ކަރަންޓީން ފެސިލިޓީއަކުން އައިޖީއެމްއެޗަށް ގެންދިޔަ މީހަކު ނިޔާވެއްޖެ. އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްއެއް ނޫން. ނަމަވެސް އޭނާގެ ސިއްހީ މައްސަލަ އަށް ފަރުވާދީފައިވޭ އޭނާ އަކީ އިންޑިޔާއިން އައި ދިވެއްސެއް.
ކޭސް 86 ގައި ހިމެނޭ ދިވެހި މީހާއަކީ ކޭސް 36 އާ ގުޅިފައިވާ ކޮންޓެކްޓެއް. އޭނާ އަކީ އެސްޓީއޯގައި ސެކިއުރިޓީ ވެސް ބަލަހައްޓާ މީހެއް. އަދި އޭނާ އަކީ ޓެކްސީ ވެސް ދުއްވާ މީހެއް. އޭނާ އަކީ އަމީން ހިޔާގެ ކޭސްއާ ގުޅުން ހުރި މީހެއް. އޭނާ ޓޭކްސީ ވެސް ކުރި.
85 އުޅުނީ ފުރަތަމަ ރައްޓެއްސެއް ކައިރި. އެހެން ކުލަސްޓާއަކާއި ގުޅުމެއް ނެތް. 14 އެޕްރީލްއާ ހަމައަށް އީދު މިސްކިތަށް ނަމާދަށް އަރާފައިވޭ. އޭނާގެ 13 ކޮންޓެކްޓް މިހާތަނަށް ވަނީ ހޯދިފައި.
85 - އެހެން ކްލަސްޓާއަކާ ގުޅުމެއް ނެތް.
މިއީ 2 ދިވެހިން
ބިދޭސީންގެ 80 އެއްހާ މީހުން ވަނީ އެހެން ތަނަކަށް ގެންދެވިފައި. ރާއްޖޭގައި އުޅޭ ބިދޭސީން ބައެއް މީހުންނަށް ޑެލިވަރީ އާއި ޓޭކްއަވޭގައި ވެސް ވަރަށް ބޮޑަށް ދަތިވަމުން އެބަދޭ. އަދި އިއްޔެ ނިންމުނު ނިންމުމެއް އެކަހަލަ މީހުން އެހެން ތަނަކަށް ބަދަލުކުރުމަކީ. އެހެންވެ، އެ މީހުން ގެންދިޔައީ ވިލިވަރަށް.
އެހާ ފެންވަރު ދަށްކޮށް ހުރި ތަނަކަށް ގެންދެވުމަކީ އަޅުގަނޑުމެން މާފަށް އެދެން. އެއީ އަޅުގަނޑުމެން ވެސް ގަބޫލުކުރާ ގޮތުގައި އިންސާނުން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫން.
ފަރުވާ އަކީ ގޭގައި މަޑުކުރެއްވުން: އަމީން
ވަސީލަތްތައް އިތުރު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން
ލޮކްޑައުން އަށް ގޮތެއް ނިންމާނީ ޓާސްކް ފޯސްގެ އިތުރުން އެޗްޕީއޭއާއެކު މަޝްވަރާ ކުރުމަށް ފަހު
ފޯނު މެދުވެރިކޮށް ރާއްޖެ ޓީވީގެ ''60 މިނިޓް'' އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ހެލްތް މިނިސްޓަރު އަމީން ވިދާޅުވީ، ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްއެއް ފެނުމާއިއެކު މި ވަގުތު ހެލްތް މިނިސްޓްރީން އެންމެ ބޮޑު އިސްކަމެއްދެނީ ޓެސްޓު ކުރުމާއި، ހައި ރިސްކު މީހުން އައިޑެންޓިފައި ކުރުމާއިއެކު ޕްރައިމަރީ ކޮންޓެކްޓް ޓެސްޓު ކުރުމުގެ އިތުރުން އަލާމާތްތައް ހުންނަ މީހުން ޓެސްޓުކޮށް އެ ފަރާތްތައް އައިސޮލޭޓް ކުރުމުގެ މަސައްކަތް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރަށް ބޭނުންވާ ސިއްހީ ވަސީލަތްތައް ހުންނާނެ ކަމަށާއި، އިތުރު ވަސީލަތްތައްވެސް ގާއިމްކުރަމުންދާ ކަމަށެވެ. ސިއްހީ މާހިރުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ސިއްހީ ނިޒާމަށް ނުކަތާ ވަރަށް ބަލި ފެތުރިގެން ދިޔުމެވެ.
އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭ އިން ކުރި ޓުވީޓެއްގައި ވަނީ 2 ދިވެއްސެއް ކޮވިޑް-19 އަށް ޕޮޒިޓީވް ވެފައިވާކަމަށާއި އެ ދެމީހުންނަކީ ބަލީގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަން ދިޔަ ދެމީހުންކަމަށެވެ. އެއާއި އެކު މާލެއިން ފެނިފައިވާ ކޭސްތަކުގެ އަދަދު ވަނީ 66 އަކަށް އަރާފައެވެ. މި ދެމީހުން މިހާރު އައިސޮލޭޝާން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތްކުރަމުންދާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.