އިނގިރޭސި ކްލަބު މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމް އެ ގައުމުގެ ނެޝަނަލް ހެލްތު ސާވިސަސްއަށް ދީފިއެވެ.
މެންޗެސްޓާ ސިޓީން ނެޝަނަލް ހެލްތު ސާވިސަސްއަށް އެ ޓީމުގެ ދަނޑު ދިނީ، މުޅި ދުނިޔޭގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ނެޝަނަލް ހެލްތު ސާވިސަސް އިން އެހީތެރިވުމުގެ ގޮތުންނެވެ. ސިޓީން ނެޝަނަލް ހެލްތު ސާވިސަސް އާއެކު އެއްބަސްވުމެއްގައި ސޮއިކުރިއިރު، ކޮވިޑް-19 އިން ސަލާމަތްވަންދެން ނެޝަނަލް ހެލްތު ސާވިސަސްއަށް އިއްތިހާދު ސްޓޭޑިއަމް ބޭނުންކުރެވޭނެ އެވެ.
ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ ހާލު ރަނގަޅު ކަމަށް މަބްރޫކް ވިދާޅުވި. މަބްރޫކް ވިދާޅުވީ ރާއްޖެއިން މި ވައިރަސް ޖެހުނު 11 މީހަކު ރަނގަޅުވެފައިވާއިރު ފަރުވާ ހޯދަމުންދަނީ 3 މީހެކެވެ. އެމީހުންގެ ހާލު ރަނގަޅެވެ.
ޔުވެންޓަސްގެ މުސާރަ ކުޑަކުރަން ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނިންމައިފި އެވެ.
މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ފުޓްބޯޅަ ހުއްޓުމަކަށް އައިސްފައިވާއިރު، ގިނަ ކްލަބުތަކަށް ވަނީ މާލީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.
ޔުވެންޓަސްއިން ކުޅުންތެރިންގެ މުސާރަ ކުޑަކޮށްފައި ނުވި ނަމަވެސް، ރޮނާލްޑޯ ވަނީ އޭނށާގެ މުސާރާއިން 3.8 މިލިއަން ޔޫރޯ މަދުކުރަން ނިންމާފައެވެ. ޔުވެންޓަސްއާއެކު ރޮނާލްޑޯއަށް އަހަރަކު 30 މިލިއަން ޔޫރޯގެ މުސާރައެއް ލިބެއެވެ.
ފްރާންސްގައި ގެދޮރުނެތް މީހުންނަށް ޕީއެސްޖީގެ ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭ މާލީ ގޮތުން އެހީތެރިވެއްޖެ އެވެ.
ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް އެމްބާޕޭ މާލީ ގޮތުން އެހީވެފައިވަނީ އެގައުމުގެ "އައްބެ ޕިއެރޭ ފައުންޑޭޝަން" މެދުވެރިކޮށެވެ. އެ ފައުންޑޭޝަނަށް އެމްބާޕޭ ހަދިޔާކުރި ފައިސާގެ އަދަދު ހާމަކޮށްފައި ނުވި ނަމަވެސް، އެ ފައުންޑޭޝަނުން ވަނީ ގެދޮރު ނެތް މީހުންނަށް އެހީތެރިވުމުގެ ގޮތުން އެމްބާޕޭ ދީލަތި އެހީއެއް ވެފައިވާކަން ހާމަކޮށްފައެވެ.
ބޮރޫޝިއާ ޑޯޓްމުންޑުގެ ކެޕްޓަން މާކޯ ރެއުސް އާއި އޭނާގެ އާއިލާއިން ޖަރުމަންގެ ކުދި ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފި އެވެ.
މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ގިނަ ވިޔަފާރިތައް ވަނީ އަޑިއަޅާލާފައެވެ. އެހެންކަމުން މާކޯ ރެއުސް އާއި އޭނާގެ އާއިލާއިން ވަނީ މާލީ ގޮތުން ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކުދި ވިޔަފާރިތަކަށް ފަސް ލައްކަ ޔޫރޯ ހަދިޔާކޮށްފައެވެ.
ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވި ޗެލްސީގެ ޒުވާން ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި ރަނގަޅުވެއްޖެ އެވެ.
އުމުރުން 19 އަހަރުގެ ކަލުމް ހަޑްސަން-އޮޑޯއި ކޮވިޑް-19 އަށް ޕޮޒިޓިވްވީ މިމަހުގެ 13 ވަނަ ދުވަހު އެވެ. ހުކުރު ދުވަހުގެ ވަގުތެއްގައި ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ވަނީ ކަލުމް ހަޑްސަން-އޮޑޯއި މި ވައިރަހުން ރަނގަޅުވެފައިވާ ކަން ހާމަކޮށްފައެވެ. ލަމްޕާޑް ބުނީ މި ވައިރަހުގެ ސަބަބުން ކަލުމް ހަޑްސަން-އޮޑޯއި އަށް މާބޮޑު އަސަރެއް ނުކުރާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
ދަރުބާރު ގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބްރުލް އަބްދުލްއަޒީޒް ވިދާޅުވީ އިމެޖެންސީ ހާލަތުގައި ބޭނުންކުރުމަށް ޓްރީޓޮޕް ސަރުކާރަށް ނެގުމަށް އެ ހޮސްޕިޓަލާއެކު މަޝްވަރާކުރަމުން އަންނަކަމަށެވެ. އަދި އެކަމުގައި އެ ހޮސްޕިޓަލުންވެސް ވަރަށް ބޮޑު އެއްބާރުލުމެއް ދެމުން އަންނަ ކަމަށާއި، ނަމަވެސް މިހާތަނަ އެއީ ކޮވިޑް-19 އަށް އެއްވެސް މީހަކަށް ފަރުވާދޭ މަރުކަޒެއް ނޫން ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ އިމެޖެންސީ ހާލަތުގައި ޓްރީޓޮޕް ބޭނުންކުރާނަމަ އެކަން އާންމުކޮށް އިއުލާންކުރާނެ ކަމަށެވެ.
ދަރުބާރު ގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ އެ މީހާ ޕޮޒިޓިވްވިކަމަށް ޔޫއޭއީ ސަރުކާރުން ހާމަކުރުމާއެކު އެ މީހާ އާއި ގުޅޭގޮތުން މައުލޫމަތު ހޯދުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ ދިވެހި މީހާއާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިނުވާކަމަށް މަބްރޫކް ވިދާޅުވި އެވެ.
ދަރުބާރުގޭގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބްރޫކް ވިދާޅުވީ ރާއްޖެއިން ފުރައިގެން ދިޔަފަހުން، ދަތުރުމަތީގައި ވަނިކޮށް ކޮވިޑް-19 އަށް ޕޮޒިޓިވްވި އިޓަލީ ދެ ފަތުރުވެރިން ފުރައިގެންދިޔައީ، އިޓަލީ ސަރުކާރުން ބޭއްވި ހާއްސަ ފްލައިޓެއްގައި ކަމަށެވެ. އަދި އެ ދެ މީހުންނަކީ 14 ދުވަސް ހަމަކޮށްފައިތިބި ދެ މީހުންކަމަށާއި، އެ މީހުން ފުރިއިރުވެސް ބަލީގެ އެއްވެސް އަލާމާތެއް ފެނިފައިނުވާކަމަށް މަބްރޫކް ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ އަމަލުކުރަމުން އަންނަ އުސޫލުގައިވާގޮތުން އައިސޮލޭޝަންއަށް ގެންދެވޭތާ 14 ދުވަހުގެ ތެރޭގައި އެއްވެސް އަލާމާތެއް ނުފެންނަނަމަ އެ މީހުން އައިސޮލޭޝަނުން ފޮނުވާލެވޭކަމަށެވެ. އެ ދެ މީހުން ކޮވިށް-19 އަށް ޕޮޒިޓިވްވިކަން އެނގުނީ އެ ދެ މީހުން ފުރައިގެން ދިޔަ ފަހުން، އެޗްޕީއަށް ލިބުނު ނަތީޖާތަކުންނެވެ.
ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބްރޫކް ވިދާޅުވީ ހުކުރު ދުވަހު ފުރަތަމަ ފަހަރަށް ރާއްޖެއިން ދިވެއްސަކު ޕޮޒިޓިވްވުމުން ކޮންޓެކްޓް ޓްރޭސިންގ ހެދުމަށްފަހު ގިނަ ބަޔަކު ގޭގައި މަޑުކުރުމަށް އެންގިފައިވާކަމަށެވެ. އަދި އިތުރަށް ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މަބްރޫކް ވިދާޅުވި އެވެ.
ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 16 އަށް އަރާފައިވާކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.
ރައީސް އޮފީހުގެ އަންޑަރ ސެކެރެޓަރީ މްބަރޫކް އަބްދުލްއަޒީޒް ވިދާޅުވީ އަދަދު 16 އަށް އެރީ އިޓަލީއަށް ފުރި 2 ފަތުރުވެރިންވެސް ހިމަނައިގެންކަމަށެވެ. އަދި އެ ދެ ފަތުރުވެރިން ފުރާފައިވަނީ މިއަދުކަމަށް މަބްރޫކް ވިދާޅުވި އެވެ.
މިހާތަނަށް 853 ސާމްޕަލް ނެގުނުއިރު، އޭގެތެރެއިން ޕޮޒިޓިވްވެފައިވަނީ 16 މީހުންނެވެ. ނެގެޓިވްވެފައިވަނީ 800 ސާމްޕަލް އެވެ. އަދި ބާކީ ސާމްޕަލްތަކުގެ ނަތީޖާ ލިބިފައެއް ނުވެ އެވެ.
ކޮރޯނާވައިރަސް (ކޮވިޑް-19) އާ ދެކޮޅަށް ހަނގުރުމާކުރުމަށް އެހީތެރިވުމުގެ ގޮތުން ފްރާންސްގެ ޕީއެސްޖީން މާލީ އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ޕީއެސްޖީން ވަނީ އެ ގައުމުގެ ޗެރިޓީއަކަށް އެއް ލައްކަ ޔޫރޯ ހަދިޔާކޮށްފައެވެ. މި ފައިސާ ހޭދަކުރުމަށް ހަމަޖެހިފައިވަނީ އެ ގައުމުގެ ކުޑަކުދިންނާއި، ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އިތުރަށް ގެދޮރުނެތް މީހުންނަށެވެ. މީގެ އިތުރަށް ފްރާންސްގެ ޑޮކްޓަރުންނަށްވެސް މި ފައިސާ ހޭދަކުރުމަށް ވަނީ ނިންމާފައެވެ.
ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ހުއްޓިފައިވާ ކުޅިވަރު އެކެޑަމީތަކުގެ ހާލަތު އޮޅުންފިލުވައި އެހީތެރިވުމަށް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ގޮވާލައްވައިފި އެވެ.
މިމަހުގެ 12 ވަނަ ދުވަހު ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. މިއާއެކު ގިނަ ކުޅިވަރު އެސޯސިއޭޝަންތަކުން ކުޅިވަރުގެ ހަރަކާތްތައް ހުއްޓާލާފައިވާއިރު، ކުޅިވަރު އެކެޑަމީތަކުން ވަނީ އެ އެކެޑަމީތަކުގެ ހަރަކާތްތައްވެސް ހުއްޓާލާފައެވެ.
ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ޕޮޒިޓިވްވެފައިވަނީ އިނގެރޭސިވިލާތުން ރާއްޖެ އައި ދިވެއްސެއް ކަމަށެވެ. އަދި އެއީ 38 އަހަރުގެ ދިވެއްސެއްކަމަށް ހެލްތު މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވިގޮތުގައި އެ މީހާ މިހާރު ހުރީ ހޮލިޑޭ އައިލެންޑް ރިސޯޓުގަ އެވެ. އެ މީހާ ރާއްޖެ އައިސްފައިވަނީ 22 ވަނަ ދުވަހު އެވެ. މިނިސްޓަރ ވިދާޅުވިގޮތުގައި މި މަހުގެ 25 ވަނަ ދުވަހާއި ހަމައަށް އެ މީހާގެ ގައިން އެއްވެސް އަލާމާތެއް ފެނިފައެއް ނުވެ އެވެ.