ކޮވިޑް-19: އެންމެ ފަހުގެ

19,061,159
  • އަންނަ ހަފްތާގައިވެސް ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތައް ބަންދުވާނެ!
  • އިންޓަނެޓް އަގު ހެޔޮކުރަން ސަރުކާރުން ބޭނުންވާ ގޮތް ރައީސް ސޯލިހް ކުންފުނިތަކަށް ހުށަހަޅައިފި
  • އުރީދޫ މޯލްޑިވްސްގެ ސުޕަރނެޓް ކަސްޓަމަރުންނަށް ދުވާލަކު 5 ޖީބީ ޑޭޓާ ހިލޭ ލިބޭ އޮފަރއެއް
 
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އަންނަ ހަފްތާގައިވެސް ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތައް ބަންދުވާނެ!

އަންނަ ހަފްތާގައިވެސް ސަރުކާރުގެ އޮފީސްތައް ނުހުޅުއްވުމަށާއި، ސްކޫލްތައް ބަންދުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

31 މާރޗް 2020 | އަންގާރަ 20:36
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އިންޓަނެޓް އަގު ހެޔޮކުރަން ސަރުކާރުން ބޭނުންވާ ގޮތް ރައީސް ސޯލިހް ކުންފުނިތަކަށް ހުށަހަޅައިފި

ރައީސް އޮފީހުން ބުނީ ސަރުކާރާއި ސްކޫލްތައް ބަންދުކުރެއްވުމާއި، ޟަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންނަށް އެންގެވުމަކީ، ކޯވިޑް-19 ބައްޔާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިސްނެންގެވުމާއެކު ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެކަކު އަނެކަކާއި ދެމެދު ދުރުމިނެއް ބެހެއްޓުމުގެ މަޤްޞަދުގައި އަޅުއްވާފައިވާ ފިޔަވަޅުތަކަކަށް ވީހިނދު، މި ފިޔަވަޅުތަކަށް އަމަލުކުރުމުގައި ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަށް ލުއިތަކެއް ހޯދައިދިނުމަށް ސަރުކާރުން ގެންދަނީ މަސައްކަތްތަކެއް ކުރަމުންކަމަށެވެ.

31 މާރޗް 2020 | އަންގާރަ 18:12
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އުރީދޫ މޯލްޑިވްސްގެ ސުޕަރނެޓް ކަސްޓަމަރުންނަށް ދުވާލަކު 5 ޖީބީ ޑޭޓާ ހިލޭ ލިބޭ އޮފަރއެއް

ކޯވިޑް-19 އާއި ގުޅިގެން އުރީދޫ މޯލްޑިވްސްގެ ސުޕަރނެޓް ކަސްޓަމަރުންނަށް ދުވާލަކު 5 ޖީބީ ޑޭޓާ ހިލޭ ލިބޭ އޮފަރ އެއް އިއުލާންކޮށްފި އެވެ.

އުރީދޫން ބުނީ ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޯވިޑް-19 އާއި ގުޅިގެން އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ދިމާވެފައިކަމަށާއި، ގޭގައި ތިބެގެން މަސައްކަތް ކުރުމަށާއި، އިންޓަނެޓް މެދުވެރިކޮށް ކުދިންގެ ކިޔެވުން ކުރިއަށް ގެންދިޔުމަށްވެސް ވަނީ މަޖުބޫރުވެފައިކަމަށެވެ. މި ދަތިތަކަށް ލުއިކަމެއް ގެނެސްދީ، ގައިދުރުކަން ބަހައްޓާ، ގޭގައި ތިބުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުން ނަންގަވާފައިވާ އިސްނެގުމާއި އެއްގޮތުގެމަތިން، އުރީދޫ މޯލްޑިވްސްގެ ސުޕަރނެޓް ކަސްޓަމަރުން ނަންގަވައިފައިވާ ޕްލޭންއަށް ހަމަޖެހިފައިވާ ޑޭޓާ ހަމަވުމުން، ދުވާލަކަށް 5 ޖީބީ ޑޭޓާ މުޅިން ހިލޭ ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކޯވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން، ދިވެހި ސަރުކާރާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުގެ މަތިން، މި އޮފަރ ތައާރަފް ކުރެވިފައި ވަނީ އާދައިގެ މަތިން ޑޭޓާ ބޭނުންކުރާވަރަށްވުރެ ގިނައިން ޑޭޓާ ބޭނުންކުރަންޖެހިފައި ވުމާއެކު، އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދެއްވާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ޞާލިހު ވެފައިވާ އެދިލެއްވުމަކަށެވެ.
އުރީދޫ މޯލްޑިވްސް
31 މާރޗް 2020 | އަންގާރަ 18:05
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ސަފާރީތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން މުޒާހަރާ ކުރަނީ!

ހުޅުމާލޭގެ ސަފާރީތަކުގައި ތިބި ފަރާތްތައް ޖެޓީ ކައިރިއަށް ޑިންގީތަކުގައި އެއްވެ އިހުތިޖާޖުކުރަން ފަށައިފިއެވެ.

ހުޅުމާލޭ ސަރަހައްދުގައި ބަނދަރުކޮށްފައިވާ ސަފާރީތަކުގައި މަސައްކަތް ކުރާ މީހުން ޑިންގީއެއްގައި އައިސް ބަނދަރުމަތީގައި މުޒާހަރާ ކުރަމުންދާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާ ދަނޑިވަޅެއްގައި، މޯލްޑިވިސް ޕޮލިސް ސަރވިސް އިންވެސް ވަނީ ބަޔާނެއް ނެރެފައެވެ.

އެގޮތުން ފުލުހުން ބުނެފައިވަނީ، ރާއްޖޭގެ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައި، ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތްގެ އެންގެވުމާއި ހިލާފަށް ބައެއް ސަފާރީތަކުގައި މަސައްކަތް ކުރާ މީހުން މުޒާހަރާކުރަމުން ދާކަމަށެވެ. ނަމަވެސް، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެއްވުންތައް ބޭއްވުމުގެ ފުރުސަތު ނުދިނުމަށް މޯލްޑިވިސް ޕޮލިސް ސާރވިސް އިން ވަނީ ނިންމާފައެވެ.

31 މާރޗް 2020 | އަންގާރަ 18:03
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮވިޑް-19: ބެލަރުސް އިން ފުރަތަމަ ފަހަރަށް މީހަކު ވައިރަސް ޖެހިގެން މަރުވެއްޖެ

ބެލަރުސް އިން ފުރަތަމަ ފަހަރަށް މީހަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެއެވެ.

ބެލަރުސްގެ ރައީސް އެލެކްޒޭޭންޑަރ އަންގާރަ ދުވަހު ވިދާޅުވި ގޮތުގައި ކޮވިޑް-19 ޖެހިގެން ފަރުވާދެމުްނދިޔަ މީހަކު ވަނީ މަރުވެފައެވެ. އަދި މިއީ މި ވައިރަސް ޖެހިގެން މަރުވި ފުރަތަމަ މީހާ ކަމަށެވެ.

ބައެއް މީޑިއާތަކުގައި ރިޕޯޓުކުރާ ގޮތުގައި މަރުވެފައިވަނީ ބެލަރުސްގެ 75 އަހަރުގެ އެކްޓަރެކެވެ. އަދި އެމީހާ އަކީ އެހެން ބަލި ތަކަށް ވެސް މީގެކުރިން ފަރުވާހޯދަމުން ދިޔަ މީހެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވެފައިވަނީ އެމީހާގެ އަންހެނުންނާއި ދަރިފުޅުގެ ސިއްހަތު ރަނގަޅު ކަމަށެވެ.

ރައީސް އެލެކްޒޭޭންޑަރ ވިދާޅުވިގޮތުގައި އެމީހާއަކީ ނިއުމޯނިއާގެ ސިވިއަރ ކޭސްއެއް ކަމަށާއި އެމީހާ އޮތީ މަރުވުމާ ހަމަޔަށް ވެންޓިލޭޓަރު ގައި ކަމަށެވެ.

31 މާރޗް 2020 | އަންގާރަ 18:02
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 8 ލައްކައަށްވުރެ މައްޗަށް!

މިހާރު ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 8 ލައްކައަށްވުރެ މައްޗަށް އަރައިފިއެވެ.

އަންގާރު ދުވަހުގެ 17:00 އާ ހަމައަށް ބަލާއިރު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 801،398 އަށް އަރާފައެވެ. އަދި މި ބަލި ޖެހިގެން 38،869 މަރުވެފައިވާއިރު، ބަލި ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު އުޅެނީ 174،576 ގައެވެ.

މި ބަލި ދުނިޔޭގެ 204 ސަރަހައްދަކުން ފެނިފައިވާއިރު މިހާތަނަށް މި ބަލީގެ އެންމެ ގިނަ ކޭސްފެނިފައިވަނީ އެމެެރިކާއިންނެވެ. އެމެރިކާގައި 164،670 މީހުންނަށް މި ބަލި ޖެހިފައިވާއިރު 3،180 މީހުން ބަލީގައި މަރުވެފައިވެއެވެ. އަދި މި ބަލި ޖެހުނު 5،945 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

ދެވަނައަށް މި ބަލީގެ އެންމެ ގިނަ ކޭސްތައް ރިޕޯޓުކުރެވިފައިވަނީ އިޓަލީއިންނެވެ. އިޓަލީގައި 101،991 މީހުން ވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު މި ބަލި ޖެހިގެން 11،660 މީހުން އެގައުމުން މަރުވެފައިވެއެވެ. އަދި އެގައުމުގައި 14،620 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

ތިންވަނަ އަށް ކޮވިޑް-19 ގެ އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައިވަނީ ސްޕެއިން އިންނެވެ. އެގޮތުން ސްޕެއިންގެ 94،417 މީހަކަށް މި ބަލި ޖެހުނުއިރު މި ބަލީގައި 8،189 މީހުން މަރުވެފައިވެއެވެ. އަދި އެގައުމުގައި 19،259 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

މި ބަލި އެންމެ ފުރަތަމަ ފެނުނު ކަމަށް ބުނާ ޗައިނާއިން މިހާތަނަށް 81،524 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެއެވެ. ޗައިނާގައި ބަލި ޖެހުނު މީހުންގެ ތެރެއިން 76،060 މީހުން ވަނީ ބަލި އެއްކޮށް ފަސޭހަވެ، ދޫކޮށްލާފައެވެ. ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 3،305 މީހުން ވަނީ ބަލީގައި މަރުވެފައެވެ.

31 މާރޗް 2020 | އަންގާރަ 16:38
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 ގެ ބިރަށް ބިދޭސީން އެތެރެކުރުން އިންޑޮނޭޝިޔާއިން މަނާކުރަނީ

ކޮވިޑް-19 ގެ ނުރައްކާބޮޑުވަމުންދާތީ އިންޑޮނޭޝިޔާއަށް ބިދޭސީން ވަނުން މަނާކުރުމަށް އެޤައުމުގެ ސަރުކާރުން މަނާކޮށްފިއެވެ.

31 މާރޗް 2020 | އަންގާރަ 16:07
Writer Profile Picture
ޒިހްނަތު ހަސަން
"ލޮކް ޑައުން" ގެ ޙާލަތު ވަރުގަދަކުރަން ޖެހިދާނެކަމުގެ އިންޒާރު އިނގިރޭސި ސަރުކާރުން ދީފި

ކޮވިޑް-19ގެ ނުރައްކަލާއި ގުޅިގެން އިނގިރޭސިވިލާތުން ވަނީ މިހިނގާ މާރޗުމަހުގެ 23 ވަނަ ދުވަހު މެދުމިނެއްގެ ލޮކްޑައުން އިޢުލާނުކޮށްފައެވެ.

31 މާރޗް 2020 | އަންގާރަ 15:38
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ކާގޯގެ ގޮތުގައި ލަންކާއަށް ފޮނުވޭނީ ލަންކާއިން ލިބެންނެތް ޒަރޫރީ ތަކެތި: ފޮރިން މިނިސްޓްރީ

ކާގޯގެ ގޮތުގައި ފޮނުވޭނީ ސްރީލަންކާއިން ލިބެންނެތް ބޭހެއް ނުވަތަ އެހެނިހެންވެސް ޒަރޫރީ ކަމެއްގައި ފޮނުވާ ތަކެތި ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

31 މާރޗް 2020 | އަންގާރަ 14:54
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ވައިރަސްއަށް ޝައްކުކުރެވިގެން އައްޑޫން ސާމްޕަލް ނެގި 3 މީހުން ނެގެޓިވް

ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން އަޑޫ ސިޓީން ސާމްޕަލް ނެގި މީހުންގެ ޓެސްޓުގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.

31 މާރޗް 2020 | އަންގާރަ 14:50
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19:ވެކްސިންއެއް އުފައްދަން އެމެރިކާއިން ކުރަމުންދާ މަސައްކަތުގައި ބޮޑު ދެކުންފުޏަކުން ބައިވެރިވެއްޖެ

ކޮވިޑް-19ގެ ވެކްސިންއެއް އުފެއްދަން އެމެރިކާއިން ކުރަމުންދާ މަސައްކަތުގައި ބޮޑު ދެކުންފުޏަކުން ބައިވެރިވެއްޖެއެވެ.

31 މާރޗް 2020 | އަންގާރަ 13:49
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާގެ މިންވަރު އިތުރުކޮށްފި

ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާގެ މިންވަރު ކުރިއަށްވުރެ އިތުރުކޮށްފިއެވެ.

31 މާރޗް 2020 | އަންގާރަ 13:43
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 ގެ މައުލޫމާތު ހާމަކުރުމަށް އާދައިގެ މަތިން މެންދުރުފަހު ބާއްވާ ޕްރެސް މިއަދު ނޯންނާނެ

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕިއޭ) ބުނީ، އާދައިގެ މަތިން ކޮންމެ ދުވަހަކުވެސް މެންދުރުފަހު 02:30ގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުން މިއަދު ނޯންނާނެކަމަށެވެ. ދަރުބާރުގޭގައި ސަރުކާރުން ޤާއިމުކޮށްފައިވާ ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކޮވިޑް-19 ގެ ޓާސްކް ފޯރސްއިން މަދުވެގެން ދުވާލަަކު ދެފަހަރު ޕްރެސް ބާއްވައެވެ. ޢާންމުކޮށް ބާއްވަމުން އަންނަނީ މެންދުރުފަހު 02:30 އަދި ރޭގަނޑު 0900 ގައެވެ.

މިއަދުގެ މެންދުރުފަހު ބައްދަލުވުން ކެންސަލްކުރިނަމަވެސް ކެންސަލްކުރި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

އެޗްޕީއޭއިން ބުނީ ދެން ޕްރެސް އޮންނާނީ މިރޭ 0900 ޖަހާއިރު ކަމަށެވެ.

31 މާރޗް 2020 | އަންގާރަ 13:20
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ޖަޕާނުގެ މަޝްހޫރު ކޮމީޑިއަން ކެން ޝިމުރާ ވައިރަސް ޖެހިގެން މަރުވެއްޖެ

ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދި ހެއްވާ މަޖާ ރޯލުތަކުން މަޤުބޫލުކަން ހޯދި ޖަޕާނުގެ ކޮމީޑިއަން ކެން ޝިމުރާ ކޮވިޑް-19 ޖެހިގެން މަރުވެއްޖެއެވެ.

31 މާރޗް 2020 | އަންގާރަ 12:40
Writer Profile Picture
ޒިހްނަތު ހަސަން
އިންޑިއާގައި ހުރި ރާއްޖޭގެ ބޭހުގެ ޝިޕްމެންޓުތައް އިންޑިއާ އަސްކަރިއްޔާގެ އެހީގައި ގެންނަނީ

ކޮވިޑް-19 އާ ގުޅިގެން އިންޑިއާއިން ރާއްޖެއަށް ނުގެނެވިހުރި ބޭހުގެ ޝިޕްމެންޓުތައް އިންޑިއަން އެއަރފޯސްގެ މަތިންދާބޯޓެއްގައި ބުރާސްފަތި ދުވަހު ރާއްޖެއަށް ގެނެވޭނެ ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ބުނެފިއެވެ.

31 މާރޗް 2020 | އަންގާރަ 12:29
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ތައިލޭންޑުން މިއަދު އެކަނިވެސް 127 ކޭސް، 1 މަރު

ތައިލޭންޑުން އިތުރު 127 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

31 މާރޗް 2020 | އަންގާރަ 12:24
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އެއަރ ކެނެޑާގެ އޮޕަރޭޝަންތައް 90 އިންސައްތަ ދަށް ކުރުމަށް ނިންމައިފި

ކޮވިޑް-19އާ ގުޅިގެން އެއަރ ކެނެޑާގެ އޮޕަރޭޝަންތައް 90 އިންސައްތަ ދަށް ކުރުމަށް ނިންމައިފިއެވެ.

31 މާރޗް 2020 | އަންގާރަ 12:24
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: މިވަގުތު ރާއްޖޭގައި ހުރީ 97 ވެންޓިލޭޓަރު: މަބްރޫކް

ރާއްޖޭގައި މިވަގުތު ހުރީ 97 ވެންޓިލޭޓަރު ކަމަށް ކޮވިޑް-19 ޓާސްކްފޯސްގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

31 މާރޗް 2020 | އަންގާރަ 11:28
Writer Profile Picture
ޒިހްނަތު ހަސަން
އެކި ރިސޯޓުތަކުން މުސާރަ ނުލިބޭގޮތަށް 11،000 މުވައްޒަފުން ފޮނުވާލާފައިވޭ: ޓީމް

ރާއްޖޭގެ އެކި ރިސޯޓުތަކުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ ތެރެއިން މިހާތަނަށް 11،000 އެއްހާ މުވައްޒަފުން މުސާރަ ނުލިބޭގޮތަށް ފޮނުވާލާފައިވާ ކަމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އިން ބުނެފިއެވެ.

31 މާރޗް 2020 | އަންގާރަ 11:14
Writer Profile Picture
ޒިހްނަތު ހަސަން
ކޮންމެ ހަފުތާއެއްގެ އާދިއްތާ ދުވަހު ލަންކާއަށް ކާގޯފްލައިޓް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައި: ފޮރިން މިނިސްޓްރީ

ކޮންމެ ހަފުތާއެއްގެ އާދިއްތާ ދުވަހު ސްރީލަންކާއަށް ކާގޯފްލައިޓް ދަތުރުކުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ބުނެފިއެވެ.

31 މާރޗް 2020 | އަންގާރަ 11:04
Writer Profile Picture
ޒިހްނަތު ހަސަން
އައްޑޫސިޓީގައި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމުގެ މަސައްކަތް ފަށައިފި

އައްޑޫސިޓީގެ ފުޑް ސެކިއުރިޓީ ޔަޤީންކުރުމުގެގޮތުން، ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

31 މާރޗް 2020 | އަންގާރަ 11:00
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އޮސްޓްރޭލިޔާގައި ވައިރަސް ފެތުރޭ މިންވަރު އެއްވަރެއްގަ ހިފެހެއްޓިފައި

އޮސްޓްރޭލިއާގައި ކޮވިޑް-19 ފެތުރެމުންދާ މިންވަރު އެއްވަރެއްގައި ހިފެހެއްޓި، ވައިރަސް ފެތުރޭ މިންވަރު ދަށްކަމަށް އެޤައުމުން ރިޕޯޓުކޮށްފިއެވެ.

31 މާރޗް 2020 | އަންގާރަ 10:56
Writer Profile Picture
ޒިހްނަތު ހަސަން
ފާއިތުވި 24 ގަޑިއިރު އެންމެ ގިނަ މީހުން މަރުވީ ސްޕެއިނުން

ކޮވިޑް-19 ޖެހިގެން ފާއިތުވި 24 ގަޑިއިރު އެންމެ ގިނަ މީހުން މަރުވެފައިވަނީ ސްޕެއިނުންކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

31 މާރޗް 2020 | އަންގާރަ 10:55
Writer Profile Picture
ޒިހްނަތު ހަސަން
އަނެއްކާވެސް ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ހެލްތު ޕްރޮޓެކްޗަން އޭޖެންސީން ބުނާގޮތުގައި، ރޯޔަލް އައިލެންޑް ރިސޯޓުގައި ކަރަންޓީނު ކޮށްފައިވާ ދިވެއްސެއްގެ ފަރާތުން#ކޯވިޑް19ގެ އަލާމާތްތައް ފެނިގެން ސާމްޕަލް ނަގައި ހެދި ޓެސްޓުގެ ނަތީޖާ ވަނީ ޕޮޒިޓިވްވެފައެވެ. އެއީ، އިނގިރޭސި ވިލާތުން އެނބުރި އައި މީހެއްކަމަށް އެޗްޕީއޭއިން ބުނެއެވެ.

31 މާރޗް 2020 | އަންގާރަ 10:38
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: މިޔަންމާއިން ފުރަތަމަ ފަހަރަށް މީހަކު ވައިރަސް ޖެހިގެން މަރުވެއްޖެ

އިރުމަތީ އޭޝިޔާގެ ޤައުމެއްކަމަށްވާ މިޔަންމާއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހަކު މަރުވެއްޖެއެވެ.

31 މާރޗް 2020 | އަންގާރަ 10:03