ކޮވިޑް-19: އެންމެ ފަހުގެ

29,569,788
  • ކޮވިޑް-19: ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ހުރިހައި ކަމެއް މިދަނީ ކުރަމުން: ރައީސުލްޖުމްހޫރިއްޔާ
  • ކޮވިޑް- 19: ސްޕޯކްސްޕަރސަން އަކަށް މަބްރޫކް ހަމަޖައްސައިފި
  • ކޮވިޑް-19: ލައްކައަކަށް ވުރެ ގިނަ ކެންސަލޭޝަން!
 
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ހުރިހައި ކަމެއް މިދަނީ ކުރަމުން: ރައީސުލްޖުމްހޫރިއްޔާ

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކޮވިޑް-19 އާއި ގުޅިގެން ރައްޔިތުންގެ ސަލާމަތާއި، ރައްކާތެރިކަމަށް ކުރަން ޖެހޭ ހުރިހައި ކަމެއް ސަރުކާރުން ކުރަމުން ގެންދާކަމަށެވެ. އަދި ރައްޔިތުން މިދަނޑިވަޅުގައި، ކަންބޮޑުވުމާއި ހާސްކަމުގެ ތެރެއަށް ނުވެއްޓި ޑޮކްޓަރުންނާއި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) ގެ ލަފަޔާއި އިރުޝާދުތަކައް ޢަމަލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.

8 މާރޗް 2020 | އާދީއްތަ 18:43
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް- 19: ސްޕޯކްސްޕަރސަން އަކަށް މަބްރޫކް ހަމަޖައްސައިފި

މިހާރު ދުނިޔޭގައި ފެތުރެމުންދާ ނޮވެލްކޮރޯނާ ވައިރަސް (ކޮވިޑް-19) އާއި ގުޅިގެން ރާއްޖޭގެ ހާލަތާއި ގުޅޭ މައުލޫމާތު ދޭން ހާއްސަ ސްޕޯކްސްޕަރސަން އަކަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް އަންޑަ ސެކްރެޓަރީ މަބްރޫކް އަޒީޒް ހަމަޖައްސައިފިއެވެ.

މިކަން ސަރުކާރުން މިއަދު ވަނީ ޢާންމުކޮށް އިޢުލާންކޮށްފައެވެ.

8 މާރޗް 2020 | އާދީއްތަ 17:26
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ލައްކައަކަށް ވުރެ ގިނަ ކެންސަލޭޝަން!

ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް 125،000 އަށް ވުރެ ގިނަ ކެންސަލޭޝަން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް ސިނާއަތުގެ ހާލަތު އަންގައިދޭން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވަނީ ޓޫރިޒަމް ސިނާއަތަށް ބޮޑު ލޮޅުމެއް އަންނާނެކަން ކުރިންވެސް އެނގޭކަން ހާމަކުރެއްވިއެވެ. އަދި މިއީ އަރައިނުގަނެވޭނެ ހާލަތެއް ނޫންކަން ފާހަގަކުރައްވާ، މި ހާލަތުން އަރައިގަންނާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދެއްވަމުން، ވިދާޅުވީ ޓޫރިޒަމް ދާއިރާގެ ހުރިހާ ސްޓޭކްހޯލްޑަރުންނާ މަޝްވަރާކުރެވިގެން ކުރެވެމުންދާ ކަމަށެވެ. އަދި މި ދާއިރާގައި ތިބި ހުރިހާ ފަރާތްތަކަށް ދޭންޖެހޭ އެއްބާރުލުން މިނިސްޓްރީން ދެމުން ގެންދާނެ ކަމަށް ވިދާޅުވިއެވެ.

8 މާރޗް 2020 | އާދީއްތަ 17:25
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ދިވެހިރާއްޖެ އެއްކޮށް ލޮކްޑައުންއަކަށް ނުދާނެ

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ދެ މީހަކު ފެނުނު ކަމުގައިވީ ނަމަވެސް، ރާއްޖެ އެއްކޮށް ލޮކްޑައުންއަކަށް ނުދާނެ ކަަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަައް ސާފުކޮށްދެއްވަމުން، އަލީ ވަހީދު ވިދާޅުވީ ރާއްޖެ އެއްކޮށް ބަންދުކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި އިގްތިސާދު އެއްކޮށް ފުނޑުފުނޑު ކޮށްލުމަކީ ކުރެވޭނަ ކަމެއް ނޫން ކަމަށާއި، ލޮކްޑައުން ކުރުމަކީ ރާއްޖޭގެ އިގްތިސާދަށް އުފުލޭނެ ބުރައެއް ނޫންކަމަށް ވިދާޅުވިއެވެ.

8 މާރޗް 2020 | އާދީއްތަ 17:24
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ފާސްނެތި ބަލިމީހުންނަށް ޒިޔާރަތްކުރުން އައިޖީއެމްއެޗުން ވަގުތީ ގޮތުން ހުއްޓާލައިފި

ފާސް ނެތް މީހުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި އެދުމަތި ކުރެވިފައި ތިބޭ ބަލިމީހުންނަށް ޒިޔާރަތްކުރުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

އެ ހޮސްޕިޓަލުން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާރު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހޮސްޕިޓަލުގައި އެދުމަތި ކުރެވިފައިވާ ބަލިމީހުންނަށް ނުރައްކާ ވެދާނެ ކަމަށް ފެންނާތީ އާއި، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހޮސްޕިޓަލުގެ ޞިއްޙީ މިންގަނޑުތައް ދެމެހެއްޓުމުގެ ގޮތުން 8 މާރޗް އިން ފެށިގެން ބަލި މީހުންނަށް ފާސް ނެތި ޒިޔާރަތްކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

އެހެންނަމަވެސް ފާސް ލިބިފައިވާ ބަލިމީހާގެ އެހީތެރިޔާއަށް އަށް ބަލިމީހާއެކު މަޑުކުރެވޭނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. މީގެ އިތުރުން ފާސް ލިބިފައިވާ މީހުންގެ އިތުރުން އެހެން މީހުން ހޮސްޕިޓަލަށް ޒިޔާރަތް ކުރުމާއި, އެ ނޫން ވެސް ކަންކަމުގައި ކޮންމެހެން ހޮސްޕިޓަލަށް ދާން ނުޖެހޭނަމަ ނުދިޔުމަށް ވެސް އައިޖީއެމްއެޗުން ވަނީ އިލްތިމާސްކޮށްފައެވެ.

8 މާރޗް 2020 | އާދީއްތަ 17:21
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ހުރިހާ ނަމާދެއްގައި ޤުނޫތު ކިޔަން ނިންމައިފި

ރާއްޖެ ގެ ހުރިހާ ރަށެއްގައި ކޮންމެ ފަރުޟު ނަމާދެއްގައި ޤުނޫތު ކިޔަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ ޓްވީޓެގައި ވަނީ ކޮރޯނާ ވައިރަސް ފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް އެދި ކުރަމުން އަންނަ ޤުނޫތު ނާޒިލާ އާދިއްތަ ދުވަހުން ފެށިގެން ކޮންމެ ފަރުޟު ނަމާދެއްގައި ކިޔަވާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

ދުނިޔޭގައި އުފެދޭ ބަލިމަޑުކަމައި ނުރައްކާތެރި ރޯގާ ތަކާއި ގުޅިގެން މީގެ ކުރިންވެސް ރާއްޖޭގައި ފަރުޟު ނަމާދުތަކުގައި ޤުނޫތު ނާޒިލާ ކިޔާފައިވެއެވެ.

ނުރައްކާތެރި ބަލިތަކުން ރައްކައުތެރިވުމަށް ޤުނޫތު ނާޒިލާ ކިއުމަށް ނިންމާފައި މިވަނީ ރާއްޖޭގައި މަސައްކަތް ކުރާ ދެ ބިދޭސީއަކު ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވެފައިވާކަން އިޢުލާންކޮށްފައި ވަނިކޮށެވެ.

8 މާރޗް 2020 | އާދީއްތަ 17:20
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އެމްއެންޔޫގެ ދަސްވެނިވުން ފަސްކުރުމަށް ނިންމައިފި

މިހާރު ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ ނުރައްކާ ރާއްޖެއަށް އައުމާއެކު މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ދަސްވެނިވުން ފަސްކުރުމަށް ނިންމައިފިއެވެ.

އެމްއެންޔޫގެ ދަސްވެނިވުން ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތީ 8 މާރޗް ވާ އާދިއްތަ ދުވަހުގެ ރޭގައެވެ.

މިކަމާއި ގުޅިގެން އެމްއެންޔޫއިން ބުނީ މާރޗް ދަސްވެނިވުން ދެން އޮންނާނެ ވަކި ތާރީޚެއް ފަހުން އަންގާނެ ކަމަށެވެ. އަދި ފަސްކުރެވިފައިވާ ދަސްވެނިވުމުގައި ބައިވެރިވާން ބޭނުން ނުވާ ކުދިންނަށް ދަރިވަރުންގެ ޚިދުމަތްތަކާ ބެހޭ ބައިން ދަސްވެނިވުމުގައި ބައިވެރިވާން ދެއްކި ފައިސާ އަނބުރާ ލިބޭނެ ކަމަށް ވެސް އެމްއެންޔޫ އިން ބުންޏެވެ.

އެމްއެންޔޫއިން ބުނީ ސެޓިފިކެޓަށް އެދޭ ކުދިންނަށް ސެޓިފިކެޓް ރަޖިސްޓްރަރ ގެ އޮފީހުން 11 މާރޗް 2020 ވަނަ ދުވަހުގެ 14:00ގެ ކުރިން ލިބޭނެ ކަމަށާއި، ފަސްކުރެވުނު ދަސްވެނިވުމުގައި ބައިވެރިވުމަށް އެދިފައިވާ ދަސްވެނިންނަށް ސެޓިިފިކެޓް ލިބުނު ނަމަވެސް ބައިވެރިވުމުގެ ފުރުޞަތު ދެވޭނެ ކަމަށެވެ.

8 މާރޗް 2020 | އާދީއްތަ 17:19
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ވިއެޓްނާމުން އިތުރު 9 މީހުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެ

ވިއެޓްނާމުގެ ހެލްތު މިނިސްޓްރީއާއި ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، މިއަދު އެޤައުމުން އިތުރު 9 މީހުން ވަނީ ވައިރަސްއަަށް ޕޮޒިޓިވްވެފައެވެ. މިއާއެކު، އެޤައުމުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 29 އަށް އަރާފައެވެ. މިއަދު ވިއެޓްނާމުން ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި 8 ފަތުރުވެރިއަކު ހިމެނެއެވެ.

ވިއެޓްނާމުގެ ހެލްތު މިިނިސްޓްރީން މިއަދު އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، އެންމެ ފުރަތަމަ ވައިރަސްއަށް ޕޮޒިޓިވްވީ 16 މީހުންނަށް އަދިވެސް ދަނީ ފަރުވާދެމުންނެވެ. އަދި ވައިރަސްއަށް ޝައްކުކުރެވޭ 101 މީހުން ކަރަންޓީންކޮށްގެން ފަރުވާދެމުންދާއިރު، ސަރަވައިލެންސް ޕްރޮގުރާމެއްގެ ދަށުން އިތުރު 23،228 މީހުން ދަނީ އެމިނިސްޓްރީން ދަނީ މޮނިޓަރ ކުރަމުންނެވެ.

8 މާރޗް 2020 | އާދީއްތަ 17:06
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އީރާނުން އިތުރު 49 މީހުން ވައިރަސްގައި މަރުވެއްޖެ

އީރާނު ސަރުކާރުގެ މަސްދަރުތަކާއި ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، ފާއިތުވެދިޔަ 24 ގަޑިއިރުގެތެރޭގައި އީރާނުން 49 މީހުން ވަނީ ވައިރަސްއަށް ފަރުވާދެމުންދަނިކޮށް މަރުވެފައެވެ.

މިއާއެކު، އީރާނުގައި ވައިރަސްގައި މަރުވީ މީހުންގެ ޖުމުލަ ޢަދަދަކީ 194 އެވެ.

ފާއިތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި އީރާނުގައި 743 މީހުން ވަނީ އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

މިއާއެކު، ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދަކީ 6،566 އެވެ.

8 މާރޗް 2020 | އާދީއްތަ 16:59
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ލެޓިން އެމެރިކާއިން ފުރަތަމަ ފަހަރަށް ވައިރަސް ޖެހިގެން މީހަކު މަރުވެއްޖެ

ލެޓިން އެމެރިކާގެ ޤައުމަކުން ފުރަތަމަ ފަހަރަށް ކޮވިޑް-19 ޖެހިގެން މީހަކު މަރުވެއްޖެއެވެ.

ބައިނަލްއަޤުވާމީ މިޑިއާތަކުން ރިޕޯޓުކުރާގޮތުގައި، މިއަދު ކޮވިޑް-19 ގައި މަރުވެފައިވަނީ ލެޓިން އެމެރިކާގެ ޤައުމެއް ކަމަށްވާ އާޖެންޓީނާއިންނެވެ.

އާޖެންޓީނާގެ އިތުރުން ދެން މިވައިރަސް ރިޕޯޓުކޮށްފައިވަނީ ލެޓިން އެމެރިކާގެ ޤައުމުތަކުގެ ތެރެއިން ޕެރެގުއޭއި، ކޮލޮމްބިއާއި، ޗިލީ އަދި ޕޭރޫއެވެ. މިއިން އެއްވެސް ޤައުމަކުން އަދި ވައިރަސްގައި މީހަކު މަރުވެފައެއް ނުވެއެވެ.

8 މާރޗް 2020 | އާދީއްތަ 16:43
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ލެޓިން އެމެރިކާއިން ފުރަތަމަ ފަހަރަށް ވައިރަސް ޖެހިގެން މީހަކު މަރުވެއްޖެ

ލެޓިން އެމެރިކާގެ ޤައުމަކުން ފުރަތަމަ ފަހަރަށް ކޮވިޑް-19 ޖެހިގެން މީހަކު މަރުވެއްޖެއެވެ.

ބައިނަލްއަޤުވާމީ މިޑިއާތަކުން ރިޕޯޓުކުރާގޮތުގައި، މިއަދު ކޮވިޑް-19 ގައި މަރުވެފައިވަނީ ލެޓިން އެމެރިކާގެ ޤައުމެއް ކަމަށްވާ އާޖެންޓީނާއިންނެވެ.

އާޖެންޓީނާގެ އިތުރުން ދެން މިވައިރަސް ރިޕޯޓުކޮށްފައިވަނީ ލެޓިން އެމެރިކާގެ ޤައުމުތަކުގެ ތެރެއިން ޕެރެގުއޭއި، ކޮލޮމްބިއާއި، ޗިލީ އަދި ޕޭރޫއެވެ. މިއިން އެއްވެސް ޤައުމަކުން އަދި ވައިރަސްގައި މީހަކު މަރުވެފައެއް ނުވެއެވެ.

8 މާރޗް 2020 | އާދީއްތަ 16:43
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ދެކުނުކޮރެއާއިން އިތުރު 93 މީހުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެ

ދެކުނު ކޮރެއާ ސަރުކާރުން މިއަދު ހާމަކުރެއްވި މައުލޫމާތުތަކައް ބަލާއިރު، މިއަދު އެކަނިވެސް 93 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެހެންނަމަވެސް މިއީ، އިއްޔެއާ އަޅާ ބަލާއިރު ނިޞްބަތުން މަދު ޢަދަދެއް ކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެއެވެ.

ދެކުނު ކޮރެއާއިން މިއަދާ ހަމަޔަށް ޖުމުލަ 7،134 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

8 މާރޗް 2020 | އާދީއްތަ 16:34
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 : މޮލްޑޯވާއިން ވައިރަސް ރިޕޯޓުކޮށްފި

މޮލްޑޯވާއިން ފުރަތަމަ ފަހަރަށް ވައިރަސް ފެނިއްޖެއެވެ.

އެޤައުމުގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި، ވައިރަސްއަށް ޕޮޒިޓިވްވީ، އުމުރުން 48 އަހަރުގެ އަންހެނެކެވެ. އޭނާއަކީ އަމިއްލަ ބޭނުމަކު އިޓަލީވިލާތައް ދަތުރުކުރުމަށްފަހު އެނބުރި ޤައުމަށް އައި މީހެއްކަމަށް އެމިނިސްޓްރީން ބުނެފައިވެއެވެ. އޭނާ އެއަރޕޯޓުން ސްކްރީން ކުރިއިރު އޭނާއަށް ނިއުމޯނިއާ ޖެހިފައިވުމުން ހޮސްޕިޓަލުގައި އެދުމަތިކޮށްގެން ފަރުމާދެމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެއިތުރުން ހުން އައިސް،ކެއްސާ އޭނާއަށް ނޭވާލުމުގެ މައްސަލަ ކުރިމަތިވެފައިވާކަމަށްވެސް ރިޕޯޓުތައް ބުނެއެއެވެ. އޭނާއަށް މިހާރު ކަރަންޓީންކޮށްގެން ދަނީ ވަރުވާދެމުންނެވެ.

މޮލްޑޯވާއިން ވައިރަސް ފެނުމާއި ގުޅިގެން އިޓަލީއާއި، ވައިރަސް ފެނިފައިވާ އެހެން ޤައުމުތަކަށް ދަތުރުކުރުމުގެ އިލްތިމާސެއް ސަރުކާރުން ވަނީ އާންމުކޮށްފައެވެ. އޭގައި ވަނީ އިޓަލީއަށް ދަތުރުކުރުން މަނާކުރާ ކަމަށާއި، ވިލާތުގެ އެހެން ޤައުމުތަކައް ޒަރޫރީ ބޭނުމެއްގައި ނޫނީ ދަތުރު ނުކުރުމަށެވެ.

8 މާރޗް 2020 | އާދީއްތަ 16:31
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ބަލްގޭރިއާއިން 4 މީހުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެ

ބަލްގޭރިއާގެ ނެޝަނަލް ސެންޓަރ އޮފް އިންފެކްޝަސް އެންޑް ޕެރެސައިޓިކް ޑިޒީސްގެ އިސްވެރިޔާ، ޓޫޑޯ ކަންތާރްޒިއޭފް ވިދާޅުވެފައިވަނީ، ވައިރަސްށް ޕޮޒިޓިވްވެފައިވަނީ، އުތުރު ޕްލެވެން ސިޓީން ދެ ފިރިހެނުންނާއި، މެދުތެރޭ ގަބްރޯވޯ ސިޓީން ދެ އަންހެނުން ކަމަށެވެ.

ބަލްގޭރިއާގެ ޗީފް ސްޓޭޓް ހެލްތު އިންސްޕެކްޓަރ އެންޖެލް ކުންޗޭފް ވިދާޅުވީ،އެޤައުމުން އެންމެ ފުރަތަމަ ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވިކަން ރިޕޯޓުކުރެވުނީ މިއަދު ހެދުނު ކަމަށާއި، އެއީ ޕްލެވެން އަވަށުން އުމުރުން 27 އަހަރުގެ ފިރިހެނެއް ކަމަށާއި، ގެބްރޯވީ އިން އުމރުން 75 އަހަރުގެ އަންހެނެއް ކަމަށެވެ. އަދި މި ދެމީހުން ޕޮޒިޓިވްވުމާއެކު، މިމީހުންނާއި އެކި ޙައިޞިއްޔަތުތަކުން ދިމާވެފައިވާ މީހުން ޓްރެކްކުރުމުގެ މަސައްކަތް މަސްއޫލުވެރިން ފެށިކަމަށެވެ. އަދި މިހާތަނަށް ހޯދި ހޯދުމުން ، އިތުރު ދެމީހުން ހޯދާ ޓެސްޓް ކުރި އިރު އެ 2 މީހުންވެސް ޕޮޒިޓިވް ކަމަށެވެ. މި 4 މީހުންނަކީ ވެސް ވައިރަސް ޖެހިފައިވާ ޤައުމަކަށް ދަތުރުކޮށްފައިވާ މީހުން ނޫންކަމަށްވާތީ، މި މީހުންނަށް ވައިރަސް ޖެހުނު ސަބަބު ދެނެގަތުމަށް އިތުރު ތަހުލީލުތައް ކުރަމުންދާކަމަށެވެ.

8 މާރޗް 2020 | އާދީއްތަ 16:31
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އިޓަލީވިލާތު ރައްޔިތުން، ޔޫރަޕުގެ އެހެނިހެން ޤައުމުތަކަށް ދަތުރުކުރުން މަނާކުރުމަށް ޗެކްރިޕަބްލިކުން ގޮވާލައިފި

ޗެކް ރިޕަބްލިކްގެ ބޮޑު ވަޒީރު އަދްރޭޖް ބަބިސް ވިދާޅުވެގައިވަނީ، ނޮވެލް ކޮރޯނާވައިރަސް ވިލާތު އިއްތާދުގެ ޤައުމުތަކުގައި ފެތުރުން މަނާކުރުމަށް، އިޓަލީ ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށެވެ. އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި، އެޤައުމުގެ ރައްޔިތުން ޤައުމުން ބޭރަށް ނިކުތުން ހުއްޓުވައި، ވިލާތު ޤައުމުތަކަށް ދަތުރުކުރުން ސަރުކާރުން މަނާކުރަން ޖެހޭ ކަމަށެވެ.

އިޓަލީގައި މިހާރު އެޤައުމުގެ ސަރުކާރަށް ނުކަތާވަރަށް ވައިރަސްގެ ކަންކަން ގޯސްވެފައިވާ ކަމަށް ބަޔާން ކުރައްވާ ބަބިސް ވިދާޅުވީ، ދަތުރުފަތުރު ހުއްޓުވުން އެއީ މިހާރު އެންމެ އެދެވިގެންވާ ގޮތްކަމަށެވެ. އަދި އިޓަލީގައި މިހާރު ތިބި ޗެކްރިޕަބްލިކްގެ ހުރިހައި ރައްޔިތުން އަނބުރާ ޤައުމަށް ގެންނަން މަސައްކަތްކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ޖަރުމަންވިލާތާއި، ފަރަންސޭސި ވިލާތާއި، ސްޕެއިންއަށް ވައިރަސް ފެތުރުނީ އިޓަލީ މީހުންގެ ފަރާތުން ކަމަށްވާތީ، ވިލާތުގެ އެހެން ޤައުމުތަކުންވެސް މިކަމަށް ސަމާލުވުމަށް ބަބިސް ވަނީ އިލްތިމާސްކުރައްވާފައެވެ.

8 މާރޗް 2020 | އާދީއްތަ 16:30
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އިޓަލީވިލާތުގައި 16 މިލިއަނެއްހާ މީހުން ކަރަންޓީންކޮށްފި

އިޓަލީވިލާތުގެ ބޮޑުވަޒީރު ގިއުސެޕޭ ކޯންޓޭ މިއަދު ވަނީ ރިޔާސީ ޤަރާރެއް ޢާންމު ކުރައްވާފައެވެ. އެ ޤަރާރުގައި ވަނީ އެޤައުމުގެ އުތުރު ލޮމްބާރޑީ ޞަރަޙައްދު އެއްކޮށް އެޕްރީލްމަހުގެ 3 ގެ ނިޔަލަށް ކަރަންޓީން ކުރަން ސަރުކާރުން ނިންމި ކަމަށެވެ. ވިލާތު ބައްރުގައި އެންމެ ނުރައްކާ މިންވަރަށް ނޮވެލް ކޮރޯނާވައިރަސް(ކޮވިޑް-19 )ގެ ބަލިމަޑުކަން ފެތުރެމިންދަނީ އިޓަލީވިލާތުގައި ކަމަށްވާއިރު، މި ކޮންޓްރޯލްކޮށް އިތުރަށް ފެތުރުނަ ނުދިނުމަށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ލޮމްބާޑީ ޞަރަޙައްދުގެ އެންމެން ކަރަންޓިންކުރަން ނިންމާފައިވާކަމަށެވެ. ރިޔާސީ ޤަރާރުގައި ވަނީ ލޮމްބާޑީ ޞަރަޙައްދާއި، އެ ޞަރަހައްދުގެ ވަށައިގެންވާ އަވަށްތަކުން އެއްވެސް މީހަކު އެއްތަނިން އަނެއްތަނަށް އެއްވެސް ބާވަތެއްގެ ދަތުރެއް ކުރުމަކީ މަނާކަމެއް ކަމަށެވެ.

އިޓަލީ ސަރުކާރުން މިފަދަ ނިންމުމެއް މި ނިންމީ ފާއިތުވެދިޔަ 24 ގަޑިއިރު، އެޤައުމުގައި 1،247 މީހުން އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. ފާއިތުވެދިޔަ 24 ގަޑިއިރު އިޓަލީވިލާތުގައި ކޮވިޑް-19 ގައި 36 މީހުން މަރުވެފައިވާއިރު، މި ބަލީގައި މިހާތަނަށް 233 މީހުން ވަނީ މަރުވެފައެވެ.

8 މާރޗް 2020 | އާދީއްތަ 16:30
Writer Profile Picture
އަތޫފް އާތިފް
އެފްއޭއެމް އާއި އެތުލެޓިކްސް އެސޯސިއޭޝަނުގެ ހަރަކާތްތައް ހުއްޓައިލާފި

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހުރިހާ ހަރަކާތްތަކެއް ހުއްޓައިލައިފި އެވެ.

އެފްއޭއެމްއިން ބުނީ އެއިދާރާގެ ހަރަކާތްތައް ހުއްޓައިލި ނަމަވެސް މުބާރާތްތައް ކުރިއެކޭވެސް އެއްގޮތައް އޮންނާނެ ކަމަށެވެ. ނަމަވެސް ވައިޑީޕީގެ ހަރަކާތްތައް ވަނީ ހުއްޓާލެވިފަކަމަށް އެ އިދާރާއިން ބުނެއެވެ. އަދި އެއިދާރާއިން އަމަލު ކުރަމުން ގެންދާނީ އެޗްޕީއޭގެ ލަފާގެ މަތިން ކަމަށް ވެސް ބުނެއެވެ.

އެތްލެޓިކްސް އެސޯސިއޭޝަނުން ވަނީ އަތޮޅު ތެރޭގައި އާއި މާލޭގައި ބާއްވަން ހަމަޖެހިފައިހުރި ހުރިހާ ހަރަކާތެއް ފަސްކޮށްފައެވެ. އަދި އެ އެސޯސިއޭޝަނުންވަނީ ބައިނަލްއަގްވާމީ މުބާރާތްތަކަށް އެތުލީޓުން ތަމްރީނުކުރަން ނުފޮނުވާން ނިންމައިފައެވެ

8 މާރޗް 2020 | އާދީއްތަ 15:33
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކަރަންޓީން ފެސިލިޓީއެއް ޤާއިމްކުރުމަށް އިތުރު ރިސޯޓެއް ވަނީ ބަލާފައި، މަސައްކަތް ކުރިއަށް އެބަގެންދަން: އަލީ ވަހީދު

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ކަރަންޓީން ފެސިލިޓީއެއް ޤާއިމްކުރުމަށް ރިސޯޓުގެ ގޮތުގައި ތަރައްޤީކުރަމުން އަންނަ އިތުރު ރަށެއް ބަލާފައިވާކަމަށާއި، އެރަށް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންގެންދާކަމަށެވެ. އަދި އިތުރު ކަރަންޓީން ފެސިލިޓީތައް ޤާއިމްކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

8 މާރޗް 2020 | އާދީއްތަ 15:09
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކ. ވިލިވަރު ޑިޒާސްޓަރ މެނޭޖްމެންޓް އެތޯރިޓީ އާއި ހަވާލުކޮށްފި

ކަރަންޓީނު ކުރުމަށް ވިލިވަރު ތައްޔާރުކޮށް، ޑިޒާސްޓަރ މެނޭޖްމެންޓް އެތޯރިޓީ އާއި ހަވާލުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރިން ބުނީ، ކ. ވިލިވަރުގެ މަސައްކަތް ނިންމީ 10 ދުވަހުގެ ތެރޭގައި ކަމަށެވެ. އަދި ކަރަންޓީނު ކުރުމަށް އެ ރަށުގައި 30 ކޮޓަރި ތައްޔާރުކޮށްފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ވިލިވަރުއަކީ އަތަމާއަށް ދޫކޮށްފައިވާ ރަށެއް ކަމަށެވެ. ނަމަވެސް އެ ރަށް ފަހުން މުހައްމަދު އަލީ ޖަނާހުއަށް ދޫކޮށްފައިވާކަމަށާއި، ޖަނާހު އަތުން ސަރުކާރުން އެ ރަށް ނެގީ އެގްރިމެންޓުގައިވާ މާއްދާއާއި ހަވާލާދީކަމަށެވެ. އަދި މިވަގުތަށް އެ ރަށް ނެގީ 3 މަސް ދުވަހަށް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

8 މާރޗް 2020 | އާދީއްތަ 15:03
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ޤައުމު ހުއްޓުވާލުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން: އަލީ ވަހީދު

މުސާރަތައް ކުޑަކޮށް، ފަތުރުވެރިން އައުން ހުއްޓުވާ، ޤައުމު ހުއްޓުމަކަށް ގެނައުމަކީ ސަރުކާރުގެ ވިސްނުން ނޫންކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ މުސާރަ ކުޑަކޮށް، ސިވިލް ސަރވިސް މުވައްޒިފުންގެ މުސާރަ ކުޑަކުރުމަށް ސަރުކާރުން ނުނިންމާކަމަށެވެ. އަދި އެއީ މިވަގުތަށް އެޅުން މުހިންމު ފިޔަވަޅެއްގެ ގޮތުގައި ގަބޫލުނުކުރައްވާކަމަށްވެސް އަލީ ވަހީދު ވިދާޅުވި އެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ހުރިހާ ޤައުމަކުން ފަތުރުވެރިން އައު ހުއްޓުވައި، ޤައުމު ހުއްޓުމަކަށް ގެނައުމަކީ ސަރުކާރުން ކުރާނެކަމެއް ނޫން ކަމަށެވެ.

8 މާރޗް 2020 | އާދީއްތަ 14:33
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކުރެއްދޫގައި 696 ފަތުރުވެރިން އެބަތިބި، އޭގެތެރޭގައި 4 ދިވެހިން ތިބި: އަލީ ވަހީދު

ކުރެއްދޫގައި 696 ފަތުރުވެރިން އެބަތިބިކަމަށާއި، އޭގެތެރޭގައި 4 ދިވެހިން ފަތުރުވެެރިންގެ ގޮތުގައި އެބަތިބިކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފިހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ކުރެއްދޫ އޮތީ އެކަނި ނޫންކަމަށާއި، ކުރެއްދޫއާއިއެކު، ސަރުކާރު އޮތްކަމަށެވެ. އަދި ކުރެއްދޫ ރިސޯޓުންދޭ އެހީތެރިކަމާއެކު، އެ ރިސޯޓުގައި ތިބި އެންމެންގެ ހާލު ގާތުން ބަލަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

8 މާރޗް 2020 | އާދީއްތަ 14:26
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކުރެއްދޫ ރިސޯޓަށް ބޭނުންވާ ތަކެތި އެތެރެކުރެވޭނެ، މައްސަލައެއް ދިމައެއް ނުވާނެ: އަލީ ވަހީދު

ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ މީހުން ފެނުނު ކުރެއްދޫ ރިސޯޓަށް ކާބޯތަކެތި އެތެރެކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވާކަމަށާއި، އެކަމުގައި މައްސަލައެއް ދިމާނުވާނެކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައިި މިނިސްޓަރ ވިދާޅުވީ ފުލުހުންނާއި، ސިފައިން މެދުވެރިކޮށް، ކުރެއްދޫއަށް ބޭނުންވާ ކާބޯތަކެތި އެތެރެކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށެވެ. އަދި ކުރެއްދޫގެ ހާލަތު އޮތީ ކޮންޓްރޮލް ހާލަތެއްގައިކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

8 މާރޗް 2020 | އާދީއްތަ 14:21
Writer Profile Picture
އަމަން ހަލީމް
ޓޫރިޒަމް ސިނާއަތަށް ލޮޅުމެއް އަންނާނެ: އަލީ ވަހީދު

ޓޫރިޒަމް ސިނާއަތަށް ލޮޅުމެއް އަންނާނެކަން އެނގިތިބެ، އެކަމަށް ތައްޔާރަށް ތިބި ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

8 މާރޗް 2020 | އާދީއްތަ 14:18
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ބައިމިލިއަން މާސްކް ރައްކާކުރެވިފައި އެބަހުރި، ސަރުކާރު އޮތީ ތައްޔާރަށް: އަލީ ވަހީދު

ބައިމިލިއަން މާސްކް ޓޫރިޒަމް މިނިސްޓްރީގައި ރައްކާކުރެވިފައި އެބަހުރިކަމަށާއި، ސަރުކާރު އޮތީ ދުރާލާ ތައްޔާރުވެފައިކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، އެއްވެސް ޝޯޓޭޖެއް ނާންނާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާކަމަށެވެ. އަދި ކޮރަންޓީންކުރާ ތަންތަން ފުރިއްޖެނަމަ، އެހެންތަންތަންވެސް ކޮރެންޓެއިން ކުރެވޭނެ އިންތިޒާމް ހަޖައްސާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

8 މާރޗް 2020 | އާދީއްތަ 14:18
Writer Profile Picture
އަމަން ހަލީމް
ކޮވިޑް-19 އަށް ޗައިނާއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށަށް

ކޮވިޑް-19 އަށް ޗައިނާއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން މަދުވަމުން އަންނަ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޗައިނާ ސަރުކާރުން މާޗް މަހުގެ 7 ވަނަ ދުވަހު އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އަލަށް މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދަކީ 45 އެވެ. މިއީ އެންމެ ޕީކުގައި މި ބަލި ފެތުރެމުން ދިޔައިރު ފާހަގަކުރެވުނު އަދަދުތަކާ އަޅާބަލާއިރު 150 އިންސައްތަ ދަށް އަދަދެއްކަން ފާހަގަކޮށްލެވެއެވެ.

8 މާރޗް 2020 | އާދީއްތަ 08:32