ކޮވިޑް-19: އެންމެ ފަހުގެ

20,357,298
  • 26 ފްލޫކުލިނިކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި
  • 78 ކުއްޖަކު ކަރަންޓީނު ނިންމުމަށްފަހު މެޑިކަލް ޓީމުތަކާއި ގުޅިފައި
  • 1545 މީހުން ކޮންޓެކްޓް ޓްރޭސިންގ ގައި
 
Writer Profile Picture
އާއިޝަތު ޝިއުރާ
26 ފްލޫކުލިނިކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި

26 ފްލޫކުލިނިކް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިވަގުތު އެބަހުރި

21 އޭޕްރިލް 2020 | އަންގާރަ 20:49
Writer Profile Picture
އާއިޝަތު ޝިއުރާ
78 ކުއްޖަކު ކަރަންޓީނު ނިންމުމަށްފަހު މެޑިކަލް ޓީމުތަކާއި ގުޅިފައި

78 ކުއްޖެއް ކަރަންޓީނު ނިންމާ މެޑިކަލް ޓީމުތަކާއި ގުޅިފައި

46 މެޑިކަލް ކުއްޖެއް ބަންގްލަދޭޝް އާއި ނޭޕާލުން އައި ކުދިން ކަރަންޓީނުގައި

21 އޭޕްރިލް 2020 | އަންގާރަ 20:48
Writer Profile Picture
އާއިޝަތު ޝިއުރާ
1545 މީހުން ކޮންޓެކްޓް ޓްރޭސިންގ ގައި

193 ތަނެއް ބަންދުކޮށްފައި

މިއަދު 43 ބިލްޑިންގ އެއް މޮނިޓަރިންގައި

21 އޭޕްރިލް 2020 | އަންގާރަ 20:46
Writer Profile Picture
އާއިޝަތު ޝިއުރާ
މިވަގުތުގެ ހާލަތު

ޖުމްލަ ސާމްޕަލް : 4418

ޕޮޒިޓިވް : 84

ރިކަވަރީ: 16

އެކްޓިވް : 66

ޕްރޮބެބެލް: 2 ކޭސް

ރާއްޖެއިން ބޭރުގައި 2

262 ނަތީޖާ ނުލިބި 246 އަކީ ކުރެއްދޫއިން ނެގިފައިވާ ސާމްޕަލްތައް

21 އޭޕްރިލް 2020 | އަންގާރަ 20:45
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އިތުރު 4 ރަށަކާއި ރިސޯޓެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފި

ކޮވިޑް-19 އާ ގުޅިގެން، އިތުރު ހަތަރު ރަށަކާއި ރިސޯޓެއް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ އިތުރު ހަތަރު ރަށަކާއި ރިސޯޓެއް މޮނިޓަރިންގެ ހާލަތަށް އަންގާރަ ދުވަހު ގެނެސްފައިވާ ކަމަށެވެ.

21 އޭޕްރިލް 2020 | އަންގާރަ 18:25
Writer Profile Picture
ޙުސައިން މަޚްތޫމް
މާލެއިން އިތުރު ދިވެއްސެއް ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެ

މާލެއިން އިތުރު ދިވެއްސެއް ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެއެވެ.

އަންގާރަ ދުވަހު ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް އަޒީޒު ވިދާޅުވީ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު, އަންގާރަ ދުވަހުގެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ހަމައަށް 17 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެޗްޕީއޭއިން އަމަލު ކުރަމުން އަންނަ ގޮތުން ޕޮޒިޓިވްވާ ފަރާތްތައް އައިސޮލޭޝަނަށް ވަގުތުން ގެންދިއުމުގެ މަސައްކަތް ކުރާނެއެވެ.

21 އޭޕްރިލް 2020 | އަންގާރަ 17:35
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮންޓެކްޓް ޓްރޭސިންގގެ ތެރެއިން 1370 މީހުން ދެނެގަނެވިފައިވޭ: މަބްރޫކް

ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 1370 މީހުން، މިހާތަނަށް ދެނެގަނެވިފައިވާކަމަށް، ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ނެޝެނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ކުރިއަށްދާއިރު 190 އިމާރާތް މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވެއެވެ. އަދި ހޯމަ ދުވަހު އެކަނި 40 އިމާރާތެއް މޮނީޓަރިންގެ ހާލަތަށް ގެނެފައިވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

21 އޭޕްރިލް 2020 | އަންގާރަ 17:31
Writer Profile Picture
ލައިޝާ އަހްމަދު
ފަހުން ފެނުނު ކޭސްތަކުގެ ތަފްސީލުތައް

ކޭސް 68: ތުލުސްދޫގައި މަސައްކަތްކުރި ބަންގްލަދޭޝް މީހެއް

ކޭސް 69: އެމްއެންޑީއެފް ސްޓާފެއް

ކޭސް 70،71،72: އެމްއެޗްއޭގައި މަސައްކަތް ކުރި މީހެއް އަދި އޭނާގެ އާއިލާ، މިއީ އެއް ކްލަސްޓަރ

ކޭސް73: ކޭސް 68 ގެ ކްލޯސް ކޮންޓެކްޓެއް

ކޭސް 74،75: އަމީނީހިޔާ ކޮންސްޓްރަކްޝަގަ މަސައްކަތް ކުރާ މީހުން (ކޭސް 36 ގެ ކޮންޓެކްޓްސް)

ކޭސް 76،77،78: އަންޑޮކިއުމަންޓް ބިދޭސީންތަކެއް، ފުރުވާލަން ގެންގޮސްފައި ޓެސްޓްކުރި އިރު ޕޮޒިޓިވް

ކޭސް 79: ކޭސް 31 ގެ ކޮންޓެކްޓެއް (ޑެންޓަލް ކްލިނިކަކުން އެކްސްޕޯސްވެފައި)

ކޭސް 80: ކޭސް 35 އާއެކު ބޭންކް އޮފް ސިލޯންގައި މަސައްކަތް ކުރާ މީހެއް

ކޭސް 81: އައިޖީއެމްއެޗް ޑީއެޗް 11 ގައި އޮތް ފިރިހެނެއް

ކޭސް 82: ކޭސް 35 ގެ ދަރިފުޅު

ކޭސް 83: އައިޖީއެމްއެޗަށް ބަލިވެގެން ދެއްކި ބަންގްލަދޭޝް މީހެއް

21 އޭޕްރިލް 2020 | އަންގާރަ 16:34
Writer Profile Picture
ލައިޝާ އަހްމަދު
އެމްއެންޑީއެފްގެ މީހާގެ ކޮންޓެކްޓް ޓްރޭސިންގ ދަނީ ކުރިއަށް

އެމްއެންޑީއެފްގެ މީހުންނަށް ބޭނުންވާ ރައްކާތެރިކަމުގެ ވަސީލަތްތައް ފޯރުކޮށްދީފައިވާނެ، އަދި ފްރަންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރޭ،

އެމްއެންޑީއެފްއިން ޕޮޒިޓިވްވި މީހާގެ ރޭންކް އަދި ފްރޮންޓް ލައިންގައި މަސައްކަތް ކުރިތޯ/ނޫންތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަބްރޫކު ވިދާޅުވި.

21 އޭޕްރިލް 2020 | އަންގާރަ 16:21
Writer Profile Picture
ލައިޝާ އަހްމަދު
ޑީއެޗް 11 ގައި އޮތް މީހާގެ ޙާލު ގޯސްވެގެން ދާނެ ކަމަށް ބެލެވޭ

ޑީއެޗް 11 ގެ އައިސީޔޫގައި 80 އަހަރުގެ މީހެއް އޮތްއިރު، އޭނާއަކީ ހަކުރުބަލި، ލޭމައްޗަށް ދިއުން، ކޮލެސްޓްރޯލް ހުންނަ މީހެއް، އަދި ނިއުމޯނިއާ ޖެހިގެން މީގެ ކުރިން އެޑްމިޓްވެފައިވާ މީހެއް، އޮކްސިޖަންވެސް ހުރީ ހާލަތު ގޯސްވެގެންދާ ހިސާބުގައި

21 އޭޕްރިލް 2020 | އަންގާރަ 16:14
Writer Profile Picture
ލައިޝާ އަހްމަދު
ސިއްޙަތު ޖަމިއްޔާއިން ނެރިފައިވާ ގައިޑްލައިންތަކުގައި ކޭސް ޑެފިނިޝަން 3 ގޮތަކަށް ބޭނުންކުރޭ

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ނެރިފައިވާ ގައިޑްލައިންތަކުގައި ކޭސް ޑެފިނިޝަން 3 ގޮތަކަށް ބޭނުންކުރޭ، އެއީ ސަސްޕެކްޓް، ކޮންފާރމްޑް އަދި ޕްރޮބެބަލް ކޭސް،

2 ކޭސްއެއް ރާއްޖެއިން ފާހަގަވި ޕްރޮބެބަލް- އެއީ ޓެސްޓް ހެދުމަށްފަހު ކަށަވަރު ނުވާ ނަތީޖާއަކަށް ވެފައި އޭނާއަކީ ސަސްޕެކްޓް ކޭސްއަކަށްވާތީ

21 އޭޕްރިލް 2020 | އަންގާރަ 16:03
Writer Profile Picture
ޙުސައިން މަޚްތޫމް
މުދާ ބަލައި އަންނަ އުޅަނދު ފަހަރު ރަށަށް ފުރަން އެމްޕީއެލްގެ ލިޔުން ހޯދަންޖެހޭ!
21 އޭޕްރިލް 2020 | އަންގާރަ 15:35
Writer Profile Picture
ޙުސައިން މަޚްތޫމް
އެޗްޕީއޭގެ ހޮޓްލައިނަށް ދިމާވި މައްސަލަ ހައްލުކޮށްފި
21 އޭޕްރިލް 2020 | އަންގާރަ 15:34
Writer Profile Picture
އާއިޝަތު ޝިއުރާ
އެޗްޕީއޭގެ ހޮޓްލައިން ނަންބަރު 1676 ށް ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާކަމަށް އެޗްޕީއޭއިން ބުނެފި
21 އޭޕްރިލް 2020 | އަންގާރަ 14:30
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19 އަށް ޕޮޒިޓިވްވި އުމުރުން 80 އަހަރުގެ މީހަކު ޑީއެޗް 11 އަށް ޓްރާންސްފަރކޮށްފި
21 އޭޕްރިލް 2020 | އަންގާރަ 14:29
Writer Profile Picture
ޙުސައިން މަޚްތޫމް
ގޭތެރޭގައިވެސް ގައިދުރުކަން ބަހައްޓާ - އެކަކު އަނެކަކާ ދެމެދު 3 ފޫޓު ބަހައްޓާ
21 އޭޕްރިލް 2020 | އަންގާރަ 12:42
Writer Profile Picture
ޙުސައިން މަޚްތޫމް
މިފްކޯ އިން ގޭގެއަށް ޑެލިވަރީކޮށްދިނުން ހުއްޓާލައިފި
21 އޭޕްރިލް 2020 | އަންގާރަ 12:41
Writer Profile Picture
ޙުސައިން މަޚްތޫމް
އިތުރު ފަރާތްތަކެއްގެ އެހީތެރިކަމާއިއެކު ޑެލިވަރީގެ މަސައްކަތް ދަނީ ކުރިއަށް: އެންޒީ
21 އޭޕްރިލް 2020 | އަންގާރަ 12:40
Writer Profile Picture
ޙުސައިން މަޚްތޫމް
މިނިސްޓަރަކަށް ވީތީ ޓެސްޓް ކުރާކަށް ނުޖެހޭނެ، ހުރިހާ ރައްޔިތުން ހަމަހަމަ ވާނެ: މިނިސްޓަރ މަހުލޫފް
21 އޭޕްރިލް 2020 | އަންގާރަ 12:39
Writer Profile Picture
ޙުސައިން މަޚްތޫމް
ބޭރަށް ވަޑައިގަންނަވާނަމަ، މާސްކް އަޅުއްވާ!
21 އޭޕްރިލް 2020 | އަންގާރަ 12:39
Writer Profile Picture
ޙުސައިން މަޚްތޫމް
ކިޔަވާނުދެވުނު ނަމަވެސް ދަރިވަރުންގެ ގްރޭޑް ރިޕީޓް ނުވާނެ: އާތިޔާ
21 އޭޕްރިލް 2020 | އަންގާރަ 12:38
Writer Profile Picture
ޙުސައިން މަޚްތޫމް
ކުޅުދުއްފުށި ވެސް ލޮކްޑައުނަށް
21 އޭޕްރިލް 2020 | އަންގާރަ 12:37
Writer Profile Picture
ޙުސައިން މަޚްތޫމް
މަޖިލީހުން ކަރަންޓު ކެނޑި، ޖަލްސާ ފެށުން ލަސްވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާ 11 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވީނަމަވެސް ކަރަންޓު ކެނޑުމާއި ގުޅިގެން ޓެކްނިކަލް މައްސަލައެއް ދިމާވެ، މަޖިލީހުގެ ޖަލްސާ ފެށުން ލަސްކޮށްފި އެވެ.

އެކަމާއި ގުޅިގެން މަޖިލީހުގެ އިދާރާއިން ބުނީ ކަރަންޓު ކެނޑި، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ބާއްވަން ހަމަޖެހިފައިވާ ޖަލްސާ ފެށުން ލަސްކުރެވިފައިވާ ކަމަށެވެ. އަދި މައްސަލަ ހައްލު ކުރެވުނުހާ އަވަހަކަށް ޖަލްސާ ފަށާނެ ގަޑި އިއުލާން ކުރާނެ ކަމަށެވެ.

21 އޭޕްރިލް 2020 | އަންގާރަ 12:36
Writer Profile Picture
އާއިޝަތު ޝިއުރާ
އިތުރު 13 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
21 އޭޕްރިލް 2020 | އަންގާރަ 11:40
Writer Profile Picture
އާއިޝަތު ޝިއުރާ
ކަރަންޓީީން ވުމަށް ފެސިޓީތަކަށް ދާއިރު ގެންދެވިދާނެ ބައެއްތަކެތި
21 އޭޕްރިލް 2020 | އަންގާރަ 11:32