ކޮވިޑް-19: އެންމެ ފަހުގެ

19,057,037
  • ކޮވިޑް-19: އޮލިމްޕިކް މާސޭގެ ކުރީގެ ރައީސް ޕަޕޭ ޑިއޫފް ނިޔާވެއްޖެ
  • ޕަބްލިކް ހެލްތުން އެދޭނަމަ މިހުރީ ޓެސްޓް ކުރަން ވަރަށް ބޮޑަށް ތައްޔާރަށް: ރައީސް ނަޝީދު
  • ކޮވިޑް-19: އިހަށް ނުވި ރައްކަލެއް ފަހަކުން ނުވެވޭނެ!
 
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: އޮލިމްޕިކް މާސޭގެ ކުރީގެ ރައީސް ޕަޕޭ ޑިއޫފް ނިޔާވެއްޖެ

ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިގެން ފްރާންސްގެ އޮލިމްޕިކް މާސޭގެ ކުރީގެ ރައީސް ޕަޕޭ ޑިއޫފް ނިޔާވެއްޖެ އެވެ.

ޑިއޫފް ނިޔާވިކަން މާސޭއިން ވަނީ ޔަގީންކޮށްދީފައެވެ. އުމުރުން 68 އަހަރުގެ ޑިއޫފް ނިޔާވީ ކޮވިޑް-19 ޖެހިގެން އޭނާގެ އުފަން ގައުމު ކަމަށްވާ ސެނެގާލްގެ ހޮސްޕިޓަލަކު ފަރުވާދެމުން ދަނިކޮށެވެ. ރިޕޯޓުތައް ބުނާ ގޮތުން ޑިއޫފްގެ ހާލު ގޯސްވުމުން އިތުރު ފަރުވާއަށް އޭނާ ފްރާންސަށް ގެންދިޔުމަށް މަސައްކަތްކުރިއެވެ. އެކަމަކު އޭގެކުރިން އޭނާ ވަނީ ނިޔާވެފައެވެ.

1 އޭޕްރިލް 2020 | ބުދަ 12:44
Writer Profile Picture
ޒިހްނަތު ހަސަން
ޕަބްލިކް ހެލްތުން އެދޭނަމަ މިހުރީ ޓެސްޓް ކުރަން ވަރަށް ބޮޑަށް ތައްޔާރަށް: ރައީސް ނަޝީދު

މިދިޔަ މަރޗް މަހުގެ 11 އިން 14 އަށް އިނގިރޭސިވިލާތަށް ދަތުރުފުޅެއް ކުރައްވާފައިވާނެ ކަަމަށާއި އެހެންކަމުން ޕަބްލިކް ހެލްތުން އެދޭނަމަ ކޮވިޑް-19 އަށް ޓެސްޓް ކުރެއްވުމަށް މިހުރީ ވަރަށް ބޮޑަށް ތައްޔާރަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

1 އޭޕްރިލް 2020 | ބުދަ 12:13
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އިހަށް ނުވި ރައްކަލެއް ފަހަކުން ނުވެވޭނެ!

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެކި ފެންވަރުގައި ފިޔަވަޅުތައް އަޅަމުންދާއިރު، މިކަންކަން ތަންފީޒުކުރުމުގައި ބައެއް މީހުން ވަނީ ފޭލިވެފައެވެ. ރައްކާތެރިވުމަށް ޞިއްޙީ މާހިރުންދޭ އިރުޝާދުތަކައް އިޖާބަނުދީ ހިތުހުރިގޮތަކައް އެއް ބަޔަކު މި މުޖުތަމަޢުގައި އުޅެމުން އެބަދެއެވެ. މި ވަގުތު އިސްކަންދޭންވީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށެވެ.

1 އޭޕްރިލް 2020 | ބުދަ 12:10
Writer Profile Picture
ޒިހްނަތު ހަސަން
އެމްއައިބީން ލޯނުނަގާފައިވާ ފަރާތްތަކުގެ ސަމާލުކަމަށް

ކޮވިޑް-19 އާ ގުޅިގެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ން ސަރުކާރުންނާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އިޢުލާންކޮށްފައިވާ ސަޕޯރޓް ޕްލޭނާއި އެއްގޮތްވާ ގޮތުގެމަތިން ކަސްޓަމަރުންނަށް އެކަށައަޅާފައިވާ އުޞޫލުތައް ހާމަކޮށްފި އެވެ.

1 އޭޕްރިލް 2020 | ބުދަ 11:13
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ފާއިތުވި 24 ގަޑިއިރު ތެރޭގައި މުޅި ދުނިޔެއިން 73 ހާހަށްވުރެ ގިނަ މީހުންނަށް ވައިރަސް ޖެހުނު

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ފާއިތުވި 24 ގަޑިއިރު މުޅި ދުނިޔެއިން 73,718 މީހުންނަށް ޖެހިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

1 އޭޕްރިލް 2020 | ބުދަ 09:48
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ޖޭއެސްސީގެ މުވައްޒަފުންނަށް ވެސް ގޭގައި ތިބެގެން މަަސައްކަތް ކުރުމުގެ ފުރުޞަތު

ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދު ކޮށްފައިވާ މުއްދަތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުންނާއި މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްތައް ކުރިއަށް ގެންދަން ނިންމައިފިއެވެ.

1 އޭޕްރިލް 2020 | ބުދަ 09:47
Writer Profile Picture
ޒިހްނަތު ހަސަން
މަޖިލިސް ރައީސް ހުންނެވީ ކޮވިޑް-19 އަށް ޓެސްޓްކުރައްވަން ތައްޔާރަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ހުންނެވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިވަޑާއިގަންނަވާ ގޮތަށް އަމަލު ކުރެއްވުމަށް ތައްޔާރަށް ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.

1 އޭޕްރިލް 2020 | ބުދަ 07:59
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ޙައްޖުގެ އިންތިޒާމުތައް އިހަށް މަޑުޖައްސާލަން އެދެފި

ކޮވިޑް-19 ގެ ކަންތައްތައް ހަމަޔަކަށް އެޅެންދެން މި ވަގުތު ހައްޖަށްދާން ރާވަމުންދާ ފަރާތްތަކުން އެކަން މަޑުޖައްސާލަން ސައުދީއަރަބިއްޔާގެ ހައްޖު އަދި އުމްރާ މިނިސްޓަރު އިލްތިމާސް ކުރައްވައިފިއެވެ.

1 އޭޕްރިލް 2020 | ބުދަ 07:58
Writer Profile Picture
އަލީ ސަމާޚް
ބުރާސްފަތި ދުވަހުން ފެށިގެން ހުރިހާ ފިހާރައެއް ރޭގަނޑު 11 ޖަހާއިރު ބަންދުކުރަން އަންގައިފި

އެޗްޕީއޭއިން ނެރެފައިވާ ބަޔާނެއްގައި ވަނީ، މާލެ ސަރަހައްދުގައި ހިންގާ ކެފޭ، ރެސްޓޯރެންޓް، ހޮޓާ ފަދަ، އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ އެންމެހައި ތަންތަނުން ދޭ ޓޭކްއަވޭގެ ޚިދުމަތް، ރޭގަނޑު 12:00 އިން ފެށިގެން ހެނދުނު 6:00 އަށް މެދުކަނޑައިލުމަށް ވަނީ އަންގާފައެވެ.

އެޗްޕީއޭގެ ބަޔާނުގައި ވަނީ، މާލެ ސަރަހައްދުގައި ހިންގަމުންދާ ޢިމާރާތްކުރުމުގެ އެންމެހައި މަސައްކަތްތައް، ހަވީރު 5:00 އިންފެށިގެން ހެނދުނު 6:00 އަށް މެދުކަނޑައިލުމަށް ވެސް އަންގާފައެވެ.

1 އޭޕްރިލް 2020 | ބުދަ 05:33
Writer Profile Picture
އަލީ ސަމާޚް
ބުރާސްފަތި ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ތިން ގަަަަަޑިއިރަށް ކާފިޔު ހިންގަނީ

ބުރާސްފަތި ދުވަހުން ފެށިގެން ވަކިގޮތެއް އަންގަންދެން މާލެ، ހުޅުމާލެ، ވިލިމާލެ ސަރަހައްދުގައި ބޭރަށް ނިކުމެ އުޅުމާއި އުޅަނދުތައް ދުއްވުން މަނާކޮށްފިއެވެ.

އަންގާރަ ދުވަހު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ނިންމުން ނިންމާފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން ކަމަށެވެ.

އެ ފިޔަވަޅުތަކުން އިސްތިސްނާވާ ފަރާތްތައް

  • ސަލާމަތީ ބާރުތަކާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
  • ސިއްހީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު.
  • ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުގެ ޔުނީފޯމު އެޅި ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު.
  • އުރީދޫ، ދިރާގު، ބޭންކުތައް، އެސްޓީއޯ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީގެ ޔުނީފޯމު އެޅި ޑިއުޓީ
  • މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު.
  • ދައުލަތުގެ "ޖީ" ބޯޑު ހަރުކޮށްފައިވާ) އުޅަނދުފަހަރު.
  • ޑިޕްލޮމެޓިކް އުޅަނދުފަހަރު.
  • އެމްބިއުލަންސް.
  • ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯ.ސީ) ގެ ފާސް ލިބިފައިވާ ފަރާތްތައް.
  • ހެލްތް ޕްރޮޓެކްޝަން ޔުނިޓުން ދޫކޮށްފައިވާ ހާއްސަ ސްޓިކާ ޖަހާފައިވާ އުޅަނދުތައް
1 އޭޕްރިލް 2020 | ބުދަ 05:32
Writer Profile Picture
އުމްނާ އިސްމާއިލް
އިންޓަރނެޓުގެ އަގު ހެޔޮ ކުރެވުނީ ރިޔާސީ ވައުދަކާއި ގުޅިގެންނެއް ނޫން!

އިންޓަރނެޓުގެ އަގު ހެޔޮ ކުރެވުނީ ރިޔާސީ ވައުދަކާއި ގުޅިގެންނެއް ނޫން ކަމަށާއި އެއީ މި ހާލަތާއި ގުޅިގެން ގެނެވުނު ވައުދެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

31 މާރޗް 2020 | އަންގާރަ 21:53
Writer Profile Picture
އުމްނާ އިސްމާއިލް
ރާއްޖޭގެ ކޭސް 18 އަކީ ކޭސް 17ގެ ރޫމްމޭޓް

ރާއްޖެއިން 18 ވަނަ އަހަށް ވައިރަހަށް ޕޮޒިޓިވް ވި މީހާ އަކީ 17 ވަނަ މީހާގެ ރޫމްމޭޓް ކަމަށާއި އެދެމީހުންގެ ޓްރެވެލް ހިސްޓްރީވެސް އެއްގޮތް ކަމަށެވެ. އަދި އެދެމީހުންނަކީ ތިމާގެ މީހުން ކަމަށެވެ.

31 މާރޗް 2020 | އަންގާރަ 21:46
Writer Profile Picture
އުމްނާ އިސްމާއިލް
މިއީ އެއްވެސް މީހަކަށް ފަސޭހަ ހާލަތެއް ނޫން: މަބްރޫކް

ރިސޯޓު އަދި ސަފާރީތަކުގައި ތިބުމަކީ ފަސޭހަކަމެއް ނޫންކަމަށާއި މިއީ އެއްވެސް މީހަކަށް ފަސޭހަ ހާލަތެއް ނޫން ކަމަށް މަބްރޫކް ވިދާޅުވިއެވެ. ހުރިހާ ނިންމުމެއްވެސް ނިންމެނީ އެންމެންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

31 މާރޗް 2020 | އަންގާރަ 21:40
Writer Profile Picture
އުމްނާ އިސްމާއިލް
ޑޮކްޓަރުގެ އިލްތިމާސް: އިޖްތިމާއީ ގައިދުރުކަން ދަމަހައްޓަވާ!

އިޖްތިމާއީ ގައިދުރުކަން ދެމެހެއްޓުމަށް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ޑޮކްޓަރ ވިދާޅުވިއެވެ. ޑރ ވިދާޅުވީ ހެެލިފެލިވެ ނޫޅުމަށާއި ކޮންމެހެން ބޭރަށް ނުކުންނަން ޖެހޭ ހާލަތުގައި ނޫނީ ނުނުކުތުމަށެވެ.

31 މާރޗް 2020 | އަންގާރަ 21:38
Writer Profile Picture
އުމްނާ އިސްމާއިލް
މިމަހުގެ 14 ން 19 އަށް ޔޫކޭއިން ރާއްޖެއައި އެންމެންގެ ކޮންޓެކްޓް ޓްރޭސިންގް ހެދޭނެ

މިމަހުގެ 14 ން 19 އަށް ޔޫކޭއިން ރާއްޖެއައި އެންމެންގެ ކޮންޓެކްޓް ޓްރޭސިންގް ހެދޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

31 މާރޗް 2020 | އަންގާރަ 21:36
Writer Profile Picture
އުމްނާ އިސްމާއިލް
މިއަދު ރާއްޖެއައީ ދެ ދިވެހިން. ބަލީގެ އަލާމާތްތައް ހުރި މީހާ ވެލިދޫއަށް!

މިއަދު ރާއްޖެއައީ ދެ ދިވެހިން ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެމީހުންގެ ތެރެއިން ބަލީގެ އަލާމާތްތައް ހުރި މީހާ ހުރީ ވެލިދޫގައިކަމަށާއި ދެވަނަ މީހާ ދިޔައީ ބަނޑޮހަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

31 މާރޗް 2020 | އަންގާރަ 21:34
Writer Profile Picture
އުމްނާ އިސްމާއިލް
ރިހިވެލި، ދަ ޑްރީމް ހޮޓެލް މޯލްޑިވްސް މޮނީޓަރިންގެ ހާލަތުގައި

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރިހިވެލި، ދަ ޑްރީމް ހޮޓެލް މޯލްޑިވްސް މޯނީޓަރިންގެ ހާލަތަށް ގެނެވިފައިވާކަމަށެވެ. އެއީ ބައްޔަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި މީހެއްގެ ސާމްޕަލް ނެގުމަށްޓަކައި ކަމަށެވެ.

31 މާރޗް 2020 | އަންގާރަ 21:31
Writer Profile Picture
އުމްނާ އިސްމާއިލް
މިހާތަނަށް 1137 ސާމްޕަލް ނެގިފައިވޭ ސާމްޕަލް

މިހާތަނަށް 1137 ސާމްޕަލް ނެގިފައިވޭ ސާމްޕަލް

ނެގެޓިވް 1114 ސާމްޕަލް

ނަތީޖާ ޕެންޑިންގް: 5 ސާމްޕަލް

31 މާރޗް 2020 | އަންގާރަ 21:30
Writer Profile Picture
އުމްނާ އިސްމާއިލް
ރާއްޖޭގައި ފަރުވާދެމުންދާ އެންމެންގެ ހާލު ރަނގަޅު

ރާއްޖޭގައި ފަރުވާދެމުންދާ އެންމެންގެ ހާލު ރަނގަޅު ކަމަށް މަބްރޫކް ވިދާޅުވި

31 މާރޗް 2020 | އަންގާރަ 21:17
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ގ. އޮލިވާ ގްރީން އަށް ވަދެ ނިކުތުން މަނާ ކުރެވުނީ މޮނިޓަރު ކުރަން ޖެހޭ މީހަކު ހުރި ތަނުން ނުބައިކޮށް މައުލޫމާތު ލިބިފައިވާތީ: އެޗްޕީއޭ
31 މާރޗް 2020 | އަންގާރަ 20:45
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އިންޑޮނީޝިއާގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި

އިންޑޮނީޝިއާގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި އެވެ.

އިންޑޮނީޝިއާގައި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރެއްވީ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެގައުމުގެ ރައީސް ޖޯކޯ ވިޑޯޑޯއެވެ

31 މާރޗް 2020 | އަންގާރަ 20:41
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ޔޫކޭގައި ވަޒީރުންގެ މަޖިލިސް ބޭއްވީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް

އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރު ބޯރިސް ޖޯންސަންގެ ކެބިނެޓު ބައްދަލުވުން ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބާއްވައިފިއެވެ.

31 މާރޗް 2020 | އަންގާރަ 20:39
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮވިޑް-19: އީރާނުން މަރުވި މީހުންގެ އަދަދު 2898 އަށް އަރައިފި

ކޮރޯނާވައިރަސްގެ ސަބަބުން އީރާނުން މަރުވި މީހުންގެ އަދަދު 2898 އަށް އަރައިފިއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވަނީ 141 މީހަކު އެގައުމުން މަރުވެފައެވެ.

31 މާރޗް 2020 | އަންގާރަ 20:38
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އެޗްޑީސީގެ ފްލެޓްތަކަށް ފައިސާ ދައްކާ ފަރާތްތަކަށް ލުޔެއް ދީފި

ދުނިޔޭގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ "ކޯވިޑް-19" ރޯގާއާ ގުޅިގެން، ސަރުކާރުގެ އިކޮނޮމިކް ރިކަވަރީ ޕްލޭނުގެ ދަށުން ފްލެޓްތަކަށް ފައިސާދައްކާ ފަރާތްތަކަށް ލުޔެއް ދިނުމަށް އެޗްޑީސީން ނިންމައިފިއެވެ.

31 މާރޗް 2020 | އަންގާރަ 20:38
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ރައީސްގެ އެދިލެއްވުމަށް ދިރާގުން އިޖާބަދީ، އިންޓަނެޓްގެ ހިދުމަތަށް ބޮޑު ލުޔެއް ގެނެސްފި

ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުން ކުރުމުގައި އިތުރު ލުޔެއް ދިނުމުގެ ގޮތުން ހުރިހާ ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުންކުރުމަށް ހިލޭ ދީފައިވާ ޑޭޓާގެ މިންވަރު އިތުރުކޮށް ކުރިޔަށް އޮތް ދެމަހަށް ދިނުމަށް ދިރާގުން ނިންމައިފިއެވެ.

31 މާރޗް 2020 | އަންގާރަ 20:37