ކޮވިޑް-19: އެންމެ ފަހުގެ

19,235,198
  • އުލިގަމު ކޭސްގެ ސްކްރީނިންގ ޕޮޒިޓިވް
  • މިއަދު 6 ވެންޓިލޭޓަރެއް ވަނީ ރާއްޖެ އައިސްފައި
  • 16 ކޭސްގެ ޓްރޭސިންގ ފަށައިފި
 
Writer Profile Picture
ޙުސައިން މަޚްތޫމް
އުލިގަމު ކޭސްގެ ސްކްރީނިންގ ޕޮޒިޓިވް

ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ސްކްރީނިންގ ޓެސްޓް ހެދި އުލިގަމުގައި ހުރި މީހަކު ވަނީ ސްކްރީނިންގ އަށް ޕޮޒިޓިވްވެފައި. ނަމަވެސް ކޮވިޑް-19 އަށް އޭނާ ޕޮޒިޓިވްވި ކަމެއް ހާމައެއް ނުކުރޭ.

19 އޭޕްރިލް 2020 | އާދީއްތަ 15:17
Writer Profile Picture
އާއިޝަތު ޝިއުރާ
މިއަދު 6 ވެންޓިލޭޓަރެއް ވަނީ ރާއްޖެ އައިސްފައި

މިއަދި 6 ވެންޓިލޭޓަރެއް ރާއްޖެ އައިސްފައިވާ ކަމަށާއި އިތުރު ވެންޓިލޭޓަރުތައް ރާއްޖެ އައުމުގެ މަގުމަތީގައިވާ ކަަމަށް މަބްރޫކް ވިދާޅުވި އެވެ.

19 އޭޕްރިލް 2020 | އާދީއްތަ 15:16
Writer Profile Picture
ޙުސައިން މަޚްތޫމް
16 ކޭސްގެ ޓްރޭސިންގ ފަށައިފި

މިއަދު ޕޮޒިޓިވްވި 16 ކޭސްއާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުން ދަނީ. މިހާތަނަށް ފުލޫކްލިނިކަށް ދެއްކި ބިދޭސީ މީހާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 4 މީހަކު ވަނީ ދެނެގަނެވިފައި. އެހެންކަމުން އިތުރު ކޮންޓެކްޓް އަދި އަންނާނެ.

19 އޭޕްރިލް 2020 | އާދީއްތަ 15:15
Writer Profile Picture
އާއިޝަތު ޝިއުރާ
މިއަދު ފެނުނު ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިންގ ދަނީ ހަދަމުން

މިއަދު ފެނުނު ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިންގ ހަދަމުންދާ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ. މީގެކުރިން ޕޮޒިޓިވްވި ކޭސްތަކުގައި ދީފައިވާ ލަފައާ ޚިލާފަށް ކަންކަންކޮށްގެން ޕޮޒިޓިވް ކޭސްއަކާ ހަމައަށް ގޮސްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

19 އޭޕްރިލް 2020 | އާދީއްތަ 15:14
Writer Profile Picture
ޙުސައިން މަޚްތޫމް
ވަގުތުން ވަގުތަށް ފިޔަވަޅު އަޅާނެ ކަންކަން ބަލަނީ

ޓެގް ޓީމުން މަޝްވަރާ ކުރަމުންދަނީ ވަގުތުން ވަގުތަށް އަޅަންވީ ފިޔަވަޅުތަކެއް. އެލްޖީއޭ އެޗްޕީއޭ އާއެކު ކައުންސިލްތަކަށް ބާރު ދިނުމަށް މަޝްވަރާ ކުރެވިފައިވޭ.

19 އޭޕްރިލް 2020 | އާދީއްތަ 15:12
Writer Profile Picture
އާއިޝަތު ޝިއުރާ
ހުރިހާ އަތޮޅެއްގައިވެސް ސާމްޕަލް ނެގޭނެ

ހުރިހާ އަތޮޅެއްގައިވެސް ސާމްޕަލް ނެގޭނެކަމަށާއި ސާމްޕަލް ނެގުމަށްފަހު މާލެ ގެނެސް ޓެސްޓް ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވި އެވެ. މާލޭގައި ޓެސްޓިންގ ކެޕޭސިޓީ އިތުރުކުރުމަށް ދަނީ މަސައްކަތްކުރަމުން ކަމަށް މަބްރޫކް ވިދާޅުވި އެވެ.

19 އޭޕްރިލް 2020 | އާދީއްތަ 15:10
Writer Profile Picture
އާއިޝަތު ޝިއުރާ
ޓެސްޓިންގ ކެޕޭސިޓީ އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުން

ޓެސްޓިންގ ކެޕޭސިޓީ އައިޖީއެމްއެޗްގައި އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް އެކަންވާނެ ވަކި ދުވަހެއް އަދި ނޭންގޭ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

19 އޭޕްރިލް 2020 | އާދީއްތަ 15:04
Writer Profile Picture
އާއިޝަތު ޝިއުރާ
މިވަގުތު މުހިންމީ ކްލްސްޓަރ ތައް ބެލުން

މިވަގުތު މުހިންމީ ކްލަސްޓަރ ތައް ބެލުމާއި މާލޭގައި ވައިރަސް ކޮންޓްރޯލް ކުރުން ކަމަށް މަބްރޫކް ވިދާޅުވި އެވެ.

19 އޭޕްރިލް 2020 | އާދީއްތަ 15:03
Writer Profile Picture
އާއިޝަތު ޝިއުރާ
އުލިގަމު މީހާގެ ސްކްރީނިންގ ޕޮޒިޓިވްވެފައި ވަނީ، ކޮރޯނާއަށް އަންނަނީ ޓެސްޓް ކުރަމުން

ހއ އުލިގަމުން އަލާމާތް ހުރެގެން ހެދި ސްކްރީނިން ޓެސްޓް ޕޮޒިޓިވްވެފައިވާ ކަމަށާއި އެމީހާ ކޮރޯނާއަށް ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވި އެވެ. މިމީހާއަކީ މާލޭގައި ހުރެފައި އުލިގަމަށް ދަތުރުކުރި މީހެއް ކަމަށް މަބްރޫކް ވިދާޅުވި އެވެ.

19 އޭޕްރިލް 2020 | އާދީއްތަ 15:01
Writer Profile Picture
އާއިޝަތު ޝިއުރާ
އެކަކު ރަނގަޅު މައުލޫމާތު ދެމުން ނުދާކަން ފާހަގަކުރެވޭ

ކޭސް 21 އާ ގުޅުންހުރި އެކަކު ކޮންޓެކްޓް ޓްރޭސިންގ އާ ގުޅުންހުރި ރަނގަޅު މައުލޫމާތު ދެމުން ނުދާކަން ފާހަގަކުރެވޭ ކަމަށް ޑރ ނަޒްލާ ވިދާޅުވެއްޖެ އެވެ.

19 އޭޕްރިލް 2020 | އާދީއްތަ 14:58
Writer Profile Picture
އާއިޝަތު ޝިއުރާ
ޖުމްލަ 3982 ސާމްޕަލް ނެގިފައިވޭ

ޖުމްލަ : 3982 ސާމްޕަލް

ނެގެޓިވް : 3676 ސާމްޕަލް

ނުލިބޭ : 254 ސާމްޕަލް

19 އޭޕްރިލް 2020 | އާދީއްތަ 14:57
Writer Profile Picture
ޙުސައިން މަޚްތޫމް
ބަންގުލަދޭޝް މީހުން ހިމެނޭ 13 ކޭސް ގުޅެނީ ލިލީއާއި

މިއަދު ޕޮޒިޓިވްވި 13 ބަންގުލަދޭޝް މީހުންނަކީ ލިލީގައި މަސައްކަތް ކުރާ މީހުން

19 އޭޕްރިލް 2020 | އާދީއްތަ 14:47
Writer Profile Picture
ޙުސައިން މަޚްތޫމް
36 ވަނަ ކޭސް އަކީ 27 އަހަރުގެ ބަންގުލަދޭޝް މީހެއް

އެމީހާ ޕޮޒިޓިވްވެފައިވަނީ ޓެސްޓް ހެދުމުން

19 އޭޕްރިލް 2020 | އާދީއްތަ 14:46
Writer Profile Picture
އާއިޝަތު ޝިއުރާ
އިތުރު ދެ މީހަކަށް ކޮވިޑް-19 ޖެހިއްޖެ، މި ދެ މީހުންނަކީ އިންޑިޔާގެ ދެ މީހުން
19 އޭޕްރިލް 2020 | އާދީއްތަ 14:32
Writer Profile Picture
އާއިޝަތު ޝިއުރާ
އިތުރު 13 މީހުންނަށް ރާއްޖެއިން ކޮވިޑް-19 ޖެހިއްޖެ، ޖުމްލަ އަދަދު 49 ށް
19 އޭޕްރިލް 2020 | އާދީއްތަ 14:28
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19 އަށް އަނެއްކާވެސް މީހަކު ޕޮޒިޓިވްވެއްޖެ
19 އޭޕްރިލް 2020 | އާދީއްތަ 13:58
Writer Profile Picture
އާއިޝަތު ޝިއުރާ
ހއ އިހަވަންދޫ މޮނިޓަރިންގ ހާލަތަށް ގެނެސްފި

ހއ އިހަވަންދޫ މޮނިޓަރިންގ ހާލަތަށް ގެނެސްފައިވާ ކަމަށް ހއ ހޮސްޕިޓަލްގެ މެނޭޖަރ އަޝްރަފް ވިދާޅުވެއްޖެ އެވެ.

19 އޭޕްރިލް 2020 | އާދީއްތަ 13:51
Writer Profile Picture
ޙުސައިން މަޚްތޫމް
ކޮވިޑް-19 ފެތުރުނީ އިހުމާލުން ނަމަ ކުށަކީ ކުށެއް ކަމަށް ޗައިނާ އިން ގަބޫލު ކުރަން ޖެހޭނެ: ޓްރަމްޕް
19 އޭޕްރިލް 2020 | އާދީއްތަ 12:03
Writer Profile Picture
ޙުސައިން މަޚްތޫމް
3 ލައްކަ ހަލުއި ޓެސްޓް ކިޓް ޗައިނާއިން އިންޑިއާ އަށް
19 އޭޕްރިލް 2020 | އާދީއްތަ 12:02
Writer Profile Picture
ޙުސައިން މަޚްތޫމް
އިންޑިއާ އިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 16،000ށް ވުރެ މައްޗަށް
19 އޭޕްރިލް 2020 | އާދީއްތަ 12:01
Writer Profile Picture
ޙުސައިން މަޚްތޫމް
ލޮކްޑައުންގެ ގަވައިދުތަކާ ހިލާފުވެގެން 39 މީހަކު ޖޫރިމާނަކޮށްފި

ކޮވިޑް-19 މާލެ އިން ފެނުމާއި ގުޅިގެން މާލެ ލޮކްޑައުން ކޮށްފައި ވަނިކޮށް، މާލެ މަގުމައްޗަށް ނިކުމެ އުޅުނު 39 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި.

ޒަރޫރީ ބޭނުމެއްނެތި މާލޭގެ މަގުމައްޗަށް ނިކުމެ އުޅުނު 92 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އި.

ހޮނިހިރު ދުވަހު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެސިސްޓެންޓް ކޮމިޝަނަރަ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ވިދާޅުވީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވެނު މީހުންގެ ތެރެއިން ބައެއް ފަރާތްތަކަކީ ހައްޔަރު ކުރުމުގެ މަގްސަދުގައި ގެންދެވުނު ބައެއް ނޫން ކަމަށާއި، އޭގެ ތެރޭގައި ހިމެނޭ ބައެއް މީހުންނަކީ އެއްވެސް ގެދޮރެއް ނެތް ފަރާތްތައް ކަމަށް.

19 އޭޕްރިލް 2020 | އާދީއްތަ 12:00
Writer Profile Picture
ޙުސައިން މަޚްތޫމް
ކޮވިޑް-19އާ ގުޅިގެން ރަށްރަށުގެ ކައުންސިލްތަކުން އަޅާ ފިޔަވަޅުތައް ވަރުގަދަ ކޮށްފި
19 އޭޕްރިލް 2020 | އާދީއްތަ 11:58
Writer Profile Picture
ޙުސައިން މަޚްތޫމް
ބިމު ކުއްޔާ ނުލާ ދަނޑުވެރިކަން ކުރުމުގެ ފުރުސަތު ގިނަ ރަށްރަށުން ހުޅުވާލައިފި
19 އޭޕްރިލް 2020 | އާދީއްތަ 11:57
Writer Profile Picture
ޙުސައިން މަޚްތޫމް
އަސާސީ ބޭންކިންގ ޚިދުމަތްތައް ދިނުމަށްޓަކައި މިއަދު ބޭންކް ހުޅުވާނެ: ބީއެމްއެލް

އަސާސީ ބޭންކިންގ ޚިދުމަތްތައް ދިނުމަށްޓަކައި މިއަދު ބޭންކް ހުޅުވާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި.

ބީއެމްއެލް އިން ބުނީ އާދިއްތަ ދުވަހުގެ ހެނދުނު 9:30ން ފެށިގެން 12:30ށް ބޭންކް ހުޅުވިފައިވާ ހުންނާނެ ކަމަށް. އެގޮތުން މި ގަޑިތަކުގައި ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފަރ ކުރުމާއި ޕޭ ރޯލް ހިދުމާއި އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ޗެކް ޕްރޮސެސް ކުރުމުގެ އިތުރުން ލޯކަލް ބޭންކް ޓްރާންސްފަރގެ ހިދުމަތް ލިބިގެންދާނެ ކަމަށް.

19 އޭޕްރިލް 2020 | އާދީއްތަ 11:56
Writer Profile Picture
ލައިޝާ އަހްމަދު
ކޮވިޑް-19 ޖެހިގެން މަރުވެއްޖެނަމަ މޫނު ބަލަން ދެވޭނެ، ހުންނަންޖެހޭނީ 3 ފޫޓު ދުރުގައި
19 އޭޕްރިލް 2020 | އާދީއްތަ 01:21