ކޮވިޑް-19: އެންމެ ފަހުގެ

19,218,940
  • ޕޮޒިޓިވްވި އެއްވެސް ފަރާތެއްގެ ހާލަތު ސީރިއަސްއެއް ނޫން
  • ކާށިދޫ މޮނީޓަރިން ހާލަތުން ދޫކޮށްލައިފި
  • މާލެ ސިޓީ ގައި ކޮމިއުނިޓީ ސްޕްރެޑެއް އެބައުޅޭ: ޑރ. ނަޒްލާ
 
Writer Profile Picture
އަމަން ހަލީމް
ޕޮޒިޓިވްވި އެއްވެސް ފަރާތެއްގެ ހާލަތު ސީރިއަސްއެއް ނޫން

މިހާތަނަށް މާލެ އިން ފެނިފައިވާ ކޭސްތަކުގެ ތެރޭގައި ހިމެނޭ އެއްވެސް ފަރާތެއްގެ ހާލަތު ސީރިއަސް ނޫންކަމަށް ޑރ. ނަޒްލާ ވިދާޅުވެއްޖެ އެވެ. މިހުރިހާ ފަރާތަކަށް ފަރުވާ ދެމުން އަންނަނީ ފަރުކޮޅުފުށި އައިސޮލޭޝަންގަ އެވެ.

17 އޭޕްރިލް 2020 | ހުކުރު 17:10
Writer Profile Picture
އަމަން ހަލީމް
ކާށިދޫ މޮނީޓަރިން ހާލަތުން ދޫކޮށްލައިފި

މާލެ އިން ފުރަތަމަ ފެނުނު ކޭސްއާ ގުޅިގެން މޮނީޓަރިންގ ހާލަތަަށް ގެނެވުނު ކ. ކާށިދޫ، މޮނީޓަރިންގ ހާލަތުން އުވާލައިފި އެވެ.

ކާށިދޫގެ މޮނީޓަރިންގ ހާލަތު އުވާލާފައިވަނީ، ކޮންޓެކްޓް ޓްރޭސިންގ ހެދުމަށް ފަހު އައިސޮލޭޝަން އަށް ގެންދަން ޖެހޭ ފަރާތްތައް އައިސޮލޭޝަނަށް ގެންދިއުމަށް ފަހުގަ އެވެ.

17 އޭޕްރިލް 2020 | ހުކުރު 16:54
Writer Profile Picture
އަމަން ހަލީމް
މާލެ ސިޓީ ގައި ކޮމިއުނިޓީ ސްޕްރެޑެއް އެބައުޅޭ: ޑރ. ނަޒްލާ

މާލެ ސިޓީ އިން މިހާރު އަށް ކޭސް ފެނިފައިވާއިރު، އިންޑެކްސް ކޭސް ނޭނގުމުގެ މާނައަކީ މާލޭ ގައި ކޮމިއުނިޓީ ސްޕެރެޑެއް އޮތުން ކަމަށް ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ވަރަށް ބޮޑަށް ސަމާލުވެގެން ގުދު ފަތިކުރަން މަސައްކަތްކުރަން ޖެހޭކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި މިހާރު ހެދިފައިވާ އެޕިޑޮމޮލޮޖިކަލް ދިރާސާގައި ވާގޮތުން ނަމަ، 14 ދުވަހުގެ ތެރޭގައި ވައިރަހުގެ ޕީކަށް ދާނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު، އެކަން ހާސިލުކުރަން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

17 އޭޕްރިލް 2020 | ހުކުރު 16:51
Writer Profile Picture
އަމަން ހަލީމް
މި ވަގުތު މާލެ ސިޓީ އިން ފެނުނީ ތިން ކްލަސްޓަރ އެއް

މާލެ ސިޓީ އިން ފެނިފައިވަނީ ކޮވިޑް-19 ގެ ތިން ކްލަސްޓަރ އެއް ކަމަށް އެންއީއޯސީ އިން ހާމަކޮށްފި އެވެ.

އެންއީއޯސީގެ ފަރާތުން ވަރޗުއަލްކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑރ. ނަޒްލާ ވިދާޅުވީ އެންމެ ފުރަތަމަ ފެނުނީ ޕޭޝަންޓް 21 އާ ގުޅޭ ހަ ކޭސް އެއް ފެނިފައިވާ ކަމަށެވެ. އަދި އަނެއް ދެ ކޭސްއާ ބެހޭ އިތުރު މައުލޫމާތު ފަހުން ހާމަކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

17 އޭޕްރިލް 2020 | ހުކުރު 16:45
Writer Profile Picture
އަމަން ހަލީމް
މާލޭ ގެ އިތުރު ހަތަރު ތަނެއް މޮނީޓަރިންގ އަށް ގެނެސްފި

މާލޭ ސަރަހައްދުގައި ހިމެނޭ އިތުރު ހަތަރު ގެއެއް މޮނީޓަރިންގ ހާލަތަށް ގެނެސްފި އެވެ.

މާލެ ސަރަހައްދުން މޮނީޓަރިންގ ހާލަތަށް ގެނެވިފައިވަނީ:

· މ. ވީނަސް

· މ. ފްލައިޓް ވިއު

· ހ. ޕާކް ސައިޑް

· މާލެ ސްކޮއަރ

17 އޭޕްރިލް 2020 | ހުކުރު 16:40
Writer Profile Picture
އަމަން ހަލީމް
މާލެއިން މިއަދު ފެނުނު ދެ ކޭސް ކުރީގެ އެއްވެސް ކޭސްއަކާ ގުޅުމެއް ނުވޭ!

މާލެ ސިޓީ އިން މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވީ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ދެ ކޭސް އަކާ ކުރީގެ އެއްވެސް ކޭސްއަކާ ގުޅުމެއް ނެތް ކަން ހާމަވެއްޖެ އެވެ.

އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ކަށަވަރުކޮށްދެއްވީ، ޑރ. ނަޒްލާ ރަފީގް އެވެ. އަދި އެ ފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިންގ މަސައްކަތް ކުރިޔަށްދާ ކަމަށް ވިދާޅުވި އެވެ.

17 އޭޕްރިލް 2020 | ހުކުރު 16:38
Writer Profile Picture
އާއިޝަތު ޝިއުރާ
ޚާއްސަ ހާލަތެއްގައި މާލެ އަންނަނަމަ ކުރިޔާލާ އެންއޯއީސީގެ ހުއްދަ ހޯދުމަށް އޭސީޕީ އެދިވަޑައިގެންފި

މާލެ އޮތީ ލޮކްޑައުން އެއްގައި ކަމަށާއި އެހެންކަމުން ރަށްރަށުން މާލެ އަށް މީހުން އަޔަސް ނުފޭބޭނެކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެ އެވެ. ފައިރޫޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޚާއްޞަ ޙާލަތެއް ނަމަ ކުރިއާލާ އެން.އޯ.އީ.ސީ ގެ ހުއްދަ ހޯދައިގެން ދަތުރު ފެއްޓެވުމަށެވެ.

17 އޭޕްރިލް 2020 | ހުކުރު 14:04
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19 އާއި ގުޅިގެން އެންއޯއީސީން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތައް އޮންލައިންކޮށް ބާއްވަނީ

ކޮވިޑް-19 އާއި ގުޅިގެން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް އެންއޯއީސީން ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުމަށް ނިންމައިފި އެވެ. ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް މާލެ ސިޓީ ވަނީ ދެ ހަފްތާގެ މުއްދަތަށް ލޮކްޑައުންކޮށްފަ އެވެ،

17 އޭޕްރިލް 2020 | ހުކުރު 13:47
Writer Profile Picture
އާއިޝަތު ޝިއުރާ
މިއަދުން ފެށިގެން ދެހަފްތާގެ މުއްދަތަށް މާލެ ސިޓީ ލޮކްޑައުން ކޮށްފި
17 އޭޕްރިލް 2020 | ހުކުރު 13:22
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19 އަށް މާލެއިން 7 ވަނަ މީހަކު ޕޮޒިޓިވްވެއްޖެ

ކޮވިޑް-19 އަށް މާލެ ސިޓީން އިތުރު މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ހުކުރު ދުވަހު އެޗްޕީއޭ އިން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ ބަލީގެ އަލާމާތްތައް ފެނި، ހެދި ޓެސްޓް ޕޮޒިޓިވް ވެފައިވާ މީހެއް ފެނިފައިވާ ކަމަށެވެ.

އަދި މިއީ ރާއްޖެއިން ޕޮޒިޓިވް ވި 27 ވަނަ މީހާއެވެ. އަދި މިއަދު ޕޮޒިޓިވްވި 2 ވަނަ މީހާއެވެ.

މިއީ، މާލެއިން މި ބައްޔަށް ޕޮޒިޓިވްވި ހަތްވަނަ މީހާއެވެ. އޭނާ އައިސޮލޭޝަން އަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

17 އޭޕްރިލް 2020 | ހުކުރު 13:05
Writer Profile Picture
ޒިހްނަތު ހަސަން
ދަތުރުކުރުން މަނާކުރިނަމަވެސް މަސްދޯނި ފަހަރަށް މަހަށް ފުރޭނެ

ޒަރޫރީ ބޭނުމެއްގައި މެނުވީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުމަށް އެޗްޕީއޭއިން އެންގިނަމަވެސް މަސް ދޯނިފަހަރުގައި މަހަށް ފުރުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ބުނެފިއެވެ.

17 އޭޕްރިލް 2020 | ހުކުރު 12:29
Writer Profile Picture
ޒިހްނަތު ހަސަން
މާދަމާ ޒަރޫރީ މުދާތައް ނެރުމުގެ މަސައްކަތް ފަށާނެ: އެމްޕީއެލް

މާލެސިޓީ ލޮކްޑައުން ކުރުމާ ގުޅިގެން، ޕޯޓްސްގެ މަސައްކަތްތައް މެދުކަނޑާލި ނަމަވެސް ހޮނިހިރު ދުވަހު ޒަރޫރީ މުދާތައް ނެރުމުގެ މަސައްކަތް ފަށާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

17 އޭޕްރިލް 2020 | ހުކުރު 12:27
Writer Profile Picture
ޒިހްނަތު ހަސަން
މާލެއިން 6 ވަނަ މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

މާލެސިޓީން 6 ވަނަ މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ، ކޮވިޑް-19 އަށް ޕޮޒިޓިވް ވި ދިވެއްސެއް (ކޭސް:23) ގެ ޑައިރެކްޓް ކޮންޓެކްޓެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނި، ހެދި ޓެސްޓް ޕޮޒިޓިވްވެފައިވާކަމަށެވެ. މިއީ، މާލެއިން މި ބައްޔަށް ޕޮޒިޓިވްވި ހަވަނަމީހާ ކަމަށާއި، އޭނާ އައިސޮލޭޝަން އަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕިއޭއިން ބުނެއެވެ.

17 އޭޕްރިލް 2020 | ހުކުރު 11:55
Writer Profile Picture
ޒިހްނަތު ހަސަން
ހުރިހާ ދަރިވަރުން އިމްތިހާނަކާ ނުލާ ގްރޭޑް ބަދަލުކުރަން ސައުދީން ނިންމައިފި

ސައުދީއަރަބިއްޔާގެ ޕަބްލިކް ހުރިހައި ސްކޫލެއްގެ ދަރިވަރުން އިމްތިހާނަކާއި ނުލާ ޖެހިގެން އިންނަ ގްރޭޑަށް ބަދަލުކުރުމަށް އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

17 އޭޕްރިލް 2020 | ހުކުރު 09:57
Writer Profile Picture
ޒިހްނަތު ހަސަން
ރަށްރަށަށް ދަތުރުކޮށްފައިވާ ފަރާތްތަކުން ކޮވިޑް-19 އަށް ޝައްކުވާ އަލާމަތެއް ފެނިއްޖެނަމަ ލަސްނުކޮށް ރިޕޯޓުކުރޭ: އެޗްޕީއޭ

ވޭތުވެދިޔަ ތަނުގައި މާލެއިންނާއި، ރިޒޯޓުތަކުންނާއި، ސަފާރީތަކުން ރަށްރަށަށް ދަތުރު ކޮށްފައިވާ ފަރާތްތަކުން ކޮވިޑް-19 އަށް ޝައްކުވާ އަލާމަތެއް ފެނިއްޖެނަމަ، ލަސްނުކޮށް، އެޗްޕީއޭ އަށް އެންގުމަށް އެދިއްޖެއެވެ.

17 އޭޕްރިލް 2020 | ހުކުރު 09:02
Writer Profile Picture
ޒިހްނަތު ހަސަން
މިއަދު ހަވީރު 06:00 އިން ފެށިގެން ރާއްޖޭގެ ހުރިހައި ރަށެއްގައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަނީ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި މާލެ ޞަރައްޙަދު ފިޔަވައި ރާއްޖޭގެ ހުރިހައި ރަށެއްގައި ޚާއްޞަ ފިޔަވަޅުތައް އެޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވައިފިއެވެ.

އާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތައް ލިބިގެންވާ ބާރުގެ ދަށުން މާލެ ޞަރަހައްދު ފިޔަވައި ރާއްޖޭގެ ހުރިހައި ޞަރަހަދެއްގައި މިއަދު ހަވީރު 06:00 އިން ފެށިގެން ޚާއްޞަ ފިޔަވަޅުތައް އަޅަން ނިންމާ ކަމާއި ގުޅޭ އިދާރާތަކައް ވަނީ މިކަން ތަންފީޒުކުރަން އަންގަވާފައެވެ.

17 އޭޕްރިލް 2020 | ހުކުރު 08:32
Writer Profile Picture
ޒިހްނަތު ހަސަން
މި ވަގުތައް އެންމެ މުހިންމީ ކޮވިޑް-19 ފެތުރުން ހުއްޓުވުން- ޓޫރިޒަމް މިނިސްޓަރ

މި ވަގުތައް އެންމެ މުހިންމީ ކޮވިޑް-19 ފެތުރުން ހުއްޓުވުން ކަމަށް މިިނިސްޓަރ އޮފް ޓޫރިޒަމް އަލި ވަހީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޔޫއެންޑަބްލިއުޓީއޯގެ ގްލޯބަލް ކްރައިސިސް ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

17 އޭޕްރިލް 2020 | ހުކުރު 08:26
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 ޖެހިގެން ފާއިތުވެދިޔަ 24 ގަޑިއިރު އެމެރިކާއިން 4،491 މަރު

އިއްޔެ އެކަނި އެމެރިކާއިން ކޮވިޑް-19 ޖެހިގެން 4،491 މީހުން މަރުވެއްޖެއެެވެ.

17 އޭޕްރިލް 2020 | ހުކުރު 08:13
Writer Profile Picture
ޒިހްނަތު ހަސަން
ހަރަމްފުޅުގައި ތާރމަލް ކެމެރާ ހަރުކޮށްފި

މަސްޖިދުލް ޙަރަމްއަށް ވަންނަ މީހުންގެ ހަށިގަނޑުގެ ފިނުހޫނުމިން ބެލުމަށް ޚާއްޞަ ތަރމަލް ސްކޭން ކެމެރާތަކެއް ހަރުކޮށްފިއެވެ.

17 އޭޕްރިލް 2020 | ހުކުރު 08:12
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 ގެ ކަންތަކައް އެހީވުމަށް 500 މިލިއަން ޑޮލަރު ދޭން ސައުދީން ވައުދުވެއްޖެ

ކޮވިޑް-19 އިން ސަލާމަތްވުމަށް ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތުގައި އެހީތެރިވުމަށް، ސައުދީއަރަބިއްޔާއިން 500 މިލިއަން ޑޮލަރު ދިނުމަށް ވައުދުވެއްޖެއެވެ.

17 އޭޕްރިލް 2020 | ހުކުރު 08:12
Writer Profile Picture
ލައިޝާ އަހްމަދު
ރައީސް ސޯލިހު އދ. ގެ ސެކްރެޓަރީ ޖެނެރަލްއަށް ގުޅުއްވައި ކޮވިޑް-19 އާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި
17 އޭޕްރިލް 2020 | ހުކުރު 04:08
Writer Profile Picture
ލައިޝާ އަހްމަދު
މާލެއިން މިހާތަނަށް ޕޮޒިޓިވްވި 5 ކޭސް
  • 1- ކޭސް 21 (މާލެއިން ފުރަތަމަ ޕޮޒިޓިވްވި މީހާ)
  • 2- ކޭސް 22 (މާލެއިން ފުރަތަމަ ޕޮޒިޓިވްވި މީހާގެ ދަރިފުޅު)
  • 3- ކޭސް 23 (ކޭސް 21 ގެ ކްލޯސް ކޮންޓެކްޓެއް)
  • 4- ކޭސް 24 ( ކޭސް 23 ގެ ކްލޯސް ކޮންޓެކްޓްއެއް)
  • 5- ކޭސް 25 ( ކޭސް 23 ގެ ކްލޯސް ކޮންޓެކްޓެއް)
17 އޭޕްރިލް 2020 | ހުކުރު 03:31
Writer Profile Picture
ލައިޝާ އަހްމަދު
މާލެ އިން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
17 އޭޕްރިލް 2020 | ހުކުރު 03:20
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ލޮކް ޑައުން މުއްދަތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑައިލީސިސް ޑިޕާޓްމެންޓް ހުޅުވިފައި ހުންނާނެ ގަޑިތަކަށް ބަދަލު ގެނެސްފި

އެ ހޮސްޕިޓަލުން ބުނީ މިވަގުތު ކުރިއަށް ދަމުންދާ ލޮކް ޑައުން މުއްދަތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑައިލީސިސް ޑިޕާޓްމެންޓް ހުޅުވިފައި ހުންނާނެ ގަޑިތަކަކީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 0900 އިން 1200 އަށް އަދި މެންދުރުފަހު 1400 އިން 1900 އަށް ކަމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑައަލިސިސް ޔުނިޓު ފަރުމާކުރެވިފައިވަނީ އެންމެ ޒަމާނީ ޑައިލިސިސް ހަދާ ވަސީލަތްތަކުގެ އެހީގައި ފަރުވާގެ ފުރިހަމަ ނަތީޖާ ނެރުމަށް އަމާޒު ކޮށްގެންކަމަށް ހޮސްޕިޓަލުން ބުންޏެވެ. މިޔުނިޓުގައި ދުވާލަކު 21 މީހުންނަށް ޑައަލިސިސްގެ ޚިދުމަތް ދެވެންހުރެއެވެ. ބަލިމީހުންނަށް ޚިދުމަތް ދިނުމުގައި ތަޖުރިބާކާރު ސްޕެޝަލިސްޓް ކޮންސަލްޓަންޓް ނެފްރޮލޮޖިސްޓުންނާއި ހުނަރުވެރި ކްލިނިކަލް ކެއަރ ޓީމެއް ޝާމިލްވާކަމަށް ހޮސްޕިޓަލުން ބުންޏެވެ.

17 އޭޕްރިލް 2020 | ހުކުރު 01:17
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ރާއްޖޭގެ އެއްވެސް ރަށަކުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފި

ހުކުރު ދުވަހުގެ ހަވީރު 6:00 އިން ފެށިގެން ރާއްޖޭގެ އެއްވެސް ރަށަކުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފި އެވެ.

އެޗްޕީއޭގެ އާންމު އިއުލާންގައިވަނީ ޕާޓީތަކާއި ހަފްލާތައް ބޭއްވުމާއި، މާހެފުމާއި، ދަތުރު ދިޔުމާއި، މޫދަށް އެރުމާއި، ކުޅިވަރު ކުޅުމާއި، އިޖުތިމާއީ އެ ނޫންވެސް އެއްވެސް ހަރަކާތެއް ކުރިއަށްގެންދިއުން މަނާކޮށްފައިވާކަމަށެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކާއި މުދާ އުފުލުމުގެ މަސައްކަތްތައް ކުރިއަށްގެންދާންޖެހެނީ ކައުންސިލްތަކުގެ ހުއްދަ ހޯދައިގެންކަމަށް އެޗްޕީއޭގެ އެންގުމުގައިވެއެވެ.

17 އޭޕްރިލް 2020 | ހުކުރު 01:13