ކޮވިޑް-19: އެންމެ ފަހުގެ

19,208,311
  • މާލެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 15 އަށް!
  • މާލެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާބަނޑު މީހެއް ހިމެނޭ
  • ޖަލުތަކުގައި ޙުކުމް ތަންފީޒުކުރަމުންދާ 105 މީހަކަށް ރައީސް އަދަބު ލުއިކޮށްދެއްވައިފި
 
Writer Profile Picture
ލައިޝާ އަހްމަދު
މާލެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 15 އަށް!
19 އޭޕްރިލް 2020 | އާދީއްތަ 00:03
Writer Profile Picture
އަމަން ހަލީމް
މާލެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާބަނޑު މީހެއް ހިމެނޭ
19 އޭޕްރިލް 2020 | އާދީއްތަ 00:03
Writer Profile Picture
ލައިޝާ އަހްމަދު
ޖަލުތަކުގައި ޙުކުމް ތަންފީޒުކުރަމުންދާ 105 މީހަކަށް ރައީސް އަދަބު ލުއިކޮށްދެއްވައިފި
19 އޭޕްރިލް 2020 | އާދީއްތަ 00:02
Writer Profile Picture
ލައިޝާ އަހްމަދު
ބިލެއްދޫ ފާނަ މަސްވެރިން ނަމޫނާ ދައްކައިފި, މަސްކޮޅު ކިރަން އެހީވެދިނީ ވާދަވެރި އެހެން ދޯނިތައް
19 އޭޕްރިލް 2020 | އާދީއްތަ 00:02
Writer Profile Picture
ލައިޝާ އަހްމަދު
ރަށްރަށަށް ދިޔަ ފަރާތްތައް އައިސޮލޭޓް ވާން އަންގައިފި!
19 އޭޕްރިލް 2020 | އާދީއްތަ 00:01
Writer Profile Picture
ދާނިޝް ނިޡާމް
ބަންގާޅު ސަރުކާރުގެ އެހީއާއި އެކު މިމަހުގެ 20 ވަނަ ދުވަހު މިލިޓަރީ އެއާރކްރާފްޓެއްގައި ދިވެހިން ގެންނަނީ

މިމަހުގެ 20 ވަނަ ދުވަހު ބަންގްލަދޭޝް ސަރުކާރުގެ އެހީއާއިއެކު އެ ގައުމުގެ ސަރުކާރުން ހަމަޖައްސައިދީފައިވާ މިލިޓަރީ އެއާރކްރާފްޓެއްގައި ދިވެހިން ގޮވައިގެން ރާއްޖެއަށް ދަތުރުކުރާނެކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކް ވިދާޅުވީ، ބަންގްލަދޭޝްފގެ ސަރުކާރުން ހަމަޖައްސާފައިވާ ފްލައިޓުން އައުމަށް ހަމަޖެހިފައިވަނީ ކަޓަމަންޑޫ އެއާރޕޯޓަށް އައިސް ފްލައިޓް ކެންސަލްވުމާއި ގުޅިގެން ނުފުރި، ނޭޕާލުގައި ތިބި 18 ދިވެހި ކިޔަވާކުދިން ގެންނާނެކަމަށެވެ.

މަބްރޫކް ވިދާޅުވީ ނޭޕާލުން ޑާކާއަށް ދިއުމަށްފަހު ޑާކާއިން ރާއްޖެ ގެންނާނެކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ،ބަންގްލަދޭޝްގައި ކިޔަވަން ތިބި 51 ދިވެހިންނާއި ރާއްޖެއަށް މިހާލަތަުގައި އެހީތެރިވެދިނުމަށް މެޑިކަލް ޓީމެއް އައުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ޓީމްގައި 10 ސިއްހީ މާހިރުން ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

18 އޭޕްރިލް 2020 | ހޮނިހިރު 21:16
Writer Profile Picture
ދާނިޝް ނިޡާމް
މަގުމައްޗަށް ނިކުތް އެކަކު ޖޫރީމައިނާކޮށް 92 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް!

ކޮވިޑް-19 އާއި ގުޅިގެން މާލެސިޓީގައި އިއުލާންކޮށްފައިވާ ލޮކްޑައުންގައި މިއަދު މަގުމައްޗަށް ނިކުތް 92 މީހެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އޭގެތެރެއިން އެކަކު ވަނީ ޖޫރީމައިނާކޮށްފައެވެ.

18 އޭޕްރިލް 2020 | ހޮނިހިރު 21:06
Writer Profile Picture
ދާނިޝް ނިޡާމް
މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާބަނޑުމީހެއް ހިމެނޭ

މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީގހުންގެ ތެރޭގައި މާބަނޑުމީހެއް ހިމެނޭކަމަށް ކޮވިޑް-19ގެ ޓަސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީވް ވިދާޅުވެއްޖެއެވެ.

މަބްރޫކް މިހެން ވިދާޅުވީ އެންއީއޯސީގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

18 އޭޕްރިލް 2020 | ހޮނިހިރު 20:54
Writer Profile Picture
އާއިޝަތު ޝިއުރާ
ރާއްޖެއިން ކޮވިޑް-19 ޖެހިފައިވާ 33 ވަނަ މީހާ ފެނިއްޖެ
18 އޭޕްރިލް 2020 | ހޮނިހިރު 15:55
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19 އާ ގުޅިގެން ހިންގޭ އޮޕަރޭޝަނަށް ވޮލަންޓިއާ ކުރުމުގެ ފުރުސަތު މިލިޓަރީ ވެޓެރަންސްއަށް ހުޅުވާލައިފި
18 އޭޕްރިލް 2020 | ހޮނިހިރު 15:48
Writer Profile Picture
އާއިޝަތު ޝިއުރާ
ގޭގެއިން ކުނި ނަގާ ގަޑީގައި މާލޭގައި ހުރި ކޮމާޝަލް ތަންތަނުން ކުނި ބޭރަށް ނުނެރުމަށް ވެމްކޯއިން އިލްތިމާސްކޮށްފި
18 އޭޕްރިލް 2020 | ހޮނިހިރު 14:36
Writer Profile Picture
އާއިޝަތު ޝިއުރާ
މުދާ ބަލާ ރިސޯޓްތަކުންނާއި ރަށްރަށުން އަންނަ އުޅަނދު ފަހަރު މާލެ ނޯތް ހާބަރަށް އައުމަށް ފުލުހުން އެދެފި
18 އޭޕްރިލް 2020 | ހޮނިހިރު 13:51
Writer Profile Picture
އަލީ ސަމާޚް
60 އާ ގާތްކުރާ ވަރަށް ކޭސް އުޅޭނެ

މާލޭގެ ތެރޭގައި ގާތްގަނޑަކަށް ކޮވިޑް-19 ގެ 60 ކޭސްއެއް އުޅޭނެ ކަމަށް ލަފާކުރެވޭ ކަމަށް ޑރ. ޝީނާ ވިދާޅުވެއްޖެވެ.

17 އޭޕްރިލް 2020 | ހުކުރު 22:04
Writer Profile Picture
އަލީ ސަމާޚް
ޕޮޒިޓިވްވި މީހުންނާ ގުޅުން ހުރި 274 މީހަކު އައިސޮލޭޓް ކޮށްފި

މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނާ ގުޅުން ހުރި 274 މީހަކު ކުރެވިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

17 އޭޕްރިލް 2020 | ހުކުރު 21:56
Writer Profile Picture
އަލީ ސަމާޚް
74 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

ހުކުރު ދުވަހު 20:30 އިން ނުވައެއް ޖެހުމާއި ދެމެދު 74 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި އެންމެންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މަގުމައްޗަށް ނިކުމެ އުޅެނިކޮށެވެ.

17 އޭޕްރިލް 2020 | ހުކުރު 21:52
Writer Profile Picture
އަލީ ސަމާޚް
ރާއްޖޭގެ އެންމެ ފަހުގެ އަދަދުތައް

3700 ސާމްޕަލް

3294 ނެގެޓިވް

28 ޕޮޒިޓިވް

11 މީހަކަށް ދަނީ ފަރުވާދެމުން

61 މީހުން އައިސޮލޭޝަން ގައި

1053 މީހުން ކަރަންޓީނު ގައި

97 މީހަކު ހުކުރު ދުވަހު ފްލޫ ކްލިނިކަށް ދެއްކި

17 އޭޕްރިލް 2020 | ހުކުރު 21:49
Writer Profile Picture
އަލީ ސަމާޚް
މިއޮތް ހާލަތުގައި ތިބެއްޖެއްޔާ 2000 މީހުން މަރުވާނެ

ގައިދުރުކަން ނުބަހައްޓާ ނަމަ ރާއްޖެއިން ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން 2000 މީހަކު މަރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ބުނެފިއެވެ. އެކަން ހާމަކުރެއްވީ ޑރ. ޝީނާ މޫސާއެވެ.

17 އޭޕްރިލް 2020 | ހުކުރު 21:45
Writer Profile Picture
ލައިޝާ އަހްމަދު
މާލެއިން މިހާތަނަށް ޕޮޒިޓިވްވި 8 މީހުން

1- ކޭސް 21 (މާލެއިން ފުރަތަމަ ޕޮޒިޓިވްވި މީހާ)

2- ކޭސް 22 (މާލެއިން ފުރަތަމަ ޕޮޒިޓިވްވި މީހާގެ ދަރިފުޅު)

3- ކޭސް 23 (ކޭސް 21 ގެ ކްލޯސް ކޮންޓެކްޓެއް)

4- ކޭސް 24 ( ކޭސް 23 ގެ ކްލޯސް ކޮންޓެކްޓްއެއް)

5- ކޭސް 25 ( ކޭސް 23 ގެ ކްލޯސް ކޮންޓެކްޓެއް)

6- ކޭސް 26 ( ކޭސް 23 ގެ ކްލޯސް ކޮންޓެކްޓެއް)

7- ކޭސް 27 ( ރޯގާގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި މީހެއް)

8- ކޭސް 28 ( ރޯގާގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި މީހެއް)

17 އޭޕްރިލް 2020 | ހުކުރު 19:41
Writer Profile Picture
އުމްނާ އިސްމާއިލް
ގޭގެއަށް ޑެލިވަރީކޮށްދިނުމުގައި އެމްއެންޑީއެފް އިން ދަނީ އެހީތެރިވެދެމުން
17 އޭޕްރިލް 2020 | ހުކުރު 18:24
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: ލީޑްސް ޔުނައިޓެޑްގެ ލެޖެންޑް ނޯމަން ހަންޓާ މަރުވެއްޖެ

ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިގެން އިނގިރޭސި ދެވަނަ ޑިވިޝަނުގައި މިވަގުތު އޮތް ލީޑްސް ޔުނައިޓެޑްގެ ލެޖެންޑް ނޯމަން ހަންޓާ މަރުވެއްޖެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން އިންގްލެންޑުގެ ކުރީގެ ޑިފެންޑަރު ހަންޓާ، ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ. ހުކުރު ދުވަހުގެ ވަގުތެއްގައި ހަންޓާ މަރުވިއިރު، އޭނާގެ އުމުރަކީ 76 އަހަރެވެ.

17 އޭޕްރިލް 2020 | ހުކުރު 18:24
Writer Profile Picture
އުމްނާ އިސްމާއިލް
ނޯތު ޕޯޓު އަދި ޓީޖެޓީ ސަރަހައްދުން ބަރުކޮށްގެން ރަށްތަކަށް މުދާ ގެންދިއުމުގެ މަސައްކަތް ކުރަނީ

ނޯތު ޕޯޓު އަދި ޓީޖެޓީ ސަރަހައްދުން ބަރުކޮށްގެން ރަށްތަކަށް މުދާ ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

17 އޭޕްރިލް 2020 | ހުކުރު 17:54
Writer Profile Picture
އުމްނާ އިސްމާއިލް
އެހެން އަހަރުތަކެކޭ އެއްގޮތަށް ރޯދަމަހު ޚިދުމަތްދޭ ގަޑިތަކަށް ބަދަލު އަންނާނެ: އެމްޕީއެލް

އެހެން އަހަރުތަކެކޭ އެއްގޮތަށް ރޯދަމަހު ޚިދުމަތްދޭ ގަޑިތަކަށް ބަދަލު އަންނާނެ ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ. އެގޮތުން ހެނދުނު 8:30 ގައި ޚިދުމަތްތައް ފަށާނެ ކަމަށާއި މެނޭޖް ނުކުރެވޭނަމަ ގަޑި އިތުރުކުރާނެ ކަމަށް.

17 އޭޕްރިލް 2020 | ހުކުރު 17:51
Writer Profile Picture
އުމްނާ އިސްމާއިލް
ލޮކްޑައުންކުރި ދުވަހުން ފެށިގެން ނިމެންދެން ޑެމަރޭޖަށް އަރާ މުއްދަތު ނުގުނާނެ: އެމްޕީއެލް

ލޮކްޑައުންކުރި ދުވަހުން ފެށިގެން ނިމެންދެން ޑެމަރޭޖަށް އަރާ މުއްދަތު ނުގުނާނެ ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

17 އޭޕްރިލް 2020 | ހުކުރު 17:50
Writer Profile Picture
އުމްނާ އިސްމާއިލް
މާދަމާ ހެނދުނު 8:30 އިން 16:00 އަށް އެމްޕީއެލް އިން ޚިދުމަތްދޭނެ

އެމްޕީއެލް ިން ބުނީ މާދަމާ ހެނދުނު 8:30 އިން 16:00 އަށް އެމްޕީއެލް އިން ޚިދުމަތްދޭނެ ކަމަށެވެ. އެގޮތުން

ފުރަތަމަ ނެރޭނީ ކާބޯތަކެތި ކަމަށް.

17 އޭޕްރިލް 2020 | ހުކުރު 17:49
Writer Profile Picture
އުމްނާ އިސްމާއިލް
ކަސްޓަމްސްގެ ޚިދުމަތް އޮންލައިންކޮށް ބޭނުން ކުރައްވާ

ކަސްޓަމްސްގެ ޚިދުމަތް އޮންލައިންކޮށް ބޭނުން ކުރެއްވުމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އިލްތިމާސްކުރައްވާފައެވެ.

17 އޭޕްރިލް 2020 | ހުކުރު 17:46