ކޮވިޑް-19: އެންމެ ފަހުގެ

19,037,320
  • އަމާޒު ބޯޓުން އިތުރު 3 ކޭސް ފެނިފައިވޭ
  • މާލޭގައި އަތޮޅު ތަކުގެ ހޮސްޕިޓަލްތަކުގެ ޑޮކްޓަރުން ތަމްރީން ކުރަމުންދޭ
  • 113 މީހަކު ގުޅީފަޅަށް ވަނީ ބަދަލުކުރެވިފައި
 
Writer Profile Picture
އާއިޝަތު ޝިއުރާ
އަމާޒު ބޯޓުން އިތުރު 3 ކޭސް ފެނިފައިވޭ

އަމާޒު ބޯޓާ ގުޅިގެން އިތުރު 3 ކޭސް ފެނިފައިވާ ކަމަށާއި މިއީ ކްރޫންގެ އާއިލާގެ މީހުން ކަމަށް ޑރ އިބްރާހިމް އަފްޒަލް ވިދާޅުވި އެވެ.

2 މެއި 2020 | ހޮނިހިރު 22:18
Writer Profile Picture
އާއިޝަތު ޝިއުރާ
މާލޭގައި އަތޮޅު ތަކުގެ ހޮސްޕިޓަލްތަކުގެ ޑޮކްޓަރުން ތަމްރީން ކުރަމުންދޭ

މާލޭގައި އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގެ ޑޮކްޓަރުން މިހާރު ތަމްރީން ކުރަމުންދާ ކަމަށާއި އެމީހުން ތަމްރީން ވުމަށްފަހު އަނބުރާ ރަށަށްދާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

2 މެއި 2020 | ހޮނިހިރު 22:16
Writer Profile Picture
އާއިޝަތު ޝިއުރާ
113 މީހަކު ގުޅީފަޅަށް ވަނީ ބަދަލުކުރެވިފައި

113 ބިދޭސީއަކު ގުޅީފަޅަށް ވަނީ ބަދަލުކޮށްފައި ކަމަށް މަބްރޫކް ވިދާޅުވި އެވެ.

2 މެއި 2020 | ހޮނިހިރު 22:11
Writer Profile Picture
އާއިޝަތު ޝިއުރާ
އެސްޓީއޯގެ ލޭބަރ ކުޔަރޓަރގައި އުޅޭ މީހަކު ވަނީ ޕޮޒިޓިވްވެފައި

އެސްޓީއޯ ސުޕަރމާކެޓާއި ގުދަން ޑީކޮންޓިމިނޭޝަން ކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އީސްޓޯރުގެ ޚިދުމަތް މެދުކެނޑިފައި ވަނީ . ނަމަވެސް މާދަމާ އަލުން ޚިދުމަތް ދޭން ފަށާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

2 މެއި 2020 | ހޮނިހިރު 22:11
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19 އަށް އިތުރު 23 މީހަކު ޕޮޒިޓިވްވެއްޖެ
2 މެއި 2020 | ހޮނިހިރު 19:18
Writer Profile Picture
އުމްނާ އިސްމާއިލް
ޓްރީ ޓޮޕް ހޮސްޕިޓަލް އޮޕަރޭޝަނަލައިޒް ކުރެވޭއިރު، އެނދުމަތި ކުރަންޖެހޭ ބަލިމީހުންގެ އަދަދު އިތުރުވެދާނެ: އައިޖީއެމްއެޗް
2 މެއި 2020 | ހޮނިހިރު 16:57
Writer Profile Picture
އުމްނާ އިސްމާއިލް
ނަރުދޫއިން އިތުރު މީހަކު ޕޮޒިޓިވްވެ، އަދަދު 11 އަށް
2 މެއި 2020 | ހޮނިހިރު 16:26
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19ގެ ނުރައްކަލަށް ހުށަހެޅިފައިވާ ބިދޭސީން ކަރަންޓީނު ކުރަނީ

ކޮވިޑް-19ގެ ނުރައްކަލަށް ހުށަހެޅިފައިވާ ބިދޭސީން ކަރަންޓީނު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

2 މެއި 2020 | ހޮނިހިރު 16:22
Writer Profile Picture
ޒިހްނަތު ހަސަން
ފުވައްމުލައް ސިޓީގައި ޒަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނިކުމެ އުޅުން މަނާކޮށްފި

ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ، ކޮވިޑް-19 ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާތީ، އެސިޓީގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުން ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން، ބައެއް ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށެވެ.

2 މެއި 2020 | ހޮނިހިރު 16:12
Writer Profile Picture
ޒިހްނަތު ހަސަން
މަސައްކަތްކުރަނީ ކޮންމެ ވަގުތެއްގަވެސް ކޮވިޑް-19 ވައިރަސްހުރި މީހަކު އައިސްދާނެ ކަމަށް ބަލައިގެން: އައިޖީއެމްއެޗް

ސަރުކާރުގެ މައި ހޮސްޕިޓަލް ކަމަށްވާ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗު)ގެ ހުރިހާ މުވައްޒަފުންވެސް މަސައްކަތް ކުރަމުންދަނީ، ކޮވިޑް-19 ވައިރަސްހުރި މީހަކު ކޮންމެ ވަގުތެއްގައިވެސް ހޮސްޕިޓަލަށް އައިސްދާނެ ކަމަށް ވިސްނައިގެން ކަމަށް އެ ހޮސްޕިޓަލިމް ބުނެފިއެވެ.

2 މެއި 2020 | ހޮނިހިރު 16:10
Writer Profile Picture
ޒިހްނަތު ހަސަން
380 އެނދުގެ ޖާގަ އެބަހުރި: އައިޖީއެމްއެޗް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗް)ގައި 380 އެނދުގެ ޖާގަ އެބަހުރި ކަމަށް އެ ހޮސްޕިޓަލްގެ މެޑިކަލް ޑައިރެކްޓަރ، ޑރ. އަލީ ނަޒީމް ވިދާޅުވެއްޖެއެވެ.

2 މެއި 2020 | ހޮނިހިރު 16:07
Writer Profile Picture
އުމްނާ އިސްމާއިލް
ހޮސްޕިޓަލުގައި ފަރުވާދެމުންދާ އެކަކުގެ ފުރަތަމަ ސާމްޕަލްގެ ނަތީޖާ ނެގެޓިވް

ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދާ 6 މީހުންގެ ތެރެއިން އެކަކު ޑީއެޗް-17 އަށް ބަދަލުކޮށްފި ކަމަށް އައިޖީއެމްއެޗްގެ ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ. އޭނާ އެ ފްލޯރ އަށް ބަދަލުކޮށްފައިވަނީ އޭނާގެ ހާލު ރަނގަޅުކަމަށް ފާހަގަކުރެވުމާއި އެކުއެވެ. ޑރ ވިދާޅުވީ އޭނާގެ ހަމައެކަނި މައްސަލައަކީ ލިވަރގައި ހުރި މައްސަލައެއް ކަމަށެވެ. އޭނާގެ އެއް ސާމްޕަލްގެ ނަތީޖާ ނެގެޓިވްކަމަށް ވެސް ވިދާޅުވިއެވެ. ދެވަނަ ސާމްޕަލްގެ ނަތީޖާ ޕެންޑިންގ ކަމަށް ވިދާޅުވިއެވެ.

2 މެއި 2020 | ހޮނިހިރު 14:52
Writer Profile Picture
އުމްނާ އިސްމާއިލް
އައިޖީއެމްއެޗް އަށް އައިސޮލޭޝަން އަށް 160 މީހުން ގެންދެވުނު: ޑރ. އަލީ ނަޒީމް

އައިޖީއެމްއެޗް އަށް އައިސޮލޭޝަން އަށް 160 މީހުން ގެންދެވުނު ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރ، ޑރ. އަލީ ނަޒީމް ވިދާޅުވެއްޖެއެވެ. ޑރ އަލީ ނަޒީމް ވިދާޅުވީ އޭގެ ތެރެއިން 60 މީހުން އެޑްމިޓްކޮށްގެން ފަރުވާދީފައިވާކަމަށެވެ.

2 މެއި 2020 | ހޮނިހިރު 14:47
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19 އަށް ޕޮޒިޓިވްވާ ފުލުހުންނާއި ސިފައިންގެ އަދަދު ވަކިން ހާމަނުކުރުމަށް މަޝްވަރާކުރަނީ
2 މެއި 2020 | ހޮނިހިރު 06:08
Writer Profile Picture
އާއިޝަތު ޝިއުރާ
އެވަރެޖް ބިލް ލިބުނަސް މީޓަރުގެ ފޮޓޯ ފޮނުވުމުން އެކިއުރޭޓް ބިލް ލިބިގެންދާނެ: ސްޓެލްކޯ އެމްޑީ
2 މެއި 2020 | ހޮނިހިރު 06:08
Writer Profile Picture
އާއިޝަތު ޝިއުރާ
އެންމެ ބޮޑު އެއް ކްލަސްޓަރ: ކޮކާކޯލާގެ ތަނެއްގައި ތިބި އެންމެން ޕޮޒިޓިވް، ބަލި ފެތުރުމުގެ ފުރުސަތެއް ނެތް
2 މެއި 2020 | ހޮނިހިރު 06:07
Writer Profile Picture
އާއިޝަތު ޝިއުރާ
ޖަޕާނު ސަރުކާރުން 8 މިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ދީފި
2 މެއި 2020 | ހޮނިހިރު 06:07
Writer Profile Picture
އާއިޝަތު ޝިއުރާ
އިންޑޮނޭޝިއާގައި ތިބި 18 ދިވެހިން ރާއްޖެ ގެނެސްފި
2 މެއި 2020 | ހޮނިހިރު 06:06
Writer Profile Picture
އާއިޝަތު ޝިއުރާ
މަނަދޫ 80 އަހަރުގެ މީހާ ޕޮޒިޓިވްކަން އެނގުނީ ސާމްޕަލް ނަގައި އައިޖީއެމްއެޗުން ދޫކޮށްލާފައިވަނިކޮށް: ޑޮކްޓަރ
2 މެއި 2020 | ހޮނިހިރު 06:06
Writer Profile Picture
އާއިޝަތު ޝިއުރާ
ބަލީގެ އަލާމާތް ނުފެނި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ގިނަ، ކަންބޮޑުވުންތަކެއް ހުރިނަމަވެސް ފައިދާވެސް ކުރޭ
2 މެއި 2020 | ހޮނިހިރު 06:05
Writer Profile Picture
އާއިޝަތު ޝިއުރާ
171 މީހަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފި
2 މެއި 2020 | ހޮނިހިރު 06:05
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 3600 މީހަކު ފާހަގަ ކުރެވިއްޖެ
2 މެއި 2020 | ހޮނިހިރު 06:04
Writer Profile Picture
އާއިޝަތު ޝިއުރާ
ލޮކްޑައުންގެ ސަބަބުން މާލޭގައި ތާށިވެފައި ތިބި މީހުން ރަށްރަށަށް ދެވޭނެ އުސޫލު ހޮނިހިރު ދުވަހު އާންމުކުރަނީ
2 މެއި 2020 | ހޮނިހިރު 06:03
Writer Profile Picture
އާއިޝަތު ޝިއުރާ
ޔޫއޭއީން ބުނަނީ ހާލަތު ބަދަލު ކޮށްލާނެ ފަރުވާއެއް ކޮވިޑް-19 އަށް ހޯދިއްޖެ ކަމަށް
2 މެއި 2020 | ހޮނިހިރު 06:03
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19 ގެ ފުރަތަމަ މަރާއެކު ސުވާލުތަކެއް - ކަންކަން ދިޔައީ އިހުމާލުންބާ؟
2 މެއި 2020 | ހޮނިހިރު 06:02