ކޮވިޑް-19: އެންމެ ފަހުގެ

20,341,381
  • މިފްކޯ އިން ގޭގެއަށް ޑެލިވަރީކޮށްދިނުން ހުއްޓާލައިފި
  • މާލެއިން އިތުރު 2 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
  • ތެލެސީމިއާ ޕޭޝަންޓުން އަދި ސިއްޙީ ސަބަބުތަކަށް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވެންޖެހޭނެ: ޑރ ނަޒްލާ
 
Writer Profile Picture
އާއިޝަތު ޝިއުރާ
މިފްކޯ އިން ގޭގެއަށް ޑެލިވަރީކޮށްދިނުން ހުއްޓާލައިފި
21 އޭޕްރިލް 2020 | އަންގާރަ 11:29
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
މާލެއިން އިތުރު 2 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
21 އޭޕްރިލް 2020 | އަންގާރަ 00:43
Writer Profile Picture
ލައިޝާ އަހްމަދު
ތެލެސީމިއާ ޕޭޝަންޓުން އަދި ސިއްޙީ ސަބަބުތަކަށް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވެންޖެހޭނެ: ޑރ ނަޒްލާ

ތެލެސީމިއާ ޕޭޝަންޓުން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމުގައި އަދި މާބަނޑު މީހުންނަށް ރޭވިފައިވާ އިންތިޒާމް ކުރެވިފައިވާ ގޮތާ ގުޅޭގޮތުން ޑރ ނަޒްލާ ވިދާޅުވީ، ސިއްޙީ ޚިދުމަތް ހޯދުން ފަދަ ޒަރޫރީ ކަންކަމުގައި އެއް ރަށުން އަނެއް ރަށަށް ދެވެން ޖެހޭނެކަމަށް، އަދި ރަށްރަށުގެ ޓާސްކްފޯސްއިން އެޗްޕީއޭއާ ގުޅިގެން އެ އިންތިޒާމްތައް ހަމަޖެހެން ޖެހޭނެ ކަމަށް

20 އޭޕްރިލް 2020 | ހޯމަ 21:43
Writer Profile Picture
ލައިޝާ އަހްމަދު
މިމަހު 14 އަދި 15 ގައި ބާޒާރު ލިލީއަށް އަދި 15-17 އަށް މ.އިހުސާން ފިހާރައަށް ދިޔަ ފަރާތްތައް ރިޕޯޓް ކުރޭ

މިމަހު 14 އަދި 15 ގައި ބާޒާރު ލިލީއަށް އަދި 15-17 އަށް މ.އިހުސާން ފިހާރައަށް ދިޔަ ފަރާތްތައް އެޗްޕީއޭއަށް ރިޕޯޓް ކުރުމަށް ކޮވިޑް-19 ޓާސްކްފޯސް ޓީމުން އެދިވަޑައިގެންފި. އެއީ މިހާރު ޕޮޒިޓިވްވި ކޭސްތަކުގެ ތެރެއިން ކޭސް 55 އަކީ ބާޒާރު ލިލީގައި އުޅޭ ފަރާތަކަށް ވުމާއި، އިތުރު ކޭސްތަކަކީ އިހުސާން ފިހާރައިގެ ޑެލިވަރީގައި އުޅޭ ފަރާތްތަކާ ގުޅުންހުރި ކޭސްތަކަށް ވާތީ.

20 އޭޕްރިލް 2020 | ހޯމަ 21:33
Writer Profile Picture
ލައިޝާ އަހްމަދު
ކްލަސްޓަރތައް މީގެ 2 ނުވަތަ 3 ހަތްފާ ކުރިން ފެށިފައިވާކަން ފާހަގަވެފައިވޭ

ބައްޔަށް ޓެސްޓިންގ ކެޕޭސިޓީ އިތުރު ކުރުމަށް ޓެސްޓް ކުރުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރަމުންދާ ކަމަށް ޑޮކްޓަރ ނަޒްލާ މުސްތަފާ ވިދާޅުވި، އެގޮތުން މިހާރު ބެލިބެލުމުން ކްލަސްޓަރތައް މީގެ 2 ނުވަތަ 3 ހަތްފާ ކުރިން ފެށިފައިވާކަން ފާހަގަވެފައިވާ ކަމަށް ވިދާޅުވި.

ޑރ އަލީ ލަތީފް ވިދާޅުވީ، ހަފްތާ އެއްގެ ތެރޭގައި އިތުރު ޓެސްޓް ކިޓްތައް ލިބޭނެ ކަމަށް، ނަމަވެސް މުޅި ކޮމިއުނިޓީ ޓެސްޓް ކުރުމުގެ ވިސްނުމެއް އަދި މިވަގުތަށް ނެތް ކަމަށް، އެއީ ޓެސްޓަށް ހޭދަވާ ވަގުތާ، މިވަގުތުގެ މުހިއްމީ ކޮން ކަންކަމެއްކަން ބަލައި އެންމެ މުހިއްމު ވަގުތުތަކުގައި ޓެސްޓް ހެދޭނެ އިންތިޒާމްތައް ހުރިތޯ ކަށަވަރު ކުރަންޖެހޭ ކަން ފާހަގަކުރެއްވި

20 އޭޕްރިލް 2020 | ހޯމަ 21:24
Writer Profile Picture
ލައިޝާ އަހްމަދު
މިހާތަނަށް ބޭރުތެރޭގައި އުޅުނު 95 މީހަކު ފުލުހުން ޖޫރިމަނާކޮށްފައިވޭ

މާލޭ ސަރަޙައްދުގައި އިއުލާނުކޮށްފައިވާ ލޮކްޑައުންއާ ގުޅިގެން ފުލުހުން މަގުތައް ބަލަހައްޓަމުންދާއިރު، އެކަންކަމާއި ގުޅިގެން މިހާތަނަށް 95 މީހަކު ފުލުހުން ޖޫރިމަނާކޮށްފައިވާކަމަށް މަބްރޫކު ވިދާޅުވި.

20 އޭޕްރިލް 2020 | ހޯމަ 21:17
Writer Profile Picture
އުމްނާ އިސްމާއިލް
ފަހުން ފެނުނު ކޭސްތަކުގެ ތަފްސީލު:

ކޭސް 61: ކޭސް 36 އާއި ގުޅުން ހުރި ކޭސްއެއް

ކޭސް 62، 63، 64: ކޭސް 28 އާއި ގުޅުން ހުރި ކޭސްތައް

ކޭސް 65، 66، 67: ކޭސް 29 އާއި ގުޅުން ހުރި ކޭސްތައް

20 އޭޕްރިލް 2020 | ހޯމަ 21:17
Writer Profile Picture
ލައިޝާ އަހްމަދު
ބޭރަށް ދާނަމަ މާސްކް އަޅަންޖެހޭ ޙާލަތަށް މިވަނީ ގޮސްފައި: ޑރ

ކުރިން ޙާލަތަށް ބަލައި މާސްކް އަޅަން ކޮންމެހެން ނުޖެހޭކަމަށް ބުނެފައިވީނަމަވެސް، މިހާރުގެ ޙާލަތަށް ބަލައި، ބޭރަށް ނުކުންނަ ނަމަ މާސްކް އެޅުމަށް ޑރ އަލީ ލަތީފް އެދިވަޑައިގަތް، ނަމަވެސް އެއަށްވުރެ ބޮޑަށް އަދިވެސް އިޖުތިމާއީ ގައިދުރުކަން ފަދަ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދިވަޑައިގެންނެވި

20 އޭޕްރިލް 2020 | ހޯމަ 21:13
Writer Profile Picture
ލައިޝާ އަހްމަދު
ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންނަށް އާސަންދައިން 1.9 މިލިއަން، ޒަކާތު ފަންޑުން 2.5 މިލިއަން

ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންގެ ކަންކަމަށް އާސަންދައިން 1.9 މިލިއަން، ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ މިހާތަނަށް ޚަރަދުކޮށްފައިވޭ. އެ ފަރާތްތަކުގެ ޙާލު ސަރުކާރުން ދަނީ ގާތުން ބަލަމުން -މަބްރޫކް-

20 އޭޕްރިލް 2020 | ހޯމަ 21:08
Writer Profile Picture
ލައިޝާ އަހްމަދު
ބަލި ކޮންޓްރޯލް ކުރުމަށް އެޅޭނެ އެންމެ ބޮޑު ފިޔަވަަޅަކީ ތެދުހެދުން: ޑޮކްޓަރ

ޑޮކްޓަރ އަލީ ލަތީފް ވިދާޅުވީ، ބަލި ކޮންޓްރޯލް ކުރުމަށް އެޅޭނެ އެންމެ ބޮޑު ފިޔަވަޅަކީ ތެދުހެދުން ކަމަށް، އެގޮތުން ކޮންޓެކްޓްވާ ފަރާތްތަކުގެ ތެދު މައުލޫމާތު ހާމަ ކުރުމާއި، ބަލީގެ އަލާމަތްތައް ފެނުމުން ތެދަށް އެ މައުލޫމާތުތައް ހިއްސާ ކުރުމަށް އެދިވަޑައިގެންފައިވޭ، އޭގެ އިތުރުން މިކަމުގައި އެންމެންގެ އެއްބާރުލުން ބޭނުންވާކަން ޑޮކްޓަރ ފާހަގަކުރެއްވި.

20 އޭޕްރިލް 2020 | ހޯމަ 21:07
Writer Profile Picture
އާއިޝަތު ޝިއުރާ
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 67 ށް އަރައިފި

ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 67 ށް އަރައިފި އެވެ. މީގެތެރޭގައި ހިމެނެނީ 29 ދިވެހިންނާއި 38 ބިދޭސީންނެވެ.

20 އޭޕްރިލް 2020 | ހޯމަ 15:18
Writer Profile Picture
އާއިޝަތު ޝިއުރާ
ރާއްޖެއިން އަނެއްކާވެސް 7 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

އަލުން ޕޮޒިޓިވް ވި 7 މީހުންގެ ތެރޭގައި ހިމެނެނީ 3 ދިވެހިންނާއި 4 ބިދޭސީން ކަމަށް މަބްރޫކް ވިދާޅުވި އެވެ.

20 އޭޕްރިލް 2020 | ހޯމަ 15:16
Writer Profile Picture
އާއިޝަތު ޝިއުރާ
މޮނިޓަރިންގ ގައި ހުރި ގެތަކުގައި ތިބި މީހުން ބޭރަށް ނިކުންނަނަމަ އެންގުމަށް އެދެފި

މޮނިޓަރިންގ ގައި ހުރި ގެތަކާއި ހޯމް އައިސޮލޭޝަންގައި ތިބި މީހުން ބޭރަށް ނިކުމެ އުޅޭނަމަ އެކަން އެންގުމަށް މަބްރޫކް އެދިވަޑައިގަންފަ އެވެ.

20 އޭޕްރިލް 2020 | ހޯމަ 15:13
Writer Profile Picture
އާއިޝަތު ޝިއުރާ
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 60 އަހަރުން މަތީގެ މީހެއް ހިމެނޭ

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 60 އަހަރުން މަތީގެ މީހެއް ހިމެނޭ ކަަމަށާއި ޕޮޒިޓިވްވި މީހުންގެ ހާލު ރަނގަޅުކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

20 އޭޕްރިލް 2020 | ހޯމަ 15:04
Writer Profile Picture
އާއިޝަތު ޝިއުރާ
އިހުސާން ފިހާރަ އަދި ބީއެޗްއެމް އަށް ދިޔަ މީހުން މައުލޫމާތު ހިއްސާކުރުމަށް ފަހުން އަންގާނެ

މިއަދު ޕޮޒިޓިވްވި އިހުސާން ފިހާރަ އަދި ބީއެޗްއެމް ގެ ސްޓާފުންނަކީ އެތަންތާންގެ ކުންފުނީގެ މަސައްކަތްކުރާ މީހުންކަމަށާއި އެކުންފުނިތަކުގެ ދަށުން ފިހާރަތައް ހުރި އިރު އިތުރު މައުލޫމާތު ސާފުވަމުންދިޔުމާއެކު އިހުސާން ފިހާރަ އަދި ބީއެޗްއެމް އަށް ދިޔަ މީހުން މައުލޫމާތު ހިއްސާކުރުމަށް ފަހުން އަންގާނެކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

20 އޭޕްރިލް 2020 | ހޯމަ 15:03
Writer Profile Picture
އާއިޝަތު ޝިއުރާ
ފްލޫ ކްލިނިކަށް ދާ އެންމެން މިހާރު ޓެސްޓް ކުރުމަށް ވަނީ ހަމަޖެހިފައި

ފްލޫ ކުލިނިކަށް ދައްކަން ދާ އެންމެންގެ ޓެސްޓްތައް މިހާރު ހަދަމުންދާ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

20 އޭޕްރިލް 2020 | ހޯމަ 14:53
Writer Profile Picture
އާއިޝަތު ޝިއުރާ
ކުރިން މައުލޫމާތުނުދޭ މީހާ ކޮންޓެކްޓް ޓްރޭސިންގެ މައުލޫމާތު އަންނަނީ ދެމުން

ކުރިން މައުލޫމާތު ނުދޭ މީހާ ކޮންޓެކްޓް ޓްރޭސިންގ މައުލޫމާތު އަންނަނީ ދެމުން ކަމަށާއި މިހާތަނަށް އާއިރު ގިނަ މައުލޫމާތުތަކެއް ދީފައިވާކަމަށް ޑރ ނަޒްލާ ވިދާޅުވި އެެވެ.

20 އޭޕްރިލް 2020 | ހޯމަ 14:52
Writer Profile Picture
އާއިޝަތު ޝިއުރާ
ކޭސް ތަކުގެ ކޮންޓެކްޓް ޓްރޭސިންގެ އަދަދުތައް:

ކޭސް 34 : 454 މީހުން

ކޭސް 37 އާއި 49 އާ ދެމެދު އިތުރު 35 މީހުން

ކޭސް 50 އަދި 51 އާ ގުޅޭ 50 މީހުން

ކޭސް 52 އާ ގުޅޭ 150 ށް ވުރެ ގިނަ މީހުން

20 އޭޕްރިލް 2020 | ހޯމަ 14:50
Writer Profile Picture
އާއިޝަތު ޝިއުރާ
އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދަނީ ހައިރިސްކް އަދި މީޑިޔަމް ރިސްކް މީހުން

ކޮންޓެކްޓް ޓްރޭސިން ހެދުމަށްދާއިރު އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދަނީ ހައިރިސްކް އަދި މީޑިއަމް ރިސްކް މީހުން ކަމަށާއި ދެން ތިބި މީހުން ހޯމް އައިސޮލޭޝަންގައި ބައިތިއްބާ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

20 އޭޕްރިލް 2020 | ހޯމަ 14:48
Writer Profile Picture
އާއިޝަތު ޝިއުރާ
މިއަދު ފެނުނު ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިން ދަނީ ހަދަމުން

މިއަދު ފެނުނު ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިން ހަލުވި މިނުގައި ކުރިޔަށްދާ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ. އަދި މިރޭ އޭގެ އަޕްޑޭޓް ލިބޭނެކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

20 އޭޕްރިލް 2020 | ހޯމަ 14:47
Writer Profile Picture
އާއިޝަތު ޝިއުރާ
މިއަދު ފެނުނު ބަންގްލަދޭޝް ދެ މީހުންނަކީ އިހުސާން ފިހާރައިގައި މަސައްކަތްކުރާ ދެ މީހުން

މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވި ބަންގްލަދޭޝް ދެ މީހުންނަކީ މާލޭގެ އިހުސާން ފިހާރައިގައި މަސައްކަތްކުރާ މީހުން

20 އޭޕްރިލް 2020 | ހޯމަ 14:46
Writer Profile Picture
އާއިޝަތު ޝިއުރާ
56 އަކީ 34 ގެ ކޮންޓެކްޓެއް

މިއަދު ޕޮޒިޓިވްވި 56 ވަނަ މީހާއަކީ 34 ގެ ކޮންޓެކްޓް

20 އޭޕްރިލް 2020 | ހޯމަ 14:45
Writer Profile Picture
އާއިޝަތު ޝިއުރާ
53 އެއީ ފްލޫކްލިނިކަށް ދިޔަ ދިވެއްސެއް، ބީއެޗްއެމް ގެ ޑެލިވަރީ ސްޓާފެއް

މިއަދު ފެނުނު 53 ވަނަ ކޭސް އަކީ ދިވެއްސެއް، ބީއެޗްއެމްގައި އުޅޭ ޑެލިވަރީ ސްޓާފެއް

20 އޭޕްރިލް 2020 | ހޯމަ 14:44
Writer Profile Picture
އާއިޝަތު ޝިއުރާ
152 ތަނެއް މޮނިޓަރިންގ ގައި

ރާއްޖޭގެ އެކި ރަށްރަށާއި މާލެ ސިޓީ އަދި ރިސޯޓްތަކާއި ސަފާރީ ވަނީ މޮނިޓަރިންގ ގައި

20 އޭޕްރިލް 2020 | ހޯމަ 14:43
Writer Profile Picture
އާއިޝަތު ޝިއުރާ
އިތުރު 8 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި

ޖުމްލަ : 60 ޕޮޒިޓިވްވި

ސާމްޕަލް: 4139

ނެގެޓިވް: 3834

ނަތީޖާ ނުލިބޭ: 245 ސާމްޕަލް

20 އޭޕްރިލް 2020 | ހޯމަ 14:42