ރާއްޖެއިން ބޭރުގައި ތިބި ދިވެހިން އެމްބަސީތަކަށް ގުޅައިގެން ވާހަކަދައްކަމުންދާ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އެކަމަކު ހުރިހާ ކަމެއް ވަގުތުން ވަގުތަށް މިވަގުތު ނުވާކަން އެނގިވަޑައިގަންނަވާ ކަމަށާއި އެހެންނަަމެވެސް ކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރައްވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ. މިއަދާ ހަމައަށް އަދި އިތުރުގޮތެއް ރާއްޖެއިން ބޭރުގައި ތިބި މީހުން ރާއްޖެއަށް ގެނައުމުގައި ހޯދިފައިވާނުވާކަމަށް މަބްރޫކް ވިދާޅުވި އެވެ.
ކާފިއު އިއުލާންކޮށްފައި ހުންނަ ގަޑިތަކުގައި ބަންގިގޮވޭނެ ގޮތަށް މިނިސްޓްރީން ވަނީ އިންތިޒާމު ހަމަޖައްސާފައިކަމަށް މަބްރޫކް ވިދާޅުވެއްޖެ އެވެ. މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ވަނީ އެކަންކަމުގެ އިންތިޒާމު ހަމަޖައްސާފައި ކަމަށާއި ހުރިހާ މުދިމުން އަތުގައި ފާސްހުންނާނެ ކަަމަށާއި އެހެންކަަމުން މިސްކިތްތަކުން ބަންގިގޮވަމުންދާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ކާފިއު އިއުލާންކޮށްފައި ހުންނަ ގަޑިތަކުގައި ޑިޔުޓީ ނިމޭ ތަންތަނުން ޑިޔުޓީއަށް ބަދަލުގެނެސް އެޑްޖެސްޓްމަންޓް ގެނައުން އެދިވަޑައިގަންނަވާކަމަށް މަބްރޫކް ވިދާޅުވި އެވެ. އެގޮތުން ގެޔަށްދެވޭ ގޮތަށް ގަޑިއަށް ބަދަލުގެނައުމަށް މަބްރޫކް ވިދާޅުވި އެވެ.
ފިހާރަތައް ބަންދުކުރާ ގަޑިއާ ކައިރިކޮށް ފިހާރަތަކަށް ދާކަން ފާހަގަކުރެވޭކަމަށާއި މިއީ ކޮންމެ ދުވަހަކުވެސް ދިމާވާނެ ކަމެއްކަން ހަނދާންކުރައްވާ އަދި ބަންދުކުރާނެ ގަޑިތައް އިތުރުވާނެކަން ހަނދާންކުރައްވާ އެގޮތަށް ކަންކަން ނުކުރެއްވުމަށް މަބްރޫކް ވިދާޅުވި އެވެ. އަދި ވީވަރަކުން ޑެލިވަރީ ސަރވިސްގެ ބޭނުން ހިފުމަށް އަދި ދުރާލާ ފިހާރައަށް ދިޔުމަށް އެދިވަޑައިގެންނެވި އެވެ.
ބޭންކުން މައުލޫމާތުދޭ ގޮތުގައި މިއަދު ބޭންކުން ދިން ގިނަ ޚިދުމަތްތަކަކީ އޮންލައިންކޮށް ލިބޭނެ ޚިދުމަތްތަކެއްކަން ފާހަގަކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އެހެންކަމުން އޮންލައިން ބޭންކިންގ އިޚިތިޔާރު ކުރުމަކީ މުހިންމު ކަމެއްކަމަށް މަބްރޫކް ވިދާޅުވި އެވެ. ކޮންމެހެން ބޭންކަށް ދާންޖެހޭ މީހުން ނުދިޔުމަށް މަބްރޫކް ވިދާޅުވި އެވެ. އަދި ބޭންކުން މައުލޫމާތުދޭ ގޮތުގައި ބޭންކުތެރޭގައި މީހުން ތިބޭއިރު ސޯޝަލް ޑިސްޓޭންސާ އެއްގޮތަށް މާކްކުރެވިފައި ހުންނާނެކަމަށް މަބްރޫކް ވިދާޅުވި އެވެ. އެމާކް ތަކުގައި މަޑުކުރުމަށާއި ޓޭކްއަވޭ ތަކާއި ކިޔުހަދާ ތަންތަނުގައި ތިބޭއިރު ސޯޝަލް ޑިސްޓޭންސްގައި ތިބުމަށް އެދިވަޑައިގަންނަވާކަމަށް މަބްރޫކް ވިދާޅުވި އެވެ.
ކާފިއުގެ ފުރަތަމަ ދުވަސް މިއަދު ޕްރެކްޓިސް ކޮށްފައިވާ ކަމަށާއި މީ ފޭސް ވަން ގެ ގޮތުގައި ބަލައިގެން ދަސްކުރަންޖެހޭ ކަންކަމާއި ދިމާވާ ދަތިތަކާއި ފުރިހަމަ ކުރަންޖެހޭ އިންތިޒާމު ބަލައިގެން މިގަޑި މިބަލީ ކަމަށް މަބްރޫކް ވިދާޅުވި އެވެ. މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ މިހާލަތު ބަދަލުކުރަން ޖެހިއްޖެ ކަމަށްވާނަމަ މިގަޑި އިތުރުކުރުމަށާއި ހާލަތަށް ތައްޔާރުވުމަށް މިގަޑީގެ ބޭނުންކުރެވޭނެ ކަމަށެވެ.
ސްރީލަންކާގެ ޞިއްޙަތާބެހޭ އޮފިޝަލުން ވިދާޅުވާގޮތުގައި، މަރުވެފައިވަނީ އުމުރުން 58 އަހަރުގެ ފިރިހެނެކެވެ. އެމީހާ މަރުވެފައިވަނީ އެޤައުމުގެ އިންފެކްޝަސް ޑިޒީސް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށްކަމަށް ރިޕޯޓުތައް ބުނެއެވެ.
ސްރީލަންކާގައި ފާއިތުވެދިޔަ 24 ގަޑިއިރު 5 މީހަކު ވައިރަސްއަށް ޕޮޒިޓިވްވެފައިވެއެވެ. މިއާއެކު ވައިރަސް ޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 151 އެވެ. މިހާރުވެސް 127 މީހުންނަށް ފަރުވާދެމުންދާއިރު، މީގެތެރެއިން 5 މީހެއްގެ ޙަލަތު ވަރަށް ސީރިއަސްކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ފަރުވާދީގެން 21 މީހުން ވަނީ ރަނގަޅުވެފައެވެ.
ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި : 15 މީހުން
ދަރުމަވަންތަ ހޮސްޕިޓަލްގައި : 3 މީހުން
އައިސޮލޭޝަންގައި 18 މީހުން
ކަރަންޓީނު ފެސިލިޓީތަކުގައި 880 މީހުން
އިތުރު ކަރަންޓީނު ފެސިލިޓީއެއް ހުޅުވިފައި އެއީ ފުރަވެރި ކަރަންޓީނު ފެސިލިޓީއެއް
ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން އަޅާފިޔަވަޅެއްގެ ގޮތުން ސައުދީ އަރަބިއްޔާއިން މައްކާ އާއި މަދީނާގައި 24 ގަޑިއިރު ކާފިއު އިއުލާންކޮށްފި އެވެ. ސައުދީގެ އިންޓީރިއާ މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި އެކަން ހާމަކޮށްފައިވާއިރު އަންގާރަ ދުވަހު މައްކާ އާއި މަދީނާއިން ވަނީ 133 މީހަކަށް ވައިރަސް ޖެހިފަ އެވެ. މިހާތަނަށް އެގައުމުން 1,720 މީހުންނަށް ވައިރަސް ޖެހިފައިވާއިރު 16 މީހުންވަނީ މަރުވެފަ އެވެ. 264 މީހުންވަނީ ވައިރަސް އިން ރަނގަޅު ކުރެވިފަ އެވެ.
ސޯމާލިއާގެ ކުރީގެ ބޮޑުވަޒީރު ނޫރް ހަސަން ހުސައިން އަށް ކޮވިޑް-19 ޖެހިގެން ލަންޑަންގައި އަވަހާރަވެއްޖެ އެވެ.
އެއާއެކު ސޯމާލިއާގައި ވަނީ ތިންދުވަސް ގައުމީ ހިތާމަފާޅުކުރާ ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސާފަ އެވެ. ސޯމާލިއާގެ ކުރީގެ ބޮޑު ވަޒީރު އަވަހާރަވެފައިވަނީ ބުދަ ދުވަހު ލަންޑަންގެ ހޮސްޕިޓަލްގައި މިވައިރަސްއަށް ފަރުވާ ޙޯއްދަވަމުންދަނިކޮށެވެ. އަވާހަރަވިއިރު އުމުރު ފުޅަކީ 83 އެކެވެ.
ރައްޔިތުންގެ މަޖިލީހުގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިންތިހާބު ފަސްކުރުމަށް ސަރުކާރުން ހުށަހަޅާ ބިލްގެ ޑްރާފްޓް މަޖިލީހަށް ލިބިފައިވާކަމަށެވެ. އަދި އެ ބިލްގެ ބަހުސް އަންނަ ހަފްތާގައި ފަށާނެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކައުންސެލަރ ޖެނެރަލްވެސް ލަފާ އަރުވަނީ ބިލްގެ މަސައްކަތް އަވަހަށް ކުރިއަށްގެންދިއުމަށް ކަމަށެވެ. އެހެންކަމުން ބިލްގެ މަސައްކަތް އަވަހަށް ކުރިއަށްގެންދާނެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ފްރީ ޓްރޭޑް އެގްރީމެންޓްއަކީ ބުއްދިވެރިކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި އެއީ އެއްވެސް އިރެއްގަިއ ބުއްދިވެރިކަމެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާކަމަށާއި، ފްރީ ޓްރޭޑް އެގްރީމެންޓް ޗައިނާ ފަދަ ޤައުމަކާއެކު، ހެދުން ރަނގަޅުވެސް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައްޖޭގެ އިޤްތިސާދަށް ކުރިމަތިވަމުން އަންނަ ދަތިތަކާއި ގުޅެގޮތުން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުން ދިރާސާތަކެއް ކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާފުޅެއް އަރުވާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގިނަ ކޮމެޓީތަކުން މިހާރު ދިރާސާތަކެއް ހަދަމުން އަންނަ ކަމަށެވެ. އަދި އެ ދިރާސާތަކަށްފަހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާފުޅެއް ރައްޔިތުންގެ މަޖިލީހުން އަރުވާނެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވަހަކަދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުން މި ދަނޑިވަޅުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖޭގެ އިޤްތިސާދަށް ކުރިމަތިވާ ކަންތައްތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް މިހާރު މަޖިލީހުގެ ކޮމެޓީތަކުން ކުރަމުން އަންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ކޮމެޓީތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ފަތުރުވެރިން ދެން ރާއްޖެ އަންނަން ފަށާނެ ދުވަހެއް ލަފާކުރުމާއި، އިޤްތިސާދު ކުރިއަރަން ފަށާނެ ދުވަސް ލަފާކުރުން ފަދަ ކަންކަން ކުރިއަށްގެންދާނެ ކަމަށެވެ. އަދި އަންނަ ހަފްތާގައި ކުރާ މަސައްކަތާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، ރައްޔިތުންގެ މަޖިލީހުން ލަފައެއް އެރުވޭނެކަމަށް ގަބޫލުކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ އާމްދަނީ އިންތިހާއަށް ދަށަށް ދާނެކަމަށާއި، އޭގެ ސަބަބުން ސަރުކާރުގެ މަސައްކަތްތަކަށް ދަތިތައް ކުރިމަތިވާނެކަމަށެވެ. އަދި މިއީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ދައްޗެއްކަން ގަބުލުކުރަންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އެސްޓީއޯގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވީ ދަނޑުވެރިން ހައްދާ ތަކެތި ހެއްދުމުގެ ކުރިން އެ ތަކެތި ގަންނާނެ އަގު އެސްޓީއޯ އިން ހާމަކުރާނެ ކަމަށެވެ. އޭރުން ދަނޑުވެރިން ތަކެތި ހައްދާއިރު، ލިބޭނެ އާމްދަނީވެސް އެނގެން އޮންނާނެ ކަމަށް އަމްރު ވިދާޅުވި އެވެ.
އަމްރު ވިދާޅުވީ ދަނޑުވެރިން ހައްދާ ހުރިހާ ތަކެތި އެސްޓީއޯ އިން ގަންނާނެކަމުގެ ޔަޤީންކަން އަރުވާކަމަށެވެ.
އެސްޓީއޯގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވީ ދަނޑުވެރިންނަށް ލުއިތަކެއް ހޯދައިދިނުމަށް އިކޮނޮމިކް މިނިސްޓްރީއާއެކު މަޝްވަރާތައް ކުރަމުން އަންނަކަމަށެވެ. އަދި ދަނޑުވެރިންނަށްކުރާ އިލްތިމާސްއަކީ އުފައްދާ އުފެއްދުންތައް އިތުރުކުރުން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގައި ޒަމާނުއްސުރެ އުފައްދަމުން އަންނަ ފަލަމަޑީގެ ބާވަތްތައް އުފައްދާ އުފެއްދުން އިތުރުކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ދަނޑުވެރިން ވިއްކާ އެއްޗެހި ގަތުންކަމަށެވެ. އަދި ދަނޑުވެރިންނަށް މެދުކެނޑުމެއް ނެތި އާމްދަނީ ލިބޭނެ ގޮތްތަކެއް ކަނޑައެޅުންކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައިނަލްއަގްވާމީ މޫސުމީ ސަމިޓް (ކޮޕް 26) ފަސްކޮށްފިއެވެ.
އިންޑެޕެންޑެންޓް ނިއުސްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިސަމިޓް ފަސްކޮށްފައިވަނީ ކޮވިޑް-19އާ ގުޅިގެން 2021 ވަނަ އަހަރަށެވެ.
އ.ދ.އިން ބާއްވާ މިސަމިޓްގައި 30،000 އަށްވުރެ ގިނަ ބޭފުޅުން ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އެކިގައުމުތަކުގެ އިސްވެރިން ބައިވެރިވެއެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ބޭއްވޭ އެންމެ ބޮޑު އެއްސަމިޓްގައި ކަނޑު ލޮނުގަނޑު އުފުލުމާއި، ދުނިޔެ ހޫނުވުމާއި، އަދިވެސް ދުނިޔެއަށް ދިމާވާ އެކިކަހަލަ ގޮންޖެހުންތަކާ މެދު މަޝްވަރާކުރެވޭނެއެވެ. އަދި ތިމާވެށި ހިމާޔަތްކޮށް މިކަންކަމަށް ހައްލު ހޯދުމާ ގުޅޭ ގޮތުން މަޝްވާރާ ކުރެވޭނެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ސިވިލް ސާވެންޓުންގެ ސަސްޕެންޝަންއަށް ހައްލެން ލިބެންޖެހޭ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ނައިބް ރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.
މިމައްސަލައާ ގުޅިގެން އަކްރަމް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ލޯކަލް ކައުންސިލް އިންތިޚާބު 2020 ފަސްކުރެވިފައިވާއިރު އިންތިޚާބުގެ ކެންޑިޑޭޓުގެ ތެރެއިން ވަޒީފާތަކުގެ އުޅޭ ފަރާތްތަކުގެ ސަސްޕެންޝަނަށް ހައްލެއް ލިބެންޖެހޭ ކަމަށެވެ.
އުންމީދުކުރަނީ މަޖިލީހުން ގާނޫނު ފާސްވާއިރު މިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.
އިޒްރޭލުގެ ހެލްތު މިނިސްޓަރ ޔާކޯ ލިޒްމަން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ގާތް ގުޅުމެއް ބާއްވަވާ މިނިސްޓަރ ޔާކޯ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭނާގެ އަނބިކަނބަލުންވެސް ވައިރަސްއަށް ޕޮޒިޓިވްވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އެ ދެމަފިރިން އައިސޮލޭޓް ކުރައްވައި ފަރުވާ ދެމުން ގެންދަވާއިރު، ދެމަފިރިންގެ ޙާލުވެސް ރަނގަޅުކަމަށް ރިޕޯޓްތައް ބުނެއެވެ.