ކޮވިޑް-19: އެންމެ ފަހުގެ

23,813,351
  • ކޮވިޑް-19: ދުނިޔޭގެ އެކިކަންކޮޅުތަކުން މި ވައިރަސްގައި މަރުވި މީހުންގެ އަދަދު 3،000ށް ވުރެ މައްޗަށް އަރައިފި
  • ކޮރޯނާވައިރަސް ޖެހިފައިވާ ފުރަތަމަ މީހާ ޗެކް ރިޕަބްލިކުން ފެނިއްޖެ
  • ބަހްރެއިންގެ އިތުރު 6 މީހަކަށް ކޮރޯނާވައިރަސް ޖެހިފައިވާކަމަށް އެގައުމުން ބުނެފި
 
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ދުނިޔޭގެ އެކިކަންކޮޅުތަކުން މި ވައިރަސްގައި މަރުވި މީހުންގެ އަދަދު 3،000ށް ވުރެ މައްޗަށް އަރައިފި

ދުނިޔޭގެ ޞިއްޙަތާއި ބެހޭ ޖަމްޢިއްޔާއިން ހާމަކުރާގޮތުގައި، ކޮވިޑް-19 ޖެހިގެން މުޅި ދުނިޔެއިން މަރުވީ މީހުންގެ ޢަދަދު މިހާރު ވަނީ 3،041ށް އަރާފައެވެ. އެންމެ ގިނައިން މީހުން މަރުވެފައިވަނީ، މި ވައިރަސް އަލަށް ފެނުނު ޗައިނާއިންނެވެ. ޗައިނާއިން އިއްޔެ އެކަނިވެސް 129 މީހުން މިވައިރަސްގައި މަރުވެފަައިވެއެވެ. ޗައިނާއިން މި ވައިރަސް ފެނުނު ފަހުން މިހާތަނަށް އައިިއރު، 2912 މީހުން ވަނީ މަރުވަފައެވެ.

އެހެންޤައުމުތަކަށް ބަލާލާއިރު:

އިރާން: 54 މަރު

އިޓަލީ: 34 މަރު

ދެކުނުކޮރެއާ: 20 މަރު

ޖަޕާން: 12 މަރު

ފްރާންސް: 2 މަރު

ހޮންގކޮންގ: 2 މަރު

އެމެރިކާ: 2 މަރު

ފިލިޕީންސް: 1 މަރު

ޓައިވާން: 1 މަރު

ތައިލޭންޑް: 1 މަރު

ވައިރަސް ފެތުރެމުންދާގޮތައް ބަލާއިރު، މުޅި ދުނިޔެއިން މިހާތަނަށް 88،443 މީހުން މި ވައިރަސްއަށް ޕޮޒިޓިވްވެފައިވެއެވެ. މީގެތެރެއިން 80،026 މީހުންނަކީ ޗައިނާ މީހުންނެވެ. ޗައިނާގައި މި ބައްޔަށް ފަރުވާދީގެން މިހާތަނަށް އައިއިރު 44،462 މީހުން ވަނީ ރަނގަޅުވެފައެވެ.

2 މާރޗް 2020 | ހޯމަ 07:37
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮރޯނާވައިރަސް ޖެހިފައިވާ ފުރަތަމަ މީހާ ޗެކް ރިޕަބްލިކުން ފެނިއްޖެ

ކޮރޯނާވައިރަސް ޖެހިފައިވާ ފުރަތަމަ މީހާ ޗެކްރިޕަބްލިކުން ފެނިފައިވާ ކަަމަށް އެގައުމުން ބުނެފި އެވެ. އެގައުމުން ބުނީ މިމީހާއަކީ އިޓަލީއަށް ދަތުރުކޮށްފައިވާ މީހެއްކަމަށެވެ.

1 މާރޗް 2020 | އާދީއްތަ 21:41
Writer Profile Picture
އާއިޝަތު ޝިއުރާ
ބަހްރެއިންގެ އިތުރު 6 މީހަކަށް ކޮރޯނާވައިރަސް ޖެހިފައިވާކަމަށް އެގައުމުން ބުނެފި

ބަހްރެއިންގެ އިތުރު 6 މީހަކަށް ކޮރޯނާވައިރަސް ޖެހިފައިވާކަމަށް އެގައުމުން ބުނެފި އެވެ. މިއެންމެންނަކީވެސް އިރާނުން އައި މީހުންކަމަށް އެގައުމުން ބުނެއެވެ. އެއާއެކު ބަހްރައިންގައި މިވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 47 ށް އަރާފަ އެވެ.

1 މާރޗް 2020 | އާދީއްތަ 21:35
Writer Profile Picture
އާއިޝަތު ޝިއުރާ
އިނގިރޭސިވިލާތުން އިތުރު 12 މީހަކަށް ކޮރޯނާވައިރަސް ޖެހިފައިވާކަމަށް އެގައުމުން ބުނެފި

އިނގިރޭސިވިލާތުން އިތުރު 12 މީހަކަށް ކޮރޯނާވައިރަސް ޖެހިފައިވާކަމަށް އެގައުމުން ބުނެފި އެވެ. އެއާއެކު އެގައުމުގައި މިވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 35 ށް އަރާފަ އެވެ.

1 މާރޗް 2020 | އާދީއްތަ 20:35
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: އިރާނުން މަރުވި މީހުންގެ އަދަދު 54 ށް އަރައިފި

ކޮރޯނާވައިރަސް ޖެހިގެން އިރާނުން މަރުވި މީހުންގެ އަދަދު 54 ށް އަރައިފިކަމަށް އެގައުމުން ބުނެފިއެވެ. އެގައުމުން މިއަދު އެކަނިވެސް 11 މީހުން ވަނީ މިވައިރަސް ޖެހިގެން މަރުވެފަ އެވެ. ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 978 ށް އަރާފަ އެވެ.

1 މާރޗް 2020 | އާދީއްތަ 17:37
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ދެކުނު ކޮރެއާގައި ހުންނަ ސެމްސަންގ ކުންފުނީގެ ކާރުޚާނާއެއް ބަންދުކޮށްފި

ޔޮންހެޕް ނިއުސް އޭޖެންސީން ޚަބަރު ފަތުރާގޮތުގައި، ސެމްސަންގ އިލެކްޓްރޯނިކްސް ކުންފުނިން ވަނީ މިއަދުން ފެށިގެން، ދެކުނު ކޮރެއާގައި ހުންނަ އެކުންފުނީގެ ކާރުޚާނާއެއް ބަންދުކޮށްފައެވެ. ގުމްނީ ނަމަކަށް ކިޔާ އަވަށުގައި ހުންނަ މި ކާރުޚާނާ ބަންދުކުރީ، އެ ކާރުޚާނާގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ކަމަށް ޔޮންހެޕް ނިއުސް އޭޖެންސީން ރިޕޯޓުކުރެއެވެ.

1 މާރޗް 2020 | އާދީއްތަ 15:35
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ޖަޕާނުން ދެވަނަ މީހަކު މަރުވެއްޖެ

ޖަޕާނުގެ އިސް މަސްއޫލުވެރިންނާއި ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، މަރުވެފައިވަނީ އެޤައުމުގެ އުތުރު ހޮއްކައިޑޫ އަވަށުގެ އުމުރުން 70 އަހަރުގެ ފިރިހެނެކެވެ.

މިމީހާ ވައިރަސްގެ އަލާމާތްތައް ފެނިގެން އެޑްމިޓްކޮށްފައިވަނީ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ކަމަށާއި، އޭނާ ވައިރަސްއަށް ޕޮޒިޓިވްވީ ފެބްރުއަރީމަހުގެ 25 ވަނަ ދުވަހު ކަމަށް އޮފިޝަލުން ބުނެއެވެ. އޮފިޝަލުން ލަފާކުރަނީ، އެމީހާއަށް ކޮވިޑް-19 ޖެހުނީ ހޮސްޕިޓަކުގައި ހޭދަކުރި މުއްދަތުގައި ކަމަށެވެ.

ޖަޕާނުގައި ކޮވިޑް-19 ޖެހިގެން މިހާތަނަށް 6 މީހުން ވަނީ މަރުވެފައެވެ.

1 މާރޗް 2020 | އާދީއްތަ 15:31
Writer Profile Picture
ޒިހްނަތު ހަސަން
ފާއިތުވެދިޔަ 9 ދުވަހުގެ ތެރޭގައި ދުނިޔޭގެ 33 ޤައުމަކުން ކޮވިޑް-19 ފެނިފައިވޭ: ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ

ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމަޔަށް 33 ޤައުމަކުން އަލަށް ކޮވިޑް-19 ފެނިފައިވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ(ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

އެ ޤައުމުތަކަކީ :

  • ލުބްނާން
  • އޮމާން
  • އިޒްރޭލް
  • އަފްޣާނިސްތާން
  • ގްރީސް
  • ޑެންމާކް
  • އޮސްޓްރިއާ
  • އެސްޓޯނިއާ
  • ރުމޭނިއާ
  • އުތުރު މެސެޑޮނިއާ
  • ޖޯޖިއާ
  • ޕާކިސްތާން
  • ނޯވޭ
  • ސްޕެއިން
  • ބްރެޒިލް
  • އަލްޖީރިއާ
  • ސްވިޒަރލޭންޑް
  • ކްރޮއޭޝިޔާ
  • ބަހްރައިން
  • ކުވެއިތު
  • އިކުއެޑޯ
  • ލަގްޒެމްބަރގް
  • އައިސްލޭންޑް
  • މޮނާކޯ
  • މެކްސިކޯ
  • ނައިޖީރިއާ
  • ނިއު ޒީލެންޑް
  • ނެދަރލޭންޑްސް
  • ނޮދަރން އަޔަލޭންޑް
  • ބެލަރޫސް
  • ލތުއޭނިއާ
  • ޤަތަރު
  • އަޔަރލޭންޑް
1 މާރޗް 2020 | އާދީއްތަ 15:12
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ކުވޭއިތުގައި އިތުރު 02 މީހުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެ

ކުވެިއިތުގެ ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެމިނިސްޓްރީގެ އިސް މަސްއޫލުވެރިން ވިދާޅުވެފައިވަނީ ފާއިތުވެ ދިޔަ 24 ގަޑިއިރުގެތެރޭގައި އިތުރު 2 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އައި އެ ހުރިހައި މީހުންގެ ޙާލުވެސް ރަނަގޅުކަމަށާއި، އެ އެންމެންނަށް ސަރުކާރުގެ ބެލުމުގެ ދަށުން ފަރުވާދެމުންދާކަމަށް މަސްއޫލުވެރިން ވިދާޅުވިއެވެ.

ކުވޭތުން ކޮވިޑް-19 ފެނުނީ މިދިޔަ ހޯމަދުވަހުއެވެ. މިހާތަނަށް އައިއިރު 46 މީހުން ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ.

1 މާރޗް 2020 | އާދީއްތަ 15:06
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ޔޫރަޕުގެ އިތުރު 4 ޤައުމަކުން ވައިރަސް ފެނިއްޖެ

ބައިނަލްއަޤުވާމީ މިޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ޔޫރަޕުގެ އިތުރު ހަތަރު ޤައުމަކުން މިއަދު މީހުން ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެއްޖެއެވެ.

ސްވިޑަން:ސްވިޑަންގެ 4 ޞަރަޙައްދަކުން ވައިރަސް ފެނިފައިވާއިރު 12 މީހުން ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފައެވެ.

ޖަރުމަން ވިލާތް:ޖަރުމަން ވިލާތުގެ 6 ސްޓޭޓަކުން ވައިރަސް ފެނިފައިވާއިރު 66 މީހުން މިހާނަތަށް ވަނީ ޕޮޒިޓިވްވެފައެވެ.

ނޯވޭ:15 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާކަމަށް، އެޤައުމުގެ ނޯވޭޖިއަން އިންސްޓިޓިއުޓް އޮފް ޕަބްލިކް ހެލްތުން ވަނީ ހާމަކޮށްފައެވެ.

ކްރޮއޭޝިޔާ:ކްރޮއޭޝިޔާއިން 6 މީހަކު ވައިރަސްއަށް ޕޮޒިޓިވްވެފައިވާކަމަށް އެޤައުމުގެ ނެޝަނަލް ސިވިލް ޕްރޮޓެކްޝަން އޮތޯރިޓީން މިއަދު ވަނީ ހާމަކޮށްފައެވެ.

ޔޫރަަޕްގެ އެހެން ޤައުމުތަކުގެ ތެރެއިން މީގެކުރިން ވައިރަސް ފެނިފައިވަނީ ލަގްޒެމްބާރގް، ރުމޭނިއާއ، ގްރީސް އަދި އިޓަލީންނެވެ. މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ އިޓަލީންނެވެ. އިޓަލީން 1،128 މީހުންނަށް ވައިރަސް ޖެހި، 17 މީހުން ވަނި މަރުވެފައެވެ.

1 މާރޗް 2020 | އާދީއްތަ 13:44
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ދެކުނު ކޮރެއާއިން އިތުރު 376 މީހުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެ

ދެކުނު ކޮރެއާގެ ސެންޓަރސް ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން މަޢުލޫމާތުދޭ ގޮތުގައި، ފާއިތުވި 24 ގަޑިއިރުގެތެރޭގައި އިތުރު 376 މީހުން ވަނީ އެޤައުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މީގެތެރެއިން ގިނަ މީހުންނަކީ، ގިޔޯންގް-ބަކް ޕްރޮވިންސްގެ ޑައެގޫ ސިޓީގެ މީހުންކަމަށް އެ ސެންޓަރުން ބުނެެއެވެ. ފާއިތުވި 24 ގަޑިއިރުގައި ކޮވިޑް-19 ގައި އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ.

މިހާތަނަށް އައިއިރު، ދެކުނު ކޮރެއާއިން 3،526 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ.

1 މާރޗް 2020 | އާދީއްތަ 13:29
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އެމެރިކަން އެއަރލައިންސުން މިލާނަށް ދަތުރުކުރުން މެދު ކަނޑާލައިފި

މިކަމާއި ގުޅޭގޮތުން އެމެރިކަން އެއަރަލައިންސުން ޢާއްމުުރި ބަޔާނެއްގައި ބުނެފައިވަނީ އިޓަލީ ވިލާތުގައި ކޮވިޑް-19 ފެތުރެމުންދާތީއާއި، ޑިމާންޑް ދަށްވުމުގެ ސަބަބުން އެ އެއަރަލައިނުން އެޤައުމުގެ މިލާނަށް ކުރަމުން އައި ތާވަލު ދަތުުރުތައް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާކަމަށެވެ. އެގޮތުން މިއަދުން ފެށިގެން، އެޕްރީލް މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް، ނިއުޔޯކް-މިލާން އަދި ނިއުޔޯކް-މަޔާމީ ތާވަލު ދަތުރު ހުއްޓާލާކަމަށެވެ.

1 މާރޗް 2020 | އާދީއްތަ 13:16
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ތައިލޭންޑުން މީހަކު ވައިރަސްއަށް ޕޮޒިޓިވްވެއްޖެ

ތައިލޭންޑުން ފުރަތަމަ ފަހަރަށް މީހަކު ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެއްޖެއެވެ.

ތައިލޭންޑުގެ ޑިޕާރޓްމަންޓް އޮފް ޑިޒީސް ކޮންޓްރޯލްގެ ޑިރެކްޓަރ ޖެނެރަލް ސުވާން ޝާއީއާއި ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ އުމުރުން 35 އަހަރުގެ ފިރިހެނެކެވެ.

އޭނާ ފުރަތަމަ ހޮސްޕިޓަލުގައި އެޑްމިޓްކުރީ ޑެންގޫ ހުން ޖެހިގެން ކަމަށާއި، ފަހުން ހެދި ތަހުލީލުތަކުން އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ސުވާން ޝާއީ ވިދާޅުވެފައިވެއެވެ.

1 މާރޗް 2020 | އާދީއްތަ 13:10
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އަފްޣާނިސްތާނާއި ޕާކިސްތާނު ގުޅޭ އެއްގަމު ޞަރަހައްދީ އިން ބަންދުކުރަން ޕާކިސްތާނުން ނިންމައިފި

އަފްޣާނިސްތާނުން ކޮވިޑް-19 ފެނުމާއި ގުޅިގެން، އަފްޣާނިސްތާނާއި ޕާކިސްތާން ގުޅޭ ޞަރަޙައްދީ އިން ބަންދު ކުރަން ޕާކިސްތާނުން ނިންމައިފިއެވެ.

މިކަން ހާމަކޮށް ޕާކިސްތާނުގެ ދާޚިލީ ވުޒާރާއިން ޢާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ދެޤައުމުގެ ގުޅޭ އެއްގަމު ޞަރަޙައްދީ އިން "ޗަމަން ބޯޑަރ" މާދަމާއިން ފެށިގެން ވަގުތީގޮތުން ބަންދުކުރަން ސަރުކާރުން ނިންމާފައިވާކަމަށާޢި، ޞަރަޙައްދީ އިން ހުރަސްކޮށް އެއްވެސް ބޭނުމެއްގައި ދެޤައުމުގެ ރައްޔިތުންނަށް، ސަރުކާރުން ވަކި ގޮތެއް އަންގަންދެން ހުރަސް ނުކުރެވޭނެކަމަށެވެ. ބަޔާނުގައި ވާގޮތުން "ޗަމަން ބޯޑަރ" ބަންދުކުރީ ހަތް ދުވަހުގެ މުއްދަތަކަށެވެ. މިފަދަ ފިޔަވަޅެއް އެޅީ "ޗަމަން ބޯޑަރ" ހުރަސްކޮށް މީހުން ޕާކިސްތާނަށް އެތެރެވާނަމަ، ޕާކިސްތާނުގެ ރައްޔިތުން ކޮވިޑް-19 އަށް ހުށަހެޅިގެންދާނެތީކަމަށް ބަޔާނުގައި ވެއެވެ. އަދި މި ފިޔަވަޅަކީ ދެޤައުމުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޕާކިސްތާނު ސަރުކާރުން އެޅި ފިޔަވަޅެއްގެ ގޮތުގައި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މިހާތަނަށް އައިއިއު އަފްޣާނިސްތާނުން އެކަކު، އަދި ޕާކިސްތާނުން 4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ވަނީ ހާމަކޮށްފައެވެ.

1 މާރޗް 2020 | އާދީއްތަ 13:06
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ރާއްޖެގައި މި ވައިރަސްޖެހިފައިވާ އެއްވެސް މީހަކު ނެތްކަމުގެ ޔަޤީންކަން ދެން: ހެލްތު މިނިސްޓްރީ

ރާއްޖޭގައި ކޮވިޑް-19 ގެ ޙާލަތު ހާމަކުރެއްވުމުގެ ގޮތުން، މިނިސްޓްރީ އޮފް ހެލްތުން ޢާއްމުކުރި ބަޔާނުގައި ބުނެފައިވަނީ، ރާއްޖޭގައި ކޮވިޑް-19 ޖެހިފައިވާ އަދި ޝައްކުކުރެވޭ މީހަކުވެސް މިހާރު ނެތްކަމަށެވެ. އަދި މި ވައިރަސް އިން ރައްކާތެރިވުުމުގެ ގޮތުން، ކުރިޔަށްގެންދާ ސަރވައިލެންސް ޕްރޮގުރާމުގެ ވަރުގަދަ ކުރުމުގެ ގޮތުން އިއްޔެ، ދިވެއްސަކު އައިޖީއެމްއެޗްގައި ކޮވިޑް-19 އަށް ޓެސްޓު ކުރިކަމަށާއި، އެމީހާވެސް ވައިރަސްއަށް ނެގެޓިވް ކަމަށެވެ.

އިއްޔެ ޓެސްޓު ހަދާފައިވަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ކިޓުގެ އެހީގައެވެ.

ހެލްތު މިނިސްޓްރީން ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅޭ އެންމެހައި މަޢުލޫމާތު ހާމަކަން ބޮޑުގޮތެއްގައި ޢާންމު ރައްޔިތުންނާއި ހިއްސާކުރަމުން ގެންދާނެކަމަށެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ޙާލަތު ބަޔާންކޮށް މިނިސްޓްރީ އޮފް ހެލްތުން ޢާންމުކުރި ބަޔާން
1 މާރޗް 2020 | އާދީއްތަ 12:58
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރަކު އަވަހާރަވެއްޖެ

އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރާ ގޮތުގައި އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު، މުޙައްމަދު ޢަލީ ރަމަޒާނީ ދަސްތަކް އަވަހާރަވީ އަރިދަސްފުސް ރޯގާގެ އާލާސްކަންފުޅަކަށް، ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

އެހެންނަމަވެސް، އީރާނުގެ އެހެން މީޑިއާތަކާއި، ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، ދަސްތަކް އަވަހާރަވީ، ކޮވިޑް-19 ޖެހިގެން، އެއަށް ފަރުވާކުރައްވަމުން ގެންދަވަނިކޮށް ކަމަށެވެ.

އީރާނުގެ ޞިއްހަތާއި ބެހޭ ވަޒީރުގެ ނައިބާއި، މަޖިލީހުންގެ މެންބަރުންނާއި، އަދި ސިޓީތަކުގެ ކައުންސިލް މެންބަރުންތަކަކައްވެސް، ކޮވިޑް-19 ޖެހިފައިވާ ކަމުގެ ޚަބަރުތައް ވަނީ ފެތުރިފައެވެ.

ވެރިރަށް ތެހެރާންގެ ސިޓީކައުންސިލެއްގެ މޭޔަރަކަށް ކޮވިޑް-19 ޖެހިފައިވާ އީރާނުންވެސް ވަނީ ޔަޤީންކޮށްދީފައެވެ.

އީރާނުގައި ފާއިތުވެދިޔަ 24 ގަޑިއިރުގެތެރޭގައި، 205 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، މި ވައިރަސް ޖެހުނު މީހުންގ ޖުމުލަ ޢަދަދު މިހާރު ވަނީ 593 އަށް އަރާފައެވެ. އަދި 43 މީހުން ވަނީ މަރުވެފައެވެ.

1 މާރޗް 2020 | އާދީއްތަ 12:47
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: މެލޭޝިޔާއަށް ދަތުރުކުރުކުރި އިންޑިއާ މީހަކު މަރުވެއްޖެ

އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި، މެލޭޝިޔާއަށް ދަތުރުކުރުމަށް ފަހު، އެނބުރި ޤައުމަށް އައި އިންޑިއާގެ ކެރެލާ ސްޓޭޓުގެ ފިރިހެނަކު މަރުވެއްޖެއެވެ.

އަރުނާކުލަމްގެ ހޮސްޕިޓަލުގައި ކަރަންޓީންކޮށްގެން ފަރުވާ ދެމުންދަނިކޮށް އޭނާ މަރުވިނަމަވެސް، އޭނާގެ ލޭގެ ސާމްޕަލް ނަގައިގެން ހެދި ޓެސްޓުން އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެއް ނުވެއެވެ. އެހެންނަމަވެސް، މެލޭޝިޔާއިން އެނބުރި އައިރު އޭނާގެ ގައިން ކޮވިޑް-19 ގެ ވަރަށް ގިނަ އަލާމާތްތައް ހުރި ކަމަށް ކެރަލާ ސްޓޭޓުގެ ޞިއްޙީ އޮފިޝަލުން ބުނެއެވެ. އޭނާ މަރުވި ފަހުންވެސް ލޭގެ ސާމްޕަލްއެއް ނެގުމަށް ފަހު ޓެސްޓް ހަދަން ޕޫނާގައި ހުންނަ ނެޝަނަލް ވައިރޯލޮޖީ ސެންޓަރަށް ފޮނުވާފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

މީގެ ކުރިން އިންޑިއާއިން 3 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިއެވެ. ތިން މީހުންވެސް ނިޞްބަތްވަނީ ކެރެލާ ސްޓޭޓަށެވެ. އެމީހުންނަށް ފަރުވާދިނުމަށް ފަހު މިހާރު ވަނީ ގެއަށް ދޫކޮށްލާފައެވެ.

ޗައިނާއިން އައި ގިނަ ބަޔަކު ކެރެލާ ސްޓޭޓުގައި ކަރަންޓީންކޮށް ފަރުވާ ދީފައިވެއެވެ.

1 މާރޗް 2020 | އާދީއްތަ 12:36
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮރޯނާވައިރަސް ޖެހިގެން ފުރަތަމަ މީހާ އޮސްޓްރޭލިއާ އިން މަރުވެއްޖެ

ކޮރޯނާވައިރަސް ޖެހިގެން ފުރަތަމަ މީހާ އޮސްޓްރޭލިއާ އިން މަރުވެއްޖެ ކަމަށް އެގައުމުން ބުނެފި އެވެ.

އެގައުމުން ބުނީ މަރުވެފައިވަނީ 78 އަހަރުގެ މީހެއްކަމަށާއި އަދި މިއީ ޑައިމަންޑް ޕްރިންސެސް އިން އައި މީހެއްކަމަށެވެ. މިހާތަނަށް އާއިރު އެގައުމުން 25 މީހަކަށް ވަނީ މިވައިރަސް ޖެހިފަ އެވެ.

1 މާރޗް 2020 | އާދީއްތަ 07:37
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮރޯނާވައިރަސް ޖެހިގެން މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު 2,976 ށް

ކޮރޯނާވައިރަސް ޖެހިގެން މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު 2,976 ށް އަރައިފި އެވެ.

ޗައިނާއިން މިވައިރަސް ޖެހިގެން މަރުވެފައިވަނީ 2,870 މީހުންނެވެ. ޗައިނާ އިން ބޭރު ގައުމުތަކުން މިވައިރަސް ޖެހިގެން 106 މީހުން މަރުވެފައިވެ އެވެ.

މިހާތަނަށް ޗައިނާއިން މިވައިރަސް 79,824 މީހުންނަށް ޖެހިފައިވެ އެވެ. ޗައިނާ ނޫން ގައުމުތަކުން 6,676 މީހުންނަށް ވައިރަސް ޖެހިފައިވާއިރު މުޅި ޖުމްލަ ވައިރަސް ޖެހުނު މީހުންގެ އަދަދު އަރަނީ 86,500 އަށެވެ.

މިހާތަނަށް އާއިރު ވައިރަސް ޖެހުނު 41,625 މީހުން ރަނގަޅުވެގެން ދޫކޮށްލާފައިވާކަމަށް ޗައިނާއިން ބުނެއެވެ.

1 މާރޗް 2020 | އާދީއްތަ 07:26
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮރޯނާވައިރަސް ޖެހިގެން ޗައިނާއިން މަރުވި މީހުންގެ އަދަދު 2,870 ށް

ކޮރޯނާވައިރަސް ޖެހިގެން ޗައިނާއިން މަރުވި މީހުންގެ އަދަދު 2870 ށް އަރާފައިވާކަމަށް އެގައުމުން ބުނެފި އެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާލާއިރު ހޮނިހިރު ދުވަހު އެގައުމުން މިވައިރަސް ޖެހިގެން 35 މީހުން ވަނީ މަރުވެފަ އެވެ.

އަދި 573 މީހަކަށް އިއްޔެ އަލަށް ވަނީ މިވައިރަސް ޖެހިފަ އެވެ.

1 މާރޗް 2020 | އާދީއްތަ 06:42
Writer Profile Picture
އާއިޝަތު ޝިއުރާ
ހޮންގ ކޮންގ ގައި ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 95 ށް އަރައިފި

ހޮންގ ކޮންގ ގައި ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 95 ށް އަރާފައިވާކަމަށް އެގައުމުން ބުނެފި އެވެ.

މިހާތަނަށް އާއިރު އެގައުމުން ދެ މީހުން ވަނީ މިވައިރަސް ޖެހިގެން މަރުވެފަ އެވެ. 60 މީހުންނަށް މިހާރުވެސް ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދާއިރު 33 މީހަކު ވަނީ އެގައުމުގައި ރަނގަޅުވެގެން ދޫކޮށްލާފަ އެވެ.

1 މާރޗް 2020 | އާދީއްތަ 06:37
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮރޯނާވައިރަސް ޖެހިފައިވާ ދެވަނަ މީހާ ބްރެޒިލް އިން ފެނިއްޖެ

ކޮރޯނާވައިރަސް ޖެހިފައިވާ ދެ ވަނަ މީހާ ބްރެޒިލްއިން ފެނިފައިވާކަމަށް އެގައުމުން ބުނެފި އެވެ.

އެގައުމުން ބުނީ މިއީ އިޓަލީއަށް ދަތުރުކޮށްފައިވާ މީހެއްކަމަށެވެ.

1 މާރޗް 2020 | އާދީއްތަ 04:40
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮރޯނާވައިރަސް ޖެހިފައިވާ ފުރަތަމަ މީހާ އަޔަރލެންޑުން ފެނިއްޖެ

ކޮރޯނާވައިރަސް ޖެހިފައިވާ ފުރަތަމަ މީހާ އަޔަރލެންޑުން ފެނިފައިވާކަމަށް އެގައުމުން ބުނެފި އެވެ.

މިމީހާއަކީ އިޓަލީއަށް ދަތުރުކޮށްފައިވާ މީހެއްކަމަށް އެގައުމުން ބުނެއެވެ.

1 މާރޗް 2020 | އާދީއްތަ 04:11
Writer Profile Picture
އާއިޝަތު ޝިއުރާ
ފްރާންސްގައި ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު 100 ށް ވުރެ މައްޗަށް އަރައިފި

ފްރާންސްގައި ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު 100 ށް ވުރެ މައްޗަށް އަރާފައިވާކަމަށް އެގައުމުން ބުނެފި އެވެ. މިހާތަނަށް އާއިރު އެގައުމުން ދެ މީހުން ވަނީ މިވައިރަސް ޖެހިގެން މަރުވެފަ އެވެ. އަދި 86 މީހުންނަށް ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދާއިރު 12 މީހުން ވަނީ ރަނގަޅުވެގެން ދޫކޮށްލާފަ އެވެ.

1 މާރޗް 2020 | އާދީއްތަ 03:50
Writer Profile Picture
ޙުސައިން މަޚްތޫމް
އެމެރިކާގައި ކޮރޯނާވައިރަސްގެ ފުރަތަމަ މަރާއެކު ވޮޝިންޓަންގައި ސްޓޭޓް އޮފް އެމަރޖެންސީ އިއުލާންކޮށްފި

އެމެރިކާގެ ވޮޝިންޓަންގައި ކޮރޯނާ ވައިރަސް ޖެހިގެން 50 އަހަރުގެ ފިރިހެނަކު މަރުވުމާއި ގުޅިގެން އެ ސިޓީގައި ސްޓޭޓް އޮފް އެމަރޖެންސީ އިއުލާންކޮށްފިއެވެ.

ސްޓޭޓް އޮފް އެމަރޖެންސީ އިއުލާންކުރެއްވިކަން ހާމަކުރެއްވީ ވޮޝިންޓަންގެ ގަވަރުނަރެވެ. އަދި މިއީ ކޮރޯނާގެ އާ ކޭސްތަކެއް ފެންނަމުންދާތީ އެޅި ފިޔަވަޅެއްކަމަށް ގަވަރުނަރު ވަނީ ވިދާޅުވެފައެވެ.

1 މާރޗް 2020 | އާދީއްތަ 02:40