އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، ޓްރަމްޕް އަރިސް ބޭފުޅުންގެ ތެރެއިން ޕޮޒިޓިވްވަމުންދާ މީހުންގެ އަދަދުތައް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން. އެގޮތުން ވައިޓްހައުސްގެ އެޑްވައިސަރ ސްޓެފަން މިލަރ ގެ އިތުރުން، އަސްކަރީ ލީޑަރެއް ކަމަށްވާ އެޑްމިރަލް ޗާރލްސް ރޭ ވެސް ވަނީ ޕޮޒިޓިވްވެފައި، އަދި އެކަމުގެ ސަބަބުން ގިނަ އަދަދެއްގެ ސިފައިންވެސް ދަނީ ކަރަންޓީންވަމުން،
ޑރ ނަޒްލާ މޫސްތަފާ ވިދާޅުވީ، އާދައިގެ ރޯގާ ގޮތަށް ބަލި ޖެހޭ ނަމަ 9 ވަރަކަށް ދުވަހުގެ ތެރޭގައި ހަށިގަނޑުން ވައިރަސް ދާނެ ކަމަށް ބައެއް ދިރާސާތަކުން ދައްކާ ކަމަށް، އަދި އެ ނޫން ކޭސްތަކުގައި 20 ދުވަސްވެސް ނަގާކަން ޑޮކްޓަރ ފާހަގަ ކުރެއްވި، ޑރ އިތުރަށް ވިދާޅުވީ، އާންމުކޮށް ބަލާ މިންގަނޑުން 14 ދުވަސް ބެލުމަށްފަހުވެސް، އެއްކޮށް އަލާމަތްތައް ރަނގަޅުވުމުން 3 ދުވަސް އިތުރަށް ބަލާނެ ކަމަށް
ޑރ އަފްޒަލް ވިދާޅުވީ، ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންގެ އަދަދުތަކަށް މާބޮޑު ބަދަލެއް އައިސްފައި ނުވާކަމަށް. އަދި ކްލަސްޓަރތައް އުފެދިފައިވަނީވެސް އެއް ވަރަކަށް ހިފެހެއްޓިފައިވާ ގޮތަކަށް ކަމަށް ޑރ ވިދާޅުވި، ޑރ ވިދާޅުވީ ފެންނަމުންދަނީ ކުދި ކްލަސްޓަރ ތަކެއް ކަމަށް
މޮނިޓަރިންގ ގެ ޙާލަތަށް ގެންދެވޭ ގޭގެއާ ގުޅިގެން މަބްރޫކު ވިދާޅުވީ، ބައެއް ގޭގޭގައި ހަރުކޮށްފައިވާ ނޯޓިސްތައް ނައްޓާނުލާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށް، އެގޮތުން އެފަދަ ގެތައް ލިސްޓުން އުނިކުރުމަށްފަހު، ގޭގައި ހުންނަ ނޯޓިސް ނައްޓާލުމަށް އަންގަމުންދާކަމަށް މަބްރޫކު ވިދާޅުވި، ނުބައި ގެއެއްގައި ނޯޓިސް ހަރު ކުރެވިފައިވާނަމަ 1676ށް ގުޅައި ރިޕޯޓް ކުރުމަށް މަބްރޫކު ވަނީ އެދިފައި
ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދު މަދު ކުރުމަށް މަދުން ސާމްޕަލް ނަގާ ވާހަކައަށް ރައްދު ދެއްވައި މަބްރޫކު ވިދާޅުވީ، ޕޮޒިޓިވްވި މީހުން މަދުވުމަކީ ބަލި ދިޔަކަން ދޭހަވާ ކަމެއް ނޫން ކަމަށް.
އޭގެ އިތުރުން، އައިޖީއެމްއެޗްގެ ލެބްގައި ހުރި މެޝިނެއްގައި މައްސަލައެއް ދިމާވެފައިވާކަން ފާހަގަ ކުރައްވައި މަބްރޫކް އިތުރަށް ވިދާޅުވީ، މެޝިން ރަނގަޅު ކުރުމަށް ބޭނުންވާ ބައިތައް އޯޑަރު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް
މިރޭގެ (ހޮނިހިރު ދުވަހުގެރޭ) 06:00 އާ ހަމައަށް 730 ސާމްޕަލެއްގެ ނަތީޖާ ލިބިފައިވާއިރު، ޕޮޒިޓިވްވެފައިވަނީ 18 މީހެއް، އަދި ބާކީ ނަތީޖާތައް ވަނީ ނެގެޓިވްވެފައި، އިތުރު 46 މީހަކު ބަލިން ރަނގަޅު ވެފައިވޭ
ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި 67 އަހަރުގެ ޑައިބެޓިކް އަދި ދިގު މުއްތަކަށް ބޭސް ކުރަން ޖެހޭ، ގާތުން މޮނިޓަރ ކުރަން ޖެހޭ މީހެއްވެސް ހިމެނޭ
މިވަގުތު މޮނިޓަރިންގައި ވަނީ 413 ތަނެއް،
ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ޕެންޝަން އޮފީހުގެ އެކްޓިންގ ސީއީއޯ ފާތިމަތު ސުޖާތާ ހަލީމް ވިދާޅުވީ، ކޮންމެ ގޮތަކަށް ވަޒީފަގައި މީހުން ގެންގުޅުނުކަމުގައިވީނަމަވެސް އެ ފަރާތެއް ޕެންޝަން އޮފިހުގައި ރަޖިސްޓަރ ކުރަންޖެހޭނެ ކަމަށެވެ. އަދި ޕެންޝަން އޮފީހުގެ ފަރާތުން އެ މައުލޫމާތުތައް އިކޮނޮމިކް މިނިސްޓްރީ އާއި ހިއްސާކުރަމުންގެންދާކަމަށް ސުޖާތާ ވިދާޅުވި އެވެ.
ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ރަޖިސްޓްރަ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ ކަސްޓަމަރުންނަށް ހުޅުވާލައިގެން ވިޔަފާރިކުރާ ފަރާތްތަކުން ހުއްދައަށް އެދި ހުށަހަޅަންޖެހޭނީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ކަމަށެވެ. އަދި މިހާރު ހުއްދައަށް އެދި، ހުއްދަ ނުލިބިވާ ފަރާތްތަކުންވެސް ހުއްދައަށް އެދި އަލުން ހުށަހަޅަންޖެހޭނެކަމަށް ވިސާމް ވިދާޅުވި އެވެ. ނަމަވެސް މިހާރު ހުއްދަ ލިބިފަިއވާ ފަރާތަކުން އަލަށް ހުއްދައަށް އެދި ހުށަހަޅަން ނުޖެހޭނެކަމަށް ވިސާމް ވިދާޅުވި އެވެ.
ކޮވިޑް-19 އާއި ގުޅެގޮތުން ސިލްސިލާކޮށް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތުދެއްވަނީ ޕެންޝަން އޮފީސް، އިކޮނޮމިކް މިނިސްޓްރީ އަދި ފުލުހުންގެ ފަރާތުންނެވެ. ނޫސްވެރިންގެ ބައްދަލުވުން ކުޑަވަގުތުކޮޅެއްގެ ތެރޭގައި ފެށިގެންދާނެ އެވެ.
ސްރީލަންކާގެ ވައިގެ ބަނދަރު ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓް (ބީއައިއޭ) މެދުވެރިކޮށް އެ ގައުމަށް އެތެރެވާ އެންމެންގެ ކޮވިޑް-19 އަށް ޓެސްޓު ކުރަން ފަށައިފި އެވެ.
މީޑިއާތަކާއި ވާހަކަ ދައްކަވަމުން ސިވިލް އޭވިއޭޝަން މިނިސްޓަރު ޕްރަސަންނަ ރަނަތުންގަ ވިދާޅުވީ، ހޯމަ ދުވަހުން ފެށިގެން ލަންކާ އަށް އެތެރެވާ އެންމެންގެ ޕީސީއާރް ޓެސްޓު ހަދަން ފަށާފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ޓެސްޓު ނަތިއްޖާ އަށް ބެލުމަށް ފަހު ހޮސްޕިޓަލަށާއި، ކަރަންޓީނަށް ފަސެންޖަރުން ގެންދަން ޖެހޭނަމަ ގެންދާނެ ކަމަށެވެ.
ރާއްޖެއިން ކޮވިޑް-19ށް ޕޮޒިޓިވްވި ބަންގްލަދޭޝް ރައްޔިތުންގެ އަދަދު ހާހަކަށް ވުރެ އިތުރުވެއްޖެއެވެ.
ހެލްތު މިނިސްޓްރީގެ ޑޭޝްބޯޑުން ދައްކާގޮތުގައި ވައިރަހަށް ޕޮޒިޓިވްވި ބަންގްލަދޭޝް ރައްޔިތުންގެ އަދަދު ވަނީ 1003ށް އަރާފައެވެ. ރާއްޖެއިން މިހާތަނަށް 1,829 މީހުން ޕޮޒިޓިވްވެފައިވާއިރު، މީގެތެރެއިން 54.84% އަކީ ބަންގްލަދޭޝް މީހުންނެވެ.
ޗައިނާގެ ޖިއަންގް ޝޫ ޕްރޮވިންސްގެ ސޫޖޯ ސިޓީން, މާލެ ސިޓީ ކައުންސިލަށް މާސްކު ހަދިޔާ ކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ، ރާއްޖެއިން ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތަށް އެ ސިޓީން 20،000 މާސްކު ހަދިޔާ ކޮށްފައިވާ ކަމަށެވެ.
ލަރޖް ނުވަތަ ބޮޑެތި ކްލަސްޓަރތަކުގެ ގޮތުގައި ފާހަގަކުރެވިފައިވަނީ، އަށް ކްލަސްޓަރ އެއްކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ. އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް އަފްޒަލް ވިދާޅުވީ، ބޮޑު ކްލަސްޓަރތަކުގެ ގޮތުގައި ބަލަނީ، 50ށް ވުރެ ގިނަ މީހުން އެ ކްލަސްޓަރއަކަށް ނިސްބަތްވާ ނަމަ އެވެ.
އާދިއްތަ ދުވަހުގެ ހަވީރު 06:00ން ފެށިގެން ގޮސް، ހޯމަ ދުވަހުގެ ހަވީރު 6:00ށް އިތުރު 56 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. މި ވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 1،333 އެވެ. ޖުމްލަ 929 ސާމްޕަލެއްގެ ނަތީޖާ 24 ގަޑިއިރުގެ ތެރޭގައި ލިބިފައިވާއިރު، ނަތީޖާ ނުލިބި މިހާތަނަށް 424 ސާމްޕަލް އެބަހުރި އެވެ.
ރާއްޖެއިން އެއްވެސް ގޮތަކަށް ފަރުވާދެވެން ނެތް ބަލިތަކުގެ، 33 މީހަކު ސިއްހީ ފަރުވާއަށް ބޭރަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މަރިޔަމް ޝަފީގް ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހުގެރޭ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސަންދަ ކުންފުނީގެ އެމްޑީ ވިދާޅުވި، މާލެ ލޮކްޑައުން ކުރުމާއި ގުޅިގެން ރާއްޖެއިން ބޭރަށް ކޮންމެހެން ބޭސް ފަރުވާއަށް ދާންޖެހޭ މީހުން އާސަންދައިގެ އެހީގައި ގެންދިޔުމުގެ މަސައްކަތް ފޮރިން މިނިސްޓްރީއާ، އިންޑިއާ އަދި ލަންކާ ސަރުކާރާއި މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.
ކޮވިޑް-19އާ ގުޅިގެން އަތޮޅުތެރޭގެ ސިއްހީ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން ގާއިމްކުރަން ފެށި ރީޖަނަލް މެޑިކަލް ފެސިލިޓީތަކުގެ ސިވިލް މަސައްކަތްތައް ނިމިފައިވާކަމަށް ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހުގެރޭ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ކޮވިޑް-19ގައި ބަލިވާ މީހުންނަށް ފަރުވާ ދިނުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެސިލިޓީތައް ގާއިމްކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާ ކަމަށެވެ. އެގޮތުން ބ. އޭދަފުށި، ށ. ފުނަފޫ، ހއ. އިހަވަންދޫ، ގއ. ވިލިނގިލި، ލ. ގަން، އައްޑޫ ސިޓީ، އަދި ފުވައްމުފުލަކު ގާއިމްކުރެވޭ ފެސިލިޓީތަކުގެ ސިވިލް މަސައްކަތްތައް އެއްކޮށް ނިމިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
އުރީދޫ މޯލްޑިވްސްއިން ކޯވިޑް 19 އާއި ގުޅިގެން އިއުލާންކޮށްފައިވާ ބައެއް ޚާއްޞަ އޮފަރތަކުގެ މުއްދަތު ޖޫން މަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.
އުރީދޫ ބުނީ ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޯވިޑް 19 ޕެންޑެމިކް އާއި ގުޅިގެން ދިރިއުޅުމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައިކަމަށެވެ. އެގޮތުން ކުންފުނިތަކުގެ މަސައްކަތާއި، ދަރިވަރުންގެ ފިލާވަޅުތަކާއި އެކަކު އަނެކާ ދެމެދު ކުރެވޭ މުއާމަލާތްތައްވެސް މުޅިންހެންވަނީ އިންޓަނެޓް މެދުވެރިކޮށް ކުރަންޖެހިފައިކަމަށް އެ ކުންފުނިން ބުންޏެވެ.
އެހެންކަމުން މުޅި ދުނިޔެއަށް އައިސްފައިވާ މި ބޮޑު ބަދަލާ ގުޅިގެން، އުރީދޫ މޯލްޑިވްސް ގެ ކަސްޓަމަރުންނަށް ލުޔެއް ހޯދާދިނުމުގެ ގޮތުން، އިތުރު ޑޭޓާ އާއި ޚާއްޞަ ޕޭމަންޓް ޕްލޭންތަކެއް މާރިޗު މަހު ތައާރަފްކޮށްފައިވާކަން އެ ކުންފުނިން ފާހަގަކުރެ އެވެ.
ސްޕެއިންގައި ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި އަޅާފައިވާ ލޮކްޑައުން ޖޫން މަހުގެ 21 އާ ހަމައަށް, ފަހުފަހަރަށް އިތުރުކޮށްފައިވާ ކަމަށް އެގައުމުގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވެއްޖެ އެވެ.
ފަހު ދެ ހަފްތާއަށް އެގައުމު ލޮކްޑައުން ކުރުމަށް އެގައުމުގެ ޤާނޫނުގެ ހަދާ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ސަންޗޭޒް ވިދާޅުވި އެވެ. ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ސަންޗޭޒް ވިދާޅުވީ ހަލުވިކަމާއެކު ވައިރަސް ފެތުރެމުން އައި ސްޕެއިންގައި މިހާރު ކޭސް ފެންނަލެއް ބޮޑުތަނުން ދަށްކުރެވިފައިވާ ކަމަށެވެ. އެހެންކަމުން މިހާރު މިތިބީ މިކަމުން އަރައިގަނެވޭ ހިސާބުގައި ކަމަށް ސަންޗޭޒް ވިދާޅުވި އެވެ.
ކޮވިޑް-19 އަށް ފަރުވާދޭ މައި ފެސިލިޓީއެއްގެ ގޮތުގައި ޓްރީ ޓޮޕް ހޮސްޕިޓަލް ކަނޑައެޅިފަހުން ވޭތުވެދިޔަ އެއް މަސް ދުވަހުގެ ތެރޭގައި މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި 28 މީހަކަށް ފަރުވާދީފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
ޤައުމީ ފެންވަރުގައި ކޮވިޑް-19ށް ފަރުވާދޭ މައި ފެސިލިޓީއެއްގެ ގޮތުގައި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އާއި ޓްރީ ޓޮޕް ހޮސްޕިޓަލާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ 26 އެޕްރީލް 2020 ގައެވެ. އަދި އެކަން އެ ހޮސްޕިޓަލުގެ ފަރާތުން އާންމުކޮށް އިއުލާން ކޮށްފައިވަނީ 1 މޭ 2020 ގައެވެ.
ހޮސްޕިޓަލުން ބުނިގޮތުގައި ކޮރޯނާ ވައިރަހަށް ފަރުވާދިނުމައްޓަކައި ބަލިމީހެއް އެންމެ ފުރަތަމަ ފަހަރަށް 6 މޭ ގައި ޓްރީ ޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކުރިތާ އެއްމަސް ހަމަވާން ކައިރިވެފައިވާއިރު، މިހާ ތަނަށް އެ ހޮސްޕިޓަލުން ވަނީ ޖުމްލަ 28 ކޮވިޑް ޕޮޒިޓިވް މީހުންނަށް ކާމިޔާބްކަމާއެކު ފަރުވާ ދީފަ އެވެ. މިއީ ސަރުކާރުގެ އެކި ކަރަންޓީން ސެންޓަރުތަކުން އައިޖީއެމްއެޗް މެދުވެރިކޮށް ޓްރީ ޓޮޕް ހޮސްޕިޓަލަށް ރިފަރ ކުރެވިފައިވާ މީހުންކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. މީގެ ތެރޭގައި ހިމެނެނީ 25 ބޮޑެތި މީހުންނާއި 3 ކުޑަ ކުދިންނެވެ.
ލޮކްޑައުން އަށް މިހާރު ދީފައިވާ ލުއިތައް އަލުން އަނބުރާ ނަގަންޖެހޭ ވަރުގެ ކޭސްތައް އަދި ނުފެންނަ ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ. އެހެންނަމަވެސް ކުރިޔަށް އޮތްތަނުގައި ކޭސްތައް އިތުރުވާ ގޮތަކުން ލޮކްޑައުންއަށް ދީފައިވާ ލުއިތައް އަލުން އަނބުރާ ނަގަންޖެހިދާނެ ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.
ފާއިތުވި 24 ގަޑިއިރު ފެނުނު 101 ކޭސްގެ ތެރެއިން 79 ކޭސް އެއީ އެއް ކްލަސްޓަރ އަކަށް ނިސްބަތްވާ މީހުން ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ. ދެން ހުރި ކޭސްތައް ނިސްބަތްވަނީ ކުދި ކުދި ކްލަސްޓަރ ތަކަށް ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.
އައްޑޫ ސިޓީ އަދި ކުޅުދުއްފުށީ ގައި އޮކްސިޖަން ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން.
ބޭނުމަކީ އުތުރާއި ދެކުނު އަދި މާލޭގައި އޮކްސިޖަން ރީފިލް ކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުން
-މަބްރޫކް އަޒީޒު-