މިވައިރަސް ރާއްޖެއަށް އައިސްފިނަމަ ކަންކަން ވެގެންދާނެގޮތުގެ ދިރާސާއެއް ހެދިފައިވާކަމަށާއި މިހާރު ތިން ފަހަރަށް އެ ދިރާސާ އިތުރަށް ރިވައިސްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ގައުމުތަކުން އަޅަންވާ ފިޔަވަޅުތައް އެޅިނަމަ މިހިސާބަށް ކަންކަން ނުދާނެކަމަށް ރައީސް ވިދާޅުވި އެވެ.
މެއި މަހާ ހިސާބަށް މިކަންތައް ކުރިޔަށްދާނެ ކަމަށް ބަލަންވާނެކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް މުޅި ދުނިޔެއިން މިކަން ހުއްޓިގެން ނޫނީ ރާއްޖެއަށް އަދި ރަނގަޅުވާން ނެތްކަމަށް ރައީސް ވިދާޅުވި އެވެ.
ޗައިނާއިން ނަގާފައިވާ ލޯންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ޗައިނާގެ ރައީސަށް ސިޓީއެއް ފޮނުވައިފިކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެކަމަށް ޖަވާބެއް ނުލިބޭކަމަށް ރައީސް ވިދާޅުވި އެވެ.
އުންމީދުކުރައްވަނީ މުވައްޒަފުން ވަކިނުކުރާނެ ކަމަށާއި ސަރުކާރުން ޕެކޭޖް އިއުލާންކޮށްފައިވަނީ އެހެންވެގެން ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތަށް އަމަލުކުރާނެ ކަމަށް އުންމީދު ކުރައްވާކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖެ މިއޮތީ ލޮކްޑައުންއަކަށް ގޮސްފައިކަމަށާއި މީގެ 24 ގަޑިއިރު ފަހުން ރާއްޖެއަށް އެއްވެސް މީހަކަށް ނާދެވޭނެކަމަށް ރައީސް ވިދާޅުވި އެވެ. މިވަގުތު އެނޫންގޮތެއް ނެތްކަމަށާއި އެކަމަށް ރާއްޖެއޮތީ ތައްޔާރަށްކަމަށް ރައީސް ވިދާޅުވި އެވެ.
ގައުމުތަކުގައި ތިބި ދިވެހި ރައްޔިތުން ގެންނަންޖެހިއްޖެނަމަ އެކަމަށް ހިނގާނެ ޚަރަދުތައް މިހާރު އެކުލަވާލާފައިވާ ކަމަށާއި އެއްވެސް ރައްޔިތަކު ގެންނަން ޖެހިއްޖެނަމަ އެކަން ކުރަމުންދާނެކަމަށް ރައީސް ވިދާޅުވި އެވެ. ޚާއްސަކޮށް ނޭޕާލްގައި ތިބި ކުދިން ގެނައުމުގެ މަސައްކަތް ކުރައްވާކަމަށް ރައީސް ވިދާޅުވި އެވެ. އަދި ލަންކާ އާއި އިންޑިޔާ އަދި މެލޭޝިޔާ ގައި ތިބި ދިވެހިންނާމެދު ކަންކަން ކުރާނީ އެގޮތަށްކަމަށް ރައީސް ވިދާޅުވި އެވެ.
ގެއްލުން ލިބޭ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް، ބީ.އެމް.އެލް އާއި އެސް.ޑީ.އެފް.ސީ މެދުވެރިކޮށް، ލޯނު ދޫކުރުމަށް މިހާރު އަންނަނީ ތައްޔާރުވަމުން ކަމަށް ރައީސް ވިދާޅުވި އެވެ. މި ލޯނުތަކަށް އެދި ހުށަހެޅުމަށް، އަންނަ ހަފުތާގެ ތެރޭގައި އިޢުލާން ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރިސޯޓްތަކުގައި ތިބި ފަތުރުވެރިންގެ ތެރެއިން އެންމެ ފަހު ފަތުރުވެރިޔާ ފުރާ ދުވަހުން ފެށިގެން 14 ދުވަސް ހަމަވުމުން އެރިސޯޓެއްގައި ތިބި މީހުންނަށް އެހެން ތަންތަނަށް ދިޔުމުގެ ފުރުސަތު އޮންނާނެކަމަށް ރައީސް ވިދާޅުވި އެވެ.
ސްކޫލްތަކާއި ޔުނިވަރސިޓީތައްވެސް މިމުއްދަތަށް ބަންދުވާނެކަމަށް ރައީސް ވިދާޅުވި އެވެ. މިމަހުގެ 27 އިން ފެށިގެން ރާއްޖެއިން އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލާނެކަމަށް ރައީސް ވިދާޅުވި އެވެ.
46 އިދާރާއެއް ގުޅިގެން އަންނަނީ މަސައްކަތްކުރަމުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެފަރާތްތަކަށް ޝުކުރުއަދާކުރެއްވި އެވެ.
ޗައިނާގައި ބަލި ފެތުރެން ފެށުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން އަންނަނީ ސިއްހީ ތަޖުރިބާގެ ލަފަޔާއެކު ކަމަށް ރައީސް ވިދާޅުވި އެވެ. މިކަމުގައި އެންމެ އިސްބަސްވެސް އަދި އެންމެ ފަހުބަސްވެސް ބުނާނީ ސިއްހީ ތަޖުރިބާކާރުންކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރައްޔިތުންވެސް އަމަލުކުރަންވީ ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތަށްކަމަށް ރައީސް ވިދާޅުވި އެވެ. ތިބޭފުޅުން ކުރަންވީކަމަކީ ބޭރަށް ނިކުމެވަޑައިގެން ގޭގައި ތިއްބެވުންކަމަށް ރައީސް ވިދާޅުވި އެވެ،
ކާބޯތަކެތީގެ ޚިދުމަތް ދީގެން 3 ކެފޭ/ރެސްޓޯރެންޓް ޖޫރުމަނާކޮށްފައިވާ ކަަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މަރޗް މަހުގެ 22 ވަނަ ދުވަހު 1 ކެފޭ އަދި މަރޗް މަހުގެ 24 ވަނަ ދުވަހު 2 ކެފޭ/ރެސްޓޯރެންޓް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި ޝީޝާ ބޮއިގެން 20 މަރޗްގައި 2 ކެފޭއެއް ޖޫރިމަނާ ކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
ސްޕެއިން އިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 3434 މީހުންނަށް އަރައިފި އެވެ. އެއާއެކު ސްޕެއިން ވެގެންގޮސްފައިމިވަނީ ޗައިނާއަށް ވުރެ ގިނައިން މިވައިރަސް ޖެހިގެން މީހުން މަރުވެފައިވާ ދެ ވަނަ ގައުމަށެވެ. ސްޕެއިން އިން މިއަދު އެކަނިވެސް 443 މީހުން ވަނީ މަރުވެފަ އެވެ. އެގައުމުން މިހާތަނަށް 47,610 މީހުންނަށް ވަނީ މިވައިރަސް ޖެހިފަ އެވެ.
އިނގިރޭސި ކްލަބު ވަޓްފޯޑުގެ ދަނޑު އެ ގައުމުގެ ނެޝަނަލް ހެލްތު ސާވިސަސްއަށް ދޭން ހުށަހަޅައިފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ވަޓްފޯޑުން އެޓީމުގެ ދަނޑު ނެޝަނަލް ހެލްތު ސާވިސަސްއަށް ދޭން ހުށަހެޅިއިރު، އެ ދަނޑު ހުންނަނީ ވަޓްފޯޑް ޖެނެރަލް ހޮސްޕިޓަލާ ޖެހިގެންނެވެ. ވަޓްފޯޑުގެ ޗެއާމަން ސްކޮޓް ޑަކްސްބަރީ ވިދާޅުވީ މި ދަނޑިވަޅުގައި ނެޝަނަލް ހެލްތު ސާވިސަސްއަށް ދެވެން އޮތް އެހީތެރިކަމެއް ދޭން ތައްޔާރު ކަމަށާއި، ނެޝަނަލް ހެލްތު ސާވިސަސްއިން ބޭނުންވެއްޖެ ނަމަ އެ ދަނޑު ބޭނުންކުރެވޭނެ ކަމަށެވެ.