ސްޓޭޓް ބޭންކް އޮފް އިންޑިއާ އިމާރާތުގައި އަލިފާން ރޯވުން

  • އަލިފާން ފެތުރުން ކޮންޓްރޯލް ކޮށްފި، މީހަކަށް އަނިޔާ ނުވޭ
  • އަލިފާނުގެ ހާދިސާއާއި ގުޅިގެން ސަމާލުވާންވީ ބައެއް ކަންކަން
  • ޕޮޒިޓިވް ފަރާތްތަކާއި ކޮންޓެކްޓްސް އެޗްޕީއޭއަށް ގުޅުމަށް އެދިއްޖެ
 
Writer Profile Picture
ޙުސައިން މަޚްތޫމް
އަލިފާން ފެތުރުން ކޮންޓްރޯލް ކޮށްފި، މީހަކަށް އަނިޔާ ނުވޭ
ކ. މާލެ

އެމްއެންޑީއެފުން ބުނީ ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ ކަމަށާއި ހަދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށެވެ. ފަޔަރ ޓީމުން ދަނީ އަދިވެސް ހަރަކާތްތެރިވަމުން.

ރޯވި އިމާރާތުގައި އަލިފާން ކޮންޓްރޯލް ވެއްޖެ
28 އޯގަސްޓް 2020 | ހުކުރު 23:19
Writer Profile Picture
ޙުސައިން މަޚްތޫމް
އަލިފާނުގެ ހާދިސާއާއި ގުޅިގެން ސަމާލުވާންވީ ބައެއް ކަންކަން
ކ. މާލެ
28 އޯގަސްޓް 2020 | ހުކުރު 23:17
Writer Profile Picture
ޙުސައިން މަޚްތޫމް
ޕޮޒިޓިވް ފަރާތްތަކާއި ކޮންޓެކްޓްސް އެޗްޕީއޭއަށް ގުޅުމަށް އެދިއްޖެ
ކ. މާލެ

އަލިފާނުގެ ހާދިސާ ހިގައިގެން އުޅޭ ސަރަހައްދުގައި ދިރިއުޅޭ#ކޮވިޑް19ޕޮޒިޓިވް ފަރާތްތަކާއި ކޮންޓެކްޓްސް 1676 އަށް ގުޅުމަށް ހެލްތް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައި

28 އޯގަސްޓް 2020 | ހުކުރު 23:15
Writer Profile Picture
ޙުސައިން މަޚްތޫމް
އަލިފާނުގެ ހާދިސާ ހިނގައިދިޔަ ސަރަހައްދަށް ނުދިއުމަށް ހެލްތް މިނިސްޓްރީން އިލްތިމާސްކޮށްފި
ކ. މާލެ

އަލިފާނުގެ ހާދިސާ ހިނގާ ސަރަޙައްދަށް އާއްމުފަރާތްތަކުން ނުދިއުމަށް އިލްތިމާސް ކުރަން މިވަގުތު ބޮޑުތަކުރުފާނު މަގު އެސް ބީ އައި ސަރަހައްދުގައި ހިނގަމުންދާ އަލިފާނުގެ ހާދިސާގައި، ދުމުން ރައްކާތެރިވުމަށް ދުމުގެ އަސަރު ކުރާ ހިސާބަށް އާއްމު ފަރާތްތަކުން ނުދިޔުމަށް އިލްތިމާސްކުރަން.

28 އޯގަސްޓް 2020 | ހުކުރު 23:14
Writer Profile Picture
ޙުސައިން މަޚްތޫމް
އެއަރޕޯޓް ފަޔަރުން އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިފި
ކ. މާލެ
28 އޯގަސްޓް 2020 | ހުކުރު 23:10
Writer Profile Picture
ޙުސައިން މަޚްތޫމް
އަލިފާންގަނޑު ކޮންޓްރޯލް ވާން ފަށައިފި
ކ. މާލެ

އާޓީފިޝަލް ބީޗު ކައިރީގައި ހުރި މި އިމާރާތުގައި ރޯވި އަލިފާންގަނޑު ކޮންމެވެސް ވަަރަކަށް ކޮންޓްރޯލްވެއްޖެ. އެމްއެންޑީއެފުން އަލިފާން ނިއްވަން ކުރަމުންދާ މަސައްކަތުގައި އެއަރޕޯޓް ފަޔަރުން ދަނީ އެހީތެރިވަމުން.

28 އޯގަސްޓް 2020 | ހުކުރު 23:06
Writer Profile Picture
އުމްނާ އިސްމާއިލް
އެމްއެންޑީއެފުން ވެސް އިލްތިމާސްކުރަމުންދަނީ އެސަރަހައްދަށް އެއްނުވުމަށް
ކ. މާލެ

އަލިފާން ރޯވެފައިވާ ސަރަހައްދަށް ނުދިއުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް، (އެމްއެންޑީއެފް) އިން އާއްމުންނަށް އިލްތިމާސްކޮށްފިއެވެ. އަދި އެ ސަރަހައްދުގައި އެއްވެފައި ތިބި މީހުން ދުރަށް ދިއުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއެންޑީއެފުން ބުނީ ގިނަ އަދަދެއްގެ ފަޔަރ ވެހިކަލްތައް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

28 އޯގަސްޓް 2020 | ހުކުރު 22:52
Writer Profile Picture
އުމްނާ އިސްމާއިލް
އެއްވެސް މީހަކަށް ގެއްލުން ވެފައިވާކަމުގެ މައުލޫމާތެއް ލިބިފައެއް ނުވޭ
ކ. މާލެ

އަލިފާނުގެ ހާދިސާގައި އެއްވެސް ފަރާތަކަށް ގެއްލުންވެފައިވާކަމުގެ މައުލޫމާތު ކަމާބެހޭ އެއްވެސް އިދާރާއަކުން ދީފައެއް ނުވެއެވެ.

28 އޯގަސްޓް 2020 | ހުކުރު 22:45
Writer Profile Picture
އުމްނާ އިސްމާއިލް
އަލިފާން ނިއްވުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ހަރަކާތްތެރިވަމުން
ކ. މާލެ

އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ފަޔަރ އެންޑް ރެސްކިއު އިން ދަނީ ހަރަކާތްތެރިވަމުންނެވެ.

މަންޒަރު ދުށް މީހުން ބުނާ ގޮތުން މި ސަރަހައްދުގައި އެންމެ ފުރަތަމަ އަލިފާން ރޯވީ 'ކެފޭ ޓިއޯލޯ' ގައެވެ. އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ ހުންނަ އިމާރާތަށް އަލިފާންގަނޑު ފެތުރުނު ކަމަށެވެ. އެ އިމާރާތުގެ ޓެރަހުގައި ވަރަށް ބޮޑަށް ވަނީ ރޯވެފައެވެ.

28 އޯގަސްޓް 2020 | ހުކުރު 22:44
Writer Profile Picture
އުމްނާ އިސްމާއިލް
ދުމުގެ އަސަރުކުރާ ހިސާބަށް އާއްމުން ނުދިއުމަށް އިލްތިމާސްކޮށްފި
ކ. މާލެ

މިވަގުތު ބޮޑުތަކުރުފާނު މަގު އެސް ބީ އައި ސަރަހައްދުގައި ހިނގަމުންދާ އަލިފާނުގެ ހާދިސާގައި، ދުމުން ރައްކާތެރިވުމަށް ދުމުގެ އަސަރު ކުރާ ހިސާބަށް އާއްމު ފަރާތްތަކުން ނުދިޔުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން އިލްތިމާސްކޮށްފިއެވެ.

އެގޮތުން، ދުމުގެ އަސަރު ކުރާ ހިސާބުތަކުގައި ގޭގެތެރެއަށް ދުން ނުވަންނަހެން ދޮރާއި ކުޑަދޮރުތައް ރަނގަޅަށް ލެއްޕުން މުހިއްމު ކަމަށާއި ހާއްސަކޮށް އުމުރުން ދުވަސްވީ ފަރާތްތަކާއި ކުޑަކުދިންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކާއި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަށް ދުމުގެ އަސަރު ކުރުމުން ނުރައްކާވެދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

28 އޯގަސްޓް 2020 | ހުކުރު 22:38
Writer Profile Picture
އުމްނާ އިސްމާއިލް
އަލިފާން ރޯވި ސަރަހައްދުގައި އުޅެމުންދާ ކޮވިޑް ޖެހިފައިވާ މީހުންނާއި ކޮންޓެކްޓުން އެޗްޕީއޭއަށް ރިޕޯޓު ކުރުމަށް އެދެފި
ކ. މާލެ

އަލިފާން ރޯވި ސަރަހައްދުގައި އުޅެމުންދާ ކޮވިޑް-19 ޖެހިފައިވާ މީހުންނާއި ކޮންޓެކްޓުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއަށް) ރިޕޯޓު ކުރުމަށް އެދެފިއެވެ.

28 އޯގަސްޓް 2020 | ހުކުރު 22:31
Writer Profile Picture
އުމްނާ އިސްމާއިލް
ބޮޑުތަކުރުފާނުމަގުގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެއްޖެ
ކ. މާލެ

އެމްއެންޑީއެފް އިން މައުލޫމާތުދޭ ގޮތުގައި އަލިފާން ރޯވެފައި ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ ހުންނަ އިމާރާތުގައެވެ.

އާޓީފިޝަލް ބީޗު ކައިރީގައި ހުރި މި އިމާރާތުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެމްއެންޑީއެފްގެ ފަޔަރ ޓީމުން މިހާރު ދަނީ ހަރަކާތްތެރިވަމުންދާ ކަމަށާއި ކައިރީގައި ހުރި އިމާރާތުން މީހުން ހުސްކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

28 އޯގަސްޓް 2020 | ހުކުރު 22:24