މުޅި ދުނިޔޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 2 މިލިއަނަށް އަރައިފިއެވެ.
ތަފާސް ހިސާބުތަކަށް ބަލާ އިރު އެންމެ ގިނައިން ކޮވިޑް-19 ބަލި ޖެހުނު މީހުން ތިބީ އެމެރިކާގައެވެ. އެގައުމުގައި ބަލި ޖެހުނު މީހުންގެ ނިސްބަތް ހުރީ 6 ލައްކައަށްވުރެ މަތީގައެވެ.
ޑރ. ނަޒްލާ - މާލޭގެ އެކި ސަރަހައްދުތަކުގައި ކޮންޓެކްޓް ޓްރޭސިން ކުރަމުންދަނީ
- އަތޮޅު ތެރޭގައި އެބަތިބި ކޭސްއާއި ގުޅިގެން އައި ސޮލޭޓް ކުރެވިފައިވާ ފަރަތްތައް
- އައްޑޫ 2 އަދި ގދ. ވާދޫ 2 މީހަކު ވަނީ އައިސޮލޭޓް ކުރެވިފައި
ޑރ. އަލީ ލަތީފް - ކަރަންޓީނުން ދޫކުރެވުނު މީހަކާއި ޕޮޒިޓިވްވި މީހާއި ކޮންޓެކްޓްވެފައި ނުވޭ
ރާއްޖެއިން ބޭރުން އައި މީހުންގެ ތެރެއިން ކަރަންޓީން ކުރުމަށްފަހު އަނބުރާ ގެއަށް ފޮނުވާލި މީހުންގެ ތެރެއިން މީހެއްގެ ގައިން އެހެން މީހެއްގެ ގަޔަށް ބަލި ޖެހިފައި ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް.
ކޮވިޑް-19 އަކީ ނުރައްކާތެރި ބައްޔެއް ނަމަވެސް ފާއިތުވި ދުވަސްތަކުގައި މިކަމުން ސަލާމަތްވުމަށް ކުރެވުނު މަސައްކަތުގައި އާންމުންގެ އެއްބާރުލުން ބޭނުންވާ ވަރަށް ލިބިވަޑައިގެންފައި ނުވާކަމަށް ޑރ. އަލީ ލަތީފް ވިދާޅުވެއްޖެ.
މާލެއިން ޕޮޒިޓިވްވި ކޭސްއާއެކު މާލޭގައި ކޮމިއުނިޓީ ސްޕްރެޑެއް އުޅޭކަމަށް ގަބޫލުކުރެވޭ. މިފަދަ ކޭސްއެއް ފެނިފައި މިވަނީ އެންމެ ފުރަތަމަ ރާއްޖެއިން ފެނުނު ކޭސް ފެނުނުތާ 45 ދުވަސް ފަހުން.
ރާއްޖޭގައި ހުރިހާ ސިއްހީ ހިދުމަތްތެެރިން ފްރަންޓްލައިނަށް ނުކުތުމަށް ތައްޔާރުވުމަށް އަމީން އިލްތިމާސް ކުރައްވައިފި. މީގެ ތެރޭގައި ކުރީގެ ހިދުމަތްތެރިންނާއި، މިހާރު މަސައްކަތް ކުރައްވާ ފަރާތްތަކާއި އަދި ތަމްރީނުވަމުންދާ ފަރާތްތައް ވެސް ތައްޔާރުވުމަށް އެދެން.
ކޮވިޑް-19 ފެތުރިއްޖެ ނަމަ ކުރެވޭނެކަމަކީ އެ ފެތުރުން ލަސްކުރެވޭނެ ގޮތްތައް ހޯދުން ކަމަށާއި، އެކަމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދަނީ. މިވަގުތު އެންމެ މުހިންމީ އިޖްތިމާއީ ގައިދުރުކަން ބެހެއްޓުން.
މާލެއިން ޕޮޒިޓިވްވި މީހާއާއި ޑައިރެކްޓް ކޮންޓެކްޓްވި ހުރިހާ އެއްމެން ދެނެގަނެވި އަދި ޑައިރެކްޓް ކޮންޓެކްޓްވި މީހުންނާއި ކޮންޓެކްޓްވި އެހެން މީހުން ޓްރޭސް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން: އަމީން