، އިދިކޮޅުގައި ތިބެ ކެމްޕެއިން ކުރަންޖެހޭ ގޮތް ތަފާތުވާ ކަމަށެވެ. އެގޮތުން ވެރިކަމުގައި ތިބޭއިރު ކުރިމަތިވާނެ ސުވާލަކީ "ކޮށްދިނީ ކޮން ކަމެއްހޭ" ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އިދިކޮޅާ ކުރެވޭ ސުވާލު މުޅިން ތަފާތުވާނެ ކަމަށެވެ.

14 ފެބްރުއަރީ 2021 | އާދީއްތަ 20:55
Writer Profile Picture
ލައިޝާ އަހްމަދު
އެމްޑީޕީގެ އައު އެސްޖީއަކަށް ޝާޒްލީ ޝަފީޤް!

އެމްޑީޕީގެ ސެކެޓަރީ ޖެނެރަލްއަކީ މާލެ ސިޓީ މޭޔަރ ކަމަށް ވާދަ ކުރައްވާ ކެނޑިޑޭޓަކަށް ވުމާއި، ޑެޕިއުޓީ އެސްޖީވެސް ވަކިވެވަޑައިގެންފައިވާތީ މިވަގުތު ގެންދަނީ އައު އެސްޖީ އައްޔަނު ކުރުމުގެ މަސައްކަތް ކުރަމުން. އެގޮތުން މިކަމަށް އެދި ހުށައަޅާފައިވަނީ ޝާޒްލީ ޝަފީޤް (މއ ފެރިނާ)

ޝާޒްލީއަކީ މީގެ ކުރިންވެސް ޕާޓީގެ އެސްޖީކަން ކުރައްވާފައިވާ ބޭފުޅެއް،

ޝާޒްލީ އެސްޖީކަމަށް ގެނައުމަށް ވޯޓު ދެއްވާފައިވަނީ 90 މެމްބަރުންގެ ތާއީދުން.

14 ފެބްރުއަރީ 2021 | އާދީއްތަ 20:51
Writer Profile Picture
ލައިޝާ އަހްމަދު
އެމްޑީޕީން މުޅި ރާއްޖޭގައި އޮންލައިންކޮށް "ކެމްޕެއިން ރީލޯންޗިންގ" ޖަލްސާއެއް ބާއްވަނީ

އެމްޑީޕީގެ ކެމްޕެއިން މެނޭޖަރ ޝާހިދު ވިދާޅުވީ، އޮންލައިންކޮށް އެމްޑީޕީގެ ކެމްޕެއިން ރީލޯންޗިންގ ޖަލްސާއެއް ބާއްވާނެ ކަމަށް، އެކަމަށް ކަނޑައަޅާފައިވާ ތާރީޚަކީ 25 ފެބްރުއަރީ ކަމަށްވެސް އޭނާ ވިދާޅުވި.

14 ފެބްރުއަރީ 2021 | އާދީއްތަ 20:45
Writer Profile Picture
ލައިޝާ އަހްމަދު
ކައުންސިލް އިންތިޚާބުގެ 85 އިންސައްތައަށްވުރެ ގިނަ ގޮނޑިއަށް އެމްޑީޕީން ވާދަކުރޭ

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބާ ގުޅޭ މައުލޫމާތުތައް މިވަގުތު ޤައުމީ މަޖިލީހުގައި ކެމްޕެއިން މެނޭޖަރ ޝާހިދު ގެންދަވަނީ ވާހަކަ ދައްކަވަމުން، ޝާހިދު ވިދާޅުވީ، މި ދެ އިންތިޚާބުގެ ތެރެއިން ކައުންސިލް އިންތިޚާބުގެ 85 އިންސައްތައަށްވުރެ ގިނަ ގޮނޑިއަށް އެމްޑީޕީން ކުރިމަތިލާފައިވާ ކަމަށް،

ޝާހިދު ވިދާޅުވީ، "ރަށްވެހި ފަތިސް" ނަމުގައި ކުރިއަށްދާ މި ކެމްޕެއިންގައި އޮންލައިން ބައްދަލުވުންތަކެއް ބާއްވާނެ ކަމަށް، އޭގެ އެއް ސަބަބަކީ ކޮވިޑުގެ މި ޙާލަތާއި، ދަތުރުފަތުރު ކުރުމުގައި ހުރި ގޮންޖެހުންތައް

އޭގެ އިތުރުން، ރައީސް ސޯލިޙާއި، ރައީސް ނަޝީދު ބައިވެރިވެވަޑައިގެން އަތޮޅުތަކުގެ ކެމްޕެއިންގައި އުޅުއްވާ ޓީމުތަކާ ބައްދަލު ކުރެވޭނެ އިންތިޒާމުތައް އޮންލައިންކޮށް ހަމަޖެއްސުމަށް މަޝްވަރާ ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި، އަދި ހޯމަ ދުވަހު އެކަމާ ގުޅޭ ތާވަލެއް އެކުލަވާލާނެ

14 ފެބްރުއަރީ 2021 | އާދީއްތަ 20:43
Writer Profile Picture
ލައިޝާ އަހްމަދު
ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވާހަކަ ދައްކަވަނީ

އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިވަގުތު ގެންދަވަނީ ވާހަކަ ދައްކަވަމުން، އެގޮތުން އަލީ އާޒިމް ވިދާޅުވީ، މަޖިލީހުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް، އެގޮތުން ފުލުހުންގެ ޚިދުމަތުގެ ބިލާއި، މަސްވެރިކަމާ ގުޅޭ ބިލުގެ އިތުރުން، އިމްޕޯޓް އެކްސްޕޯޓް ޤާނޫނާއި، އިންތިޤާލީ އިންސާފުގެ ބިލުގެ އިތުރުން، ޔުޓިލިޓީ ބިލުގެ ވާހަކަ އާޒިމް ފާހަގަ ކުރެއްވި

އާޒިމް ވިދާޅުވީ، ރައީސް ސޯލިޙުގެ ރިޔާސީ ބަޔާނަކީ އުއްމީދީ ބަޔާނެއް ކަމަށް،

99 މެމްބަރުން މިވަގުތު ޖަލްސާގައި ބައިވެރިވެވަޑައިގެންފައިވޭ.

14 ފެބްރުއަރީ 2021 | އާދީއްތަ 20:35