މި މަނަވަރުގައި ފުރާފައިވަނީ ކޮވިޑް-19 އާއި ގުޅިގެން އެނބުރި ޤައުމަށްދާން ބޭނުންވެފައިތިބި 202 މީހަކު އެވެ. މީގެ ކުރިންވެސް އިންޑިއާގެ އަސްކަރީ މަނަވަރެއްގައި އެ ޤައުމުގެ 698 މީހަކު ޤައުމަށް ގެންގޮސްފައިވެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ފަރާތުން 5000 ޓެސްޓް ކިޓް ހަދިޔާކޮށްފައި ވާކަމަށާއި، ހޯމަ ދުވަހު ލިބޭނެކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.
އާދިއްތަ ދުވަހުގެ ރޭ އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، ޑަބްލިއުއެޗްއޯ 5000 ޓެސްޓް ކިޓް ހޯމަ ދުވަހު ލިބޭނެކަމަށް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ. ޑަބްލިޔުއެޗްއޯ އިން ވަނީ މީގެ ކުރިންވެސް، 5000 ޓެސްޓް ކިޓް ހަދިޔާކޮށްފަ އެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް އައިޖީއެމްއެޗްގައި ހުންނަ ނެޝަނަލް ރެފަރެންސް ލެބޯރަޓަރީގައި ޓެސްޓުކުރާއިރު ކޮވިޑް-19 އަށް ދެ ބާވަތެއްގެ ޓެސްޓެއް ކުރެވެ އެވެ. އެއީ ސްކްރީނިންގ ޓެސްޓުގެ އިތުރުން ޖެނެޓިކް ޓެސްޓެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 790 އަށް އަރައިފި އެވެ.
އެޗްޕީއޭގެ ޑޭޝްްބޯޑްގައިވާ މައުލޫމާތުދައްކާގޮތުން ހޮނިހިރު ދުވަހު ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 45 އަށް އަރާފަ އެވެ. އެގޮތުން ކޭސް ނަމްބަރު 746 އިންް ފެށިގެން ކޭސް ނަމްބަރު 790 އަށް ޕޮޒިޓިވްވެފައިވަނީ ހޮނިހިރު ދުވަހު އެވެ.
ލޮކްޑައުންގެ މުއްދަތުގައި އައްޑޫ ސީޓީގައި އެއްގަމު ދަތުުރު ފަތުރު ކުރެވޭނެ އުޅަނދުތައް ޢާންމުކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ މިހިނގާ މެއި މަހުގެ 09 ވަނަ ދުވަހުން ފެށިގެން ވަކި ގޮތެއް އަންގަންދެން، އަންނަނިވި ފިޔަވަޅުތައް އައްޑޫ ސިޓީގައި އެޅުމަށް ނިންމާފައިވެއެވެ.
މި ފިޔަވަޅުގެ ދަށުން އައްޑޫގެ ހުރިހާ އަވަށެއްގައި އެއްގަމު އުޅުނދުފަހަރު ދުއްވުމާއި މަގުމަތީގައި މީހުން އުޅުން މަނާވާނެއެވެ. އަދި އައްޑޫ ސިޓީގެ އަވަށްތަކަށް އަރައިފޭބުންވެސް ހުއްޓާލާނެއެވެ.
މާލެ ލޮކްޑައުން ހަރުކަށި ކުރުމާއި ގުޅޭގޮތުން ދައުރުވަމުންދާ ވައިބަރ މެސެޖްތަކަކީ އެއްވެސް ހަޤީގަތެއް ނެތް ވާހަކަތަކެއް ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ އިން ބުނެފިއެވެ.
ހޮނިހިރު ދުވަހުގެރޭ އެންއީއޯސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މާލޭގެ ލޮކްޑައުން އިތުރަށް ހަރުކަށިކޮށް، ގެއިން ނުނިކުމެވޭގޮތް ހަދާ، ޑެލިވަރީ ހުއްޓާލާ އަދި ހުރިހާ ފިހާރައެއް ބަންދުކުރުމަށް ނިންމާފައިވާކަމަށް ލިޔެ މެސެޖެއް ދައުރުވަމުންދާ ކަމަށެވެ. އަދި މިއީ އެއްވެސް ހަޤީތަތެއް އޮތް ވާހަކައެއް ނޫން ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ރާއްޖެއިން ޖުމްލަ 785 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހޮނިހިރު ދުވަހުރޭ ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ކޮވިޑް-19 އަށް ޖުމްލަ ޕޮޒިޓިވްވެފައިވާ ކޭސްތަކުގެ އަދަދު 785ށް އަރާފައިވާކަމަށެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 9 މީހަކު ބަލިން ފަސޭހަވެ، ބަލިން ރަނގަޅުވި މީހުންގެ އަދަދު 29 އަށް އަރައިފި އެވެ.
އެހެން ނަމަވެސް މި މީހުންނާއި ބެހޭ އިތުރު ތަފްސީލެއް އެންއީއޯސީން ހާމައެއް ނުކުރެއެވެ.
ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން ކްރިޓިކަލް ހާލަތަށްދާ މިހުންނަށް ފަރުވާދެމުން ގެންދިޔައީ ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. އޭގެތެރޭގައި މިހާރު ފަސް މީހަކަށް ދަނީ ފަރުވާދެމުންނެވެ. އެ އެންމެންވެސް ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީގައި މަސައްކަތްތައް ކުރިޔަށްދާނީ ދެ ބަޔަކަށް ކަމަށް އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހީމް ސަލީމް ވިދާޅުވި އެވެ. ފުރަތަމަ ކަމަކަށް ކޯލްޑް ސްޓޯރޭޖް ހުރި ބައިގައި ފުރަތަމަ ފޭސްގެ އެނދުތައް މިމަހުގެ 14 އަށް ނިންމާލެވޭނެ ކަމަށް ސަލީމް ވިދާޅުވި އެވެ. މިހާރު ކުރިޔަށްދަނީ އެތަނުގައި އެއްޗެހި އެސެމްބްލް ކުރުމުގެ މަސައްކަތް ކަމަށް ސަލީމް ވިދާޅުވި އެވެ. ހުރިހާ ކްލިނިކަލް ކޮމްޕޮނެންޓެއް އެތަނުގައި މެނޭޖްކުރަމުންދާނީ އައިޖީއެމްއެޗުން ކަމަށް ސަލީމް ވިދާޅުވި އެވެ. އެތަނުގައި އައިޖީއެމްއެޗްގެ ޓީމު މިހާރު އަންނަނީ ހަރަކާތްތެރިވަމުން ކަމަށާއި ސަރޖަށް އަރައިގެން ދާއިރު އިތުރު އެނދު ބޭނުންވާ ކަމަށްވާނަމަ އެތަނުގެ ކޯލްޑް ސްޓޯރޭޖް ގައި ހުރި އެނދުތައް ހުންނާނެކަމަށް ސަލީމް ވިދާޅުވި އެވެ. ދެން ހުރި ތިން ބުރި އިމާރާތުގެ މަސައްކަތް ކުރިޔަށް އޮތް ފަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ސަލީމް ވިދާޅުވި އެވެ.
ބަލި މީހުންނަށް ފަރުވާ ދިނުމަށް ފްރޮންޓްލައިންގައި މަސައްކަތް ކުރަމުންދާ މުވައްޒަފުން ހުޅުމާލޭގައި އެކޮމޮޑޭޓް ވުމަށް 20 އެނދުގެ ފެސިލިޓީއެއް ހަމަޖެހިފައިވާކަމަށް ޑރ ނަޒީމް ވިދާޅުވި އެވެ. ބަލި މީހުންނަށް ފަރުވާ ދިނުމަށްފަހު ގެޔަށް ދާން ބޭނުންނުވާ މުވައްޒަފުންނަށް އެކޮމޮޑޭޓް ވުމުގެ ފުރުސަތު ވަނީ ފަހިވެފައި ކަމަށް ޑރ ނަޒީމް ވިދާޅުވި އެވެ.
ޓްރީޓޮޕްގެ ވަޒީފާއިން 25 މުވައްޒަފަކު ކަނޑާލެވުނީ އޮންނަ އުސޫލުގެ ތެރެއިން. އެއީ ލިބެމުންދިޔަ އާމްދަނީން 70 އިންސައްތަ ދަށްވުމާ ގުޅިގެން. އާންމު ހާލަތަށް ރުޖޫޢުވުމަށްފަހު އެންމެ ފުރަތަމަ ވަޒީފާ އަނބުރާ ދޭނީ އެމީހުންނަށް ކަމަށްވާނީ އަންގާފައި. މިހާރު 500 މުވައްޒަފުން ޓްރީޓޮޕްގައި ހަރަކާތްތެރިވަމުންދޭ.
- ޑރ ޑޭވިޑް ފެއިންބަރގް، ސީއީއޯ، ޓްރީޓޮޕް ހޮސްޕިޓަލް -
އައިޖީއެމްއެޗްގައި މަސައްކަތްކުރަމުންދާ އެއް ޑޮކްޓަރަކާއި ނަރުހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ޑރ ނަޒީމް ވިދާޅުވި އެވެ. ނަމަވެސް އެއީ އައިޖީއެމްއެޗްގެ މަސައްކަތްތުގެ ތެރެއިން ނޫންކަމަށް ޑރ ނަޒީމް ވިދާޅުވި އެވެ.
ކޮވިޑް ހޮސްޕިޓަލަކަށް ޓްރީޓޮޕް ހޮސްޕިޓަލު ބަދަލުކުރުމަށް އެންޑީއެމް އާއެކު ސޮއިކޮށްފައިވަނީ 26 އޭޕްރީލްގައި ކަމަށާއި ފުރަތަމަ ބަލި މީހާ މެއި 6 ވަނަ ދުވަހު ޓްރީޓޮޕް ހޮސްޕިޓަލްގައި ވަނީ އެޑްމިޓްކޮށްފައި. ޓްރީޓޮޕް ހޮސްޕިޓަލަކީ އަމިއްލަ ފަރާތްތަކުން ހިންގާ ހޮސްޕިޓަލަށްވާއިރު އެހޮސްޕިޓަލުގެ މެނޭޖުމެންޓުން ނިންމީ ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމަށް ހޮސްޕިޓަލް ކޮވިޑް ހޮސްޕިޓަލަކަށް ބަދަލުކުރުމަށް. މިކަން ހިނގާދިޔައީ ކުރިންވެސް ރޭވިގެން ދިޔަ ގޮތަށް.
-އިބްރާހީމް ސަލީމް، ސީއީއޯ، އައިޖީއެމްއެޗް-
މިވަގުތު ކޮވިޑް-19 ޖެހިފައިވާ 5 މީހަކަށް ޓްރީޓޮޕްގައި ފަރުވާދެމުންދާ ކަމަށް ޑރ ނަޒީމް ވިދާޅުވި އެވެ. ބަލި މީހެއް ގެނައުމަށްފަހު އޭނާ ޓެސްޓް ކުރުމަށްފަހު ޕޮޒިޓިވްވެއްޖެ ނަމަ ހޮސްޕިޓަލުން ފަރުވާ ދޭންޖެހޭނަމަ ޓްރާންސްފަރ ކުރާނީ ޓްރީޓޮޕަށް ކަމަށް ޑރ ނަޒީމް ވިދާޅުވި އެވެ. ހޮސްޕިޓަލުން ފަރުވާދޭން ޖެހޭކަމަށްވާނަމަ އައިޖީއެމްއެޗްގެ ޓީމަކަށް ގުޅާ ޓްރީޓޮޕަށް ގުޅާ ތައްޔާރުވުމަށް އަންގާނެ. އަދި އެއަށްފަހު ބަލި މީހާ ޓްރީޓޮޕަށް ބަދަލުކުރާނެކަމަށް ޑރ ނަޒީމް ވިދާޅުވި އެވެ. ފަރުވާގެ ބޮޑު ބައެއް ކުރިޔަށްދާނީ އައިޖީއެމްއެޗުން. ފުރަތަމަ 45 އެނދު ޓްރީޓޮޕްގައި ފަރުވާދޭނެ. އެންމެ ޕީކަށް ދާއިރު އައިޖީއެމްއެޗުން 75 ޑޮކްޓަރުން ދާނެ ޓްރީޓޮޕަށް މަސައްކަތްކުރުމަށް އަދި 300 އެއްހާ ނަރުހުން ވެސް ޓްރީޓޮޕަށް ދާނެކަމަށް ޑރ ނަޒީމް ވިދާޅުވި އެވެ.