ރައީސް އޮފީހުން ބުނީ ސަރުކާރާއި ސްކޫލްތައް ބަންދުކުރެއްވުމާއި، ޟަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންނަށް އެންގެވުމަކީ، ކޯވިޑް-19 ބައްޔާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިސްނެންގެވުމާއެކު ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެކަކު އަނެކަކާއި ދެމެދު ދުރުމިނެއް ބެހެއްޓުމުގެ މަޤްޞަދުގައި އަޅުއްވާފައިވާ ފިޔަވަޅުތަކަކަށް ވީހިނދު، މި ފިޔަވަޅުތަކަށް އަމަލުކުރުމުގައި ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަށް ލުއިތަކެއް ހޯދައިދިނުމަށް ސަރުކާރުން ގެންދަނީ މަސައްކަތްތަކެއް ކުރަމުންކަމަށެވެ.
ކޯވިޑް-19 އާއި ގުޅިގެން އުރީދޫ މޯލްޑިވްސްގެ ސުޕަރނެޓް ކަސްޓަމަރުންނަށް ދުވާލަކު 5 ޖީބީ ޑޭޓާ ހިލޭ ލިބޭ އޮފަރ އެއް އިއުލާންކޮށްފި އެވެ.
އުރީދޫން ބުނީ ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޯވިޑް-19 އާއި ގުޅިގެން އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ދިމާވެފައިކަމަށާއި، ގޭގައި ތިބެގެން މަސައްކަތް ކުރުމަށާއި، އިންޓަނެޓް މެދުވެރިކޮށް ކުދިންގެ ކިޔެވުން ކުރިއަށް ގެންދިޔުމަށްވެސް ވަނީ މަޖުބޫރުވެފައިކަމަށެވެ. މި ދަތިތަކަށް ލުއިކަމެއް ގެނެސްދީ، ގައިދުރުކަން ބަހައްޓާ، ގޭގައި ތިބުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުން ނަންގަވާފައިވާ އިސްނެގުމާއި އެއްގޮތުގެމަތިން، އުރީދޫ މޯލްޑިވްސްގެ ސުޕަރނެޓް ކަސްޓަމަރުން ނަންގަވައިފައިވާ ޕްލޭންއަށް ހަމަޖެހިފައިވާ ޑޭޓާ ހަމަވުމުން، ދުވާލަކަށް 5 ޖީބީ ޑޭޓާ މުޅިން ހިލޭ ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކޯވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން، ދިވެހި ސަރުކާރާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުގެ މަތިން، މި އޮފަރ ތައާރަފް ކުރެވިފައި ވަނީ އާދައިގެ މަތިން ޑޭޓާ ބޭނުންކުރާވަރަށްވުރެ ގިނައިން ޑޭޓާ ބޭނުންކުރަންޖެހިފައި ވުމާއެކު، އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދެއްވާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ޞާލިހު ވެފައިވާ އެދިލެއްވުމަކަށެވެ.އުރީދޫ މޯލްޑިވްސް
ހުޅުމާލޭގެ ސަފާރީތަކުގައި ތިބި ފަރާތްތައް ޖެޓީ ކައިރިއަށް ޑިންގީތަކުގައި އެއްވެ އިހުތިޖާޖުކުރަން ފަށައިފިއެވެ.
ހުޅުމާލޭ ސަރަހައްދުގައި ބަނދަރުކޮށްފައިވާ ސަފާރީތަކުގައި މަސައްކަތް ކުރާ މީހުން ޑިންގީއެއްގައި އައިސް ބަނދަރުމަތީގައި މުޒާހަރާ ކުރަމުންދާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާ ދަނޑިވަޅެއްގައި، މޯލްޑިވިސް ޕޮލިސް ސަރވިސް އިންވެސް ވަނީ ބަޔާނެއް ނެރެފައެވެ.
އެގޮތުން ފުލުހުން ބުނެފައިވަނީ، ރާއްޖޭގެ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައި، ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތްގެ އެންގެވުމާއި ހިލާފަށް ބައެއް ސަފާރީތަކުގައި މަސައްކަތް ކުރާ މީހުން މުޒާހަރާކުރަމުން ދާކަމަށެވެ. ނަމަވެސް، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެއްވުންތައް ބޭއްވުމުގެ ފުރުސަތު ނުދިނުމަށް މޯލްޑިވިސް ޕޮލިސް ސާރވިސް އިން ވަނީ ނިންމާފައެވެ.
ބެލަރުސް އިން ފުރަތަމަ ފަހަރަށް މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެއެވެ.
ބެލަރުސްގެ ރައީސް އެލެކްޒޭޭންޑަރ އަންގާރަ ދުވަހު ވިދާޅުވި ގޮތުގައި ކޮވިޑް-19 ޖެހިގެން ފަރުވާދެމުްނދިޔަ މީހަކު ވަނީ މަރުވެފައެވެ. އަދި މިއީ މި ވައިރަސް ޖެހިގެން މަރުވި ފުރަތަމަ މީހާ ކަމަށެވެ.
ބައެއް މީޑިއާތަކުގައި ރިޕޯޓުކުރާ ގޮތުގައި މަރުވެފައިވަނީ ބެލަރުސްގެ 75 އަހަރުގެ އެކްޓަރެކެވެ. އަދި އެމީހާ އަކީ އެހެން ބަލި ތަކަށް ވެސް މީގެކުރިން ފަރުވާހޯދަމުން ދިޔަ މީހެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވެފައިވަނީ އެމީހާގެ އަންހެނުންނާއި ދަރިފުޅުގެ ސިއްހަތު ރަނގަޅު ކަމަށެވެ.
ރައީސް އެލެކްޒޭޭންޑަރ ވިދާޅުވިގޮތުގައި އެމީހާއަކީ ނިއުމޯނިއާގެ ސިވިއަރ ކޭސްއެއް ކަމަށާއި އެމީހާ އޮތީ މަރުވުމާ ހަމަޔަށް ވެންޓިލޭޓަރު ގައި ކަމަށެވެ.
މިހާރު ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 8 ލައްކައަށްވުރެ މައްޗަށް އަރައިފިއެވެ.
އަންގާރު ދުވަހުގެ 17:00 އާ ހަމައަށް ބަލާއިރު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 801،398 އަށް އަރާފައެވެ. އަދި މި ބަލި ޖެހިގެން 38،869 މަރުވެފައިވާއިރު، ބަލި ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު އުޅެނީ 174،576 ގައެވެ.
މި ބަލި ދުނިޔޭގެ 204 ސަރަހައްދަކުން ފެނިފައިވާއިރު މިހާތަނަށް މި ބަލީގެ އެންމެ ގިނަ ކޭސްފެނިފައިވަނީ އެމެެރިކާއިންނެވެ. އެމެރިކާގައި 164،670 މީހުންނަށް މި ބަލި ޖެހިފައިވާއިރު 3،180 މީހުން ބަލީގައި މަރުވެފައިވެއެވެ. އަދި މި ބަލި ޖެހުނު 5،945 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.
ދެވަނައަށް މި ބަލީގެ އެންމެ ގިނަ ކޭސްތައް ރިޕޯޓުކުރެވިފައިވަނީ އިޓަލީއިންނެވެ. އިޓަލީގައި 101،991 މީހުން ވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު މި ބަލި ޖެހިގެން 11،660 މީހުން އެގައުމުން މަރުވެފައިވެއެވެ. އަދި އެގައުމުގައި 14،620 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.
ތިންވަނަ އަށް ކޮވިޑް-19 ގެ އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައިވަނީ ސްޕެއިން އިންނެވެ. އެގޮތުން ސްޕެއިންގެ 94،417 މީހަކަށް މި ބަލި ޖެހުނުއިރު މި ބަލީގައި 8،189 މީހުން މަރުވެފައިވެއެވެ. އަދި އެގައުމުގައި 19،259 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.
މި ބަލި އެންމެ ފުރަތަމަ ފެނުނު ކަމަށް ބުނާ ޗައިނާއިން މިހާތަނަށް 81،524 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެއެވެ. ޗައިނާގައި ބަލި ޖެހުނު މީހުންގެ ތެރެއިން 76،060 މީހުން ވަނީ ބަލި އެއްކޮށް ފަސޭހަވެ، ދޫކޮށްލާފައެވެ. ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 3،305 މީހުން ވަނީ ބަލީގައި މަރުވެފައެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕިއޭ) ބުނީ، އާދައިގެ މަތިން ކޮންމެ ދުވަހަކުވެސް މެންދުރުފަހު 02:30ގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުން މިއަދު ނޯންނާނެކަމަށެވެ. ދަރުބާރުގޭގައި ސަރުކާރުން ޤާއިމުކޮށްފައިވާ ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކޮވިޑް-19 ގެ ޓާސްކް ފޯރސްއިން މަދުވެގެން ދުވާލަަކު ދެފަހަރު ޕްރެސް ބާއްވައެވެ. ޢާންމުކޮށް ބާއްވަމުން އަންނަނީ މެންދުރުފަހު 02:30 އަދި ރޭގަނޑު 0900 ގައެވެ.
މިއަދުގެ މެންދުރުފަހު ބައްދަލުވުން ކެންސަލްކުރިނަމަވެސް ކެންސަލްކުރި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.
އެޗްޕީއޭއިން ބުނީ ދެން ޕްރެސް އޮންނާނީ މިރޭ 0900 ޖަހާއިރު ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން އިންޑިއާއިން ރާއްޖެއަށް ނުގެނެވިހުރި ބޭހުގެ ޝިޕްމެންޓުތައް އިންޑިއަން އެއަރފޯސްގެ މަތިންދާބޯޓެއްގައި ބުރާސްފަތި ދުވަހު ރާއްޖެއަށް ގެނެވޭނެ ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ބުނެފިއެވެ.
ރާއްޖޭގެ އެކި ރިސޯޓުތަކުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ ތެރެއިން މިހާތަނަށް 11،000 އެއްހާ މުވައްޒަފުން މުސާރަ ނުލިބޭގޮތަށް ފޮނުވާލާފައިވާ ކަމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އިން ބުނެފިއެވެ.
ކޮންމެ ހަފުތާއެއްގެ އާދިއްތާ ދުވަހު ސްރީލަންކާއަށް ކާގޯފްލައިޓް ދަތުރުކުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ބުނެފިއެވެ.
ހެލްތު ޕްރޮޓެކްޗަން އޭޖެންސީން ބުނާގޮތުގައި، ރޯޔަލް އައިލެންޑް ރިސޯޓުގައި ކަރަންޓީނު ކޮށްފައިވާ ދިވެއްސެއްގެ ފަރާތުން#ކޯވިޑް19ގެ އަލާމާތްތައް ފެނިގެން ސާމްޕަލް ނަގައި ހެދި ޓެސްޓުގެ ނަތީޖާ ވަނީ ޕޮޒިޓިވްވެފައެވެ. އެއީ، އިނގިރޭސި ވިލާތުން އެނބުރި އައި މީހެއްކަމަށް އެޗްޕީއޭއިން ބުނެއެވެ.