ކޮވިޑް-19: އެންމެ ފަހުގެ

20,574,724
  • ލަންކާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 21 އަށް
  • ގަތަރު އެއަރވޭސްއިން އައި ދިވެހި މީހާވެސް ކޮވިޑް-19 އަށް ނެގެޓިވްވެއްޖެ
  • ކޮވިޑް-19: އެމްޕީބީއޭ ކްލަބު ހައުސް ބަންދުކޮށްފި
 
Writer Profile Picture
އަލީ ސަމާޚް
ލަންކާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 21 އަށް

އަވަށްޓެރި ސްރިލާންކަގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަަދަދު 21 އަށް އަރައިފިއެވެ. ހޯމަ ދުވަހު ބޭއްވި ޕްރެސްކޮންފަރެންސް ގައި ލަންކާގެ ޑައިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސް ޑރ. އަނިލް ޖަޔަ ސިންހް ވިދާޅުވީ، 13 އަހަރުގެ ކުއްޖަކާއި، 50 އަަހަރުގެ މީހެއްގެ އިތުރުން 37 އަހަރު މީހަކު ބައްޔަށް ޕޮޒިިޓިވް ކަމުގެ ރިޕޯޓް ކުރެވިފައިވާ ކަމަށެވެ.

އެ ތިން މީހުންނަށް ވެސް ދަނީ އަންގޮޑަ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ޑރ. ޖަޔަސިންހަ ވިދާޅުވީ، ކޮރޯނާވައިރަހަށް ޝައްކުވާ މީހުންނަށް ފަރުވާދޭން 18 ހޮސްޕިޓަލް ހާއްސަކުރެވިފައިވާ ކަމަށެވެ.

16 މާރޗް 2020 | ހޯމަ 19:44
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ގަތަރު އެއަރވޭސްއިން އައި ދިވެހި މީހާވެސް ކޮވިޑް-19 އަށް ނެގެޓިވްވެއްޖެ
16 މާރޗް 2020 | ހޯމަ 19:43
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: އެމްޕީބީއޭ ކްލަބު ހައުސް ބަންދުކޮށްފި

ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ގުޅިގެން މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) ކްލަބު ހައުސް ބަންދުކުރަން އެ އެސޯސިއޭޝަނުން ނިންމައިފި އެވެ.

މިމަހުގެ 12 ވަނަ ދުވަހު ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. އަދި އާދީއްތަ ދުވަހު ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ރައްކާތެރި ފިޔަވަޅު އެޅުމުގެގޮތުން މާލޭ ސަރަހައްދުގައި ގާއިމްކޮށްފައިވާ ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރުމަށްވެސް ނިންމާފައެވެ.

އެއާއެކު އެމްޕީބީއޭ ކްލަބު ހައުސް ބައުންދުކުރަން ނިންމިއިރު، އެ އެ އެސޯސިއޭޝަނުން ބުނީ އެ ނިންމުން ނިންމީ ކުޅިވަރާ ބެހޭ ވުޒާރާގެ ލަފާގެ މަތިން ކަމަށެވެ.

16 މާރޗް 2020 | ހޯމަ 19:33
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: ގްރެމިއޯ އާއި ބޮޓަފޯގޯ ކުޅުންތެރިން ދަނޑަށް އެރީ މާސްކު އަޅައިގެން

ކޮރޯނާވައިރަސް (ކޮވިޑް-19) ބިރުވެރިކަން ބޮޑުވެފައި އޮއްވާ މެޗު ކުޅެން ޖެހުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ބްރެޒިލްގެ ގްރެމިއޯ އާއި ބޮޓަފޯގޯގެ ކުޅުންތެރިން މާސްކުއަޅައިގެން ދަނޑަށް އަރާ މުޒާހަރާކޮށްފި އެވެ.

ގިނަ ގައުމުތަކުން ކޮރޯނާ ވައިރަސް ފެނިފައިވާއިރު، ފުޓްބޯޅައިގެ އެންމެ ނަން މަޝްހޫރު ސަރަހައްދުތަކުގެ ލީގުތައް މިހާރު ވަނީ މެދު ކަނޑާލާފައެވެ.

އެކަމަކު ބްރެޒިލްގައި ސަޕޯޓަރުން ނުވައްދާ ލީގުގެ ކުޅުން ކުރިއަށް ގެންދަން ނިންމިއިރު، ލީގުގައި މި ހަފުތާގައި ކުޅުނު މެޗުތަކަށް ގްރެމިއޯ އާއި ބޮޓަފޯގޯގެ ކުޅުންތެރިން ލައިނަށް ނުކުތީ މާސްކު އަޅައިގެން މުބާރާތް ހުއްޓާލަން އެދި ނުސީދާކޮށް މެސެޖެއް ދިނުމުގެ ގޮތުންނެވެ.

16 މާރޗް 2020 | ހޯމަ 19:31
Writer Profile Picture
އުމްނާ އިސްމާއިލް
ގިލި ލަންކަން ފުށިން ކޯވިޑް-19 އަށް ޝައްކުކުރެވޭ ދިވެއްސެއް ޓެސްޓުކުރަނީ

ގިލި ލަންކަން ފުށިން ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި ދިވެއްސެއް ޓެސްޓުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ގިލި ލަންކަން ފުށިން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެރިސޯޓު ދަނީ މޮނީޓަރ ކުރެވެމުންކަމަށެވެ.

16 މާރޗް 2020 | ހޯމަ 19:18
Writer Profile Picture
އުމްނާ އިސްމާއިލް
ގިލި ލަންކަން ފުށިން ކޯވިޑް-19 އަށް ޝައްކުކުރެވޭ ދިވެއްސެއް ޓެސްޓުކުރަނީ

ގިލި ލަންކަން ފުށިން ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި ދިވެއްސެއް ޓެސްޓުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ގިލި ލަންކަން ފުށިން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެރިސޯޓު ދަނީ މޮނީޓަރ ކުރެވެމުންކަމަށެވެ.

16 މާރޗް 2020 | ހޯމަ 19:18
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ފަރުކޮޅުފުއްޓަށް ގެންގޮސް އެކަހެރި ކުރެވުނު ދިވެހި މީހާގެ ޓެސްޓުގެ ނަތީޖާ ކޯވިޑް19 އަށް ނެގެޓިވްވެއްޖެ
16 މާރޗް 2020 | ހޯމަ 18:59
Writer Profile Picture
އުމްނާ އިސްމާއިލް
ކޮވިޑް-19 އަށް ނެގެޓިވްވި އިޓަލީ ކުޑަކުއްޖާ ރާއްޖެ ދޫކޮށްދިޔައީ ހިލޭ ދަތުރަކާއި އެކު

ކޮވިޑް-19 އަށް ޝައްކުކުރެވިގެން ޓެސްޓު ކުރި އިޓަލީގެ ތުއްތު ކުއްޖާ ބައްޔަށް ނެގެޓިވް ވުމުން ވިލިވަރުގައި 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ.

އައިސޮލޭޝަންގެ މުއްދަތު ކުރުމަށްފަހު އެމީހުން އެނބުރި ގައުމަށް ދިއުމުގެ ކުރިން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ އެކުއްޖާއާ އެކު އެ ކުއްޖާގެ މައިންބައިފައިންނާ ބައްދަލު ކުރައްވާފައެވެ.

ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ، އެ ކުޑަކުއްޖާއަށާއި އެކުއްޖާގެ މައިންބަފައިންނަށް އަންނަ އަހަރު ރާއްޖެއަށް ހިލޭ ދަތުރެއް ހަދިޔާކޮށްފައިވާ ކަމަށެވެ.

''އެ މީހުންނަށް އުފަލުން ރޮވުނު''އަލީ ވަހީދު ވިދާޅުވި އެވެ.

ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން ވައިރަހުގެ އަލާމާތްތައް ހުރެގެން ކަރަންޓީނުކުރެވުނު މި ކުޑަ ކުއްޖާ، ވައިރަހަށް ނެގެޓިވްކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވަނީ މާޗް މަހުގެ 11 ވަނަ ދުވަހުއެވެ.

އެގޮތުން އެކުއްޖާ ބައްޔަށް ނެގަޓިވް ވުމާއި "ކޮންޓެކްޓް ޓްރޭސިންގ" ގެ މަސައްކަތް ނިމުމާއި ގުޅިގެން އޭރު އޮތް މޮނީޓަރިންގެ ހާލަތުން ވަނީ އާއްމު ހާލަތަށް ގެނެސްފައެވެ.

ރާއްޖެއިން މި ނުރައްކާތެރި ރޯގާއަށް 13 މީހަކު ވަނި ޕޮޒިޓިވްވެފައެވެ. އެ ހުރިހާ އެންމެންނަކީވެސް ބިދޭސީންނެވެ.

16 މާރޗް 2020 | ހޯމަ 18:19
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: ޢާންމުންގެ މެދުގައި ހާސްކަމާއި ނުތަނަވަސްކަން އުފެދޭ ގޮތަށް ސާބިތު ނުހިފޭ މަޢުލޫމާތު ގެނެސްދިނުމުން އެއްކިބާވުމަށް ބްރޯޑްކޮމް އިން ގޮވާލައިފި

ދިވެހިރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ މިދަނޑިވަޅުގައި، ޢާންމުންގެ މެދުގައި ހާސްކަމާއިނުތަނަވަސްކަން އުފެދޭ ގޮތަށް ސާބިތު ނުހިފޭ މަޢުލޫމާތު ގެނެސްދިނުމުން އެއްކިބާވުމަށާއި، މިކަމާ ގުޅޭ އެންމެހައިކޮންޓެންޓް ގެނެސްދިނުމުގައި ޒިންމާދާރު ނޫސްވެރިކަން ކުރިއަށް ނެރުމަށް ބްރޯޑްކާސްޓަރުންނަށް ބްރޯޑްކޮމް އިލްތިމާސްކޮށްފި އެވެ.

މީގެއިތުރުން، ކޮވިޑް -19 އާއި ބެހޭ ގޮތުން މަޢުލޫމާތު ގެނެސްދިނުމާއި މަޢުލޫމާތު ފޯރުކޮށްދިނުމުގައި ކަންތައްތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވަނީ އިލްތިމާސްކޮށްފައެވެ. އެކަންތައްތަކަކީ:

• ބްރޯޑްކާސްޓަރުން ގެނެސްދޭ މަޢުލޫމާތަކީ ކަމާ ބެހޭ އިދާރާތަކުން މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމަށް ފަހު(ވެރިފައިކޮށްފައި) ގެނެސްދޭ މަޢުލޫމާތަކަށްވުން.

• މަޢުލޫމާތު ގެނެސްދިނުމުގައި ސިއްޙީ ދާއިރާގެ މާހިރުންނާއި ފަންނީ ބޭފުޅުންގެ ބައިވެރިވުމާއި ލަފާގެ މަތިންގެނެސްދިނުން

• ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ކޮވިޑް -19 އާއި ގުޅޭ މަޢުލޫމާތު ނުފެތުރުން އަދި މި ހައްސާސް ދަނޑިވަޅުގައި ބްރޯޑްކާސްޓަރުން ގެނެސްދޭ ކޮވިޑް -19 ގެ ޚަބަރާއި މަޢުލޫމާތު މި ކޮމިޝަނުން ވަރަށްގާތުން މޮނިޓަރކުރަމުން ގެންދާނެކަމާއި ޤާނޫނާއި ގަވާއިދުގެ އިމުން ބޭރުން ކޮންޓެންޓް ގެނެސްދޭ ބްރޯޑްކާސްޓަރުންނާމެދު ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނެފައިވޭ

މީގެ އިތުރުން، ކޮވިޑް-19 ގެ މަޢުލޫމާތުތައް ވީހާވެސް އަވަހަށް، ފަސޭހަކަމާއި ހަމަހަމަކަމާއެކު ހުރިހާ ބްރޯޑްކާސްޓަރުންނަށް ފޯރުކޮށްދިނުމަށް ކަމާ ބެހޭ އިދާރާތަކަށް ވަނީ އިލްތިމާސްކޮށްފައި

16 މާރޗް 2020 | ހޯމަ 17:52
Writer Profile Picture
އުމްނާ އިސްމާއިލް
އެމްޕީއެލްގެ މަސައްކަތް ކުރާ 60 އަހަރުން މަތީ މުވައްޒަފުންްނާއި މާބަނޑު މުވައްޒަފުންނަށް "ޕެއިޑް ރިލީޒް" އެއް ދީފި

އެމްޕީއެލްގެ މަސައްކަތް ކުރާ 60 އަހަރުން މަތީ މުވައްޒަފުންްނާއި މާބަނޑު މުވައްޒަފުންނަށް "ޕެއިޑް ރިލީޒް" އެއް ދީފިއެވެ.

އެމްޕީއެލް އިން ބުނީ ކޮވިޑް-19 ގެ ރިސްކު ކުޑަކުރުމުގެ ގޮތުން އެ މުވައްޒަފުންނަށް މުސާރަ ލިބޭގޮތަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތް ހަމަޖައްސާފައިވާކަމަަށެވެ.

16 މާރޗް 2020 | ހޯމަ 17:49
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އެޓަލާންޓާ ސްކޮޑް ކަރަންޓީނުވެއްޖެ

ސްޕެއިންގެ ވެލެންސިއާ ތިން ކުޅުންތެރިންނާއި ދެ އޮފިޝަލުން ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވުމާއި އެކު، ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފްތާގައި އެ ޓީމާއި ދެކޮޅަށް ކުޅުނު އިޓަލީގެ އެޓަލާންޓާގެ ކުޅުންތެރިންނާއި އޮފިޝަލުން ކަރަންޓީނުވެއްޖެ އެވެ.

އެޓަލާންޓާއަކީ އިޓަލީގައި ކޮވިޑް-19 އެންމެ ބޮޑަށް ފެތުރޭ ސަރަހައްދު ލޮމްބާޑީ އަށް ނިސްބަތްވާ ކްލަބެކެވެ. ނަމަވެސް އެޓީމު ކަރަންޓީނުވާން ޖެހުނީ ސްޕެއިންނަށް ކުރި ދަތުރަށްފަހު ސްޕެއިންގެ ވެލެންސިއާގެ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

16 މާރޗް 2020 | ހޯމަ 17:14
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ޖޯޖިއާއަށް މީހުން އެތެރެވުން ވަގުތީ ގޮތުން މަނާކޮށްފި

ޖޯޖިއާގެ ބޮޑުވަޒީރު، ޖިއޯޖީ ގަޚާރިއާގެ ނިންމުން އިއްވަމުން އެޤައުމުގެ ސަރުކާރުގެ ތަރުޖަމާނު ވިދާޅުވެފައިވަނީ، މާރޗު މަހުގެ 18 ވަނަ ދުވަހުން ފެށިގެން ދެހަފުތާގެ މުއްދަތަކަށް ދުނިޔޭގެ އެއްވެސް ޤައުމަކުން ޖޯޖިއާއަށް މީހަކު އެތެެރެވުން ސަރުކާރުން މަނާކުރާކަމަށެވެ. އެހެންނަމަވެސް ދުނިޔޭގެ އެހެން ޤައުމުތަކުގައި ދިރިއުޅެމުންދާ އެޤައުމުގެ ރައްޔިތުން ބޭނުންވެއްޖެ ހިނދެއްގައި ޤައުމެއް އެރުމުގެ ހުއްދަ ދޭނެކަމަށެވެ.

ޖޯޖިއާއިން މިހާތަނަށް އައިއިރު ވައިރަސް ޖެހިފައިވަނި 33 މީހުންނަށެވެ.

16 މާރޗް 2020 | ހޯމަ 16:32
Writer Profile Picture
ޒިހްނަތު ހަސަން
ޮކޮވިޑް-19: އުުރުދުންއަށް އެތެރެވާ އެންމެން ކަރަންޓީން ކުރަން ނިންމައިފި

މިކަން ހާމަކޮށް އެޤައުމުގެ ރަސްކަމުގެ ދަރުބާރުން ޢާންމުކޮށްފައިވާ ބަޔާނުގައި ވަނީ، އުރުދުންއަށް އެތެރެވާ ހުރިހާ އެންމެން 14 ދުވަސް ވަންދެން ކަރަންޓީން ކުރަން ނިންމާކަމަށެވެ. އަދި މިއީ މަޖްބޫރު ކަމެއްގެގޮތުގައި ކަމާބެހޭ ފަރާތްތަކައް ވަނި އަމުރު ނެރެފައެވެ.

އުރުދުން އިން މިހާތަނަށް ވައިރަސް ޖެހިގެން ރިޕޯޓުކޮށްފައިވަނީ 16 ކޭސްއެވެ.

16 މާރޗް 2020 | ހޯމަ 16:28
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އީރާނުން މިއަދު 129 މަރު، އިތުރު 1،503 މީހުންނަށް ވައިރަސް ޖެހުނު

އީރާނުގެ ހެލްތު މިނިސްޓްރީން ބުނާގޮތުގައި މިއަދު އެޤައުމުގައި އަލަށް 1،053 މީހުންނަށް ވައިރަސް ޖެހުނެވެ. އަދި ފަރުވާދެމުންދަނިކޮށް 129 މީހުން ވަނީ މަރުވެފައެވެ.

މިއާއެކު އެޤައުމުގައި ވައިރަސް ޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 14،991 އެވެ. އަދި ވައިރަސް ޖެހިގެން ޖުމުލު 853 މީހުން މަރުވެފައިވާއިރު، ފަރުވާ ދީގެން ރަނގަޅުވީ މީހުންގެ އަދަދަކީ 4،590 އެވެ.

16 މާރޗް 2020 | ހޯމަ 16:23
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ލައިސަންސަށް އަލަށް އެދޭ ފަރާތްތަކައް ލައިސަންސް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފި

މިހާރު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެއްގަމުގައި ދުއްވާ އުޅަނދުތަކުގެ ޑްރައިވިންގ ލައިސަންސަށް އަލަށް އެދޭ ފަރާތްތަކަށް މާދަމާއިން ފެށިގެން ކުރިއަށް އޮތް 14 ދުވަހަށް ޚިދުމަތް ދިނުން ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ބުނެފިއެވެ.

16 މާރޗް 2020 | ހޯމަ 16:15
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އަލްޖަޒާއިރާއި ޔޫރަޕުގެ ޤައުމުތަކާއި ދެމެދު ވަޔާއި އެއްގަމުގެ ދަތުރުތައް ހުއްޓާލައިފި

އަލްޖީރިއާގެ ބޮޑުވަޒީރު، އަބްދުލް ޢަޒީދް ޖިރާދުގެ އޮފީހުން ޢާންމުކޮށްފައިވާ ބަޔާނުގައި ވަނީ، އެޤައުމާއި ޔޫރަޕުގެ ހުރިާ ޤައުމަކާއި ދެމެދު ކުރަމުން އައި ކަނޑާއި، ވައިގެ ދަތުރުތައް ހުއްޓާލާކަމަށެވެ. އެހެންނަމަވެސް އަލުން ދަތުރުތައް ފަށާނެ ދުވަހެއް ހާމަކޮށްފައެއް ނުވެއެވެ.

ބޮޑު ވަޒީރު ވިދާޅުވެފައިވަނި ދަތުރުތައް ހުއްޓާލިނަމަވެސް، ކުއްލި ޙާލަތްތަކުގައި ޖައްސަން ޖެހޭ ފްލައިޓުތަކަށް، ޙާލަތައް ރިޢާޔަތްކޮށް ހުއްދަ ދޭނެކަމަށެވެ.

16 މާރޗް 2020 | ހޯމަ 16:12
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ބަހްރައިނުގައި ފުރަތަމަ ފަހަރަށް ވައިރަސް ޖެހިގެން މީހަކު މަރުވެއްޖެ

މިކަން ހާމަކޮށް ބަހްރައިންގެ ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ ބަޔާނެއްގައި ވަނީ ވައިރަސްއަށް ފަރުވާ ދެމުންދަނުކޮށް، ޙާލު ދެރަވެ މަރުވީ އުމުރުން 65 އަހަރުގެ އެޤައުމުގެ އަންހެނެއް ކަމަށެވެ. މިނިސްޓްރީގެ ބަޔާނުގައިވާ ގޮތުން މިހާރު ފަރުވާ ދެމުންދާ އެންމެންގެ ޙާލަތު ރަނގަޅު ކަމަށާއި، އެޤައުމުގައި އަމަލު ކުރަމުންދަނީ ބައިނަލްއަޤުވާމީ މިންގަނޑުތަކާއި އުޞޫލުތަކާއި އެއްގޮތައް ކަމަށވެސް ބަޔާނުގައި ވެއެވެ.

ބަހްރައިނުން ވައިރަސް ފެނުނު ފަހުން މިހާތަނަށް، 221 މީހުން ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ.

16 މާރޗް 2020 | ހޯމަ 15:37
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ޓައިވާނުން މިއަދު އެކަނިވެސް 8 މީހުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެ

ޓައިވާނު ސަރުކާރުގެ އިސް މަސްއޫލުވެރިންނާއި ޙަވާލާދީ ބޭރުގެ މީޑިއާތަަކުން ރިޕޯޓުކުރާގޮތުގައި، މިއަދު އެކަނިވެސް އެޤައުމުން 8 މީހުން ވައިރަސްއަށް ޕޮޒިޓިވްވިއެވެ. މީގެތެރޭގައި ހިމެނެނީ އަމިއްލަ ބޭނުންތަކަށް އޮސްޓްރިއާއާއި ޖަރުމަންވިލާތައް ދަތުރުކޮށް އެނބުރި ޤައުމަށް އައި މީހުންކަމަށް ރިޕޯޓުތައް ބުނެއެވެ.

މިއާއެކު ޓައިވާނުން ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 67 އަށް އަރާފައެވެ.

16 މާރޗް 2020 | ހޯމަ 15:28
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ޕާކިސްތާނުން އިތުރު 41 މީހުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެ

ޕާކިސްތާނުގެ ޞިއްޙަތާއި ބެހޭ ވުޒާރާއާއި ޙަވާލާދީ ސީއެންއެންއިން ޚަބަރު ފަތުރާގޮތުގައި، ޕާކިސްތާނުން މިއަދު އެކަނިވެސް 41 މީހުން ވައިރަސްއަށް ޕޮޒިޓިވްވިއެވެ. އަލަށް ޕޮޒިޓިވްވީ އެންމެންނަކީ ވެސް ސިންދް ޕްރޮވިންސް މީހުންނެވެ. މިއާއެކު ޕާކިސްތާނުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 53 އަށް އަރާފައެވެ.

16 މާރޗް 2020 | ހޯމަ 15:25
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: މޮނިޓަރިންގެ ހާލަތުގައި އޮތީ ދެރަށާއި އެއް ސަފާރީއެއް: މަބްރޫކް

މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ ދެރަށާއި އެއް ސަފަރީ ކަމަށް ކޮވިޑް-19ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މިވަގުތު މޮނިޓަރިންގައި ފޯސީޒަން، ލަޑަރ ގިރާވަރު ރިސޯޓު ކަމަށެވެ. އަދި އައިލެންޑް ސަފާރީ ބޯޓު ކަމަށެވެ.

މަބްރޫކް ވިދާޅުވީ އޮޅުވެލި ރިސޯޓު އަދި އަނަންތަރާ ދިގު ރިސޯޓު އާންމު ހާލަތަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

16 މާރޗް 2020 | ހޯމަ 15:07
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19:ޓަރގެޓަކީ 200 އެނދުގެ އައިސީޔޫ ތައްޔާރުކުރުން: މަބްރޫކް

ޓަރގެޓަކީ 200 އެނދުގެ އައިސީޔޫއެއް ތައްޔާރުކުރުން ކަމަށް ކޮވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ. މަބްރޫކް ވިދާޅުވީ މިމަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

16 މާރޗް 2020 | ހޯމަ 14:59
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ވައިރަހުގެ އަލާމާތެއް ފެންނަ މީހުން ޖަމާއަތަށް ނުދިއުމަށް އިލްތިމާސްކޮށްފި

ރޯގާ ޖެހި ކެއްސާ ކިނބިހި އެޅުންފަދަ ވައިރަހުގެ އަލާމާތެއް ފެންނަ މީހުން މިސްކިތުގެ ޖަމާއަތަށް ނުދިއުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އިސްލާމް ދީނަކީ އިންސާނުންގެ ފުރާނައަށް ގެއްލުންވާ ފަދަ އެންމެހާ ކަންކަމުން ދުރުވެ ތިބުމަށް ބާރުއަޅާ ދީން ކަމަށެވެ.

އެގޮތުން ކޮވިޑް-19ގެ ވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށް އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުގައި ފުއްޕާމޭގެ ބަލިމީހުންނާއި، ހުންއައިސް ރޯގާ ޖެހި ކެއްސާ ކިނބިހި އެޅުންފަދަ ވައިރަހުގެ އަލާމާތެއް ފެންނަ މީހުން މިސްކިތުގެ ޖަމާއަތަށް މިދަނޑިވަޅުގައި ނުދިއުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

16 މާރޗް 2020 | ހޯމަ 14:56
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އޮޑިޓަރ ޖެނެރަލްގެ އޮފީހުން ތަފާތު އެލަރޓް ލެވަލްތަކުގައި އަމަލު ކުރާނެ އުޞޫލުތަކެއް ތައާރަފުކޮށްފި

މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ރޯގާގެ ނުރައްކާ ދިވެހިރާއްޖެއަށް ވެސް ފޯރާފައިވާތީ، އެކަމަށް ތައްޔާރުވުމުގެ ގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ތަފާތު އެލަރޓް ލެވެލްތަކުގައި އަމަލު ކުރާނެ އުޞޫލުތަކެއް ތައާރަފްކޮށްފިއެވެ.

އެގޮތުން، މިހާރު މިއޮތް ޔެލޯ އެލަރޓްގައި އޮޑިޓް ކުރުމަށް އޮފީސްތަކަށް ޒިޔާރަތް ކުރުމުގައި، ހޮސްޕިޓަލްތަކާއި ޕޯޓްތައް ފަދަ ބަލިފެތުރުމުގެ ބިރުވެރިކަން ބޮޑު ތަންތަނުގެ އޮޑިޓްކުރުމަށް އޮޑިޓަރުން ފީލްޑަށް ދިއުން މި ވަގުތައް މަޑުޖައްސާލުމާއި، ވީވަރަކުން އޮފީހުން ބޭރުގައި ބާއްވާ މީޓިންތަކާއި، ޓްރޭނިންގތަކާއި ވިޒިޓްތައް މަދުކޮށްލުމާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލަން ވަނީ ހަމަޖައްސާފައެވެ.

16 މާރޗް 2020 | ހޯމަ 14:54
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އައިލެންޑް އޭވިއޭޝަން މުވައްޒަފުން ހަފުތާއަކު ތިން ދުވަހު ވަޒީފާއަށް ނިކުންނަގޮތަށް ހަމަޖައްސައިފި

ކޮވިޑް-19 ފެތުރެމުންދާތީ އައިލެންޑް އޭވިއޭޝަންގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިޔަށް ގެންދިޔުމަށްޓަކައި ހޯމަ ދުވަހުން ފެށިގެން އެކުންފުނީގެ މުއައްޒަފުން ގުރޫޕްތަކަކަށް ބަހާލައިގެން ކޮންމެ ގްރޫޕެއްވެސް ހަފްތާއަކު ތިން ދުވަހު މަސައްކަތަށް ނިކުންނަ ގޮތަށް ހަމަޖައްސައިފި އެވެ.

އެކަމާއި ގުޅިގެން އެކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަނެއް ދެ ދުވަހު މުއައްޒަފުން ތިބޭނީ "ސްޓޭންޑްބައި" ޑިއުޓީގައި ކަމަށެވެ. މިބަދަލާއެކު އެއްވެސް މުވައްޒަފެއްގެ މުސާރަ އާއި އިނާޔާތްތަކަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

މި ބަދަލުގެންނަން ނިންމީ ކުންފުނީގެ ގިނަ މުވައްޒަފުންނަކީ ކޮންމެ ދުވަހަކު އެތައްބަޔަކާ ބައްދަލުވެ މަސައްކަތްކުރާ ބަޔަކަށްވާއިރު އެއްވެސް ސަބަބެއް މެދުވެރިވެ، ކުންފުނީގެ މުވައްޒަފަކަށް ނުވަތަ މުވައްޒަފުން ތަކަކަށް މަސައްކަތަށް ނުނިކުމެވޭފަދަ ޙާލަތެއް މެދުވެރިވިނަމަވެސް ރައްޔިތުންނަށް ދޭ ޚިދުމަތް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

16 މާރޗް 2020 | ހޯމަ 14:52
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: ސިނަމާތައް ވަގުތީ ގޮތުން ހިންގުން ހުއްޓާލުމަށް އަންގައިފި

ކޮވިޑް-19 ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސިނަމާތައް ވަގުތީ ގޮތުން ހުއްޓާލުމަށް އެޗްޕީއޭއިން އަންގައިފި އެވެ. އެގޮތުން 16 މަރޗް އިން ފެށިގެން 2 ހަފްތާ ވަންދެން ސިނަމާތައް ބަންދުކުރުމަށް އެޗްޕީއޭއިން ވަނީ އަންގާފަ އެވެ.

16 މާރޗް 2020 | ހޯމަ 14:51