ކޮވިޑް-19: އެންމެ ފަހުގެ

19,069,618
  • ކޮވިޑް-19: އެޗްއައިވީގެ ދިރާސާތައްކުރާ މަޝްހޫރު ސައިންޓިސްޓް ގީތާ ރަމްޖީވެސް މަރުވެއްޖެ
  • ކޮވިޑް-19: އިނގިރޭސި ޕްރިމިއާ ލީގު ދެން ފަށާނީ ހާލަތު ތަންދިނުމުން
  • ކޮވިޑް-19: ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ފެށުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
 
Writer Profile Picture
ލައިޝާ އަހްމަދު
ކޮވިޑް-19: އެޗްއައިވީގެ ދިރާސާތައްކުރާ މަޝްހޫރު ސައިންޓިސްޓް ގީތާ ރަމްޖީވެސް މަރުވެއްޖެ
2 އޭޕްރިލް 2020 | ބުރާސްފަތި 10:33
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: އިނގިރޭސި ޕްރިމިއާ ލީގު ދެން ފަށާނީ ހާލަތު ތަންދިނުމުން

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން މެދުކަނޑާލާފައިވާ އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް، ހާލަތު ތަންދިނުމުން ފަށަން ނިންމައިފި އެވެ.

މީގެ ކުރިން ލީގު މެދު ކަނޑާލާފައި އޮތީ އޭޕްރީލް 30 ގެ ނިޔަލަށެވެ. ޕްރިމިއާ ލީގުގެ އިތުރުން، އިންގްލެންޑުގައި ކުރިއަށްދާ ހުރިހާ ފުޓްބޯޅަ މުބާރާތްތައްވެސް ވަނީ އޭޕްރީލް 30 ގެ ނިޔަލަށް މެދުކަނޑާލާފައެވެ.

ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވަނީ ލީގު ކުރިޔަށް ގެންދާނެ މާހައުލެއް ނެތުމުން، މުއްދަތެއް ނެތް ގޮތަށް ލީގު ފަސްކޮށްފައެވެ. އަދި ހާލަތު ތަންދިމުނުން ލީގުގެ މެޗުތައް ފަށަން ވަނީ ނިންމާފައެވެ.

2 އޭޕްރިލް 2020 | ބުރާސްފަތި 02:10
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ފެށުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން މެދުކަނޑާލާފައިވާ ޔުއެފާ ޗެމްޕިއަންސް ލީގާއި ޔުއެފާ ޔޫރޮޕާ ލީގު ފެށުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.

މީގެ ކުރިން ޔުއެފާއިން ވަނީ މި ދެ މުބާރަތުގެ ފައިނަލް މެޗުތައް މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ނިންމާފައެވެ.

ބުދަ ދުވަހު ޔުއެފާގެ 55 މެމްބަރު ގައުމުގެ މަންދޫބުންނާއެކު ބޭއްވި ބައްދަލުވުމުގައި ވަނީ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ފެށުން މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ނިންމާފައެވެ.

2 އޭޕްރިލް 2020 | ބުރާސްފަތި 02:09
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: ވިމްބަލްޑަން ޓެނިސް މުބާރާތް ކެންސަލް ކޮށްފި

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން މި އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތް ކެންސަލްކުރަން ނިންމައިފި އެވެ.

މި މުބާރާތް ކެންސަލް ކުރަން ނިންމީ މުބާރާތް އިންތިޒާމުކުރާ އޯލް އިންގްލެންޑުގެ ބޯޑް މެމްބަރުން ބުދަ ދުވަހު ބޭއްވި ކުއްލި ބައްދަލުވުމުގައެވެ.

މިއަހަރުގެ މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައި އޮތީ ޖޫން މަހުގެ 29 އިން ޖުލައި މަހުގެ 12 އަށެވެ.

2 އޭޕްރިލް 2020 | ބުރާސްފަތި 02:08
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 9 ލައްކައަށްވުރެ މައްޗަށް!

މިހާރު ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 9 ލައްކައަށްވުރެ މައްޗަށް އަރައިފިއެވެ.

ބުދަ ދުވަހުގެ 22:15 އާ ހަމައަށް ބަލާއިރު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 905،668 އަށް އަރާފައެވެ. އަދި މި ބަލި ޖެހިގެން 45،436 މަރުވެފައިވާއިރު، ބަލި ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު އުޅެނީ 191،524 ގައެވެ.

މި ބަލި ދުނިޔޭގެ 206 ސަރަހައްދަކުން ފެނިފައިވާއިރު މިހާތަނަށް މި ބަލީގެ އެންމެ ގިނަ ކޭސްފެނިފައިވަނީ އެމެެރިކާއިންނެވެ. އެމެރިކާގައި 200،289 މީހުންނަށް މި ބަލި ޖެހިފައިވާއިރު 4،394 މީހުން ބަލީގައި މަރުވެފައިވެއެވެ. އަދި މި ބަލި ޖެހުނު 8،745 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

ދެވަނައަށް މި ބަލީގެ އެންމެ ގިނަ ކޭސްތައް ރިޕޯޓުކުރެވިފައިވަނީ އިޓަލީއިންނެވެ. އިޓަލީގައި 110،574 މީހުން ވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު މި ބަލި ޖެހިގެން 13،155 މީހުން އެގައުމުން މަރުވެފައިވެއެވެ. އަދި އެގައުމުގައި 16،847 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

1 އޭޕްރިލް 2020 | ބުދަ 22:08
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އެހީތެރިވަނީ ބީއެމްއެލްގެ ކެޕޭސިޓީ ހުރި މިންވަރު ބެލުމަށްފަހު: ބީއެމްއެލް

ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ބީއެމްއެލްގެ ފަރާތުން ސައީދު ވިދާޅުވީ އިޤްތިސާދީގޮތުން މި ނާޒިކު ވަގުތުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެ އިސްކަމެއްދެނީ ބީއެމްއެލްގެ ކެޕޭސިޓީއަށްކަމަށެވެ. އަދި އެހީތެރިކަން ފޯރުކޮށްދެމުންގެންދަނީ ބީއެމްއެލްގެ ކެޕޭސިޓީއަށް ބެލުމަށްފަހުގައިކަމަށް ސައީދު ވިދާޅުވި އެވެ.

1 އޭޕްރިލް 2020 | ބުދަ 22:06
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅަންޖެހޭ ހާލަތެއްގައި، ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާނަން: މިނިސްޓަރ

ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަންޖެހޭ ހާލަތެއް އަތުވެއްޖެނަމަ، އެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި އެފަދަ ހާލަތެއް ނެތްކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

1 އޭޕްރިލް 2020 | ބުދަ 21:36
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އޭޕްރީލް މަހުން ފެށިގެން ވަޒީފާ ގެއްލޭ ފަރާތްތަކަށް އެލަވަންސް ދޭނަން: މިނިސްޓަަރ

ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ވަޒީފާ ގެއްލޭ ފަރާތްތަކަށް ސަރުކާރުން 3 މަސް ދުވަހަށް އެލަވަންސްއެއް ދޭނެ ކަމަށެވެ. އަދި އޭޕްރީލް މަހުން ފެށިގެން އެ އެލަވަންސްދޭނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

1 އޭޕްރިލް 2020 | ބުދަ 21:32
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ހަވީރުގެ ވަގުތުތަކުގައި މަގުމަތީގައި އުޅޭނަމަ ފިޔަވަޅު އަޅާ، ޖޫރިމަނާކުރާނަން: ފުލުހުން

ދަރުބާރުގޭގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ވަގުތުތަކުގައި ބޭރުގައި އުޅޭނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. އެގޮތުން ނަސޭހަތް ދިނުމަށްފަހު، ތަކުރާރުކުރާނަމަ، ޖޫރިމަނާކުރާނެކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ހުއްދަ އޮންނަ ފަރާތްތަކަށް ފުލުހުން ހާއްސަ ސްޓިކާއެއް ދޫކުރަމުންގެންދާނެ ކަމަށެވެ. އެ ސްޓިކާ ނެތްނަމަ ފިޔަވަޅުއަޅާނެކަމަށް ފުލުހުން ބުންޏެވެ.

1 އޭޕްރިލް 2020 | ބުދަ 21:26
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
19 މާރޗުގެ ކުރިން ބޭންކުން ލޯން ނަގާފައިވާ ފަރާތްތަކަށް ފުރުސަތު ލިބޭނެ، މާދަމާ ފުރުސަތު ހުޅުވާލާނަން: ބީއެމްއެލް

ދަރުބާރު ގޭގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ބީއެމްއެލްގެ ފަރާތުން ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ބީއެމްއެލްގެ ފަރާތުން ލޯނުތަކަށް ފައިސާ ދެއްކުން ފަސްކުރުމަށް ހުޅުވަލާ ފުރުސަތުގައި 19 މާރޗުގެ ކުރިން ބޭންކުން ލޯން ނަގާފައިވާ ފަރާތްތަކަށް ފުރުސަތު ލިބޭނެ ކަމަށެވެ. އަދި މާދަމާ އެ ފުރުސަތު ހުޅުވާލާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ މި ފުރުސަތުގެ ދަށުން ފުރަތަމަ 6 މަސް ދުވަހު އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެ ކަމަށެވެ. އަދި 2 ވަނަ 6 މަސް ދުވަހު ދައްކަވަންޖެހޭނީ 20 އިންސައްތަ މަދުން ކަމަށް ސައީދު ވިދާޅުވި އެވެ. އެޔަށްފަހު އަލުން ލޯން ދައްކަން ފަށާއިރު، 2 ކަމެއް ލުއިކޮށްދިނުމަށް ހަމަޖައްސާފައިވާކަމަށް ސައީދު ވިދާޅުވި އެވެ.

1 އޭޕްރިލް 2020 | ބުދަ 21:22
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ރާއްޖޭގެ ދަނޑުވެރިން ހައްދާ ހުރިހާ ތަކެއްޗެއް ވިއްކޭނެ ގޮތް ހަދައިދޭނަން: ފިނޭންސް މިނިސްޓަރ

ދަރުބާރު ގޭގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަމީރު ވިދާޅުވީ ރާއްޖޭގެ އިޤްތިސާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތްއޮތުން ބަދަލުކުރުމަކީ އެމްޑިޕީގެ ވައުދެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ މަސްވެރިން ބާނާ މަސް ސަރުކާރުގެ ކުންފުނިތަކުން ގަންނަ އުސޫލުން، ދަނޑުވެރިން ހައްދާ ހުރިހާ އެއްޗެއް ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ގަނެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

1 އޭޕްރިލް 2020 | ބުދަ 21:17
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
12 ބިލިއަންގެ ޑެފިސިޓެއް އަންނާނެ: މިނިސްޓަރ އަމީރު

ދަރުބާރުގޭގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ޤައުމީ އުފެއްދުންތެރިކަން ވަރަށް ބޮޑަށް ދަށަށްދާނެ ކަމަށެވެ. އަދި ހާލަތަށް ބޮޑެތި ބަދަލުތަކެއް އަންނަކަމަށާއި، ޓޫރިސްޓް އެރައިވަލްވެސް ދަށަށްދާނެ ކަމަށެވެ. އެގޮތުން ޓޫރިސްޓް އެރައިވަލް 30 ނުވަތަ 50 އިންސައްތަ ދަށަށްދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ބަޖެޓް ތައްޔާރުކުރިއިރު، އާމްދަނީގެ ގޮތުގައި 30 ބިލިއަން ލިބޭނެކަމަށް ލަފާކޮށްފައިވާނެ ކަމަށެވެ. ނަމަވެސް މިހާރު ލަފާކުރެވޭގޮތުގައި އެ އަދަދުން 12 ބިލިއަން ޑެފިސިޓެއް އަންނާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

1 އޭޕްރިލް 2020 | ބުދަ 21:14
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކަރަންޓީން ފެސިލިޓީތަކުގައި ކެބިނެޓް ވަޒީރުންގެ އާއިލާ މެމްބަރުންވެސް އެބަތިބި: މަބްރޫކް

ދަރުބާރުގޭގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަކީ ހަޤީޤަތެއް ނޫންކަމަށެވެ. އަދި ސަރުކާރުގެ ވަޒީރުންނާއި، އެހެނިހެން ބޭފުޅުންގެ އާއިލީ މެމްބަރުންވެސް ކަރަންޓިން ފެސިލިޓީތަކުގައި ތިބިކަމަށެވެ.

1 އޭޕްރިލް 2020 | ބުދަ 21:10
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: ރެއިނާ ކޮރޯނާވައިރަހަށް ޕޮޒިޓިވް، 25 މިނެޓު ވަންދެން ނޭވާ ނުލެވުން

ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވި ސްޕެއިންގެ ގޯލްކީޕަރު ޕެޕޭ ރެއިނާ، އޭނާގެ ހާލު ކިޔައިދީފިއެވެ.

ރެއިނާ ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެންމެ ފުރަތަމަ އޭނާގެ ހާލު ވަރަށް ގޯސްވި ކަމަށެވެ. އެގޮތުން 25 މިނެޓު ވަންދެން ނޭވާވެސް ނުލެވުނު ކަމަށާއި، އެ ވަގުތުތަކަކީ އޭނާގެ ހަޔާތުގައި ތަހައްމަލު ކުރަން ޖެހުނު އެންމެ އުނދަގޫ އެއް ވަގުތުތައް ކަމަށް ވަނީ ބުނެފައެވެ. އެކަމަކު މިހާރު ހާލު ރަނގަޅުވަމުން އަންނަ ކަމަށްވެސް ރެއިނާ ވަނީ ބުނެފައެވެ.

1 އޭޕްރިލް 2020 | ބުދަ 18:42
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮވިޑް-19: ފުލުހުންގެ ހެލްތު އެންޑް ސޭފްޓީ ޓާސްކް ފޯރސްއެއް އެކުލަވައިލައިފި

ކޮވިޑް-19 އާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރަމުންދާ މަސައްކަތުގައި، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި 2020 އޭޕްރިލް 1 ވަނަ ދުވަހުން ފެށިގެން މުޅި މުއައްސަސާގެ ހުރިހާ ޑައިރެކްޓަރޭޓްތައް ތަމްސީލު ކުރެވޭގޮތަށް ހެލްތު އެންޑް ސޭފްޓީ ޓާސްކް ފޯރސްއެއް ކޮމިޝަނަރ އޮފް ޕޮލިސް އެކުލަވާލައްވައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ، މި ޓާސްކް ފޯރސްގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19އާ ގުޅިގެން ދިވެހިރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރެވި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކުރުމަށް ޑައިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާ، ދެއްވާ އިރުޝާދުތަކާ ގުޅިގެން ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަސައްކަތަށް ގެނެވިފައިވާ ބަދަލުތަކާއި އަދި ކުރިއަށް އޮތްތަނުގައިވެސް ގެންނަންޖެހޭ ބަދަލުތައް ގެނެސް އެކަންކަން ތަންފީޒުކުރުމެވެ.

މީގެ އިތުރުން، "އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ފުލުހުންގެ އިދާރާއަށް މައްސަލަ ހުށަހެޅުމާއި، ހުށަހެޅޭ މައްސަލަތައް ތަޙްޤީޤުކުރުމުގެ އުސޫލު" އެކުލަވާލުމަށްފަހު 2020 އޭޕްރިލް 1 ވަނަ ދުވަހު ކޮމިޝަަނަރ އޮފް ޕޮލިސް ވަނީ ފުލުހުންނަށް މި އުސޫލު އާއްމު ކުރައްވާފައެވެ. އަދި 2020 މާރިޗު 19 ވަނަ ދުވަހު "އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން އަންގާ ކަންކަން ތަންފީޒު ކުރުމުގައި ފުލުހުން ޢަމަލުކުރަންވީ ގޮތުގެ އުސޫލާއި" އަދި 2020 މާރިޗު 23 ވަނަ ދުވަހު "އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތެއްގައި، ގައިންގަޔަށް ފަސޭހަކަމާއެކު އަރާ ބައްޔެއް ފެތުރެމުންދާ ވަގުތެއްގައި ޕޮލިސް ކަސްޓަޑީ އިން ޢަމަލުކުރާނެ ގޮތުގެ އުސޫލު" ކޮމިޝަނަރ އޮފް ޕޮލިސް އާއްމުކުރައްވާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

1 އޭޕްރިލް 2020 | ބުދަ 18:09
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު #ކޮވިޑް19 އަށް ޓެސްޓު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކޮވިޑް-19 އަށް ޓެސްޓް ކުރައްވައިފިއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިން ފެނިފައިވާއިރު، ސަރުކާރުން މިހާރު ވަނީ ރާއްޖެއިން ބޭރުން އަންނަ ހުރިހާ ފަރާތެއް ކަަރަންޓީނުކޮށް ޓެސްޓް ހެދުމަށް ނިންމާފައެވެ. އެގޮތުން ރައީސް މުހައްމަދު ނަޝީދު މިދިޔަ މަރޗް މަހުގެ 11 އިން 14 އަށް އިނގިރޭސިވިލާތަށް ދަތުރުފުޅެއް ކުރައްވާފައިވުމާއި ގުޅިގެން އެމަނިކުފާނު ކޮވިޑް-19 އަށް ޓެސްޓްކުރައްވާފައިވަނީ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

ރައީސް ނަޝީދު ކޮވިޑް-19 ހުރިތޯ ބެލުމަށް ޓެސްޓުކުރައްވާފައިވަނީ ޕަބްލިކް ހެލްތުން އެދޭނަމަ ކޮވިޑް-19 އަށް ޓެސްޓް ކުރެއްވުމަށް ވަރަށް ބޮޑަށް ތައްޔާރަށްކަމަށް ހުންނެވިކަމަށް މަޖިލީހުގެ ޖަލްސާގައި ވިދާޅުވެފައިވަނިކޮށެވެ. އިނގިރޭސިވިލާތުން ރާއްޖެ އައި 4 މީހެއްގެ ގައިން ކޮވިޑް-19 ފެނިފައިވާއިރު އެގައުމުން މިދިޔަ މަހު ރާއްޖެ އައި މީހުން އެވައިރަސްއަށް ޓެސްޓް ނުކުރާތީ އަދި ކަރަންޓީންގައި ނުބައިތިއްބާތީ ގިނަ ބަޔަކު އަންނަނީ އެކަމާ ސުވާލު އުފައްދަމުންނެވެ. ސަރުކާރުން މިހާރު ވަނީ މަރޗް މަހުގެ 14 ން 19 އަށް ޔޫކޭއިން ރާއްޖެއައި އެންމެންގެ ކޮންޓެކްޓް ޓްރޭސިންގް ހެދުމަށް ނިންމާފަ އެވެ.

1 އޭޕްރިލް 2020 | ބުދަ 17:20
Writer Profile Picture
އުމްނާ އިސްމާއިލް
ޔޫކޭ އިން އައި އިތުރު ދިވެއްސެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ
1 އޭޕްރިލް 2020 | ބުދަ 15:57
Writer Profile Picture
އާއިޝަތު ޝިއުރާ
ސްޕެއިންގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް އަރައިފި

ސްޕެއިންގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް އަރައިފި އެވެ. އެގައުމުން ހާމަކޮށްފައިވާ އަދަދުތަކަށް ބަލާއިރު 102,136 މީހުންނަށް ވައިރަސް ޖެހިފައިވެ އެވެ. އަދި ފާއިތުވި 24 ގަޑިއިރު ތެރޭގައި 864 މީހުން ވަނީ އެގައުމުން މަރުވެފަ އެވެ. އަދި އަލަށް ސްޕެއިނުން 9,053 މީހުންނަށް ވަނީ ވައިރަސް ޖެހިފަ އެވެ.

1 އޭޕްރިލް 2020 | ބުދަ 15:36
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 : މާލެސިޓީ މާރުކޭޓުތަކުގެ ޚިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފި

މާލެސިޓީ ކައުންސިލުން ވަނީ މާލޭގެ މާރުކޭޓުތަކުގެ ޚިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސް އާންމުކޮށް އިއުލާންކޮށްފައެވެ. އެހެންކަމުން މާދަމާއިން ފެށިގެން މާލޭ ލޯކަލްމާރުކޭޓާއި، ދަތުރުވެރިންގެ މާރުކޭޓާއި، މވިލިމާލެ ލޯކަލް މާރުކޭޓުން ޚިދުމަތް ދޭނީ ހެނދުނު ހަޔަކުން ހަވީރު ހަތަރެއް ޖަހަންދެންނެވެ.

1 އޭޕްރިލް 2020 | ބުދަ 15:22
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: ވިމްބަލްޑަން ޓެނިސް މުބާރާތް ކެންސަލް ކުރަނީ

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން މި އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތް ކެންސަލްކުރަން ޖެހިދާނެ ކަމަށް މުބާރާތް އިންތިޒާމުކުރާ އޯލް އިންގްލެންޑް އިން ބުނެފި އެވެ.

މިއަހަރުގެ މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ ޖޫން މަހުގެ 29 އިން ޖުލައި މަހުގެ 12 އަށެވެ. ދާދި ފަހުން ޖަރުމަންގެ ޓެނިސް ފެޑެރޭޝަންގެ ނައިބު ރައީސް ޑާކް ހޯޑޯފް ވަނީ މިއަހަރި ވިމްބަލްޑަން ނޯންނާނެ ކަމަށާއި މި މުބާރާތް ކެންސަލްކުރިކަން ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ވިދާޅުވެފައެވެ.

1 އޭޕްރިލް 2020 | ބުދަ 14:37
Writer Profile Picture
ޒިހްނަތު ހަސަން
މާލޭގައި ފިހާރަތައް ހިންގާ ފަރާތްތަކަށާއި އިމާރާތްކުރާ ފަރާތްތަކުގެ ސަމާލުކަމަށް

މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ވަކި ވަގުތެއްގައި ފިހާރަތައް ބަންދުކުރުމަށާއި، ޓޭކްއަވޭގެ ޚިދުމަތް ދޭ ވަގުތާއި، ޢިމާރާތްކުރުމުގެ މަސައްކަތް ކުރާ ވަގުތަށް ބަދަލުގެނެސް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ އާންމުކޮށް މިހާރު އިޢުލާނުކޮށްފައެވެ. އަދި މިކަން ތަންފީޒުކުރުމަށް ކަމާއި ގުޅުން ހުރި އިދާރާތަކަށް އެއޭޖެންސީން ވަނީ އަންގާފައެވެ.

1 އޭޕްރިލް 2020 | ބުދަ 14:25
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 އިން އަރައިގަތުމަށް ކުރަމުންދާ މަސައްކަތައް ރިހާނާއާއި ޖޭ-ޒީ 2 މިލިއަން ޑޮލަރު ހަދިޔާކޮށްފި

ކޮވިޑް-19 ގެ ނުރައްކަލުން ސަލާމަތްވުމަށް އެމެރިކާ ސަރުކާރުން ކުރަމުންދާ މަސައްކަތައް މާލީގޮތުން އެހީތެރިވުމަށް މަޝްހޫރު ލަވަކިޔުންތެރިޔާ ރެހާނާއާއި، ރެޕަ ޖޭއި ޒީ ނިންމައިފިއެވެ.

1 އޭޕްރިލް 2020 | ބުދަ 13:52
Writer Profile Picture
ޒިހްނަތު ހަސަން
ދަނާލްތަކުގައި ތިބި ދަރިވަރުންގެ 2 މަހުގެ ފީ މައާފުކޮށް ދީފި

ދަނާލް ތަކުގައި ތިބި ދަރިވަރުންގެ ދެ މަހުގެ ފީ މަޢާފްކޮށްދިނުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ނިންމައިފިއެވެ.

1 އޭޕްރިލް 2020 | ބުދަ 13:51
Writer Profile Picture
ޒިހްނަތު ހަސަން
ރިސޯޓުތަކުގެ މުވައްޒަފުން ކަނޑަމުންދާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި މަޖިލީހުން ބެލުމަށް ހުށަހަޅައިފި

ރާއްޖޭގެ ރިސޯޓުތަކުގެ މަސައްކަތްކުރާ މުވައްޒަފުން ވަޒީފާއިން ކެނޑުމާއި މުސާރަ ނުލިބޭގޮތަށް ފޮނުވާލަމުންދާ (ނޯޕޭ ލީވް) މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިޤުތިޞާދީ ކޮމެޓީން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ހުށަހަޅުއްވައިފިއެވެ.

1 އޭޕްރިލް 2020 | ބުދަ 13:50
Writer Profile Picture
ޒިހްނަތު ހަސަން
އެއް ލައްކައާއި ދެލައްކައާ ދެމެދުގެ އަދަދަކަށް އެމެރިކާއިން ކޮވިޑް-19 ޖެހިގެން މީހުން މަރުވާނެކަމަށް ވައިޓް ހައުސްއިން ލަފާކޮށްފި

މިހާރު އެމެރިކާގައި އެކުލަވާލާފައިވާ "ސޯޝަލް ޑިސްޓޭންސިންގ" ގައިޑްލައިނާ އެއްގޮތަށް ޢަމަލު ކުރިނަމަވެސް އެމެރިކާއިން 100،000 (އެއްލައްކަ) އާއި 240،000(ދެ ލައްކަ ސާޅީސް ހާސް) އާ ދެމެދުގެ ޢަދަދަކަށް މީހުން ކޮވިޑް-19 ޖެހިގެން މަރުވާނެކަމަށް ވައިޓް ހައުސްއިން ލަފާކުރާކަމަށް ބުނެފިއެވެ.

1 އޭޕްރިލް 2020 | ބުދަ 13:50