ކޮވިޑް-19 މިހާތަނަށް އާއިރު ދުނިޔޭގެ 151 ގައުމެއްގެ 156,533 ޖެހިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. މިހާތަނަށް މިވައިރަސް ޖެހިގެން 5,835 މީހުން ވަނީ މަރުވެފަ އެވެ. އަދި 75,922 މީހުން ވަނީ ރަނގަޅުކުރެވިފަ އެވެ.
ފާއިތުވި 24 ގަޑިއިރު މިވައިރަސް އެންމެ ބާރަށް ފެތުރެމުންދާ އިޓަލީން ވަނީ 3,497 މީހަކަށް މިވައިރަސް ޖެހިފަ އެވެ. އެއާއެކު އެގައުމުން މިވައިރަސް ޖެހުނު މީހުންގެ އަދަދު މިވަނީ 21,157 އަށް އަރާފަ އެވެ. ފާއިތުވި 24 ގަޑިއިރު އެގައުމުން 175 މީހަކު މިވައިރަސް ޖެހިގެން މަރުވެފައިވެއެވެ. އަދި ޖުމްލަ މިހާތަނަށް 1,441 މީހުން ވަނީ އިޓަލީން މިވައިރަސް ޖެހިގެން މަރުވެފަ އެވެ.
ދެން އެންމެ ގިނައިން މިވައިރަސް ޖެހެނީ އިރާނުގަ އެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު އިރާނުގައި މިވައިރަސް 1,365 މީހުންނަށް ޖެހިފައިވެ އެވެ. އަދި 97 މީހުން ވަނީ މަރުވެފައެވެ. އެގައުމުގައި މިހާތަނަށް މިވައިރަސް 12,729 މީހުންނަށް ޖެހިފައިވެ އެވެ. އަދި 611 މީހުން މިވައިރަސް ޖެހިގެން މަރުވެފައިވެ އެވެ.
ސްޕެއިންގެ ބޮޑުވަޒީރުގެ އަނބިކަނބަލުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެގައުމުން ބުނެފި އެވެ. އެގައުމުން ބުނީ ބޮޑުވަޒީރު އަރިހުގައި އުޅުއްވި އެހެން ބޭފުޅުންވެސް މިވައިރަސް އަށް ޕޮޒިޓިވް ވެފައިވާކަމަށެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ޖަރމަނީގައިވެސް ނައިޓް ކުލަބް ތަކާއި ތިއަރޓަރުތައް އަދި ކޮންސެޓް ހޯލްތަކާއި އާންމުން އެއްވެ އުޅޭ ތަންތަން ބަންދުކުރުމަށް އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ.
ބަރލިންގެ ސެނެޓުން ނިންމާފައިވަނީ އާންމުންނަށް ހުޅުވާލައިގެން އަދި ހުޅުވާނުލާ ކުރިޔަށް ގެންދާ 50 މީހުންނަށް ވުރެ ގިނައިން މީހުން ބައިވެރިވާ އިވެންޓްތައް ނުބޭއްވުމަށެވެ. އަދި ދީނީ އެކިއެކި އެއްވުންތަކާއި ތިއޭޓަރ ތަކާއި ޑިސްކޯތައްވެސް ބަންދުކުރުމަށް ވަނީ ނިންމާފަ އެވެ.
ޓޫރިސްޓުންނަށް ސަޕޯރޓް ސެންޓަރެއް އެޗްއައިއެޗް އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ގާއިމުކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީ އާއި ޓޫރިސްޓު ފުލުހުންނާއި އެމްއޭސީއެލް އިން ޓޫރިސްޓުން އައުމާއި ދިޔުމުގެ ކަންކަމުގައި އެހީތެރިވެދޭނެ ކަމަށެވެ. އަދި މިކަމަށްޓަކައި ގާއިމުކޮށްފައިވާ ހޮޓްލައިން ނަންބަރު 9423131 އަށް ގުޅުމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.
އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުގެ ކޮންޓެކްޓް ޓްރޭސިންގ ނިންމާ، ހޯމް އައިސޮލޭޝަނަށް ލާންޖެހޭ ފަރާތްތައް މިހާރު ވަނީ އެކަހެރި ކުރެވިފައި. އެހެންކަމުން މި ރިސޯޓުގެ މޮނިޓަރިންގ މަސައްކަތް މިހާރު ވަނީ ނިމުމަކަށް ގެނެވިފައި.
ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ވިލަމަންދޫ އައިލަންޑް ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދަނީ. އަދި މީނާ އާއި ކޮންޓެކްޓްވި އެހެންފަރާތަކާ ދެމީހުން އެކަހެރި ކޮށް ބަހެއްޓުމަށް ވަނީ ނިންމާފައި.
ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓުގައި ވަނީ މޮނިޓަރިންގްއަށް ލެވިފައި.
ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސް 2020 ފަސްނުކުރާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވިދާޅުވެއްޖެ އެވެ.
މިއަހަރުގެ އޮލިމްޕިކްސް ޓޯކިޔޯގައި ބޭއްވުމަށް ތާވަލުކޮށްފައިވަނީ ވަނީ ޖުލައި 24 އިން އޮގަސްޓް 9 އަށެވެ.
މިހަރު ހަލުވިކަމާއެކު މުޅި ދުނިޔޭގައި ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން އެކު ކުޅިވަރު މުބާރާތްތައް އަންނަނީ ފަސްކުރަމުންނެވެ.
ނަމަވެސް ދާދި ފަހުން ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވިދާޅުވީ، އޮލިމްޕިކްސް ބާއްވަން ހަމަޖެހިފައި އޮތް ތާރީޚުގައި ގޭމްސް ބޭއްވޭނެ ކަމަށެވެ. އަދި މި ގޭމްސް ޖަޕާނުގައި ބާއްވާނީ ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅަކާއެކުގައި ކަމަށްވެސް ވިދާޅުވި އެވެ.
ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ޔޫރޯ ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކުރުމަށް މަޝްވަރާކުރަން ޔުއެފާއިން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ޔޫރަޕްގެ ގިނަ ގައުމުތަކުން ކޮރޯނާ ވައިރަސް ފެނިފައިވާއިރު، ފުޓްބޯޅައިގެ އެންމެ ނަން މަޝްހޫރު ސަރަހައްދުތަކުގެ ލީގުތައް މިހާރު ވަނީ މެދު ކަނޑާލާފައެވެ.
ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތް މިއަހަރު ބޭއްވުމަށް ނިންމާފައިވަނީ ޔޫރަޕްގެ 12 ސިޓީއެއްގައެވެ. ވީޑިއޯކޮންފަރެންސް މެދުވެރިކޮށް އަންގާރަ ދުވަހު ބާއްވާ މި ބައްދަލުވުމުގައި ޔުއެފާގެ 55 މެމްބަރު ގައުމުންނާއި ޔޫރަޕުގެ ލީގުތަކުންނާއި ޔޫރަޕުގެ ކްލަބު އެސޯސިއޭޝަނުންނާއި ދުނިޔޭގެ ކުޅުންތެރިންގެ ޔޫނިއަން (ފިފްޕްރޯ) އިން މަންދޫބުން ބައިވެރިވާނެ އެވެ. މި ބައްދަލުވުމުގައި މުބާރާތް އަންނަ އަހަރަށް ފަސްކުރުން ގާތް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފްރާންސްގައި ކޮވިޑް-19 ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެގައުމުގެ ރެސްޓޯރެންޓްތަކާއި، ކެފޭތަކާއި، ސިނަމާ އަދި އެނޫންވެސް ކޮންމެހެން ހުޅުވަން ޖެހޭތަނެއް ނޫނީ ނުހުޅުވުމަށް އެގައުމުގެ ބޮޑު ވަޒީރު އެދިވަޑައިގެންފި އެވެ. މީގެއިތުރުން ދަތުރުފަތުރުކުރުން މަދު ކުރުމަށާއި ފްރާންސްގެ ތެރޭގައިވެސް ދަތުރުފަތުރުކުރުން މަދުކުރުމަށް ބޮޑުވަޒީރު ވަނީ އެދިވަޑައިގެންފަ އެވެ. ހޮނޮހިރު ދުވަހު އެގައުމުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 3661 ން 4499 އަށް އަރާފަ އެވެ. އަދި 12 މީހުން ވަނީ ހޮނިހިރު ދުވަހު މަރުވެފަ އެވެ.
މުޅި ރާއްޖޭގައި: 641 އައިސޮލޭޝަން އަދި ކަރަންޓީނު ފެސިލިޓީ
ހއ. އަތޮޅު:
ކަރަންޓީނު ފެސިލިޓީ: 29
އައިސޮލޭޝަން ފެސިލިޓީ: 19
ހދ. އަތޮޅު:
ކަރަންޓީނު ފެސިލިޓީ: 64
އައިސޮލޭޝަން ފެސިލިޓީ: 34
ށ. އަތޮޅު:
ކަރަންޓީނު ފެސިލިޓީ: 30
އައިސޮލޭޝަން ފެސިލިޓީ: 21
ނ. އަތޮޅު:
ކަރަންޓީނު ފެސިލިޓީ: 19
އައިސޮލޭޝަން ފެސިލިޓީ: 16
ރ. އަތޮޅު:
ކަރަންޓީނު ފެސިލިޓީ: 17
އައިސޮލޭޝަން ފެސިލިޓީ:33
ބ. އަތޮޅު:
ކަރަންޓީނު ފެސިލިޓީ: 42
އައިސޮލޭޝަން ފެސިލިޓީ:41
ޅ. އަތޮޅު:
ކަރަންޓީނު ފެސިލިޓީ: 12
އައިސޮލޭޝަން ފެސިލިޓީ:5
ކ އަތޮޅު:
ކަރަންޓީނު ފެސިލިޓީ: (މައި ކަރަންޓީނު ފެސިލިޓީތައް ނުލައި) 8 ފެސިލިޓީ އަދި 8 އައިސޮލޭޝަން ފެސިލިޓީ
އއ. އަތޮޅު:
ކަރަންޓީނު ފެސިލިޓީ: 10
އައިސޮލޭޝަން ފެސިލިޓީ: 9
އދ. އަތޮޅު:
ކަރަންޓީނު ފެސިލިޓީ: 23
އައިސޮލޭޝަން ފެސިލިޓީ: 12
ވ. އަތޮޅު:
ކަރަންޓީނު ފެސިލިޓީ: 4
އައިސޮލޭޝަން ފެސިލިޓީ: 9
މ. އަތޮޅު:
ކަރަންޓީނު ފެސިލިޓީ: 9
އައިސޮލޭޝަން ފެސިލިޓީ: 12
ފ. އަތޮޅު:
އައިސޮލޭޝަން ފެސިލިޓީ: 8
ދ. އަތޮޅު:
ކަރަންޓީނު ފެސިލިޓީ: 6
އައިސޮލޭޝަން ފެސިލިޓީ: 8
ތ. އަތޮޅު:
ކަރަންޓީނު ފެސިލިޓީ: 18
ލ. އަތޮޅު:
ކަރަންޓީނު ފެސިލިޓީ: 28
އައިސޮލޭޝަން ފެސިލިޓީ: 22
ގއ. އަތޮޅު:
ކަރަންޓީނު ފެސިލިޓީ: 16
އައިސޮލޭޝަން ފެސިލިޓީ: 8
ގދ. އަތޮޅު:
ކަރަންޓީނު ފެސިލިޓީ: 14
އައިސޮލޭޝަން ފެސިލިޓީ: 12
ފުވައްމުލަކު ސިޓީ:
ކަރަންޓީނު ފެސިލިޓީ: 4
އައިސޮލޭޝަން ފެސިލިޓީ: 2
އައްޑޫ ސިޓީ:
ކަރަންޓީނު ފެސިލިޓީ: 5
އައިސޮލޭޝަން ފެސިލިޓީ: 4
( ސެންޓްރަލް ހޮސްޕިޓަލު ނުލައި)
ވިލިވަރު ފެސިލިޓީގައި 100 އިތުރު އެނދު ގާއިމު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން
ވެލިދޫ ރިސޯޓު ވަނީ މިކަމަށް ބޭނުން ކުރަން ނަގާފައި.
ހުޅުލޭ އައިލެންޑް ހޮޓެލް
މިއަދު މެންދުރު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމަށްފަހު ލިބުނު އަޕްޑޭޓްތައް:
ރީތި ބީޗް ރިސޯޓު މިހާރު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެވިފައި. އަދި އެރަށުން އެއް ފަތުރުވެރިއެއްގެ ސާމްޕަލް ނެގި ދަނީ ޓެސްޓުކުރެވެމުން. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވެސް ދަނީ ކުރެވެމުން.
ސަންގެލި އަދި ފެހެންދޫ އިން ނެގުނު ސާމްޕަލްތައް ނެގެޓިވް. އެރަށުގެ ކޮންޓެކްޓުތައް ވަނީ އައިސޮލޭޓް ކުރެވިފައި. އަދި އެރަށް ރަށުގެ ހާލަތު ވަނީ މޮނީޓަރިންގެ ހާލަތުން އާއްމު ހާލަތަށް ގެނެވިފައި.
ކޮވިޑް 19 އަށް ޕޮސިޓިވް މީހަކު ފެނުނު އަންތަރާ ދިގު އިން ޓެސްޓު ކުރެވުނު ދެވަނަ މީހާ ބައްޔަށް ނެގެޓިވް ވުމުންކޮންޓެކްޓް ޓްރޭސިންގ ވަނީ ހަދާފައި. އަދި ފާހަގަ ކުރެވުނު ފަރާތްތައް އެރަށުގެ އެއްފަރާތަށް ގެންދެވި ކޯޑަން ކުރެވި، އަނެއް ބައި އާއްމު ހާލަތަށް ވަނީ ގެނެވިފައި
ހޮނިހިރު ދުވަހުގެ ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ ޓާސްކްފޯސްގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމަށްޓަކައި އެމްޑަބްލިއުއެސްސީން އިން ހޮނިހިރު ދުވަހު ނިންމުމެއް ނިންމާފައިވާ ކަމަށެވެ. އެމްޑަބްލިއުއެސްސީ އިން ނިންމާފައިވަނީ 1 ޓަނުގެ ފެން ކޮންމެ ގޭބިސީއަކަށް ހިލޭ ލިބޭނެ ގޮތް ހަމަޖެއްސުންކަމަށެވެ.
ކަރަންޓީނު އަދި އައިސޮލޭޝަންގައި:
ފަރުކޮޅުފުށި: 11
ވިލިވަރު: 17
ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ ޓާސްކްފޯސްގެ ތަރުޖަމާން މަބްރޫކް ވިދާޅުވި
ވިލިވަރުގައި ހުރި ކުޑަކުއްޖެއްގެ ބެލެނިވެރިން ވެސް އެތަނުގައި އެބަހުރި ކަމަށެވެ.
ސާމްޕްލިންގ:
ޖުމްލަ :126
ނަތީޖާ ޕެންޑިންގް ގައި: 4
ނަތީޖާ ނެގެޓިވް: 112
ނަތީޖާ ޕޮސިޓިވް: 10
ފަތުރުވެރިންނަށް ހާއްސަކޮށްގެން މަސްވެރިންގެ ޕާކުގައި ހެދި ޓުއަރިޒަމް ސެންޓަރު، ފުލުހުންގެ ބޭނުމަށް ކޮވިޑް-19 ގެ ޓާސްކް ފޯސްގެ އެދުމާއެެކު ހަވާލުކޮށްފިއެވެ.
މާލެސިޓީ ކައުންސިލުން ބުނީ ފުލުހުންގެ ޕީއާރުޓީ ޓީމުގެ ބޭނުމަށް މިއަދުން ފެށިގެން ވަގުތީގޮތުން ހަވާލުކޮށްފައިވާ ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީ މި ބަލިން ރައްކާތެރިވުމަށް ރަށު އަދި އަތޮޅު ފެންވަރުގައި އެޅެން ހުރި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ އިން ކައުންސިލްތަކަށް އަންގައިފި.
މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ދޮޅުލައްލައަށްވުރެ ގިނަ ވެއްޖެއެވެ.
ނަމަވެސް ބަލި ޖެހުނު މީހުންގެ ތެތެރެއިން73,731މީހަކު ވަނީ ބަލިން ސަލާމަތްވެފައެވެ. މި ބަލީގައި މިހާތަނަށް5,617މީހަކު ވަނީ މަރުވެފައެވެ.
މުޅި ދުނިޔެއިން ރިޕޯޓްކުރި މީހުންގެ އަދަދު:150,054
ބަލިން ރަނގަޅުވި މީހުންގެ އަދަދު:73,731
މަރުވި މީހުންގެ އަދަދު:5,617
ރާއްޖެއިން ކޮވިޑް-19ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން ލައިފް ސަޕޯޓް ސެފާޔަރ އިން ހިލޭ ސަރޖިކަލް ފޭސް މާސްކު ބެހުމަށް ނިންމައިފިއެވެ. އެގޮތުން އާދީއްތަ ދުވަހުގެ މެންދުރު 2 އަކުން ފެށިގެން ސެފާޔަރ ފޭސް މާސްކު ލިބެން ހުންނާނެ ކަމަށެވެ. އަދި ފޭސް މާސްކު ހުސްވަންދެން ލިބެން ހުންނާނެ ކަމަށެވެ.
ސެފާޔަރ ހުންނަނީ ސޯސަން މަގުގައި
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ކިޔެވުން މެދުކަނޑާލުމާއި ގުޅިގެން ދުރުންދޭ ތަޢުލީމުގެ ނިޒާމުން ކިޔަވައިދިނުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރުމަށް މުދައްރިސުންނަށް އެ ޔުނިވަރސިޓީން އިލްތިމާސްކޮށްފިއެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ އިރު، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ރާއްޖޭގައި ހިންގާ ޔުނިވާސިޓީތަކާއި ކޮލެޖުތަކާއި ތަމްރީނުދޭ މަރުކަޒުތައް ބަންދުކުރަން އަންގާ ކަމަށެވެ.
ދައުލަތުން މިހާރު އިޢުލާނުކޮށްފައިވާ ހެލްތު އިމަރޖެންސީގެ ދަށުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން 14 ދުވަހަށް ޔުނިވަރސިޓީތައް ބަންދުކުރަން އެންގުމާ ގުޅިގެން 28 މާރޗް އާ ހަމައަށް ކުލާހުގައި ދަރިވަރުންނާއި މުދައްރިސުން ތިބެގެން ކިޔަވައިދޭ ކިޔަވައިދިނުން ނޯންނާނެ ކަމަށް ޔުނިވަރސިޓީން ބުނެއެވެ.
އަދި މި 14 ދުވަހުގެ ތެރޭގައި، ދުރުންދޭ ތަޢުލީމުގެ ނިޒާމުން ކިޔަވައިދިނުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރުމަށް މުދައްރިސުންނަށް ޔުނިވަރސިޓީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކޮންމެހެން ބާއްވަން ނުޖެހޭ ކެމްޕަސްގައި ބާއްވާ ޙަރަކާތްތައް 28 މާރޗް އާ ހަމައަށް ވަނީ ކެންސަލްކޮށްފައެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރަށާއި އެތެރޭގެ ޔުނިވަރސިޓީ މުވައްޒަފުންގެ ދަތުރުތައް، 28 މާރޗް އާ ހަމައަށް ލަސްކޮށް ކޮންމެހެން ކުރަންޖެހޭ ދަތުރެއް ވާނަމަ، ވައިސް ޗާންސެލަރަށް އެންގުމަށް ވަނީ އަންގާފައެވެ.
އަދި ޔުނިވަރސިޓީގެ ދަރިވަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަން އިސްކޮށްގެން، ކޮވިޑް-19 ޓާސްކްފޯސް އިން ޔުނިވަރސިޓީގެ މަސްރަޙް ބަލަމުން ދާނެ ކަމަށާއި، ދައުލަތުގެ ފަރާތްތަކުން މި ރޯގާ ގުޅިގެން އަންގާ އެންގުންތަކަށް އިޙްތިރާމްކުރުމަށް މުވައްޒަފުންނަށާއި ދަރިވަރުންނަށް އިލްތިމާސްކޮށްފައިވެއެވެ.
ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ފިއޮރެންޓީނާގެ އިތުރު ދެ ކުޅުންތެރިއަކު ޕޮޒިޓިވްވެއްޖެ އެވެ.
ފަހުން މި ވައިރަހަސް ޕޮޒިޓިވްވީ އުމުރުން 22 އަހަރުގެ ފޯވާޑް ޕެޓްރިކް ކުޓްރޯން އާއި އުމުރުން 28 އަހަރުގެ ޑިފެންޑަރު ޖާމަން ޕެޒެއްލާ އެވެ. އެ ދެ ކުޅުންތެރިންގެ އިތުރަށް ފިއޮރެންޓީނާގެ ފިޒިއޮތެރަޕިސްޓް ސްޓެފާނޯ ޑައިނެއްލީ ވެސް ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ކްލަބުން ވަނީ ބުނެފައެވެ. މީގެ ކުރިން މި ވައިރަހަށް ފިއޮރެންޓިނާގެ ފޯވާޑް ޑޫޝަން ވްލާހޮވިޗް ވަނީ ޕޮޒިޓިވްވެފައެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކާގެ ހާލަތު އިއުލާނުކުރުމާއި ގުޅިގެން ރިޒޯޓްތަކުގައި ވަޒީފާ އަދާކުރުމަށް ރިޒޯޓަށް ދެވިދާނެކަމަށާއި، ނަމަވެސް އެހެން ދާ މުވައްޒަފުންވެސް ހިމެނޭގޮތަށް އެއްވެސް މުވައްޒަފަކަށް ރިޒޯޓުން ފޭބުމުގެ ހުއްދައެއް ނެތް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭ އިން ބުނެފިއެވެ.
ރިސޯޓުތަކުން މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް މީހުން ދަތުރުކުރުމާއި، ރާއްޖޭގެ އެހެން ރަށްރަށުން ރިސޯޓުތަކަށް މީހުން ދަތުރުކުރުން ހޮނިހިރު ދުވަހުގެ ހަޔަކުން ފެށިގެން 14 ދުވަހުގެ މުއްދަތަަށް ހުއްޓާލުމަށް އެޗްޕީއޭ އިން ވަނީ އަންގާފައެވެ. މިކަމުގެ އިތުރު ތަފްސީލުތައް ހާމަކުރަމުން އެޗްޕީއޭ އިން ބުނީ އެގޮތަށް އަންގާފައި އޮތް ނަމަވެސް ރިޒޯޓްތަކުގައި ވަޒީފާ އަދާކުރުމަށް ރިޒޯޓަށް ދެވިދާނެކަމަށެވެ. އެހެން ނަމަވެސް އެގޮތަށް ރިސޯޓުތަކަށް ދާ މުވައްޒަފުންވެސް ހިމެނޭގޮތަށް އެއްވެސް މުވައްޒަފަކަށް ރިޒޯޓުން ފޭބުމުގެ ހުއްދައެއް ނެތް ކަމަށެވެ.
އެޗްޕީއޭ އިން ބުނީ ފަތުރުވެރިން ފުރަން އެއަރޕޯޓްއަށް ގެންދަންޖެހޭ ހާލަތުގައި އެކަމަށް ދާ މުވައްޒަފުން ފަތުރުވެރިން ފުރުވާލުމަށްފަހު، އަނބުރާ ރިޒޯޓަށް އަންނަގޮތަށް، މުވައްޒަފުން ރިޒޯޓުން ފޭބުމުގެ ހުއްދަ އޮންނާނެ ކަމަށެވެ. އަދި އެ ފަރާތްތައް ދަތުރުކުރަމުންދާ ގޮތުގެ މަޢުލޫމާތު ރިޒޯޓުތަކުން ބެލެހެޓުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ރިޒޯޓުތަކަށް މުދާ އުފުލާ އުޅަނދުފަހަރުގައި މަސައްކަތްކުރާ ފަރާތްތަކުން ރިޒޯޓަށް މުދާ ފޯރުކޮށްދިނުމަށް ޖެޓީއާ ހިސާބަށް ދެވިދާނެކަމަށާއި، ނަމަވެސް މި ފަރާތްތައްވެސް ރިޒޯޓަށް އެތެރެވެފައިވާނަމަ، އެ ފަރާތްތައްވެސް އެ މުއްދަތުގެ ތެރޭގައި ރިޒޯޓުން ފޭބުމުގެ ހުއްދައެއް ނެތްކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ސޮއިކުރައްވާ ނެރުނު ބަޔާނުގައިވެއެވެ.
އެޗްޕީއޭ އިން ބުނީ އެއް ރިޒޯޓުން އަނެއް ރިޒޯޓަށް އެއްވެސް މުވައްޒަފަކަށް އަދި އެއްވެސް ފަތުރުވެރިއަކަށް އެ މުއްދަތުގެ ތެރޭގައި ނުދެވޭނެކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ދެކުނު އޭޝިޔާގެ ވެރިންގެ ބައްދަލުވުމުގައި މާދަމާ ބޭއްވުމަށް ހަމަޖެހިއްޖެ އެވެ. އެ ބައްދަލުވުމަކީ އިންޑިއާގެ ބޮޑު ވަޒީރު މޯދީގެ ދައުވަތަކަށެވެ. އެމަނިކުފާނު ވިދާޅުވީ ދެކުނު އޭޝިޔާގެ ރައްޔިތުން ދުޅަހެޔޮ ޞިއްހަތެއްގައި ބޭތިއްބުމަށް މަގުފަހިކުރުވާނެ ކަންތައްތަކާއި ބެހޭ ގޮތުން ވީޑިއޯ ކޮންފަރެންސްގެ ޒަރީއާއިން މަޝްވަރާތައް ކުރިޔަށް ގެންދެވިދާނެ ކަމަށެވެ. އަދި ގުޅިގެން މަސައްކަތްކޮށް ދުނިޔެއަށް މިކަމުގައި މިސާލެއްގެ ގޮތުގައި ދެއްކިދާނެ ކަމަށެވެ.
ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހަރަކާތްތައް މެދުކަނޑާލައިފި އެވެ.
މިމަހުގެ 12 ވަނަ ދުވަހު ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.
އެކަމާ ގުޅިގެން ހޮނިހިރު ދުވަހު ބެޑްމިންޓަން އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ވައިރަހުން ރައްކާތެރިވުމަށް އެ އެސޯސިއޭޝަނުން ކުރިއަށްގެންދާ ގައުމީ ބެޑްމިންޓަން ސްކޮޑުގެ ފަރިތަކުރުންތައް ހުއްޓާލާފައިވާ ކަމަށެވެ. އަދި އެ އެސޯސިއޭޝަނުން މާލެ އާއި އަތޮޅުތެރޭގެ އެކިހިސާބުތަކުގައި (ހދ، ނ، ބ، އައްޑޫ ސިޓީ) ހިންގަމުންގެންދާ ވައިޑީޕީގެ ހަރަކާތްތައްވެސް ހުއްޓާލާފައިވާ ކަމަށް ވަނީ ބުނެފައެވެ.