ކޮވިޑް-19: އެންމެ ފަހުގެ

19,779,654
  • ކޮވިޑް-19: ޕާކިސްތާނުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު 247 އަށް
  • ކޮވިޑް-19: އިޓަލީން ފާއިތުވި 24 ގަޑިއިރު 3،000އަށް ވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެ
  • ކޮވިޑް-19: ކާބޯތަކެއްޗާއި، ބޭސް ވިއްކާ ފިހާރަތައް ނޫން އެހެން ހުރިހާ ފިހާރަތަކެއް ޤަތަރުގައި ބަންދުކޮށްފި
 
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ޕާކިސްތާނުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު 247 އަށް

ޕާކިސްތާނުގެ އިސް މަސްއޫލުވެރިންނާއި ޙަވަލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި އިއްޔެ ފެނުނު އިތުރު 63 ކޭސްއާއެކު މިހާރު އެޤައުމުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 247 އަށް އަރާފައެވެ.

މި ވައިރަސްގައި ޕާކިސްތާނުން އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ.

18 މާރޗް 2020 | ބުދަ 08:08
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އިޓަލީން ފާއިތުވި 24 ގަޑިއިރު 3،000އަށް ވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެ

އިޓަލީގެ ސިވިލް ޕްރޮޓެކްޝަން އޭޖެންސީން ބުނީ، ފާއިތުވެދިޔަ 24 ގަޑިއިރު އެޤައުމުގައި 3,526 އަލަށް ވައިރަސްއަށް ޕޮޒިޓިވްވެ، 345 މީހުން ވައިރަސްގައި މަރުވެފައިވާކަމަށެވެ. މިއީ ކުރީ ދުވަހާއ އަޅާ ބަލާއިރު 16% އިތުރު އަދަދެއްކަމަށްވެސް އެއޭޖެންސީން ބުނެއެވެ.

އިޓަލީއަކީ ވިލާތުގެ ޤައުމުތަކުގެ ތެރެއިން ވައިރަސްގެ ނުރައްކާ އެންމެ ބޮޑު ޤައުމެވެ. މިހާތަނަށް އައިއިރު އެޤައުމުން 31,506 މީހުން މި ވައިރަސްއަށް ޕޮޒިޓިވްވެ، 2,503 މީހުން ވަނީ މަރުވެފައެވެ.

18 މާރޗް 2020 | ބުދަ 08:03
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ކާބޯތަކެއްޗާއި، ބޭސް ވިއްކާ ފިހާރަތައް ނޫން އެހެން ހުރިހާ ފިހާރަތަކެއް ޤަތަރުގައި ބަންދުކޮށްފި

ކޮވިޑް-19 ގެ ނުރައްކަލަށް ޤަތަރުގައި ކާބޯތަކެތީގެ ވިޔަފާރިތަކާއި، ފާރަމަސޫޓިކަލް ވިޔަފާރި ނޫން އެހެން ހުރިހާ ވިޔަފާރިތައް ބަންދުކޮށްފިއެވެ. ޤަތަރުގެ "ހައި ކޮމިޓީ ފޮރ ކްރައިސިސް މެނޭޖްމެންޓް" އިން ބުނެފައިވަނީ، މިފަދަ ނިންމުމެއް ނިންމީ ވައިރަސް ހަލުވިމިނެއްގައި ފެތުރެމުންދާތީ އާންމުންގެ ސަލާމަތާއި ރައްކަލަކަށް ކަމަށެވެ.

މީގެ އިތުރުން ޤަތަރުންވަނީ، އެޤައުމުގެ ސިނާޢީ ޞަރަޙައްދުތައްވެސް 14 ދުވަހުގެ މުއްދަތަކަށް ބަންދުކޮށްފައެވެ.

18 މާރޗް 2020 | ބުދަ 07:58
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އެހެން ބައްރުތަކުގެ މީހުންނަށް ޔޫރަޕަށް ނޭރޭގޮތައް ހަދަނީ

އެހެން ބައްރުގެ ޤައުމުތަކުގެ މީހުންނަށް ވިލާތު ޞަރަޙައްދަށް ނޭރޭ ގޮތައް ދަތުރުފަތުރުގެ ސަމާލެއް ނެރުމަށް ވިލާތު އިއްތިހާދުން ތައްޔާރުވެއްޖެއެވެ. މިކަން މިޑިއާއަށް ހާމަކުރައްވަމުން ޖަރމަން ޗާންސެލަރ އެންގެލާ މަރކެލް ވިދާޅުވީ، 30 ދުވަހުގެ މުއްދަތަކަށް، އެހެން ބައްރުތަކުގެ މީހުންނަށް ވިލާތުގެ ޤައުމުތަކަށް ނޭރޭގޮތައް ކަނޑައަޅަން މެންބަރު ޤައުމުތަކުން އެއްބަސްވެފައިވާކަމަށާއި، މިކަން ވަރަށް އަވަހަށް އިޢުލާނުކުރާނެކަމަށެވެ.

ވިލާތު އިއްތިހާދުން އާންމުކުރާ ދަތުރުފަތުރުގެ އިންޒާރުން އިނގިރޭސިވިލާތާއި، އީއެފްޓީއޭ ޤައުމުތައް އިސްތިޘްނާވާނެއެވެ.

18 މާރޗް 2020 | ބުދަ 07:55
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ފަސް މިލިއަން ރެސްޕިރޭޓަރީ މާސްކް ލިބޭނެ އިންތިޒާމު އެމެރިކާގެ ދިފާޢީ ވުޒާރާއިން ހަމަޖައްސަނީ

އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓެގަންއިން ބުނެފައިވަނީ ފަސް މިލިއަން ރެސްޕިރޭޓަރީ މާސްކު ލިބޭނެ އިންތިޒާމު ހަމަޖައްސަމުންދާކަމަށާއި، މި ވަގުތުން މިވަގުތައް 1 މިލިއަން މާސްކް ބަހަން ނިންމާފައިވާކަމަށެވެމީގެ އިތުރުން ވައިރަސްއިން ރައްކާތެރިވުމަށް ބޭނުންވާ އާލާތްތައް ވެސް ލިބޭނެ އިންތިޒާމު ހަމަޖައްސާނެކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ދިފާޢީ ވުޒާރާގެ ލެބޯރެޓަރީން ޢާންމު ރައްޔިތުން ޓެސްޓުކުރުމުގެ ފުރުޞަތު ހުޅުވާލާނެކަމަށާއި، ހަމައެއާއެކު 2،000 ވެންޓިލޭޓަރު ވައިރަސްއަށް ފަރުވާދޭ މަރުކަޒުތަކަށް ހަދިޔާ ކުރާނެކަމަށް ދިފާއީ ވަޒީރު މާރްކ އެސްޕަރ ވަނީ ވިދާޅުވެފައެވެ.

18 މާރޗް 2020 | ބުދަ 07:50
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ބްރެޒިލްއިން ފުރަތަމަ ފަހަރަށް ވައިރަސްގައި މީހަކު މަރުވެއްޖެ

ބްރެޒިލްގެ ރައީސް ޚެއިރް ބޮލްސޮނާރީ ވަނީ އެޤައުމުން ވައިރަސްގައި މީހަކު މަރުވިކަން ކަށަވަރުކޮށްދެއްވާފައެވެ. ބްރެޒިލްއިން މީހަކު މަރުވުމާއި ގުޅިގެން، ވައިރަސް އެންމެ ނުރައްކާމިންވަރަށް ފެތުރެމުންދާ އެޤައުމުގެ ސައޮ ޕޯލޯ ސިޓީއާއި ރިއޯ ޑެ ޖެނީރިއޯ ސިޓީގައި ވަނީ އާންމު ކުއްލި ނުރައްކާލުގެ ޙަލަތު އިޢުލާންކޮށްފައެވެ.

އެޤައުމުން މިހާތަނަށް 340 މީހުން ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ.

18 މާރޗް 2020 | ބުދަ 07:45
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ވައިރަސްގެ ނުރައްކަލަށް ބޮލީވިއާއިން ބޯޑަރުތައް ބަންދުކޮށްފި

ބޮލީވިއާގެ ވަގުތީ ރައީސް ޝޯނައިން އެނޭޒްގެ އޮފީހުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ މާދަމާއި ފެށިގެން އެޤައުމުގެ ރައްޔިތުން ފިޔަވައި އެހެން ބަޔަކަށް އެޤައުމުގެ އެއްގަމާއި ވައިގެ ބޯޑަރުތައްކުން އެޤައުމަށް އެތެރެ ނުވެވޭނެކަމަށެވެ. އަދި ހުކުރު ދުވަހުން ފެށިގެން އެތެރޭގެ އުދުހުންތަކާއި، ބައިނަލްއަޤުވާމީ އުދުހުންތައްވެސް ހުއްޓާލާނެކަމަށެވެ. ބޯޑަރުތަކާއި، އުދުހުންތައް ހުއްޓާލިނަމަވެސް އެޤައުމަށް ބޭނުންވާ ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރޫތަކެތި ޤައުމަށް އެތެރެ ކުރެވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސާނެކަމަށް ބަޔާނުގައިވެއެވެ. އަދި އާއްމު ރައްޔިތުން ވަޒީފާ އަދާކުރާ ގަޑިތައް ކުރުކޮށް، ވިޔަފާރި ހުޅުވާފައި ހުންނަ ގަޑިތަކައްވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

ސަރުކާރުން ގެނައި މި ބަދަލުތައް ތަންފީޒުކުރާނީ 31 މާރޗުގެ ނިޔަލަށް ކަމަށް ބަޔާނުގައިވެއެވެ.

18 މާރޗް 2020 | ބުދަ 07:40
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ގެމްބިއާއިން ފުރަތަމަ ކޭސް ފެނިއްޖެ

ގެމްބިއާއިން ފުރަތަަމަ ފަހަރަށް ކޮވިޑް-19އަށް މީހަކު ޕޮޒިޓިވްވެއްޖެއެވެ. އެޤައުމުގެ ހެލްތު މިނިސްޓްރީން ބުނީ ވައިރަސްއަށް ޕޮޒިޓިވްވެފައިވަނީ އުމުރުން 20 އަހަރުގެ އެޤައުމުގެ އަންހެނެއް ކަމަށެވެ. އޭނާއަކީ އަމިއްލަ ބޭނުމަކަށް ދާދި ފަހުން އިނގިރޭސިވިލާތައް ދަތުރުކުރުމަށްފަހު އެނބުރި އައި މީހެއްކަމަށްވެސް އެމިނިސްޓްރީން ބުނެފައިވެއެވެ.

18 މާރޗް 2020 | ބުދަ 07:35
Writer Profile Picture
ލައިޝާ އަހްމަދު
ކޮވިޑް-19: މެކްސިކޯގެ ސުޕްރީމް ކޯޓުގެ މަސައްކަތްތައް އެއް މަހަށް މަޑުޖައްސާލައިފި

ކޮވިޑް-19 ގެ ސަބަބުން މެކްސިކޯގެ ސުޕްރީމް ކޯޓުގެ މަސައްކަތްތައް އެއް މަހަށް މަޑުޖައްސާލައިފިއެވެ.

އަންގާރަ ދުވަހު އެ ޤައުމުގެ ސުޕްރީމް ކޯޓުން ނެރުނު ބަޔާނަކާ ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުން، މާރޗު 18 ވީ އަންގާރަ ދުވަހުން ފެށިގެން އަންނަ އޭޕްރީލް މަހުގެ 19 އަށް ކޯޓުގެ މަސައްކަތްތައް މަޑުޖައްސާލުމަށް ވަނީ ނިންމާފައެވެ.

އަދި އެގޮތަށް ނިންމާފައިވަނީ އެ ޤައުމުގައި މި ވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މެކްސިކޯއިން ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 80 އަށްވުރެ އިތުރުވެފައިވާއިރު، އޭގެ ތެރޭގައި ފާއިތުވި 24 ގަޑިއިރު ޕޮޒިޓިވްވި 29 މީހުން ހިމެނެއެވެ.

އެ ޤައުމުން މިހާތަނަށް ވައިރަސްގެ ސަބަބުން މީހަކު މަރުވެފައެއް ނުވެއެވެ. ނަމަވެސް ވައިރަސް ފެތުރިދާނެ ކަމުގެ ބިރަށްޓަކައި ބައެއް ފިިޔަވަޅުތައް ދަނީ އަޅަމުންނެވެ.

18 މާރޗް 2020 | ބުދަ 02:31
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮވިޑް-19 ޓާސްކް ފޯސްގެ ބޭފުޅުންނާއި، ރައީސް ސޯލިހް ބައްދަލުކުރައްވާ މައުލޫމާތު އޮޅުން ފިލުއްވައިފި
18 މާރޗް 2020 | ބުދަ 00:50
Writer Profile Picture
އަތޫފް އާތިފް
ކޮވިޑް-19: ޔުވެންޓަސްގެ ޑިފެންޑަރު މަޓުއިޑީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

އިޓަލީގެ ޔުވެންޓަސްގެ ޑިފެންޑަރ ބްލެއިޒް މަޓުއިޑީ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެއްޖެއެވެ.

މަޓުއިޑީ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވިކަން ޔުވެންޓަސްއިން ވަނީ ކަށަވަރުކޮށްދީފައެވެ. ޔުވެންޓަސްއިން ނެރުނު ބަޔާނުގައި ބުނީ މަޓުއިޑީ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އޭނާގެ ފަރުވާގެކަންކަަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. މީގެ އިތުރުން ޔުވެންޓަސްއިން ބުނީ އެޓީމުގެ ޑިފެންޑަރު ޑެނިއެލް ރުގާނީ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވުމުން މަޓުއިޑީ 11 މާޗުން ފެށިގެން ހުރީ އައިސޮލޭޝަނުގައި ކަމަށެވެ. އަދި މިވަގުތު މަޓުއިޑީގެ ހާލު ގޯސް ނޫން ކަމަށްވެސް ޔުވެންޓަސްއިން ބުނެއެވެ.

17 މާރޗް 2020 | އަންގާރަ 23:53
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވާ ފަރާތަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ 3 ދިވެއްސެއް ޓެސްޓުކުރަނީ
17 މާރޗް 2020 | އަންގާރަ 23:46
Writer Profile Picture
ލައިޝާ އަހްމަދު
ކޮވިޑް-19 އާ ގުޅިގެން އެމެރިކާގައި ޖަނާޒާތައް ލައިވް ސްޓްރީމް ކުރަނީ

ކޮވިޑް-19 އާ ގުޅިގެން އެމެރިކާގައި ޖަނާޒާތައް ލައިވް-ސްޓްރީމް ކުރުމަށް ނިންމައިފިއެވެ.

ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އާ ޙަވާލާދީ ބީބީސީގައި ރިޕޯޓްކޮށްފައިވާ ގޮތުން ސީޑީސީން ވަނީ ވީހާވެސް މަދު މީހުން ޖަނާޒާތަކަށް ދިއުމަށް އިލްތިމާސްކޮށް، ޖަނާޒާތައް ލައިވްސްޓްރީމް ކުރުމަށް އަންގާފައެވެ.

އަދި އެގޮތަށް އަމަލުކުރަން ނިންމާފައިވަނީ ސޯޝަލް ޑިސްޓެންސިންގއަށް މީހުން އަހުލުވެރިކޮށް، ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުން މަނާ ކުރުމުގެ ޤަސްތުގައިކަމަށް ސީޑީސީން ބުނެއެވެ.

އެގޮތުން ސީޑީސީގެ އެޕިޑޮމޮލޮޖިސްޓް ޑރ ޑޭވިޑް ބަރނާންޑަސްއާ ޙަވާލާދީ ބީބީސީގައި ރިޕޯޓްކޮށްފައިވާ ގޮތުން އާއިލާގެ އެންމެ ގާތް މީހުން ފިޔަވައި އިތުރު މީހުން ޖަނާޒާ އޮންނަ ތަނަށް ދިއުން މި ދަނޑިވަޅުގައި ބުއްދިވެރިއެއް ނޫނެވެ.

ޚާއްސަކޮށް، އުމުރުން ދުވަސްވީ މީހެއްނަމަ ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އެފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

17 މާރޗް 2020 | އަންގާރަ 23:19
Writer Profile Picture
އުމްނާ އިސްމާއިލް
ފުރަވެރިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި ދެ ބިދޭސީއެއްގެ ސާމްޕަލް ނަގާ، ގޭގައި މަޑުކުރުމަށް އަންގައިފި
17 މާރޗް 2020 | އަންގާރަ 23:15
Writer Profile Picture
އުމްނާ އިސްމާއިލް
ވިޔަފާރިތަކަށް ނަގާފައިވާ ލޯނުތަކަށް ފައިސާ ނެގުން ހަމަސް ދުވަހަށް މަޑުޖައްސާލުމަށް ލަންކާއިން ނިންމައިފި

ވިޔަފާރިތަކަށް ނަގާފައިވާ ލޯނުތަކުގެ ފައިސާނެގުން ހަމަދުވަހަށް މަޑުޖައްސާލުމަށް ލަންކާގެ މާލީ އިދާރާތަކަށާއި ބޭންކުތަކަށް އެގައުމުގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ އަމުރުކުރައްވައިފި

17 މާރޗް 2020 | އަންގާރަ 23:11
Writer Profile Picture
އުމްނާ އިސްމާއިލް
ކޮވިޑް-19 އާއި ގުޅިގެން ފްރޮންޓްލައިންގައި ހަރަކާތްތެރިވާ ޓީމުތަކުގެ މަސައްކަތް ކުރިއަށްވުރެ ހަރުދަނާވާނެ
17 މާރޗް 2020 | އަންގާރަ 23:04
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: އަމިއްލަ ގައުމު ދިފާއުކުރުމަށް މާނޭގެ ދީލަތި އެހީއެއް

ކޮރޯނާވައިރަސް (ކޮވިޑް-19) އިން އަމިއްލަ ގައުމު ދިފާއުކުރުމަށް ލިވަޕޫލްގެ ފޯވާޑް ސަޑިއޯ މާނޭ ދީލަތި އެހީއެއް ދީފިއެވެ.

މާނޭ ވަނީ އަމިއްލަ ގައުމު ކަމަށްވާ ސެނެގާލްގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އާ ހަނގުރާމަކުރުމަށް އެ ގައުމުން ކަނޑައަޅާފައިވާ ގައުމީ ކޮމިޓީއަށް 45،000 ޔޫރޯ ހަދިޔާކޮށްފައެވެ. އޭގެ އިތުރަށް އޭނާ ވަނީ ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއަކުން އެ ގައުމުގެ ރައްޔިތުންނަށް ހިތްވަރުދީ ހާއްސަ މެސެޖެއްވެސ ދީފައެވެ. އެގޮތުން މިދިޔަ އަހަރު އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މާނޭ ބުނީ މި ހާލަތުން އަރައިގަތުމަށް ހުރިހާ އެންމެން އެކުވެ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި މި ވައިރަހުން ސަލާމަތްވުމަށް އިދާރާތަކުން ދޭ އިރުޝާދާއި އެއްގޮތައް އަމަލުކުރުމަށް އޭނާ ވަނީ ނަސޭހަތްތެރި ވެފައެވެ.

17 މާރޗް 2020 | އަންގާރަ 22:52
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އެމްއޭސީއެލްގައި މަސައްކަތްކުރާ އުމުރުން ދުވަސްވީ މުވައްޒަފުންނަށް ލުއިތަކެއް

ކޯވިޑް-19 އިން ރައްކައުތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީލްގެ) މުވައްޒަފުންގެ ތެރެއިން އުމުރުން ދުވަސްވީ މީހުނަށް، މުސާރަ އާއި އިނާޔަތްތައް ލިބޭގޮތަށް ޗުއްޓީއެއް ދިނުމަށް ނިންމައިފިއެވެ.

އެމްއޭސީއެލް އިން ބުނީ އެކުންފުނީގެ މުވައްޒިފުންގެ ތެރެއިން އުމުރުން 55 އަހަރުން މަތީގެ މުވައްޒަފުންނާއި، ރޯގާގެ އަލާމާތްތައް ފެނިފައިވާ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތްތައް ލިބޭގޮތަށް ޗުއްޓީއެއް ދިނުމަށް ނިންމާފައިވާކަމަށެވެ.

17 މާރޗް 2020 | އަންގާރަ 22:35
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮވިޑް-19: އިންޑިއާއިން 3 ވަނަ މީހަކު މަރުވެއްޖެ

ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ މީހަކު އިންޑިއާ އިން މަރުވެއްޖެ އެވެ. މިއާއެކު މި ބަލީގައި އިންޑިއާއިން މަރުވި މީހުންގެ އަދަދު ވަނީ 3 އަށް އަރާފަ އެވެ.

މުމްބާއީ ހޮސްޕިޓަލެއްގައި ފަރުވާދެމުންގެންދިޔަ މި މީހާއަކީ، 64 އަހަރުގެ ފިރިހެނެއްކަމަށް އެ ޤައުމުގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

17 މާރޗް 2020 | އަންގާރަ 22:32
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ސައުދީގައި މިސްކިތްތަކުގައި ނަމާދު ކުރުން ހުއްޓާލައިފި
17 މާރޗް 2020 | އަންގާރަ 22:26
Writer Profile Picture
އުމްނާ އިސްމާއިލް
އެއްވެސް ފަރާތެއްގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ ވަރަށް ބޮޑު ކުށެއް!

އެއްވެސް ފަރާތެއްގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ ވަރަށް ބޮޑު ކުށެއް ކަމަށް ޑރ.ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ ވިދާޅުވީ އެއްވެސް ޒާތީ ސިއްހީ މައުލޫމާތުތައް ހާމަވާ ލިޔުންތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ކަން ފާހަގަކުރެވުނު ކަމަށެވެ. އަދި އެފަދަ މައުލޫމާތެއް ލިބުނު ނަމަވެސް އިތުރަށް 'ފޯރވަރޑް' ނުކުރުމަށް އިލްތިމާސްކުރެއްވިއެވެ.

17 މާރޗް 2020 | އަންގާރަ 22:01
Writer Profile Picture
އުމްނާ އިސްމާއިލް
ގޭގައި މަޑުކުރަން އެންގި މީހަކު ގޭގައި މަޑުނުކުރި މައްސަލަ: ވީގޮތް

ކޮވިޑް-19 އަށް ޝައްކުކުރެވޭ ދިވެހި ފިރިހެނެއް ގޭގައި މަޑުކުރުމަށް އަންގާފައިވަނިކޮށް އެކަމަށް އެއްބާރުލުން ނުދީ އަންގާފައިވާގޮތަށް އަމަލުކޮށްފައިނުވާ މައްސަލައާއި ގުޅިގެން މައުލޫމާތު ދެއްވަމުން މަބްރޫކް ވިދާޅުވީ އެމީހާއަކީ މީގެ ދެ ދުވަސް ކުރިން ސައުތުކޮރެއާއިން އައި މީހެއް ކަމަށެވެ. މަބްރޫކް ވިދާޅުވީ އެމީހާގެ ގައިން ބަލީގެ އަލާމާތްތަކެއް ހުރިކަމަށް ރިޕޯޓު ކުރެވުނީ ހޯމަ ދުވަހުކަމަށެވެ. އަދި ޓީމެއް ދަންދެން ހޯމް އައިސޮލޭޝަންގައި މަޑުކުރުމަށް އެންގުނު ކަމަށެވެ. އަދި އޭނާ ފަރުކޮޅު ފުއްޓަށް ގެންދިއުމުގެ މަސައްކަތް ކުރުމަށް އެންގުނު ކަމަށެވެ. އަދި އޭނާ ބަލާ ދިޔައިރު ގުޅޭނެ ގޮތެއް ނުވި ކަމަށާއި އޭނާގެ ގެ ހުރީ ތަޅުލާފައިކަމަށެވެ. އަދި ޓީމުން ކުރި މަސައްކަތުން އާއިލާގެ މީހަކަށް ގުޅުނު ކަމަށާއި އޭނާ ގޭގައި އެވަގުތު ނެތް ކަމަށް އާއިލާއިން ވާހަކަދެއްކި މީހާ މައުލޫމާތު ދިން ކަމަށެވެ. މިކަމާއި ގުޅިގެން އެޗްޕީއޭ އިން ފުލުހުންނަށް ރިޕޯޓު ކުރި ކަމަށް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވި މިކަމާއި ގުޅިގެން ވަރަށް 'އެކްސްޓެންސިވް' ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރެވެމުންދާކަމަށެވެ.

އެމީހާ މިހާރު ވަނީ ފަރުކޮޅުފުއްޓަށް ގެންދެވިފައި.

17 މާރޗް 2020 | އަންގާރަ 21:52
Writer Profile Picture
އުމްނާ އިސްމާއިލް
ކޮވިޑް-19: ކިރިޔާ އަލާމާތެއް ހުރި ނަމަވެސް ޓެސްޓު ކުރެވޭނެ

ކޮވިޑް-19ގެ ކިރިޔާ އަލާމާތެއް ހުރި ނަމަވެސް ޓެސްޓު ކުރެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ މިހާރު ކޮވިޑް-19 އިން އަރައިގަތުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ވަނީ ހަރުދަނާ ކުރެވިފައި ކަމަށެވެ. އެގޮތުން ސަރވެރިލެންސް ސާމްޕްލިންގް އާއި ކިރިޔާ އަލާމާތެއް ހުރި ނަމަވެސް ޓެސްޓު ކުރެވޭނެ ކަމަށެވެ.

މިގޮތަށް ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކޭސްތައް:

  1. ސ. ހިތަދޫ: ކޮޗިން އިން ދަތުރުކުރި ދިވެއްސެއްގެ ގައިން ބަލީގެ އަލާމާތްތަކެއް ފެނިގެން ވަނީ ހޯމް އައިސޮލޭޓް ކުރެވިފައި
  2. ޅ. ހިންނަވަރު: ލަންކާ އިން ދަތުރުކުރި ދިވެއްސެއްގެ ގައިން ބަލީގެ އަލާމާތްތަކެއް ފެނިގެން ވަނީ ހޯމް އައިސޮލޭޓް ކުރެވިފައި
  3. ދ. ކުޑަހުވަދޫ: ޓްވިންޑްރަމް އިން ދަތުރުކުރި ދިވެއްސެއްގެ ގައިން ބަލީގެ އަލާމާތްތަކެއް ފެނިގެން ވަނީ ހޯމް އައިސޮލޭޓް ކުރެވިފައި
  4. އއ. އުކުޅަސް: ޓްވިންޑްރަމް އިން ދަތުރުކުރި ދިވެއްސެއްގެ ގައިން ބަލީގެ އަލާމާތްތަކެއް ފެނިގެން ވަނީ ހޯމް އައިސޮލޭޓް ކުރެވިފައި
  5. ރ. ފައިނު: ކޮޗިން އިން ދަތުރުކުރި ދިވެއްސެއްގެ ގައިން ބަލީގެ އަލާމާތްތަކެއް ފެނިގެން ވަނީ ހޯމް އައިސޮލޭޓް ކުރެވިފައި
  6. މާލެ: ލަންކާ އިން ދަތުރުކުރި ދިވެއްސެއްގެ ގައިން ބަލީގެ އަލާމާތްތަކެއް ފެނިގެން ވަނީ ހޯމް އައިސޮލޭޓް ކުރެވިފައި
  7. ބެންގަލޫރުން ދަތުރުކުރި ދިވެއްސެއްގެ ގައިން ބަލީގެ އަލާމާތްތަކެއް ފެނިގެން ވަނީ ހޯމް އައިސޮލޭޓް ކުރެވިފައި
  8. އައިލެންޑް ސަފާރީގެ ދެ ޕޮސިޓީވް ކޭސް އާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަކުރެވުނު އަލާމާތް ހުރި މީހެއް، ސާމްޕްލިންގެ މަސައްކަތް ދަނީ ކުރިއަށް.
17 މާރޗް 2020 | އަންގާރަ 21:42
Writer Profile Picture
އުމްނާ އިސްމާއިލް
ބަންގްލަދޭޝް ފިޔަވާ ޓްރެވެލް ރެސްޓްރިކްޝަންތައް ނެރެފައިވާ ގައުމުތަކުން އަންނަ ދިވެހިން ކަރަންޓީނު ފެސިލިޓީއަކަށް ފޮނުވޭނެ

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ ޓާސްކްފޯސްގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ބަންގްލަދޭޝް ފިޔަވާ ޓްރެވެލް ރެސްޓްރިކްޝަންތައް ނެރެފައިވާ ގައުމުތަކުން ފާއިތުވި 14 ދުވަހު މަޑުކުރުމަށްފަހު ރާއްޖެ ދަތުރުކުރާ ދިވެހިން ހޯމް ކަރަންޓީނުގެ ބަދަލުގައި ކަރަންޓީނު ފެސިލިޓީއަކަށް ފޮނުވޭނެ ކަމަށެވެ. އަދި ބައްޔަށް ޝައްކުކުރެވޭ އަލާމާތެއް ހުރި ނަމަ އައިސޮލޭޝަން ފެސިލިޓީއަކަށް ފޮނުވޭނެ ކަމަށެވެ.

ޓްރެވެލް ރެސްޓްރިކްޝަންސް ނެރެފައިވާ ގައުމުތަކަކީ:

  • ޗައިނާ
  • އިރާން
  • ސައުތުކޮރެއާގެ ދެ ޕްރޮވިންސް
  • ސްޕެއިން
  • ފްރާންސްގެ ދެ ޕްރޮވިސްންސް
  • ޖަރުމަނުގެ ތިން ޕްރޮވިންސެއް
  • އިނގިރޭސި ވިލާތް
  • މެލޭޝިޔާ
17 މާރޗް 2020 | އަންގާރަ 21:29
Writer Profile Picture
އުމްނާ އިސްމާއިލް
މިވަގުތު މޮނީޓަރިންގެ ހާލަތުގައި އޮތީ:
  1. އައިލެންޑް ސަފާރީ 1
  2. ގިލިލަންކަންފުށި
  3. އއ. މަތިވެރި
  4. އަންނަތަރާ ކިހާވަށް
  5. "މައިސްކައި" ޔޮޓް
17 މާރޗް 2020 | އަންގާރަ 21:20