ކޮވިޑް-19: އެންމެ ފަހުގެ

29,541,315
  • ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާއި ކަންހިނގާދިޔަ ގޮތް:
  • ކޮވިޑް-19 އާއިގުޅޭ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު މެންދުރުފަހު
  • 2233 ފަރާތަކުން ކޯލް ސެންޓަރުން މައުލޫމާތު ހޯދާފައިވޭ: އަމީން
 
Writer Profile Picture
އުމްނާ އިސްމާއިލް
ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާއި ކަންހިނގާދިޔަ ގޮތް:

6 ޖެނުއަރީ 2020:- ކޮވިޑް 19ގެ ހާލަތާއި ގުޅިގެން މިނިސްޓްރީ އޮފް ހެލްތު އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ގުޅިގެން ރާއްޖޭގެ ރިސްކު އެސެސްމެންޓެއް ހެދުމަށް ނިންމުނު.

12 ޖެނުއަރީ 2020: -ރިސްކު އެސެސްމެންޓް ހަދާ ނިންމުނު

20 ޖެނުއަރީ 2020:- ނެޝަނަލް ރެސްޕޮންސް ގައިޑްލައިން ތައްޔާރު ކުރެވުނު އަދި ސްޓޭކް ހޯންޑަރުންނާ ކަމާބެހޭ މައުލޫމާތުތައް ދީ ތަމްރީން ދިނުމުގެ މަސައްކަތް ފެށުނު

- އެޗްޕީއޭގެ ފަރާތުން ކޮވިޑް 19ގެ ހާލަތާއި ގުޅޭގޮތުން އާއްމުންނަށް ފުރަތަމަ ފަހަރަށް މައުލޫމާތު ހިއްސާކުރެވުނު

21 ޖެނުއަރީ 2020: -ހެލްތު އިމަރޖެންސީ ކޯޑިނޭޓިންގް ކޮމެޓީއެއް އެކުލަވާލާ ، އެ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން ބޭއްވުނު. މަޝްވަރާތަކަށް ފަހު ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންކަމުގައި މަޝްވަރާ އަރުވާ، އަޅަންޖެހޭ ފިޔަވަޅުތަކުގެ އަސާސީ ނާރެހަކީ މި ކޮމިޓީ.

22 ޖެނުއަރީ 2020:- މިނިސްޓްރީ އޮފް ހެލްތުން ޑަބްލިއުއެޗްއޯ އާއި އެކު ނޫސްކޮންފަރެންސްއެއް ބާއްވާ ދުނިޔޭގެ އޭރު ހާލަތު އޮތް ގޮތާއި ރާއްޖޭގައި އެހާތަނަށް އަޅާ ފިޔަވަޅުތަކާއި އަދި ރައްޔިތުން އެކަމާއި ބެހޭ ގޮތުން ސަމާލުކަން ދޭން ޖެހޭ ކަންތައްތަކާއި ޑަބްލިއުއެޗްއޯ އިން ނެރެފައިވާ ގައިޑްލައިންތަކާއި އެ ގައިޑްލައިންތަކުގެ ތެރެއިން ލިބިފައިވާ އިޚްތިޔާރުތަކާއި ތަފްސީލީ މައުލޫމާތު ރައްޔިތުންނާއި ހިއްސާ ކުރެވުނު

- ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރމަލް ކެމެރާ ހަރުކުރެވި، ސްކްރީން ކުރެވެން ފެށުނު

- ޓެކްނިކަލް އެޑްވައިޒަރީ އަކުން ކްލިނިކަލް މެނޭޖްމެންޓް ގައިޑްލައިން އެކުލަވާލުމުގެ މަސައްކަތް ފެށުނު

26 ޖެނުއަރީ 2020:- އައްޑޫގައި ތަރމަލް ކެމެރާ ހަރުކުރެވި، ސްކްރީން ކުރެވެން ފެށުނު

27 ޖެނުއަރީ 2020:- ހުޅުމާލޭގައި ހުރި ޕްރީސްކޫލެއް ވަގުތީ ސްކްރީނިންގް މަރުކަޒަކަށް ބަދަލުކުރެވުނު

28 ޖެނުއަރީ 2020:- މަޖިލީހުގެ މެމްބަރުންނަށް ބައްޔާއި ގުޅިގެން މައުލޫމާތު ދިނުމަށް އެދި މަޖިލީހަށް ސިޓީ އެއް ފޮނުވުނު

29 ޖެނުއަރީ 2020:- ރާއްޖެއަށް ކޮރޯނާ އައިއްސި ހާލަތުގައި އަމަލު ކުރާނެ އެސްއޯޕީތަކާއި އުސޫލުތަކުގެ ރަނގަޅުކުރަންޖެހޭ ކަންކަން ހުރިތޯ ބެލުމަށް މަލްޓި އޭޖެންސީ ޓޭބަލް ޓޮޕް އެކްސަރސައިޒެއް ބޭއްވުނު. އެ އެކްސަރސައިޒުން ފާހަގަކުރެވުނު ކަންކަން ބަލާ، އެސްއޯޕީތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް އިސްލާހުގެނެވުނު.

- ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުގައި ވަގުތީ އައިސޮލޭޝަން ފެސިލިޓީއެއް ގާއިމު ކުރެވުނު.

ކޯލް ސެންޓަރެއް ގާއިމުކުރެވިގެންދިޔަ

30 ޖެނުއަރީ 2020: -އިމަޖެންސީ އޮޕަރޭޝަން ސެންޓަރެއް މިނިސްޓްރީ އޮފް ހެލްތުގައި ގާއިމު ކުރެވި، މަސައްކަތް ފެށުނު.

- ޑަބްލިއުއެޗްއޯ އިން ކޮވިޑް-19 އަކީ ޕަބްލިކް ހެލްތު އިމަރޖެންސީ އޮފް އިންޓަރނޭޝަނަލް ކޮންސަރންއެއްގެ ގޮތުގައި ކަނޑައެޅި.

- ޗައިނާ އިން އައި މީހަކު ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރިކަމަށް ބެލެވުމުން ފޮނަދޫގައި ގާއިމުކޮށްފައިހުރި އައިސޮލޭޝަން ފެސިލިޓީގައި އައިސޮލޭޓް ކުރެވުނު

- ޓެސްޓު ކުރުމަށް ސާމްޕަލް ނެގުނު، ނަމަވެސް އޭރު ރާއްޖޭގައި ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައެއް ނެތް

(އޭރު އައިސޮލޭޝަން ފެސިލިޓީތައް ގާއިމު ކުރެވިފައި ހުރީ، ފަރުކޮޅު ފުށި އަދި ފޮނަދޫގައި)

31 ޖެނުއަރީ 2020:އަތޮޅު ތެރޭގެ ހެލްތު ފެސިލިޓީތަކަށް ބޭނުންވާ ޕަރސަނަލް ޕްރޮޓެކްޓިވް ގިއަރ ހޭންޑް ސެނިޓައިޒަރ، މާސްކު އަދި ކޮންމެހެން ބޭނުންވާނެ ތަކެތީގެ ލިސްޓު ތައްޔާރު ކުރުމަށްފަހު ކަމާބެހޭ ފަރާތްތަކަށް ފޮނުވުނު

- ބަލީގެ އަލާމާތެއް ނެތް ނަމަވެސް ޗައިނާ އިން ރާއްޖެއައި ދެމީހެއް އައިސޮލޭޓް ކޮށް، ސާމްޕަލް ނެގުނު

- އެދުވަހު ޗައިނާއަށް ދަތުރުކުރިކަމުގެ ހިސްޓްރީ ހުރި ބަލީގެ އަލާމާތްތައް ހުރި ދެމީހެއް އައިސޮލޭޓް ކުރެވުނު

- ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުގެ އެތެރޭގެ ކަންކަން ހަރުދަނާ ކުރުމަށް ވަޒީރުންގެ ކޮމިޓީއެއް އެކުލަވާލާ، މަސައްކަތް ފެށުނު

1 ފެބްރުއަރީ 2020:-ޓެސްޓު ކުރުމަށް ފޮނުވުނު ރާއްޖެއިން ބޭރަށް ފޮނުވުނު ސާމްޕަލްތައް އިންޑިއާގެ ޕޫނޭއަށް ފޮނުވުނު

- ތައިލެންޑުގެ އެފްރިމް ލެބޯޓްރީގައި ރާއްޖެއިން ފޮނުވާ ސާމްޕަލް ޓެސްޓު ކުރުމުގެ ހުއްދައަކަށް ސަރުކާރުން އެދުނު

- ރާއްޖޭގެ ސީނިއަރ ޑޮކްޓަރުންގެ މައްޗަށް އެކުލެވޭ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕެއް އުފައްދާ، އެގްރޫޕްގެ މަޝްވަރާ ނަގަން ފެށުނު

- ޗައިނާ އިން ރާއްޖެ ދަތުރުކުރާ ޑައިރެކްޓް ފްލައިޓުތައް މެދުކަނޑާލަން ނިންމުނު

3 ފެބްރުއަރީ 2020:ޕޫނޭ އަށް ފޮނުވުނު ހުރިހާ ސާމްޕަލްތަކެއް ޓެސްޓު ނަތީޖާ ލިބުނު. ހުރިހާ ނަތީޖާއެއް ނެގެޓިވް.

- ޗައިނާ މަގުން ދަތުރުކުރާ މީހުން ރާއްޖެ ވަނުން މަނާ ކުރުމަށް ރައިސުލްޖުމްހޫރިއްޔާ ނިންމެވި. އަދި ޗައިނާއިން ރާއްޖެ އަންނަ ހުރިހާ ދިވެހިން 14 ދުވަހަށް ކަރަންޓީނު ކުރުމަށް ނިންމުނު

18 ފެބްރުއަރީ 2020:-ޗައިނާގެވުހާންގައި ތިބި ދިވެހިން އިންޑިއާގައި ކަރަންޓީނު ކުރުމަށްފަހު ރާއްޖެ ގެނެވުނު

20 ފެބްރުއަރީ 2020: -އައިޖީއެމްއެޗްގެ ލެބޯޓްރީގައި ބައްޔަށް ޓެސްޓުކުރެވޭނެ ގޮތް ހަމަޖައްސާ 1000 ފަރާތް ޓެސްޓުކުރުމުގެ އިންތިޒާމް ހަމަޖެހިގެންދިޔަ

24 ފެބްރުއަރީ 2020: ކްރޫޒްލައިނަރތައް ރާއްޖެ އައުން ވަގުތީގޮތުން މެދުކަނޑާލެވުނު

3 މާޗް 2020: އެޗްޕީއޭއާއި އެންޑީއެމްއޭ އާ ގުޅިގެން ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރެއް ގާއިމުކުރެވި މަސައްކަތް ފެށުނު

- ކުރިން ހެލްތު މިނިސްޓްރީގައި ގާއިމުކުރެވުނު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ ދަރުބާރުގެއަށް ބަދަލުކުރެވުނު.

- ކޮރެއާގެ ދެ ސަރަހައްދަކުން ދަތުރުފަށާ މީހުންނާއި އެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް މީހުން ދަތުރުކުރުން މެދުކަނޑާލެވުނު

5 މާޗް 2020:އިޓަލީއިން ރާއްޖެ ދަތުރުކުރި މީހެއް ގައިން ބަލީގެ އަލާމާތް ހުރެގެން އެ ބައްޔަށް ޓެސްޓު ކުރެވުނު. އެއީ މި ބައްޔަށް ރާއްޖޭގައި ޓެސްޓު ކުރެވުނު ފުރަތަމަ ފަހަރު. އޭނާގެ ނަތީޖާ ނެގެޓިވް.

7 މާޗް 2020:- ކުރެއްދޫ ރިސޯޓުގައި ތިބި ދެ މީހަކު ޕޮޒިޓިވް ވި.

- އިޓަލީ އިން ރާއްޖެ އަށް ދަތުރުކުރުން މަނާކުރެވުނު

8 މާޗް 2020:ބަތަލާ ރިސޯޓުގައި ތިބި ދެ މީހަކު ބައްޔަށް ޕޮޒިޓިވް ވި

9 މާރޗް 2020 | ހޯމަ 13:01
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮވިޑް-19 އާއިގުޅޭ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު މެންދުރުފަހު

ކޮވިޑް-19 އާއިގުޅޭ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު މެންދުރުފަހު 2:15 ގައި ބޭއްވުމަށް ނިންމައިފި އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ، މިއަދު މެންދުރުފަހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ހާލަތާއި ގުޅޭގޮތުން އެންމެފަހުގެ މައުލޫމާތު ހިއްސާކުރާނެކަމަށެވެ.

9 މާރޗް 2020 | ހޯމަ 12:00
Writer Profile Picture
އަމަން ހަލީމް
2233 ފަރާތަކުން ކޯލް ސެންޓަރުން މައުލޫމާތު ހޯދާފައިވޭ: އަމީން

ކޮވިޑް-19 އާ ގުޅިގެން މައުލޫމާތު ދިނުމަށް ގާއިމްކޮށްފައިވާ ހޮޓްލައިނަށް ގުޅި 2233 ފަރާތަކަށް މައުލޫމާތު ދެވިފައިވާ ކަމަށް ހެލްތް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

އޭގެ އިތުރުން ސަރުކާރުން މިކަމާއި ގުޅިގެން މަނާކުރި ސަރަހައްދުތަކުން އައި މީހުންގެ ތެރެއިން 37 މީހަކު ފޮނުވާލާފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

9 މާރޗް 2020 | ހޯމަ 11:19
Writer Profile Picture
އަމަން ހަލީމް
އަވަސް ނިންމުންތައް ނިންމަން ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއް ވަނީ އެކުލަވާލެވިފައި: އަމީން

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަވަސް ގޮތެއްގައި އެޅުމުގެ ގޮތުން، ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއް އެކުލަވާލެވިފައިވާ ކަމަށް ހެލްތް މިނިސްޓަރ އަމީން ވިދާޅުވެއްޖެއެވެ.

ގައިޑްލައިންތަކާއި އެސްއޯޕީތަކަށް އަމަލުކުރާނެ ގޮތާއި ކަންކަމުގައި އަވަސް ނިންމުންތަކެއް ނިންމުމުގައި ވަޒީރުންގެ މަޖިލީހުގެ ކޮމިޓީން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާ، އެ ކޮމިޓީގެ މަސައްކަތުގެ ތަފްސީލު އަމީން ވަނީ ދެއްވާފައެވެ.

9 މާރޗް 2020 | ހޯމަ 11:14
Writer Profile Picture
އަމަން ހަލީމް
އަމަލު ކުރަމުން މިގެންދަނީ ދުނިޔޭގެ ސިއްހަތާ ބެހޭ ވުޒާރާއިން ދޭ އިރުޝާދާ އެއްގޮތަށް: އަމީން

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަމުން މިގެންދަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ގައިޑްލައިންތަކާއި ދީފައިވާ ލަފައާއި އިރުޝާދާ އެއްގޮތަށް ކަމަށް ހެލްތް މިނިސްޓަރ އަމީން ވިދާޅުވެއްޖެއެވެ.

އަދި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ސަރުކާރުން މިކަމާއި ގުޅިގެން އަޅަމުންގެންދާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ރައްޔިތުންނާ ހިއްސާކުރަމުން ގެންދާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އެ މައުލޫމާތުތައް ރައްޔިތުންނާ ހިއްސާކުރާނެ ކަމުގެ ޔަގީންކަން އަމީން ވަނީ ދެއްވާފައެވެ.

9 މާރޗް 2020 | ހޯމަ 11:11
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19 އާ މެދު ފިޔަވަޅު އަޅާފައިވަނީ ދުރާލާ އެކަމަށް ތައްޔާރުވެގެން- ހެލްތު މިނިސްޓަރ

ކޮވިޑް-19 އާ މެދު ފިޔަވަޅު އަޅާފައިވަނީ ދުރާލާ އެކަމަށް ތައްޔާރުވެގެން ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ. އަމީން މިހެން ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓަރ ރައްޔިތުންގެ މަޖިލީހަށް ދެއްވާ ބަޔާނުގަ އެވެ.

9 މާރޗް 2020 | ހޯމަ 11:08
Writer Profile Picture
އަމަން ހަލީމް
ކޮވިޑް-19 އާ ގުޅިގެން ހެލްތް މިނިސްޓްރު އަމީން މަޖިލީހުގައި ބަޔާނެއް އިއްވަވަނީ

ރައްޔިތުންގެ މަޖިލީހުގައި ބަޔާން އިއްވަވަމުން އަމީން ވިދާޅުވީ، މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ވެސް އެންމެ ފަހުން މި ބަލި އައި ގައުމަކަށް ރާއްޖެ ވެގެން ދިޔައީ، ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއި ގުޅިގެން ކަމަށެވެ.

ކުރިޔަށް އޮތް ތަނުގައި ވެސް ގޮތް ނިންމާނީ ކަމާއިބެހޭ ހުރިހާ އިދާރާތަކާއި މަސްއޫލުވެރިންގެ ލަފައާއި އިރުޝާދާ އެކުގައި ކަމަށެވެ.

9 މާރޗް 2020 | ހޯމަ 11:07
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19 އަށް ޝައްކުކުރެވިގެން ފަރުކޮޅުގައި އެކަހެރިކޮށްފައި ތިބީ 8 މީހުން- އެޗްޕީއޭ

ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް އާއިރު ފަރުކޮޅުގައި 2 މީހަކު ކަރަންޓީނުކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ. އަދި ފަރުކޮޅުގައި އެކަހެރިކޮށްފައި 8 މީހަކު ތިބި ކަމަށް އެޗްޕީއޭއިން ބުނެއެވެ. މިހާތަނަށް ރާއްޖެއިން 4 މީހަކު ވަނީ މިވައިރަސް އަށް ޕޮޒިޓިވްވެފަ އެވެ.

9 މާރޗް 2020 | ހޯމަ 10:48
Writer Profile Picture
އާއިޝަތު ޝިއުރާ
މަރުވި މީހުންގެ އަދަދު 3,830 ށް، ރަނގަޅުވި މީހުންގެ އަދަދު 62,280 އަށް

ކޮވިޑް-19 ޖެހިގެން 3830 މީހުން މަރުވެއްޖެ އެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އާދިއްތަ ދުވަހު މިވައިރަސް ޖެހިގެން މަރުވެފައިވަނީ 22 މީހުންނެވެ. އެއާއެކު ޗައިނާއިން މިވައިރަސްޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 3,119 އަށް އަރާފަ އެވެ. ޗައިނާއިން އިއްޔެ އަލަށް މިވައިރަސް ޖެހިފައިވަނީ 40 މީހުންނަށެވެ. އެއާއެކު އެގައުމުން މިވައިރަސް ޖެހުނު މީހުންގެ އަދަދު 80,735 އަށް ވަނީ އަރާފަ އެވެ.

ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން މީހުން މަރުވެފައިވަނީ އިޓަލީންނެވެ. އެއީ 133 މީހުންނެވެ. އެއާއެކު އެގައުމުން މިވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 366 ށް ވަނީ އަރާފަ އެވެ. އެގައުމުގައި މިވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 7,375 އަށް އަރާފަ އެވެ.

ތިން ވަނަ އަށް އެންމެ ގިނަ މީހުން މަރުވަމުން އަންނަނީ އިރާނުންނެވެ. އިރާނުގައި އާދިއްތަ ދުވަހު ވަނީ 49 މީހުން މަރުވެފަ އެވެ. އެއާއެކު އެގައުމުގައި މިހާތަނަށް މިވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 194 އަށް އަރާފަ އެވެ.

މުޅި ދުނިޔެއިން މިވައިރަސް 110,071 މީހުންނަށް ވަނީ ޖެހިފަ އެވެ. އަދި މިހާތަނަށް މިވައިރަސް ޖެހިގެން 62,280 މީހުން ވަނީ އެއްކޮށް ރަނގަޅުވެފަ އެވެ.

9 މާރޗް 2020 | ހޯމަ 09:20
Writer Profile Picture
ލައިޝާ އަހްމަދު
މިސްރުން ކޮވިޑް-19 ޖެހިގެން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ

މިސްރުން ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިގެން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެއެވެ.

އެ ޤައުމުގެ ސިއްޙަތާ ބެހޭ ވުޒާރާއާ ޙަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުން، މަރުވެފައިވަނީ ޖަރުމަނަށް ނިސްބަތްވާ 60 އަހަރުގެ ފަތުރުވެރިއެކެވެ. އެގޮތުން އޭނާ މަރުވެފައިވަނީ ހޯމަ ދުވަހުގެ ވަގުތެއްގައެވެ.

ރިޕޯޓްތައް ބުނާގޮތުން އޭނާ މިސްރަށް އެތެރެވެފައިވަނީ މީގެ 7 ދުވަސް ކުރިންނެވެ. އެގޮތުން އޭނާ ވައިރަސްއަށް ޕޮޒިޓިވްވީ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ. އަދި މަރުވެފައިވަނީ ބަލީގެ އަލާމަތްތައް ފެނި ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

މިސްރުން މީގެ ކުރިން ވައިރަސްއަށް ޕޮޒިޓިވްވީ އެންމެ 3 މީހުންނެވެ. ނަމަވެސް މިސްރުގެ ނީލަ ކޯރުގައި އޮތް ކްރޫޒް ޝިޕެއްގައި ތިބި ބައެއްގެ ގައިން ކޮވިޑް-19 ފެނުމާއެކު ވައިރަސް ފެތުރި ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 45 އަށް އަރާފައެވެ. އޭގެ ތެރޭގައި އެކި ޤައުމުތަކަށް ނިސްބަތްވާ ފަތުރުވެރިން ތިބިކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުން އެ ކްރޫޒް ޝިޕް މިހާރު އޮތީ ކަރަންޓީން ކޮށްފައެވެ.

އެ ޤައުމުގެ އެންމެ ފަހުގެ މައުލޫމާތުތައް ހާމަކުރަމުން ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އާދިއްތަ ދުވަހު އެކަނިވެސް މިސްރުން ވަނީ 10 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. އެއާއެކު ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 55 އަށް އަރާފައެވެ.

9 މާރޗް 2020 | ހޯމަ 03:24
Writer Profile Picture
ލައިޝާ އަހްމަދު
އިޓަލީއިން 16 މިލިއަނެއްހާ މީހުން ދިރިއުޅޭ ސަރަޙައްދުތައް ލޮކްޑައުންކޮށްފި

އިޓަލީގައި ހަލުވި މިނެއްގައި ކޮވިޑް-19 ފެތުރެމުންދާއިރު، އެ ޤައުމުން ވަނީ ވަރަށް ގިނަ ސަރަޙައްދުތައް ލޮކްޑައުންކޮށްފައެވެ.

އެގޮތުން އިޓަލީގެ އެންމެ މުއްސަނދި އެއް ރީޖަން ކަމަށްވާ ލޮމްބާރޑީއަށް އައުމާއި، ބޭރުވުން މަނާކޮށްފައިވާއިރު، އޭގެ އިތުރުންވެސް 4 ރީޖަންއަކުން 14 ޕްރޮވިންސެއް ވަނީ ލޮކްޑައުންކޮށްފައެވެ.

މީހުން އެއްވެ އުޅުން މަދުކޮށް، ރައްކާތެރިކަމުގެ ގޮތުން އެޅި މި ފިޔަވަޅުގެ ސަބަބުން އެ ޤައުމުގެ 16 މިލިއަނަށްވުރެ ގިނަ މީހުން "ލޮކްޑައުން" ގެ ޙާލަތު އިއުލާނުކޮށްފައިވާ ތަންތަނުގައި ވަނީ ތިބެން ޖެހިފައެވެ.

އިޓަލީއަކީ ޔޫރަޕްގެ ޤައުމުތަކުން މި ވައިރަސް އެންމެ ހަލުވި މިނެއްގައި ފެތުރެމުންދާ ޤައުމެވެ. އެގޮތުން އާދިއްތަ ދުވަހު އެކަނިވެސް ވައިރަސް ޖެހުނު މީހުންގެ އަދަދު އޭގެ ކުރީ ދުވަހަށްވުރެ 24 އިންސައްތަ އިތުރުވެފައިވާއިރު، މަރުވި މީހުންގެ އަދަދު ވަނީ 24 ގަޑިއިރުތެރޭ 57 އިންސައްތައަށް އިތުރުވެފައެވެ.

9 މާރޗް 2020 | ހޯމަ 03:12
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮވިޑް-19: ސައުދީއަރަބިއާގެ ހުރިހާ ސުކޫލުތަކާއި ޔުނިވަރސިޓީތައް ބަންދުކުރަނީ

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ސައުދީއަރަބިއާގެ ހުރިހާ ސުކޫލުތަކާއި ކިޔަވައިދޭ ތަންތަން ބަންދުކުރަން އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ސައުދީގެ ތައުލީމީ ވުޒާރާއާ ޙަވާލާދީ އެ ޤައުމުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުން، ކޮވިޑް-19 އާ ގުޅިގެން އެ ޤައުމުގެ ސުކޫލުތަކާއި ޔުނިވަރސިޓީތަކުގެ އިތުރުން، ކިޔަވައިދޭ ހުރިހާ ތަނެއް މުއްދަތެއް ނެތް ގޮތަށް ބަންދުކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ހޯމަ ދުވަހުން ފެށިގެން ބަންދުކުރާއިރު، އަލުން އެތަންތަން ހުޅުވާނީ ކޮވިޑް-19 ގެ ޙާލަތައް ބެލުމަށްފަހު ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ނިންމުމަކީ އެ ޤައުމުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ނިންމާފައިވާ ނިންމުމެއް ކަމަށް އެ ޤައުމުގެ ތައުލީމާ ބެހޭ ވުޒާރާއިން ބުނެފައިވާއިރު، އެޤައުމުގެ ސަރުކާރުން ވަނީ އެޤައުމުގެ އިރުމަތީ ޕްރޮވިންސްގެ ޤާޠިފް ޞަރަޙައްދު "ލޮކްޑައުން"ކޮށް ކަރަންޓީން ކުުރުމަށްވެސް ނިންމާފައެވެ.

9 މާރޗް 2020 | ހޯމަ 02:17
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ބަތަލާއިން ޓެސްޓުކުރި 2 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ބަތަލާ އައިލެންޑް ރިސޯޓުން ކޮވިޑް-19 އަށް ޓެސްޓުކުރި 2 މީހުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެއެވެ.

އެކަމާ ގުޅޭގޮތުން އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނީ، ބަތަލާ އައިލެންޑް ރިސޯޓުން ޓެސްޓުކުރި 3 މީހުންގެ ތެރެއިން 2 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެކަކު ކޮވިޑް-19 އަށް ނެގަޓިވް ކަމަށެވެ. އެ ތިން މީހުންނަކީވެސް 3 ބިދޭސީންކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެއާއެކު ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 4 އަށް އަރާފައެވެ.

9 މާރޗް 2020 | ހޯމަ 00:56
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ވައިރަސްގެ މައުލޫމާތު އާންމުކުރުމުގައި ޞައްޙަ މައުލޫމާތު ގެނެސްދިނުމަށް އެމްއެމްސީން އިލްތިމާސްކޮށްފި

މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19އާ ގުޅޭ ޚަބަރާއި މަޢުލޫމާތު މީޑިއާތަކުން ގެނެސްދިނުމުގައި ރައްޔިތުންގެ މެދުގައި ޝައްކާއި ބިރުވެރިކަން އުފެދޭ ގޮތަށް އަދި ޙަޤީޤަތާއި ޚިލާފު ދޮގު ޚަބަރާއި މަޢުލޫމާތު ނުގެނެސްދިނުމަށް އެދޭ ކަމަށެވެ. އަދި މި ހައްޞާޞީ ދަނޑިވަޅުގައި ރާއްޖޭގެ މީޑިއާތަކުން ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި ޢަމަލުކުރަމުންދާ ގޮތް އެ ކައުންސިލުން ވިލަރެސް ކުރަމުންދާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން މީޑިއާތަކުގައި ޝާއިއުކުރާ ކޮންޓެންޓަކީ ރާއްޖެއަށް މިހާރު ދިމާވެފައިވާ ޙާލަތާ އެކަށީގެންވާ ކޮންޓެންޓެއް ކަމުގައިނުވާނަމަ، އެކޮންޓެންޓަކާ ގުޅޭގޮތުން އެ މީޑިއާއަކާ ވާހަކަ ދައްކައި، ކައުންސިލުން އަންގާ އެންގުންތަކާ އެއްގޮތަށް ޢަމަލު ނުކުރާ މީޑިއާތަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.

8 މާރޗް 2020 | އާދީއްތަ 23:01
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ވައިރަސް ނުފެތުރި ކޮންޓްރޯލް ކުރެވޭނަކަމުގެ އުންމީދު އެބައޮތް

ކޮވިޑް-19 އަށް ރާއްޖެ އޮތީ ތައްޔާރަށްކަމަށާއި، އެ ވައިރަސް ނުފެތުރި ކޮންޓްރޯލް ކުރެވޭނެ ކަމުގެ އުންމީދު އެބައޮތްކަމަށް ކޮރޯނާވައިރަސްގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާއި ގުޅޭ މަޢުލޫމާތު ޙިއްސާ ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މަބްރޫކް ވިދާޅުވީ، ވައިރަސް ކޮންޓްރޯލް ކުރެވިދާނެ ކަމުގެ އުންމީދު ސަރުކާރުން ކަނޑައިނުލާ ކަމަށެވެ. އަދި އެކަމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ކުރަމުންދާ ކަމަށާއި، ރާއްޖެ ވައިރަސްއަށް ތައްޔާރު ކަމަށް ވިދާޅުވިއެވެ.

8 މާރޗް 2020 | އާދީއްތަ 22:53
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ސަޢުދީއަރަބިއްޔާގެ ޤާޠިފް ޞަރަޙައްދު ކަރަންޓީންކޮށްފި

ސަޢުދީޢަރަބިއްޔާގެ ދައުލަތުގެ މީޑިއާއިން ޚަބަރު ފަތުރާގޮތުގައި، އެޤައުމުގެ ސަރުކާރުން މިއަދު ވަނީ އެޤައުމުގެ އިރުމަތީ ޕްރޮވިންސްގެ ޤާޠިފް ޞަރަޙައްދު "ލޮކްޑައުން"ކޮށް ކަރަންޓީން ކުުރުމަށް ނިންމާފައެވެ.

އަދި މިފަދައިން ސަރުކާރުން ނިންމާފައިވަނީ އެ ޞަރަޙައްދުން 11 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ހިފެހެއްޓުމެއްނެތި ފެތުރިދާނެކަމުގެ ބިރު އޮތުމުންނެވެ.

500،000 މީހުންގެ އާބާދީއެއް އޮންނަ ޤާޠިފް ޞަރަޙައްދުގެ ސަރުކާރު އޮފީސްތަކާއި، ޢާންމު ޚިދުމަތްދެ ތަންތަންވެސް މުއްދަތެއް ނެތްގޮތައް މިހާރު ވަނީ ބަންދުކޮށްފައެވެ. އެހެންނަމަވެސް ވިޔަފާރި ޙަރަކާތްތައް އަދި ހުއްޓުވާފައެއް ނުވެއެވެ.

8 މާރޗް 2020 | އާދީއްތަ 22:11
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އިނގިރޭސި ވިލާތުން މިއަދު އެކަނިވެސް 67 ކޭސް ރިކޯޑުކުރެވުނު

އިނގިރޭސި ވިލާތުގެ ޑިޕާރޓްމަންޓް އޮފް ހެލްތު އެންޑް ސޯޝަލް ކެއަރ އިން ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، އާދީއްތަ ދުވަހު އެކަނިވެސް އެޤައުމުން 67 މީހަކު ނޮވެލް ކޮރޯނާވައިރަސް(ކޮވިޑް-19)އަށް ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު އެޤައުމުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 273 އަށް އަރާފައެވެ.

އިނގިރޭސި ވިލާތުގައި މި ވައިރަސްޖެހިގެން ފަރުވާ ދެމުންދަނިކޮށް 2 މީހަކު ވަނީ މަރުވެފައެވެ.

8 މާރޗް 2020 | އާދީއްތަ 22:03
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ފަރުކޮޅުފުށީގައި މިވަގުތު 8 މީހުން އެބަތިބި

ކޮވިޑް-19 އާއި ބޭހޭ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ސަރުކާރުން މިހާރު ދަރުބާރުގޭގައި ކުރިޔަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ އަމީން ވިދާޅުވީ، ފަރުކޮޅުފުށީގައި މިވަގުތު 8 މީހުން އެބަތިބި ކަމަށާއި، އޭގެ ތެރެއިން 2 މީހުން ކަރަންޓީންކޮށްފައިވާ ކަމަށެވެ.

އަދި ކުރެއްދޫގައި ކޮޓަރިތަކުގައި 93 މީހުން އެކަހެރިކޮށް ބައިތިއްބާފައި ތިބި ކަމަށާއި،އިތުރު 80 މީހުން އެ ރިސޯޓުން ޓްރޭސް ކުރަމުންދާކަމަށެވެ.

މީގެ އިތުރުން ބަޠަލާ ރިސޯޓުގައި ކޮޓަރިތަކުގައި ކަރަންޓީންކޮށްފައި 11 މީހުން އެބަތިބި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

8 މާރޗް 2020 | އާދީއްތަ 21:27
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: މިހާތަނަށް 24 ފަރާތެއް ޓެސްޓުކޮށްފައިވޭ

ކޮވިޑް-19 އާއި ބޭހޭ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ސަރުކާރުން މިހާރު ދަރުބާރުގޭގައި ކުރިޔަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ އަމީން ވިދާޅުވީ، މިހާތަނަށް 24 މީހުން ކޮވިޑް-19 އަށް ޓެސްޓްކޮށްފައިވާއިރު، 20 މީހުން ނެގެޓިވްވެފައިވާކަމަށެވެ. އަދި 2 މީހުން ޕޮޒިޓިވްވެފައިވާއިރު، ބާކީ ދެމީހުންގެ ޓެސްޓުގެ ނަތީޖާ ނުލިބޭ ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

8 މާރޗް 2020 | އާދީއްތަ 21:24
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ސަރުކާރުގެ ވިސްނުމަކީ ޞައްޙަ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުން

ކޮވިޑް-19 އާއި ބޭހޭ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ސަރުކާރުން މިހާރު ދަރުބާރުގޭގައި ކުރިޔަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ގެ ތަރުޖަމާނު، މަބްރޫކް ވިދާޅުވީ، ސަރުކަރުގެ ވިސްނުމަކީ ވީ އެންމެ އަވަހަށް ޞައްޙަ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން ރައްޔިތުންނާއި މަޢުލޫމާތުތައް ޙިއްސާކުުރުމަށް ދުވާލަކު މަދުވެގެން ދެ ބައްދަލުވުން ބާއްވާނެކަމަށް މަބްރޫކް ވިދާޅުވިއެވެ. މީގެ އިތުރުން ހެލްތު މިނިސްޓްރީއާއި، އެޗްޕީއޭގެ ވެބްސައިޓް މެދުވެރިކޮށް މަޢުލޫމާތު ވަގުތުން ވަގުތައް ހާމަކުރަމުން ގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

8 މާރޗް 2020 | އާދީއްތަ 21:20
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19 ގެ އަލާމާތެއް ހުރިނަމަ ޖަމާއަތަށް ނަމާދަށް ނުދިޔުމަށް އަންގައިފި

ކޮވިޑް-19 ރާއްޖެއިން ފެނިފައިވުމާއި، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން މިވައިރަސްގެ އަލާމާތެއް ހުރިނަމަ އެމީހަކު މިސްކިތަށް ޖަމާޢަތަށް ނުދިޔުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

އެމިނިސްޓްރީން އެކަން ހާމަކޮށް ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިވައިރަސްގެ އަލާމާތްތައް ކަމަށްބެލެވޭ ހުން އައުމާއި، ކެއްސާ ކިނބިހި އެޅުމާއި ، ކަރަންޓީނު ކޮށްފައިވާ ރަށަކަށް އަރާފައިވާ މީހުން ، އާންމުން އެއްވެ އުޅޭ ޖަމާޢަތްތަކުގެ ތެރެއަށް ނިކުމެ ނޫޅުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތުގެ ޖަމާޢަތަށް ކުޑަކުދިންނާއި މުސްކުޅިން ނުދިޔުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

8 މާރޗް 2020 | އާދީއްތަ 21:06
Writer Profile Picture
ސިމާހާ ނަސީމް
ކޮވިޑް-19 އަށް ޝައްކުކުރެވޭ މީހެއް ށ. ފޯކައިދޫ އިން ކަރަންޓީން ކުރުމަށް ގެންނަނީ

ކޮވިޑް19އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި ދިވެއްސެއް ށ. ފޯކައިދޫއިން ފަރުކޮޅުފުއްޓަށް މޮނިޓަރކޮށް، ޓެސްޓު ހެދުމަށް ގެނައުމުގެ މަސައްކަތް ކުރަމުންދަނީ. މި މީހާ އަކީ ކުރެއްދޫ ރިސޯޓްގެ މުވައްޒިފެއް. މިކަމުގެ އިތުރު މައުލޫމާތު ޙިއްސާ ކުރަމުންދާނެ ކަމަށް އެޗްޕީއޭ އިން ބުނޭ

8 މާރޗް 2020 | އާދީއްތަ 21:03
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ޖަޕާނުން އިތުރު 47 މީހުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެ

ޖަޕާނު ސަރުކާރުގެ އިސް މަސްއޫލުވެރިންނާއި ޙަވާލާދީ ބޭރުގެ މިޑިއާތަކުން ޚަބަރުފަތުރާގޮތުގައި، މިއަދު އެކަނިވެސް 47 މީހުން ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. މިއާއެކު، އެޤައުމުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 1،151 އަށް އަރާފައެވެ. މީގެ ތެެރެއިން 696 މީހުންނަކީ ކްރޫސްލައިނަރ "ޑައިމަންޑް ޕްރިންސެސް" ގައި ދަތުރުކުރި މީހުންނެވެ.

8 މާރޗް 2020 | އާދީއްތަ 19:39
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އިންޑިއާގެ ކެރަލާ ސްޓޭޓުން 5 މީހަކު ވައިރަސްއަށް ޕޮޒިޓިވް ވެއްޖެ

ދިވެހިން ޢާންމުކޮށް ގޮސް އުޅޭ އިންޑިއާގެ ކެރަލާ ސްޓޭޓުން 5 މީހަކު ނޮވެލް ކޮރޯނާވައިރަސް( ކޮވިޑް-19) އަށް ޕޮޒިޓިވްވެއްޖެއެވެ.

ކެރަލާ ސްޓޭޓުގެ އިސް މަސްއޫލުވެރިންނާއި ޙަވާލާދީ އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، ޕޮޒިޓިވްވި މީހުންގެ ތެރެއިން 3 މީހުންނަކީ އަމިއްލަ ބޭނުމުގައި އިޓަލީއަށް ދަތުރުކޮށްފައި އެނބުރި އައި މީހުންނެވެ. އަނެއް 2 މީހުންނަކީ ޢާއިޅި ގޮތުން އެމީހުންނާއި ގުޅުން އޮންނަ ދެމީހުން ކަމަށެވެ. އިޓަލީއަށް ފަހު އިންޑިއާއަށް އައުމުގެ ކުރިން މި 3 މީހުން ދޯހާއަށާއި، ޤަތަރައްވެސް ވަނީ ދަތުރުކޮށްފައެވެ. އަދި އެނބުރި ކޮޗިން އެއަރޕޯޓަށް އައިސްފައިވަނީ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހު ކަމަށާއި، އެއަށްފަހު އެމީހުން ދަތުރުކުރި ތަންތަނުގެ ތަފުޞީލު އަދި ހާމަކޮށްފައި ނުވާކަމަށް އިންޑިއާގެ ރިޕޯޓުތައް ބުނެއެވެ. މި 3 މީހުންނަށް ވައިރަސް ޖެހިފައިވާކަން ހާމަވެފައިވަނީ އާއިލާގެ ދެމީހުން ހުން އައިސްގެން ޑޮކްޓަރަށް ދއްކި ހިސާބުން، ހޮސްޕިޓަލުން ހޯދި މަޢުލޫމާތުގެ އަލީގައެވެ.

މި 5 މީހުން މިހާރު ކަރަންޓީންކޮށްގެން ފަރުވާދެމުންދާއިރު، މި 2 މީހުން ދަތުރުކުރި ޤަތަރު އެއަރވޭސްގެ ފްލައިޓް ކިއުއާރް126 އާއި ކިއުއާރް514 އިން ދޯހާއަށާއި ކޮޗިންއަށް ދަތުރުކުރި މީހުން އަވަހަށް ކަމާއި ބެހޭ ފަރާތްތަކައް ރިޕޯޓުކުރުމަށް ކެރަލާ މައިސަރުކާރުން ވަނީ އިޢުލާންކޮށްފައެވެ.

ކެރަކާ ސިޓީން ވައިރަސްއަށް އަލަށް ޕޮޒިޓިވްވީ މީހުންނާއެކު، އިންޑިއާގައި މިހާރު ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 39 އަށް އަރާފައެވެ.

8 މާރޗް 2020 | އާދީއްތަ 19:19
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އުމުރުން 100 އަހަރުގެ މީހަކު ފަރުވާދީގެން ރަނގަޅުވެއްޖެ

ޗައިނާގެ ޝިންހުއާ ނިއުސް އޭޖެންސީން ރިޕޯޓުކުރާގޮތުގައި، ނޮވެލް ކޮރޯނާވައިރަސް ޖެހުނު އުމުރުން 100 އަހަރުގެ މީހަކު ފަރުވާދިނުމަށް ފަހު ހޮނިހިރު ދުވަހު ވަނީ ގެއަށް ދޫކޮށްލާފައެވެ. މިއީ މިހާތަނަށް އައިއިރު ވައިރަސް ޖެހުނު މިހުންގެ ތެރެއިން ރަނގަޅުވެގެން ގެއަށް ދޫކޮށްލި އެންމެ ދޮށީ އުމުރުގެ މީހާއެވެ.

1920 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޗައިނާއަށް އުފަންވީ މިމީހާ ވައިރަސްއަށް ޕޮޒިޓިވްވެގެން ފަރުވާ ދޭން ފެށި ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހެވެ. އޭނާއަކީ، މީގެކުރިން ލޭމައްޗަށް ދިއުމާއި، ހިތުގެ ބައްޔަކަށް ފަރުވާ ހޯދަމުން އައިމީހެކެވެ.

ހުބެއި ޕްރޮވިންސްގެ މެޓަރނިޓީ އެންޑް ޗައިލްޑް ހެލްތު ކެއަރ ހޮސްޕިޓަލުން ފަރުވާ ހޯދި މިމީހާއާއެކު އިތުރު 80 މީހުން މިއަދު ވަނީ ފަރުވާއަށް ފަހު ގެއަށް ދޫކޮށްލާފައެވެ.

8 މާރޗް 2020 | އާދީއްތަ 19:05